ދިރިއޮޅުމު ކަންތެއްތެއް ހުންނަން ގޮތުން ރައްޓިއްސަކާ ބައްދަލުކޮށްލާ ވާހަކަ ދައްކާލާން މަޑަކޮށްލެވެނޫ މަދަ ފަހަރަކު. މިގޮތަށް މަޑަކޮށްލަން ފަހަރަކުވެސް ކުދޫންގެ ވާހަކަޔާ ސްކޫލުގެ ވާހަކަ ނޯން ވާހަކައެއް ދެއްކޭނޫ މަދަ ފަހަރަކު. އަދަކޫ މިބުނީ ކަހަލަ ދޮހައެއް. ގޭށަށް ގަންނާން ބޭނުންވެފާ ހުރީ ބައެއް ސާމާނު ގަންނާން ނުކުތް މަގަމައްތު ދޮހާވީ ރައްތިއްސަކާ ދިމާވި.
“ހޭ ބަލައިވެސް ނުލާ ތެއް ދަނޫ ކޮންތާކަށް ދަން ގަޑިޖެހީގެން ދޯ” ރައްޓިހީ މީހާ ކާރީ އަހަރިން އަހާލައިފިން.
“މިދަނޫ މިމަގު އަތިރިއަށް”
“އަހޭ އަދިވެސް ކުނު އުކާން ނަންނޯޓް ނުކެރަންދޯ؟” ރައްޓިހި މީހާ އަތު ހުރީ ކުނު ބާލިދީއަށް ބަލާލަމުން އަނިއްކާވެސް އަހަރިން ކެރޫ ސުވާލެއް.
“ނޯނޭ. މިދަނޫ އަކިރިކޮޅެއް ހިއްކޮށްލާން ކަމަށް. މި ބޮޑަދިޔާ އޮންނާޅަ ހިސާރި ރީތި އަކިރި.” ހީފާހުރެ ރައްޓިހި މީހާ ބޮނެލި.
“އަކިރިއޭ! އަހޭދެން، ރަށް ގިރަން ވާހަކަޔާ ގޮނޑަދަށުން ވެލި ނުނަގާށޭ އެވަރަށް ކިޔަން އިރޭވެސް ހަމަ އަކިރި ނަގަމުދޯ މިހާރުވެސް؟”
މަ އެކަނި ނުނަގާ ހުރޫމާ ދޯ ވޭ؟ ނިކަން ހިނގައިބިލާ މައި އެއްކޮށް އަތިރިމަތު ބަލާލާން ދާން” އަހަރެން ކެރީ ސުވާލަކަށް ކުޑައިކޮށް ހިތްހަމަ ނުޖެހީ ހުރެ ހައިރާންވެ އަދި ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެ ބުނެލީން ރައްޓިހިމީހާ ދިނޫ ވަރަށް ރުންކުރަ ޖަވާބެއް.
ރައްޓިހިމީހާ މެހެން ބޮނެފާ ހިނގައިގަތޫމާ އެމީހާ ފަހަތުން އަހަރިންވެސް އަތިރިމަތު ބަލާލާން ހިނގިޖައިން.
ސުބުހާނަﷲ. ކަމަކުދާކަށް ނެތް. މީހަކާ ޖެހީ މީހެއް ގޮނޑަދަށުން އެމީހަކަށް ވީއެއްޗަކުން ވެލިނަގާ އެއްގަމަށް އަރުވާ ފުނިޖަހަމުން ދަންތަން ފެނިއްޖަ.
ބޮނާކަށް އެއްޗެއް ނެތް. ރަށް ގިރަނައިތީ އެކަމަށް ހައްލެތް ލިބޭތޯ އެކިވަރުގެ ޓީމު އަފޫ މިހާރުވެސް ސާވޭ އެކެރަނޫ ހަމަ މިމީހުންގެ ރަށް ގިރަމުންދަނައިތި އެކަމަށް ލިބޭން އޮތް ހައްލަކޫ ކޮބައިތޯ ބަލާން. ކަން މެހެން އޮތް ކަމަށް ވިޔަސް އަދި ބަދަލުނުވެ އޮތް ވިސްނުމެއްގެ ސަބަބުން މި ކެރުވެނޫ އަދި ރަނގަޅަ ކަމެއް ނޯން.
ކާބަފައިން ޒަމާނުން ފެށީގެންވެސް ގޭށަށް ލާން ބޭނުންވަން އަކިރި އަކޫ ގޮނޑަދަށުން ނަގައިގެން ގެއަށާ ގޯއްޗު ބޭރަށް ލަމުން އައި އެއްޗެއް. އެކަމަކު ވިސްނައިނުލެވީ އޮތް ކަމަކޫ އޭރު މިރަށު އާބާދީޔާ މިހާރު އޮތް އާބާދީޔަށް އައި ބަދަލު.
ގޮނޑަދަށުން ވެލިނަގާން ވެސް ވަކި ހިސާބެއްވަނޫ ކަނޑައަޅާފާ. އެ ސަރަހައްދުން ނޯން ސަރަހައްދު ތެކުން ވެލި ނެގުމަކީ މަނާކަމެއް ކަމަށް އެންވާރަމެންޓް މިނިސްޓްރީޔުން ވަނޫ އާންމުކޮށް އަންގާފާކަން އެންމޭންވެސް ވިސްނާލާން ޖެހޭ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2024ވައްޓަފާޅިފޮނަދޫ މީހުން ބޮޑައީދަށް ތައްޔާރަވުން
- 5 އޭޕްރިލް 2024ރަހަފަތްޗީޒީ އެގް ޓޯސްޓް – މުނިއަވަސް ރަހަފަތް
- 31 މާރޗް 2024ރަހަފަތްބިސްގަނޑު ރިހަ – މުނިއަވަސް ރަހަފަތް
- 11 މާރޗް 2024ރަހަފަތްޗޮކްލެޓް އައިސްކްރީމް ކޭކް – މުނިއަވަސް ރަހަފަތް
Hingaabilaa lhethey? Or hingaabilaa lhey/hey/rankolhaa/rankolhey/rankolhunney/rankolhumenney?