ހޯރަފުށީގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ހޯރަފުށީ ޔޫތު ޑިވޮލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ބާއްވާ ހާއުފާ “ހާއުފާ އީދު ޝޯ” ހުށައަޅައިދޭނީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން އާއި ރާއްޖެ ޓީވީގެ އެޗްއާރް މެނޭޖަރ އަދި ފިލްމީ ޕްރޮގްރާމް ‘ކުލަ ސްކްރީން’ ހުށައަޅައިދޭ ރިފްޤާ ޢަބްދުލް ވައްޙާބް ހަމަޖައްސައިފިއެވެ.

‘ހައިޑްސް’ އާ ހަވާލާދީ ރާއްޖެ.އެމްވީން ބުނީ “ހާއުފާ އީދު ޝޯ” ހުށައަޅަން ރިފްޤާ ހަމަޖެއްސީ އޭނާއަކީ ޝޯތައް ހުށައެޅުމުގައި ކުރިއަރަމުން އަންނަ ފަރާތަކަށްވުމުން ކަމަށާއި އެހެންކަމުން ޝޯ އިތުރަށް ފޯރިގަދަ ވެގެންދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. ރިފްގާ ބުނީ މި އަހަރުގެ ބޮޑު އީދު އެންމެ ކުލަ ގަދަ ކޮށް ފާހަގަކުރާ ހޯރަފުށީން އޭނާ ފެނިގެންދާނީ މުޅިން ތަފާތުކޮށް ކަމަށެވެ.

ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުގެ ޝޯތައްވެސް ހުށައަޅާފައިވާ މަޝްހޫރު އެކްޓަރ ސީޒަން ބުނީ ހއ. ހޯރަފުށްޓަކީ އޭނާއަށް ވަރަށް ޚާއްސަ ރަށެއްކަމަށާއި މި ޝޯގައި ބައިވެރިނުވާ މަޝްހޫރު ފަންނާނެއް ނުހުންނާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މި އީދު ވެގެންދާނީ ވަރަށް ފޯރިގަދަ އީދަކަށް ކަމަށެވެ.

“ހާ އުފާ ޢީދު ޝޯ” އަށް މަޝްހޫރު ބައެއް ފަންނާނުން ސޮއިކުރުމުގެ ތެރެއިން – ފޮޓޯ: ރާއްޖެ އެމްވީ

“ހާއުފާ އީދު ޝޯ” ގައި ރާއްޖޭގެ ގިނަ ފަންނާނުންތަކުން ބައިވެރިވެފައިވާއިރު ’ހަބޭސް ބޮޑު ގްރޫޕް’ގެ އިތުރުން މަޝްހޫރޫ ފަންނާނުން ކަމަށްވާ އާއިޝަތު ރިޝްމީ، ރަވީ ފާރޫޤް، މަރިޔަމް މަޖުދާ، އަޙްމަދު އަޒްމީލް، ސުނީތާ ޢަލީގެ އިތުރުން ޖުމައްޔިލް ނިމާލްގެ އިތުރުންވެސް ވަރަށްގިނަ ފިލްމީ ފަންނާނުން ބައިވެރިވާނެއެވެ. މީގެ އިތުރުން މަޝްހޫރު މިއުޒިކު ބޭންޑްތަކާއި ގިނަ ޢަދަދެއްގެ ލަވަކިޔުންތެރިން ވެސް ބައިވެރިވާނެ ކަމަށް ‘ހައިޑްސް’ އިން ބުނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ލަވަކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާ، މުއައްޒިން އާއި ޝަހީދު ލިގެސީ ފާހަގަކޮށްލެވެއެވެ.

ހައިޑްސް އިން ބުނީ، “ހާއުފާ އީދު ޝޯ” އަކީ ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އުލިގަމަށް ޚާއްޞަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

“ހާ އުފާ ޢީދު ޝޯގެ ޕޯސްޓަރެއް – ފޮޓޯ: ހައިޑްސް ފޭސްބްކް ޕޭޖް

ހޯރަފުށީގައި ހިންގާ މި ފަދަ ހަރަކާތްތަކަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ ފަރާތުން ލިބޭ އެހީތެރިކަން ‘ހައިޑްސް’ އިން ވަނީ ފާހަގަކޮށްފައެވެ.

“ހާއުފާ އީދު ޝޯ” ރާއްޖެ ޓީވީ މެދުވެރިކޮށް ލައިވް ކުރުމަށް ނިންމާފައިވާކަމަށް އެ ސްޓޭޝަނުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.