ދިވެހި ފިލްމީ ދާއިރާއަށް އައު ފަންނާނުން ތަޢާރަފުވެ، މި ދާއިރާ ކުރިއަރައިގެން ދިއުމަކީ ދާއިރާގެ ކުރިމަގަށްޓަކައި ކިތަންމެހައިވެސް ބޭނުންތެރި ކަމެކެވެ. އަލަށް ޑައިރެކްޝަންގެ ދާއިރާއަށް ނުކުންނަ އިލްޔާސް ވަހީދުގެ ‘އައި ފިލްމްސް’ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” އަކީ މި ދާއިރާއަށް އައު ފަންނާނުންތަކެއް ނެރެދޭ ފިލްމެކެވެ.

މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ ރިލީޒްކުރާ ”ބަވަތި” ބަލަންޖެހޭ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ސަބަބު މުނިއަވަސްގެ ކިޔުންތެރިންނާއި ހަމައަށް އިއްޔެ ގެނެސްދީފައިވާނެއެވެ. މިއަދު މި ބަލައިލަނީ ”ބަވަތި” ބަލަންޖެހޭ ދެވަނަ ސަބަބުގެ މައްޗަށެވެ.

ފިލްމް އިންޑަސްޓްރީއަށް އައު ފަންނާނުންތަކެއް ތައާރަފުވާ ފިލްމެއް
ދިވެހި ފިލްމް އިންޑަސްޓްރީއަކީ ވަރަށް މަދުން އައު ފަންނާނުން ފެންނަ އިންޑަސްޓްރީއަކަށް ވެފައި، ”ބަވަތި”ގެ ގިނަ އެކްޓަރުންނަކީ އިންޑަސްޓްރީއަށް އައު ފަންނާނުން ތަކަކަށް ވުމުން މިފިލްމު ބަލަން ކޮންމެހެންވެސް ދާން އެބަޖެހެއެވެ. ”ބަވަތި”ން މި ދާއިރާއަށް އަލަށް ތަޢާރަފުވާ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ފިރިހެން ލީޑެވެ.

ބަވަތި”ގެ ފިރިހެން ލީޑް އަހްމަދް އިފްނާޒް ފިރާޤް

ފިލްމު “ބަވަތި”ގެ ފިރިހެން ލީޑް އިފްނާޒް – ފޮޓޯ: އައި ފިލްމްސް

އިފްނަޒަކީ ޓީވީއަށް އައު މޫނެއްނޫނެވެ. ޓީވީ ޝޯތަކުންނާ ސްޓޭޖް ޝޯތައް ޕްރެޒެންޓްކުރަން މަޝްހޫރު ޕްރެޒެންޓަރ އިފްނާޒްގެ ފުރަތަމަ ފިލްމަށް ”ބަވަތި” ވުމަކީ ވެސް މިފިލްމު ބަލައިލަން ދާންޖެހޭ އެއްސަބަބެވެ.

ކުރިން ޓީވީ ޑްރާމާތަކުން އިފްނާޒްގެ އެކްޓިން ފެނިފައި ވިޔަސް، މިފަހަރު ”ބަވަތި”ފިލްމުގައި އިފްނާޒް ފެނިގެންދާނީ ކުރިން ކުޅުނު ކެރެކްޓަރ ތަކަށް ވުރެން މާބޮޑަށްވެސް ތަފާތު ކެރެކްޓަރ އަކުންނެވެ. އަނބިމީހާ ދެކެ ވަރަށް ލޯބިވާ އަންހެނުންނަށް ވަރަށް ވެސް ހެޔޮ މީހެއްގެ ގޮތުގައި ”ބަވަތި”ން އިފްނާޒް ފެންނައިރު، ކޮންމެވެސް ވަރަކަށް ބެލުންތެރިން ހެއްވާލާ މީހަކަށް ވެސް އިފްނާޒް ގެ ކެރެކްޓަރ ވެގެން ދާނެކަމަށް ފިލްމްގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެފައިވެއެވެ.

“ބަވަތި”ގައި އިފްނާޒް ފެނިގެންދާނީ އެންމެން ހިތްއުފާކޮށްދޭފަދަ މިޒާޖެއްގެ މީހެއްގެ ގޮތުގައި – ފޮޓޯ: އައި ފިލްމްސް

އެހެނިހެން އާ އެކްޓަރުން
ބަވަތި މިފިލްމްގައި ނުޒޫގެ ކެރެކްޓަރ ގެ މަންމަ ގެ ބައިން ފެނިގެންދާނީ ފިލްމް އިންޑަސްޓްރީއަށް އައު އެކްޓަރެއް ކަމަށްވާ ފާތުމަތު ލަތީފާ (ފާތުން) އެވެ. ވީޓީވީގެ ޑްރާމާތަކުންނާއި ބައެއް އިޝްތިހާރުތަކުން މީގެ ކުރިން ފާތުންގެ ކުޅަދާނަ އެކްޓިން ދައްކާލާފައި ވެއެވެ.

އިތުރު އައު ތަރިންގެ ތެރެއިން އޮފީސްތަކުގެ ޑްރާމާ މުބާރާރުން ފެނިގެންދިޔަ ދެ އެކްޓަރުން ކަމަށްވާ އިބްރާހިމް ފައިރޫޒް އާދަމް އާއި ޔޫޝާއު އަލީ ގެ އިތުރުން، އަލީ އިނާޒް، ހަސަން ޝިނާން، އައިޝަތު ނަޒީހާ، ހަސަން ނާޒިމް ހިމެނެއެވެ. މީގެ އިތުރުން ވީޓީވީގެ މަޝްހޫރު ޕްރެޒެންޓަރ އަދި ފިލްމީ ހަފުލާތައް ހުށައަޅައިދިނުމަށް ދެވަނައެއްނެތް އަހްމަދު ހަމީދު އާދަމް އަކީވެސް މިފިލްމުން ދިވެހި ފިލްމް އިންޑަސްޓްރީ އައް ތައާރަފްވެގެން ދާނެ އެކްޓަރެކެވެ.

އެހެންކަމުން މިހުރިހާ އައު ފަންނާނުންގެ އެކްޓިންއަށް އިންސާފުކޮށްލުން މިއީވެސް މި ފިލްމު ބަލަން ދާންޖެހޭއެއް ސަބަބެވެ.

ފިލްމު ”ބަވަތި”ގައި އިބޫ (އިފްނާޒް) ލޯބީގެ ގޮތުން ނުޒޫ އާއި ގުޅި، ދިރިއުޅުމެއް ފަށަނީ ފޮނި އުންމީދުތަކަކާއެކުކަން އެނގެއެވެ. ނުޒޫއަކީ ހަޔާތުގެ ކުރީކޮޅުގައިވެސް ހިތްދަތި އެތައް ކަންތައްތަކެއް ދިމާވެފައިވާ މީހެއްކަމުން، ކައިވެންޏެއް ކުރަނީ އޭނާ އުފަލުގައި ބަހައްޓައިދީ، ހުރިހާ ހިތާމަތަކުން ދުރުކޮށްދޭނެ ކަމަށް އިފްނާޒު ޔަގީންކޮށްދިނުމުންނެވެ. ނަމަވެސް ކަން ވެެގެންދަނީ އެހެން ނޫންކަމާއި ހީވެސް ނުކުރާފަދަ ކަންތައްގަނޑަކާއި ނުޒޫއަށް ކުރިމަތިލާން ޖެހޭކަން ސެޕްޓެމްބަރު ދެވަނަ ދުވަހުގެރޭ އެނގިގެންދާނެއެވެ.

ފިލްމު ”ބަވަތި”ކެމެރާ ކޮށްފައި ވަނީ ގައުމީ އެވޯޑު ހޯދާފައިވާ ސިނަމޮޓޮގްރާފަރ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ގިނަ ވިޒުއަލް އިފެކްޓްސްތަކެއް ވެސް ހިމެނޭ މި ފިލްމުގެ އެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުން ދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ޒުވާން ޓީމް، އޯކޭޒް އިންކް އިންނެވެ.

ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.