1200 ކެލޮރީސްގެ ޑައިޓް ޕްލޭނެއް

ކަމާބެހޭ މާހިރުން ތަފާތު ވައްތަރުގެ ޑައިޓް ޕްލޭންތައް ތައްޔާރުކޮށްފައި ހުރެއެވެ. އެގޮތުން މި ގެނެސްދެނީ 1200 ކެލޮރީސްގެ ނޮން-ވެޖްޓޭރިއަން ޑައިޓް ޕްލޭނެކެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި ބޭނުންކުރާ ކާނާގައި 1200 ކެލޮރީސް އަށްވުރެން ގިނަ ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ޑައިޓް ޕްލޭނެކެވެ.

މި ޕްލޭން ރަނގަޅަށް ޖައްސައިގެން ހަތް ދުވަސް ތެރޭގައި ފަސް ވަރަކަށް ކިލޯ ދުއްވައިލެވޭނެއެވެ.

ހެނދުނު (0 އާއި 90 ކެލޮރީސް): ލުނބޯ ހުތާއި މާމުއި އަޅައިގެން ހުސްގޮހޮރާ ހުރެ ތާފަނާ ފެންތަށްޓަކުން ދުވަސް ފަށާށެވެ. ނުވަތަ ހަކުރު ނާޅާ ކަޅުސައި ތަށްޓެއް، ދެ މާރީ ގޯލްޑް ބިސްކޯދާއި އެކުގައި ބޭނުންކުރާށެވެ.

ހެނދުނުގެ ނާސްތާ: (~300 ކެލޮރީސް): ފެނުކެއްކި ދެ ބިހާއި އެއް ފޮތި ބްރައުން ޕާނާއި އެއް ޖޯޑު ސްކިމްޑް ކިރު ބޭނުންކުރާށެވެ.

ނުވަގަޑި ސައި: (~50 އާއި 60 އާއި ދެމެދުގެ ކެލޮރީސް): ހެޔޮވަރުވަރުގެ މާޅުސްކެޔޮ ދޮންކެޔޮ ވަކެއް. ކަޚު ކެޔޮ ނަމަ ދެވަށް ނުވަތަ 2/1 ޖޯޑު ކަރާ ކުދިކޮށް ކޮށާފައި ނުވަތަ 15 އާއި 20 ދެމެދުގެ އަދަދަކަށް ރޯ މޭބިސްކަދުރު.

މެންދުރުގެ ކެއުން (~300 ކެލޮރީސް): 100 ގްރާމް ކުކުޅުމަސް، އެއް ޖޯޑް ބްރައުން ރައިސް އެއްކޮށްގެން މީރު ކާއެއްޗެއް ހަދައިގެން ކެވިދާނެއެވެ. ނަމަވެސް، ތެޔޮ ބޭނުންކުރާނަމަ ބޭނުންކުރާނީ ވަރަށް ކުޑަ ތެޔޮފޮދެކެވެ. މިގޮތަށް ތައްޔާރުކުރާ ބަތާއި އެކުގައި 2/1 ޖޯޑު މިކްސްޑް ވެޖިޓެބަލް (ތަރުކާރީގެ އެކި ބާވަތްތައް) ބޭނުންކޮށްގެން ސެލެޑެއް ނުވަތަ ސޫޕެއް ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ.

ހަވީރު ސައި (~35 އާއި 40 އާއި ދެމެދުގެ ކެލޮރީސް): ލޮނު މަދުން އެކުލެވޭ އެއް ތަށި ބަޓަރ މިލްކް ބޯށެވެ.

ރޭގަނޑުގެ ކެއުން (~350 އާއި 370 އާއި ދެމެދުގެ ކެލޮރީސް): އެއް ރޮށި، 50 ގްރާމް ހުންނަހައި ފިޝް ފްރައި ނުވަތަ އެއް ރޮށްޓާއި އެކުގައި 2/1 ޖޯޑު މުގު ރިހަ (ލެންޓިލްސް ދާލް) ކާށެވެ.

1200 ކެލޮރީސްގެ ޑައިޓް ޕްލޭންގެ ފައިދާތައް

ކާހިތްވާ ޒާތުގެ ކާނާތަކެއް އެކުލެވޭ މި ޕްލޭންގެ ސަބަބުން ކާހިތްވާ ތަކެތި ކެއުމުގެ ފުރުޞަތު ލިބުމާއެކު ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކޮށްދެއެވެ. ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ގޮތަކީ ދުވާލެއްގެ މައްޗަށް އަހަރެމެންގެ ހަށިގަނޑަށް އެތެރެކުރާ ކެލޮރީސްގެ މިންވަރު މަދުކުރުމެވެ.

ހިރާސް ނުވަތަ ރިސްކްތައް

ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހެއްނަމަ، މިފަދަ ކެލޮރީ މަދު ޑައިޓާއި ދުރުހެލިވާން ޖެހެއެވެ. އެފަދަ މީހުން މި ޑައިޓް ބޭނުންކުރުމުން ފައިދާއަށް ވުރެން ބޮޑަށް ލިބޭނީ ގެއްލުމެވެ.

ބަރާބަރަށް މި ޑައިޓް ބޭނުންނުކުރާ ނަމަ، މި ޑައިޓް ޕްލޭނުން ލިބޭނީ ގޯސް ނަތީޖާއެކެވެ.

ދުވާލެއްގެ މައްޗަށް އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެން މަދު ކެލޮރީސް ލިބޭނަމަ އެކަމުގެ ސަބަބުން ކާނާގެ ބައިތައް މަދުވުމުން ކުރިމަތިވާ ހާލަތަށް ހުށައެޅިދާނެއެވެ. ވަރުބަލިކަން އިހްސާސް ކުރެވުމާއި އޮޅުންބޮޅުން އަރާފައި ހުރެވުމާއި ކާހިތް ކެނޑުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

މި ޑައިޓް ޕްލޭން ފެށުމުގެ ކުރިން ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް

މި ޑައިޓް ޕްލޭން ނުވަތަ އެހެން ޑައިޓް ޕްލޭނެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ.

މި ކެލޮރީ މަދު ޑައިޓް ބޭނުންކުރާއިރު، ބުރަހެލި ކަސްރަތުކުރުން ރަނގަޅެއް ނޫނެވެ. ނަމަވެސް ހިނގުން ނުވަތަ އެރޮބިކް ކަސްރަތު ފަދަ ކަސްރަތު ކުރަންވާނެއެވެ.

ގިނަ މިންވަރަކަށް ސްޓާޗް ހިމެނޭ ކާނާ ކަމަށްވާ ކެބެޖް، ބޮޑު މިރުސް، ބްރޮކޮލީ އާއި ކޮލިފްލާވަރ އާއި ހަކުރު ބޭނުންކުރުމުން ދުރުހެލިވާން ޖެހެއެވެ.

ނިންމާލަމުން ބުނެލާނީ..

މި 1200 ކެލޮރީގެ ޑައިޓްގެ މައިގަނޑު ފައިދާއަކީ މި ޑައިޓް ބޭނުންކުރާއިރު ނުކައި ބަނޑަށް ހުންނާކަށް ނުޖެހޭނެއެވެ. ބުރަހެލި ކަސްރަތުތަކެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް ކުރިން ފަހާގަކުރި ފަދަ ކަސްރަތުތައް ކުރަންވާނެއެވެ.

މި ޑައިޓް ބޭނުންކުރާއިރު މަދުވެގެން ދުވާލެއްގެ މައްޗަށް 10 ތަށި ފެން ބޯން ހަނދާންކުރާށެވެ.

މަސްދަރު: https://www.7daygmdiet.com

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.