މިމަހު 24 ގައި ރިލީޒްކުރާ ފިލްމު “ކާކުު؟”ގެ ޓިކެޓް، މިއަދު ހެނދުނު އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ. އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ޕްރޮޑަކްޝަން ހައުސް ’މި ޕްރޮޑަކްޝަންސް‘ގެ ބިރުވެރި ފިލްމު “ކާކުު؟” އަކީ މިހާރުވެސް ހިނގަމުންދާ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމު ”ކާކު؟“ އިން ފެނިގެންދާނީ ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެކެވެ.

ކާކު؟“ ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫގެ ފިލްމު ”ހިތް ވިންދާ ނުލާ“ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން މާއެނބޫގެ ސީރީޒް އަކުން ފެނިފައިވާ އާއިޝަތު ޔާސިރާ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. މީގެ އިތުރުން މި ފިލްމުން ހާމިދު ޢަލީގެ ވަރަށް ތަފާތު ކެރެކްޓާ އެއް ފެނިގެންދާނެއެވެ.

ފިލްމުގައި އެންމެ ތަފާތު، އަދި ބެލުންތެރިންނަށް ކަމުދާނެ އެއް ކެރެކްޓަރ އެއް ހުށައަޅައިދީފައިވާ މަޝްހޫރު ޑައިރެކްޓަރ އަދި އެހާމެ ކުޅަދާނަ އެކްޓަރ ހާމިދު ޢަލީ މި ފިލްމާމެދު ބުނީ އޭނާ މި ފިލްމު ކުޅުނީވެސް ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ފިލްމުގައި އޭނާއަށް ލިބިފައިވާ ރޯލު ކުޅޭހިތުން، ބޭނުންވެގެން ކަމަށެވެ. އަދި މި ފިލްމުގައި އޭނާގެ މޮޅު އެކްޓިންއެއް ފެނިގެންދާނެ ކަމަށެވެ.

ފިލްމުގެ ފައިނަލް ކޮޕީގެ ގިނަ މަންޒަރުތަކެއް މުނިއަވަސް ގެ ޓީމަކުން ބަލައިލުމުގެ ފުރުޞަތު ލިބިފައިވާއިރު، މި ފިލްމަކީ ފިލްމުގެ ލީޑް ތަރިންކަމަށްވާ ކުޑަސޮބާ އާއި އިރޫ އަދި ސަޕޯޓިން ތަރިންގެ ފަރާތުންވެސް މޮޅު އެކްޓިންއެއް ފެނިގެންދާނެ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ފިލްމުގައި ގެނެސްދީފައިވާ ވިޒުއަލް އިފެކްތަކުގެ ފެންވަރު ރަނގަޅުކަމާއި ތަފާތުކަން ފާހަގަކޮށްލެވެއެވެ.

24 ސެޕްޓެމްބަރަށް ތައްޔާރުވާށެވެ. “ކާކު؟” މި ފިލްމު ބަލައިގެން “ކާކު؟” އެއީ “ކާކު؟“ކަން އެނގިގެންދާނެ އެވެ.

ފިލްމު ”ކާކު؟“ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.