މި އަހަރު ރިލީޒްކުރާނެ އެންމެ ވަރުގަދަ، ލޯބީގެ ކޮމެޑީ ފިލްމު، “ކޮސް ގިނަ މިސްޓޭކް“ގައި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ހާމިދު އަލީ (އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލާ ހާމިދު) ފެންނަނީ ވަރަށް ތަފާތު ‘ލުކެއް’ގައި ކަން ފިލްމުގެ ޝޫޓިން ފޮޓޯތަކާއި ވީޑިއޯތަކުން ހާމަވެއްޖެ އެވެ.
މުހިންމު 14 ތަރިންނަށްވުރެން ގިނަ ތަރިން ހިމެނޭ ބޮޑު ކާސްޓަކާއެކު ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ ފިލްމު “ކޮސް ގިނަ މިސްޓޭކް“ގެ ޝޫޓިން އދ. ފެންފުށީގައި ވަރަށް ބާރަށް ކުރިއަށްދާއިރު، ޝޫޓިންގެ ފުރަތަމަ ދުވަހު އާއްމުކޮށްފައިވާ ވީޑިއޯއިން ހާމިދު ފެންނަނީ އުމުރުން ދުވަސްވެފައިވާ ރަށްފުށުގެ ސިފައެއް ހުންނަ މީހެއް ގޮތަށެވެ. ބޮލުގެ އިސްތަށިކޮޅުގައި ސަޑު ލައްވައި އެއް ފަރާތަކަށް ފުނާ އަޅާފައި، ގަންޖުފަރާހަކާއި މުންޑެއް ލައިގެން ހުންނައިރު ސިފަކުރެވެނީ 1980ގެ އަހަރުތަކުގެ ރަށްފުށުގެ އިސްރަށްވެއްސެއްގެ ގޮތުގައެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބިރުވެރި ފިލްމު “ދައުވަތު” އަށް ފަހު ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ “ކޮސް ގިނަ މިސްޓޭކް”ގެ މައިގަނޑު ކާސްޓުންނަކީ ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު(ގުލިސްތާނު)ގެ އިތުރުން މުޙައްމަދު ނަވާލް (ނަވާލް)، ހިމެނެއެވެ. މީގެ އިތުރުން އަލަށް ފެނިގެންދާ މޫނެއް ކަމަށްވާ އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ވެސް ހިމެނެއެވެ.
އަހަރުގެ އެންމެ ވަރުގަގަ ރޮމޭންޓިކް ކޮމެޑީގެ ޓެގްލައިނާއެކު ޕްރޮމޯޓްކުރާ “ކޮސް ގިނަ މިސްޓޭކް” އަކީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހުގައެވެ.
”ކޮސް ގިނަ މިސްޓޭކްް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!