ހުޅުމާލޭގައި ހިނގާ ފައިތިލަޔަށް ޚާއްސަ ފުޓްރެސްޓް ގެ ބްރޭންޑް އެމްބެސެޑަރ ކަމަށް މޯލްޑިވިއަން އައިޑޮލްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަނބު) ހަމަޖައްސައިފިއެވެ.

ފުޓްރެސްޓް އަކީ އަވަދިނެތިކޮށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލާ ސިކުނޑި ތާޒާކޮށްލާ ވަރުބަލިކަން ފިލުވައިލެއްވުމަށް އެހީ ވެދޭނެ ތަނެކެވެ.

މަރިޔަމް މައިޝާ އަކީ ދިވެހިންގެ ލޯބި ހޯދާފައިވާ ވަރަށް މަގުބޫލު ފަންނާނެކެވެ. މިމަހު 24 ވަނަ ދުވަހު ބޭއްވި މި ޙަފްލާގައި މައިޝާގެ ރީތި އަޑުން ކިޔައިލި ލަވަތަކުން ހަފުލާއަށް އިތުރު ދިރުމެއް ގެނެސްދީ ފަޅުފިލުވައިލަދިނެވެ.

ފުޓްރެސްޓްގެ ބްރޭންޑް އެމްބެސެޑަރ ލަވަކިޔުންތެރިޔާ މައިޝާ މި ހަފުލާގައި ރީތި ލަވަތަކެއް ހުށައަޅައިދިން – ފޮޓޯ: ފުޓްރެސްޓް

މި ހަފްލާގައި ފުޓްރެސްޓުން ވަނީ ގިފްޓް ވައުޗަރ ލޯންޗް ކޮށްފައެވެ. ގިފްޓް ވައުޗަރ ލޯންޗް ކޮށްދެއްވީ ފުޓްރެސްޓްގެ ބްރޭންޑް އެމްބެސެޑަރ މައިޝާ އެވެ. ފުޓްރެސްޓުން ތަޢާރަފުކުރި ގިފްޓް ވައުޗަރ ތަކުގެ ތެރޭގައި ހިމެނެނީ:
1. 300 ރުފިޔާގެ ގިފްޓް ވައުޗަރ
2. 600 ރުފިޔާގެ ގިފްޓް ވައުޗަރ
3. 800 ރުފިޔާގެ ގިފްޓް ވައުޗަރ އެވެ.

މި ގިފްޓް ވައުޗަރ ތަކަކީ އެކިއެކި މުނާސަބުތަކާއި ގުޅިގެން އައިލާގެ މީހުންނާއި، ލޯބިވާ މީހުންނާއި އަދި ގާތް އެކުވެރިންނަށްވެސް ދިނުމަށް ވަރަށް ރަނގަޅު ހަދިޔާއެއްކަމަށް ފުޓްރެސްޓުން ބުނެއެވެ. މި ވައުޗަރުތައް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނީ ފުޓްރެސްޓް އިންނެވެ.

ފުޓްރެސްޓްގެ ބްރޭންޑް އެމްބެސެޑަރ ކަމާ މައިޝާ ހަވާލުވުމަށް ސޮއި ކުރަނީ – ފޮޓޯ: ފުޓްރެސްޓް

ފިފްޓް ވައުޗަރގެ އިތުރުން ފުޓްރެސްޓުގެ ދާއިމީ ކަސްޓަމަރުންނަށް ޚާއްސަކޮށް ލޯޔަލްޓީ ކާޑް ވެސް މި ހަފްލާގައި ތައާރަފްކޮށްފައި ވާކަމަށް ފުޓްރެސްޓްގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓްރަ އައިޝަތު ސަނީދާ މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ހާމަކުރެއްވިއެވެ.

ލޯޔަލްޓީ ކާޑް ގެންގުޅުއްވާ ފަރާތްތަކަށް ފުޓްރެސްޓްގެ ފަސް ޚިދުމަތެއް ހޯއްދެވުމުން އެ ކަސްޓަމަރަކަށް ފްރީ އެޑް އޯން އެއް ލިބިވަޑައިގަންނަވާނެއެވެ. ހަމަ އެހެންމެ ފުޓްރެސްޓުން 10 ޚިދުމަތް ހޯއްދެވުމުން ކޮންމެވެސް އެއް ޓްރީމެންޓެއް ފްރީކޮށް ލިބިވަޑައިގަންނަވާނެއެވެ.

ފުޓްރެސްޓް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު އެޕޮއިންޓްމަންޓްވެސް ހެއްދޭނެ ކަމަށް ފުޓްރެސްޓުން މަޢުލޫމާތުދެއެވެ. ފުޓްރެސްޓްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ފުޓްރެސްޓުން ދެވޭ ޚިދުމަތްތަކުގެ މައުލޫމާތު ލިބެން ހުންނާނެކަމަށްވެސް ފުޓްރެސްޓުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.