ވީމީޑިއާ އޮރިޖިނަލްސް ގެ ދެވަނަ ފީޗާ ފިލްމު “ކޮސް ގިނަ މިސްޓޭކް“ގައި ހަރަކާތްތެރިވާނެ 13 ތަރިންގެ ވާހަކަ ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ޓީމުން ދެއްކިނަމަވެސް މިހައިތަނަށް އާއްމުކޮށްފައިވަނީ 12 ތަރިންގެ ނަމެވެ. ނަމަވެސް މިހާރު މިވަނީ އިތުރު ތަރިއެއް އާއްމުކޮށްފައެވެ.
ފިލްމުގެ ބޮޑު ކާސްޓުގެ ތެރެއަށް މިއޮށްގެން ވައްޓާލީ އިބްރާހީމް ޝާފިއު (ފުބޫ) އެވެ. ހަމަ ގައިމުވެސް ފުބޫ ފެނުމާއެކުވެސް ޚުދު ފުބޫ އެކަނި މިއީވެސް ‘ކޮމެޑީ ޕެކޭޖެއް’ ކަމަށް ބެލުންތެރިން ޤަބޫލުކުރާވަރުގެ މޮޅު ފަންނާނެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކޮމެޑީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ފުބޫ އަކީ އޭނާގެ ހިތްގައިމު ހިނިގަނޑުން އެކަނިވެސް ބެލުންތެރިންގެ ސަމާލުކަން ހޯދާ ހުނަރުވެރި ފަންނާނެކެވެ.
އަހަރުގެ ލޯބީގެ ހެއްވާ މަޖާ ފިލްމު “ކޮސް ގިނަ މިސްޓޭކް” އަށް ހަމަ ގައިމުވެސް ފުބޫ މި ގުޅުނީ ލައްކަ ގިނަ ކޮސް ގިނަ މިސްޓޭކްތައް ހެދުމަށްކަމަށް ޤަބޫލުކުރެވެއެވެ.

”ކޮސް ގިނަ މިސްޓޭކްް“ގައި ހަރަކާތްތެރިވާ މައިގަނޑު 13 ތަރިން – ފޮޓޯ: ކޮސް ގިނަ މިސްޓޭކް ޕޭޖް.
“ކޮސް ގިނަ މިސްޓޭކް” އަށް ފުބޫ ހިމެނުމަކީ މި ރޮމޭންޓިކް ކޮމެޑީއަށް އިތުރު ލޮނުހެޔޮވަރުކަމެއް ގެނެސްދޭނެ ކަމެކެވެ. ހެއްވާ މަޖާ ރޯލުގެ އިތުރުން ލޯބީގެ ބަޔާއި ނެށުމާއި ލަވަ ކިޔުމުންވެސް ފުބޫއަކީ އެންމެ ތަންފުކެއްވެސް ދޫނުކުރާ ފަންނާނެއްކަން އެންމެ ފަހުން ފުބޫ ފެނިފައިވާ ފީޗާ ފިލްމު ‘މާމުއި’ އިން އެއޮތީީ ސާބިތުކޮށްދީފައެވެ. އެ ފިލްމުގައި ފުބޫ ކިޔާފައިވާ ‘އަރައިގެން އައި އިރާއޭ’ ލަވައަށް ފަރިފަރި ނެށުންތަކަކާއެކު ފުބޫ އާއި ނުޒޫ ފައިހަމަކޮށްލީ ފިލްމީ އުދަރެހުގައި އެ ލަވައިގެ ހިތްގައިމު ކުލަވަރު ހިއްޕައިލަމުންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ފިލްމު “ކޮސް ގިނަ މިސްޓޭކް” އަށްވެސް ފުބޫ ވަނީ ލަވައެއް ރެކޯޑްކޮށްފައެވެ. އެ ވާހަކަ މިވަގުތު އިތުރަށް ހާމަނުކޮށް ބާއްވައިލާނަމެވެ.
މި ފިލްމުގައި ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް ހިމެނެއެވެ.
“ކޮސް ގިނަ މިސްޓޭކް” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ކްރޫ މިވަގުތު ތިބީ އދ. ފެންފުށީގައެވެ. ކާސްޓުން މިއަދު އެރަށަށް ދާނެއެވެ. ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގައެވެ.
”ކޮސް ގިނަ މިސްޓޭކްް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު