ކޮކޫން މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ކައިޓް ފެސްޓިވަލް މިމަހު ފެށުމަށް ނިންމައިފިއެވެ.
ގުޑި އަރުވާ މީހުން ބައިވެރިވާ ކައިޓް ފެސްޓިވަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށްކަމަށް ކޮކޫން މޯލްޑިވްސްއިން ބުނެއެވެ.
މި ހަރަކާތް މި ފަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެއީ މާލޭގެ ސްޓޭޑިއަމް ސަރަޙައްދާއި، ޅ. ހިންނަވަރާއި އަދި ކޮކޫން މޯލްޑިވްސް ރިސޯޓުގައެވެ.
2017 ވަނަ އަހަރުވެސް ކައިޓް ފެސްޓިވަލެއް ބާއްވާފައިވާއިރު، މިއަހަރުގެ ފެސްޓިވަލުގައި ކައިޓް ފްލައި ޗެމްޕިއަނުން ކަމުގައިވާ ގިލިއާމް ލިނަރެސް، އެޑީ އެންޖެލީނޯ އަދި ޑެނިއަލް ވައިޔޫ ބައިވެރިވާނެއެވެ.
މިހަރަކާތުގެ ތެރެއިން އާއްމުންނަށް ބައިވެރިވެވޭ ލަކީ ޑްރޯއެއް ކުރިއަށްދާއިރު، ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކައިޓް ފެސްޓިވަލް އިންތިޒާމްކުރާ ކޮކޫން މޯލްޑިވްސްއަކީ ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ފަސް ތަރީގެ ރިސޯޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2019ޚަބަރުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އަލިފާންގަނޑު ފެތުރެނީ
- 19 ސެޕްޓެމްބަރ 2019ޚަބަރު‘ކްރޮސްރޯޑްސް މޯލްޑިވްސް’ ހުޅުވައިފި
- 19 ސެޕްޓެމްބަރ 2019ޚަބަރުމީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
- 18 ސެޕްޓެމްބަރ 2019ޚަބަރުކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފައްޓަވައިދެއްވާނީ ރައިސް ސޯލިހް