އޮލިމްޕަހުގައި މިރޭ ޕްރިމިއާކުރާ ”ބަވަތި“ ފިލްމަކީ ޕްރޮޑިއުސަރު އަދި ޑިރެކްޓަރު އިލްޔާސް ވަހީދު (އިއްލި)ގެ ފުރަތަމަ ފިލްމެވެ. މިއީ އިއްލިގެ ކުރިއަށްދާން ބޭނުންވާ މި ކެރިއަރުގެ އެންމެ ބޮޑު އުއްމީދެވެ.
އިލްޔާސް ބުނިގޮތުގައި މި ފީލްޑަށް ނިކުންނަން ބޭނުންވެފައި ހުންނަތާ 20 އަހަރުވެއްޖެ އެވެ. ފިލްމު ”ބަވަތި” ޕްރިމިއާކުރުމަށް މަދު ގަޑިއިރު ތަކަކަށް ވެފައިވާއިރު، މުނިއަވަސްގެ ކިޔުންތެރިންނަށް މި ގެނެސްދެނީ މުނިއަވަސް އާއި ދުވަސް އެމްވީން ”ބަވަތި” ޓީމާއެކު ބޭއްވި ބޮޑު އިންޓަވިއުގެ ދެވަނަ ބައެެވެ.
ބޮޑު އިންޓަވިއުގެ ފުރަތަމަ ބައި ނިންމާލި ހިސާބުން މިއަދު ފަށާނަމެވެ. ފިލްމު ހެދުމަށް ބަޖެޓް ހޯދިގޮތާއި ބަޖެޓް ޚަރަދުކުރިގޮތުގެ ތަފްޞީލުތައްވެސް “ބަވަތި” ޓީމުން ދިނެވެ. ނަމަވެސް އެ ބައި މިވަގުތު ހިމަނައިލުން މުނާސަބު ކަމަކަށް ނުވާތީ ދޫކޮށްލާނަމެވެ.
ޝޫޓިންއަށް ކިހައިދުވަހެއް ނެގި؟
ޑައިރެކްޓަރ އިއްލި: ޝޫޓިން އަހަރުން ޝެޑިއުލްކުރީ ވަން މަންތު. ދެން އެކަމަކު އަހަރުން ވަން މަންތު ޝެޑިއުލްކުރީ ހެނދުނުން ފެށިގެން ރޭގަނޑު ބާރަ ޖަހަންދެން. އެކަމަކު އަހަރުމެން ޝޫޓްކުރީ ހެނދުނުން ފެށިގެން ހަވީރަށް، ހައެއް ޖަހަންދެން. ދެން އެހެންވީމާ ކުޑަ ޑިލޭތަކެއް އައި. ދެން ރާއްޖެތެރެއަށް ގޮސްފަ އެދޭތެރެއިން ނުޒޫ ފުރައިގެން ދިއުމާ ދެން އިތުރ ުކަންތައްތަކެއް ދިމާވުމުގެ ސަބަބުން-.
އަސްލުގަ އަހަރުމެންނަށް ވޯކް ކުރެވިފަ އިންނާނީ ހަމަ ވަން މަންތު.
ފިލްމުގެ މަސައްކަތްތައް އެއްކޮށް ނިންމައިލެވުނީމަ މިހާރުގެ އިހްސާސްތަކަކީ ކޮބާ؟
ޑައިރެކްޓަރ އިއްލި: ވަރަށް ހެޕީ ވަރަށް ވަރަށް އުފާވޭ. ދެން ހަމަ ފައިނަލް ޕްރޮޑަކްޓް އެންމެ ހިތްހަމަޖެހޭގޮތަށް އޭނީ. ދެން ހަމަ ކެތްމަދުވެފަ-
ނުޒޫ: އިއްލި މިހާރު ބަލައިވެސްފި-
ޑައިރެކްޓަރ އިއްލި: ކެތްމަދުވެފަ މީނީ. ޕްރިމިއާ ނައިޓްގަ މީހުންގެ ރިއެކްޝަނަށް ބަލައިލަން.
ދެން މިހާރު މި ޕްރޮޖެކްޓް ނިމިފަތާދޯ މިއޮތީ. އިތުރު ކަމަކަށް ޚިޔާލު އެބަހުރިތަ؟
ޑައިރެކްޓަރ އިއްލި: އާނ. އިންޝާﷲ. ހަމަ މީތި ނިމޭއިރަށް މިހާރު ދެވަނަ ޕްރޮޖެކްޓްގެ ސްރިޕްޓްވެސް ނިމިފަ އޮތީ ދޯ (ދެން ތިބި މެންބަރުން ނަނަށް ދޯ ދެމުން). ސްކްރިޕްޓްވެސް ނިމިފަ، ކާސްޓުންވެސް ހަމަޖެހިފަ އޮތީ ހުރިހައި ބަޔަކަށް.
ނުޒޫ: އިއްލެ ވަރަށް ކުރީގައޭ އުޅެނީ. އަސްލު އިއްލި ވަރަށް ކުރިއާލާ މަސައްކަތް ކުރަނީ. (ދެން ނުޒޫ ފެށީ އޭނާއާ އިއްލި އާ ދިމާވިގޮތާއި ބަވަތި އިން ޗާންސް ލިބުނުގޮތް ކިޔައިދޭށެވެ.)
އިއްލެ އަކީ އަސްލު ވަރަށް ޑައުންޓު އާރޓު މީހެއް. އިއްލެ އިނީމަކާއެއް ނޫން. ވަރަށް ކޮމްފޮޓެބަލް އަސްލު އޭޒް އަ ފްރެންޑް ވާހަކަދައްކާލެވޭ ކަހަލަ މީހެއްމީ. އިއްލެ ނުޒޫ ކައިރީގަ ބުނީ މިއީ އިއްލެ ވަރަށް ކުޑައިރުން ފެށިގެން ކުރަން ބޭނުންވާ ކަމެކޭ.
ޑައިރެކްޓަރ އިއްލި: އަބަދުވެސް ބޭނުންވަނީ މި ފީލްޑަށް ނުކުންނަން.
ނުޒޫ: އިއްލިގެ ވަރަށް ބޮޑު ޑްރީމެއްގެ ފުރަތަމަ މީހަކަށް ނުޒޫވުން ވެސް އެއީ ވަރަށް ބޮޑު ހެޕިނެސްއެއް. ނުޒޫއަށް ލިބޭ ބޮޑު ޝަރަފެއް.
ޑްރީމް އަކީ އަސްލު “ބަވަތި” ފިލްމަކަށް ހެދުންތަ ނޫނިއްޔާމު ފިލްމެއް ހެދުންތަ؟
ޑައިރެކްޓަރ އިއްލި: ޑްރީމް އަކީ އިންޑަސްޓްރީގަ މާކެއް. އިލިޔާސް އެއީ ކާކުކަން އެންމެންނަށް އެނގި އިލިޔާސް ހަދާ އެއްޗެއްސަކީ ކޮލިޓީ އެއްޗެހިކަން އެނގި، ބްރޭންޑެއް ކްރިއޭޓް ކުރުން.
(ދެން އަހަރުމެން ސުވާލުކުރީ ފިލްމުގެ ވާހަކަ ހޯދިގޮތާއި މެދުގައެވެ. މި ވާހަކަ އަކީ އިލްޔާސްގެ އަމިއްލަ ވާހަކައެއް ކަމާއި ވާހަކަ ފައިނަލްކުރި ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ. އިލްޔާސް ބުނީ އެމީހުން ހެދުމަށް ފަސް ފިލްމެއްގެ ވާހަކަ މިހާރު ވަނީ ޑިސްކަސްކުރެވިފައި ކަމަށެވެ.)
(އިއްލެ އިތުރަށް ބުނީ “ބަވަތި” ހަދަން އުޅުނީ ވަރަށް ކުޑަކުޑަ ބަޖެޓަކުން ކަމަށާއި ނަމަވެސް ޕްރޮޑިއުސަރުން އިތުރުކޮށް ވަރުގަދަ ފިލްމެއްގެއްގެ ގޮތުގައި “ބަވަތި” ހެދީ ކަމަށެވެ.)
އިލްޔާސް އަކީ މި ދާއިރާއަށް އާ މީހެއްވީމަ ކުރަންޖެހުނު ސްޓްރަގްލް އަކީ؟
ޑައިރެކްޓަރ އިއްލި: އަސްލު އާ މީހެއް ވީމަ މި ފިލްމުގެ ބައެއް ބައިތައް ކުޅެން އެބަހުރި މީހުން ނޫނެކޭ ބުނެފަ. ހަމަ އާމިހެއް ވީމަ ސްކްރިޕްޓް ދީފަ ރިސް ނަގަން ބޭނުން ނުވެފަ. އެކަމަކު މިހާރު ފިލްމުގެ ޓީޒާސްތަކާ ޓްރެއިލާތައް ފެނުނީމަ މި ފިލްމު ކުޅެވުނު ނަމައޭ ބުނި މީހުންވެސް އެބަތިބި.
(ފިލްމީ ދައިރާއިން ކުރިއަށް ދިއުމަށް އިއްލި އަށް އެހީވެދިން ފަރާތްތަކުގެ ހަނދާން އާކުރިއެވެ. އެގޮތުން ވީމީޑިއާގެ އިސްމާޢީލް ޝަފީގް އާއި ޑާކްރެއިންގެ މޮގާ އަދި އަބްދުﷲ މުއާޒްގެ ނަން ފާހަގަކޮށްލީ ދާއިރާގެ އެކިއެކި ފަރާތްކަުން ވެދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަމުނެވެ.)
މި ރެއަކީ ”ބަވަތި” ޓީމަށް ބޮޑު ރެއެކެވެ. ވަކިން ޚާއްޞަކޮށް އިލްޔާސް ވަހީދަށް ވަކީން ބޮޑު ރެއެކެވެ. މުނިއަވަސް އިން އެދެނީ އިލްޔާސްގެ މަސައްކަތަށް ކާމިޔާބީއެވެ.
މިރޭ ޕްރިމިއާކުރާ އައި ފިލްމްސްގެ ”ބަވަތި” ފިލްމުގައި ދައްކައިދޭނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް ދިމާވާ ކަންތައްތަކެކެވެ.
ފިލްމު ”ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 މެއި 2020ރިޕޯޓްއުފާވެރިކަމުގެ ހިމަފޮދު ވާރެއިން ފެންވަރާލާށެވެ.
- 23 ނޮވެމްބަރ 2019ޚަބަރުލ. ގަމު އަންހެނުންގެ ކޮމެޓީގެ ފަރާތުން ސައިކަލުބުރެއް ބާއްވަނީ
- 21 ނޮވެމްބަރ 2019ޚަބަރު“އުދަބާނި 2” ގެ ފަރާތުން ޔޫއްޕެ އާއި ދޮން އައްޔަ އަށް ސަޕްރައިޒެއް
- 25 ސެޕްޓެމްބަރ 2019ޚަބަރު“ކާކު” ބަލައިލަން ދާވަރު… ވަރަށް ބިރުވެރި!