މިއަހަރު ނޮވެމްބަރު މަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ ވީމީޑިއާ އޮރިޖިނަލްގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގެ ޝޫޓިންއަށް މިމަހު 25ގައި އދ. ފެންފުށްޓަށް ފުރަން ނިންމާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ބުނެފިއެވެ.
ބޮޑު ކާސްޓެއް ހިމަނައިގެން މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާ ލޯބީގެ ހެއްވާ މަޖާ ފިލްމު “ކޮސް ގިނަ މިސްޓޭކް” އަކީ ވީމީޑިއާ އޮރިޖިނަލް އިން ފުރަތަމަ އުފެއްދި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތްކުރާ ފިލްމެއް ކަމަށް ޔޫއްޕެ ބުނެއެވެ.
“….. ދެން އެގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ ޓައިމް ވަރަށް ކުޑަ. ސަބަބަކަށްވީ އަޅުގަނޑުމެން މިހާރު މި ޤަސްދުކުރަނީ އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރުގަ ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދިނުމަށްޓަކާ.” ވީޓީވީ ސިނަމާ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޔޫއްޕެ ފާހަގަކުރިއެވެ.
“ދެން ހަމަ އެއާއެކު މި ދަނޑިވަޅަށް މީ ޢީދުގެ ކަންތައްތައްވެސް، ކުޅިވަރާ އެއްޗެހި ވަނުމާ ގުޅިގެން އަޅުގަނޑުމެންގެ ތަރިން ފުދޭވަރަކަށް ބިޒީ ޝެޑިއުލްއެއްގަ މަސައްކަތްކުރަން މި ޖެހުނީ. އެހެންވީމަ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިމަހު25 ހިސާބުގަ ފުރޭވަރަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ އިނގޭތޯ.” ފިލްމުގެ ޝޫޓިން ކަންތައްތައް ރޭވިފައިވާގޮތް ކިޔައިދެމުން ޔޫއްޕެ ބުންޏެވެ.
ޔޫއްޕެ ބުނީ މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމައިލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ފިލްމުގެ މަސައްކަތް ކުރުމަށް ބޮޑު ކްރޫއެއް ހަމަޖެހިފައިވާކަމަށެވެ.
ހުރިހައި ރަހައެއްވެސް މި ފިލްމުން ފެނިގެންދާނެ ކަމަށާއި ފިލްމުގައި މިކްސްޑް އިމޯޝަންސް ހިމެނިފައިވާނެ ކަމަށް ޔޫއްޕެ ބުންޏެވެ.
“ނަމަވެސް މި ފިލްމަކީ ޙަޤީޤަތުގަ ލޯބި ދައްކުވައިދޭ ފިލްމެއް އިނގޭތޯ. ލޯބި ދެން. އަޅުގަނޑުމެންގެ ތެރޭގަ އެކި އޭޖް ތަކުގަ އަންނަ ލޯބި، ޒުވާން އުމުރު، މެދު އުމުރު، މުސްކުޅިވެގެން ދިއުމުން، އެހެންވީމަ ލޯތްބަކީ ޙަޤީޤަތުގަ ތަފާތު އުމުރުތަކުގަ ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭނެ އެއްޗެއްކަން މި ފިލްމުގަ ވަރަށް ރަނގަޅަށް ފެނިގެންދާނެ.” މަލްޓިކާސްޓަކާއެކު ގެނެސްދޭ “ކޮސް ގިނަ މިސްޓޭކް” އަކީ ކޮންކަހަލަ ފިލްމެއްކަން ޔޫއްޕެ ކިޔައިދެމުން ފާހަގަކުރިއެވެ.
“ކޮސް ގިނަ މިސްޓޭކް”ގައި ހަރަކާތްތެރިވާ މައިގަނޑު 12 ތަރިންގެ ނަން އިޢުލާނުކޮށްފައިވެއެވެ. މީގެ ތެރެއަށް މައިގަނޑު އިތުރު ތަރިއެއް ހިމެނޭ ކަމަށާއި މިވަގުތަށް އެ ތަރިއަކީ ކާކުކަން ހާމަކުރަން ބޭނުން ނުވާކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
“ކޮސް ގިނަ މިސްޓޭކް” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ފިލްމުގައި މުހިންމު ރޯލަކުން ޔޫއްޕެ ވެސް ފެނިގެންދާނެ ފިލްމެކެވެ.
ފިލްމު ”ކޮސް ގިނަ މިސްޓޭކް“ގައި މައިގަނޑު 13 ތަރިން ހަރަކާތްތެރިވެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާފައި ފިލްމުގެ 13 ތަރިންގެ ތެރެއިން 12 ތަރިންގެ ނަން އިއުލާނުކޮށްފައިވެއެވެ. އެގޮތުން ފިލްމީ ދާއިރާގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ތަރިން މި ފިލްމުގައި ހިމެނޭއިރު، މި ދާއިރާގެ ވަރަށް ސީނިއާ ތަރިންތަކެއްވެސް ހިމެނެއެވެ.
”ކޮސް ގިނަ މިސްޓޭކް“ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ އަޙްމަދު ނިމާލް (ނިމާލް)، ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން ނަވާލް ހިމެނެއެވެ. މީގެ އިތުރުން ވަރަށް މަޝްހޫރު ކޮމީޑިއަންވެސް މި ފިލްމުގެ ލީޑް 13 ތަރިންގެ ތެރޭގައި ހިމެނެއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރަކީ ކާމިޔާބު ކޮމެޑީ ފިލްމުތައް ކަމަށްވާ ‘ބައިވެރިޔާ’، ‘ނޯޓީ ފޯޓީ’ އަދި ‘ފޮޓީ ޕްލަސް’ ގެ ޕްރޮޑިއުސަރ، ވީމީޑިއާ އޮރިޖިނަލްގެ މެނޭޖަރ އިސްމާޢީލް ޝަފީޤް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
Konthaaka furanee? Mulhi liyun kee iruves furaa thaney neygunu?