ވިކީ ޑޮނާރ އިން ބޮލީވުޑަށް ތައާރަފްވި އަޔުޝްމަން ކުރާނާގެ 35 ވަނަ އުފަންދުވަހާއި ދިމާކޮށް އޭނާގެ ފޭނުންނަށް މި ފަހަރު މި ވަނީ ވަރަށްވެސް ތަފާތު ސަޕްރައިޒެއް ދޫކޮށްލާފައެވެ.
އަޔުޝްމަން ކައިވެނިކޮށްގެން ހުރެ ފިލްމީ ދާއިރާއަށް ނުކުތް ކަމުގައި ވިނަމަވެސް ފާހަގަކުރެވެނީ ޒާތީ ދިރިއުޅުން މީޑިޔާއަށް ވަރަށް ބޮޑަށް ސިއްރުކޮށްފައި އޮންނަ ފަންނާނެއްގެ ގޮތަށެވެ. އެހެންނަމަވެސް ސެޕްޓެމްބަރު 14 ވަނަ ދުވަހާއި ދިމާކޮށް ފާހަގަކުރާ އަޔުޝްމަންގެ އުފަންދުވަހާއި ދިމާކޮށް އޭނާ ވަނީ އިންސްޓަގްރާމްގައި އަޔުޝްމަންއާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ލިޔުންތެރިޔާ ތާހިރާ ކެޝްޔަޕްގެ ފޮޓޯތަކެއް ފޭނުންނަށް ދޫކޮށްލާފައެވެ.
2008 ވަނަ އަހަރުންފެށިގެން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މި ދެމަފިރިންގެ އެކި ދުވަސްވަރުގެ ފޮޓޯތައް އަޔުޝްމަން އޭނާގެ ފޭނުންނާއި ވަނީ ހިއްސާކޮށްފައެވެ. އަދި ފޮޓޯތަކާއެކު އޭނާގެ އަންހެނުން ތާހިރާއަށް ނިސްބަތްކޮށް ލިޔެފައި ހުރި ހިތްގައިމު ކެޕްޝަންތައްވެސް މިހާރު ސޯޝަލް މީޑިޔާގައި ދަނީ ވައިރަލް ވަމުންނެވެ.
ކެންސަރާއި ހަނގުރާމަ ކުރަމުންދާ ތާހިރާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އުއްމީދު ކަނޑައިލެވުނު އެތައް ފަހަރެއްއައި ކަމަށެވެ. އެހެންނަމަވެސް އަޔުޝްމަން ހިތްވަރު އެލުވައިނުލާކަމަށް ތާހިރާ ވަނީ ބުނެފައެވެ.
އަޔުޝްމަން އާއި ތާހިރާގެ ކައިވެންޏަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މަރިޔަމް ޢަދީލާ އަކީ ލިޔުންތެރިކަމަށް ލޯބިކުރާ، ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2019ޚަބަރުކާމިޔާބު ޝޯވްތަކަކަށްފަހު “ބަވަތި” އައްޑޫ ސިޓީއަށް
- 18 ސެޕްޓެމްބަރ 2019ޚަބަރުރަވީނާ ޓަންޑަން އަށް މާމަދަރިއެއް ލިބިއްޖެ
- 17 ސެޕްޓެމްބަރ 2019ބިރުވެރިވަޢުދު – (ފުރަތަމަ ބައި)
- 15 ސެޕްޓެމްބަރ 2019ޚަބަރުއަޔުޝްމަންގެ 35 ވަނަ އުފަންދުވަހާއެކު ފޭނުންނަށް ސަޕްރައިޒެއް