ރާއްޖޭގައި ހަރަކާތްތެރިވާ މަސަތްކަތްތެރިންގެ ޖަމުއިއްޔާތައް ބައިވެރިވެގެން މަސަތްތެރިންގެ ފެޑަރޭޝަނެއް އުފައްދައިފިއެވެ. ‘މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގޮރެސް’ (އެމް.ޓީ.ޔޫ.ސީ) ގެ ނަމުގައި އުފައްދާފައިވާ މި ފެޑަރޭޝަން އިފްތިތާޙް ކޮށްފައިވަނީ މިއަދު ހުޅުމާލޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
މި ފެޑަރޭޝަން އިފްތިތާޙް ކުރުމަށްފަހު މި ފެޑަރޭޝަނުން ކުރުމަށް ރާވާފައިވާ މަސަތްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް އެމްޕްލޯއިޒް އެސޯސިއެޝަން (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މަޢުރޫފް ޒާކިރު ވިދާޅުވީ މި ފެޑަރޭޝަނުން ރާއްޖޭގެ މަސަތްކަތްތެރިންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި މަސަތްކަތް ކުރާނެކަމަށެވެ. މި ފެޑަރޭޝަންގައި މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ މަސަތްކަތްތެރިންގެ ހުރިހާ ޖަމުއިއްޔާތަކެއް ބާއިވެރިވާކަމަށް އެމް.ޓީ.ޔޫ.ސީން މައުލޫމާތުދެއެވެ.
އެމް.ޓީ.ޔޫ.ސީގެ ހިންގާ ކޮމެޓީގެ ރައީސަކީ ‘ޓީމް’ގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރެވެ. ނައިބު ރައީސަކީ ޕޯޓް ވޯކާރސް ގެ އައިޝަތު ރުޚުސާނާއެވެ. ޚަޒާންދާރަކީ ޓީމްގެ އަލީ ނާޒިމެވެ.
މިފަދަ ފެޑަރޭޝަނެއް ރާއްޖޭގައި އުފެދިގެން އައުމަކީ ރާއްޖޭގެ މަސތްކަތްތެރިންނަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2019ޚަބަރުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އަލިފާންގަނޑު ފެތުރެނީ
- 19 ސެޕްޓެމްބަރ 2019ޚަބަރު‘ކްރޮސްރޯޑްސް މޯލްޑިވްސް’ ހުޅުވައިފި
- 19 ސެޕްޓެމްބަރ 2019ޚަބަރުމީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
- 18 ސެޕްޓެމްބަރ 2019ޚަބަރުކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވާނީ ރައިސް ސޯލިހް