ދިރާގު ޓީވީއިން “އައި ފިލްމްސް” ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ގެނައުމަށް ސޮއިކޮށްފިއެވެ. މި ފިލްމަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާޚިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ.

ދިރާގު ހެޑް އޮފީހުގައި އިއްޔެ މެންދުރުފަހު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ”ބަވަތި” ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އާއި ފިލްމުގެ ލީޑް އަޙްމަދު އިފްނާޒް ފިރާޤް އަދި ނުޒުހަތު ޝުޢައިބް ބައިވެރިވިއެވެ. ދިރާގުގެ ފަރާތުން ބައިވެރިވެލެއްވީ ދިރާގު ޓީވީ ޓީމުގެ ތިން ބޭފުޅުންނެވެ.

“އައި ފިލްމްސް” އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޏެކެވެ. ”ބަވަތި” އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމަށްވާއިރު މި ފިލްމު ޚާއްސަވާ އެއް ކަމަކީ މި ފިލްމުގެ މައިގަނޑު އެއް ރޯލުގައި ފިލްމީ ދާއިރާއަށް މުޅިން އައު ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގް ފެނިގެންދާނެތީއެވެ. މީގެ އިތުރުން އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) މައިގަނޑު އަންހެން ރޯލުން ފެނިގެންދާނެއެވެ. އިފްރާޒްގެ އިތުރުންވެސް ފިލްމުގައި ވަރަށް ގިނަ އައު ތަރިން ފެނިގެންދާނެއެވެ.

އަލަށް ފިލްމީ ދާއިރާއަށް ނިކުމެ އައި ފިލްމްސް އިން ފުރަތަމަ އުފައްދާފައިވާ ފިލްމަށް މިފަދަ ފުރުޞަތެއް ދިރާގު ޓީވީން ދެއްވީތީ ދިރާގާއި ދިރާގު ޓީވީއަށް އައި ފިލްމްސް އާއި ފިލްމުގެ ކްރޫ އަދި ކާސްޓުންގެ ނަމުގައި ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ޝުކުރު ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަން ހާމަކުރިއެވެ.

ބަވަތި” ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި އަންނަ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހު އެވެ. ފިލްމުގެ ސިނަމާ ސްކްރީނިންއަށް ފަހު ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލައިލެވޭނެ ކަމަށް ދިރާގު ޓީވީން ބުނެއެވެ.

ދިރާގުން އައި ފިލްމްސް އާއި ގުޅިގެން އޮންޑިމާންޑް ޕްލެޓްފޯމަށް މި ފިލްމު ގެނެސްދޭން ނިންމި މައިގަނޑު ބޭނުމަކީ އައު ދިވެހި ފަނަނާނުންނާއި ޕްރޮޑަކްޝަން ހައުސްތައް ބާރުވެރި ކުރުވައި ގިނަ ދިވެހި އުފެއްދުންތައް މާކެޓަށް ގެނެސްދިނުމަށް މަގުފަހި ކޮށްދިނުމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.