އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އާއި ޢަބްދުﷲ ޝިވާޒް (މާސްކޭ)ގެ “އަނދިރިކަން” ފިލްމު ޑަބްކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
މ. މަޑުއްވަރީގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބައިތަކުގެ ޑަބިން މަސައްކަތް ފަށާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު އަދި ލީޑް އެކްޓަރު ސީޒަން ވެސް ބުންޏެވެ. އަންނަ އޮކްޓޫބަރު މަހު ރިލީޒްކުރުމަށް އަމާޒުހިފައިގެން މަސައްކަތް ފަށާފައިވާ “އަނދިރިކަން” ފިލްމު ޑަބްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާސްކޭ ސްޓޫޑިއޯގައެވެ.
“އަނދިރިކަން” ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ އާއިލީ ޑްރާމާއެކެވެ. ސީޒަން ޑައިރެކްޓްކޮށް މާސްކޭ ކެމެރާކުރާ މި ފިލްމުގައި ތަރިންގެ މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.
އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯއިން އުފައްދާ މި ފިލްމުގައި ރާއްޖޭގެ މުޖުތަމައުގައި އޮތް މުހިންމު މައްސަލައެއް ގެނެސްދޭނެއެވެ.
“މި ސްކްރިޕްޓަށް ފިލްމު ހަދަން ފެށުމުގެ ކުރިން ބައެއް މީހުންނާ ޝެއާ ވެސް ކޮށްލިން. ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެއްޗަކަށް މީތި ވީ. އަހަރެން ބުނާނީ ބެލުންތެރިން ޝައުގުވެރިކަމާ އެކު ބަލަން ތިބޭ ކަހަލަ ފިލްމަކަށް އަނދިރިކަންވާނޭ،” ފިލްމުގެ ޕްލޮޓާމެދު “މިހާރު ނޫހަށް” ސީޒަން ބުނެފައިވެއެވެ.
”އަނދިރިކަން“ ފިލްމު ލީޑް ރޯލުން ފެނިގެން ދާނީ ސީޒަން އާއި އައިމިނަތު ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ އަދި މުހައްމަދު ރަޝީދު (ދަރާބެ) ހިމެނެ އެވެ.
”އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!