ތްރިލާ ފިލްމު “އިނގިލި”ން މޮޅު އެކްޓިންއެއް ދެއްކި ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ)ގެ ފުރަތަމަ ފީޗާ ފިލްމު “ލީނާ” މި މަހު 29ން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން ނިންމާފައިވާކަމަށް މުއާ ބުނެފިއެވެ.
“ލީނާ”ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށްފަހު ހުޅުމާލޭ ޝްވެކްގައި ދެއްކުމަށް ނިންމީ “ލީނާ” ބަލައިލަން ބޭނުންވާ ގިނަ ބަޔަކު ތިބުމުން ކަމަށް ފިލްމުގައި އެންމެ މުހިންމު އެއް ރޯލުވެސް އަދާކޮށްފައިވާ މުއާ ބުންޏެވެ. މުއާ އިތުރަށް ބުނީ މިމަހު 29ގައި ފިލްމު އެޅުވުމަށްފަހު ލިބޭ ތަރުހީބަށް ބަލާފައި ޝޯތައް އިތުރު ކުރާނެ ކަމަށެވެ.
ޖުލައި 23 ގައި ރިލީޒްކުރި ފިލްމު “ލީނާ”ގެ ޓިކެޓް ވިއްކަން މިމަހު25 ގައި ފަށާނެއެވެ.
އޮލިމްޕަހުގައި “ލީނާ” ގެ 15 ޝޯ ދެއްކިއިރު އޭގެ ތެރެއިން 11 ޝޯ ހައުސްފުލް ވިއެވެ. މީގެ އިތުރުން 16 އަށް ވުރެ ގިނަ ރަށުގައި “ލީނާ” ދައްކާފައިވާކަމަށް މުއާ މަޢުލޫމާތު ދެއެވެ.
ފިލްމުގެ ކާސްޓަށް ބަލައިލާއިރު، މިވަގުތު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު، ހުނަރުވެރި ބަޠަލާ މަރިޔަމް އައްޒަ ކުޅެނީ ލީނާގެ ކެރެކްޓަރ އެވެ. ޢަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވަނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. ކުރިއަރަމުން އަންނަ ހުނަރުވެރި ނުޒުހަތު ޝުޢައިބް (ނުޒޫ) އަކީ ލީނާގެ ބެސްޓް ފްރެންޑެވެ. ލީނާގެ މަންމަގެ ރޯލުން ފެނިގެންދަނީ މަރިޔަމް ހަލީމް އެވެ. މި ފިލްމުގައި އަޙްމަދު ސައީދު އަދާކުރާނީ ކައުންސިލް ރައީސްގެ ރޯލެވެ. އަޙްމަދު ނިމާލުވެސް މި ފިލްމުން ފެނިގެންދެއެވެ.
ފިލްމު ބަލަމުންދާއިރު، ނޭވާ ހިފަހައްޓައިލަން ޖެހޭ އެތަކެއް މަންޒަރުތަކެއް ފެނުމުގެ އިތުރުން، ކައުންސިލްގައި ނުޒޫ ވަޒީފާ އަދާކުރާއިރު ސައީދު އާއި ނުޒޫގެ ކުރިމަތިލުންތަކުން ސިނަމާ އެއްކޮށް ހެއްވައިލާ، ފިލްމުގެ ރަހަ ވަރަށް ބޮޑަށް ހެޔޮވަރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.
“ލީނާ” އަކީ އަންހެންކުއްޖެއްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން މުއާ ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ ޒަރީރުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!