މާފުކުރާށޭ ކަލާ… (1)
އިރު އޭގެ ވާޖިބު އަދާކުރަމަށްފަހު ވިލާތަކުގެ ނިވަލުގައި ފިލުމުން އަނދިރިކަން ދުނިޔެ ވަށައިލައިފިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް މަސައްކަތް ކުރަމުންއެދަނީ ކަޅު އަނދިރިކަން ވެރިވެފައިވާ ދުނިޔެ މައްޗަށް އަލި ކަމެއް ގެނެސްދެވޭތޯއެވެ. ނަމަވެސް ރޭގަނޑުގެ ރަސްގެފާނު ކަމުގައިވާ ހަނދު ފެންނަން ނެތުމުން ދުނިޔެމައްޗަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ ފަޅުކަމެކެވެ.
މާލޭގެ ގެތަކާއި މަގުތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން މުޅި މާލެ ވިދާ ބަބުޅަމުން އެދަނީވެސް ރޭގަނޑުގެ އަނދިރިކަމާއި ފަޅުކަމުން ސަލާމަތްވުމަށް ކަން ޔަޤީނެވެ.
ފްލައިޓްގެ ކުޑަދޮރުން ބޭރު ބަލަން އިން އަޔާން އިނީ ކެތްމަދުވެފައެވެ. މިރޭ މެލޭޝިޔާއިން މާލެ އެއަންނަނީ އޭނާގެ ބެސްޓްފްރެންޑްގެ ކައިވެނި ޕާޓީއަށެވެ. އަޔާން މެލޭޝިޔާގައި ކިޔަވަން ހުންނަތާ އަށް އަހަރުވީއިރުވެސް އެންމެ ފަހަރަކުވެސް އޭނާ މާލެ އައިސްފައެއް ނުވެއެވެ. އަޔާންގެ ބައްޕަ އާސިފް އެތައްފަހަރަކު އާދޭސް ކުރުމުންވެސް އަޔާންވަނީ މާލެ އަންނަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި ކިޔަވާ ނިމުމަށްފަހުވެސް މެލޭޝިޔާގައި ވަޒީފާ އަދާކުރަން ނިންމާފައިވާ އަޔާން ކުއްލިއަކަށް މާލެއައުމުން އެތައް ބައެއް އުފާވާނެކަމާމެދު ޝައްކެއްވެސްނެތެވެ. ޚާއްސަކޮށް އަޔާންގެ ބައްޕައެވެ. އަޔާން މާލެ އަންނަކަން ހަމައެކަނި އެނގޭނީ އޭނާގެ ބެސްޓީ ފާލިހް އަށެވެ.
ފްލައިޓް މާލޭ އިންޓަރނޭޝަނަލް އެއާޕޯރޓްއަށް ޖެއްސުމާއެކު މީހުންތައް ފޭބުމަށް އަވަސްވެގަތެވެ. ދެފަރާތަށް ބަލައިލަމުން އަޔާން ގޮނޑިން ތެދުވަންއުޅުތަނާ އަނެއްކާވެސް ގޮނޑީގައި އިށީދެނވުނެވެ.
“ބެލްޓް ނައްޓާލަންވީނޫންތޯ.” ފްލައިޓްގެ ކެބިންކުރޫގެ ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. އަޔާން އޭނާގެ ފަން އިސްތަށިކޮޅުގައި އަތުން ފުނާއަޅާލަމުން އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބެލްޓް ނައްޓާލިއެވެ.
ކެބިންކުރޫ އަޔާންގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެކަން ފާހަގަ ވެގެން ކަންނޭގެއެވެ. އަޔާން މާބޮޑު ސަމާލުކަމެއްނުދީ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.
އެތަކެއް އަހަރުތަކަކަށްފަހު ފެނުނު ކަމުގައިވިޔަސް ފަލާހްއަށް އަޔާން މާދުރުން ފާހަގަވިއެވެ. އަދި އުފަލުން ފުރިފައި ހުރެ އަތުން ހަނާ އަޅާލިއެވެ.
“ވެލްކަމް ބެކް ބަޑީ.” ފަލާހް އަޔާން އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“އެކަމް އެންމެ ހަފްތާއެއް އިނގޭ. މަށަކަށް މިތާގައި މާގިނަ ދުވަހަކު ކެތެއް ނުވާނެ.” އަޔާން ލަގެޖް އެއްފަރާތެއްގައި ބަހައްޓަމުން ފާލިހް ކުރިމައްޗަށް ހުއްޓުނެވެ.
“ތިދެން އަދި މާ ފަހުގެ ކަމެއްނު. ކޮބާ ވަރަށް ސަޅި އެއްޗެހި ގެނައިންތަ؟ ” ފާލިހް ގަސްތުގައި މަޢުޟޫ ބަދަލުކޮށްލިއެވެ. ދެމީހުން އެކިއެކި ވާހަކަ ދައްކަމުން ފެރީ އާ ދިމާއަށް ހިނގައިގަތެވެ.
އަޔާންއަށް ގެޔަށް ދެވުނުއިރު ދިހައެއް ޖަހަނީއެވެ.
“އޭ. މަ ނައްޓާލީއޭ. ވަރަށް ވަރުބަލިވެފައެއްނު ހުންނާނީ. ދެން ގޮސް ނިދާލާ. ޕާޓީ ޑެކަރޭޝަން ކަންތަކާވެސް މާދަން އުޅެން ޖެހޭނެއެއްނު. މަ ގުޅާނަން ކަލެއަށް. މިއޮތީ ސިމްކާޑް” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަން ފާހަގަވުމުން ފާލިހް ބޭނުންވީ އަޔާން އަރާމުކޮށްލުމަށް ފުރުޞަތުދޭށެވެ. އަޔާންވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
އަޔާން ހިނގަމުން ދިޔައިރު ވަށައިގެން ކަޅި އުކަމުންދިޔައެވެ. މިވީ އަށް އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ބަދަލުވެފައެއް ނެތެވެ. ކުރިން ކޮންމެ ދުވަހަކު ހެނދުނު އަޔާން އެތަކެއް ވަގުތުތަކެއް ހޭދަކޮށްފައިވާ ބަގީޗާ އަދިވެސް ވަރަށް ހިތްގައިމެވެ. އެކި ކުލަކުލައިގެ މާތަކުން ދުވާ މީރުވަސް މުޅި ހިސާބުގައި ފެތުރިފައިވާއިރު ރޭގަނޑުގެ ފަނޑުއަލީގައި ޖެހެމުންދިޔަ މަޑުމަޑު ރޯޅިން ގަސްތައް ނަށަމުން އުފާ ފާޅުކުރަމުންދެއެވެ. އަޔާންގެ ހިތުގައި އެވަގުތު އާވެގެން ދިޔައީ އޭނާގެ ލޯބިވާ މަންމަގެ ފޮނި ހަނދާންތަކެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް މުތީ ތަކެއް ފަދައިން ވިދަމުން ކޯތާފާތް މައްޗަށް އޮހެންފެށިއެވެ. ހަމަ އެހިނދުކޮޅުގައި އަޔާން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ދެލޯ ފޮހެލިއެވެ. އަދި މަޑުމަޑުން ގޮސް ގޭގެ ދޮރުގައި ޓަކިޖަހާލިއެވެ.
ކުޑަ އިރުކޮޅެއްފަހުން ދޮރު ހުޅުވާލި އަޑަށް އަޔާން އިސްއުފުލާ ބަލާލީ ފަސްޖެހިފައި ހުރެއެވެ. އޭނަގެ ބައްޕަ ކަމަށް ހީކޮށްފައެވެ. ކަންތައްވީވެސް އެހެންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން އަނެއް އަތުން ފައިލެއް ހިފައިގެން އެހުރީ އަޔާންގެ ބައްޕަ އާސިފްއެވެ.
“ދަރިފުޅު.” އާސިފްގެ އަތުން ފައިލް ވެއްޓެން އުޅުމުން ނުހަނު ހުޝިޔާރު ކަމާއެކު އަޔާން ފައިލްގައި ހިފަމުން ހިނިތުންވެލިއެވެ. އާސިފް ބަލާކަށް ނުހުރެ އަޔާން ގައިގައި އޮޅުލައިގަތެވެ. އަޔާން ފެންކަޅިވެފައި ހުރެ އޭނަގެ ބައްޕަގެ ބުރަކަށީގައި ފިރުމާލިއެވެ.
“ދަރިފުޅު އަންގާވެސް ނުލަމެއްނު. ކީއްވެ ނުބުނީ. ” އާސިފްގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
“ޑޭޑް. ކުރިން އެންގިނަމަ ތިހާ ސަޕްރައިޒެއް ނުވާނު.” އަޔާން ހިނިތުންވެލިއެވެ.
ދެބަފައިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަންތިއްބެވެ. އަޔާންގެ ކިޔެވުމުގެ ވާހަކައެވެ. އާސިފްގެ ވިޔަފާރީގެ ވާހަކައެވެ. އާސިފް އެންމެ ހިތްހަމަ ޖެހުނީ އަޔާން މާސްޓާސް ނިމި އެންމެ މަތީ ދަރަޖައިގެ ފާހެއް ލިބުމުންނެވެ.
އާސިފްގެ އަބަދުގެވެސް އުއްމީދަކީ އޭނަގެ ވިޔަފާރިއާއި އަޔާން ހަވާލުވެ އޭނާއާއިއެކު މަސައްކަތް ކުރުމެވެ.
“ދަރިފުޅު ދެން ނުދާނަންދޯ. ބައްޕަގެ ރިސޯޓް ވިޔަފާރި ދަރިފުޅު ބަލަހައްޓަންވީނު. ބައްޕަ ވަރަށް އުފާވާނެ ދަރިފުޅު މިކަމަށް އެއްބަސްވެއްޖެއްޔާ.” އާސިފް ވާހަކަ ދެއްކީ ސީދާ އަޔާންގެ ލޮލަށް ބަލަން ހުރެއެވެ. ކެންސަރު ބަލީގައި އަޔާންގެ މަންމަ މަރުވުމުން އަޔާންގެ މުޅި ދުނިޔެ ފުޑުފުޑިވި ކަހަލައެވެ. މަސްދުވަސް ވެގެން ދިޔައިރުވެސް އަޔާންއަށް އޭނާގެ މަންމަގެ ހަނދާންތަކުން މިންޖެއްނުވެއެވެ. މެލޭޝިޔާއަށް އަޔާން ބަދަލުވީވެސް އެހެންވެއެވެ. މިތަނުގައި އަޔާން ހުންނަން ބޭނުން ނުވަނީވެސް އެހެންވެގެންނެވެ.
“ދަރިފުޅު ވިސްނާލައްޗޭ ބައްޕަ މިދެއްކި ވާހަކައާ އިނގޭ.” އަޔާންގެ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް އާސިފްގެ އަޑެވެ. ބޯ ޖަހާލަމުން އަޔާން އޭނަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އެނދުގައި އޮށޯވެލިތަނާ ވެފައި ހުރި ވަރުބަލިކަމާއެކު އަޔާންގެ އެސްފިޔަތައް ލެއްޕުނެވެ
ދުނިޔެއަށް އިރު އޭގެ އަލިކަން ފޯރުކޮށްދެމުން އާދުވަހަކަށް މަރުޙަބާ ކިޔައިފިއެވެ.
މިއަދު އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް އާސިފު ހޭލައިފިއެވެ. ހަޤީޤަތަށް ބުނާނަމަ އޭނައަށް ރަނގަޅަށް ނުވެސްނިދުނެވެ.
“ނީތާ….ނީތާ…” ގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހާއަށް ގޮވަމުން އާސިފް ސިޑިން ފޭބީ ދުވަމުން ކަހަލަ ގޮތަކަށެވެ. ސާހިބުމީހާގެ އަޑަށް ގަސްތަކަށް ފެންދެން
ހުރި ނީތާ ގެޔާއި ދިމާއަށް ދުއްވައިގަތެވެ. ޔަޤީނެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވީއެވެ. އެހެން ނޫންނަމަ އެގޮތަކަށް އެހާ ބާރަކަށް އާސިފް ނުގޮވާނެއެވެ.
ފުން ޚިޔާލެއްގައި ނުތަނަވަސްވެ ހުރެ ނީތާ ސިޓިންރޫމްގައި ކޮޅުކޮޅަށް ހިނގަ ހިނގާހުރި އާސިފް ކައިރިއަށް ގޮސް ހުއްޓުނެވެ. “ނީތާ.. ރޭގައި އަޔާން އައިސްފި. މިއަދު ރަނގަޅު ކާއެއްޗެހި ތައްޔާރުކުރަން ވާނެ. ސެކެޓްރީއަށް ގުޅާ މަގޭ ހުރިހާ މީޓިންތައްވެސް ކެންސަލްކޮށްލާ.”
“ނޫން ބައްޕާ. ބައްޕަ ދުރުވޭ އޮފީހަށް. މިރޭ ފާލިހްގެ ކައިވެނި ޕާޓީ އެބައޮތް. އޭނައަށް އަޅުގަނޑުގެ ހެލްޕް ބޭނުންވާނެ. ބައްޕަވެސް މިރޭ އަޅުގަނޑާއެކު ޕާޓީއަށް ދާންވާނެ.” އަޔާންގެ އަޑަށް އާސިފްއަށާއި ނީތާއަށް ބަލާލެވުނީ އެކު އެކީގައެވެ. އެވަގުތަކީ ފާލިހްވެސް އަޔާން ހޯދަން އެގެޔަށް އައި ވަގުތެވެ.
“އަހާން. މިޔޮށް އައީނު ފާލިހްވެސް. އަންގާވެސް ނުލަމެއްނު މީހަކާއި އިންނަން އުޅޭއިރު.” އާސިފް ދެކެނީ އަޔާން އެކޭ އެއްގޮތަށް ފާލިހް އަކީވެސް އޭނާގެ ދަރިއެއް ގޮތުގައެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ދެކުދިންނަށް ދާދި އެއްވަރަކަށް ލޯބިދީ އަޅާލައެވެ.
“ނީތާ. ދޭބަލަ މިދެކުދިންނަށް ސައިހަދަން. ސައިބޮއެގެން ތިކުރާ ކަމެއް ކުރަން ދާންވާނީ.” އާސިފް ޖީބުން ޗެކް ފޮތް ނަގަމުން ނީތާއަށް ބުންޏެވެ. އަދި ޗެކެއް ލިޔެލުމަށްފަހު ފާލިހް އަށް ދިއްކޮށްލިއެވެ.
“ދަރިފުޅަށް ހެޔޮ ހިތުން ދިން ހަދިޔާއެއް.” ފާލިހްގެ ހާސްކަން ފެނިފައި އާސިފް ހިނިތުންވެލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފާލިހް އާސިފްގެ އަތުން ޗެކް އަތުލަމުން ޝުކުރު އަދާކުރިއެވެ.
ސައިބޮއެގެން އަޔާންމެން ބޭރަށް ނުކުތެވެ.
“ވާންވީގޮތާއި ދާންވީ ތަންތަން ކިޔަންވީނު.” އިނގިލީގައި ތަޅުދަނޑިފަތި އަނބުރާލަމުން އަޔާން ދެބުމަގޮށް ޖަހާލިއެވެ.
“އެންމެ ފުރަތަމަ ހިނގާ މަގޭ ކުއީން އަށް ފެނިލަން. ދެން އަނެއްހެން މާބޮޑުކަމެއްނެތް. ޑެކަރޭޝަން އެންޑް ކޭޓްރިން ކަންތައް ބަޔަކާއި ހަވާލުކޮށްފަ އިންނާނީ. ދެން ކަންތައް ދާގޮތް ބަލާލަން ޖެހޭނީ. ދެން މޭކަޕް ހަވީރު. މޫނުގަ ދަވާދު ހާކަން ދާންޖެހޭ. ” ފާލިހް ހެމުން ހެމުން ކިޔައިދިނެވެ.
“ތި ނިމުނީ. ކަލޭވެސްދޯ. މަ އެހާ ދުރުގަ ހުއްޓާ ވަރަށް މަސައްކަތް އެބައޮތޭ ކިޔާފަ އިމޯޝަނަލީ ބްލެކް މެއިލް ކޮށްފަ ގެނެއްސަ ތިބުނީ ކުރަން ހުރި ކަންތައް.” އަޔާންގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ.
“މިޔަށް ގުޅަނީ މަގޭ ވަތުކިބަ. ހިނގާ އަވަހަށް ދަމާ.” ފޯނަށް ބަލާލަމުން ފާލިހް ސައިކަލަށް އެރިއެވެ.
އަޔާންގެ ކަމަކީ ފާލިހްގެ ސައިކަލް ފަހަތުގަ އިނދެގެން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގުމެވެ. ފާލިހް ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަށްއަހަރުގެ ތެރޭގައި މާލެއަށް އައިސްފައި ހުރި ބަދަލުތަކާއިމެދު އޭނާ ވިސްނާލިއެވެ.
ސައިކަލް ގޮސް މަޑުކޮށްލުމުން އަޔާން ފޭބިއެވެ. ސައިކަލް ޕާކްކޮށްލުމަށްފަހު އަޔާންގެ އަތުގައި ހިފައިގެން ފާލިހް ހިނގައިގަތެވެ. އޭރު ސޯފާގައި ދެފައި ވަށް ކޮށްލައިގެން މަލަކާ އިނެވެ. އަޔާން ފެނުމާއެކު މަލަކާ ފުންމައިގެން ތެދުވިއެވެ.
“އައްދޭ. މިއަށް ހުރިހާ ދުވަހު މަ ފެނިގެން ތިހާ ރެސްޕެކްޓެއް ނުކުރޭ. ދޮރުން ނުވަދެވޭނެ އެވަގުތު އަތުގައި އޮތް އެއްޗަކުން ތަޅައިގަންނާނެ. ” ފާލިހް ގަސްތުގައި މަލަކާ ރުޅިއަރުވާލިއެވެ. މަލަކާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަޔާން އަށް އިށީންނަށް ތަންދެއްކިއެވެ. އެކަކު އަނެކަކަށް ތަޢާރާފްވިއެވެ. އެކިއެކި މަޖާ ވާހަކަ ދައްކަން ތިބުމަށްފަހު ފާލިހް އާއި އަޔާން މިސްރާބުޖެހީ ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަން ކަމުގައިވާ ނަސަންދުރާ ޕެލެސް ހޮޓެލްއަށެވެ. އެތާގެ ކަންތައްތައް ހިނގާގޮތް ބަލާލުމަށެވެ.
ހަވީރު ވުމުން ފާލިހް އާއި މަލަކާ ސެލޫންއަށް ގޮސްފިއެވެ. އިރު އޮއްސެންދެން މަސައްކަތްދާގޮތް ބަލަން އަޔާން މަޑުކުރިއެވެ. އޭނާ ގެއަށް އައީ ޕާޓީ ފެށޭ ގަނޑި ވަރަށް ކައިރިވެފައި ހުއްޓައެވެ. ގެއަށް އައުމުން ނީތާގެ ފަރާތުން ޚަބަރު ލިބުނީ މިރޭ ބަޔަކާއި ބައްދަލު ކުރުމަށްޓަކައި އަޔާން ގެ ބައްޕަ ރިސޯޓުގައި މަޑުކުރަން ޖެހުނު ވާހަކައެވެ.
ލިބުނު މާޔޫސްކަމާއި އެކުވެސް އަޔާން ޕާޓީއަށްދާން ތައްޔާރުވެލިއެވެ. ގަދަމުށިކުލައިގެ ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުގައި އަޔާން ފެންނަލެއް ވަރަށް ހިތްގައިމެވެ. ނިތްކުރިމަތީގައި ފިރުމަމުންދިޔަ އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން އަޔާން ބޯ އޮމާން ކޮށްލިއެވެ. ކޮނޑާއި ހަމައަށްދާ ފަން އިސްތަށިކޮޅަށް ބަލާލަމުން އަޔާން ފުނާ ބާއްވާލިއެވެ.
މަޑު ހިނގުމެއްގައި އަޔާން ގެއިން ނިކުންނަން ދޮރު ހުޅުވާލިތަނާ ފިނިފިނި ވައިރޯޅިއެއް އަނެއްކާވެސް އަޔާންގެ ފަންފަން އިސްތަށިކޮޅާ ސަމާސަކޮށްލިއެވެ. ކުދި ކިޔަމުން އަޔާން އަތުން އިސްތަށިގަނޑު އޮމާ ކޮށްލިއެވެ. ސައިކަލަށް އަރައި ސްޓާޓް ކުރަން އުޅެ ސައިކަލް ސްޓާޓްއެއް ނުވިއެވެ. އައި ރުޅީގައި ފައިން ދެތިން ފަހަރު ސައިކަލްގައި ޖެހުމަށްފަހު ކާރެއް ލިބޭތޯ ހިނގައިގަތެވެ.
ދެކޮޅު ހޯދަމުން ގޯޅިއެއް ލަބާލިތަނާ ކުއްލިއަކަށް މީހަކު އަޔާންގެ އަތުގައި ހިފެހެއްޓިއެވެ. ސިހިފައި އަޔާންއަށް ބަލާލެވުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (2)
އެވަގުތު މުޅި ކާއިނާތުވެސް ހުއްޓިގެން ދިޔަ ކަހަލައެވެ. ގުޑިލާންވެސް ނޭނގިފައި އަޔާންއަށް ހުރެވުނީ ބަލާށެވެ. ނުދަންނަ މީހެއް ކުއްލިއަކަށް އައިސް އަތުގައި ހިފުމުން އަޔާން އަކަށް ހައިރާނެއްނުވެވުނެވެ. ސުވާލެއްވެސް ނުކުރެވުނެވެ.
“ކުޅަދުންވަންތަކަމާއެވެ.” އަޔާންގެ ހިތަށް އަރައި ފައިބަމުން ދިޔަ އިޙްސާސްތައްވެސް ދުލާ ހަމައަށް އަންނަން ނުކުޅެދިފައިވާ ކަހަލައެވެ.
“ސޮރީ. އަސްލުވީގޮތަކީ…..” ކުރިމަތީގައިހުރި އަންހެންކުއްޖާގެ ވާހަކަ މެދުކަނޑާލަންޖެހުނީ އަޔާންގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނިފަ އެވެ. ހައިރާންވެފައި ހުރެ އޭނާގެ ބޮޑު ދެލޯ އަޔާންގެ މޫނަށް ހުއްޓާލައިގެން ހުރީ އަޔާން އޭނާ ދަންނަ ކަމަށް ހީކޮށެވެ.
“ދަހާ ދަންނަންތަ؟ ތިހާ ލޯބިން ތިހީލީ.” ދަހާ އަޑުގައިވަނީ ސީރިއަސްކަމެވެ.
“ދަހާ.” އަޔާން ހިތާހިތާ އެނަން ކިޔާލިއެވެ. އަދި މަޑުމަޑުން ދަހާއާ ގާތަށް ޖެހެން ފެށިއެވެ. ދަހާ އަޔާންގެ މޫނަށް ބަލަމުން ފާރުގައި ލެގިލިއެވެ. އެއްވެސް ހާސްކަމެއް ނެތިއެވެ. ދަހާއަށް ހީވީއެވެ. އަޔާންއަށް ދަހާއަކީ ކާކުކަން އެނގެއެވެ.
އަޔާން ދަހާގެ މޫނާއި ކައިރިވެލަމުން ސީދާ ދަހާގެ ލޮލަށް ބަލާލިއެވެ. މީ ދުވަހަކު އަންހެންކުއްޖެއް ފެނިގެން އަޔާންއަށް ވީގޮތެއްނޫނެވެ. މަގުމަތީގައި ދުއްވަމުންދާ ވެހިކަލްތަކާއި ހިނގާފައިދާ މީހުން އުޅޭ ކަމެއްވެސް އަޔާންއަކަށް އިހްސާސެއް ނުވެއެވެ.
“މިތާގައިތަ ހުރިހާ ކަމެއް!!؟؟!!” މިފަހަރުވެސް ދަހާގެ ވާހަކަ މެދުކަނޑާލަން ޖެހުނެވެ. އަޔާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ސިހިފައި އަޔާންވެސް ދަހާއި ދުރަށްޖެހިލިއެވެ. ފުން ނޭވާއެއް ފަޒާގެ ތޭރެއަށް ދޫކޮށްލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އަޔާން. ކޮބާތަ ޑޫޑް. ކައިވެނިކޮށްދޭ މީހުންވެސް އައިއްސި މިހާރު.” އެކޮޅުން އިވުނީ ފާލިހްގެ އަޑެވެ.
“މިދަނީއޭ. ވަރަށް ކައިރީގައޭ މިހުރީ.” އަޔާން ބޭނުންވީ ފޯނުކޯލް ކުރުކޮށްލާށެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރުނީ ދަހާ އެތަނުގައި ހުރިކަމަށެވެ. ވަގުތުން އަޔާންގެ މޫޑު އޯފް ވެއްޖެއެވެ. އަވަސް ހިނގުމެއްގައި ގޮސް ކުރިމަތީގައި އޮތް ގޯޅީގެ އެކިދިމަދިމާއަށް ނަޒަރު ހިންގަންފެށިއެވެ.
“ޝިޓް..ޝިޓް…ފާލިހަށްވެސް ގުޅަން އެނގުނީ މިގަޑީގައި ވިއްޔާ. އަޅެ. ގުޅޭނެ ނަމްބަރެއްވެސް ނުލިބެނީސް ވިއްޔަ އެދިޔައީ.”
ފާލިހްއަށް ކުދި ކިޔަމުން އަމިއްލަ މީހާގެ މޮޔަ ކަމާމެދު އަޔާން ލަދުގަތެވެ. އަވަސް އަވަހަށް ކާރެއް ހުއްޓުވުމަށްފަހު އަޔާން މިސްރާބުޖެހީ ނަސަންދުރާއާއި ދިމާއަށެވެ.
އަޔާން އަށް ދެވުނުއިރު ކައިވެނީގެ ކަންތައްނިމި ޕާޓީ ކުރިއަށްދަނީއެވެ.
“އާދެވިއްޖެ ދޯ. އަނެއްކާ މަގުމަތި އެޅީތަ!؟” ފާލިހް ހުރީ ޢަޔާން ނުފެނިގެން ކަހަލައެވެ. އަޔާން އެއް މިޔަކަނުން ހީލަމުން ދެމީހުންނާއި ސަލާމްކޮށްލިއެވެ.
އެހެން މެހެމާނުންނަށް ޖާގަ ދެމުން އަޔާން އެއްފަރާތެއްގައި ހުރި މޭޒެއްކައިރީގައި މަޑުކޮށްލިއެވެ. އޭރުވެސް އަޔާންގެ ބޮލުތެރޭގައި އެނބުރެމުންދަނީ ދަހާ ގެ ޚިޔާލުތަކެވެ.
އޭނާ ބޭނުންވަނީ އެކަނި އިނދެ ދަހާ ގެ ޚިޔާލުތަކުގައި ގެބިގެންދާށެވެ. އެކަމަކު ފާލިހްގެ މިހާ ޚާއްސަ ރެއެއްގައި ބައިވެރިނުވެ ގެޔަށްދާކަށްވެސް ނުކެރޭނެއެވެ.
ވަގުތުތައް ގުނަގުނާ ހުރި އަޔާން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނީ ފާލިހް އައިސް އަޔާންގެ ކޮނޑުގައި އެތިފަހަރެއް އަޅާލުމުންނެވެ. ވީތަދުން އަޔާންއަށް ތެޅިގަނެވުނެވެ.
“އަޔާން. ކިހިނެއްވެފަތަ ތިހުންނަނީ؟ ކާއެއްޗެއްވެސް ނުކައި! ދުރުދުރުގައި އެކަނިމާއެކަނި. ތި ވެގެންއުޅޭ ގޮތެއް ބުނެބަލަ!”
ފާލިހް ހުރީ އަޔާންގެ މޫނުމައްޗަށް އަރައި ފައިބަމުންދާ ކުލަތަކަށް ބަލާށެވެ.
“ކަމެއްނުވޭ.” އަޔާންގެ ޖަވާބު ކުރެއެވެ. ދަހާގެ ވާހަކަ އެއްވެސް މީހަކާއި ހިއްސާ ކުރަން އަދި އޭނާ ބޭނުންނުވަނީއެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އަޔާންއަށްވެސް އެނގެނީ އެއީ ދަހާ ކަމެވެ. ކޮންތާކު އުޅޭ ކާކުކަމެއްވެސް އޭނައަކަށް ނޭނގެއެވެ.
“އަޔާން. މިހާރު ޕާޓީވެސް މިނިމެނީ. ހިނގާބަލަ އެއްޗެއް ކާލަން.” އަޔާންގެ އަތުގައި ހިފައި ދަމަމުން ފާލިހް ހިނގައިގަތެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަޔާންވެސް ފާލިހް އާއިއެކު ހިނގައިގަތެވެ.
“މަރުޙަބާ ދެކުދިން.” ފާލިހް އާއިއެކު ގޮސް މަލަކާ ކައިރީގައި މަޑުކޮށްލަމުން ހިތްގައިމު ހިނިތުންވުމެއް ދެމުން އަޔާން ބުނެލިއެވެ.
“އާދޭ ފޮޓޯ އެއް ނަގަން.” އަޔާންއަށް ޝުކުރުއަދާކުރަމުން މަލަކާ ބުނެލިއެވެ.
ޕާޓީ ނިމި ފާލިހްއާއި މަލަކާ އެދެމީހުންގެ އަލަތު ކައިވެނީގެ ރޭ ހޭދަކުރުމަށް ހަމަޖެހިފައިވާ ރިސޯޓްއަށް ހިނގައްޖެއެވެ. ދެފަރާތުގެ އާއިލާގެ ހެޔޮ ދުޢާތަކާއިވެސް އެކުގައެވެ.
ހުރިހާ އެންމެން ރޭގަނޑުގެ އަރާމު ނިދީގައި ކުލަ ހުވަފެން ބަލަމުންދާއިރު އަޔާން ހުއްޓިލައިގެން ހުރީ ދަހާ އާއި ދިމާވި ގޯޅި ކަންމަތީގައެވެ. ކޮންފަދަ މޮޔަ އިންސާނެއް ހެއްޔެވެ؟ ނުވެސް ދަންނަ އެގޮތް ނޭނގޭ އަންހެންކުއްޖާއަށްޓަކައި އޭނާގެ އަރާމު ނިދިކޮޅުވެސް ނަގާލަނީއެވެ.
އެގޮތަށް އެފާރު ކައިރީގައި އަޔާން ލެގިލައިގެން ހުންނަތާ ގަޑިއެއްހާއިރު ވީއިރުވެސް ދަހާ ގެ ހިލަމެއްނުވިއެވެ. ލިބުނު މާޔޫސްކަމުގައި އަޔާން ގެޔަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ.
އެއްވެސް ހުރަހެއްނެތި އެނދުމައްޗަށް ވެއްޓިގަތީ ސިކުނޑިއަށް ކުރަމުންދާ ބާރުގެ ސަބަބުންނެވެ. އެގޮތަށް އެނދުމަތީގައި އޮއްވާ އެންމެފަހުން އަޔާންގެ ދެލޯ މެރިއްޖެއެވެ. ނިދީގައިވެސް އޭނާ ވިސްނާނީ ދަހާ އާއި ދޭތެރޭގައި ކަން ޔަޤީނެވެ.
އާދުވަހަކަށް އިރުއެރި ކަމުގެ އިއުލާން ކުރަމުން މަތިން އުދުހިފައި ދިޔަ ދޫނި ޖޯޑަށް ބަލައިލަމުން މަލަކާ އަތިރިމަތީގައި އިށީނދެލިއެވެ. އެހިތްފަސޭހަ ގޮނޑުދޮށުގައި ރަސްކަންކުރަމުންދަނީ ހަމަހިމޭންކަމެވެ. ފާލިހް ފަހަތުން އައިސް މަލަކާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.
“ހެޕީ ތަ ލަވް؟” ވައި އަޑުން މަލަކާގެ ކަންފަތާއި ކައިރިވެލަމުން ފާލިހް ބުނެލިއެވެ. ލަދުގަހެއް ފަދައިން ފާލިހްގެ މޭތެރޭގައި މަލަކާ ބޮޑިވެގަތެވެ. ފާލިހްގެ ހަރަކާތްތަކުން މަލަކާ އިތުރަށް ރަކިވިއެވެ. އަދި ހުށިޔާރުކަމާއެކު ފާލިހްގެ އަތުތެރޭން ދެމިގަނެގެން މޫދާއި ދިމާއަށް ދުއްވައިގަތެވެ. ފާލިހްވެސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން މަލަކާގެ ފަހަތުން ދުއްވައިގަތެވެ.
“ނީތާ…ނީތާ..” އެއީ އާސިފްގެ އާދައެވެ. ގެޔަށް އަންނަ ގޮތަށް ފުރަތަމަވެސް ގޮވާނީ ނީތާއަށެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތެވެ. ފާއިތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި އާސިފްގެ ހުރިހާކަމެއް ބަލަހައްޓަނީ ނީތާއެވެ. ސާހިބުމީހާގެ އަޑުއިވޭ އިރަށް ނީތާ ދުވަމުން ކަހަލަ ގޮތަކަށް އައިސްފިއެވެ.
“ކޮބާ އަޔާން. އަދިވެސް ނުހޭލާތަ؟ ” މޭޒުމަތީގައި އަތްދަބަސް ބަހައްޓާލަމުން އާސިފް އެހިއެވެ.
“ރޭގައި ތަންކޮޅެއް ލަހުން ނިދީމަ އަދި ނުހޭލާ.” ނީތާ އޮޅުން ފިލުވައިދިނެވެ.
“ކޮފީ އެއް ގެންނަންތޯ؟ ” އާސިފް ގޮޑީގައި އިށީންނުމުން ނީތާ އެހިއެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އާސިފް ޓީވީ ހުޅުވައިލިއެވެ.
އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އާސިފް ޓީވީގެ އަޑުމަޑުކޮށްލިއެވެ.
“ތިވަރަށް ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނެއްނު ލިފްޓެއް ދިނުމަކީ.” އާސިފް ފޯނުން ވާހަކަ ދެއްކީ ހިތްހަމަޖެހިފައި ހުރެއެވެ.
“ތިކަން ހަމަޖެހިދާނެ. ދެގަޑިއިރު ފަހުން އޮފީހުން ބައްދަލުކޮށްލާ.” އާސިފް ވާހަކަ ކުރުކޮށްލީ ސިޑިން ފައިބައިގެން އަންނަ އަޔާން ފެނުމުންނެވެ.
“ދަރިފުޅު. ހޭލެވުނީތަ؟ ރޭގަ ޕާޓީ ކިހިނެއްތަ؟” ސުވާލުތައް ފައްޗެއްހެން އާސިފް އަމުނާލިއެވެ. އަޔާން ވަރުބަލިކަމާއެކު ސޯފާއަށް ވެއްޓިގަތެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
“ޑޭޑް. ކޮންއިރަކު އައީ. ޕާޓީ ރަނގަޅޭ. ކުރާނެކަމެއް ނެތީމަ ފޫހިވަނީ. ފާލިހްވެސް އަންނާނީ ހަވީރު.” އަޔާންގެ ވާހަކައިން އާސިފްގެ ގާތަށް އައީ ހިންޏެވެ.
“ދަރިފުޅު ފޫހިފިލާނެ ގޮތެއް ބުނެފާނަން. ހިނގާ ބައްޕައާއި އެކު މިއަދު އޮފީހަށް ގޮސްލަން. އޭރުން ހުރިހާ އެންމެންނަށް ދަރިފުޅު ތަޢާރަފްވެސް ކޮށްދެވޭނެއެއްނު.” އާސިފްގެ ޚިޔާލު އަޔާން އަށް ކަމުނުދިޔަ ކަމުގައިވިޔަސް ބައްޕަގެ އެދުމަށް ފުރަގަސްދޭކަށް ނުކެރުނެވެ. އަޔާން ތައްޔާރުވެލައިގެން އޮފީހަށް އަންނަން ބުނެފައި އާސިފް އޮފީހަށް ދިއުމަށް ނިކުތެވެ.
ފަޒާގައިވާ ހޫނުކަމުން ދުނިޔެ ހީވަނީ އަނދައިގެން ގޮސްދާނެހެން ނެވެ. އަޔާން ސައިކަލަށް އަރައި ދުއްވާލަމުން ރޭގައި ދަހާ އާއި ދިމާވި ގޯޅިއަށް ނަޒަރު ހިންގައިލިއެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.
ސައިކަލް ޕާކްކޮށްލުމަށްފަހު މަޑު ހިނގުމެއްގައި އަޔާން ގޮސް އޮފީހަށްވަނެވެ. މީ ބައްޕަގެ އޮފީހަށް ވަތް ފުރަތަމަ ދުވަސް ކަމުން އަޔާން ހުރީ ވަރަށް ފަސްޖެހިފައެވެ. އޭނާ ހިނގަމުންދިޔައީ އިސްޖަހައިގެން ހުރެއެވެ.
“ބައްދަލުކޮށްލައްވަން ބޭނުންވަނީ ކޮން ބޭފުޅަކާތޯ؟” ތުއިތުއި އަޑެއް އަޔާންގެ ކަންފަތުގައި ޖެހުނެވެ. އިސްއުފުލާ ބަލައިލިއިރު ބޮޑު އައިނެއް އަޅައިގެން ހުރި އަންހެންކުއްޖެއް އަޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ބޮޑަށް ވައްތަރީ ކާޓޫނަކާއެވެ.
“މި ހޯދަނީ އާސިފްގެ ކެބިން.” އެތެރެއަށް ހިނިގަނޑު ހިންދާލަމުން އަޔާން އެކުއްޖާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ.
“މާފްކުރޭ. ފުރަތަމަ ޖެހޭނީ އެޕޮއިންޓްމަންޓް ހަދަން. އާސިފް އާއި ބައްދަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންގެ ލިސްޓް ވަރަށް ދިގު. ނަންނޯޓް ކޮށްލައްވަން ވީނޫންތޯ؟ ” އަތުގައި އޮތް ކުޑަ ނޯޓްފޮތް ހުޅުވާލަމުން އެ އަންހެންކުއްޖާ އަޔާންގެ ނަން ނޯޓް ކުރަން ތާއްޔާރުވެލިއެވެ.
“މީތަން. ނޯ ނީޑް ޓު ޑޫ ދެޓް. ހީ އިޒް މައި ސަން.” ދުރުގައި މަންޒަރުބަލަން ހުރި އާސިފްގެ އަޑަށް މީތަން ސިހުނެވެ. އޭނާ ހަމަ ގަސްތުގައި ލަދުގެންފިއެވެ. އެކަމަކު އެއީ އޭނާގެ ޑިޔުޓީއެވެ. ލޮލުގައި އަޅާފައިވާ އައިނުގައި ހިފަހައްޓާލަމުން ލޮލުގެ ކުޑަ ކަޅިން އަޔާން ދިމާއަށް ބަލައިލިއެވެ. އޭރު އަޔާންވެސް ހުރީ މީތަން އަށް ބަލަން ހިނިއައިސްފައެވެ.
ސޮރީ ބުނާ ކަހަލަ ގޮތަކަށް މީތަން ލޮލުން އިޝާރާތްކޮށްލިއެވެ.
“އޯކޭ.” މީތަންގެ އެހަރަކާތް އަޔާން އަށް ވިސްނުނެވެ.
އަދި ބައްޕަގެ ފަސްފަހަތުން ގޮސް ބައްޕަގެ ކެބިންއަށްވަނެވެ.
“ނުހާ. ވަރަށް އަވަހަށް ދެތަށި ކޮފީ ހަދާލަބަލަ.” މޫނުމަތީގައި ފައިލް އެއް އަޅައިގެން އިން އަންހެންކުއްޖާ އާސިފްގެ އަޑަށް ފައިލް ތިރިކޮށްލިއެވެ.
“އަޅުގަނޑުގެ ފުރަތަމަ މަސައްކަތް ދެއްތޯ.” ކަންފަތުގައި ޖެހުނު އަޑުން އަޔާންއަށް ސިހިފައި ތެޅިގަނެވުނެވެ. އަދި އާސިފްގެ ނިވަލުން ނިކުމެ އެއަންހެންކުއްޖާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެއީ ދެވަނަ މީހެއްނޫނެވެ. ދަހާ އެވެ. ހަމަ އެ މޫނެވެ. އެބޮޑު ދެލޮލެވެ. އެކަމަކު ބައްޕަ ވާހަކަ އެދެއްކީ ނުހާ އޭ ކިޔާފައެވެ. މީ ކިހިނެއް ވާނެ ގޮތެއް ހެއްޔެވެ؟ ކުރިން ރޭ އަޔާން ކައިރީގައި ދަހާ ގެ ނަން ބުނީވެސް ހަމަ ދަހާ އަމިއްލަ އަކަށެވެ. އަޔާންގެ ސިކުނޑި މަސއްކަތް ކުރުން ހުއްޓާލިކަހަލައެވެ. ކޮޅަށް ހުރުމަށް ދަތިވެ އޭނާގެ ފައިން ބާރު ދޫވާ ކަހަލަ އިޙްސާސެއް ކުރެވުމާއެކު އަޔާންއަށް ދެލޯ މަރައިލެވުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (3)
ކުއްލިއަކަށް ސިކުނޑި ހާސްވެ މީހާގެ މޫނު މަތިން ދާތިކިތައް ފާއްދާލިއެވެ. އަޔާން އަނެއްކާވެސް ދަހާ ގެ މޫނަށް ބަލާލިއެވެ. އޭރު ދަހާ ވެސް އަޔާން އަށް ބަލަހައްޓައިގެން ހެވިފައި ހުއްޓެވެ.
“ނުހާ. މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަޔާން.” އާސިފް ދަހާއަށް އަޔާން ތަޢާރަފްކޮށް ދިނެވެ. ދަހާ ކުރިއަށް ޖެހިލާ އަޔާން އާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އަޔާން އަށް ގަނޑުވެފައި ހުރެވެނީއެވެ.
ކޮން ނުހާއެއް ހެއްޔެވެ؟ އަޔާން ދަންނަ މީހެއް ކަމަށްވެސް ނުހެދިއެވެ. އެކީއްވެ ހެއްޔެވެ؟ އެތަކެއް ސުވާލުތަކެއް އަޔާންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއްވެސް ސުވާލެއް ކުރާނެ ހިތްވަރުވެސް އަޔާންގެ ނެތީއެވެ.
“ދަރިފުޅު. ކިހިނެއްވެފަ ތިހުރީ.” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އާސިފްގެ އަޑެވެ. އަޔާން ދެފަރާތަކަށް ބޯހޫރާލިއެވެ.
” ނުހާ މިއޮފީހުގައި ކޮންކަމެއް ކުރަނީ.” އަޔާން ހިތްވަރުކޮށްފައި ނުހާ ދިއްކޮށްލި އަތުގައި ހިފަމުން އަހާލިއެވެ.
“ނުހާއަކީ ބައްޕަގެ ޕާސަނަލް ސެކްރަޓަރީ.” ޖަވާބު ދިނީ އާސިފްއެވެ. ނުހާ ހިނިތުންވެލަމުން ނިތްއަރުވާލިއެވެ.
އަޔާން ބޭނުންވީ އެތަނުން ނިކުމެގެންދާށެވެ. ނަމަވެސް އެވަގުތު އަޔާންގެ ހިތަށް މޮޅު ޚިޔާލެއް އައުމުން މަޑުކޮށްލިއެވެ.
“ޑޭޑް. ނުހާގެ ސްޓާފް ރަޖިސްޓްރޭޝަން ކަންތައްތައް ކޮށް ނިމިއްޖެތަ؟ ކޮމްޕެނީ ޕޮލިސީގެ ދަށުން އެމައުލޫމާތު ރައްކާކުރެވިފައި ހުންނަން ޖެހޭނެއެއްނު.” އަޔާން ބޭނުންވީ އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާށެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އާސިފް އަށް ބަލާލެވުނީ ނުހާގެ މޫނަށެވެ.
“އެހުރިހާ ކަމެއް ނިމިއްޖެ. ދެންމެ އެޗްއާރުން ފޮނުވި ކުއްޖަކަށް ހުރިހާ ޑޮކިޔުމެންޓްސް ހަވާލުކޮށްފިން. ” ނުހާ ހަމަޖެހޭގޮތް ދައްކާލަމުން މޭޒުމަތީގައި އޮތް ފައިލް ނަގާ ހާވަންފެށިއެވެ.
އަޔާންގެ ކަރުއެލުނެވެ. ބޭނުންވި އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބުނެވެ. ހަދާނެގޮތެއް ނޭނގިގެން އެއްފަހަރު ބައްޕަގެ މޫނަށް އަނެއްފަހަރު ނުހާގެ މޫނަށް ބަލަން ހުރެވުނީއެވެ.
އެވަގުތު އާސިފް ފޯނާއި ކުޅެމުން ކެބިން އިން ބޭރަށް ނިކުތެވެ.
ބައްޕަ ލޯމައްޗަށް ގެއްލުމުން އަޔާން ނުހާ އާއި ދިމާއަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ލައިގެން ހުރި ގަދަ ފެހިކުލައިގެ ގަމީހާއި ކަޅު ކުލައިގެ ކުރު ސްކާޓް ނުހާ އާއި ވަރަށް ގުޅެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާފައި އިން އިރު އެދޮން ކަދުރާ އޮތީ ހާމައަށް ފެންނާށެވެ. އަޔާންއަށް ބޭއިހްތިޔާރުގައި ހިންދިރުވާލެވުނެވެ.
“ދަހާ.” އަޔާންގެ އަޑަށް ނުހާ ދިޔައީ ސިއްސައިގެންނެވެ. މިފަހަރު ނުހާއަކަށް އޭނަގެ މޫނުމަތީގައި ފެންނަން ހުރި ހާސްކަމެއް ނުފޮރުވުނެވެ.
“އޯ ނުހާ ތަ؟ ” އަޔާން މަޑުމަޑުން ނުހާއާ ދިމާއަށް އަންނަމުން ވައި އަޑުން އަހާލިއެވެ. ނުހާއަކަށް ޖަވާބެއް ނުދެވުނެވެ. އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ.
“އަސްލުގަ މަށަށް އެނގޭކަށް ނުޖެހޭ ތީ ކާކު ކަމެއް. އެކަމަކު މިސުވާލު ކުރަން މިޖެހުނީ ކީއްވެކަން އެނގޭނެހެން ހީވަނީ. އޮޅުން ފިލުވައިދިނިއްޔާ ވަރަށް ޝުކުރުވެރިވާނަން.” އަޔާންގެ މަޑުމައިތިރި މިޒާޖުން ނުހާ ހުރީ ހައިރާންވެ ލަދުގެންފައެވެ.
“އަސްލު މީ ނުހާ. އެރޭގަ އެހެން ބުނެވުނީ އަޔާން ބަލަންހުރި ގޮތުން. ނުދަންނަ މީހެއްވީމަ ނަން ބުނެ މައުލޫމާތުދީ ހަދާކަށް ނުވާނު.” ނުހާ އަޔާން އާ ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
“ނުދަންނަ މީހެއްގެ އަތުގައި ހިފަން ކެރުނީ ކީއްވެ؟” ނުހާ ހުރީ އެސުވާލު އަޔާން ކޮށްފާނެތީވެސް ބިރުންނެވެ. ނުތަނަވަސްކަން ނުހާ ވަށާލުމުން ކައިރީގައި ހުރި ގޮޑީގައި އިށީނދެވުނެވެ.
އަޔާންއަށް އަހަރެން އެގޮތަށް ކަންތައްކުރީ ކީއްވެކަން ކިޔާ ދޭންވީ ހެއްޔެވެ؟ އަހަރެންމީ ކާކުކަން އޮޅުންފިލުވައިދޭން ވީ ހެއްޔެވެ؟ ބުނަން ބޭނުންވެ ނުބުނެވުނު ބަސްތައް ހިތުގައި ފޮރުވަމުން ނުހާ ގޮޑިން ތެދުވިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އަޔާން ގެ ކުރިމައްޗަށް ހުއްޓުނެވެ. ނުހާ ގެ ހަރަކާތްތަކަށް ބަލަން ހުރި އަޔާން ގެ ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވަމުން ދާކަމުގެ އިޙްސާސް އަޔާންއަށް ކުރެވުނު ކަހަލައެވެ. އެއްވެސް އިހްތިޔާރަކާނުލާ އަޔާންގެ ދެއަތުން ނުހާގެ ދޮންމޫނުގައި ހިފަހައްޓާލެވުނެވެ. ނުހާ އަޔާން އާ ދުރަކަށްވެސް ނުޖެހުނެވެ. މަޑުމަޑުން އިސްޖަހާލައިގެން ހުރީއެވެ.
“ނުހާ. ބޮސް އެބަގޮވާ.” ދޮރުގައި ޓަކިޖެހުމެއް ނެތި މީތަން ދޮރުހުޅުވާލިއެވެ. އެވަގުތު ސިހިފައި އަޔާން ނުހާ އާ ދުރަށް ޖެހިލިއެވެ. މީތަންއަށް އެމަންޒަރު ފެނުނު ކަމުގައިވިޔަސް އޭނާ މާބޮޑު ކަމަކަށް ނުހެދިއެވެ. އެހެން ބުނެފައި އެނބުރި ދިޔައީއެވެ.
ނުހާ އަވަސްއަވަހަށް ބޭރަށް ނިކުންނަން ހިނގައިގަތެވެ.
އަދިވެސް އަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވޭ ގޮތެއް ނުވެއެވެ. އެކަމަކު ނުހާއާއި ވާހަކަދައްކާ ސުވާލު ކުރެވުމުން ސިކުނޑިއަށްވަނީ ކޮންމެވެސް ވަރެއްޖެ ލުއި ކަމެއް ލިބިފައެވެ.
ނުހާ ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަންް ހުރެފައި އަޔާންވެސް އެތަނުން ބޭރަށް ނިކުތެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. މީތަން ފެނޭތޯއެވެ. އޭރު ދެއަތް ފުރާ ފައިލްތަކެއް ހިފައިގެން މީތަން އަންނަނީއެވެ.
“ހާދަ ބުރަކޮށްލައިގެން.” އަޔާންއަށް އެހެން ބުނެވުނުލެއް ބާރުކަމުން ލިބުނު ސިހުމުގައި މީތަންގެ އަތުން ފައިލްތައް ދޫވެގެން ކާޕެޓް މައްޗަށް ވެއްޓިއްޖެއެވެ. ރުޅިއައިސްފައި ތުން އޫ ކޮށްލަމުން މީތަން އަޔާން އާ ދިމާއަށް ލޯއަޅާލިއެވެ.
އަޔާންއަށް ހީނގަނެވުނީ ބޭއިހްތިޔާރުގައެވެ. މީތަންގެ މިޒާޖާއި އާދަތައް އޭނައަށް ވަނީ މަޖާ ކަމަކަށެވެ.
“ކޮބާ ޑޭޑް.” މީތަން ގެ ފުސްވެފައިވާ މޫނު ފެނިފައި އަޔާން މައުލޫއު ބަދަލުކޮށްލިއެވެ.
“މީޓިންރޫމްގަ.” މީތަން ކުރު ޖަވާބެއް ދެމުން ފައިލްތައް ނަގަންފެށިއެވެ.
“ހެލްޕެއް ބޭނުންތަ؟” އަޔާން މީތަންއާ ދިމާއަށް ގުދުވެލިއެވެ. އެވަގުތު އަޔާންގެ ގައިން ދުވި މީރުވަހުން މީތަން އަށް ނޯށް ދަމާލެވުނެވެ.
މީތަންގެ ޖަވާބެއް ނުލިބުމުން އަޔާން ތެދުވެ ސީދާވެލިިިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އޮފީހުން ނިކުންނަން ހިނގައިގަތެވެ. ބޭރަށް ނިކުމެ އަތު ކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލިއިރު ހަވީރު ތިނެއް ޖަހަނީއެވެ. ޖީބުގައި އޮތް ފޯނުނަގާ ފާލިހް ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
” ހަމަ މިއައީ މާލެ.” ފޯނު ނެނގި ގޮތަށް ފާލިހް އެކޮޅުން ޖަވާބު ދިނެވެ.
“އަދިވެސް ތި ބެޑްމޫން ނުނިމެނީތަ؟ ނެތްތަ މަށަށް ޓައިމް ކޮޅެއް ދެވޭކަށް” އަޔާންގެ އަޑުގައި ސަމާސާ ރާގު ހުއްޓަސް އޭނާ އެހުރީ ފަާލިހް އާއި ނުހަނު ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ނުހާގެ ވާހަކައެވެ. އެއީ ކޮންމެ ކުއްޖެއް ކަމުގައި ވިޔަަސް އަޔާން ގެ ހިތް އެކުއްޖާގެ މައްޗަށް ލެނބިއްޖެއެވެ.
ދިހަ މިނެޓް ތެރޭ ގައި ސަލްސާ ރޯޔަލް އަށް އަންނަން ބުނެފައި އަޔާން ސައިކަލް އެރިއެވެ. އެވަގުތު އޮފީހުން ނިކުމެގެން ކާޓޫނެއް ހެން ހިނގައިފައި އަންނަ މީތަން އަޔާންގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަށް ވެރިވި ފަނޑުހިނިތުންވުމާއެކު އަޔާން ސައިކަލް ދުއްވާލިއެވެ.
މަޑުމަޑު މިއުޒިކެއްގެ އަޑު ސަލްސާ ރޯޔަލްގެ ހިތްގައިމު މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުންދެއެވެ. މީހުންނާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީނދެގެން އިން އަޔާން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އެދަނީ ފާލިހް އަންނާނެ އިރަކަށެވެ.
“ކުޑަކޮށް ލަސްވެއްޖެ ދޯ.” ފާލިހްގެ އަޑަށް އަޔާންއަށް ބަލާލެވުނެވެ. ދެކޮނޑު އަރުވާލަމުން އަޔާން ހީލީ ފާލިހް އާއި އެވާހަކަތައް ހިއްސާކުރަން ފަށާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުންނެވެ.
“އަޔާން. ހާދަ ސީރިއަސްވެފަ ތިހުންނަނީ. އަނެއްކާ މެލޭޝިޔާއަށް ފުރަނީތަ؟ އެކަމާ ބައްޕައާއި ދެބަސްވީތަ؟ ” ފާލިހް ހުރިހާ ސުވާލުތަކެއް އެއްފަހަރާ ކޮށްލިއިރުވެސް އަޔާން އިނީ ހިމޭނުންނެވެ. އެވަގުތު ވެއިޓަރ އޯޑަރ ނަގަން ފާލިހް މެން ތިބި މޭޒު ކައިރިއަށް އައިސް ހުއްޓިލިއެވެ.
“ދެމިލްކް ކޮފީ.” އަޔާންގެ ޖަވާބެއް ނައުމުން އޯޑަރ ދިނީ ފާލިހްއެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާން ވާހަކަ ދައްކަން ފެށީ ވެެއިޓަރ އޯޑަރު ނަގައިގެން ހިނގައިގަތުމުންނެވެ. ނުހާއާ ދިމާވިގޮތާއި އޭނާގެ ނަން ބަދަލުވެގެން ދިޔަ ގޮތާއި ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ފާލިހް އިނީ ހައިރާންވެފައެވެ.
” ތި ހާދަ ފާޑެއްގެ ކުއްޖެކޭ ދޯ. އެއްވެސް ޚިޔާލެއް ދިނުމުގެ ކުރިން ޔަޤީންކޮށްލަން ބޭނުން އަޔާން އޭނައާއި ދޭތެރޭ ދެކެނީ ކިހިނެއްކަން؟ ޑޫ ޔޫ ލައިކް ހަރ؟ ” ފާލިހް ވާހަކަ ދެއްކީ ސީދާ އަޔާންގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
” އައި އެމް ކްރޭޒީ އެބައުޓް ހަރ..” އަޔާންއަށް މިފަހަރު ޖަވާބު ދެވުނީ ވަރަށް އަވަހަށެވެ. އަމިއްލަ އިޙްތިޔާރަކާއި ނުލާ ކަހަލައެވެ.
ފާލިހް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަޔާންގެ ވާހަކަތަކުން އެނގެނީ އެކުއްޖާގެ އެއްވެސް މައުލޫމާތެއް އަދި އަޔާންއަށް ނޭނގޭ ކަމެވެ. އެންމެ ކުޑަ މިނުން އެކުއްޖާގެ އަސްލު ނަންވެސް އަދި އޮޅުން ފިލާފައެއް ނުވެއެވެ.
“އައި ނީޑް ހަރ އިން މައި ލައިފް” . ފާލިހްގެ ހިމޭކަން ފެނިފައި އަޔާން އަނެއްކާވެސް ބުނެލިއެވެ.
“ފުރަތަމަ ހިނގާބަލަ ރަނގަޅަށް ތިކުއްޖާ ދަަސްކުރަން. ފަހުން އަޔާންއަށް އެއްވެސް ދެރައެއް ލިބޭކަށް އޯ ދެރަވެފައި ހުންނަތަން ބަލާކަށްވެސް އަހަރެން ބޭނުމެއްނޫން. ” ފާލިހް ފާޅު ކުރީ އޭނާގެ ޚިޔާލެވެ. އަޔާން ހިތްހަމަ ނުޖެހުނަސް ހެޔޮކަމަށް ފާލިހް ލަފާ ދިނީ ދުރުދުރުން ނުހާ އުޅޭ ގޮތް ބެލުމަށެވެ. އެކަމުގައި އަޔާން އަށް ފުރިހަމަ އެހީތެރިކަން ދޭނެކަމަށް ބުނަމުން ފާލިހް އަޔާންއާ ވަކިވެގެން ދިޔައީ މަލަކާގެ ފޯނެއް އައުމުންނެވެ.
ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު އަޔާން ކައުންޓަރަށް ގޮސް ބިލްދައްކާލީ ވެއިޓަރު ގެ ހިލަމެއް ނުވުމުންނެވެ.
ޖީބުން ކުޑަ ރުމާ ނަގައިގެން މޫނު ފޮހެލުމަށްފަހު ސައިކަލް މަތީގައި އިށީނދެލީ ނުހާގެ ހިޔާލުތައް އަނެއްކާވެސް އަޔާންގެ ސިކުނޑިއާއި ހިތާ ކުޅެން ފެށުމުންނެވެ.
ސިނގެރޭޓެއް ނަގާ ތުބުގައި ޖަހާ ރޯކޮށްލަމުން އަޔާން ވިސްްނަންފެށިއެވެ. ފާލިހް ބުނި ގޮތަށް ނުހާގެ މައުލޫމާތު ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ.
ކުއްލިއަކަށް ބޮލަށް ފެންތަކެއް ފައިބައިގަތުމުން އަޔާންއަށް ހަޅޭލަވައިގަނެވުނެވެ. އެވަގުތު މަގުމަތީގައި ތިބިމީހުންގެ ލޯ އަމާޒުވެފައިވަނީ ސީދާ އަޔާންއަށެވެ. އަތުގައި ނިވިފައި އޮތް ސިނގެރޭޓް ބުރި އަތުކޮޅަށް ހޫރާ ލަމުން މައްޗަށް އަޔާން ބަލާލިއިރު އޭނާގެ ލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. އެހާވެސް އޭނާ ހުރީ ރުޅިއައިސްފައެވެ. ފެނުނު މަންޒަރުން އަދި އިތުރަށް އަޔާންގެ ރުޅި ގަދަވެގެން ދިޔައެވެ.
“އޭ ކާޓޫން. ބަލާލުމެއްވެސް ނޯވޭތަ؟” ބެލްކަނީގައި ގަސްތަކަށް ފެންދޭން ހުރި މީތަން ފެނިފައި އަޔާން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ގަޔަށްދޫ ބޮޑު ޓީޝާޓް ގަނޑަކާއި ދޫ ހަރުވާޅެއް ލައިގެން އަދި އެބޮޑު އައިނު ލޮލުގައި އަޅައިގެން ހުރިއިރު މީތަން ހަމަވައްތަރީ ކާޓޫނަކާއެވެ.
އަޔާންގެ އަޑެއް އޭނައަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ އޭނާ އެހުރީ ހުވަފެނީ ދުނިޔެއަކަށް ގެއްލިފައެވެ.
މީތަން އެއްވެސް އެއްޗެއް ނުބުނެ ގަސްތަކަށް ފެންދޭން އިންތަން ފެނުމުން އަޔާން އަށް ދަތްކުޑިވިކައިލެވުނެވެ. ތެމިފައިވާ ޓީޝާޓްގައި އަތް ހާކާލަމުން އަޔާން ސައިކަލަށް އަރާ ދުއްވާލީ މީތަން އަށް ކުދި ކިޔަމުންނެވެ. އެއީ އަޔާންގެ ބަލިފައެވެ. ރުޅި ކޮންޓްރޯލް ކުރަން އޭނައަށް ވަރަށް އުނދަގުލެވެ. ރުޅި އައިސްފިނަމަ އޭނާއަށް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ.
އިރުއޮއްސި އުޑުމައްޗަށް ރަތްވިލާގެ އަސަރުވެރިވަމުންދެއެވެ. އުދަރެހުގައިވާ ހުދުކުލަ މަޑުމަޑު އޮރެންޖް ކުލައަކަށް ބަދަލުވަމުންދާ މަންޒަރު ބަލާ އެއްވެސް މީހަކު ފޫހިނުވާނެކަން ޔަޤީނެވެ.
ހޮޓެލްޖެންގެ ސްވިމިންޕޫލްއަށް ދެފައި ބާލައިގެން ފެންގަނޑާ ކުޅެލަ ކުޅެލާ ނުހާ އިން އިރު މޫނުމަަަތިން ފެންނަނީ މަަސްތީ އަސަރެވެ. ލައިގެން ހުރި އަތްކަނޑާފައިވާ ކުރު ޓީޝާޓް ކޮޅުން އޭނާގެ ދޮން ބަނޑުން ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ކުއްލިއަކަށް މީހަކު ނުހާގެ ފައިގައި ހިފައި ދަމައިގަތުމުން އެއްވެސް ހުރަހެއްނެތި ޕޫލްގެ ތެރެއަށް ނުހާ ވެއްޓުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނުހާ ފެނުން މައްޗަށް ބޯ ހިއްލާލިއިރު އޭނާ އޮތީ ވަރުގަދަ އަތެއްގެ ތެރޭގައި ހައްޔަރުވެފައެވެ.
“އާސިފް”. ނުހާގެ ތުއި އަޑުން އާސިފް އިތުރަށް ނުހާ އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (4)
“އާސިފް”. ނުހާގެ ތުއި އަޑުން އާސިފް އިތުރަށް ނުހާ އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ.
“ނުހާ ކަހަލަ ރީތި ކުއްޖަކާއެކު މިގޮތަށް ވަގުތު ލިބޭނެ ކަމަށް ދުވަހަކުވެސް ހީނުކުރަން. މިހާރު ހިތަށް އަރާ ނަސީބެކޭ ނުހާއަށް ލިފްޓެއް ދީ ވާހަކަ ދައްކާލެވުނުކަން.” އާސިފް ހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާގެ އަންހެނުން ނިޔާވި ފަހުން އޭނާ އުޅެމުން ދިޔައީ ނުލާހިކު އެކަނިވެރި ދިރިއުޅުމެކެވެ. ނުހާ ކަހަލަ ޒުވާން ކުއްޖަކު އޭނާ ދެކެ ލޯބިވެދާނެ ބާއެވެ.
“އުހުނ..ތީ އަހަރެންގެ ނަސީބު.” ދެމާނަ އެކުލެވޭ ގޮތަށް ނުހާ ބުނެލި ޖުމްލައާމެދު އާސިފް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެހެން ޚިޔާލުތަކެކެވެ.
އާސިފް ނުހާއާ ކައިރިވެލަމުން އޭނާގެ ތެތް އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. ނުހާގެ ދޮން ކަނދުރާގައި މުތީ ތަކެއްފަދައިން ހަރުލާފައި ހުރި ފެންތިކިތަކުގައި އާސިފްގެ މޫނު ޖައްސާލުމުން އޭނާގެ ހިތުގެ އެދުން ނުހާއަށް ވިސްނުނު ކަހަލައެވެ. އާސިފްއަތުން ވީއްލި ގަނެގެން ޕޫލް ތެރެއިން އެރިގަނެގެން ރޫމްއާ ދިމާއަށް ދުއްވައިގަތީ އާސިފްއަށް ދައުވަތު ދެމުންނެވެ. ނުހާގެ އެ އަމަލު އާސިފްއަށް ދަނެގަނެވުނު ކަހަލައެވެ. އާވަރާއެއް ފަދައިން ހޫރެމުން ނުހާގެ ފަހަތުން އާސިފް ހިނގައިގަތެވެ.
އެނދުގައި އަޅާފައި އޮތް ރަން ކުލައިގެ ބެޑްޝީޓް ތެމެމުން ދިޔައިރުވެސް ނުހާއާއި އާސިފް އުޅެމުންދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރަމުން ދިޔައިރު ދެހަށިގަނޑު އޮތީ އެއް ހަށިގަނޑަކަށްވެފައެވެ.
ނުހާ އެހެން މީހެއްގެ ތަންމަތި ފަޅުފިލުވަމުން ދިޔައިރު ނުހާގެ ޚިޔާލުތަކުގައި އަޔާން އޭނާގެ ހުރިހާ ވަގުތުތަކެއް އެދަނީ ހޭދަކުރަމުންނެވެ. ހޭލާ ހުންނައިރުއާއު ނިދާފައި އޮންނައިރުއެވެ. ނުހާގެ ހަޤީޤަތް އަޔާން އަށް އެނގޭނެނަމަ ނުހާގެ ހިޔަނި ފެންނަ ހިސާބަށްވެސް އަޔާން ނުދާނެކަން ޔަޤީނެވެ.
“ބޭބީ ޕްލީޒް. އަންޑަސްޓޭންޑް ވެބާ. އޮފީހުގައި ދެކުދިން އެބަތިބި ޗުއްޓީގައި. ކިހިނެއްތަ ލީވް އެއް ނަގާނީ. ދެމަސް ފަހުން ދެން އެންމެ އަވަހަށް ވެސް ޗުއްޓީއެއް ލިބޭނީ. މެރީ ކުރަންވެސް ދެދުވަސް ނެގީމަ ހުރިހާ މަސައްކަތްތައް އެހުރީ ފުނިޖެހިފަ.” ފާލިހް މަސައްކަތް ކުރަމުން އެދަނީ މަލަކާއަށް ވިސްނާދެވޭތޯއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އެގޭގެ ޓެރަސްގައެވެ. މޫނު ކުނި ކޮށްލައިގެން މަލަކާ އިންއިރު ފާލިހް މަލަކާ ގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލަ އިނެވެ. މަލަކާ ބޭނުންވަނީ އެމީހުންގެ ހަނީމޫން ރާއްޖޭން ބޭރުގައި ހޭދަކޮށްލާށެވެ.
“ދެން ތިބުނީނު. މަލޫ ކިތަންމެ ބޭނުންވިޔަސް ވާން ނެތް ކަމެއް ނުވާނު.” މަލަކާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ފާލިހް މަލަކާގެ ނިއްކުރީގައި ބޮސްދެމުން ގެނެސް އޭނަގެ މެޔާލާ ބޮޑިކޮށްލިއެވެ.
“ކޮބާތަ އަޔާން. މިގެޔަށް ނުވެސް އާދޭ. އަނެއްކާ ފުރީތަ؟ ” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް މަލަކާ އަހާލިއެވެ.
“އޭނަ ނޭނގެ ދެން ފުރާނެ ކަމެއް.” ފުން ނޭވާއެއް ދޫކޮށްލަމުން ފާލިހްއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
“އޭން…ކީކޭ..” ފާލިހްގެ އަތުތެރޭން ދުރަށް ޖެހިލަމުން ތެދުވިއިރު މަލަކާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ހައިރާންވެފައި ހުރިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހުސް ސުވާލުމާކެވެ.
ބުނެވުނު އެއްޗަކާއި މެދު ފާލިހް އަށް ވިސްނާލެވުނީ ދެނެވެ.
“މި..މިބުނީ…މި އޭނަގެ ބައްޕަ ބޭނުން ނުވެއޭ އޭނަ ދާކަށް. އެހެންވީމަ ފަހަރެއްގަ މަޑުކޮށްފާނެ އެއްނު”.
ދޮގުހަދަން ޖެހުމުން ފާލިހްއަށް ވާހަކަ ދެއްކުނީ އަޅައިގަންނަ ކަހަލަ ގޮތަކަށެވެ.
“އެކަމަކު އަޔާން އަކީ އޭނަ ބޭނުންވާ ގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރާ މީހެއްނު.” ދުރު ހަނދާނެއް ކޮށްލާ ކަހަލަ ގޮތަކަށް މަލަކާ ބުނެލިއެވެ. ފާލިހް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ. އަޔާންގެ އެސިއްރު ހާމަކުރަން އަދި އޭނާ ބޭނުން ނުވަނީއެވެ. މަލަކާ އަކީ އޭނާގެ ސިއްރުވެރިޔާ ކަމުގައިވިޔަސް އަޔާންގެ އެވާހަކަ އަދި އެއްވެސް މީހަކާއި ހިއްސާ ކުރުން ރަނގަޅު ނޫން ކަމަށް އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނެވެ.
“މިއަދަށް ވާ ވަރު ވެއްޖެއެއްނު.” ގަޔަށް ހެދުން ހެޔޮވަރުކޮށްލަމުން ދިޔައިރު ނުހާ ހުރީ ވަރުބަލިވެ މާނޭވާ ލެވިފައެވެ. އޭނާގެ ތެމިފައިވާ ފަންއިސްތަށިކޮޅުގައި މިހާރު ފެނުގެ އެއްވެސް އަސަރެއްނެތެވެ.
“ގަޑިން ކިހާ އިރެއްތަ؟” މޯޅިއަކަށް ދެމިލަމުން އާސިފް ތެދުވިއެވެ.
“ދިހައެއް ޖަހަނީ.” މަލަކާ ޖީބުގައި އޮތް ފޯނު ނަގާ ގަޑިބަލައިލިއެވެ.
“އަސްލުވެސްތަ؟ މިހާރު އަޔާން އަހަރެން ހޯދާނެ ކަންނޭނގެ. ފްރެޝް ވެލައިގެން ނުހާ ދޭ ގެޔަށް. މާދަން އެޕާޓްމަންޓް ހަމަޖައްސާފައި ގުޅާނަން. އޮފީހަށް ނަޔަސް އެންމެ ރަނގަޅު.” ނުހާގެ މަޑުމަޑު ކޮލުގައި ހިފާލަމުން ލޯތްބާއެކު އާސިފް ބުނެލިއެވެ. ނުހާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމުން އޭނާ ބޭނުންވި ކަންތައްތައް ކާމިޔާބުވެއްޖެ ކަހަލައެވެ.
އާސިފް ދޮރުން ނިކުންނަން ހިނގައިގަތުމުން ނުހާ ދުވެފައި ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ވަރަށް ލޯބިން ބައްދާލިއެވެ.
“ލަވް ޔޫ..” ނުހާގެ ތުއި އަޑު މިއުޒިކެއްފަދައިން އާސިފްގެ ކަންފަތާއި ހަމައަށް ފޯރިއިރު އާސިފް ހުރީ ހިނިތުން ވެފައެވެ.
“ހާދަ ވަރަކަށް ތިހެނީ.” ނީތާގެ އަޑަށް ނިދިފައި އޮތް އަޔާން އަށް ސިހިފައި ހޭލެވުނެވެ. އޭރު ނީތާ ކޮފީތަށްޓެއް ހިފައިގެން އަޔާންގެ އެނދު ކައިރީގައި ހުއްޓިގެން ހުއްޓެވެ.
ވާނީވެސް އެހެން ނޫންހެއްޔެވެ. މިހާރު އަޔާން ގެ ހިތާއި ސިކުނޑިއަށް ހަމައެކަނި ބާރުފޯރުވެނީ ނުހާއަށް އެކަންޏެވެ. ދެންމެވެސް ނީތާއަށް އޭނާ ހޭލައްވާ ލެވުނީވެސް ނުހާއާ އެކީ ލޯބިން އުޅެނިކޮށް ފެންނަ ހުވަފެނެއްގައި އޮއްވައެވެ.
“ޑޭޑް އައިއްސިތަ؟” އަޔާން ތެދުވެ އެނދުގައި އިށީނދެލިއެވެ.
“އައި އޭމް ހިއާ.” އެވަގުތު ކޮޓަރިއަށް ވަދެގެން އައި އާސިފްގެ އަޑަށް އަޔާންއާއި ނީތާއަށް އެއްފަހަރާ ބަލާލެވުނެވެ.
“މި ނިންމާލީ ހަމަ އޮފީސް. ވަރަށް ޓަޔަޑް ވެއްޖެ. ދަރިފުޅުވެސް ބައްޕައާއެކީ އޮފީހަށް ޖޮއިން ކުރަންވީނު. އޭރަށް ސެކްރެޓަރީއެއް ބަހައްޓާކަށްވެސް ނުޖެހޭނެއެއްނު.” ނީތާ އަތުގައި ތަބަކުގައި އިން ކޮފީތަށި ނަގާ އަޔާންއަށް ދިއްކޮށްލަމުން އާސިފް ބުނެލިއެވެ.
“އޯކޭ. ފުރަން ވަންދެން އަޔާން ދާނަން. އެކަމަކު އަދި ދާން ޖެހޭނެ އެކޮޅަށް.” އަޔާން ބޭނުންވީ ނުހާއާ އެންމެ ކައިރީގައި ހުންނާށެވެ. ނުހާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި މިވަގުތު އޮފީހަށް ނިކުތުން އެއީ އަޔާން ކުރަން ޖެހޭނެ އެންމެ މުހިންމު އެއްކަންތައް ކަމުގައި އޭނާ އަށް ވިސްނުނެވެ.
އަޔާންގެ މަޤްސަދު ނޭނގޭ ހާލުގައި އާސިފްގެ ހިތް އުފަލުން ފުރުނެވެ. އާސިފް އަބަދުވެސް ބޭނުންވަނީ އޭނަގެ ދަރިފުޅު އޭނާއަށް ފެންނަ ހިސާބުގައި ކައިރީގައި ހުންނާށެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަގުމަތީގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭން ކަމެވެ. ޖެހެމުންދާ ފިނިފިނި ރޯޅިން ގަސްތަކުގެ ފަތްތައް ނަށާ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. ހަވީރުއްސުރެ ރޭގަނޑު ވަންދެން ނިދުމުގެ ސަބަބުން އަޔާންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ބެލްކަނީގެ ފާރުކޮޅު މަތީގައި ދެއަތް އަޅުވާލައިގެން ބޭރު ބަލަން އަޔާން ހުރިއިރު ތުންފަތުގައި ކުޅެމުންދިޔަ މިއުޒިކުން ވެސް އެނގެނީ އޭނާ އެވިސްނަނީ ނުހާ އާއި ދޭތެރޭގައި ކަމެވެ.
“ލޯބިވާ ވަރު އަންގަދޭނީ ފަހެ އިތުރު ކޮންލަފްޒަކުންހޭ…….
ހިތް އެދޭވަރު ބުނެލަދޭނީ ފަހެ އިތުރު ކޮންލަފްޒަކުންހޭ…”
ޖަޒުބާތުގެ އޮއިވަރުގައި ފެތި ޣަރަޤުވަމުން ދިޔަ އަޔާންއަށް އޭނަ ކިޔަމުން ދިޔަ ލަވަ ހުއްޓާލަން ޖެހުނީ މަގު ކޮޅުން ހިނގާފައި އަންނަ އަންހެން ކުއްޖެއް ފެނިގެންނެވެ. އެހާ ދުރުން ފެނުމުންވެސް އެއީ ނުހާކަން އަޔާންއަށް އެނގުނެވެ. މިހާ ލަސްގަޑިއެއްގައި ނުހާ އެކަނި ހިނގާފައި އެދަނީ ކޮންތާކަށް ހެއްޔެވެ؟
އަޔާން ބަލާކަށް ނުހުރެ ބޭރު ދޮރާއި ދިމާއަށް ދުއްވައިގަތެވެ. އޭނާގެ ނުހާ އެހުރީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެއެވެ. އަޔާންގެ ކޯތާފަތް މައްޗަށް އޮހޮރެމުންދިޔަ ކަރުނަތަކުން އަޔާންގެ ހިތަށް އެވަނީ ފުން އަސަރު ތަކެއް ކޮށްފަކަން ޔަޤީނެވެ. އަޔާންއަށް ދޮރު ހުޅުވާލައިފައި ނިކުމެވުނީ ސީދާ ނުހާގެ ކުރިމައްޗަށެވެ.
ނުހާ އަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅާލިހެންނެވެ. ހަދާނެގޮތް ހުސްވިކަހަލައެވެ. ދެއަތުން ބޮލުގައި ހިފަހައްޓަމުން ނުހާ އަރިއަޅާލައިގެން ވެއްޓޭކަހަލަ ގޮތަކަށް ދެފަރާތަށް އެނބުރެން ފެށިއެވެ. ނުހާ އަރިއަޅާލައިގެން ވެއްޓޭކަހަލަ ގޮތަކަށް ދެފަރާތަށް އެނބުރެން ފެށިއެވެ. ނުހާއާ ހެދި ދީވާނާ ވެފައިވާ އަޔާންއަށް އެމަންޒަރު ބަލަން ކެތްވާނެ ހެއްޔެވެ. ނުހާގެ އަތުގައި އަޔާން އަށް ހިފުނު ވަގުތު ނުހާ އަޔާންގެ އަތުތެރެއަށް ވެއްޓިގެންފިއެވެ. އަޔާންއަށް ބޭއިހްތިޔާރުގައި ރޮއެ ގަނެވުނެވެ. ނުހާއަށްޓަކައި އޭނާގެ ހިތުގައި އުތުރި އަރަމުންދާ ލޯބީގެ ވަރުގަދަކަން ހާމަ ވަމުން ދަނީ އަޔާންގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދާ ކަރުނައިންނެވެ. ނުހާގެ ލޫޅާފަތި ހަށިގަނޑު އަތްމައްޗަށް ލައިގެން އަޔާން އަށް ސިޑިން އެރުނީ ދުވެފައި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އަޔާން ގެ އެނދުމަތީގައި ނުހާ ބާއްވާލުމަށްފަހު ދޮރު ތަޅުލިއެވެ. ފަހަރެއްގައި ބައްޕަ ނޫނީ ނީތާއަށް ފެނިދާނެތީއެވެ.
ނުހާ..ނުހާ…އަޔާން ނުހާގެ މޫނުގައި ފިރުމަމުން ނުހާއަށް ގޮވަންފެށިއެވެ. ނަމަވެސް މަކަރުވެރިކަމުން ފުރިގެންވާ ނުހާ އެއޮތީ އޭނަގެ ދެލޯ ހުޅުވަން ބޭނުން ނުވެފައެވެ.
“މަގޭ ނުހާ. ކިހިނެއްވެފަތަ ތިއޮތީ. ނުހާ ގެ އަޔާން އޭ މީ..އެއްފަހަރު ދެލޯ ހުޅުވާލާފައި ބަލާބަލަ. ” އަޔާން މޮޔައެއްފަދައިން ދައްކަމުން ދިޔަ ވާހަކަތަކުން ނުހާއަށް ބޭއިހްތިޔާރުގައި ދެލޯ ހުޅުވާލެވުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (5)
ނުހާގެ ހުޅިފައިވާ ބޮޑު ދެލޯ ފެނުމުން އަޔާންގެ ހިތަށް ދިރުމެއް ލިބުނު ކަހަލައެވެ.
“ކިހިނެއްވީ ނުހާ……މީ އަޔާންއޭ……” ނުހާ އެތަން މިތަނަށް ކަޅި އުކަން ފެށުމުން އަޔާން ލޯތްބާއެކު ބުނެލިއެވެ. ނުހާއަށް އެއީ އަޔާން ކަމެއް އޮޅިފައެއްނުވެއެވެ. އަޔާން ފެނުމުން އޭނާ އަމިއްލައަށް ވެއްޓި ގަނެ ކުޅުނު ޑްރާމާ ފުރިހަމަ ކުރަނީއެވެ. ފަހަރެއްގައިވެސް އަޔާންއަށް އޭނާއަކީ ކާކު ކަމެއް އިނގޭކަށް އޭނާ ބޭނުމެއްނުވެއެވެ. އަދި މިހާރު އަޔާން ނުހާއާ ދޭތެރޭގައި ދެކޭ ގޮތް ހަމަ ރަނގަޅަށްވެސް ނުހާއަށް އެނގިއްޖެއެވެ.
“އަޔާން..އަހަރެން މިތަނަށް އައީ ކިހިނެއްތަ؟” ނުހާ އަކީ ހަމަ ކުޅަދާނަ އެކްޓަރެކެވެ. މޫނު މަތިން ހައިރާންވެފައި ހުރިކަން ދައްކަމުން ނުހާ އުޅުނީ އެނދުން ތެދުވާށެވެ. އެވަގުތު އަޔާން އެކަން މަނާ ކުރިއެވެ.
“މަޑުކުރޭ…..އެބަ އަންނަން.” އަޔާން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެމަންޒަރު ބަލަން އިން ނުހާ އަޔާން އަށް ފަރުވާތެރިކަމާއެކު ބަލަމުންދެއެވެ. ފުރަތަމަ ފަހަރަށް އަޔާންގެ ފިރިހެންވަންތަ ކަމާމެދު އޭނައަށް ވިސްނާލެވުނެވެ. އަޔާންގެ ދިގު އިސްކޮޅާއި ފިރިހެންވަންތަ ހަށިގަނޑު ބަލާ ފޫހި ނުވެއެވެ. ލައިގެން ހުރި ސްލިމްފިޓް ޓީޝާޓް އަޔާންއާއި ނުލާހިކު ގުޅެއެވެ.
“ވާއު..” ނުހާއަށް ވައި އަޑުން ބުނެލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ނުހާގެ ފިނިފެންމަލެއް ފަދަ ތާޒާ މޫނު އުދާސްވެއްޖެއެވެ. ނުހާއަށް އޭނާގެ ފެންވަރާއި މެދު ވިސްނާލެވުނީމައެވެ. ދުވަހަކު މިހެން ނުހާއަކަށް ނުވެއެވެ. ޖެހުނުހާ ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާ ދެމުންދާއިރު ނުހާ އެކަން ކުރަނީ ހިތްހަމަ ޖެހިފައި ހުރެގެންނެވެ.
ދޮރު ހުޅުވާލާފައި އަޔާން ކޮޓަރިތެރެއަށް ވަން އަޑަށް ނުހާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ. ޖޫސްތައްޓެއް ހިފައިގެން އައި އަޔާން ނުހާ ކައިރީގައި އިށީނދެލިއެވެ.
“މި ޖޫސްތަށި ބޯލާ..އޭރުން ދެންވެސް ރަނގަޅުވާނީ.” އަޔާންގެ އޯގާތެރި އަޑު ނުހާގެ ކަންފަތުގައި ހަރުލައިފައިވާ ކަހަލައެވެ.
ނުހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެފަދަ އަޅާލުމާއި އޯގާތެރިކަމަށް ނުހާ އަދި ވަރަށް އަލެވެ.
“މިއަށް ދަންވަރު އެކަނިމާއެކަނި ނުހާ ކޮންތާކަށް ތިދަނީ؟” އަޔާން ވާހަކަ ދައްކަމުން ދިޔައީ ސީދާ ނުހާގެ ދެލޮލަށް ބަލަން ހުރެއެވެ.
“ނޭނގެ.” ކުރު ޖަވާބެއް ދެމުން ނުހާ އަޔާންގެ އަތުން ޖޫސްތަށި އަތުލަމުން ބޯންފެށިއެވެ.
ނުހާގެ އެހަރަކާތުން އަޔާންއަށް ބޭއިހްތިޔާރުގައި ހީލެވުނެވެ.
“ދެން އަރާމު ކޮށްލާ.. އަހަރެން ސޯފާގައި އޮވެލާނަން.” އެއްނޭވާއިން ނުހާ ޖޫސްތަށި ހުސްކޮށްލުމުން އަޔާން ނުހާގެ ބޮލުގައި ފިރުމާލިއެވެ.
އަޔާންގެ ފިނިފިނި ދެއަތުގެ ބީހުން އިޙްސާސްވުމާއެކު ނުހާގެ ހިތުގައި އުފެދިގެން ދިޔަ އޮއިވަރާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.
“މިތާ އެނދުގައި އޮތަސް އަހަރެން އަޔާން ކައެއް ނުލާނަމޭ.” ހިނގަ ހިނގާހުރި އަޔާންގެ އަތުގައި ނުހާ ހިފިއެވެ. އަޔާން އަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ނަމަވެސް އަޔާން ނުހާ ދެކެ ވަނީ ސާފުތާހިރު އެއްވެސް ކިލަނބުކަމެއް ނެތް ލޯތްބެކެވެ. އަޔާންގެ ޖަވާބެއް ނައުމުން ނުހާ އަޔާންގެ އަތުގައި ހިފާ ކުއްލިއެއް ޖަހައިފިއެވެ. ވިސްނާނުލާ ހުރި އަޔާން ނުހާގެ ގައިމައްޗަށް ވެއްޓުނީ އެއްވެސް ހުރަހެއްނެތިއެވެ.
ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު އަޔާންއަށް ނުހާ ގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އެރީތި މޫނުގައި ބޮސްދޭން އަޔާންގެ ހިތްއެދި ގޮވަމުންދާ ކަހަލެއެވެ. ކަޅިވެސް ޖަހައިނުލާ ނުހާގެ ފުންދެލޮލުގެ ޖާދޫގައި ޖެހިފައި އަޔާން އޮތެވެ.
“އައި ލައިކް ޔޫ.” ނުހާ އަޔާންގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ބުނެލި ޖުމްލައިން އަޔާންއަށް އުފަލުން ނުހާގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.
ފުރުސަތުގެ ބޭނުން ހިފަމުން ނުހާ ގެ ދެއަތު ތެރޭގައި އަޔާންގެ ހަށިގަނޑު ހައްޔަރުކޮށްލިއެވެ. އިސާހިތަކު ދެހަށިގަނޑު އެއްހަށިގަނޑަކަށްވެގެން ހިނގައްޖެއެވެ.
އާދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އާސިފް އޮފީހަށް ދިއުމުގެ ކުރިން ފުރަތަމަވެސް ބެލީ އާ އެޕާޓްމަންޓަކަށް ނުހާ ބަދަލު ކުރުމުގެ ކަންތަކެވެ. ހޭލިގޮތަށް ފުރަތަމަވެސް ފޯނު ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.
“ތޭންކްސް.” އަޅުގަނޑު ޕޭމަންޓް މިފޮނުވާލަނީ.” އާސިފް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން ފޯނު ބޭއްވިއެވެ.
“ނީތާ. އަޔާން ހޭލީމަ ބުނޭ ބައްޕަ ބުންޏޭ އޮފީހަށް އައިސްދޭށޭ.” އާސިފް އޮފީހަށް ދާން ނިކުންނަމުން ބަދިގެ ތެރޭގައި މަސައްކަތް ކުރަން ހުރި ނީތާއަށް ބުނެލިއެވެ.
ކުޑަދޮރުން ވަތް ފިނިފިނި ރޯޅިއެއް އަޔާންގެ ފަން އިސްތަށިކޮޅާއި ސަމާސާކޮށްލުމާއެކު އަޔާންއަށް ސިހިފައި ދެލޯ ހުޅުވާލެވުނެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ ކައިރީގައި ނުހާ އޮތް ތޯއެވެ.
“އަނެއްކާ ކޮންތާކަށްތަ އެދިޔައީ.” އަޔާންއަށް ފުއްމައިގެން ތެދުވެވުނެވެ. ހަމަ އެސިކުންތުގައި އޭނާއަށް ލަދުން އިސްޖަހާލެވުނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއްނެތެވެ. އަވަސްއަވަހަށް ސޯޓް ގަޔަށް ހެޔޮވަރުކޮށްލަމުން އަޔާން ކޮޓަރިން ނިކުތެވެ.
“ހާދަ ބާރަކަށް ތިދުވަނީ. ވެއްޓިދާނެ.” ސިޑިން ދުވަމުން ކަހަލަ ގޮތަކަށް ފައިބައިގެން އަންނަ އަޔާން ފެނުމުން ނީތާއަށް ބުނެވުނެވެ.
“އެއްވެސް މީހެއް ދެކުނިންތަ؟” ސިއްރު ސިއްރުން އަޔާން އެހިއެވެ.
“އެއްވެސް މީހެކޭ. މިގޭގައި އިތުރު މީހެއް ނޫޅޭނު. ބައްޕަ ގޮސްފި އޮފީހަށް. އަޔާން ހޭލީމަ އޮފީހަށް އައިސް ދޭށޭ ވެސް ބުނި. ސައިހަދަންތަ؟ ” ނީތާ ހުރީ އަޔާން އުޅޭ ގޮތުން ހިނިއައިސްފަ އެވެ. ނީތާގެ ލާނެތް ހިނިތުންވުން ފެނިފައި އަޔާންއަށް އޭނާއަށް ބުނެވުނު އެއްޗަކާއި ދޭތެރޭގައި ވިސްނާލެވުނެވެ. ދެކޮނޑު އަރުވާލަމުން ރޭގެ ހާދިސާއާއި މެދު ވިސްނަމުން އަޔާން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. މިއަދު އަޔާންއަށް ވުރެ ވަކި އުފަލުގައި ހުރި އެކަކުވެސް ނެތެވެ.
“އަބަދު ޗުއްޓީ..ޗުއްޓީ…ޗުއްޓީ މުޅި އުމުރަށް ނަގައިގެން ގޭގައި އޮންނަންވީނު.” ދެޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާގެ އޮފީހުގެ ބޮސް ބުނަމުން ގެންދިޔަ ހަރުކަށި ބަސްތައް ފާލިހް އަޑުއަހަން ހުރިއިރު ރުޅި ގަދަވެގެން ގޮސް އޭނާއަށް ދަތްކުޑި ވިކާލެވުނެވެ.
“ތިކަހަލަ ސްޓާފުންނަށް އިހްތިރާމް ކުރަން ނޭނގޭ މީހެއް ކައިރީގައި މަސައްކަތް ކުރުމަށްވުރެ ގޭގައި ހުރުންވެސް މާ ރަނގަޅުވާނެ. ރަނގަޅު ވާހަކައެއް ތިނަންގަތީ. ” ފާލިހްގެ އަޑުގައި އެއްވެސް ނުރުހުމެއްނެތެވެ. އޭނާ ބޭނުންވީ އޭނާގެ މަޑުމައިތިރި މިޒާޖުން ބޮސްގެ ދުލުގައި ތަޅުއަޅުވާށެވެ.
“ކަލޭ ހީކުރީ މަސައްކަތް ކުރާނެ މީހުން ނުވެގެން-”
އަތުގެ އިޝާރާތުން އޭނާގެ ބޮސްގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން ހުއްޓާލުމަށް އިޝާރާތް ކުރަމުން ފާލިހް ހިނގައިގަތެވެ. ޒުވާބު ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު ވަޒީފާ ހޯދުމަކީ ދަތި އުނދަގޫކަމެކެވެ. މިއަދު އޭނާ ބަލަން ޖެހޭ އިތުރު މީހެއްވެސް އެބަހުއްޓެވެ. މަންމައާއި ބައްޕަ އަދި ދެކޮއްކޮ އިންޑިޔާގައި ދިރިއުޅުނަސް އެމީހުންނަށްވެސް ބަލަން ޖެހެއެވެ.
މީހުންނަށް ދައްކަން ބޭނުން ނުވިޔަސް އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.
އޮފީހުން ނިކުމެ ފޯނު ނަގައި ފުރަތަމަވެސް ޑައިލް ކޮށްލީ އަޔާންގެ ނަމްބަރަށެވެ. ހިތްހަމަ ޖައްސާލާ ޚިޔާލު ބަދަލުކޮށްލުމަށެވެ.
“ކީކޭ ބްރޯ.” އަޔާންގެ އަޑުގައި ހުރި އުފާވެރިކަން ފާލިހް އަށްވެސް ފާހަގަވިއެވެ.
އައި ނީޑް ޓް ޓޯކް. ލެޓްސް ކޮފީ.” ހުރިހާ ވާހަކަތަކެއް ފޯނުން ދައްކަން ފާލިހް ބޭނުން ނުވިއެވެ. ސިޓްރަންގައި އަޔާންއަށް އިންތިޒާރު ކުރާނެ ވާހަކަ ބުނަމުން ފާލިހް ފޯނު ބޭއްވިއެވެ.
ހެނދުނުގެ ހޫނުން މުޅި ދުނިޔެ އަނދަމުން ދާކަހަލައެވެ. މަގުމަތީގައި ދުއްވާ އެއްޗެހި ގިނަކަމުން އަޔާންހުރީ ފާޑަކަށް ރުޅި އައިސްފަ އެވެ. އަދި އެހާ ހޫނެވެ.
“ބަލައިގެން ދުއްވާކަށް ނޭނގޭތަ؟” ނުބަލާ ގޯޅި އަޅާލިތަނާ ކުރިމަތިން މީހަކު ހުރަސްކޮށްލުމުން އަޔާންއަށް ބުރަކި ޖައްސާލެވުނެވެ. ނަމަވެސް އެކުއްޖެއްގެ ގައިގައި މަޑުމަޑުން ނަމަވެސް ސައިކަލްއިން ޖެހުނެވެ.
“ސޮރީ..”
އަޔާންގެ އަޑަށް ބިންމައްޗަށް ވެއްޓިފައި އޮތް ޕާސް ނަގަމުން އެކުއްޖާ އެނބުރި ބަލާލިއެވެ. އޭރު އަޔާންވެސް ހުރީ އެކުއްޖާއަށް ބަލާށެވެ. ދެމީހުންނަށްވެސް ތެޅިގަނެވުނީ އެއްފަހަރާއެވެ.
“އޭ ކާޓޫން. ސޮރީ އަނބުރާ ގެންގޮއްސިން.” މީތަން ފެނިފައި އަޔާން ގެ ހަނދާނަށް އައީ ކުރީ ދުވަހު އޭނާގެ ބޮލަށް ފެންއެތި އޮއްސާލި ދުވަސް މަތިންނެވެ. ހަމަރަނގަޅަށްވެސް އަޔާން އެހުރީ ރުޅި އައިސްފަ އެވެ.
“ތިކަހަލަ މީހުންގެ ފާޑޭ ތީ.” މީތަން މޫނު ކުނި ކޮށްލަމުން ދާން ހިނގައިގަތީ ފަތިވަރެއް ގޮވަމުންނެވެ.
“ކޮން ކަހަލަ މީހުންނެއްތަ؟ ބުނެފަ ދާންވާނީ.” އެއްލި އަތުން މީތަންގެ އަތުގައި އަޔާން ހިފިއެވެ. މީތަން ދެލޯ ބޮޑުކޮށްފައި އަޔާންއަށް ބަލަންފެށިއެވެ. މީތަންގެ އަތުގައި ހިފަން އަޔާން އަށް ކެރުނީތީ މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަގުމަތިންދާ މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުރިތަން ފެނިފައި އަދި ވަކިން ބޮޑަށް މީތަން ހާސްވެއްޖެއެވެ.
“އަޅެ ބުނެބަލަ ކޮންކަހަލަ މީހުންގެ ކޮންކަހަލަ ފާޑެއްތަ؟” އަދިވެސް އަޔާން ހުރީ މީތަންގެ އަތުގައި ހިފަހައްޓައިގެންނެވެ.
“އަޔާން. ދޫކޮށްލާ. މީހުން އެބަ ބަލައޭ.” މީތަން އަޑުގައިވަނީ އާދޭހެވެ. މީތަންގެ އާދޭސްތައް އަޔާން އަށް އަޑުނީވޭ ކަހަލައެވެ. އޭނާ ބޭނުންވީ ކުރީ ދުވަހުގެ ބަދަލު ހިފާށެވެ.
“ސައިކަލަށް އަރާ.” އަޔާންގެ އެޖުމްލައިން މީތަން ހާސްވެއްޖެއެވެ.
“އޮފީހަށްނު ތިދަނީ.” މީތަންގެ އަތަށް ދަމާ ލަމުން އަޔާން ހީލިއެވެ. ހަދާނެގޮތް ހުސްވެފައި ހުރި މީތަން އަދިވެސް ހުރީއެވެ. އެންމެފަހުގެ ހަތިޔާރެއްގެ ގޮތުން މީތަންގެ އަތުގައި އޮތް ޕާސް އަޔާން ޖަހައިގަތެވެ. އެންމެފަހުން މީތަން އަށް ޖެހުނީ ސައިކަލަށް އަރާށެވެ. އަޔާން ގެ ގައިގައި ނުޖެހޭ ހިސާބުގައި މީތަން އިށީނދެލިއެވެ.
“ބާރަށް ހިފަހައްޓާތި. އެހެންނޫނީ ތިކާޓޫނު ވެއްޓި ރޫޅިދާނެ.” މީތަން އާއި އަޔާން ދިމާކޮށްލިއެވެ.
“މީތު މީ ކާޓޫނެއް ނޫން އިނގޭ.” މީތަން ރުޅިއައުމުން އަޔާން އަށް ލިބުނު ހިތްހަމަ ޖެހުމުގައި ސައިކަލް ދުއްވާލިއެވެ
މީތަން އާއި އަޔާންގެ ކުޅިވަރު ބަލަން ބެލްކަނީގައި ހުރި ނުހާ މޫނު ކުނި ކޮށްލިއެވެ. އެމަންޒަރު ބަލަން އޭނާ ހުންނަތާ ލައްކަ އިރުވެއްޖެއެވެ. އޮފީސް ގަޑީގައި މީތަން އެއައީ އާސިފް ފޮނުވައިގެން ނުހާގެ ގެއަށް ސިޓީ އުރައެއް ހިފައިގެންނެވެ.
މީތަން އާއި އަޔާން އެކުގައި ފެނުމުން ނުހާ އަކަށް ހިތްހަމައެއް ނުޖެހެވުނެވެ. ބެލްކަނީގެ ދޮރު ލައްޕާލަމުން އޭނާގެ އާ އެޕާޓްމަންޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ނުހާ ފެށިއެވެ.
އާޓިފިޝަލް ބީޗް ކައިރިއަށް ސައިކަލް މަޑުކޮށްލުމުން މީތަން ވަށައިގެން ހޯދަން ފެށިއެވެ.
“އޮފީސް ހުންނަނީ މާފަންނުގައެއްނު. މީ ކޮން ހިސާބެއް؟” ސައިކަލުން ފައިބަމުން މީތަން އަހާލިއެވެ.
“ގޮސް އެތާގައި އިށީނދެބަލަ.” އެއްފަރާތެއްގައި ހުރި ކުޑަ ފާރުބުރި އަށް އިޝާރާތް ކުރަމުން އަޔާން ބުނެލިއެވެ. ހިނިގަނޑު ކޮންޓްރޯލް ކޮށްގެން އަޔާންއަށް ހުރެވެނީ ހަމަކިރިޔާއެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން މީތަން ގޮސްއިށީނެވެ.
“ޕާސް ދޭނަން އިނގޭ ފަހުން. ދެން ހިނގާލާފަ ދޭ އޮފީހަށް.” އަޔާން ބާރަށް ހީގަންނަމުން ސައިކަލް ދުއްވާލިއެވެ. އަޔާން އަށް މީތަން ބާރަށް ގޮވާލި އަޑުވެސް އިވުނެވެ. ނަމަވެސް އެސްފިޔަ ޖަހާލާހާ އަވަހަށް އަޔާން ސައިކަލްގައި ގޮސް އޮބާލައިފިއެވެ.
އަޔާންއަށް ސިޓްރަން އިންނަ ހިސާބަށް ދެވުނުއިރު ފާލިހް އިނީ ނިކުމެ ބޭރުގައެވެ. ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައެވެ.
“ލަސްވެއްޖެ ދޯ.” ސައިކަލް މަޑުކޮށްލަމުން އަޔާން އަހާލިއެވެ.
“މިހާރު އަންހެން ކުދިންގެ ޕާސް ވެސް ހިފައިގެންތަ އުޅެނީ.” ޖަވާބު ދިނުމުގެ ބަދަލުގައި ފާލިހްވެސް ކޮށްލީ ސުވާލެކެވެ. އަޔާން ހީގަންނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
“އައި ލޮސްޓް މައި ޖޮބް.” ފާލިހްގެ އަޑުން އަޔާންގެ މޫޑް ބަދަލުވެގެން ދިޔައެވެ. ވީގޮތް ފާލިހް އޮޅުންފިލުވައިދިނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެއްޗެއް ބުނަން އަޔާން އަނގަ ހުޅުވާލިތަނާ ފާލިހްގެ ފުރަގަހުގައި ހުރި އާސިފް ފެނުމުން އަޔާން ހިމޭންވިއެވެ.
“ހަ އަހަރު އެމީހުން ކައިރީގައި އެހާ ތެދުވެރިކޮށް މަސައްކަތް ކުރީމަވެސް މިއަދު އެތަން ފެންނާކަށް ނެތެއްނު.” ފާލިހް އަތުގައި އޮތް ސިނގެރެޓްބުރި ތުބުގައި ޖަހާ ދަމާލިއެވެ.
“ވައި ޑޯންޓް ޔޫ ޖޮއިން އަޒް.” އާސިފްގެ އަޑުން ފާލިހް ކޮށިއަރައިގަތެވެ. އޭރު އިތުރު ދެމީހަކާއެކު އާސިފް ހެވިފައި ހުރެގެން އެމީހުންނާއި ދިމާއަށް އަންނަނީއެވެ.
“ޑޭޑް. މިތާގައި ކީއްކުރަނީ.” އަޔާން އަވަސް އަވަހަށް އަހާލިއެވެ.
“ބިޒްނަސް މީޓިންއެއް.” ފާލިހްގެ ކޮނޑުގައި އާސިފް ހިފަހައްޓާލަމުން އަޔާން އަށް ޖަވާބުދިނެވެ.
“މާދަން ހެނދުނު ނުވައެއް ޖަހާއިރަށް އޮފީހަށް އަންނާތި.” އާސިފްގެ އަމުރުވެރި ރާނގުން ފާލިހްއަށް ހުރެވުނީ ހިމޭންވެފައެވެ. ޝުކުރު އަދާކުރަންވެސް ހަނދާންނެތިފައެވެ.
“ގުޑް ލަކް މޭން.” އާސިފް ދާތަން ބަލަންހުރި ފާލިހްގެ ކޮނޑުގައި ހިފައިގަންނަމުން އަޔާން އުފަލުން ބުނެލިއެވެ. ލިބުނު ނަސީބާއި މެދު ފާލިހް ޝުކުރުކުރިއެވެ.
“ގެސް ވަޓް.” އަޔާން އެއް ލޯ މަރާލަމުން އެނބުރިގަތެވެ. އުފަލުންނެވެ.
“ނުހާ އާ ދިމާވީތަ؟” ފާލިހްއަށް ހީވީ ހަމަރަނގަޅަށެވެ.
“ހަމައެކަނި ދިމާވީ އެއްވެސް ނޫން. ވީ ބޯތު ހެޑްއަ ގްރޭޓް ޓައިމް. ނުހާ ހުރީ ވެސް ރޭގައި އަހަރުމެން ގޭގައި. ޝީ ލައިކްސް މީ ޓޫ.” އަޔާންގެ ވާހަކައިން ފާލިހް އެހާ އުފާވި ހެނެއް ހީއެއްނުވެއެވެ. އެހާ އަވަހަށް އެހާ ހިސާބަށް ދާނެބާއޭ ފާލިހްގެ ހިތަށް އެރިއެވެ.
“އަންނަންވީނު ނުހާ ގޮވައިގެން އަހަރެމެން ގެޔަށް. އަހަރެމެންނާއިވެސް ރައްޓެހިކޮށްދޭން ވާނު.” ފުން ވިސްނުމެއްގައި ހުރެ ފާލިހް ބުނެލިއެވެ.
“ސޫން ބްރޯ. އަދި މިއަދު އެމަންޖެގަނޑު ލޮލުންވެސް ނުދެކެން. ހިނގާބަލަ އޮފީހާއި ދިމާއަށް.” އަޔާން ސައިކަލްއަށް އެރިއެވެ.
“އަޔާން ދޭ. މަ އަންނާނަން ގެޔަށް ގޮސްލާފައި.. މިހާރު މަލަކާ ހުންނާނެ ހާސްވެފައި..” ފާލިހްގެ ވެސް ސައިކަލަށް އެރިއެވެ. ބޯ ޖަހައިލަމުން އަޔާން ދުއްވާލިއެވެ.
އޮފީސްތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ހަމަ ހިމޭންކަން ރަސްކަން ކުރަމުންދާ އެތަނުން އިވޭހާވެސް އަޑަކީ އަޔާން ގެ ބޫޓްގެ ފިޔަވަޅު އަޑެވެ. ނުހާ ފެނޭ ތޯ އެންމެ ފުރަތަމަވެސް އަޔާން އޭނާގެ ބައްޕަގެ ކެބިން ހުޅުވާލިއެވެ. އެއްވެސް މީހެއްގެ އިޝާރާތެއް ނުވުމުން ނުހާ ގެ މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނދެލިއެވެ. އަތުގައި އޮތް މީތަންގެ ޕާސް ހުޅުވާލުމާއެކު އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (6)
މީތަންގެ ޕާސް ތެރޭގައި އޮތް ފޮޓޯ ގަނޑަށް ނަޒަރު ހުއްޓިފައި އަޔާން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.
“ޝީ އިޒް ޓޫ ކިޔުޓް.” ޕާސް ތެރެއިން ފޮޓޯގަނޑު ނަގަމުން އަޔާން އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެފޮޓޯއަކީ މީތަންގެ ފޮޓޯއެކެވެ. މީތަންގެ ލޮލުގައި އޮންނަ ކަޓް އައިނު ގަނޑެއްވެސް އެފޮޓޯގައި ނެތެވެ. މެރޫން ކުލައިގެ ކުރު ހެދުމެއް ލައިގެން ހުރިއިރު މީތަންގެ ރީތިކަން ބަލައި ފޫހިނުވެއެވެ.
ކުއްލިއަކަށް މީޓިން ރޫމް ދޮރު ހުޅުވުނު އަޑަށް އަޔާން އަށް ސިހިފައި ބަލާލެވުނެވެ. އޭރު އޮފީހުގެ މީޓިން ރޫމުން ހުރިހާ ސްޓާފުން ކަހަލަ ގޮތަކަށް ނިކުންނަމުން ދެއެވެ.
އާސިފް އަތުގެ އިޝާރާތުން އަޔާން އަށް ގޮވިއެވެ. އޭނައާއެކު އޭނާގެ ކެބިން އަށް އަންނަން ބުނުމުން އަޔާން އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ.
“ދަރިފުޅު.. މިއޮތީ ޔުނިވަރސިޓީއިން މިއަދު އައިސްފަ އޮތް ލިޔުމެއް.” އަޔާން ގޮނޑީގައި އިށީނދެ ހަމަ ޖެހިލި އެވެ. އާސިފް ލިޔުމެއްނަގައި އަޔާން އަށް ދިއްކޮށްލިއެވެ.
އަޔާން އަވަސް އަވަހަށް އެލިޔުން ނިއުޅުވާލަމުން ކިޔަން ފެށިއެވެ.
އެމަންޒަރު ބަލަން ހުރި އާސިފް ހުރީ ހިނިއައިސްފައެވެ.
” ޔޭ ޑޭޑް..އައި ޕާސްޑް.” ލިބުނު އުފަލެއްގެ ބޮޑުކަމުން އަޔާންއަށް ހަޅޭއްލަވައިގަނެވުނެވެ.
އަޔާން ކައިރިއަށްގޮސް އާސިފް ހުއްޓުނެވެ. އަޔާން ގެނެސް އާސިފް ގެ މެޔާއިލައި ބޮނޑިކޮށްލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އަޔާން އަކީ އާސިފްގެ ހުރި ހަމައެކަނި ދަރިފުޅެވެ.
“ބައްޕަ ނޭދެން ދަރިފުޅު އަނެއްކާވެސް ބައްޕައާ ދުރަށްދާކަށް.” އާސިފްގެ އަޑުގައިވާ މޮޅިވެރިކަމުން އަޔާންގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އިރެއްގައި އަޔާން އެނބުރި ދާން ބޭނުންވިޔަސް މިހާރު އެނބުރި ދާކަށް އަޔާން ބޭނުމެއްނުވެއެވެ. ހަމައެކަނި ބައްޕައަށްޓަކައެއް ނޫނެވެ. ނުހާއަށްޓަކައި ވެސް މެއެވެ. ރޭގެ ހާދިސާއަށްފަހު އަޔާން އަށް ނުހާއާއި ނުލައި ނޭވާވެސް ނުލެވޭނެއެވެ. އެކަމަކު އަދި އެއްފަހަރު އަޔާން އެނބުރި މެލޭޝިޔާއަށް ދާންޖެހެއެވެ.
“ޑޭޑް. އަޔާން އަދި އެއްފަހަރު ދާންޖެހޭ. ދެން ގޮއްސަ އިރާދަކުރެއްވިއްޔާ އަންނާނީ އެއްކޮށް.” އަޔާންގެ ވާހަކައިން އާސިފްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. ވަރަށް ލޯބިން އަޔާންގެ ބުރަކަށީގައި ފިރުމާލުމަށްފަހު އެނބުރި މަސައްކަތާއިގެން މަސްޢޫލުވެއްޖެ އެވެ.
“ޑޭޑް ހާދަ ބިޒީހެން ހީވޭ އެބަ..މިއަދު މާ ބުރައީތަ؟ ނުހާވެސް ނެތީތަ؟ ” އަޔާން ބޭނުންވީ ނުހާ ކޮބައިތޯ ބަލާށެވެ. ނުހާ ދެކިލާ ހިތުން އަޔާން އަށް މިހާރު ހުރެވެނީކީ ނޫނެވެ.
“މިއަދު ނުހާ ދިރިއުޅޭ ތަން ބަދަލުވާތީ އޮފީހަކަށް ނާދޭ.” އާސިފް ވާހަކަ ދެއްކީ އޭނާ ބަލަން އިން ފައިލްއަށް ގެއްލިފައި އިނދެގެންނެވެ. އަޔާންގެ މޫނުގެ ބަދަލުވެގެން ދިޔަ ކުލަވަރު އާސިފްއަށް ނުފެނުނީ ވެސް އެހެންވެގެންނެވެ.
ބައްޕަ ކައިރީގައި ނުހާ ދިރިއުޅޭ ގެ ހުންނަ ހިސާބެއް ނުވަތަ އެޑްރެސް އެއްވެސް އަހާކަށް އަޔާން އަކަށް ނުކެރުނެވެ. ކަރު އެލުވާލައިގެން ހުރި އަޔާން އޭނާގެ ބައްޕަގެ ކެބިން އިން ނިކުތެވެ.
“ކޮބާ މަގޭ ޕާސް.” ރުޅިވެރިކަމުން ފުރިގެންވާ މީތަން ގެ އަޑުއިވުމުން އަޔާންއަށް ފަހަތަށް އެނބުރި ބަލާލެވުނެވެ.
“ތިމާއަށް ލިބިފައި ހުރި ރީތިކަމެއް ފޮރުވުމުގެ ބޭނުމަކީ ކޮބާ؟” މީތަންގެ ސުވާލަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔާން މީތަންގެ ފައިން ފެށިގެން ބޮލަށް ބަލަން ފެށިއެވެ. ލައިގެން ހުރި ނޫކުލައިގެ ގަމީސް ދޫކަމުން އަޔާންއަށްވެސް އެގަމީސްގަނޑު ތެރެއަށް އެރެވޭނެއެވެ.
“ބެހޭ ކަމެއް ނޫނެއްނު. މަށަށް ރީތި ގޮތަކަށް މަ ހުންނާނީ.. ޕާސް ގެނޭ.. ” ހަރުކަށިކަމާއެކު މީތަން ވާހަކަ ދެއްކި ކަމުގައިވިޔަސް މީތަން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުން ހަމައެކަނި އަޔާން އަށް އަޑު އިވޭ ވަރަށެވެ.
“ޕާސް ތަ؟ ނޫނީ ފޮޓޯ ގަނޑުތަ؟ ” ޖީބުގައި އޮތް ފޮޓޯ ގަނޑު ނަގައި މީތަން އަށް ދައްކާލަމުން ލާނެތް ގޮތަކަށް ހީނގަތެވެ.
ލިބުނު ސިހުމުގައާއި އައި ރުޅީގައި މީތަން އޭނާގެ ކައިރީގައި ހުރި މޭޒުގައި އަތުން ވަރަށް ބާރަށް ޖެހިއެވެ.
“އޯ..ހާދަ ރުޅިއެއް.” އަޔާންއަށް ވީ މަޖާކަމަކަށެވެ.
“މި އޮފީހޭ..މީތަންގެ ގެއެއް ނޫނޭ. މުޅި ހިސާބުގަނޑުގައި މީތަންގެ އަޑު ހިއްޕާލައިގެން ތިއުޅެނީ.” ނުހާގެ އަޑަށް މީތަން އަށް ވުރެ ބޮޑަށް ސިހުނީ އަޔާންއެވެ.
ނުހާގެ އަޑުގައިވަނީ ނުރުހުމަށްވުރެން ބޮޑަށް ހަސަދައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަޔާންއާއި މީތަން އެކުގައި ތިބޭތަން ބަލާކަށް އޭނައަކަށް ފަސޭހައެއް ނޫނެވެ. އޭނައަށް ވާނެ ނަމަ މިހާރު މީތަން އޮފީހުން ބޭރުވެސް ކޮށްފީހެވެ. ދެބުމަ ގޮށް ޖަހައިގެން އާސިފްގެ ކެބިން އާ ދިމާއަށް ނުހާ ދިޔައިރުވެސް އަޔާންއާއި މީތަން ހަމަ އެމީހަކު ތިބި ފިޔަވަޅު މަތީގައި ނުހާ ދިޔަ ދިމާއަށް ބަލަން ތިއްބެވެ.
“ސޮރީ.” މީތަންގެ އުދާސް ވެފައިވާ ދެލޯ ފެނިފައި އަޔާން ދެރަވިއެވެ. ނުހާގެ އެއަމަލު އަޔާން އަކަށް ކަމަކުނުދިޔައެވެ. ނުހާ އެގޮތަށް ރުޅި އައިސްގެން މީތަންއާއި ދިމާއަށް އެއްޗެއް ބުނަން ޖެހޭ ވަރުގެ ކަމެއްވެސް ވީއެއްނޫނެވެ. އަނެއްކޮޅުން އަޔާންއަކީ އޮފީހުގެ ވެރިމީހާއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ވީއިރު ނުހާ އަށް އަޔާން ކުރާ ކަމެއްގައި އެއްޗެހި ކިޔަން ކެރުނު ކަމާމެދު ހައިރާންވާހާ ވެއެވެ.
“އަސްތާ..ހާދަ އަވަހަށް އެޕާޓްމަންޓް ހަމައަކަށް އަޅުވާލީ. އަހަރެން ހީކުރީ އޮފީހަށް މިއަދު ނާންނާނެ ކަމަށް.” ދޮރުން ވަދެގެން އަންނަ ނުހާ ފެނުމުން އާސިފް ލޮލުގައި އަޅާފައި އޮތް އައިނު ނަގައި މޭޒުމަތީ ބާއްވާލަމުން ހިނިތުންވެލިއެވެ.
ފަނޑުގޮތަކަށް ހިނިތުންވެލަމުން ނުހާ އައިސް މޭޒުކައިރީގައި ހުއްޓުނު އިރުވެސް އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އާސިފް ގެ ދަހިވެތި ނަޒަރު ނުހާގެ އެކިއެކި ވަނާތަކަށް ހުއްޓެމުން ދިޔައިރުވެސް ނުހާ އިސްޖަހައިގެން ހުރީއެވެ.
އާސިފް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ދޮރުން ވަދެގެން އަންނަ އަޔާން ފެނުމުން އަވަސް އަވަހަށް ފައިލް ނަގައި ހާވަން ފެށިއެވެ.
“ދަރިފުޅުގެ ޔުނިވަރސިޓީއިން އެބައިން މެއިލް އައިސްފަ. ފޯ ޑޭސް ތެރޭގައި ދަރިފުޅު އެކޮޅަށް ދާންޖެހޭ ކަމަށް.” ކުއްލިއަކަށް ހަނދާންވާ ގޮތަކަށް އާސިފް ބުނެލިއެވެ. އާސިފްގެ ވާހަކައިން ނުހާ އާއި އަޔާން އަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެކުއެކީގައެވެ.
“މިކޮޅަށް އައިފަހުން އަދި މެއިލްވެސް ޗެކްކޮށްނުލެވޭ.” އަޔާން ނުހާގެ ދެލޮލަށް ބަލަންހުރެ ބުނެލިއެވެ.
“ދަރިފުޅު މިފައިލް ޗެކްކޮށްލާފަ ނުހާއަތަށް ދީބަލަ. ބައްޕަ އެބަޖެހޭ މީޓިންއަކަށްދާން. އަދި ފާލިހްގެ ޖޮބް ކަންތައްވެސް ބަލަނީމި.” އަތްދަބަސް ނަގަމުން އާސިފް ގޮނޑިން ތެދުވިއެވެ.
“ނުހާ. އެންޑް ވީހޭވް އަ މީޓިން ޓްނައިޓް. ގުޅާނަން..” އާސިފް ދަމުން ނުހާއާ ދިމާއަށް އެބުނި އެއްޗެއްގެ މާނަ އަޔާންއަށް ނޭނގުނު ކަމުގައިވިޔަސް ނުހާއަށް ހަމަރަނގަޅަށްވެސް އެނގުނެވެ.
އާސިފް ދިޔުމުން އަޔާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކެބިންގެ ދޮރު ތަޅުލިއެވެ. ދޮރު ތަޅުލާފައި އަޔާން އެނބުރިލިއިރު ނުހާ ހުރީ އަޔާންގެ އަތުތެރޭގައެވެ.
“ކީއްވެ މަށަށް ގޮވާވެސް ނުލާ ދިޔައީ.” ނުހާގެ ބޮލުގައި އަޔާން ފިރުމާލީ ވަރަށް ލޯބިންނެވެ.
އެއްވެސް އެއްޗެއް ނުބުނެ އަޔާންގެ މޭތެރޭގައި މޫނު ފޮރުވާލައިގެން ނުހާ އޮތީ ހިތްހަމަޖެހިފައެވެ.
“ބޭބީ. އަޔާން ދާންޖެހޭނެ އަދި މެލޭޝިޔާއަށް. ވަރަށް އަވަހަށް އަންނާނަން.” އަދިވެސް ނުހާއޮތީ ހިމޭނުންނެވެ. އޭނާގެ ސިކުނޑިވެސް ހުއްޓިފައިވާ ކަހަލައެވެ. އޭނާ އަޔާންދެކެ ލޯތްބެއް ނުވެއެވެ. މިއަދުވެސް އޭނާ އޮފީހަށް އެއައީ އެހެން ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާ ދީފައެވެ. އަޔާން ދެކެ ލޯބިވާނަމަ ނުހާ ހުރީހީ އަޔާންގެ މީހެއްގެ ގޮތުގައި އެކަންޏެވެ.
ނުހާގެ ޖަވާބެއް ނައުމުން އަޔާން ނުހާގެ ދަތްދޮޅީގައި ހިފައި ހިއްލާލިއެވެ.
ނުހާގެ ބޮޑު ދެލޮލުން އަޔާންއަށް ބަލާލިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރެވެން ފެށުމާއި އެކު އަޔާން އަށް ބޭއިޙްތިޔާރުގައި ނުހާގެ ތުންފަތުގައި ޖައްސާލެވުނެވެ. އެގޮތަށް ދެކުދިން އެކަކު އަނެކަކަށް ޝަކުވާކޮށްލަ ކޮށްލާ ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ޖެހުނު ފިނިފިނި ރޯޅިއަކާއެކު ދެމީހުން ސިއްސައިގެން ގޮސް އެކަކު އަނެކަކާއި ދުރުވެއްޖެއެވެ. އޭރު ހުޅުވިފައިވާ ކުޑަ ދޮރުގައި އެލުވާފައިވާ ފޮތިގަނޑު ދެފަރާތް ދެފާރަތަށް ނަށަމުންދެއެވެ. އަޔާން މަޑުމަޑުން ނުހާގެ އަތުގައި ހިފައިގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ.
“ކުއްލިއަކަށް ހާދަ ވައިގަދަވެއްޖޭ ދޯ. ވިއްސާރަ އަންނަނީ ކަންނޭނގެ.” އަޔާން ލައިގެން ހުރި ޓީޝާޓްގެ ތިރީގައި ހިފައި ނުހާ ގެ އަތަށް އޮޅާލިއެވެ.
މިޓީޝާޓް ދޭންވީތަ؟” އަޔާންގެ ސަމާސާ މިޒާޖުން ނުހާ ހީނގަތެވެ.
“ހިނގާ ދެން ދޮރު ތަންޑު ނައްޓަން މީހަކު އައިސްދާނެ.” ނުހާ ދޮރާއި ދިމާއަށް ހިނގައިގަތެވެ.
“ތީކޮންކަހަލަ އިންސާފެއް” ކުއްލިއަކަށް އަޔާންގެ އަޑަށް ނުހާއަށް ތެޅިގަނެވުނެވެ.
“ކީ-ކީކޭ.” ނުހާގެ އަޑުގައިވާ ހާސްކަން ފެނިފައި އަޔާން ގެ ގާތަށް ހިނިއައެވެ.
“އެއްވެސް އިންސާފެއްނޫން ދޯ ތީ. މަގޭ ލޯބިވެރިޔާގެ ފޯނު ނަމްބަރުވެސް މަށަކަށް ނޭނގޭ. ” ނުހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
ހީލަމުން ޖީބުން ފޯނު ނަގައި އަޔާންގެ ނަމްބަރު ކިޔުމަށް އެދުނެވެ. އަޔާން ނުހާގެ އަތުން ފޯނު އަތުލުމުން އަނެއްކާވެސް ނުހާ ހާސްވެއްޖެއެވެ. ނަމަވެސް އަޔާންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނެވޭކަށް މިއަދު އޭނާއަކަށް ނެތެވެ. ހާސްކަން ފޮރުވައިގެން ހިނިތުންވެފައި ނުހާ ހުއްޓަސް އޭނާގެ މޭގަނޑު ފަޅާލާފައި ހިތް ނިކުންނަން އުޅޭ ކަހަލައެވެ.
ނުހާގެ ނަމްބަރު ލިބުމުން ފޯނު ނުހާއަށް ދިއްކޮށްލިއެވެ.
ބޯ ކަޅުވިލާތަކުން މުޅި ދުނިޔެ ވަށާ ހައްޔަރުކޮށްލައިފިއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެންނެވެ. ހެދިކާ ކާހިތުން މަލަކާ އުޅޭތީ ހެދިކާކޮޅެއް ގަންނަން ނިކުތް ފާލިހް ސައިކަލްގެ ދުވެލި ބާރުކޮށްލީ ވިއްސާރަ އޮއްސާލުމުގެ ކުރިން ގެޔަށްދެވޭތޯއެވެ. ނަމަވެސް އިސާހިތަކު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެންފަށައިފިއެވެ. އަވަސް އަވަހަށް މަގުގެ އެއްފަރާތުގައި ސައިކަލް ޕާކޮކޮށްލަމުން ގެއެއްގެ ދޮރާށީގެ ނިވަލަށް ފާލިހް ވަނީ ނުތެމެންވެގެންނެވެ. ވާރޭ ހުއްޓާނެ އިރެއްގެ އިންތިޒާރުގައި ހުއްޓާ ކުއްލިއަކަށް މަޑު ނޫ ކުލައިގެ ކާރެއް މަގުގެ އަނެއްފަރާތަށް މަޑުކޮށްލައިފިއެވެ. އެކާރު ފުރަތަމަ ފެނުމުންވެސް އެއީ އަޔާންގެ ބައްޕަ އާސިފްގެ ކާރުކަން ފާލިހްއަށް އެނގުނެވެ. ވެހެމުންދާ ބޯ ވާރޭގައި ފާލިހް ދެލޯ ބޮޑުކޮށްގެން ބަލަން ހުރިއިރު މަންޒަރު ފެންނަނީ ވަރަށް ފުސްކޮށްނެވެ. ދެފަހަރަކު ކާރުގެ ބަރުގޮނު އަޅާލިތަނާ ކޮންމެވެސް އަންހެންކުއްޖަކު ދުވެފައި ކަހަލަ ގޮތަކަށް އައިސް ކާރަށް އަރައިފިއެވެ. އެކުއްޖާ ލައިގެން ހުރި ބޮޑު ކޯޓު ވަނީ ބޮލާއެއްކޮށް ނިވާ ކޮށްފައެވެ. އަދި ވެހެމުންދިޔަ ވާރޭގެ ސަބަބުންވެސް އެއީ ކޮން ކުއްޖެއްކަމެއް ފާލިހްއަކަށް އެނގޭ ވަރެއް ނުވިއެވެ.
އެއަންހެން ކުއްޖާ އެރުމާއިއެކު ފުލް ސްޕީޑްގައި ދުއްވާލި ކާރު އިސާހިތަކު ލޯ މައްޗަށް ގެއްލިއްޖެއެވެ. ފާލިހް ދެކޮނޑު އަރުވާލަމުން ދޮރޯށި ތެރެއަށް ވަދެ ލެގިލިއެވެ.
“އައްސަލާމް އަލައިކުމް.” މީހަކު ސަލާމް ގޮވާލި އަޑަށް ސޯފާ މަތީގައި ދެފައި ވަށްކޮށްގެން މަލަކާ ބަލައިލި އެވެ.
“އައްދޭ. ކާކުތަ މިގެ ދެއްކީ.” މަލަކާ އަވަސް އަވަހަށް ސޯފާއިން ތެދުވެ ލައިގެން ހުރި ކުރު ސޯޓް ތިރިއަށް ދަމާލިއެވެ.
“ކޮބާތަ ފާލިހް. ގުޅާ ގުޅާ ފޯނުވެސް ނެގީކީ ނޫން. މިގެޔަށް އަންނަން ނިކުތް ތަނާ ވިއްސާރައިގައި ޖެހި މުޅި މީހާވެސް ތެމި ފޯވެއްޖެ.” އަޔާން އޭނާ ލައިގެން ހުރި ޓީޝާޓުން ފެން ފޮޅަމުން ވާހަކަދެއްކިއެވެ. މަލަކާ ހުރީ ހިނިއައިސްފައި ބަލަހައްޓައިގެންނެވެ.
އެވަގުތު ފާލިހްވެސް ގެޔަށް އައިސް ވަންނަނީއެވެ.
އަޔާން ފެނުމުން އާސިފްގެ ވާހަކަ ބުނަން ފާލިހްގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ޒަމީރު އެކަމަށް އެއްބަސް ނުވުމުން އަޅާނުލީއެވެ.
“ނަސީބަކުން ހެދިކާ ކޮތަޅު ސަލާމަތް ވެއްޖެ. ބަލަ މަ ފަކީރު ހުރި ހާލު.” ފާލިހް ދެރަވެލާފައި ބުނެލިއެވެ.
“ކޮންމެހެން މާ ބިޗާރީ ހެދޭނެ ކަމެއްނެތް. ހެދިކާ ކޮތަޅު ސަލާމަތްވާނެއެއްނު ސައިކަލް މަޑިދަށުގައި ބޭއްވީމަ.” ފާލިހްއަށް މަލާމަތްކޮށްލަމުން މަލަކާ ހެދިކާ ކޮތަޅު ހިފައިގެން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.
ފާލިހް އަޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ނިކުތީ ބޭރަށެވެ. އޭރު ވާރޭވެސް ތުނި ކޮށްލައިފިއެވެ. އެދެމީހުން ގޮސް އިށީނީ އެގޭގެ ގޯތިތެރޭގައި ހުރި ކުޑައެއް ދަށުގައެވެ.
“އައި ހޭވް ޓް ގޯ ބެކް. ހީވަނީ މަސްދުވަސް ވާނެހެން. ދެދުވަހެއް ތެރޭގައި އެންމެ ލަސްވެގެން ވެސް ފުރަން ޖެހޭނެ.” ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ނިތްކުރީގައި އަޔާން އަތް އުނގުޅާލިއެވެ.
ފާލިހް އިނީ އަޑުއަހާށެވެ.
“ނުހާ ކައިރީވެސް ބުނެފިން ދާން ޖެހޭ ވާހަކަ. އެކަމަކު ބޭނުމީ ނުހާވެސް ގޮވައިގެންދާން. އެކަމަކު ބައްޕަ ކައިރީގައި ނުހާގެ ވާހަކަ ބުނާކަށް މަށަކަށް ނުކެރޭނެ އަދިއެއް.” އަޔާން ހުރީ ހަދާނެގޮތް ހުސްވެފައި ކަހަލައެވެ.
” ހާދަ އިތުބާރެއް ނެތޭ ދޯ. ނުހާ ގެއްލިދާނެހެން ހީވަނީތަ؟ ” ފާލިހްގެ ޖުމްލައިން އަޔާން ހުއްޓުން އެރިއެވެ. ފާލިހް އެގޮތަށް ބުނީވެސް ގަސްތުގައެވެ.
“މާ ބޮޑަށް އިތުބާރު ކުރާކަށްވެސް ނުވާނެ އަދި. ނުހާ އާ ދިމާވިތާ ހަފްތާއެއްވެސް ނުވޭނު އަދި. އަޔާން ގޮއްސަ އާދޭ. އެއް މަސް ދުވަސް ހިނގައިދާނެ ލޯ މަރާލާފަ ލޯ ހުޅުވާލާހާ އަވަހަށް. ދެން މާދަމާއިން ފެށިގެން މަވެސް މަސައްކަތް ކުރާނީ ތިއޮފީހުގައެއްނު. އެހެންވީމަ ނުހާ އުޅޭގޮތް މަވެސް ބަލާނަން. ފުރަތަމަ އަޔާން މަށަށް ނުހާ އިންޓްރޯ ކޮށްދީބަލަ. އޭރަށްދޯ ފަސޭހަވާނީ. ” ފާލިހްގެ ވާހަކައިން އަޔާންއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. ހިނިތުންވެލަމުން އަޔާން ބޯޖަހާލީ ފާލިހްގެ ވާހަކަ ޤަބޫލު ކުރަމުންނެވެ.
އޭރު މަލަކާވެސް ސައި ހިފައިގެން އަންނަނީއެވެ.
“ހިނގާ އަވަހަށް ސައިބޯން. އުޅެމާ ދޯ.” މަލަކާ މޭޒު މަތީގައި ތަށިތައް އަތުރަން ފެށިއެވެ.
“އަޔާން ފުރަނީއޯ.” ފާލިހް ސައިތަށި ކައިރިއަށް ދަމާލަމުން ބުނެލިއެވެ.
“އެތެދެއްތަ؟ ކާންދީފަ ދެވޭނީ. އެވެސް ޝެލްބީންސްއިން.”މަލަކާ އަޔާން އަށް ސައިތަށި ދިއްކޮށްލަމުން ހިނިތުންވެލިއެވެ.
“އަބަދު ކަވައިގެންފަތަ ހުންނަނީ މިހާރު. މީހާ ހީވަނީ ސިންޓެކްސް ކަޅުހަމެއްހެން. މަށާ ހިތާވެގެން އުޅުނުއިރު ކިހާ ލޫޅާފަތިކޮށް ހުރި މަންޖެ ގަނޑެއްތަ ތީ.” ފާލިހް ދިމާކޮށްލުމުން މަލަކާ ދެލޯ އަޅާލިއެވެ. ދެއަތުން ފާލިހް ގައިގައި ތަޅައިގަތެވެ. އަޔާން އަކަށް އެމީހުންގެ މަޖަލުގައި ބައިވެރިއެއް ނުވެވުނެވެ. ހުއްޓާނުލާ އޭނާ އެގުޅަނީ ނުހާގެ ނަމްބަރަށެވެ. ފޯނު ރިންގުވަމުންގޮސް ކެނޑެންދެން މިހާރު ދިހަ ވަރަކަށް ފަހަރު ގުޅިއްޖެއެވެ. އުޅޭ ގެއެއްވެސް އަޔާން އަކަށް ނޭނގެއެވެ. ފާލިހް ކައިރީގައި އެވާހަކަ ބުނެފިއްޔާ އަނެއްކާވެސް ނުހާއާމެދު ނެގެޓިވް ވާނެއެވެ. އެގޮތަށް ފާލިހް ވިސްނާކަށް އަޔާން ނޭދެއެވެ. އެހެންވެ ގަދަކަމުން ހިނިތުންވެލަމުން އަޔާން އެމީހުންގެ ސަކަރާތުގައި ބައިވެރިވެލިއެވެ.
މުޅި ގައި އައްސިވެފައިވާ ކަހަލަ އިޙްސާސެއް ކުރެވިގެން ނުހާގެ ދެލޯ ހުޅުވުނެވެ. ނުހާގެ ފޭރާމެއް ނެތް ހަށިގަނޑުމަތީގައި އޮތް އާސިފްގެ އަތް ދުރަށް ޖައްސާލަމުން ތެދުވިއެވެ. އަތްދަބަހުން ފޯނު ނެގީ ގަޑި ބަލާލަންވެގެންނެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ނަމަވެސް ގަޑިއަށްވުރެ ބޮޑަށް ނުހާގެ ލޮލުގައި އަޅައިގަތީ އަޔާންގެ މިސްވެފައި ހުރި ކޯލްތަކެވެ. ފަންސާހަކަށްފަހަރު އަޔާން ގުޅާފައި އިންތަން ފެނުމުން ނުހާ ހާސްވެއްޖެއެވެ. އަވަސް އަވަހަށް ތުވާލި އޮޅާލަމުން ނުހާ ފޯނު ހިފައިގެން ފާހާނާއަށް ވަނެވެ.
އަދި ވަގުތުން އަޔާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
“ސޮރީ ބޭބީ. ނުޙާ އަށް ނިދުނީ އޮފީހުން އައިގޮތަށް. ނުހާ ހުރީ ވާރޭ ހުއްޓާލީމަ އަޔާން އަށް ގުޅަން.” ނުހާ ދޮގު މައްޗަށް ދޮގު ހަދަމުން ދިޔައިރު ނުހާގެ ޚަބަރެއް ނުވެގެން މޮޅިވެފައި ހުރި އަޔާން މިހާރު އެހުރީ އުފަލުންނެވެ.
“ދަންތަ ބަލާ. ކިހާ ހިސާބެއްތަ ތީ.” އަޔާން ކޮށްލި ސުވާލުން ނުހާ ކޮށި އަރައިގަތެވެ.
“މިއަދު މިތަނަށް ބަދަލުވީމި. މާ ރަނގަޅަކަށް ކިޔައިދޭކަށް ނޭނގޭނެ. މިރޭ ނުހާ ދާނަން ތިގެޔަށް. ދެން ގޮއްސަ އަޔާން އަންނާނީ ނުހާ ގެޔަށް ލައިދޭން. އޭރަށް އެނގޭނެއެއްނު.” ނުހާ ވާހަކަ ހަމަޖައްސާލީ ވަރަށް މޮޅަށެވެ.
ފޯނު ބާއްވާފައި ނުހާ މޫނު ދޮވެލިއެވެ. އަދި ތުވާލި އަލުން ގައިގައި އޮޅާލަމުން ފާހާނާއިން ނިކުތެވެ.
” ދޫންޏާ. ދެން ތެދުވޭ. މިހާރު ނުވައެއް ޖަހާ ބޮޑުވެއްޖެ.” ނުހާ އާސިފްގެ ފުޅާ މޭމަތީގައި ބޯ އަޅާލިއެވެ. އާސިފް ދެލޯ ހުޅުވާލީ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށެވެ.
އުމުރުން ސާޅީސް ފަސް އަހަރު ވެފައި ހުރި ކަމުގައި ވިޔަސް އާސިފް ފެންނަނީ އެއަށްވުރެވެސް ޒުވާން ކޮށްނެވެ. ނުހާ އާ ދިމާއަށް ހީލަމުން ތެދުވި ގޮތަށް އާސިފް އޭނާގެ އުނގުތެރެއަށް ނުހާ ގެނައެވެ.
“މާދަން އޮފީހަށް އާކުއްޖެއް ޖޮއިން ކުރާނެ.” އާސިފް ނުހާގެ ދޮން ކޮނޑުގައި ބޮސްދިނެވެ.
“ސޯ؟” ނުހާ ފަރުވާކުޑަގޮތަކަށް އަހާލިއެވެ.
“ސޯ މައި ޑިއަރ..މާދަން ތަންކޮޅެއް ހެނދުނު އޮފީހަށް ދާން ޖެހޭނެ.. މީޓިން އެއް އެރޭންޖް ކޮށް އެންމެންނަށް އިންފޯމްވެސް ކުރަން ޖެހޭނެ.” އާސިފް ނުހާގެ މަޑުމަޑު ފުށްކޮޅެއް ފަދަ ކޮލުގައި ޖަހާލަމުން އެނދުން ތެދުވިއެވެ.
ބެލްކަނީގެ ދަގަނޑުމަތީގައި ދެއަތް އަޅުވާލައިގެން ހުރި އަޔާންގެ ނަޒަރު ހުއްޓާލައިގެން ހުރީ އެއްވެސް އަލިކަމެއްނެތް އުޑާ ދިމާއަށެވެ. އުޑުމަތީގައި އެއްވެސް ތަރިއެއްވެސް މިރޭ ފެންނަން ނެތް އިރު އަޔާން އެހޯދަނީ ކޮންއެއްޗެއްބާއެވެ. އާއެކެވެ. އޭނާ އެވިސްނަނީ ނުހާއާއި ދޭތެރޭގައެވެ. އަދި ފާލިހް ދެއްކި ވާހަކައާއި ދޭތެރޭގައެވެ. ނުހާއަކީ އޭނަގެ ހިތުގެ ރާނީއެވެ. ނަމަވެސް ނުހާ ގެ ނަމާއި ފޯނު ނަމްބަރު ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޔާން އަކަށް ނޭނގެއެވެ. ނުހާއަކީ ކޮން ހިސާބަކުން އައިސް ހުރި ކާކުކަމެއްވެސް އަޔާންއަކަށް ނޭނގެއެވެ. މިރޭ އަޔާން އޭނާގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ނުހާއާއި ކުރާނެއެވެ. އަޔާން ނުހާއާއެކީ އުޅެން ބޭނުންވަނީ އެންމެންގެ ކުރިމަތީގައި ފާޅުގައެވެ. އަޔާން ބޭނުންވަނީ ވީހާވެސް އަވަހަށް ނުހާ އޭނާގެ މިލްކަކަށް ހަދާށެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (7)
ނުހާ އޮފީސް ތެރެއަށް ވަދެގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އާސިފްގެ ކެބިންއަށް ވަނުމުގެ ކުރިން މީތަންގެ މޭޒަށް ނަޒަރު ހިންގާލިއެވެ. މިގަޑީގައި މީތަންގެ މޭޒު ފަޅަށް ހުރުމުން ނުހާ ކުޑަކޮށް ހައިރާންވެސް ވިއެވެ. އެކަމަކު ލަސްވެގެން އުޅޭތީ މާބޮޑު ސަމާލުކަމެއް ނުދީ ނުހާ ދިޔައީއެވެ.
“ގުޑް މޯނިންގް” ކެބިންއަށް ވަދެގެން އައި ނުހާގެ އަޑަށް އެންމެ ފުރަތަމަވެސް އެނބުރި ބަލާލީ ފާލިހްއެވެ. ނުހާގެ ރީތިކަމަށް ފާލިހް އަށްވެސް ހުރެވުނީ ކަޅިޖަހާނުލާ ބަލާށެވެ. ނަމަވެސް ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފާލިހް އަމިއްލަ ނަފްސްގެ މައްޗަށް ބާރު ފޯރުވައިފިއެވެ.
“ވަރަށް ބޮޑަށް ސޮރީ. ބޮލުގައި ރިއްސާތީ ތަންކޮޅެއް ލަހުން ރޭގައި ނިދުނީ. އެހެންވެ ހޭނުލެވުނީ.” ނުހާ ކިތަންމެ ލަހުން އަޔަސް އާސިފް ގެ އެއްވެސް ޝަކުވާއެއް ނޯންނާނެކަން އެނގޭއިރުވެސް ނުހާ ފާލިހްގެ ކުރިމަތީގައި އެކްޓް ކުރަން ފެށިއެވެ. ނުހާގެ އެހަރަކާތް އާސިފްއަށްވެސް އެނގުނު ކަހަލައެވެ.
“އިޓްސް އޯކޭ. ޑޯންޓް ރިޕީޓް އިޓް.” އާސިފްވެސް ނުހާ އަށް ޖަވާބު ދިނީ ވަރަށް ޕްރޮފެޝެނަލް ކޮށެވެ.
“މީ ފާލިހް. މިކޮމްޕެނީގެ އެކައުންޓް ހެޑް. މިއޮތީ ކޮންޓްރެކްޓް. ނުހާއަށް އެނގޭނެ ދެން ކަންތައް ކުރިއަށް ގެންދަންވީ ގޮތް.” އެއްކޮށްލާފައިވާ ބޯ ކަރުދާސްތަކެއް ނުހާއަށް ދައްކާލަމުން އާސިފް ފާލިހް އަށް ހިނިތުންވެލިއެވެ.
“ތެންކިޔޫ.”ފާލިހް ޝުކުރު އަދާކުރިއެވެ.
އާސިފް ބޯޖަހާލަމުން ކައިރީގައި އޮތް ފައިލް ނަގާ ހާވަން ފެށިއެވެ.
އަތުގެ އިޝާރާތުން ނުހާ ފާލިހްއަށް އޭނާއާއި އެކު އަންނަން އަންގާލަމުން ކެބިން އިން ނިކުތެވެ. އެންމެންނަށް ފާލިހް ތަޢާރަފްކޮށްދިނުމަށްފަހު ނުހާ ފާލިހްގެ ކެބިން ދެއްކިއެވެ.
“އޯލް ދަ ބެސްޓް.” ފަރިގޮތަކަށް ހިނިތުންވެލަމުން ނުހާ ފާލިހްއާ ސަލާމް ކޮށްލިއެވެ. އަދި އެހާމެ ފަރި ހިނގުމެއްގައި އެތަނުން ނިކުންނަން ހިނގައިގަތެވެ.
އަޔާން އޮފީހަށް ވަތްގޮތަށް ގުޅާލީ އެއާޕޯޓް ރިޒަވޭޝަންއަށެވެ. ކައުންޓަރު ގައި މީތަން ނެތްކަން ފާހަގަވުމުން ވަށައިގެންވާ މާހައުލަށް އަޔާން ނަޒަރު ހިންގާލިއެވެ.
“އޭ މޭން. ހާދަ ވަރަކަށް ގުޅީމޭ ރޭގައި.” ކުއްލިއަކަށް ފާލިހް އައިސް އަޔާންގެ ކޮނޑުގައި ޖަހާލުމުން އަޔާން ދިޔައީ ސިއްސައިގެންނެވެ.
“ބޮޑު އައިނެއް އަޅައިގެން ހުރި ކުއްޖެއް ދެކުނިންތަ މިއަދު؟” ފާލިހް ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔާން އަހާލިއެވެ.
“ބޮޑު އައިނެކޭ. ނުހާ ހުންނަނީ އައިނެއް އަޅާފައެއް ނޫނެއްނު.” ފާލިހްގެ ނިތްކުރިއަށް އެރި ބޮޑު ރުލާއި އެކު އޭނާ އަޔާން އާއި ދިމާއަށް ދެލޯ ކުޑަކޮށްލިއެވެ.
“ހޫން. އަޅާނުލާ. މާދަން ހަވީރު ފުރަން.” އަޔާން ދެޖީބަށް އަތް ޖަހާލިއެވެ.
“އަސްލުވެސްތަ؟ މިރޭ ވާނެ އެންމެން މީޓް ވެލަން. ނުހާވެސް ގޮވައިގެން އަންނަންވާނީ. އައި ތިންކް ޝީ އިޒް ނޮޓް ދެޓް ބޭޑް. އެންމެ ދުވަހަކުން ނުވެސް އެނގޭނެ. އެކަމަކު ބަލާލާފަ ހިއެއްނުވޭ ގޯސް ކުއްޖެއްހެން.” ފާލިހް ފުރަތަމަ ފަހަރަށް ނުހާއާމެދު ރަނގަޅަށް ވާހަކަ ދެއްކުމުން އަޔާން ހިތްހަމަޖެހުނެވެ. އަދި ފާލިހްއާއި ވާހަކަ ދައްކަމުން އޭނާގެ ބައްޕަގެ ކެބިންއަށް ވަނެވެ.
“ޑޭޑް. މާދަން ހަވީރު ފުރާގޮތަށް.” އާސިފްގެ ކަންފަތުގައި ޖެހުނީ އޭނާ އަޑުއަހަން ބޭނުންވާކަހަލަ ވާހަކައެއްނޫނެވެ.
“ދަރިފުޅު އަވަހަށް އަންނާނަންދޯ.” އާސިފް ހުރީ އިންތިހާއަށް ދެރަވެފައެވެ. އެތަކެއް އަހަރު ތަކަކަށްފަހު އާސިފް ގެ ދަރިފުޅު އޭނާގެ ކައިރިއަށް އައިސްފައި އަނެއްކާވެސް ލޯމަތިން ގެއްލޭކަށް އޭނާ ނޭދެއެވެ. އާސިފް އަޔާންގެ ގައިގައި ބައްދާލިއިރު އޭނާއަށް ހުރީ ރޮވިފައެވެ. އަޔާންވެސް ހުރީ ފެންކަޅިވެފައެވެ. ދުރުގައި މަންޒަރު ބަލަން ހުރި ފާލިހްގެ މޫނުމަތިވެސް ހުރީ މިލާފައެވެ. ބައްޕަގެ ބުރަކަށީގައި ފިރުމާލަމުން ފަހަތަށް އެނބުރުނު އަޔާންގެ ލޮލުން އެއްވެސް އިޒުނައަކާއި ނުލާ ކަރުނަތައް އޮހިގަތީ ދޮރު ކައިރީގައި ހުރި ނުހާ ފެނުމުންނެވެ. ދަރިފުޅުގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން އާސިފް އަޔާންގެ ގައިގައި އޮޅުލައިގަނެވުނީ ބޭއިހްތިޔާރުގައެވެ.
“ފެމެލީ ޑްރާމާ.” ހިތާ ހިތުން ކުދި ކިޔަމުން ނުހާ އެތަނުން ބޭރަށް ނިކުތެވެ. ކެންޓީނަށް ގޮސް އެތާގައި ހުރި މޭޒެއްގައި އިށީންތަނާ ފޯނު ރިންގުވާންފެށިއެވެ. ފަރުވާކުޑަ ގޮތަކަށް ފޯނު ނަގާ ބަލާލިއިރު ގުޅަނީ އާސިފްއެވެ.
“ހަމަ ޖެހިލައިގެން ސައިވެސް ނުބޮވޭނެ.” އަނގަޔަށް ވައްތަރަށް ޖައްސާލަމުން ނުހާ ތެދުވިއެވެ.
“ހާދަ ރުޅިއެއް.” އަޔާންގެ އަޑު ކަންފަތުގައި ޖެހުމުން ނުހާ ދިޔައީ ސިއްސައިގެންނެވެ.
“ހެވެއްނު. ތިއުޅެނީ. ދާކަށްނު ދޫކޮށްލާފަ.” ހިތާމަވެރިކަން ނުހާ ގެ އަޑަށް ގެންނަމުން އަޔާން އަށް ފުރަގަސްދިނެވެ. އެވަގުތު ކެންޓީނުގައި މަދުން ނަމަވެސް މީހުން ތިބުމުން އަޔާންއަށް ނުހާއާ ގާތްވާކަށް ނުކެރުނެވެ. ނަމަވެސް އަޔާންގެ ދެލޮލުން ހެކިދެނީ އޭނާ އެހުރީ ވަރަށް ދެރަވެފައި ކަމެވެ. އެންމެންނަށް ސިއްރުން ކަހަލަ ގޮތަކަށް ނުޙާގެ އަތަށް ފިއްތާލަމުން އަޔާން ހިނގައިގަތެވެ. ބުނަން ބޭނުންވާ އެތައް ވާހަކައެއް ހުރިކަމުގައި ވިޔަސް ހާލަތު އަޔާންއަކަށް އެފުރުސަތެއް ނުދިނެވެ.
“ކީއްވެ ކޯ ރަތްވެފައި ތިހުރީ.” އާސިފް ހުރީ ނުހާ ނުފެނިގެން ކަހަލައެވެ.
“ވެއްޓުނީ.” ނުހާ ޖަވާބު ދިނީ ވަރަށް އަވަހަށެވެ. ނުހާ ގެ ނަސީބު ކަންނޭނގެއެވެ. އެވަގުތު އޮފީސް ބޯއީ ދޮރުގައި ޓަކިޖަހައިލަމުން އެތެރެއަށް ވަނެވެ.
“ސަރ. މީޓިން ރޫމްގައި ހުރިހާ ބޭފުޅުންވެސް ހަމަވެއްޖެ. މިއަދު މީތަން ހުރީ ސަލާމުގައި.” އެހެންވީމަ މީޓިން ނޯޓްސް ލިޔާނީ ކާކު؟ ” އާސިފް ނުހާއާއި ދިމާއަށް ބަލާލުމުން ނުހާ ބޯޖަހާލީ އާސިފް ބުނަން އުޅޭ އެއްޗެއް ވިސްނިގެން ހިތާއި ދެކޮޅަށެވެ.
“މިސްވާނެ ވަރަށް.” ފާލިހްއާއި އަޔާން ވާހަކަ ދައްކަން ތިބީ ފާލިހްގެ ކެބިންގައެވެ.
“ނުހާއަށް ބަލައްޗޭ.” އަޔާންއަށް އެގޮތަށް އެބުނެވުނީ ކިތައް ފަހަރު ކަމެއް ޚުދު އަޔާންއަށްވެސް ނޭނގޭއެވެ.
“ބަލާނަމޭ. އަޔާން ބުނީމެއްނު މަންތެކޭ ވާނީ. އެދެން މާގިނަ ދުވަހެއްނޫނެއްނު. މަވެސް ދާނަން މަލަކާ ގޮވައިގެން. އަޔާންވެސް އާދެބަލަ ނުހާ ގޮވައިގެން. އަދިވެސް ރައްޓެއްސެއް ނުކޮށްދޭ. އެޔެއްނު އެންމެ ފުރަތަމަ ކޮށްދެންވީ ކަމަކީ.” ފާލިހް މޭޒުމަތީގައި އޮތް ބަރު ނަގާ އަނބުރާލަމުން ބުނެލިއެވެ.
“މިރޭ ތިކަން ކުރާނަމޭ. ޓައިމްއެއް ނުވަނީއޭ. ޑޭޑްގެ ސްޓާފެއް ވީމަ ބަލަން ވެސް ޖެހޭނެއެއްނު.” އަޔާން ޔަޤީންކަން ދިނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިރޭ ނުހާ އެމީހުންނަށް ތައާރަފްކޮށްދޭނެއެވެ.
އެވަގުތު ދެތަށި ކޮފީ ހިފައިގެން އޮފީހުގެ މަސައްކަތު މީހެއް ކަމަށްވާ ފަރީދާ ވަނެވެ.
“މީތަން އޮފީހަށް ނާދޭތަ؟” ކެބިން އިން ނިކުންނަން ދިޔަ ފަރީދާ އަޔާންގެ އަޑަށް އެނބުރި ބަލާލިއެވެ. އަޔާން އެވާހަކަ ދެއްކީ އޭނައާއި ކަން ޔަޤީންކުރާ ކަހަލަ ގޮތަކަށެވެ.
“މިއަދު ނާދޭ.” އަޔާން ބަލަން ހުރިތަން ފެނުމުން ފަރީދާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ނިކުތެވެ.
“ކޮން މީތަންއެއްތަ؟” ފާލިހް ހުރީ ވާނުވާ ނޭނގިފައެވެ.
“އެއީ ކާޓޫނެއް.” ހިނިގަނޑެއް ޖަހާލަމުން އަޔާން ބުނެލިއެވެ. އަޔާން ގެ މޫނުމަތިން އެއްވެސް ސީރިއަސް ކަމެއް ނެތްތަން ފެނިފައި ފާލިހްވެސް އޭނަގެ މަސައްކަތާއިގެން އުޅެގަތެވެ. އަޔާންއަކީ އޭނަގެ ކިތަންމެ ގާތް މީހެއްކަމުގައި ވިޔަސް އޮފީސް މަސައްކަތުގައި ފަރުވާކުޑަކޮށް އެއްވެސް ޝަކުވާއެއް ކުރާނެ ޖާގައެއް އޭނާ ދޭކަށް ބޭނުމެއްނޫނެވެ.
އަޔާން ދެކޮޅު ދެކޮޅަށް އޮފީސް ދޮރުމަތީގައި ހިނގާލަ ހިނގާލަ ހުރީ ނުހާގެ އިންތިޒާރުގައެވެ. ނުހާއަށް މެސެޖް ކުރުމަށްފަހުގަ އެވެ. ރޭގައިވެސް އަޔާން ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް ނުދެއްކޭކަން އޭނާ ހަނދާންވީ އަދި ކިރިޔާ އެވެ. ދެކޮޅު ދެކޮޅަށް ހިނގަ ހިނގާހުރި އަޔާން ހުއްޓުނީ ކުރިމަތިން ދެކޮޅު ހޯދަމުން އަންނަ ނުހާ ފެނިގެންނެވެ. އެއްވެސް ހުރަހެއްނެތި ދޫކޮށްލާފައިވާ ނުހާ ގެ ފަން އިސްތަށިކޮޅު ވަޔާ ވިހުރުވެމުންދާ މަންޒަރު ފެނުމުން އަޔާން ހިނިތުންވެލިއެވެ.
“ކީކޭ. މީޓިން ރޫމްގެ އިނދެފަ މިއައީ. ވަރަށް ބިޒީ.” ނުހާ ގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އިރުއިރުކޮޅާއި އޮފީސް ދޮރާއި ދިމާއަށް ބަލާލައެވެ.
“މިރޭ ނުވައެއް ޖަހާއިރު ރެޑީވައްޗޭ. އަންނާނަން ބަލާ.” އަޔާން ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.
“އޭން. ކޮންތާކަށްދާން. އަޔާން އާދެބަލަ ގެޔަށް.” ބުނާނެ ނުބުނާނެ އެއްޗެއް ނޭނގޭ ކަހަލަ ގޮތަކަށް ނުޙާ ބުނެލިއެވެ.
“އެއްވެސް ބަހަނާއެއް ނުދައްކާ ބުނާ ގޮތަކަށް ހަދާފާނަން.” އަޔާން އަޑުގައިވާ ނުރުހުމުގެ އަސަރުން ނުހާ އިސްޖަހާލިއެވެ.
“މިރޭ މީޓިންއެއް އެބައޮތް. އަޔާން ބުނެބަލަ ދާންވީ ގަޑިއާއި ތަން. ނުހާ ގޮސްދާނަން. ދެން ތިކުރަން އުޅޭ ކަމެއް ނިންމާފަ އެއްކޮށް ނުހާމެންގެޔަށް އާދެވޭނެއެއްނު.” ނުހާ އަޔާންއާ ކައިރި ވެލަމުން ވައި އަޑުން ބުނެލިއެވެ.
“މެސެޖް ކުރާނަން.” އަޔާން ބޯޖަހާލަމުން ނުހާގެ ދަތްދޮޅީގައި ހިފާލިއެވެ. ދެފަރާތަށް ބަލާލަމުން ނުހާ ތެޅިގެންފައި އަޔާންއާއި ދުރަށް ޖެހުނެވެ. އަދި ގަދަކަމުން ހީލަމުން އޮފީހާއި ދިމާއަށް ހިނގައިގަތެވެ.
އަބަދު ތޮއް ޖެހިފައިވާ ޗީބޯ ގެ މާހައުލުގައި މިރޭ ވަރަށް މީހުން މަދެވެ. ވެހެމުންދާ ހިމަފޮދު ވާރޭގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އަޔާން އާއި ފާލިހްގެ ދެމަފިރިން އިންތިޒާރު ކުރަމުންއެދަނީ ނުހާއަށެވެ. އަޔާން އިރުއިރުކޮޅާއި ގަޑިއަށް ބަލާލައެވެ.
“ޕިސް ޕިސް..ހާދަ ވަރެއްތިވަނީ. ގޮވައިގެން އައިނަމަ.” މަލަކާ އަޔާންއާ ދިމާކުރަމުން ހޭންފެށިއެވެ. އަޔާން ފޯނު ނަގާ ނުހާ ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އެވަގުތު ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. އަޔާންމެން ތިބި މޭޒަށް ފެންތިކި ބުރަން ފެށުމާއެކު މަލަކާ އޭނާގެ ތުއިއަޑުން ހަޅޭލަވައިގަތެވެ.
“ޗީ..ޗީ..ހިނގާބަލަ އެހެރަ މޭޒަށް ދާން.” ތަންކޮޅެއް އެތެރޭގައި ހުރިމޭޒަކާއި ދިމާއަށް އިނގިލި ދިގުކުރަމުން މަލަކާ ތެދުވެ އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖެއް ފެނުމުން މަލަކާ “އޭތް” އޭ ކިޔަމުން އެކުއްޖެއްގެ ގައިގައި ހިފައިގަތެވެ. އެއަޑަށް ފާލިހްއާ އަޔާންއަށް ބަލާލެވުނީ އެކު އެކީގައެވެ. އަޔާން ދެލޯ ބޮޑުކޮށްގެން ބަލަންހުރި އިރު ފާލިހް ހުރީ ވާނުވާ ނޭނގިފައެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (8)
“ޗީ..ޗީ..ހިނގާބަލަ އެހެރަ މޭޒަށް ދާން.” ތަންކޮޅެއް އެތެރޭގައި ހުރިމޭޒަކާއި ދިމާއަށް އިނގިލި ދިގުކުރަމުން މަލަކާ ތެދުވެ އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖެއް ފެނުމުން މަލަކާ “އޭތް” އޭ ކިޔަމުން އެކުއްޖެއްގެ ގައިގައި ހިފައިގަތެވެ. އެއަޑަށް ފާލިހްއާ އަޔާންއަށް ބަލާލެވުނީ އެކު އެކީގައެވެ. އަޔާން ދެލޯ ބޮޑުކޮށްގެން ބަލަންހުރި އިރު ފާލިހް ހުރީ ވާނުވާ ނޭނގިފައެވެ.
އިށީނދެގެން އިން ގޮޑިން އަޔާންއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.
“މީތޫ. ކޮންތާކުތަ އަޅެ ތިއުޅުނީ މިޔަށް ހުރިހާ ދުވަހު. ހާދަ ދުވަހެއް ފަހުންނޭ ދޯ މިދިމާވީ.” މަލަކާ ހުރީ އިންތިހާ ދަރަޖައަށް އުފާވެފައެވެ. މީތަންއަކީ މަލަކާއާއި އެއްކުލާހެއްގައި ކިޔަވަން އުޅުނު މަލަކާގެ ރައްޓެއްސެކެވެ. މަލަކާއާއި މީތަން އެންމެ ފަހުން ދިމާވީވެސް މީގެ ހަ އަހަރު ކުރިންނެވެ. އެއީ މީތަން އިތުރަށް ކިޔެވުމަށްޓަކާ ލަންކާއަށް ފުރަން އޮތް ދުވަހުއެވެ.
“އަދި ތިން މަސް މިވީ. ހައުޒް ޔޫ.” މަލަކާއި ވާހަކަ ދެއްކި ކަމުގައި ވިޔަސް މީތަންގެ ނަޒަރު ހުއްޓިފައިވަނީ އަޔާންއަށެވެ. މަލަކާއަށް އެކަން ފާހަގަވެސް ވިއެވެ.
“މީތަ އަޔާންގެ ލޯބިވާއަކީ. ސޯ ސަޕްރައިޒްޑް.” މަލަކާ އަޔާންއަށް ބަލާލަމުން މީތަންގެ ކޮޑަށް އަތް ވައްޓާލިއެވެ. މީތަން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ފާލިހް އަޔާންގެ އަތުގައި ހިފައި ތަޅުވައިގަތުމުން އަޔާން ސިހުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ދެޖީބަށް އަތް ޖަހާލަމުން އަޔާން ހީލިއެވެ.
“މީތަންއަކީ ޑޭޑްގެ އޮފީސް ކުއްޖެއް. ދޯ މީތަން.” އަޔާން މީތަންއަށް ދޯ ދެމުން މޭޒުގައި އަތް އަޅުވާލިއެވެ. މީތަން ބޯ ޖަހާލިއެވެ. އަޔާންއާ ވާހަކަ ދައްކަން އޭނާ ބޭނުން ނުވި ކަހަލައެވެ.
” އޯ..އެހެންވީއިރު ފާލިހްއަށްވެސް މީތޫ އެނގޭނެ ދޯ. ފާލިހްވެސް މިއަދު އަދިއެ ޖޮއިން ކުރީ.” މަލަކާ ލޮލުގެ ހިމަކަޅިން ފާލިހްއަށް ބަލާލިއެވެ.
ފާލިހް ދެކޮނޑު އަރުވާލީ ނޭނގޭ ކަމަށް ބުނަމުންނެވެ.
“މިއަދު ބަލިވެގެން އޮފީހަކަށް ނުދަމޭ. އެހެންވީމަ ނޭނގޭނެއެއްނު.” މީތަން އޮޅުންފިލުވައިދެމުން މަލަކާގެ އަތުގައި ހިފެހެއްޓިއެވެ. ފަހުން ދިމާވާނެ ކަމަށްބުނެ މީތަން އުޅުނީ ދާށެވެ.
“މަޑުކޮށްބަލަ. ވައި ޑޯންޓް ޔޫ ޖޮއިން އަޒް. މިހާރު ދެން ތީ ހުސް އެއް އޮފީހެއްގެ ކުދިންނެއްނު. ފާލިހް އިޒް މައި ހަޒް އިނގޭ. އަދި ވީކެއް ވީ މެރީ ކުރިފަހުން.” މަލަކާ ބޭނުންވީ މީތަން އެމީހުން ކައިރީގައި މަޑުކުރާށެވެ. އަޔާން ހުރީ މީތަންގެ ހަރަކާތްތަކަށް ބަލާށެވެ. އެބޮޑު އައިނު ގަނޑުގެ ތެރެއިން މީތަންގެ ފުން ލޮލުން ފެންނަމުންދާ މާޔޫސްކަން އަޔާންއަށް ފެންނާތީއެވެ.
“އަޅެ. ތޭންކްސް. އެހެން ފަހަރަކުން ދޯ. ގިވްމީ އަ ކޯލް.” މީތަން މަލަކާ އަށް އޭނާގެ ޕާސް ތެރެއިން ކާޑެއް ނަގާ ދިއްކޮށްލަމުން ހިނިތުންވެލިއެވެ. އަދި މަލަކާގެ ކައިވެންޏަށް މަރުޙަބާ ކިޔުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އެވަގުތަކީ ނުހާވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. މީތަން އަށް ދެލޯ އަޅާލަމުން ނުހާ އަޔާންމެން ތިބި މޭޒު ކައިރިއަށް އައިސް ހުއްޓުނެވެ.
“ސޮރީ. ކުޑަކޮށް ލަސްވީ.” ނުހާ ފަހަރަކު މީހަކަށް ބަލާލަމުން ހިނިތުންވެލިއެވެ. އަޔާން ނުހާގެ ކޮލުގައި ހިފާލަމުން އޭނައާއި ގާތަށް ދަމާލިއެވެ.
“މީ މަލަކާ. ފާލިހްގެ ވައިފް.” އަޔާން މަލަކާއަށް އިޝާރާތްކޮށްލިއެވެ. އެޔާއެކު ނުހާ ހިނިތުންވެލަމުން މަލަކާއާއި ސަލާމް ކޮށްލިއެވެ.
“ހިނގާ އެކޮޅު މޭޒަށްދާން. އަނެއްކާވެސް ވިއްސާރަ އޮއްސާލަފާނެ.” މަލަކާ އުޑުމައްޗަށް ބަލާލަމުން ހުސްކޮށް ހުރި މޭޒަށް އިޝާރާތްކޮށްލިއެވެ.
ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު އަޔާން ނުހާއަށް ބަލާލިއެވެ. ނުހާ ލައިގެން ހުރި ރަތް ކުލައިގެ ތުނި ލޭސްފޮތީގެ ހެދުމުން ނުހާގެ ރީތިކަން ދެގުނައަށް އިތުރުވެފައިވާ ކަހަލައެވެ. ހުރިހާ އިސްތަށިތައް މައްޗަށް ނަގާ ހައްޔަރުކޮށްލާފައި ވާއިރު ބޮލުގެ މެދުގައި ޖަހާފައިވާ ހުޅީގެ ތެރޭގައި ރަތް ކުލައިގެ މަލެއް ޖަހާފައިވެއެވެ. ފަނޑު މޭކަޕެއްގައި ނުހާ ފެންނައިރު ދުނިޔޭގެ އަށް ވަނަ އަޖައިބު ކަހަލައެވެ. އެންމެ ހިނދުކޮޅަކަށްވެސް ނުހާގެ މޫނުން އަޔާން އަކަށް ނަޒަރު ވަތްކެއް ނުކުރެވުނެވެ.
“ސާބަސް. ތިވަރަށް ބަލަންޏާ އެސްފީނަ ޖެހިދާނެ.” މަލަކާ ހީނގަންނަމުން ފާލިހް އަށް އެއް ލޯ މަރާލިއެވެ. ނުހާ ލަދުން އިސްޖަހާލިއެވެ.
“ތިއިނީ ވަރަށް ދެރަވެފަދޯ މާދަން އަޔާން ފުރާތީ.” ދެންވެސް ވާހަކަ ދެއްކީ މަލަކާއެވެ. އޭނާ ބޭނުންވީ ނުހާގެ ބީރައްޓެހިކަން ކަނޑުވާލާށެވެ.
މޫނު މައްޗަށް ދެރަވާކަން ދައްކައިގެން އިން ނުހާ އަޔާންގެ ކޮނޑުގައި ބޯއަޅާލީ ނުދާށޭ ބުނާކަހަލަ ގޮތަކަށެވެ.
“ދެރަވާނެ ކަމެއްނެތް. އަހަރެމެންވެސް މިތިބީނު. ނުހާ ފޫހިވިޔަކަ ނުދޭނަން.” ފާލިހް އިތުރުކޮށްލިއެވެ. އެވަގުތު ވެއިޓަރ ކާއެއްޗެހި ހިފައިގެން އައިސް މޭޒުމަތީގައި އަތުރަން ފެށިއެވެ. އެތަކެއް ވަގުތުތަކެއް ހުނުމާއި ސަކަރާތުގައި އެމީހުން ހޭދަކުރިއިރު ނުހާގެ ބީރައްޓެހިކަން ފިލައިފި ކަހަލައެވެ.
“ދަނީ. ތޭންކްސް ފޯ ދަ ޓްރީޓް. ގުޑް ނައިޓް. އެއާޕޯޓަށް ދާނަން އިނގޭ.” މަލަކާ އާއި ފާލިހު ގެޔަށް ދާން ނިކުންނަމުން ނުހާމެންނަށް އަތްހޫރާލަމުން ރޭގަނޑުގެ ސަލާމްކޮށްލިއެވެ.
“ނުހާ. މަށަށް އިންތިޒާރު ކުރައްޗޭ. ބޭނުންވަނީ ނުހާވެސް ގޮވައިގެން ދާން..” އަޔާން ނުހާގެ ކަންފަތާއި ކައިރިވެލަމުން ވައި އަޑުން ބުނެލިއެވެ.
“އަޔާން އަންނާނަމެއްނު ވަރަށް އަވަހަށް.” ނުހާ އަޔާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލޯތްބާއެކު ބުނެލިއެވެ.
“މެލޭއިން އަންނަ ގޮތަށް އަހަރެން ބޭނުން ނުހާއާއި މެރީ ކުރަން.” އަޔާންގެ އެޖުމްލައިން ނުހާގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. އެތަނުގެ ފަނޑުއަލީގެ ތެރެއިން ވެސް އަޔާން އަށް އެމަންޒަރު ފެނުނެވެ.
“އަދި މާ އަވަހީތަ؟” އަޔާން ބޭނުންވީ ނުހާ ބޭނުންވާގޮތް އޮޅުންފިލުވާށެވެ.
“ނޫން. ވަރަށް ލޯބިވޭ އަޔާން ދެކެ.” އަޔާންދެކެ ލޯބިވާ ވާހަކަ ނުހާގެ ދުލުން އެބުނީ އަދި އަލަށެވެ. ވީ އުފަލުގައި އަޔާން ނުހާގެ ނިއްކުރީގައި ބޮސްދިނެވެ.
“ކޮބާ ނުހާގެ ފެމެލީ.” އަޔާން ކޮށްލީ ނުހާ ހިތަށްވެސް ނާރާކަހަލަ ސުވާލެކެވެ. އެސުވާލު އަދި އެގޮތަށް ކުރާނެ ކަމަކަށް ނުހާ ހީއެއްވެސް ނުކުރެއެވެ.
“މި- ފެމެލީ- އެކަކުވެސް ނެތް” ނުހާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އަޔާންގެ ކޮންމެސުވާލެއްގެ ޖަވާބު ދިނުމަށް ނުހާ އެތައް ހާސް ދޮގެއް ހަދަން ޖެހެއެވެ.
“ވަޓް. ކީކޭ.” އަޔާން އަށް ނުހާ ބުނި އެއްޗެއް ޤަބޫލުކުރަން ދަތިވި ކަހަލައެވެ.
“އާން އަޔާން. އަހަރެންގެ އެކަކު ވެސް ނެތް. އަހަރެންމީ ނަހަލާލަށް މަގުމައްޗަށް އުފަންވި ކުއްޖެއް. މަންމަ މިހާރަކު ނެތް ދުނިޔެއަކު. އެހެންވީމަ މިބުނީ އަހަރެންގެ އެކަކުވެސް ނެތޭ.” ނުހާގެ ލޮލުން ފައިބަމުންދާ މަކަރުވެރި ކަރުނަތައް ބަލަން އަޔާން އަކަށް ކެތެއްނުވިއެވެ. ނުހާ ގެނެސް މޭގައި ލައްކޮށްލަމުން ނުހާގެ ބޮލުގައި ފިރުމާލިއެވެ.
“ތިހެން ނުބުނައްޗޭ ދެން. ތިކަމުގައި ނެތް ނުހާގެ ކުށެއް.” އަޔާންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ލޯތްބެވެ.
“މާދަން އަޔާންގެ ބައްޕަ ދާނެ ދޯ އެއާޕޯޓަށް. ސޯ އައި ކާންޓް ކަމް. އަންޑަސްޓޭންޑްވައްޗޭ ޕްލީޒް.” ނުހާގެ ހުރިހާވެސް ބޮލުގަ ރިހުމަކީ އަޔާން ފުރުވަން އެއާޕޯޓަށް ދާންޖެހުމެވެ. އެތަނަށް އާސިފްވެސް ދާނެކަން ޔަޤީނެވެ.
“ނޫން. އެންމެ ފަހުވަގުތުވެސް ނުހާ ދެކިލަން ބޭނުން. ބައްޕަ ކައިރީގައި ބުނާނަން ނުހާގެ ވާހަކަ ހަމަ މިރޭ.” ނުހާ އެދުނުގޮތް އަޔާންއަކަށް ކަމަކު ނުދިޔައެވެ. ނުހާއާއި ނުލާ އެންމެ ދުވަހެއްވެސް އަޔާންއަށް ވަނީ އެއް އަހަރުދުވަހެވެ.
“ނުވާނެ ބުނެގެން.” ނުހާގެ ހަރުކަށި ރާގުން އަޔާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ގަޔާއި ދުރުކޮށްލަމުން ނުހާގެ މޫނަށް ބޭއިހްތިޔާރުގައި އަޔާންއަށް ބަލާލެވުނެވެ.
“އަޅެ. އަޔާން. ފުރަތަމަ ނުހާ އޮފީހުން ކެނޑޭނަން. ކެނޑުނީމަ ބުނަން ހުރޭ. އެހެން ނޫނީ އަޔާންގެ ބައްޕައާ ނުހާ އަށް ފޭސް ކުރަން ކެރޭނީ.” އަޔާންގެ މޫޑު ހުރިގޮތުން ނުހާ އަވަސް އަވަހަށް އަޔާން އަތުގައި ހިފިއެވެ. ނަމަވެސް އަޔާން ހުރީ ހިމޭންވެފައި ފުން ވިސްނުމަކަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ.
އެވަގުތު އާސިފްގެ ކޯލެއް އަޔާން އަށް އައީ ނުހާގެ ނަސީބު ކަހަލައެވެ. އަޔާން ފޯނު ނަގާ ކަންފަތުގައި ޖައްސާލުމުން ނުހާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
“މިދަނީ މިހާރު.” އަޔާން ފޯނު ބާއްވަމުން ބުނެލި ޖުމްލައިން ނުހާ އަދި މާބޮޑަށް އުފާވިކަން އަންގައިދިނީ ނުހާގެ ތުންފަތަށް ވެރިވެގެން ދިޔަ ފަނޑު ހިނިތުންވުމެވެ.
“ލެޓްސް ގޯ. ޑޭޑް އެބަ ހޯދާ. ބޭބީ ގެޔަށް ޑްރޮޕް ކޮށްފަ އަޔާން އަންނާނަން ފަހުން. ނުނިދައްޗޭ.” އަޔާން ނުހާގެ އަތުގައި ހިފައިގެން ތެދުވަމުން ބުނެލިއެވެ.
ނުހާ ބޯޖަހާލަމުން އަޔާންގެ ގައިގައި ބައްދާލިއެވެ.
އަޔާންއަށް ގެޔަށް ދެވުނުއިރު ސިޓިންގްރޫމްގައި އާސީފް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ކިހިނެއްތޯވީ ޑޭޑް.” އަޔާން އާސިފްގެ ކުރިމަތީގައި އައިސް ހުއްޓުނެވެ.
ދަރިފުޅު ދާން އުޅޭތީ. ކިހާ އިރަކު ފުރަނީ.” އަޔާންގެ އަތުގައި އާސިފް ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ.
“އަވަސްވެފަ އިނީ. މެންދުރު ބާރަ ޖަހާއިރު ޗެކިން.” އަޔާން ވާހަކަ ދައްކަމުން ދިޔައީ އިސްޖަހައިގެން ހުރެއެވެ. އެއީ އޭނާގެ ބައްޕަގެ ފެންކަޅިވެފައިވާ ދެލޮލަށް ނުބަލަންވެގެންނެވެ.
“ބައްޕަ ދާނަން ދަރިފުޅު ފުރުވަން. ހުރިހާ ސްޓާފުންނަށް މެސެޖްކޮށްފިން މާދަން އޮފީސް ބަންދުވާނެ ކަމަށް.” އާސިފް އަޔާންގެ ބޮލުގައި ފިރުމާލިއެވެ.
“އެއީ ކީއްވެތޯ ޑޭޑް. ވަރަށް އަވަހަށް އަންނާނަމޭ. އޮފީސް ބަންދު ކުރީމަ ކިހާ ބޮޑު ގެއްލުމެއްތޯ.” އާސިފްގެ ވާހަކައާއި މެދު އަޔާން ހިތްހަމައެއް ނުޖެހުނެވެ.
“ދަރިފުޅު ދެންދޭ ނިދަން. މިހާރު ބާރަ ޖަހަނީ އެޔަށް.” އަޔާން ދައްކާ ވާހަކައަށް ސަމާލުކަން ނުދީ އާސިފް ތެދުވިއެވެ. އަޔާންދެކެ އާސިފް އެވަނީ ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ.؟ އެލޯބި އެގޮތަށް ދެމިގެންދާނީ ކިހާ ދުވަހެއް ވާންދެންބާއެވެ.
ބައްޕަ ކުރިމަތީގައި ނޫނެކޭ ބުނަން ނުކެރިފައި ހުރި އަޔާން މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.
“މަގޭ ލޯބިވާ. ވަރަށް ސްޓްރެސް ވެގެން މިއުޅެނީ. ނިކަން ސްޓްރެސް ފިލުވާލައި ދީބަލަ!” އާސިފް ނުޙާ ގެ ފޯނަށް ގުޅިގޮތަށް މަސްތުން ފުރިގެންވާ އަޑަކުން ބުނެލިއެވެ.
“މިއުޅެނީ މިމަހުގެ ޗުއްޓީ ނަގައިގެން. އެހެންވީމަ ކާންޓް އޭ ލޯބީ. ވަރަށް ބަނޑުގައިވެސް ރިއްސާ.” ނުހާ ދޮގު ހެދީ ގަސްތުގައެވެ. މިރޭ އޭނާ ހޭދަކުރަން ބޭނުންވަނީ އަޔާންއާއި އެކުގައެވެ.
“އޯކޭ. ސޯ ޗުއްޓީ ހަމަވީމަ އަންގާލައްޗޭ.” އާސިފް ލާނެތް ފާނޑަކަށް ހީލަމުން ފޯނު ބޭއްވިއެވެ.
” ނުހާއަކީ ވަރަށް ރީތި ކުއްޖެއްދޯ. ވަރަށް ގުޅޭ އަޔާން އާ”. ފާލިހްގެ މޭމަތީގައި ބޯ އަޅާލައިގެން އޮތް މަލަކާ އޮތީ އުފަލުންނެވެ.
“ދެން މިގަޑީގައި ތީ ކޮން ވާހަކައެއް.” ފާލިހް މަލަކާގެ އިސްތަށިކޮޅާއި ކުޅެލިއެވެ.
“އަޅެ. ކީއްތަވީ. ވަކި ގަޑިއެއް އޮވޭތަ ވާހަކަ ދައްކަން. މިރޭ ވަރަށް ހެޕީ. އެންމެ ހެޕީ ވީ މީތު އާއި ދިމާވީމަ.” ހަޤީޤަތުގައިވެސް މަލަކާ ހުރީ އުފަލުންނެވެ. ރައްޓެއްސަކަށް އެހާ ބޭނުންވެފައި ހުއްޓާ ރައްޓެހިންތަކެއް ލިބުނީމައެވެ. ފާލިހް މަލަކާގެ ހަށިގަނޑު އޭނަގެ އަތު ތެރޭގައި ހައްޔަރުކޮށްލަމުން މަލަކާގެ ފިނިފިނި ތުންފަތުގައި އިނގިލި ޖައްސާލަމުން މަލަކާ ހިމޭންކޮށްލިއެވެ. މުޅި ކޮޓަރި ތެރެ ކުއްލިއަކަށް ހިމޭންވި ކަހަލައެވެ. އިވޭ ހާވެސް އަޑަކީ މަލަކާއާއި ފާލިހް ލަމުން ގެންދިޔަ ފުން ނޭވާގެ އަޑެވެ.
“ވަރުބަލި ވެއްޖެދޯ.” ނުހާ އަޔާންގެ ބުރަކަށި މައްޗަށް އަރައި އޮވެ ފުރަގަހުން އަޔާންގެ ކަންފަތުގައި ދަތް އެޅިއެވެ.
“ނުހާ ހެޕީތަ؟” އަޔާން ހުރީ ފުން ވިސްނުމެއްގައެވެ. އަޔާން ނުހާ ކައިރީގައި އަހަން ބޭނުންވީކީ އެސުވާލެއްނޫނެވެ. އެކަމަކު އަޔާން ހުރީ އެސުވާލު އަހަން ނުކެރިފައެވެ.
“ހެޕީ. ވަރަށް ހެޕީ.” ނުހާ ހަޅޭލަވައިގަތީ އުފަލުންނެވެ.
” އައި ލަވް ޔޫ ސޯ މަޗް ނުހާ. ދުވަހަކުވެސް އަޔާން އަށް ދޮގު ނުހަދައްޗޭ. އައި ނޯ ނުހާ ތީ ނިއު ކުއްޖެއްނޫންކަން.” އެންމެ ފަހުން އަޔާން ހިތުގައި އޮތް ސުވާލު ހިތް ފަޅާލާފައި ބޭރަށް ނިކުތެވެ. އެއާއިއެކު ނުހާ އަޔާން އާ ދުރަށް ގޮސް އަޔާން އަށް ފުރަގަސްދިނެވެ.
“ނުހާ. ނުހާއަށް މަށާ ކޮންމެ ވާހަކައެއްވެސް ޝެއަރ ކުރެވިދާނެ. އަޔާން ނުހާ އެކްސެޕްޓް ކުރާނަން.” ނުހާގެ ހިމޭންކަން ފެނިފައި ހަޤީޤަތުގައިވެސް އަޔާންގެ ހިތުގައި ޖެހުނެވެ.
“އަޔާން ތި ސުވާލު ކުރިލެއް ހާދަ ލަހޭ. އަޔާން ބޭނުންތަ އަހަރެންގެ ހިތްދަތި މާޒީ އަޑުއަހަން. އަހަރެން ބަލާ ބޮޑި ކުރި މީހާ އަހަރެންގެ އިއްފަތްތެރިކަން – ” ނުހާއަށް ބުނެވުނީ އެހާހިސާބަށެވެ. އަޔާން ނުހާގެ އަނގަ މަތީގައި އަތް އަޅައިފިއެވެ.
“ދުވަހަކުވެސް ނުހާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ދެން ނުދޭނަން..” އަޔާން ހަމަ ރަނގަޅަށްވެސް ނުހާ ގެ މަކަރުވެރިކަމުގެ ދަލުގައި ޖެހިއްޖެއެވެ. އަޔާން ހިތާއި ކުޅެމުން ނުހާ އެދަނީ އޭނާ ބޭނުންހާ ގޮތަކަށެވެ.
އާދުވަހަކަށް އިރު އެރިކަން އިއުލާން ކުރަމުން މަތިން އުދުހިފައި ދިޔަ ދޫނި ޖޯޑަށް ބަލަން މީތަން އިނީ ގޭގެ ބެލްކަނީގައެވެ. ފޯނަށް މެސެޖެއް އައި އަޑަށް މީތަން އަށް ތެޅިގަނެވުނެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން މީތަން މެސެޖް ބަލާލިއެވެ. ރަނގަޅަށް މެސެޖް ކިޔާނުލެވިގެން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ.
“ސާބަސް. ރިޕްލައި ކުރަން އުޅެނިކޮށޭ ތިގުޅީ.” މީތަން ފޯނު ކަންފަތުގައި ޖައްސާލަމުން އިންތަނުން ތެދުވިއެވެ. މީތަން އަށް ގުޅީ މަލަކާއެވެ. އެއާޕޯޓަށް ދިއުމަށް އެދެމުންނެވެ. އެކަމަކު މީތަން އެއާޕޯޓަށް ދާންވީ ކާކު ފުރުވަން ހެއްޔެވެ؟ އަޔާން އަކީ އޭނަގެ އެއްވެސް މީހެއްނޫނެވެ. އަޔާން ގެ ރައްޓެހިންގެ ލިސްޓްގައިވެސް މީތަންގެ ނަމެއް ނެތެވެ.
“އަޅެ. ޕްލީޒް. މިއަދު އޮފީހަކަށްވެސް ދާކަށް ނުޖެހޭނު. އަހަރެމެން އެންމެން ދިޔައީމަ އަޔާން ހެޕީ ވާނެ.” މަލަކާ މަސައްކަތް ކުރަމުން ދިޔައީ މީތަން އެއްބަސްކުރުވާށެވެ.
“ހޫން ދާނަމޭ.” އެންމެފަހުން މީތަން އަށް ޖެހުނީ އެއްބަސްވާށެވެ.
ފަތިހު ނުހާމެންގެއިން އައި ގޮތަށް އަޔާން އޮތީ ގަދަނިދީގައެވެ. އާސިފް ނުހާއަށް ގުޅާފައި އެގެޔަށް އައުމަށް ދައުވަތު ދިނުމުން އެތައް ފަހަރަކު ނުހާ އަޔާންގެ ފޯނަށް ގުޅައިފިއެވެ. އާސިފްގެ ފަރާތުން އެނގުނު ގޮތުގައި މަލަކާ އާއި ފާލިހް ވެސް އަޔާންގެ ގެއަށް ދާނެއެވެ. ނުހާ ބިރުން ހާސްވެގެން އެއުޅެނީ މަލަކާ މަޖަލަކަށް ނަމަވެސް ބުނާ އެއްޗަކުން އާސިފްއަށް ހުރިހާ ކަމެއް ފަޅާއަރާފާނެތީއެވެ. ފާލިހްއަށް ގުޅަން ނުކެރިގެން އަޔާން ލައްވާ ނުހާމެންގެ ގުޅުމުގެ ވާހަކަ އަދި ހާމަ ނުކުރުމަށް ބުނާށެވެ.
މަލަކާ އާއި ފާލިހް އަޔާންގެ ކޮޓަރިއަށް ވަން އިރު އަޔާން އޮތީ އަރާމުކޮށް ނިދާލާފައެވެ.
“އޭ މޭން. ތެދުވެބަލަ. މިހާރު ޓެން ވީ އެޔަށް. އަދި ޕެކްވެސް ނުކުރަމެއްނު.” ފާލިހް އަޔާންގެ ފައިގައި ހިފާ ދަމައިގަތްގަތީނުން އެނދުން ވައްޓާލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި މަލަކާ ހުރީ އަޔާން ގުޅަވަރަކަށް ވެއްޓިފައި އޮތް ތަން ބަލަން ހިނިއައިސްފައެވެ.
“ކަލޭވެސް ދޯ. ތަދުވެއްޖޭ.” އަޔާން ވާހަކަދެއްކިއިރު ރަނގަޅަށް ދެލޯވެސް ނުހުޅުވެއެވެ. އެވަގުތު ނުހާ އައިސް ދޮރުމަތީގައި ހުއްޓުނެވެ. އަޔާން ނުހާ އާ ދިމާއަށް ދާންވެގެން ދެތިން ފިޔަވަޅު އެޅިތަނާ ނުހާގެ ފަހަތުން އަންނަ އާސިފް ފެނުމުން ހުއްޓުނެވެ.
“ދަރިފުޅު އަވަހަށް ރެޑީ ވެބަލަ. ބައްޕަ ތިރީގައި މަޑުކޮށްލާނަން.” އާސިފްގެ މޫނުން ހިނިތުންވުން ފެންނަން ހުއްޓަސް އަޑުގައިވަނީ ރިހުމެކެވެ.
“އަން ނުހާ. ޔުއަރ ޖޮބް ޕެކް ކުރުން އެއީ. އަހަރެންވެސް ހެލްޕް ވާނަން.” މަލަކާ އެނދުމަތީގައި އޮތް ލަގެޖް ނަގާ ނުހާ އާ ދިމާއަށް އެއްލިއެވެ.
“ނުހާ އާ ދިމާއަށް ބަލާނީ ފަހުން. އަޔާން ވަދެބަލަ ފާހާނާއަށް.” ނުހާ އަށް ކަޅިވެސް ޖަހާނުލާ ބަލަން ހުރި އަޔާންގެ ބުރަކަށީގައި ފާލިހް އަޅާ ކޮށްޕާލިއެވެ.
މަލަކާ އާއި ނުހާ އަލަމާރިން އަޔާންގެ އެއްޗެހިތައް ނަގާ ފަތްޖަހަން ފެށިއެވެ.
“މީ ކޯޗެއްބާ؟ ” އަޔާންގެ ގަމީހުގެ ޖީބުގައި އެއްޗެއް އޮތްހެން ހީވެގެން މަލަކާ އަތް ޖައްސާލަމުން ޖީބުގެ ތެރެއަށް އަތް ކޮށްޕާލިއެވެ. އަދި އެއެއްޗެއް ނަގާ މުށުތެރެއަށްލައި ފޮރުވައިފިއެވެ.
“ގެސް ކޮށްބަލަ މީ ކޮންއެއްޗެއްތޯ.” ކޮންމެ ކަމެއްގައި ސަކަރާތް ގަންނަން މަލަކާ ބޭނުންވެއެވެ.
“ކޯޗެއްތަ؟” ފާހާނާއިން ނިކުތް އަޔާން ހުރީ ވާނުވާ ނޭނގިފައެވެ. އެވަގުތު މަލަކާ މުށް ހުޅުވާލީ އެންމެންނަށް ފެންނަ ގޮތަށް އަތް ދިގު ކޮށްލަމުންނެވެ.
އެވަގުތު ފަންކާގެ ވަޔާއި ހެދި މަލަކާ ގެ އަތުގައި އޮތް އެތި ޓައިލްސް މައްޗަށް ވެއްޓުނެވެ.
އެއީ ކުޑަ ކުޑަ ފޮޓޯއެކެވެ. ގުދުވަމުން ނުހާ އެފޮޓޯގަނޑު ނެގިއެވެ. އެޔާއެކު ނުހާގެ ނިއްކުރިއަށް އެރި ރޫ ތަކާއެކު އަޔާން އަށް ދިމާއަށް ބަލާލެވުނެވެ.
އަޔާންވެސް ހުރީ ނުހާއަށް ބަލާށެވެ. މަލަކާ ބަލާކަށް ނުހުރެ ނުހާ އަތުގައި އޮތް ފޮޓޯގަނޑު ނަގައި ބަލާލިއެވެ.
“މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (9)
އަޔާންވެސް ހުރީ ނުހާއަށް ބަލާށެވެ. މަލަކާ ބަލާކަށް ނުހުރެ ނުހާ އަތުގައި އޮތް ފޮޓޯގަނޑު ނަގައި ބަލާލިއެވެ.
“މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ.
“މީ މީތޫގެ ފޮޓޯއެއްނު. އަޔާން އަތުގައި މިފޮޓޯ މިއޮތީ ކީއްވެ؟” އެންމެންގެ ނަޒަރު އަޔާން އަށް ހުއްޓިފައިވާ އިރު މުޅި ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ.
ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރުވެސް އަޔާން ހުރީއެވެ. ހަޤީޤަތުގައި އަޔާން ހާސް ވާންވީ ކީއްވެ ހެއްޔެވެ؟ އަޔާންއާ މީތަންގެ އެއްވެސް ގުޅުމެއްނެތެވެ. ވީއިރު އެސުވާލަށް ޖަވާބު ދޭން އޭނާ ފަސް އެޖެހެނީ ކީއްވެ ހެއްޔެވެ؟ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟
ނުހާ އެއްޗެއް ނުބުނެ ހުއްޓަސް އެސުވާލުގެ ޖަވާބު އެނގެން އޭނާވެސް ބޭނުމެވެ.
“ތި ސުވާލުގެ ޖަވާބު އެނގޭނެ އެއްނު އެހެރަ މީހާއަށްވެސް.” ދޮރު ކައިރީގައި ހުރި މީތަން ފެނިފައި ނުހާއަށް ދަތްކުޑި ވިކާލެވުނެވެ. ނުހާއަށް އެގޮތަށް ބުނެވުނީވެސް އެއްވެސް އިހްތިޔާރަކާއި ނުލައެވެ.
ވާނުވާ ނޭނގި ހުރި މީތަން ފަހަރަކު މީހަކަށް ބަލަމުން އައިސް އެތެރެއަށް ވަނެވެ.
“މާ ބޮޑު އިޝޫ އަކަށް ނުހަދަންވީނު ދޯ ދެން. އެފޮޓޯ އެއީ އޮފީސް ތެރެއިން ވެއްޓިފައި އޮއްވާ ފެނުނު އެއްޗެއް. މީތަން އާ ހަވާލު ކުރަން. ހަނދާންނެތުނީ.” ނުހާ މީތަން އާ ވާހަކަ ދެއްކިގޮތް އަޔާން އަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.
“އަޔާން. މި ޓީޝާޓްވެސް ލާންވީތަ”؟ މަލަކާ ބޭނުންވީ މައުލޫއު އޮޅުވާލާށެވެ. ނުހާ ފޫހި ގޮތަކަށް އަޔާން އާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
މީތަން އެތަނަށް އައުމުން އަދި ވަކިން ބޮޑަށް ނުހާ ފޫހިވިއެވެ.
“މީތޫ ތިއައީ ހުރިހާ ކަމެއް ނިމުނީމަ ވިއްޔަ؟” މަލަކާ ހީލަމުން ދަބަހު ގެ ޒިބު އަޅުވާލިއެވެ. މީތަން ހަމައެކަނި ހިނިތުންވެލީއެވެ. އޭނާ އެތަނަށް އެއައީވެސް މަލަކާ ކުރި އާދޭހަށެވެ.
“ނުހާ. އައިސްބަލަ.” ގޭތެރެއިން އާސިފް ގޮވާލާ އަޑު އިވިގެން ނުހާ އެދިމާއަށް ހިނގައިގަތެވެ.
ނުހާ ދަމުން ދަމުން ގޮސް އެނބުރިފައި އަޔާން އަށް ބަލާލިއެވެ. އޭރު އަޔާންވެސް ހުރީ އޭނައަށް ބަލާށެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާ އަޔާންގެ ގައިގައި ބައްދާލިއެވެ. ލޯތްބަށްވުރެ ބޮޑަށް ދެއްކުންތެރިކަމެވެ. މީތަން އަށް ކުރި ޖެއްސުމެވެ.
“އައި އެމް ގޮނަ މިސްޔޫ ބޭބީ.” ނުހާ އަދި ވަކިން ބޮޑަށް އަޔާންގެ އަތުތެރެއަށް ވަދެ ބޮޑިވެގަތެވެ.
“މީ ޓޫ ބޭބީ. ދެން އަވަހަށްދޭ. ޑޭޑް އިޒް ކޯލިން ޔޫ.” އަޔާން ނުހާގެ ނިއްކުރީގައި ބޮސްދިނެވެ.
“ހޮއެ ހޮއެ. ލަވް ބާޑްސް.” މަލަކާއަކަށް ނުހުރެވުނެވެ. އަޔާންއާއި ނުހާއާ ދިމާކޮށްލަމުން މަލަކާ ފާލިހްގެ ކޮނޑުގައި އެލިގަތެވެ.
ފެރީ އެއާޕޯޓް ފާލަމާއި ކައިރިއަށް ކައިރި ކުރިއިރުވެސް އަޔާން އިނީ ހިތް ނުތަނަވަސް ވެފައެވެ. ނުހާ ދޫކޮށްލާފައި ދާން އޭނާ ބޭނުމެއްނުވެއެވެ. ނުހާ އޭނާގެ ކައިރީގައި އެންމެ ބަހައްޓަން ބޭނުންވި ވަގުތު އޭނައާއި އެންމެ ދުރުގައިވެސް ހުންނަން ޖެހެނީ ނުހާއަށެވެ. ޓްރޯލީއަށް ފޮށިތައް އަރުވަމުން ފާލިހް ހިނގައިގަތެވެ. އާސިފް އެންމެ ހިނދުކޮޅަށްވެސް އަޔާންގެ އަތުން ދޫކޮށްނުލައެވެ. ނުހާ ހުރީ އާސިފްއާއި އަޔާންގެ ފަހަތުގައެވެ. މީތަންއާއި މަލަކާ ތިބީ ފާލިހްގެ ކައިރީގައެވެ. ޗެކިން ކުރަން އަޔާންއަށް ދެވުނު އިރު ޗެކިން ބަންދުކުރާ ގަޑިވެސް ހުރީ ކައިރިވެފައެވެ. އަޔާން ޗެކިން ކޮށްފަ އަންނަންދެން ކެތްތެރިކަމެއްނެތި އެންމެން ތިބީ ބޭރުގައި މަޑުކޮށްގެންނެވެ.
“ދަރިފުޅާ. ބަލައިގެން އުޅޭތި. އެންޑް ކަމް ބެކް ސޫން.” އަޔާން ނިކުތުމާއެކު އާސިފް އަޔާންގެ ގައިގައި އޮޅުލައިގަތެވެ. އާސިފްގެ ދެލޮލުން އޮހެމުންދާ ކަރުނަތައް ބަލަން އަޔާންއަށް ކުޅަދާނައެއްނުވިއެވެ. ބައްޕަގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން އަޔާން ބައްޕަގެ ކަރުނަތައް ފޮހެލަދިނެވެ.
ފަހަރަކު މީހަކާއި ސަލާމަށް އަތްދިއްކުރަމުން ގޮސް އަޔާން ނުހާ އާ ދިމާއަށް އަތް ދިގުކޮށްލަމުން ސީދާ ނުހާގެ ލޮލަށް ބަލާލިއެވެ. އެއަތުން ދޫކޮށްލާކަށްވެސް އަޔާން ބޭނުމެއްނުވިއެވެ. ކަޅިވެސް ޖަހާނުލާ ނުހާގެ ދެލޮލަށް ބަލަން ހުރިއިރު އަޔާން އަށް ކައިރީގައި ހުރި އެއްވެސް މީހެއްގެ އިހްސާސްނުވާ ކަހަލައެވެ.
ބޯޑިން އަށް ވަންނަން ވެއްޖެކަމަށް އިއުލާން ކުރާ އަޑު ކަންފަތުގައި ޖެހުމާއެކު އަޔާން ސިހިފައި ނުހާގެ އަތުން ދޫކޮށްލިއެވެ.
“އަހަރެމެންނާއި ސަލާމްވެސް ނުކުރާނަންތަ؟” މަލަކާ އަޔާންގެ އަތުގައި ހިފިއެވެ.
ފަނޑު ހިނިތުންވުމަކާއެކު އަޔާން މަލަކާއާއި ސަލާމްކޮށްލިއެވެ. އަދި އެންމެ ފަހުން މީތަންއާ ސަލާމް ކުރަން އަތްދިއްކޮށްލިއެވެ.
“ޓޭކް ކެއަރ.” މީތަން ހިނިތުންވެލަމުން އަޔާން ދިއްކޮށްލި އަތުގައި ހިފިއެވެ.
“ތޭންކްސް. ކާޓޫން.” އެހެން މީހުންނަށް އަޑު ނީވޭހާ ސިއްރުން އަޔާން ބުނެލި ނަމަވެސް މަލަކާއަށް އަޔާންގެ އަޑު ހަމަރަނގަޅަށްވެސް އިވުނެވެ. މީތަން ފެނުމުން ނުހާގެ މޫނަށް އަރާ ފައިބާ ކުލަތަކާއި މީތަން ފެނުމުން އަޔާންގެ ހިމޭންކަމާއި މިހުރިހާ ކަމެއް މަލަކާއަށް ވަނީ ފާހަގަވެފައެވެ. އޭނާ އެހުންނަނީ ރަނގަޅު ފުރުސަތެއް ނުލިބިގެންނެވެ. މީތަންއާ އެހުރިހާ ސުވާލެއް ކުރަން މަލަކާ ބޭނުމެވެ.
ފަޒާގެ ތެރެއަށް އުދުހެމުން މައްޗަށް އަރައިގެންދާ މަތިންދާ ބޯޓަށް ބަލަންތިބެ އެންމެންވެސް ފެރީއާއި ދިމާއަށް ހިނގައިގަތީ މާޔޫސްވެފައި ތިބެއެވެ.
މަޖީދީމަގު ވަނީ މީހުންނާއި ދުއްވާ އެއްޗެހިން ތޮއް ޖެހިފައެވެ. ފާލިހްގެ ސައިކަލް ފަހަތުގައި އިން މަލަކާ އިނީ ފާލިހްގެ ކޮނޑުގައި ބޯ ޖައްސާލައިގެންނެވެ.
“ބޭބީ. ބޯ އަނބުރާތަ އަދިވެސް.” ފާލިހް ހުރީ ކަންބޮޑުވެފައެވެ. މަލަކާއަށް ވަމުންދާ ގޮތް ނޭނގޭތީއެވެ. ބޯ ޖަހާލަމުން މަލަކާ ކުކުރާލިއެވެ. ފާލިހް ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.
އޭޑީކޭގެ އެމަރޖެންސީގެ ރޫމްގެ ދޮރުގެ ބެލް ޖަހާލިއިރުވެސް ފާލިހްގެ ނަޒަރު ހުއްޓިފައިވަނީ ވޭނުން ފުރިގެންވާ މަލަކާގެ މޫނަށެވެ. އެމަރޖެންސީ ރޫމްގެ ދޮރު ހުޅުވުމާއެކު ދެ ނަރުހުން މަލަކާގެ އަތުގައި ހިފައިގެން ގޮސް އެނދެއްގައި ބާއްވާލިއެވެ. މަލަކާއަށް ވަމުންދާ ގޮތް ޑޮކްޓަރަށް އޮޅުންފިލުވައިދިނީ ފާލިހްއެވެ.
“ޑޯންޓް ވޮރީ.” ޑޮކްޓަރ މަލަކާގެ މޭގައި ކަށި ގަނޑު ޖައްސާލިއެވެ. އޭރުވެސް މަލަކާ އޮތީ ދެލޯ މަރާލައިގެންނެވެ. ޑޮކްޓަރ ޓެސްޓެއް ހަދަން މެމޯ ހެދުމަށް ބުނުމަށްފަހު މަލަކާއަށް އައިވީއެއް ގުޅަން އަންގާލިއެވެ.
އެމަރޖެންސީ ރޫމްގެ ދޮރުން ނިކުތްތަނާ ފާލިހްގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ނުހާއަށް އައިސް ހުއްޓެވުނެވެ.
“ނުހާ. ކީއްކުރަނީ މިތާގަ. ބަލިވީތަ؟” ފާލިހް ނުހާއާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލާލީ ނުހާގެ އަތުގައި އޮތް އެއްޗެއް ފޮރުވަން އުޅުނު ކަހަލަ ގޮތަކަށް އޭނާގެ ހަރަކާތްތައް ހުރުމުންނެވެ.
“މި-މި ހުން އައިސްގެން ކުޑަކޮށް. ދަނީ އިނގޭ. އޮފީހުގަ އިނދެފަ މިއައީވެސް.” ނުހާ އަވަސް އަރައިގަނެގެން އެތަނުން ދިޔަ ގޮތުން ފާލިހް ހުރީ ހައިރާންވެފައެވެ. އެންމެ ކުޑަމިނުން ފާލިހް އެތަނުގައި ހުރީ ކީއްވެތޯވެސް އަހާނުލައެވެ. އޮފީހުގައި އުޅޭ އިރުވެސް ނުހާ އުޅެނީ ވަރަށް ދުރުދުރުންނެވެ.
ކޭ.އެލް.ސީ.ސީ ޕާކްގެ ގޮޑިއެއްގައި އަޔާން އިން އިރު އެތަނުގައި ރަސްކަން ކުރަމުންދަނީ ހަމަ ހިމޭންކަމެވެ. ހަނދުވަރުގެ އަލިކަމެއް ނެތަސް ޕާކްގައި ދިއްލާފައިވާ ލައިޓްތަކުން އެޅިފައިވާ އަލިން މުޅި ހިސާބުގަނޑުގައިވަނީ އަޖައިބެއްފަދަ ވިދުވަރެކެވެ. އަޔާން މެލޭޝިޔާއަށް އެނބުރި އައިފަހުން ހަތަރު ހަފްތާ ވެއްޖެއެވެ. ނުހާ އާއި އަޔާން ބަރާބަރަށް ވާހަކަވެސް ދައްކައެވެ. އެކަމަކުވެސް އަޔާންގެ ހިތް ނުތަނަވަސް ވަނީއެވެ. ކީއްވެގެން ހެއްޔެވެ؟ ދުވާލާއި ރޭގަނޑު އެތައް ފަހަރަކު ނުހާގެ ލޯބިވެތި ފޮނި ބަސްތަކުން އޭނާގެ ހިތްފުރާދެއެވެ. ވީއިރު އަޔާން ދެރަވާންވީ ކީއްވެ ހެއްޔެވެ.
ފުން ނޭވާއެއް ލަމުން އަޔާން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
“އޭ ބުރޯ. ނެތްތަ އަލިފާން ކޮޅެއް.” ނުވެސް ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު އަޔާން އިސް އުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ވައްތަރީ ދިވެއްސަކާއެވެ.
“ނެތޭ. ތީ ދިވެއްސެއްތަ؟” އަޔާން ހިނިތުންވެލިއެވެ.
“ބުނެވިދާނެ ތިހެންވެސް. އިނގިރޭސި ބަހުން ފުރަތަމަ ވާހަކަ ދެއްކީމަ އޮޅުން އެރީ ދޯ. އަހަންނަށް ކިޔަނީ މާކިން.” މާކިން އަޔާން ކައިރީގައި އިށީނދެލިއެވެ. މާކިން އާ ދިމާވެ ވާހަކަ ދައްކާލެވުމުން އަޔާންގެ އެކަނިވެރި ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. މާކިންގެ ވާހަކައިން އެނގުނު ގޮތުގައި އޭނާ މެލޭޝިޔާގައި ކިޔަވަނީއެވެ. ލޯބީގައި ނާކާމިޔާބުވެ މިހާރު އެކަނިވެރިކަމަށް ލޯބި ކުރާ މާކިން މެލޭޝިޔާގައި ދިރިއުޅެނީ އޭނާގެ މައިންބަފައިންނާ އެއްކޮށެވެ.
“ނެކްސްޓް މަންތުގައި އެއްކޮށް މާލެ ބަދަލުވާން މިކިޔަނީ.” މާކިން އިތުރުކޮށްލިއެވެ.
އެހެންތަ؟ މަވެސް ދާނަން ނެކްސްޓް މަންތުގަ.” އަޔާން ހިނިތުންވެލަމުން ތެދުވިއެވެ.
“ދަނީތަ؟ ނަމްބަރު ދޭންވީނު. އޭރަށް މިހެން ބޭރަށް ނިކުމެލާއިރު ކޮމްޕެނީއެއް ދެވޭނެއެއްނު.” މާކިން ހުރީ ރައްޓެއްސަކަށް ބޭނުންވެފައި ކަހަލައެވެ. އަޔާން ބޯޖަހާލިއެވެ.
“ކޮންގްރާ. ޝީ އިޒް ޕްރެގްނެންޓް.” ޑޮކްޓަރ ހިނިތުންވެލަމުން ފާލިހް އަތަށް ރިޕޯޓް ދިއްކޮށްލިއެވެ. ލިބުނު އުފަލުގައި ފާލިހް ޑޮކްޓަރ އުރާނުލީ ކިރިޔާއެވެ. މަލަކާގެ ނިއްކުރީގައި ބޮސް ދެމުން ފާލިހް މަލަކާ ގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. ފާލިހް ހުރީ އިންތިހާއަށް އުފާވެފައެވެ. މަލަކާއަށް ރެސްޓް ކުރުމަށް ނަސޭހަތްތެރިވަމުން ޑޮކްޓަރ އެތަނުން ދިޔައީ ފާލިހްއަށް މަލަކާއަށް ލޯބިކުރަން ފުރުޞަތު ދެމުންނެވެ. އެވަގުތަކީ އެދެމީހުންނަށް ކިހައި ޚާއްސަ ވަގުތެއްކަން ޑޮކްޓަރަށްވެސް ވިސްނުނު ކަހަލައެވެ.
އޮފީސް ނިމުނު ގޮތަށް ނުހާ އަވަސްވެގަތީ ގެޔަށްދާށެވެ. މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމަށްވުރެ ނުތަނަވަސްކަމެވެ.
“މައި ލަވް. ހާދަ އަވަހަށް ތިދަނީ.” ނުހާ ގެ ފުރަގަހުން އައިސް ކުއްލިއަކަށް ނުހާ ގެ ގައިގައި އާސިފް ބައްދާލިއެވެ. ވީ ފޫއްސަކުން ނުހާ ތުން އަނބުރާލިއެވެ. ނަމަވެސް އާސިފްއަށް ފުރަގަސް ދީގެން ހުރުމުން އެމަންޒަރު އާސިފްއަކަށް ނުފެނުނެވެ.
“ހޫމް. ވަރަށް ޓަޔަރޑް. މިއަދު ހާފް ޑޭ ހަދާފަ ފާލިހްވެސް ގެޔަށް ދިޔައީމަ ތަންކޮޅެއް ބުރަވީ.” ނުހާ އާސިފްގެ އަތް އޭނައާ ދުރުކޮށްލިއެވެ.
“އޯކޭ. ރެސްޓް ކޮށްލާ. މިރޭ ދާނަން.” އާސިފް ނުހާގެ ބޮޑު ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ހިނިތުންވެލަމުން ނުހާ ހިނގައި ގަތް ވަގުތު ނުހާގެ ފައިކައިރީގައި ވެއްޓިފައި އޮތް ސިޓީއުރައެއް އާސިފްގެ ލޮލުގައި އަޅައިގަތެވެ. އޭޑީކޭގެ ލޯގޯ ޖަހައިފައި އިނުމުން އާސިފް އެސިޓީ އުރަ ނެގީ ސުވާލުގެ ނަޒަރަކުން ނުހާއަށް ބަލާލަމުންނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (10)
“އޯކޭ. ރެސްޓް ކޮށްލާ. މިރޭ ދާނަން.” އާސިފް ނުހާގެ ބޮޑު ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ހިނިތުންވެލަމުން ނުހާ ހިނގައި ގަތް ވަގުތު ނުހާގެ ފައިކައިރީގައި ވެއްޓިފައި އޮތް ސިޓީއުރައެއް އާސިފްގެ ލޮލުގައި އަޅައިގަތެވެ. އޭޑީކޭގެ ލޯގޯ ޖަހައިފައި އިނުމުން އާސިފް އެސިޓީ އުރަ ނެގީ ސުވާލުގެ ނަޒަރަކުން ނުހާއަށް ބަލާލަމުންނެވެ.
“ނުހާ. މީ ކޯޗެއް؟” އާސިފްގެ އަޑަށް ނުހާ އެނބުރި ބަލައިލިއެވެ. އާސިފް އަތުގައި އޮތް ސިޓީ އުރަ ފެނިފައި ނުހާއަށް ތެޅިގަނެވުނެވެ. ބޭއިހްތިޔާރުގައި ސިޓީ އުރަ އާސިފްގެ އަތުން ޖަހައިގަނެވުނީވެސް ގެންފައިވާ ބިރެއްގެ ސަބަބުންނެވެ.
“މީ މީހެއްގެ އެއްޗެއް.؟” ނުހާ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނު ކަމުގައި ވިޔަސް ނުހާގެ އަޑުގައިވާ ތުރުތުރާއި ހާސްކަން ފޮރުވޭ ގޮތެއް ނުވިއެވެ.
“އެކަމަކު ތީގައި ތިއިނީ ނުހާގެ ނަމެއްނު.”؟ އާސިފްގެ އަޑުގައި ހުރި ހަރުކަށި ކަމުން ނުހާއަށް ޖެހުނީ އިސްޖަހާލާށެވެ. ތިރީ ތުންފަތުގައި ދަތްއަޅާލައިގެން ނުހާ ހުރިއިރު އޭނާގެ ދިގު އެސްފިޔަތައް ތެމެމުން ދިޔައެވެ.
“ދީބަލަ ތި ރިޕޯޓް.” އާސިފް ކުރިއަށް ޖެހިލާފައި ނުހާގެ އަތުން ރިޕޯޓް ދަމައިގަތެވެ. އަދި ނުހާގެ މޫނަށް ބަލަހައްޓައިގެން ހުރެ ރިޕޯޓް ނިއުޅުވާލިއެވެ.
“ވަޓް. ޔޫ އާ ޕްރެގްނެންޓް.” އާސިފްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނުހާއަށް ބާރަށް ރޮއެގަނެވުނެވެ.
“ޝްޝްޝް.” އާސިފް ދެކޮޅު ހޯދާލަމުން ނުހާގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. ހަޤީޤަތުގައި ވެސް އާސިފް ވަރަށް ކަންބޮޑުވެއްޖެއެވެ. އަޔާން އަށް އެނގިއްޖެއްޔާ ވާނެ ގޮތަކާއި ދޭތެރޭގައި ވިސްނާފައެވެ.
އާސިފް ނުހާ ދެކެވެސް ލޯބިވެއެވެ. ހަދާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުން ދިޔަވަރަކަށް އާސިފްގެ ބޮލުގައި ރިއްސަމުން ދިޔައެވެ. ނުހާގެ ހަޤީޤަތް ނޭނގިހުރެ އާސިފްގެ ހިތް ނުހާގެ މައްޗަށް ހަމްދަރުދީން ފުރުނެވެ. ނުހާގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ މެޔާލައި ބޮޑިކޮށްލިއެވެ.
ފާލިހް އެންމެ ވަގުތުކޮޅެއްވެސް މަލަކާ އެކަނި ވިޔަކަ ނުދެއެވެ. އޭނާގެ މަންމަ ޝަރީފާވެސް ގެޔަށް ގެނެސްފައި އެހުންނަނީ މަލަކާގެ ހުރިހާ ކަމެއް ބެލެހެއްޓުމަށެވެ. ފާލިހްގެ ހަޔާތަށް މިހާ އުފާވެރިކަން ލިބުމުން އެކަން ހިއްސާކޮށްލުމަށް އޭނާ އަޔާން އަށް ގުޅާލިއެވެ.
“ގެސް ވަޓް.” ފޯންގެ ވީޑިއޯ އޮން ކޮށްލި އިރު ފާލިހް ހުރީ ދަތްކޮޅު ނަގާ އަތްމައްޗަށް ލައިގެންނެވެ.
“މާ ސަޅި ބިޓެއް ފެނުނީތަ؟” އަޔާން ބޭނުންވީ ފާލިހްގެ އަނގަ ގޮއްވާށެވެ.
“ދެން މަ އެހެން ނޫޅޭނެއެއްނު އަދި ވަކިން މިހާރު. ބައްޕައަކަށް ވަނީއޭ.” ފާލިހްގެ އަޑުގައިވާ ސީރިއަސްކަން ފެނިފައި އަޔާންގެ ގާތަށް ހިނިއައެވެ.
“މަރުހަބާ..މަރުހަބާ..” އަޔާންވެސް ފާލިހްއަށްޓަކާ އުފާ ފާޅުކުރިއެވެ.
“މިއަދު ދިމާވި ނުހާއާ އޭޑީކޭއިން. ވަރަށް އަވަސް އަރުވާލައިގެން ގޮއްސި އެކަމް އެއްޗެއް އަހާނުލެވެނީސް.” ފާލިހް ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.
“އެހެންތަ؟ ނުހާއާ މިއަދު ވާހަކަދެއްކިއިރުވެސް ތިކަހަލަ ވާހަކައެއް ނުބުނޭ.” އަޔާން ހާސްވިއެވެ. ނުހާއަށް ކަމެއްވީ ކަމަށް ހީކޮށެވެ.
“އޭ އަޔާން. ފަހުން ގުޅާނަން. މަލަކާ ހޮޑުލަނީ.” ފާލިހް އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ.
ފާލިހްގެ ވާހަކައިން އަޔާންގެ ހިތެއް ހަމައެއް ނުޖެހުނެވެ. ހަމަ ވަގުތުން ނުހާއަށް ގުޅަން ބޭނުންވިއެވެ. ޖީބުގައި އޮތް ފޯނު ނެގިތަނާ މާކިން އައިސް އަޔާން ކޮނޑުގައި ޖަހާލިއެވެ.
އަޔާން އެނބުރި ބަލާލިއެވެ. އޭރު މާކިން ހެވިފައި އަޔާންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އަޔާން ހައިރާންވީ މާކިންގެ އަތުގައި ހިފައިގެން ހުރި ކުޑަ ފިރިހެންކުއްޖާ ފެނިފައެވެ.
“މީ ކޮން ކުއްޖެއް؟” އަޔާންގެ ނަޒަރު އެކުއްޖާގެ މޫނަށް ހުއްޓާލައިގެން ހުރެ އަހާލިއެވެ.
“މައި ސަން ޒޫކަން.” މާކިން ޒޫކަންގެ ފަންއިސްތަށިކޮޅާއި ކުޅެލަމުން ހީލިއެވެ.
“މީ ހާދަ ލޯބި ކުއްޖެކޭ.” އަޔާން ޒޫކަން އުރާލިއެވެ.
“ކޮބާ މަންމި.” އަޔާން ކޮށްލި ސުވާލުން ތިން އަހަރުގެ ކުޑަކުޑަ ޒޫކަން އޭނާގެ ބައްޕައަށް ބަލާލިއެވެ. މާކިން އަށް ޖެހުނީ އިސްޖަހާލާށެވެ.
“މަންމި ނެތް. މަންމި ގެ ބޮޑު އައިނު އެކަނި އޮތީ.” ކުޑަކުޑަ ޒޫކަން ހިނިއައިސްފައި ހުރިއިރު އަޔާން ހުރީ ފެންކަޅިވެފައެވެ.
“ދަރިފުޅު ދޭބަލަ އެފެންގަނޑު ބަލާލަން. ފިޝް އުޅޭނެ.” މާކިން ބޭނުންވީ އެވަގުތު އެތަނުން ޒޫކަން ފޮނުވާލާށެވެ.
“ސޮރީ. ނޭނގުނީ.” އަޔާން ހުރީ އިންތިހާއަށް ދެރަވެފައެވެ.
“އަޔާންގެ މައްސަލައެއްނޫން. އެ ކެހިވެރި އަންހެން ކުއްޖާގެ މައްސަލައެއް.” މާކިން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ކައިރީގައި ހުރި ބެންޗްގައި އިށީނދެލިއެވެ. އަޔާންވެސް މާކިން އާ ޖެހިގެން އިށީނދެލިއެވެ. އަޔާން އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެކަމަކު މާކިންއަކީ މީގެ ކުޑަ ދުވަސް ކޮޅެއްކުރިން ދިމާވި މީހެކެވެ. އަމިއްލަ ވާހަކަ ވާހަކަ އަހަން ކެރޭނީވެސް ކިހިނެއް ހެއްޔެވެ؟
“މީ އެހުރިހާ ހަނދާންތަކެއް ވާތަނަކީ. އެއީ ހުވަފެނެއް ކަހަލަ އުފާތަކެއް. އެއުފާތަކެއް އަލަކުން ނުލިބޭނެ. ޒޫކަން އެއީ އެއުފާތަކުގެ ނިޝާން. ޒޫކަން ނެތްނަމަ އަހަރެންވެސް ނުހުންނާނެ.” މާކިންގެ ކުރެހިފައިވާ އަޑު އަޔާން އަހަމުން ގެންދިޔައީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. ސުވާލެއް ކޮށްލަން އަނގަ ހުޅުވާލިތަނާ ޒޫކަން މާދުރަށް ދިޔައީމަ މާކިން އޭނާގެ ފަހަތުން ދުއްވައިގަތެވެ.
އަޔާންގެ ސިކުނޑި ވަރުބަލިވި ކަހަލައެވެ. ހުރިހާ ކަމަކާ ބޯގޮއްވަންޏާ ވާނީވެސް އެހެންނެވެ. އަޔާން ނުހާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. ނުހާ އޮފީހުން އައިސް ނިދީކަމަށް ހީކޮށް ފަހުން ގުޅަން ފޯނު ނަގާ ޖީބަށް ކޮށްޕާލަމުން ހިނގައިގަތެވެ.
“ދެން އޮފީހަކަށް ނުދާނެ. ތިކަމަށް ހައްލެއް ހޯދައިފިން.” އާސިފް ނުހާއާއި ވާހަކަ ދައްކަން އޮތީ ނުހާގެ ކޮޓަރީގައެވެ.
“އެއީ. ދެން އަހަރެން އުޅެނީ ކިހިނެއް؟” ނުހާ އާސިފްގެ މޫނަށް ބަލާލިއެވެ.
“ހާސްނުވެބަލަ. މަބުނާ ގޮތް ހެދީމަ ރަނގަޅުވާނެ. ދެން މާ ގިނަ ވާހަކަ ނުދައްކާ ރެސްޓް ކޮށްލާ.” އާސިފް ނުހާގެ ބޮލުގައި ފިރުމާލިއެވެ. ނުހާ ދެލޯ މަރާލިއެވެ. ނިދާކަށްނޫނެވެ. އާސިފް އެއުޅެނީ ނުހާގެ އެބޯޝަން ހަދަންކަން ނުހާއަށް ޔަޤީނެވެ. ނުހާ އަޔާން އަށް ދޭނެ ޖަވާބަކަށްވެސް ވިސްނަން ޖެހެއެވެ. ދެން ހަދާނީ ކިހިނެއްބާއޭ ނުހާގެ ހިތަށް އަރަމުން ދިޔައެވެ.
ރަސްފަންނުގެ ހިތްގައިމު މާހައުލެވެ. މަލަކާއާއި މީތަން ހަވީރު ފިނީގައި ރަސްފަންނުގެ ދޮންވެލިގަނޑުމަތIގައި އިށީނދެލައިގެން ތިއްބެވެ. ފާލިހް ކައިރIގައި އާދޭސްކޮށްގެން މަލަކާ ބޭރަށް ނިކުތީ އަބަދު ގޭގައި އިންނަން ފޫހިވެގެންނެވެ. މަލަކާ ބޭނުންވާ ހިސާބަށް ކާރުގައި ގެންގޮސްދިނުމަށްފަހު ފާލިހް ދިޔައީ ނިމުނީމަ ގުޅަން ބުނެފައެވެ.
ދުވަހަކީ ހުކުރު ދުވަހަށް ވުމުން މުޅި ރަސްފަންނު ވަނީ މީހުންނުން ފުރިފައެވެ.
“މީތޫ. އަޔާންއަކީ ކަމެއްތަ؟” މަލަކާ ލާނެތް ފާޑަކަށް ހީލަމުން އަހާލިއެވެ. އަތުން ވެއްޔާއި ކުޅެ ކުޅެ އިން މީތަންވެސް ހީލިއެވެ.
“އެއީ ނުހާގެ ކަމެއްނު. ” މީތަން ދިނީ ކުރު ޖަވާބެކެވެ.
“ދެން ކޮން ފޮޓޯއެއްތަ އަޔާން އެގެންގުޅުނީ. މަށަށް ދެން ސިއްރު ނުކޮށްބަލަ.” މަލަކާ ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.
“އަޔާން އެބުނީނު އެފޮޓޯ ލިބުނު ގޮތް. އެހެން ނޫނަސް މަލަކާއަށްވެސް އެނގޭނެ އަހަރެންމީ ދެން މީހަކު ލޯބިވާ ވަރުގެ މީހެއްނޫނެއްނު. މިހާ ކަޓް ސްޓައިލް ކަމަކުނުދާނެ އެއްވެސް މީހަކަށް.” މީތަން ވެލި މުށެއް ނަގާ މޫދާއި ދިމާއަށް އެއްލިއެވެ.
“އެއްކަލަ މީތޫ. މީތޫ އަށް ރީތިވާން ނޭނގެނީނު. ނިކަން ތިބޮޑު އައިނުގަނޑު އެއްލާލާފަ ތި ސްޓައިލް ބަދަލު ކޮށްލަބަލަ. ވަކި މީތަން އަށްވުރެ ރީތި ކުއްޖެއް މި މާލޭގައި ނުހުންނާނެ.” މަލަކާގެ ވާހަކައިން މީތަން ހީނގަތެވެ.
“ހަމަ އަސްލުވާހަކައެކޭ. އަޅެ އެއްފަހަރު ވިސްނާލަބަލަ. ރަނގަޅު ސެލޫންއަކަށް ގޮސް ޗޭންޖެއް ގެނެސްބަލަ. މީތަން ގޮވައިގެން އަހަރެން ދިޔައީމުސް ޕްރެގް ނޫންނަމަ. ފާޑުފާޑު ކެމިކަލްސް ޔޫސް ކުރާތަންތަނަކަށް ދިޔުން މިހާރު ސޭފް ނުވާނެއެއްނު.” މަލަކާ އަދިވެސް މަސައްކަތް ކުރަމުން އެދަނީ މީތަން އަށް ވިސްނާދެވޭތޯއެވެ.
“ކޮބާތަ އަޔާން. ނުހާވެސް އޮފީހުން ކެނޑިއްޖެދޯ.” މީތަން ހީކުރީ މަލަކާއަށްވެސް ފާލިހްގެ ފަރާތުން އޮންނާނީ އެނގިފައި ކަމަށެވެ.
“އޭން. އޮފީހުން ކެނޑުނީއޭ. އެ ކީއްވެ؟ ފާލިހް ތިކަހަލަ ވާހަކައެއް ނުވެސް ދައްކާ. އަޔާން ވެސް ނުބުނޭ. ދޭތެރެއަކުން ގުޅާނެ ފާލިހްއަށްވެސް.” މަލަކާ ހުރީ ހައިރާންވެފައެވެ.
“އެހެންތަ؟ ކުރީ ދުވަހު މީޓިންގަ އާސިފް ބުނީ ނުހާ އޮފީހުން ކެނޑުނު ވާހަކަ. އިތުރު ތަފްސީލެއް ނުދޭ. އަޔާން އަންނަނީ ކޮންއިރަކުންތަ؟” މީތަން މާވަރަކަށް އަޔާންގެ ވާހަކަ އަހާތީ މަލަކާ ގާތަށް ހިނިއައެވެ.
“މީތޫ އަށް ހެވެއްނު އަޔާން ނަޔަސް. ހެހެހެ..އަސްލު ނޭނގެ. މިހާރު ދެމަސް ވާން ކައިރިވަނީދޯ. ހުރޭ ދެން ގުޅާ ފަހަރަކުން އަހާލާނަން.. ހީވަނީ އަންނަން އުޅޭނެ ހެން މިހާރު. މީތޫ އެޑްކޮށްލަބަލަ އަޔާން ފޭސްބުކްއަށް ތިހާ މިސް ވަންޏާ.” މަލާމާތުގެ ވައްތަރަކަށް ހީލަމުން މަލަކާ މީތަންގެ އަތުގައި ހިފާ ދަމާލިއެވެ.
“މަށެއް ނޫޅެން.” ފޫހި ވައްތަރެއް އަނގަޔަށް ޖައްސާލަމުން މީތަން ބޯހޫރާލިއެވެ.
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާހުރި އަޔާން ހުރީ ދާހިއްލާ ފޯވެފައެވެ. އޭސީވެސް ފަންކާވެސް ޖަހަން އޭނާ ހަނދާންނެތް ކަހަލައެވެ. ކޮންމެ ދުވަހަކު ދެތިން ފަހަރު ބައްޕަ އާއި ވާހަކަ ދައްކާއިރުވެސް ނުހާގެ ވާހަކަ އަހާކަށް އަޔާން އަކަށް ނުކެރެއެވެ. ނުހާގެ އެއްވެސް ވާހަކައެއް އަދި ޚަބަރެއް ފާލިހްއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ނުހާ އޮފީހުން ކެނޑުނު ކަމެވެ. ނުހާގެ ފޯނުވެސް އޮންނަނީ ނިއްވާލާފައެވެ. ހަފްތާއެއް ވީއިރުވެސް ނުހާގެ އެއްވެސް ޚަބަރެއް އަޔާންއަކަށް ނުލިބުނެވެ. ވިސްނާ ވިސްނާ އަޔާންގެ ސިކުނޑި ސުމަކަށް ގޮސްފިއެވެ. ދެލޮލަށް ބޮނޑި ވަމުން ދިޔަ ކަރުނަތައް އެއްވެސް ހުރަހެއްނެތި އަޔާންގެ ދިގުވެފައިވާ ތުބުޅި ތެތްމަމުން ދިޔައެވެ. ރަނގަޅަށް ނުކައި އުޅުމުގެ ސަބަބުން އަޔާންގެ ހަށިގަނޑުގައި އެއްވެސް ބާރެއްނެތެވެ. ހިތަށް ލިބެމުންދިޔަ ވޭންތަކާއެކު އަޔާން އެނދު މައްޗަށް ވެއްޓިގަތެވެ. އަދި ފޯނު ނަގާ ނުހާގެ ފޮޓޯއަށް ބަލާލިއެވެ. އަޔާންގެ ފޯނުގެ ހޯމް ސްކްރީނަށް ލާފައި އިންނަނީ އެންމެ ފަހުން ނުހާ އާއި އަޔާން އާ ދިމާވި ރޭގައި ނަގާފައި އިން ފޮޓޯއެކެވެ. އެފޮޓޯއަށް ބެލުމުން އަޔާންއަށް އަދި ވަކިން އުނދަގޫވާން ފެށިއެވެ. ފޯނު ބަންޑުން ޖަހާލަމުން މޫނުމަތީގައި ބާލީސް އަޅާ ބާރުކޮށްލީވެސް އެހެންވެގެންނެވެ.
“މިއައީ އެ އެޕާޓްމަންޓްވެސް ބަލާފައި. ތަޅުލާފައި ހުރީ. ޖެހިގެން ހުރި އެޕާޓްމަންޓްގައި އުޅޭ ކުއްޖެއްކައިރިން އަހާލީމަ ބުނި ހަފްތާއެއް ކުރިން ދެކުނީމޯ ފޮއްޓެއް ހިފައިގެން ދަނިކޮށް. ހީވަނީ ތަނަކަށް ދާން ފުރަން ދިޔަ ހެންނޭ.” ފާލިހް އަޔާން އާ ވާހަކަ ދައްކަން އިނީ އޮފީހުގައެވެ. އަޔާންގެ ހާލާއި މެދު ފާލިހްވެސް ދެރަވެއެވެ. ނުހާގެ ޚަބަރެއް ވޭތޯ އޭނައަށްވެސް ވެވުނު މަސައްކަތެއް އެބަކޮށްދެއެވެ. އަޔާންގެ ހިތަށް އިތުރު މާޔޫސްކަން ލިބޭ ޚަބަރެއް ދިނުމަށްފަހު ފާލިހް ފޯނު ބޭއްވީ ކަރު އެލުވާލައިގެން ހުރެއެވެ. އަނެއްކާވެސް ފޯނުގެ ރިންގްގެ އަޑަށް ފާލިހް ފޯނު ނެގިއެވެ. ގުޅަނީ އާސިފްއެވެ.
“ބަލާލަ ދީބަލަ ނުހާގެ އެއްވެސް އެއްޗެއް ވަތްގަނޑުގަ އޮތްތޯ. އޮތިއްޔާ ލެޓް މީ ނޯ.” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އާސިފް ބުނަން ބޭނުން އެއްޗެއް ބުނެފައި ފޯނު ކަނޑާލިއެވެ.
ފާލިހް އަވަސް އަވަހަށް އާސިފްގެ ކެބިންއަށްވަދެ ނުހާގެ މޭޒު ކައިރީގައި ހުރި ވަތްގަނޑު ދަމާލިއެވެ. ބައިވަރު ކަރުދާސްތަކުން ފުރިފައި އޮތް ވަތްގަނޑުގެ އެތެރެ ފެނިފައި ފާލިހްއަށް ބޯ ހޫރާލެވުނެވެ. ފާލިހް އެކި ގަނޑުތައް ވަކިވަކިން އުކަމުންދިޔައެވެ.
ކުއްލިއަކަށް ފާލިހްގެ ލޮލުގައި އަޅައިގަތީ ބޮޑިކޮށްލާފައި އޮތް ކަރުދާސްގަޑެކެވެ. އަވަސް އަވަހަށް އެކަރުދާސް ގަނޑު ފާލިހް ނިއުޅުވާލިއެވެ. އެއީ ފޯނު ނަމްބަރެކެވެ. މެލޭޝިޔާގެ ފޯނު ނަމްބަރެއްކަން ފާލިހްއަށް އެނގުނީ ޖަހާފައި އިން ކަންޓްރީ ކޯޑުންނެވެ. އަވަސް އަވަހަށް އެކަރުދާސްކޮޅު ފަތްޖަހާފައި އަޔާން ޖީބަށް ލިއެވެ. އަދި އަނެއްކާވެސް އެވަތްގަނޑު ހާވަން ފެށިއެވެ. އިތުރު އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން ހުރީ އޮފީހުގެ ބައެއް ލިޔެކިޔުންތަކެވެ. ފާލިހް އާސިފްގެ ނަމްބަރަށް ގުޅާލާފައި އެއްވެސް އެއްޗެއް ނެތްވާހަކަ ބުނެލިއެވެ. އަދި އަވަސް އަވަހަށް އަޔާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ދެތިން ފަހަރު ގުޅި އިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ.
ވެލާނާ އިންޓރ ނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޖެއްސުމާއެކު އެންމެންގެ މަރުވެފައިވާ ހިތްތައް ދިރުނު ކަހަލައެވެ. އަވަސް އަވަހަށް ފްލައިޓުން ފޭބުމަށް އެންމެން އަވަސް ވެގަތް އިރު އަޔާން އަދިވެސް އިނީއެވެ. މީހާ ހުރީ މުޅިން ސިފަ ގެއްލިފައެވެ. ދިގުވެފައިވާ ތުބުޅީގެ އިސްތަށިތަކާއެކު އަޔާން ހީވަނީ މުސްކުޅިއެއްހެންނެވެ. މަތިމަހުގެ އިސްތަށިތަކުން މުޅި ތުންފަތްވެސް ވަނީ ފޮރުވިފައެވެ. އަޔާންގެ އެއޮތް ރީތި ފަން އިސްތަށިކޮޅުވެސް ވަނީ ތަރުތީބެއް ނެތް ގޮތަކަށް ހޭވިފައެވެ. ކުއްލިއަކަށް މީހެއްގެ އަތުން އަޔާންގެ ބޮލުގައި ޖެހުމާއެކު އަޔާންއަށް ހޭވެރިކަން ވިކަހަލައެވެ. އަޔާންވެސް އަވަހަށް ފްލައިޓުން ފޭބުމަށްޓަކާ ތެދުވިއެވެ.
މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު އަޔާންއަށް މަރުޙަބާ ކިޔާލީ ބޯ ވިއްސާރަގަނޑެކެވެ. ނަސީބަކުން ނިކަން އަވަހަށް ކާރެއްވެސް ލިބުނެވެ. ދާންވީ އެޑްރެސް ބުނުމަށްފަހު އަޔާން ހަމަޖެހިލިއެވެ. ކާރުގައި އިށީނދެ އިން އިރުވެސް ވާރޭގެ ފެނުން ފުސްވެފައިވާ ބިއްލޫރިގަނޑުން އަޔާން ބޭރު ބަލަމުން އެދަނީ ނުހާ ފެނޭތޯ އެވެ. އަޔާން ގެ ހިތް ބުނަނީ ނުހާއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމަށެވެ. ނުހާ އުޅޭ ހާލެއް ނޭނގޭހާ ހިނދަކު އަޔާންގެ ހިތަށް ހަމަޖެހުމެއްނެތް ކަހަލައެވެ.
އަޔާން މެންގެ ގެއަށް ޓެކްސީ މަޑުކޮށްލުމާއެކު ކާރުން ފޭބިއެވެ. އަޔާން ދޮރުގައި އަތް ޖައްސާލިތަނާ ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލިއެވެ. އިސްއުފުލާ ލާފައި އަޔާން ބަލާލީ ނޭފަތުގައި ޖެހުނު ދަންނަ ވަހަކުންނެވެ. ލަކޯސްޓޭގެ އަންހެން ސެންޓްގެ ވަސް ދުވަހަކުވެސް އަޔާންގެ ހިތުން ނުފިލާނެއެވެ. އަޔާންގެ މުޅި ހިއްސުތަކަށް އެވަހުގެ އަސަރުވަނީ ކޮށްފައެވެ.
“ނުހާ.” އަޔާންގެ ކުރިމަތީގައި ހުރި ނުހާ ހުރީ އިސްޖަހައިގެންނެވެ. ކުށްވެރިއެއް ފަދައިން ނުހާ އިސްޖަހައިގެން ހުންނަންވީ ކީއްވެ ހެއްޔެވެ؟ ޔަޤީނެވެ. ނުހާ އަހަރެން ތަޅުވަނީއެވެ. އަޔާންގެ ސިކުނޑި އަޔާންއަށް އެކިގޮތްގޮތައް ވިސްނައިދެމުން ދިޔައިރު އަޔާންގެ ނަޒަރު ސީދާ ވެފައިވަނީ ނުހާގެ އިސްޖެހިފައިވާ މޫނަށެވެ.
“ނުހާ އަ-”
“ނުހާ އިޒް މައި ވައިފް. ދަރިފުޅުގެ މަންމަގެ ގޮތުގައި އެހުރީ.” އަޔާންގެ ވާހަކަ މެދުކަނޑާލީ އާސިފްއެވެ. އަޔާންގެ ފައިދަށުން ބިން ގަނޑު ދެމިގަތް ކަހަލައެވެ. މުޅި ދުނިޔެ ވަށައިގެން އެނބުރެންފެށި ކަހަލައެވެ. ކޮންފަދަ ކެހިވެރި ދުނިޔެއެއް ހެއްޔެވެ؟ އަނގުރުކޮޅެއް ފަދައިން ރަތް ވެފައިވާ އަޔާންގެ ދެލޯ ނުހާއަށް ދިމާއަށް އަޅަމުން އަޔާން މުށް ކަވާލިއެވެ. މިއަދު ނުހާގެ ގޮތްކުޑަ މަކަރުވެރިކަން މުޅި ދުނިޔެއަށް އޭނާ ބޭޒާރު ކޮށްލާނެއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (11)
މިއަދު ނުހާގެ ރީތި ކަމުގެ އެއްވެސް އަގެއް އަޔާންގެ ކުރިމަތީގައި ނެތް ކަހަލައެވެ. ނަފްރަތުން ފުރިގެންވާ ބެލުމަކުން ބަލަން ހުރެ އަޔާން ކުރިއަށް ޖެހިލީ ނުހާގެ ކަންފަތްމަތީގައި ނިކަން ލޯބިން ފިރުމާލުމުގެ ނިޔަތުގައެވެ.
“ސޮރީ ދަރިފުޅު. މިހާ ދުވަސްވީމަ ބައްޕައަށް ނުކެރުނީ ދަރިފުޅު ކައިރީގައި ބުނަން. މީ ދެން ސިއްރެއް. ބައްޕަ އުއްމީދު ކުރަން ދަރިފުޅު މިކަން ސިއްރު ކޮށްދޭނެ ކަމަށް.”
މާކުރިން އަޔާން ކައިރީގައި ވާހަކަ ދައްކަންޖެހޭ ގޮތް އާސިފް ރާވައިފައިވާ ކަހަލައެވެ. އާސިފްގެ ވާހަކަ އަޑުއަހަން އަޔާން ހުރީ ކެތްތެރިކަމާއެކުގައެވެ. ކުރިއަށް ދާން އެޅި ފިޔަވަޅުވެސް ހުއްޓާލައިގެން އަޔާން ހުރިއިރު އޭނާގެ ހިތުގައި އެތައް ވޭނެއް އަޅަމުންދެއެވެ.
“ދަރިފުޅު ބައްޕައަށް ހިތްބުރަ ނުކުރައްޗޭ. ނުހާއަކީ އަޅާލާނެ އެއްވެސް މީހެއް ހުރި ކުއްޖެއްނޫން. އަދި ނުހާ ބައްޕައަށް ވަރަށް ރަނގަޅު.”
އާސިފް ނުހާގެ ކޮނޑުގައި ހިފައި އޭނަގެ ގަޔާއި ކައިރިކޮށްލިއެވެ. އަޔާންއަށް ދެލޯ މަރާލެވުނީ އެމަންޒަރު ބަލާނެހާ ހިތްވަރު ނެތީމައެވެ. ނުހާ އޭނައަށް އެދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟ ދެއްކީ ކޮންކަހަލަ ކުލައެއް ނެތް ހުވަފެންތަކެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަޔާންގެ ހިތަށް އަރާ ފައިބަމުންދާ ސުވާލުތަކުގެ ޖަވާބު ނުހާގެ އިސްޖެހިފައިވާ މޫނުން ހަމަ ރަނގަޅަށްވެސް އަޔާންއަށް ފެނެއެވެ. ނުހާއަކީ މަކަރުވެރިއެކެވެ. ބޮޑު ބޭވަފާތެރިއެކެވެ. އަޔާން ނުހާގެ ކުރިމަތީގައި ދެރަވެ ކަރު އެލޭކަށް ބޭނުމެއްނުވިއެވެ.
“ކޮންގްރާ ޑޭޑް. އައި އޭމް ސޯ ހެޕީ ފޯ ޔޫ. ޑޭޑް އަށް ނުހާއަށްވުރެ ވަކި ރަނގަޅު ކުއްޖެއް ނުލިބޭނެ.” އަޔާންގެ އަޑުގައިވާ މަލާމާތް އާސިފްއަށް ނޭނގުނަސް ނުހާއަށް ހަމަ ރަނގަޅަށްވެސް ނަގައިގަނެވުނެވެ. އަޔާންގެ ވާހަކައިން އާސިފް ހިތް ހަމަޖެހުނު ކަމުގައި ވިޔަސް ނުހާ ވީ ހައިރާނެވެ.
“ވެލްކަމް ޓު ދަ ފެމެލީ ނުހާ. އައި މީން މޯމް.” އަޔާން ނުހާއަށް ބަލާފައި ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނުހާވެސް ހީލިއެވެ.
“ޑޭޑް. ނުހާ މަށަށްވުރެ ކުޑަ ވިޔަސް ވާނީ މައި މޯމްއަށް ދޯ.” އަޔާން ބޭނުންވީ ހަމަރަނގަޅަށްވެސް ނުހާ ދަށްކޮށްލާށެވެ. މިއަދުގެ މިވަގުތާއި ހަމައަށް އަޔާން ނުހާ ދެކެ ދީވާނާ އެއް ފަދައިން ލޯބިވީ ނަމަވެސް އެލޯބި ވަނީ ނަފްރަތަށް ބަދަލުވެފައެވެ. މީހުން ބުނަނީ ތެދެކެވެ. މީހެއް ދެކެ ކިތަންމެ ލޯބި ވިޔަސް ހަމަ ފަޅި ސިކުންތެއް ތެރޭގައި އެލޯބި ނަފްރަތަށް ބަދަލުވެދާނެއެވެ. ހިތާއި ގުޅިފައިވާ ކަންތައްތައް ބަދަލުވެގެންދާނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.
ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އަޔާން އެނދު މައްޗަށް ދަބަސް ނަގާ އެއްލާލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަޔާން ދެލޯ މަރާލީ ހިތަށް ލިބެމުންދިޔަ ވޭންތަކަށް ކެތް ނުކުރެވިގެންނެވެ. ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އެކަމަށް ހެކިދެއެވެ.
“ކީއްވެ؟ ނުހާ ކީއްވެ؟” މިއަދު އަޔާންގެ އަޑުއަހާނެ އެއްވެސް މީހެއްނެތެވެ. ނުހާ އަޔާން އަށް އެފަދަ ބޮޑު ކެއްސެއް ދީފާނެ ކަމަށް އަޔާން ހީވެސް ނުކުރެއެވެ. އަދި ނުހާ މުޅި އުމުރަށް އަޔާން އެވޭނުގައި އުޅެން ބޭނުންވާ ކަހަލައެވެ. އެއީ ނުހާ ދެން އުޅޭނީ އަޔާންގެ ކުރިމަތީގައެވެ. ނުހާ ފެންނަ ކޮންމެ ފަހަރަކު އަޔާންއަށް އެހަނދާންތަކާއި ދުރަށް ނުދެވޭނެކަން ޔަޤީނެވެ.
އަތުގެ ނުފުށުން ދެލޯ ފޮހެލަމުން އަޔާން އެނދުގައި އޮށޯވެލިއެވެ. މޫނުމަތީގައި ބާލީސް އަޅަމުން އަޔާން ދެލޯ މަރާލީ ދެން ދުވަހަކުވެސް ދެލޯ ހުޅުވަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ ހުރި ނުހާ ހުރީ ދާހިތްލާ ފޯވެފައެވެ. ކޮޓަރީގެ އޭސީ އެންމެ ފުލް ކޮށްފައި ހުރިއިރުވެސް އޭގެ އަސަރެއް އޭނާގެ ހަށިގަނޑަށް ނުކުރާ ކަހަލައެވެ.
“ހާދަ ހާސްވެފަ މެޑަމް.” ނީތާ ޖޫސްތައްޓެއް ހިފައިގެން އައިސް ނުހާއަށް ދިއްކޮށްލިއެވެ.
“އާން…ނޫން..” ނުހާ ހިނިތުންވެލަން މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.
“ދެން ނީތާ ދޭ. އަހަރެން ބޭނުމީ ރެސްޓްކޮށްލަން.” ނުހާ ނީތާ އަތުން ޖޫސްތަށި އަތުލަމުން އެނދުގައި އިށީނެވެ. މިވަގުތު އެއްވެސް މީހެއް އެތާގައި ހުންނަން އޭނާ ބޭނުންނުވަނީއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެެއަށް އަލްވަދާއު ކިޔުމުން އަނދިރިކަން ދުނިޔެއަށް ވެރިވެގަތެވެ. އެ އަނދިރިކަމުން ސަލާމަތްވުމަށް އެންމެން އަވަސް ވެގަތް އިރު އަޔާންއަށް އެއްވެސް ހޭވެރިކަމެއް ނެތްކަހަލައެވެ. ނީތާވެސް އެތައް ފަހަރަކު ދޮރުގައި ޖަހައިފިއެވެ. އެކަމަކު އަޔާންއަށް ރޭކާވެސް ނުލައެވެ. ދެލޯ ހުޅުވަން ވެސް އަޔާން ބޭނުންނުވާ ކަހަލައެވެ.
އަޔާން ދެލޯ މަރައިގެން އޮތަަސް އޭނާ އެއޮތީ ނިދާފައެއްނޫނެވެ. ދެލޯ ހުޅުވަން ބޭނުން ނުވެފައެވެ. ސިކުނޑިވެސް ވަނީ މަސައްކަތް ކުރުން ހުއްޓާލާފަ ކަހަލައެވެ.
ކުއްލިއަކަށް އަޔާން ތެދުވިއެވެ. އެއްވެސް ހާލެއްގައި އެހާ ފިނޑިވާކަށް އޭނާ ބޭނުމެއްނޫނެވެ. އެއްވެސް މީހަކަށް ދެރައެއް އަޔާން ނުދެއެވެ. ވީއިރު އަޔާން ދެރަވާންވީ ކީއްވެ ހެއްޔެވެ؟ އަޔާން މޫނުގައި ދެއަތް މަޑުމަޑުން ހާކާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ލޯގަނޑުގެ ކުރި މައްޗަށް ހުއްޓުނެވެ. ސިފަގެއްލިފައިވާ އޭނާގެ މޫނަށް އަޔާން ބަލަހައްޓައިގެން ހުރިއިރު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ދުވަހަކުވެސް އަޔާން އެހާ މުޑުދާރު ސިފައެއްގައި ހުއްޓައި އެކަކަށްވެސް ނުފެންނާނެއެވެ. އަޔާން ހިތުގައި އަޒުމް ކަނޑައެޅިއެވެ. ނުހާއަށްޓަކާ ދެން އެންމެ ކަރުނަ ތިއްކެއްވެސް އޭނާގެ ލޮލަކުން އޮހޮރުނަ ނުދޭނަމެވެ. ބޭވަފާތެރިއަކަށްޓަކާ ދިރިއުޅުމުގެ އެންމެ ދުވަހެއްވެސް އޭނާ ބޭކާރުކޮށެއް ނުލާނަމެވެ. ނުހާއަކީ އަޔާންގެ ބަލިފަޔަކަށް ހަމަ ހިލާ ވިޔަކަ ނުދޭނަމެވެ.
އަޔާން ފޮށި ހުޅުވާލާފައި ތުވާލި ނެގިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ފާހާނާއަށް ދިމާއަށް މިސްރާބު ޖެހިއެވެ.
މަލަކާއަށް ހޭހަން ކުރުމުގައި އަވަދިނެތި އުޅުނު ފާލިހް އިރުއިރުކޮޅާއި އަޔާންގެ ނަމްބަރަށް ގުޅާލައެވެ. އަޔާން އޮންލައިން ވޭތޯ ވެސް އިރުއިރުކޮޅާއި ބަލާލައެވެ.
“ފާލިހޫ. އިރުއިރުކޮޅާއި ފޯނަށް ތިބަލަނީ މާ ޚާއްސަ މީހަކު ގުޅަނީތަ؟” މަލަކާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ފާލިހްގެ ހުރިހާ ސަމާލުކަމެއް އޭނައަށް ނުދީ ފޯނާއިވެގެން އުޅޭތީއެވެ.
“ނޫނެކޭ. މިއުޅެނީ އަޔާންގެ ޚަބަރެއް ނުވެގެންނު. ފޯނަކަށް ގުޅެނީ އެއްނޫން. ނުހާގެ ޚަބަރެއް ނުވެގެން އޭނަ ގޯހެއް ހަދާފާނެތީ ހައްތަހާވެސް.” ފާލިހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކިހިނެއްވެގެންތަ ނުހާ އޮފީހުން ކެނޑުނީ. ފާލިހް ނުވެސް ބުނަމެއްނު މަގޭ ކައިރީގައެއް އެއްވެސް ވާހަކައެއް.” ކުއްލިއަކަށް މަލަކާ ހަނދާންވީ ކުރީ ދުވަހު މީތަންއާ ދިމާވެގެން ދެއްކި ވާހަކައެވެ.
“އަޅެ އަޖައިބެއްނު. މަށަށް ވެސް އެއްވެސް އެއްޗެއް ނޭނގިގެން ދޯ މިއުޅެނީ. ނުހާ ވީ ތަނެއްވެސް އެނގެނީ އެއް ނޫން.” ފާލިހް ނުރުހިފައި ވާހަކަ ދެއްކުމުން މަލަކާ ހިތުގައި ޖެހުނެވެ. ފާލިހްއަށް މަލަކާގެ އޮފް ވެފައިވާ މޫނު ފެނުމުން ދެފަރާާތަކަށް ބޯ ހޫރާާލިއެވެ.
“ބޭބީ. އަސްލު ވަރަށް ޓެންޝަންގަ މިހުރީ. މިގަޑީގައި އެއްވެސް ސުވާލެއް ނުކޮށްފާނަންތަ؟ އަޔާންގެ ޚަބަރެއްވިތޯ އާސިފްއަށް ގުޅާލަން މިހިތަށް އަރަނީ. ހާދަ އެބަ ވިސްނެޔޭ އަޔާން އާ ދޭތެރޭގަ.”
“މަށާ ދޭތެރޭ ވިސްނީމަ މިހުރީ އައިސް.” އަޔާންގެ އަޑަށް މަލަކާއާއި ފާލިހްއަށް ބަލާލެވުނީ އެއްފަހަރާއެވެ. ފާލިހްއަށް ލިބުނު ޝޮކުގައި އޭނަ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. އަޔާން އައިސް ފާލިހްގެ ގައިގައި ބައްދާލުމުން ފާލިހްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މަލަކާވެސް ހުރީ އުފަލުންނެވެ. އޭނާގެ ފިރިމީހާ ފިކުރު ބޮޑުވެފައި ހުންނަތަން ބަލަން މަލަކާއަށްވެސް އުނދަގޫވެއެވެ. “ނުހާ އާ ދިމާވެއްޖެތަ؟” ފާލިހްއަށް ފުރަތަމަވެސް އަހާލެވުނީ ނުހާގެ ވާހަކައެވެ.
“ހޫމް.” ނުހާގެ ނަން އިވިފައި އަޔާންގެ ހިތް ތެޅިލިއެވެ. ކިތަންމެ ވަރަކަށް ހިތްގަދަ ކޮށްގެން ހުއްޓަސް ހިތާއި ހަނގުރާމަ ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އަޔާން އަށް ވިސްނުނެވެ.
“ކޮންތާކުން؟ ކިހިނެއްވީތަ ނުހާއަށް.” މަލަކާއަށް އަނގަ މަޑުންލައިގެނެއް ނުހުރެވުނެވެ. ފާލިހްވެސް އަޔާންއާއި ދިމާއަށް ބަލަން ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
“ނުހާ އެބައުޅޭ އަހަރެމެން ގޭގައި.” ޝީ އިޒް މައި ސްޓެޕް މަމް.” އަޔާންގެ ދެލޯ މަރާ ބާރުކޮށްލިއިރު އެދެލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.
“ވަޓް؟ ކީކޭ؟” ކަންފަތަށް އިވުނު ހަޤީޤަތް މަލަކާ އާއި ފާލިހްއަށް ޤަބޫލުކުރަން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަނގަ ހުޅުވައިގެން މަލަކާ އާއި ފާލިހް އަށް ތިބެވުނީއެވެ.
“ނުހާ ޗީޓެޑް މީ. އެވެސް ވިތު މައި ޑޭޑް.” އަޔާން ފާލިހްގެ ގައިގައި އޮޅުލައިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ. ފާލިހް ފެންކަޅިވެފައި ހުރެގެން އަޔާންއަށް ހިތްވަރުދެމުން ދިޔައިރު ނުހާއަށްޓަކައި ނަފްރަތުގެ ހުޅުގަނޑު ރޯވެ އަނދަންފެށިއެވެ.
“ހިނގާ ނުހާގެ ހަޤީޤަތް ފަޅާ އަރުވާލަން.” ފާލިހް އަޑަށް ބާރުލާފައި ބުނެލިއިރު މަލަކާާވެސް އެކަމަށް ތާއީދުކުރިއެވެ.
“ނޯ..ނޯ..ލެޓް ދެމް ބީ ހެޕީ. މަށަށް އޯކޭ. ބޭނުމެއްނެތް ނުހާގެ ލެވެލް އަށް ވެއްޓޭކަށް.” އަޔާން ދެއަތުން މޫނު ފޮހެލިއެވެ. ފާލިހް ގޮތެއް ދުލެއް ނުކުރިއެވެ. އެކަމަކު އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށް އެތަކެއް ވާހަކައެއް ދެއްކުމުން ފާލިހް ހިމޭންވިއެވެ.
“އޯކޭ. އަޔާ ހުންނަންވާނީ ދެން މިގޭގައި.” ފާލިހް އަޔާންއަށް ކޮށްލީ ޝަރުތެކެވެ.
“އޭރުންނޯ. މަ އޯކޭ އޭ. ނުހާއާއި ފޭސް ކުރަން ޖެހިލުމެއްވެސް ނުވޭ. މިހާރު އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. ތިމީހުން ތި ތިބީނު މަށަށް ސަޕޯޓް ދޭން.” އަޔާން ފާލިހް އަށް ހައިފައިވް ޖަހާލަން އަތް ދިއްކޮށްލިއެވެ. ފާލިހް ބޯ ޖަހާލި ނަމަވެސް އަޔާންގެ ދެލޮލުން ފެންނަމުންދާ ވޭނާއި ކެކުޅުން އޭނައަށް އިހްސާސްކުރެވެއެވެ. އެކަމަކު މިދަނޑިވަޅުގައި ފާލިހް ބޭނުންވީ އަޔާންއަށް ހިތްވަރުދޭށެވެ.
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. މުޅި ދުނިޔެ ނިދާފައިވާ ކަހަލައެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ނިދާފައި އޮތް އާސިފްއަށް ބަލާލަމުން ނުހާ އެނދުން ތެދުވިއެވެ. ލައިފައިވާ ތުނި ނިދާ ހެދުމުން ގައިގެ ވަނާތައް ފާޅުވަމުން ދާއިރުވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ ނުހާ ކޮޓަރިން ބޭރަށް ނިކުތެވެ. ސިޓިންރޫމް ސޯފާގައި ފޯނާއި ކުޅެން އިން އަޔާން ނުހާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.
އަޔާން މިހާރު ފެންނަން އެހެރީ ކުރިން ހުރި ގޮތަށް ނޫންކަން ފުރަތަމަވެސް ނުހާއަށް ފާހަގަވިއެވެ. ދިގުވެ ތަރުތީބު އޮޅިފައިވާ ތުބުޅި ވަނީ ތުނި ކޮށް އެއްވަރު ކޮށްފައެވެ. އަޔާންގެ ދިގު ވެފައިވާ ފަން އިސްތަށިކޮޅުވެސް ވަނީ ރީތި ސްޓައިލަކަށް ކޮށާލާފައެވެ. އަޔާންގެ ރީތިކަން ހިތަށް އެރުމާއެކު ނުހާއަށް ހިންދިރުވާލެވުނެވެ. ނުހާ ބޭނުންވީ އަޔާންއާ ވާހަކަ ދައްކާށެވެ. ކުރިއަށް ދެފިޔަވަޅު އެޅިތަނާއި ބޮޑު ދެއަތް ނުހާގެ އުނަގަނޑު ވަށާލިއެވެ. ކުޑަކޮށް ސިހުނު ނަމަވެސް އެއީ އާސިފްކަން ނުހާއަށް އެނގުނެވެ.
“ކީއްތިކުރަނީ މިގަޑީގަ މިތާގައި.” އާސިފް ނުހާގެ ދޮން ކޮނޑުގައި ވަސްބަލާލިއެވެ.
“ފެން ބޯންވެގެން.” އާސިފްގެ އެހަރަކާތުން ނުހާއަށް ވީ އުނދަގުލެވެ. ވަރަށް ނޫން ގޮތަކަށް އާސިފްއާއި ނުހާ ދުރަށް ޖެހިލީވެސް އެހެންވެގެންނެވެ. އާސިފްއަށް އެކަން އެހާބޮޑަށް ފާހަގަ ނުވީ ސޯފާގައި އިން އަޔާން ފެނުނީމަ ކަންނޭނގެއެވެ.
“އަޔާންވެސް އެބަ އިނެއްނު. ސޯ ތިގޮތަށް ހުރެ ނިކުތުން އެހާ ރަނގަޅެއް ނުވާނެ. ދޭ ރޫމްއަށް. އަހަރެން ފެން ގެނެސް ދޭނަން.” އާސިފް އަޔާންއާ ދިމާއަށް ހިނގައިގަތެވެ. ލިބުނު މާޔޫސްކަމުގައި ނުހާ އެނބުރި އައިކޮޅަށް ހިނގައިގަތީ އާސިފްއަށް ކުދި ކިޔަމުންނެވެ. ނުހާ އަޔާން އާއި ވާހަކަ ދައްކަން ބޭނުމެވެ. އިތުރު ދޮގުތަކެއް ހަދައިގެން ނަމަވެސް އަޔާންގެ ހިތުން ނުހާ އަށް ކުރާ ނަފްރަތު ހުއްޓުވަން ނުހާ ބޭނުންވެއެވެ.
“ދަރިފުޅު ނުނިދަނީތަ؟” އާސިފް އަޔާންގެ ކައިރީގައި އިށީންނުމުން އަޔާން ސިހުނެވެ.
“މިއަދު ނިދުނީމަ ނިދިނައިސްގެން މިއުޅެނީ.” އަޔާން ވާހަކަ ދެއްކީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެން އިނދެ އެވެ.
“މާދަން އޮފީހަށް ނިކުންނާނަންތަ؟ ވަރަށް ބިޒީ ދުވަސްކޮޅެއް. ” އެއީ އާސިފްގެ އާދައެވެ. އަޔާން މާލެ އަންނަ އިރަށް އަބަދުވެސް އާސިފް އާއި އެކީ އަޔާން އޮފީހަށް ނިކުންނަން އޭނާ ބޭނުންވެއެވެ.
“އޮފީހުގެ ހުރިހާ ކަމަކާއި އަޔާން ހަވާލުވާނަން މާދަމާއިން ފެށިގެން. ޑޭޑް އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއްނު އެއީ.” އަޔާން ހިނިތުންވެލިއެވެ. ވީ އުފަލުން އާސިފް އަޔާންގެ އަތުގައި ހިފައި ފިރުމާލިއެވެ. އަޔާންގެ ގައިގައި އެތައް ފަހަރަކު ފިރުމުމަށްފަހު އާސިފް އެނބުރި ކޮޓަރިއަށް ދިޔައެވެ.
“ހާދަ ލަސްވީ.” ނުހާ ހުރީ އާސިފް ކޮޓަރިއަށް އައިސް ނުވަދެގެން ކަހަލައެވެ. އޭނާ ބޭނުންވީ އަޔާންގެ ވާހަކައެއް އަޑުއަހާށެވެ. ކަންވީ ވެސް އެހެންނެވެ. އަޔާން އެއްކޮށް އޮފީސް ހިންގުމާއި ހަވާލުވީ ކަން އާސިފްގެ ފަރާތުން ނުހާ އަށް އެނގުނެވެ. ނިއްކުރި މައްޗަށް އަރުވާލި ރޫތަކާއެކު ނުހާ ފުންވިސްނުމަކަށް ގެބުނު ކަހަލައެވެ. ނުހާ ކަންތައް ކުރި ގޮތުން އަޔާން އެއްވެސް ވަރަކަށް ދެރަވާ ހެން ނުހާއަށް ހީނުވަނީއެވެ. ނުހާ ހީކުރީ އަޔާން ނުހާއަށް ވަރަށް ވަރު ބާލާނެ ކަމަށެވެ. އެކަމަކު އަޔާން އަޅާވެސްނުލައެވެ.
“ފެނެއް ނުބޮވާތަ މިހާރު.” އާސިފްގެ އަޑުން ނުހާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ އާސިފް އަތުން ފެންފުޅި އަތުލައިގެން ނުހާ ފެން ބުއިއެވެ. އަދި އަވަސް އަވަހަށް އެނދަށް އަރާ ހަށިގަނޑު ދަމާލިއެވެ. ނުހާގެ ހަރަކާތަށް ބަލަންހުރި އާސިފްއަށް ނުހާ އުޅުނު ގޮތުން ހެވުނެވެ.
ހެނދުނު ހެނދުނާ އަޔާން އޮފީހަށް ދާން ތައްޔާރުވެލިއެވެ. މޫނުމަތީގައި އެއްވެސް ތާޒާ ކަމެއްނެތް އިރު އަޔާންގެ ދެލޯ ހެކި ދެނީ އަޔާންއަށް ރަނގަޅަށް ނިދިވެސް ނުލިބޭ ކަމެވެ.
އަވިއައިނު ލޮލުގައި އަޅާލަމުން އަޔާން ސައިކަލަށް އަރާ ދުއްވާލިއެވެ. އޮފީސް ދޮރު މައްޗަށް އަޔާން ސައިކަލްގައި އައިސް މަޑުކޮށްލިއިރު ފާލިހްވެސް އޮފީސް ދޮރުމަތީގައި ހުއްޓެވެ.
“އޯ. ނިއު ބޮސް ތަ؟” ފާލިހްގެ މަޤްސަދަކީ އަޔާން އާ ދިމާކުރުމެއްނޫނެވެ. އަޔާން ހެއްވާލުމެވެ. އަޔާންގެ ޖަވާބެއް ނައިސް ހަމައެކަނި ހިނިތުންވުމަކުން ނިންމާލުމުން އަޔާން ގެ މޫޑް އެހާ ރަނގަޅު ނޫންކަން ފާލިހް ދެނެގަތެވެ. އެހެންވެ އަޔާން ސައިކަލް ޕާކްކޮށްފައި އަންނަންދެން ފާލިހް މަޑުކޮށްގެން ހުރީއެވެ.
“ހިނގާ ސައިބޯންދަމާދޯ ފުރަތަމަ.” އަޔާން ފާލިހްއާއި އަރާ ހަމަކުރަމުން ފާލިހްއަށް ދޯ ދިނެވެ. ފާލިހްގެ ޖަވާބެއް ނުލިބުމުން އަޔާން ފާލިހްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ފާލިހް ހުރިގޮތް ފެނިފައި އަޔާންގެ ގާތަށް ހިނިއައެވެ.
“ކަލޭ މޮޔަވީތަ އަނެއްކާ؟” ފާލިހްގެ ބޮޑުވެފައިވާ ދެލޮލާއި ތަންމިނަށް ހުޅުވިފައިވާ އަނގަ ފެނިފައި އަޔާން ފާލިހްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
“ނިކަން ބަލާބަލަ އެއޮށް ކަމެއް؟” ފާލިހް އެހެން ބުނުމާއެކު ފަހަތަށް އެނބުރި އަޔާންއަށް ބަލާލެވުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (12)
“ކަލޭ މޮޔަވީތަ އަނެއްކާ؟” ފާލިހްގެ ބޮޑުވެފައިވާ ދެލޮލާއި ތަންމިނަށް ހުޅުވިފައިވާ އަނގަ ފެނިފައި އަޔާން ފާލިހްގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
“ނިކަން ބަލާބަލަ އެއޮށް ކަމެއް؟” ފާލިހް އެހެން ބުނުމާއެކު ފަހަތަށް އެނބުރި އަޔާންއަށް ބަލާލެވުނެވެ.
އަޔާންގެ ނިއްކުރިއަށް އެރި ރޫތަކާއެކު އަނގަ ހުޅުވައިލެވުނުވެ. އެހަމަ މީތަން ބާއެވެ. ކަޅު އަތްދިގު ގަމީހަކާއި މެރޫން ކުލައިގެ ގަމީހެއް ލައިގެން ހުރިއިރު މީތަންގެ ލޮލުގައި އޮންނަ ކަޓު އައިނުގަނޑެއްވެސް ނެތެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގައި ހުޅިއެއް ޖަހާފައިވާއިރު ނިތްކުރި މައްޗަށް ކުޑަ އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ. މީތަންގެ ބޮޑު ތުންފަތް ރަތް ކުލައިން ފަވާލާފައި ވާއިރު އޭނާގެ ރީތިކަމާއި ފަރިކަން އިންތިހާއެވެ.
މަޑުހިނގުމެއްގައި އިސްޖަހައިގެން ހުރެ މީތަން އޮފީހަށް ގޮސް ވަތްއިރުވެސް އަޔާންއަށް ހުރެވުނީ ބަލާށެވެ.
“އެހެމް..ހާދަ ވަރެއްތިވަނީ.” ފާލިހް ކަރުކެހިލަމުން އަޔާންގެ ކޮނޑަށް އަތްވައްޓާލިއެވެ.
އަޔާން ނޫންކަމަށް ހެދެމުން ފާލިހްގެ އަތް ދުރުކޮށްލިއެވެ.
“އަސްލުވެސް މަށަށްވެސް މިތަނަށް އަސަރުކޮށްފި. އެކަމަކު ކީއްކުރާނީ. ސިންގަލް ނަމަތާ؟” ފާލިހް އޭނާގެ މޭގައި ފިރުމާލަމުން ހީނގަތެވެ.
“އަންހެނުންނެއްނު. އެކަހަލަ ދަޅަ ދައްކާނެ.” އަޔާން މިހާރު އަންހެނުންނަށް ނަފްރަތު ކުރެއެވެ. ނުހާ އޭނައަށް ދިން ރަނގަޅު ފިލާވަޅު އަޔާންގެ މުޅި ވިސްނުން ބަދަލުކޮށްލާފައިވާ ކަހަލައެވެ. އަޔާންގެ އަޑުގައި ހުރި ސީރިއަސް ކަމުން ފާލިހް އިތުރު އެއްޗެއް ނުބުނެ އަޔާންގެ ފަހަތުން އޮފީސް ތެރެއަށް ވަންނަން ހިނގައިގަތެވެ.
“މިފައިލް ޗެކް ކޮށްލަންވީނު.” މީތަންގެ އަޑަށް އަޔާން މާބޮޑު ސަމާލުކަމެއް ނުދިނެވެ.
“ބާއްވަފަ ދޭ.” އަޔާން އިނީ މީތަން އަށް ފުރަގަސްދީގެންނެވެ. އަޔާންގެ ރާގު ހުރިގޮތުން މީތަންގެ ހިތުގައި ޖެހުނެވެ. އޭނައާއި އެހާ ސަމާސާ ކުރި މީހަކަށް ކުއްލިއަކަށްވީ ކީއްތޯ ބަލަން މީތަން ބޭނުންވިއެވެ.
“ކޮބާ ނުހާ. ރަނގަޅުތަ؟” މީތަން ބޭނުންވީ ކޮންމެވެސް ވާހަކައެއް އަޔާންއާ ދައްކަމުން ވީގޮތެއް އޮޅުންފިލުވާށެވެ.
“ކިހާ ދެރަކަމެއްތަ؟ އައި އޭމް ޔުއަރ ބޮސް. ޝޯ ސަމް ރެސްޕެކްޓް. އެންޑް މައިންޑް ޔޯރ އޯން ބިޒްނަސް.” އަޔާން ގޮނޑި އަނބުރާލަމުން ހަރުކަށި ބަސްތަކަކުން މީތަންގެ ހިތަށް ތަދު ކޮށްލިއެވެ.
މީތަންއަށް ރޮވެން ކައިރި ވުމުން އޭނާ ދުއްވައިގަތީ ކެބިން އިން ނިކުންނާށެވެ. އަޔާންއަށް ވީ ދެރައިން މުށް ކަވާފައި މޭޒުގައި ޖެހުނެވެ. އޭނާއަށް ކަންތައް ކުރެވުނުގޮތް ރަނގަޅު ނޫންކަން އޭނާއަށް އެނގެއެވެ. އެގޮތަށް ވާހަކަދެއްކުނީވެސް ގަސްތުގައެއް ނޫނެވެ. އެކަމަކު މާފަށް އެދެން ދާންވެސް އަޔާން ބޭނުމެއްނުވިއެވެ.
“އަޔާން ހިނގާ ސައިބޯން ދަމާ.” ފާލިހް އަޔާންގެ ކެބިންގެ ދޮރުހުޅުވާލަމުން އެތެރެއަށް ބޯދިއްކޮށްލިއެވެ. އަޔާން ބޯ ޖަހާލަމުން ގޮނޑިން ތެދުވީ ބަނޑުހައިވެގެން ސައިބޯންދާން ބޭނުންވެގެނެއް ނޫނެވެ. ފާލިހްއާ ވާހަކަ ދައްކާލާ ސިކުނޑި ހަމަ ޖައްސާލުމުގެ ބޭނުމުގައެވެ.
ސީހައުސްގައި ތައްޔާރުކުރާ މީރު ކާއެއްޗެހީގެ ވަސް މުޅި ކެންޓީން ތެރޭގައިވަނީ ހިފާފައެވެ.
“ހޫމް. މިހާރުވެސް ބަނޑުފުރިއްޖެ. އަޔާންގެ ބައްޕަ، ސީހައުސްގެ ތަނެއް މިތާގައި ހުޅުވަން ނިންމިކަން ހާދަ ރަނގަޅޭ.” ނޭފަތް އެތެރެއަށް ދަމަމުން ފާލިހް ބަނޑުގައި އަތްހާކާލިއެވެ. އަޔާންއަކަށް އެއަޑެއް އިވުނު ހެނެއް ހިޔެއްނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މާދުރުގައި ހުރި މޭޒެއްގައި އިސްޖަހައިގެން އިން މީތަން އަށެވެ. މީތަން ގެ ރަތްވެފައިވާ މޫނުން އޭނާ އެހުރީ ވަރަށް ރޮއެފައިކަން އެނގެއެވެ. ކުއްލިއަކަށް މީތަން އިސްއުފުލާލުމާއެކު އަޔާން އަވަސް އަވަހަށް ދުރަށް މޫނު އަނބުރާލިއެވެ. އެކަމާއި މީތަން ފަރުވާލެއް ނުބަހައްޓާ އެތަނުން ނިކުނަން ހިނގައިގަތެވެ. އަޔާން ހުންނަ ތަނެއްގައިވެސް އޭނާ މިހާރު ހުންނަން ބޭނުން ނުވާ ކަހަލައެވެ.
މެންދުރުގެ ހޫނުން މުޅި ދުނިޔެ އަނދަމުން ދިޔައިރުވެސް މަލަކާ އޮތީ ގަދަ ނިދީގައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި މުޅިހަށިގަނޑު ދަމާލައިގެން މަލަކާ ނިދާފައި އޮތް އިރު ކައިރީގައި އިތުރު މީހެއް ހުރިކަމުގެ އިޙްސާސްވެސް އޭނާއަށް ނުވެއެވެ. އެމީހާ މަލަކާ ގެ ކައިރީގައި އެނދުގައި އިށީނދެލީ ވަރަށް މަޑުންނެވެ. ހީވަނީ މަލަކާ ހޭލަފާނެތީ ބިރުން އުޅުނު ހެންނެވެ. އަތުގައި އޮތް ކުޑަ ފުޅިއެއް ނަގާ މަތި ހުޅުވާލަމުން އެމީހާ ތެދުވެ މަލަކާއާ ދިމާއަށް ގުދުވެލިއެވެ. އެފުޅީގައި ހުރި ކުދިކުދި ފަނިތަކުން ފަންޏެއް މަލަކާގެ ކޯމައްޗަށް ވެއްޓުމާއެކު މަލަކާ އަތުން ފޮޅާލިއެވެ. ބިރުން ހަދާނެ ގޮތް ހުސްވެގެން ކައިރީގައި ހުރި މީހާ ދުއްވައިގަތެވެ. މަލަކާގެ ނަސީބު ކަން ނޭނގެއެވެ. ނަމަވެސް މަލަކާ ހެއެއް ނުލައެވެ. ހަމައެކަނި ފަނި ވެއްޓުނު ވަގުތު ވީ ފިނިކަމުގެ އިޙްސާސްއަކުން މަލަކާއަށް ހަރަކާތް ކޮށްލެވުނީއެވެ.
އޮފީހުގެ މަސައްކަތުގައި އަޔާން އަވަދިނެތި އުޅުނު ކަމުގައިވިޔަސް އަޔާން ގެ ބޮލުގައި ރިއްސައެވެ. ނުހާގެ އެކިއެކި ހަނދާންތައް އިރުއިރުކޮޅާއި އަޔާން ގެ ހިތާއި ކުޅެލައެވެ. ނަމަވެސް އަޔާން ހިތްވަރު އެލުވާލާކަށް ބޭނުމެއްނުވެއެވެ.
“ދަރިފުޅު. ހާދަ ބުރަކޮށްލައިގެން.” އާސިފް ހުރީ އުފާވެފައެވެ. އަބަދުވެސް އެންމެ ދެކެން ބޭނުންވާ ދުވަސް ލޯމައްޗަށް ފެންނަމުންދާތީ އާސިފް ހުރީ ހިތްހަމަޖެހިފައެވެ.
“ނޮޓް ސޯ ބިޒީ. އެބަ ޖެހޭ އިތުރު ދެމީހަކު އޮފީހަށް ވައްދަން. އޯކޭ އެކަކުވިޔަސް.” އަޔާން ވާހަކަދެއްކީ އިސްޖަހައިގެން ހުރެއެވެ. އާސިފްގެ ފަހަތުގައި ނުހާ ހުރިކަން ނުބެލިޔަސް އަޔާންއަށް އެނގެއެވެ. ނޭފަތުގައި ޖެހެމުންދިޔަ ސެންޓްގެ ވަހުންނެވެ.
“ދަރިފުޅަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ. ފުރަތަމަ އިއުލާން ކުރަންދޯ ޖެހޭނީ. ނުހާ ދެތަށި ކޮފީ ހަދާލަބަލަ.” އާސިފް ގޮޑި ދަމާލަމުން އިށީނދެލިއެވެ.
“ކޮފީ ދެންމެ މިބުއީ. ޑޭޑް ބޯލަންވީނު.” އަޔާން ވަގުތުން މަނާ ކުރިއެވެ. ނުހާ އަތުން ލިބޭ ކޮންމެ އެއްޗަކީ މިއަދު އަޔާން އަށް ޒަހަރެއް ކަހަލައެވެ. އަޔާން ގެ ވާހަކައިން ނުހާ ގެ ގާތަށް ރުޅިއައެވެ.
“އާސިފް. ހިނގާބަލަ ކެންޓީނަށް އެއްޗެއް ކާލަން. ވަރަށް ބަނޑުހައި.” ނުހާ ގެ އަޑުގައިހުރީ އިންތިހާ ދަރަޖައިގެ ތުއި ކަމެވެ. އަނެއްކާވެސް ނުހާ ދީފައި އެދަނީ އަޔާންގެ ފާރުވެފައިވާ ހިތަށް އިތުރު ޒަހަމް ތަކެކެވެ. އަތުގައި އޮތް ގަލަމަށް ހުރިހާ ބާރެއް ދައްކާލަމުން އަޔާން ދެލޯ މަރާލިއެވެ.
“މިހާރު ނުވާނެ ނުކައި ހުންނާކަށް. ދެމީހުންނަށް ވާވަރަށް ކާންވާނެ.” ދަމުން އާސިފް ނުހާއަށް ބުނެލި ޖުމްލައިން އަޔާންގެ މެރިފައިވާ ދެލޯ ހުޅުވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ނުހާ ވިހަ ހިނިތުންވުމެއް ވެރިކުރުވައިގެން ކަތި ނަޒަރުން އަޔާންއަށް ބަލާލިއެވެ. އަޔާން ގެ ބޮޑުވެފައިވާ ދެލޯ ފެނުމުން ނުހާ ގެ ހިތަށް ފިނިވެގެން ދިޔައެވެ. އަމިއްލަ ކުށް ފޮރުވަން އަނެއްކާވެސް މޮޅު ޕްލޭންއެއް އޭނާ ރާވަމުންދާ ކަހަލައެވެ.
ހަވީރުވަމުން ދިޔައިރު ދުނިޔެ މައްޗަށްވަނީ މާބޮޑަށްވެސް އަނދިރިކަން ވެރިވެފައެވެ. އުޑުމަތީގައިވާ ކަޅު ބޯވިލާތަކުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ. މީތަން އަވަސް އަވަހަށް މޭޒުމަތި ރީތިކޮށްލިއެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން މީތަން އަތްދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ.
“އޯހް ނޯ.” ވާރޭ އޮއްސައިގަތް އަޑު އިވުމާއެކު މީތަން އަނގަ މައްޗަށް ވައްތަރެއް ޖައްސާލީ ވީ ފޫހިންނެވެ. ވާރޭ ތުނި ކޮށްލާނެ ކަމުގެ އިންތިޒާރުގައި މީތަން ހުއްޓާ މުޅި މަގުމަތީގައި ފެންބޮޑު ކޮށްލުމަށްފަހު ވާރޭ ތުނިކޮށްލައިފިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން މީތަން އަށް ހިނގައިގަނެވުނީ ތަންކޮޅެއް ބާރަށެވެ. ކުއްލިއަކަށް މީތަންގެ ފައިވާން ކައްސާލިއެވެ. އެއްވެސް ހުރަހެއްނެތި ފެންގަނޑު ތެރެއަށް މީތަން ވެއްޓުމުން އޭނާ އަށް ހަޅޭލަވައިގަނެވުނެވެ. އޮފީހުން ނިކުންނަން އައި އަޔާންއަށް އެމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އަޔާން އަކަށް ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ. މީތަންގެ ފަޔަށް އެރި ތަދަކުން އޭނައަށް ނުވެސް ތެދުވެވުނެވެ.
“އަދިވެސް މަށަށް ވާނޭ ކިޔާފައި ހީލްސް އަށް އަރައިގެން ހިނގާތި؟” އަޔާން މީތަން ގެ ކައިރިއަށް ހުއްޓި އަތް ދިއްކޮށްލިއެވެ.
” ހޫން… އަމިއްލައަށް ނުތެދުވެވިގެން އުޅޭ އިރުވެސް އަދި ގަދަވާތި.” މީތަން މޫނު މައްޗަށް ޖައްސާލި ވައްތަރުން އަޔާންގެ ގާތަށް އަނެއްކާވެސް ހިނިއައެވެ.
“ހެވޭ ނުތެދުވެވުނަސް. އައި ނޯ މައި ލިމިޓް.” މީތަން އަޔާންއަށް ބަހަކުން ޖަހާލިއެވެ. އަދި ދެލޯ އަޅަމުން އަމިއްލައަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އެވަގުތު ވާރޭ އަނެއްކާވެސް ބޯކޮށްލިއެވެ.
މީތަން ގޮތް ދޫ ނުކުރުމުން އަޔާން ގެ ގާތަށް ރުޅިއައެވެ. އަނެއްކޮޅުން ވެހެމުންދިޔަ ވާރޭގައި އަޔާންވެސް ތެމިފޯވަނީއެވެ. އަޔާން މީތަންގެ ހިމަ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލަމުން ކުއްލިއަކަށް ކޮޅަށް ނެގިއެވެ. އަދި އަޔާން ގެ އަތު ތެރޭގައި މީތަން ގެ ހަށިގަނޑު ހިފަހައްޓާލިއެވެ. މީތަން ގަދަ ހަދަން މަސައްކަތް ކުރި ނަމަވެސް ފަޔަށް ވާތަދުން އޭނާ އަށް ހިނގައިވެސް ނުގަނެވުނެވެ.
އަޔާން ގެ އަތް މައްޗަށް މީތަން ނަގާ އުރާލަމުން ސައިކަލްމަތީގައި ބޭންދިއެވެ.
“އަދިވެސް ގިނައިން ކާތި؟ މީހާ ބަރު ކަމުން ހިއްލާލެވުނީ ވެސް ކިރިޔާ.” އަޔާން ބޭނުންވީ މީތަން ރުޅިއަރުވާލާށެވެ.
“ދެން އަތް ނުލައްޗޭ މަގޭ ގައިގަ. ތީ ވަރަށް ހިކި މީހެއްނު މީހުންނަށް މަލާމަތް ތިކުރަނީ.” މީތަން އަޔާންގެ ބުރަކަށީގައި ދަތް އަޅާލިއެވެ. ވީތަދުން އަޔާން އެނބުރިލާފައި މީތަންގެ ކަރުދޮށުން އަތް ލައްވާލަމުން މީތަންގެ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިއެވެ. އަޔާންގެ ހޫނު ނޭވާ މީތަންގެ މޫނަށް އެޅެމުންދިޔައިރު އަޔާން ބަލަމުން ގެންދިޔައީ ސީދާ މީތަންގެ ދެލޮލަށެވެ. އެދެލޮލުން ފެންނަ މައުސޫކަން އަޔާންގެ ހިއްސުތަކަށް ބާރު ފޯރުވަމުން ދިޔައިރު ވެހެމުންދިޔަ ބޯ ވާރޭގެ އިހްސާސްވެސް ދެމީހުންނަށް ނުވާ ކަހަލައެވެ. ކުއްލިއަކަށް އަޔާން މީތަން ގެ ގަމީހުގެ ގިރުވާނުން އަތްދޫކޮށްލިއެވެ. ސައިކަލްގެ ފަހަތުގައި އިން މީތަން ނުވެއްޓުނީވެސް ކިރިޔާއެވެ.
“ކޮންތާކު ގެ ހުންނަނީ.” އަޔާން އެ ސުވާލު އެހީ އަޔާންއަށް ނޭނގޭތީކީ ނޫނެވެ. އަޔާންއަށް އެ ގެ ހުންނަތަން އެނގޭކަން މީތަންއަށް އަންގަން ބޭނުން ނުވާތީއެވެ.
“ސަލްސާ ކައިރީގަ.” މީތަން ސައިކަލްގެ ފަހަތު ދަގަނޑުގައި ހިފަހައްޓާލިއެވެ.
“މަގޭ ގައިގަ ހިފަހައްޓާލިޔަސް އޯކޭ.” އަޔާން ސައިކަލް ދުއްވާލިއެވެ.
މީތަން ގެޔަށް ގެންގޮސްދީފައި އަޔާންގެއަށް އައިއިރު ނުހާ އޮތީ ސޯފާގައެވެ. އަޔާންގެ އިންތިޒާރުގައި އޮތް ކަހަލައެވެ.
“ތެމުނީތަ؟” ނުހާގެ ގޮތެއް ނެތް ކަމާމެދު އަޔާން ކޮސްވިއެވެ. ލަދެއްނެތި އަޔާންއާ ވާހަކަ ދައްކަން ނުހާ އަށް ކެރުނީތީވެސް އަޔާން ހައިރާންވިއެވެ.
އަޔާން ދުރަށް މޫނު އަނބުރާލަމުން ކޮޓަރި އާ ދިމާއަށް ހިނގައިގަތެވެ. ދޮރު ލައްޕަން އުޅުނުތަނާ ނުހާ ކުއްލިއަކަށް އައިސް ކޮޓަރިއަށް ވަނެވެ.
“ހާދަ ގޮތެއްފޮތެއް ނެތް އަންހެނެކޭ ދޯ. މިގޮވަނީ ބައްޕައަށް. އަމިއްލަ އަށް ލަދުގަންނަން ބޭނުން ނެތިއްޔާ ނިކުމޭ.” އަޔާންގެ ލޮލުން ނަފްރަތުގެ އަލިފާން ކަނި ބުރަމުންދިޔައެވެ.
“ގޮވާ. އެކަމަކު އަޑު އިވިގެންތާ. އެކަކުވެސް އުޅޭ ނަމައެއްނު.” ނުހާ އަޑުގައި އެއްވެސް ހާސްކަމެއްނެތެވެ. ނަމަވެސް އަޔާންއަކީ އެހާ ފިޑިއެއްނޫނެވެ. ނުހާއަށްޓަކައި ހިތުގައި އެއްވެސް ރަހުމެއް މިހާރަކު އަޔާންގެ ހިތަކު ނެތެވެ. ނުހާގެ ދިގު އިސްތަށިގަނޑު އަތަށް އޮޅާލަމުން އަޔާން ނުހާ ކޮޓަރިން ބޭރަށް ކޮށްޕާލިއެވެ. ނުހާގެ މޫނު މަތިން އެވަރުންވެސް ފާޅުވީ ހިނިތުންވުމެކެވެ. އޭނާ ބޭނުންވި ކަންތައް އޭނާކޮށްފިއެވެ. ކޮޓަރީގެ ދޮރު ބަންލާފައި ޖަހަމުން އަޔާން ގަމީސް ބާލާ އަތުކޮޅަށް ހޫރުވާލިއެވެ.
ނުހާގެ ހިތްފުރޭ ވަރު އަދިވެސް ނުވަނީބާއޭ އަޔާންގެ ހިތަށް އެރިއެވެ. ދެފަރާތަކަށް ބޯހޫރާލަމުން ޓައިލްސް މައްޗަށް އެއްލާލި ގަމީސް ނަގަން ގުދިވެލިތަނާ އަޔާންގެ ލޮލުގައި އަޅައިގަތީ ބަންދުކޮށްފައި އޮތް ސިޓީ އުރައެކެވެ. ދެބުމަ ގޮށް ޖަހާލަމުން އަޔާން އެސިޓީ އުރަ ނަގާ އެފުށް މިފުށަށް ޖަހާލިއެވެ.
“އޭޑީކޭ ހޮސްޕިޓަލް.” ސިޓީ އުރައިގެ ބޭރު ބަލާލަމުން ލިޔެފައިވާ ނަން އަޔާން އަށް ކިޔާލެވުނެވެ. ބޮލު ތެރޭގައި ޖެހެމުންދިޔަ ސުވާލުމާކް ތަކާއެކު އަޔާން އެސިޓީ އުރަ ކަނޑާލިއެވެ. ނުހާގެ ޕްރެގްނެންސީ ރިޕޯޓް ފެނިފައި އަޔާން ގަނޑުވި ކަހަލައެވެ. އަވަސް އަވަހަށް އަޔާން ރިޕޯޓްގައި އިން ޑޭޓް ޗެކްކޮށްލިއެވެ.
“އޯ. މަގޭދަރިއަކަށް ނުހާ.” އަޔާން އަނގަމަތީގައި އަތް އަޅަމުން ދޮރާ ދިމާއަށް ދުއްވައިގަތެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (13)
ދޮރާއި ހަމައަށް ދުވެފައި ދިޔަ އަޔާން ގެ ފިޔަވަޅު ކުއްލިއަކަށް ހުއްޓުނެވެ. އަތުގައި އޮތް ނުހާ ގެ ރިޕޯޓަށް ބަލާލަމުން އަޔާން ޖީބުގައި އޮތް ފޯނު ނަގާ ފާލިހް ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
“މިގެއަށް އާދެވިދާނެތަ؟ މިހާރު. އިޓްސް އާޖެންޓް.” އަޔާން ފޯނު ބޭއްވީ ފާލިހް މިހާރު މިދަނީ އޭ ބުނީމައެވެ.
“ދަރިފުޅު ކޮންތާކަށް؟ ” ފާލިހްގެ މަންމަ ޝަރީފާ އިނީ ގޭގެ ބޮޑު އުނދޯލީގައެވެ.
“އެބަ އަންނަން އަޔާން މެންގެޔަށް ގޮސްލާފަ. މަލަކާއަށް ބަލާލައްޗޭ.” ފާލިހް ހިނިތުންވެލިއެވެ.
“ދަރިފުޅު މަޑުކޮށްބަލަ. މަންމަގެ ރައްޓެއްސެއްގެ ދަރިއެއް މިގޭގައި ބަހައްޓާލަންތަ؟ މިހާރު އެބަހުރި މާލޭގަ. އޭރުން މަލަކާވެސް ފޫހި ފިލާނެއެއްނު.” ޝަރީފާ ހެއްލަމުން ގެންދިޔަ އުނދޯލި ކުޑަކޮށް މަޑުކޮށްލިއެވެ.
“އޯކޭ ވާނެ. މަންމަ ބޭނުންގޮތެއް.” ފާލިހް ހުރީ ލަސްވެފައެވެ. އެހެންވެ އަވަސް ފިޔަވަޅުތަކެއްގައި ފާލިހް ގެއިން ނިކުތެވެ.
އަޔާންގެ އިންތިޒާރުގައި ނުހާ އިނީ ކެތްމަދުވެފައެވެ. އިރުއިރުކޮޅާއި ސިޑި އާ ދިމާއަށް ބަލާލައެވެ. އަނެއްކާ އަޔާންއަށް އެރިޕޯޓް ނުފެންނަނީ ހެއްޔެވެ؟
ގޭގެ ދޮރު ހުޅުވުނު އަޑަށް ނުހާއަށް ބަލާލެވުނީ ސިހިފައެވެ. ދޮރުމަތީގައި ހުރި ފާލިހް ފެނުމުން ނުހާ ކުޑަކޮށް ހައިރާންވި ނަމަވެސް އޭނާ ހިނިތުންވެލިއެވެ. ފަރުވާކުޑަ ގޮތަކަށް ނިތް އަރުވާލަމުން ފާލިހް ކުރިއަށް ހިނގައިގަތެވެ. އާސިފް އަށް ބަލާލާ ތަންކޮޅެވެ. އެހެން ނޫންނަމަ ނުހާއާ ދިމާއަށް ފާލިހް ބަލާވެސް ނުލާނެއެވެ.
“ޔަޤީނެވެ. ފާލިހް މިގަޑީގަ އަންނާނީ އަޔާން ބުނީމައެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އެރިޕޯޓް ބަލާފައި އަޔާން އަންނަން ޖެހޭނީ އޭނާގެ ކައިރިއަށް ނޫން ހެއްޔެވެ؟ ފާލިހް ލޮލުގެ ކޮޅަށް ނިވާ ވަންދެން ނުހާއަށް ބަލަން ހުރެވުނީއެވެ. ހިތަށް އަރަމުންދިޔަ ސުވާލުތައް އަމިއްލަ ހިތާއި ކޮށްލަމުން ޖަވާބެއް ނޭނގިފައި ނުހާ މޫނުގައި އަތް އަޅާލިއެވެ.
“ހާދަ އިރެއްވެއްޖޭ އިންތިޒާރު ކުރާތާ؟ ” ފާލިހް ފެނުމާއެކު އެނދުމަތީގައި އިން އަޔާން ފުންމައިގެން ތެދުވިއެވެ. އަދި ބާރު ބާރަށް ހިނގާފައި ގޮސް ދޮރު ތަޅުލިއެވެ.
“ކަލޭ އެވައްތަރުތަ؟ ދޮރު ތަޅުލައިގެން ކުރާނެ އިތުރު ކަމެއް އޮތިއްޔާ އައިމް ރެޑީ.” ފާލިހް ހީނގަންނަމުން އެނދުމަތީގައި އިށީނދެލިއެވެ. އަދި އަޔާންގެ މޫނަށް ނަޒަރު ހިންގާލިއެވެ. އަޔާންގެ މޫނުމަތީގައިވާ ސީރިއަސް ކަން ފެނިފައި ފާލިހް ގެ މަޖާ މޫޑްވެސް ވަގުތުން ބަދަލުވެއްޖެއެވެ.
“ކިހިނެއްވީ؟ ނުހާ ކަމެއް ކުރީތަ؟” ފާލިހް ލަފާކޮށްލާފައި އެހިއެވެ. އަޔާން އެއްވެސް އެއްޗެއް ނުބުނެ ދިއްކޮށްލީ ރިޕޯޓެވެ. ފާލިހް ހީވީ ކޮށް ޖެހި ހެންނެވެ. އަވަސް އަވަހަށް އެރިޕޯޓް ނަގާ ބަލާލިއެވެ.
“ނުހާ އިޒް ޕްރެގް. މަގޭ ދަރިއަކަށް.” އަޔާން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“ދެން ކިހިނެއް ހަދާނީ. ޑޭޑް އަށް މިކަންތައް އެނގޭ ބާއޭ މިހިތަށް އަރަނީ.” ފާލިހްގެ ޖަވާބެއް ނުލިބުމުން އަޔާން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“އަޔާން. މަބުނާ ގޮތެއް ހަދާފާނަންތަ އެއްވެސް ސުވާލެއްނުކޮށް.” ފާލިހް އަދިވެސް ހުރީ އެރިޕޯޓަށް ބަލަހައްޓައިގެންނެވެ. އަޔާން ފާލިހްއާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ބައްޕަ ކައިރީގައި އަހާބަލަ މިހެން. ނުހާ ޕްރެގް ތޯ. އެނގިދާނެތާ ކިޔާ އެއްޗެއް. މިހާރު ދޭބަލަ އަހަން. މަ މިތާ މަޑު ކުރާނަން. އޭރުން ތީގެ ޖަވާބެއް މަދޭނަން.” ފާލިހް ރިޕޯޓް ފަތް ޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަޔާން އެކަން ކުރަން ވަރަށް ފަސްޖެހެއެވެ. ނަމަވެސް މިއަދު އޭނައަށް އެކަން ކުރަން ޖެހެއެވެ. ފަހުން ވެދާނެ ގޮތަކަށް ވިސްނާފައެވެ.
އަޔާން ސިޑިން ފޭބިއިރު އާސިފް ނީތާ ގޮވައިގެން ގެޔަށް ވަންނަނީއެވެ.
“ޑޭޑް. ކޮންތާކުން ތިއައީ.” އާސިފް ނީތާގެ އަތުގައި ހިފައިގެން ހުރުމުން ނީތާއަށް ކޮންމެވެސް ކަމެއްވެއްޖެކަން އަޔާންއަށް އެނގުނެވެ.
“ނީތާ އަނބުރައިގަތީ. ޑޮކްޓަރ ބުނީ ނުގުޅޭ ބޭހެއް ބޭނުންކުރެވުނީއޭ. އެކަމަކު ނީތާ އެއްވެސް ބޭހެއް ނުކަމޯ ބުނީ. ނުހާ އާ އެކީ ކޮފީ ބުއި ގޮތަށޯ އޭނާ އެހުރީ.” އާސިފް ސޯފާގައި އިށީނދެލިއެވެ. ފެން ތައްޓެއް ހިފައިގެން އައިސް އައިސް ހުރި ނުހާ ގެ މޫނަށް ވެގެން ދިޔަ ގޮތް ހަމަ ރަނގަޅަށްވެސް އަޔާން އަށް ފެނުނެވެ.
“މިހާރު ރަނގަޅު ދޯ. ރެސްޓް ކޮށްލަންދޭ އަވަހަށް.” އަޔާން ނީތާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އަން ފެންތަށި.” ނުހާ އާސިފްއަށް ފެންތަށި ދިއްކޮށްލަމުން އޭނާގެ ކައިރީގައި އިށީނދެލިއެވެ.
“ޑޭޑް. އޮފީހުގެ ކުޑަ ކަމަކާއި މަޝްވަރާކޮށްލަން އެބަޖެހޭ.” އަޔާން ލޮލުގެ ހިމަކޮޅުން ނުހާއަށް ބަލާލިއެވެ.
“ނުހާ. ދޭބަލަ ކޮންމެވެސް ކާއެއްޗެއް ނީތާއަށް ދީފައި މިބޭސް ދޭން.” އަޔާން ވާހަކަ ދައްކަން ބޭނުންވަނީ އާސިފްއާ އެކަނިކަން އޭނައަށް ވިސްނުނީކަން ނޭނގެއެވެ. ނުހާ ހުރީ ދެފިކުރެއްގައެވެ. ވާނުވާ ނޭނގިފައެވެ. އަޔާން ވާހަކަ ދައްކަން އުޅުނީ ނުހާ އާއި ބެހޭ ގޮތުންނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ. އާސިފް ދިއްކޮށްލި ބޭސް ކޮތަޅުގައި ހިފަމުން އޭނާ އެތަނުން ތެދުވީ އަމިއްލައަކަށް ދާން ބޭނުންވެގެންނޫނެވެ.
މަލަކާ ފެންވަރާ ރީތިވެލައިގެން ބޭރަށް ނިކުތެވެ. އެއްވެސް މީހެއް ގޭތެރޭގައި ފެންނަން ނެތްއިރު މުޅި ގޭތެރޭގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ. ގޭތެރޭގެ ލައިޓްތައް ޖައްސާލަމުން މަލަކާ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.
އެވަގުތު ނުދަންނަ އަންހެން ކުއްޖެއްގޮވައިގެން ޝަރީފާ އައިސް ގޭތެރެއަށްވަނެވެ.
“މަންމާ. ތީ ކޮންކުއްޖެއް؟” މަލަކާ އިންތަނުން ތެދުވިއެވެ.
“މީ މަންމަގެ ރައްޓެއްސެއްގެ ކުއްޖެއް. ކޯހެއް ހަދަން ވެގެން ބަހައްޓާލަދޭން ބުނީމަ. ފާލިހް ނުބުނޭތަ؟” ޝަރީފާ އެކުއްޖާގެ ފޮށި ތިރީގައި ބަހައްޓާލިއެވެ.
” އެހެންތަ؟ އާން އޭނާ ނުބުނެ. ކޮންނަމެއްތަ ކިޔަނީ؟.” މަލަކާ އެކުއްޖާއަށް ބަލާފައި ހިނިތުންވެލިއެވެ.
“ޒާރާ.” ޖަވާބު ދިނީ ޝަރީފާއެވެ. ޒާރާ ހިނިތުންވެލިއެވެ.
“ޑޭޑް. ނުހާ ޕްރެގްތަ؟” އާސިފް ކޮށިއަރައިގަތެވެ. އަތުގައި ހުރި ފެންތަށި ނުވެއްޓުނީވެސް ކިރިޔާއެވެ. ކުށްވެރިއެއްހެން ބުނާނެ އެއްޗެއް ނޭނގިފައި ހުރި އާސިފްއަށް ބަލަން އަޔާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“ނުހާ ބުނީތަ؟” އާސިފްއަށްވެސް ކޮށްލެވުނީ ސުވާލެކެވެ. އާސިފް ވާނީ ކައިވެންޏަށް މަހެއް ނުވަންދެން ޕްރެގްވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނުން މަނާކޮށްފައެވެ. އަދި ވަކިން އަޔާން ކައިރީގައެވެ. އަޔާން އަށް އެނގިއްޖެއްޔާ އޭނާ ލަދު ގަންނާނެތީއެވެ.
ސިޓިންގްރޫމްގެ ތަނބަކާއި ނިވައި ވެގެން ހުރި ނުހާ އެހުރީ ހާސްވެގެން ގޮސް ބޮލުގައި އަތް އަޅައިގެންނެވެ. ކަންތައްތައް އެދަނީކީ އޭނާ އުއްމީދު ކުރި ގޮތަކަށްނޫނެވެ. އަޔާން އަށް އެވާހަކަ އާސިފް ކައިރީގައި އަހަން ކެރޭނެ ކަމަކަށް ނުހާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ނުހާ ހީކުރީ އަޔާން ނުހާ ކައިރިއަށް އަންނާނެ ކަމަށެވެ. ނުހާގެ ބަނޑުގައި ފިރުމާލާފައި އާސިފްއަށް ހުރިހައި އެއްޗެއް ކިޔައިދީފައި އޭނައާއި ގުޅޭނެ ކަމަށެވެ. އާސިފް ވާހަކަ ދައްކާ އަޑު އިވެން ފެށުމުން ނުހާ ތަނބުގައި ކަންފަތް ޖައްސާލިއެވެ.
“ބުނެބަލަ. ދަރިފުޅު ކީއްވެތަ ތިސުވާލު ކުރީ.”ހަމަ ޖެހޭ ގޮތް ދެއްކި ނަމަވެސް އާސިފްގެ އަޑުގައިވަނީ ހާސްކަމެވެ.
“ހީވާތީ އަހާލީ.” އާސިފް ނުބުނަން އުޅުނަސް އޭނާގެ އަމަލުތައް ހުރިގޮތުން އަޔާންއަށް ހުރިހައި ކަމެއް ސާފުވެ އެނގި ނިމިއްޖެއެވެ. އަޔާން އެތަނުން ދާން ހިނގައިގަތްތަނާ އާސިފް އަޔާންގެ އަތުގައި ހިފައި އޭނާ ހުއްޓުވިއެވެ.
“ބައްޕަ ޤަބޫލުކުރަން އެކަން ސިއްރުކޮށްގެން ނުވާނެކަން. އެކަމަކު ދަރިފުޅު ކައިރީގައި ބުނަން ނުކެރުނީ.” އާސިފްގެ ބެދިފައިވާ އަޑު އައީ ކުރެހިގެންނެވެ.
“އިޓްސް އޯކޭ.” އަޔާން އެންމެ ހިނދުކޮޅަކަށްވެސް އެތާގައި މަޑުކުރަން ބޭނުން ނުވާ ކަހަލައެވެ. އާސިފްގެ މޫނަށް ބަލާލާފައި ފަނޑުގޮތަކަށް ހީލަމުން އަޔާން ހިނގައިގަތެވެ. އާސިފް ހަމަ ރަނގަޅަށްވެސް ލަދުގެންފިއެވެ. ބައްޕައެއް ދަރިއެއް ކުރިމަތީގައި އިސްޖަހާލަން ޖެހެނީ މަދުފަހަރަކުއެވެ. މިއަދު އާސިފް އެހުރީ އެމަޤާމުގައި އިސްޖަހާލައިގެންނެވެ.
އަޔާން އޭނާގެ ކޮޓަރިއަށް ވަތްއިރު ފާލިހް ހުރީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭރުވެސް އެރިޕޯޓް އޭނާގެ އަތުގައި އޮތެވެ.
“ވާހަކަދެއްކުނު ތަ؟” އަޔާންގެ ހިމޭންކަން ފެނިފައި ފާލިހް އަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
“ޑޭޑް އޯލްރެޑީ ނޯޒް އެބައުޓް އިޓް. ޑޭޑްގެ ވާހަކައިން އެނގެނީ އެއީ އޭނާގެ ދަރިއެއްކަން. އެކަމަކު ވަން ވީކް ތެރޭގައި ޕްރެގް ވޭތަ؟” އަޔާން ފާލިހްގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
“އަޅެ އަޔާން އަށް ހަމަ ނުވިސްނޭތަ؟ ނޫނީ ނުހާގެ ކަޑަކަން ޤަބޫލުކުރަން ބޭނުންނުވަނީތަ؟ މަ ކިޔާ ދެންތަ ވީގޮތް؟ ” އަޔާންގެ ވިސްނުން ހުރިގޮތުން ފާލިހްގެ ގާތަށް ރުޅިއައެވެ. އަޔާން އެއްޗެއް ނުބުނެ އިސްޖެހިއެވެ. ފާލިހް އެބުނީ ރަނގަޅަށެވެ. އަދިވެސް ނުހާ އާއިމެދު އަޔާން ވިސްނަނީ ޕޮޒިޓިވް ކޮށެވެ.
“ނުހާ އަކީ މަކަރުވެރިއެއް. އޭނާ އުޅުނީ އަޔާންއަކާ އެކަންޏެއް ނޫން ދޯ ރައްޓެހިވެގެނެއް. ޕްރެގްވެގެން އާސިފް ކައިރިއަށް ދިޔަ ގޮތަށް އަޔާން ކައިރިއަށްވެސް ދެވޭނެދޯ. އާސިފް އާވެސް އެކަހަލަ ގުޅުމެއް އޮތީމަ ދޯ އާސިފް އެކަމާއި ހަވާލުވާނީ. އަޔާން ނިކަން ވިސްނާލަބަލަ.” ފާލިހް ދައްކަމުން ގެންދިޔަ ވާހަކަތައް އަޔާންގެ ހިތަށް ހެރެމުން ދިޔައީ ތޫނު ޚަންޖަރުތަކެއް ފަދައިންނެވެ.
“ނުހާ ޕްރެގްކަން އަޔާންއަށް ނާންގާ އާސިފްއަށް އެންގީ ވެދާނެއެއްނު އާސިފްގެ ދަރިއަކަށް ވީމަ ކަމަށް. ޕޮއިންޓަކީ އަޔާންގެ ބައްޕައާއި ވެސް އެކަހަލަ ގުޅުމެއް ބާއްވާމުންދާ އަންހެނަކާއި އަޔާންއަށް ކައިރިވާން ކެރޭނެތޯ. ކުރިން އަޔާންއަށް އެއްވެސް ކަމެއް އޮޅުންފިލާފައިނެތީ. އެކަމަކު މިހާރު އެނގިއްޖެއެއްނު. ފޫހިވާނެ ސަބަބެއްވެސް ތިއޮތީ ލިބިފައި ނުހާ ދެކެ. އަޔާން. ނުހާ ސިކުނޑިން ނެރެ އެއްލާބަލަ.” ފާލިހް ފަދަ ރައްޓެއްސެއް ލިބޭނީ މަދު ބަޔަކަށެވެ. ކުޑަ ކުއްޖެއް ފަދައިން ފާލިހް ދެއްކި ވާހަކަތައް އަޑުއަހަން އަޔާން އިނެވެ.
“ވިސްނެޔޭ. އަދި ދެން އަމުދުން މިހާރު މާ ފަސޭހަވާނެ ހަނދާން ނައްތާލަން. އައި ޕްރޮމިސްޔޫ. ދެން ނުހާގެ ޗެޕްޓަރ ނިމުނީ. އެއީ މީގެ ފަހުން އަހަރެން ދަންނަވެސް މީހެއްނޫން. ” އަޔާންގެ ވާހަކައިން ފާލިހް އުފާވިއެވެ.
“ލައިފަށް އަންހެން ކުއްޖަކު ގެނެސްބަލަ. އިޓް ވުޑް ބީ އީޒީ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެއޭ.” ފާލިހް ހިނިތުންވެލަމުން އަޔާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
އިރު އުދަރެހުން ފެނުން މައްޗަށް ހިއްލާލިއިރުވެސް ނުހާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ. އޭނަގެ ރަތް ވެފައިވާ ދެލޯ ހެކިދެނީ ރޭގެ ނިދިވެސް އޭނާ ނުނިދާ ހުރިކަމެވެ. ކުރިހާ މޮޅު ޕްލޭންތައް ފަނުފުލުން ދިޔައިމާ ވާނީވެސް އެހެންނެވެ. އަދިވެސް ނުހާއަށް އޭނާގެ އަމިއްލަ ކުށް ޤަބޫލު ނުކުރެވޭ ކަހަލައެވެ. ނޫނީ ޤަބޫލު ކުރަން ބޭނުން ނުވަނީއެވެ. މިހާރު ނުހާ ބޭނުންވަނީ އޭނާގެ ބަނޑުގައި އޮތް ކުއްޖާގެ ދުވަސް ދުއްވާލާށެވެ. މިހާރު ނުހާ ބޭނުންވަނީ އަޔާންގެ ދިރިއުޅުމަށްވެސް އަދި އަޔާންއަށްވެސް ހަމައެކަނި އޭނާގެ ބާރު ފޯރުވޭނެ ގޮތެކެވެ.
“ހާދަ އަވަހަށް ހޭލެވުނީ. ބަނޑުހައިވީތަ؟” ނުހާއާއި ދާދި ގާތުން އިވުނު އާސިފް ގެ އަޑު ކަންފަތުގައި ޖެހުމާއެކު ނުހާ ވީ ފޫއްސެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ނުހާ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމާތްވާން ނުހާ އާސިފްގެ ބޭނުން ކުރަން ޖެހެއެވެ. މިދަރީގެ ކިބައިން މިހާރު ސަލާމަތް ނުވެވިއްޖެއްޔާ ފަހުން ހުރިހާ ދެރައެއް ލިބޭނީ ނުހާއަށް ކަން އޭނާއަށް އެނގެއެވެ. ނުހާއަށްވެސް އޭނާގެ ބަނޑުގައި އެއޮތީ ކާކުގެ ދަރިއެއް ކަމެއް ޔަޤީނެއްނޫނެވެ. އާސިފްގެ އާއި އަޔާންގެ ދަރިއަކަށް ނޫން ކަމަށްވެސް ވެދާނެތީ އެރިސްކް ނަގަންވެސް ނުހާ ބޭނުމެއްނޫނެވެ.
“ނުހާ. ކޮން ވިސްނުމެއްގަ؟ ބަލީތަ؟” ނުހާގެ ޖަވާބެއް ނައުމުން އާސިފް ނުހާގެ ދެކޮނޑުގައި ހިފާ އަނބުރާލިއެވެ.
“ކަމެއްނުވެޔޭ. އަހަރެން ކަމަކު ކިޔަންތަ؟” ނުހާ އާސިފް ގެ ކޮނޑުގައި ބޯއަޅާލިއެވެ.
“އަވަހަށް ބުނޭ. ޔޯރ ވިޝް އިޒް މައި ކޮމާންޑް.” އާސިފް ނުހާ ގެ ބޮޑު ކޮލުގައި ހިފާލަމުން ހިނިތުންވެލިއެވެ.
“އާސިފް ނުކޮށްދޭނެ.” ނުހާ ތުން އަނބުރާލިއެވެ.
“ތިހެން ކިހިނެއްތަ ބުނަން އެނގޭނީ. އަޅެ ބުނެބަލަ. ހަމަ ޔަޤީން ނޫނެކޭ ނުބުނާނަންކަން.” އާސިފް ނުހާ ގެ ބޮލުގައި ފިރުމާލިއެވެ.
“އަހަރެމެން ހަނީމޫނަކަށްވެސް ނުދަމެއްނު. ލެޓްސް ގޯ ޓްޑޭ. އޯކޭ ލަންކާއަށްވިޔަސް.” ނުހާ ވާހަކަދެއްކީ އާސިފްގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
“މިއަދު. ކިހިނެއް-”
“ކޮބާ. ބުނީމެއްނު ނުކޮށްދޭނޭ.” އާސިފްގެ ވާހަކަ މެދުކަނޑާލަމުން ނުހާ އާސިފްގެ އަތް ދުރުކޮށްލަމުން އެނދުން ތެދުވިއެވެ.
“ވަޓް. ނުހާ އަޑުއަހާބަލަ. މިއަދު ކިހިނެތްހޭ މިބުނީ. ޓައިމް ބޭނުންވާނެއެއްނު.” އާސިފް ބެލީ ނުހާއަށް ވިސްނައިދެވޭތޯ އެވެ. ނުހާ ރުޅިއައިސްގެން ގޮސް މާދުރަށް ހުއްޓުނެވެ.
“އޯކޭ. ރެޑީވޭ މިއަދު ފުރަން. އެކަމަކު ލަންކާއަކަށް ނޫން. އެއަށްވުރެ ރީތި ތާކަށް. އަންނާނަން ޓިކެޓް ކަންތަކަށް ބަލާފައި. އަދި އަޔާންއާއި އޮފީސްވެސް ހަވާލުކުރަން ޖެހޭނެ.” އާސިފް އައިސް ފުރަގަހުން ނުހާ ގައިގައި ބައްދާލުމުން ނުހާވެސް އާސިފްގެ ގައިގައި އޮޅުލައިގަތެވެ.
ފާލިހް އޮފީހަށްދާން ރެޑީ ވިއިރުވެސް މަލަކާ އޮތީ ނިދާފައެވެ. އެހެންވެ މަލަކާ ހޭލަފާނެތީވެސް ފާލިހް އުޅުނީ ވަރަށް މަޑުމަޑުންނެވެ.
ނިކުންނަމުން ކޮޓަރީގެ ދޮރުވެސް ލައްޕާލީ އެހާ މަޑުންނެވެ.
“މަންމާ. ސައިހަދާބަލަ.” ފާލިހް ބަދިގެ ފަރާތަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު ޒާރާ ފެނިފައި ފާލިހް އަށް ފަހަތަށް ޖެހެވުނެވެ. ނުދަންނަ މީހެއް ކުއްލިއަކަށް ކުރިމައްޗަށް އެރީމައެވެ.
“އާދޭ ސައިބޯން. ސައިހަދާފަ އެހުރީ.” ޒާރާ ހިނިތުންވެލިއެވެ.
“ކޮބާ މަންމަ.” މަންމަ ކުއްޖެއް ގެންނަން ބުނި ކަން ފާލިހް ހަނދާންވުމުން އޭނާ ހަމަޖެހިލާފައި ޒާރާ އާ ވާހަކަ ދެއްކިއެވެ.
“ގޮއްސި ފިހާރައަކަށް.” ތަރުމޯޒުގެ މަތި ނަގަމުން ޒާރާ ޖަވާބުދިނެވެ. ކާމޭޒު ކައިރީގައި ހުރި ގޮނޑި ދަމާލަމުން ފާލިހް އިށީނެވެ. ޒާރާ ސައިތަށި ބެހެއްޓުމަށްފަހު ބަދިގެއިން ނިކުތެވެ.
“ދަނީތަ؟” އަޔާން ސައިނުބޮއި ދާން ފެށުމުން ނުހާ އަޔާންގެ އަތުގައި ހިފެހެއްޓިއެވެ. ނުހާ އަޔާން އާއި ގާތްވާން މަސައްކަތް ކުރާ ކަހަލައެވެ. ނުހާގެ އަތް ފޮޅުވާލަމުން އަޔާން ކުރިއަށް ހިނގައިގަތެވެ.
“އަޔާން. އަހަންނަށް މާފްކުރޭ. ޕްލީޒް” ނުހާ ދުވެފައި އައިސް އަޔާންގެ ކުރިމައްޗަށް ހުއްޓި ދެއަތް ދެފަރާތަށް ދަމާލިއެވެ.
“މޮޔަވެގެންތަ ތިއުޅެނީ. ތިމަކަރުވެރިކަމުގެ ދަލުގައި ދެން މި އަޔާން އެއް ނުޖެހޭނެ. އެހެންވީމަ ތި އާޓް ދެއްކުމުގެ ބޭނުމެއްނެތް.” އަޔާން އެއްފަރާތަށް ޖެހިލަމުން އަނެއްކާވެސް ހިނގައިގަތެވެ.
“އަޔާންގެ ދެލޮލުން މަށަށް އަދިވެސް ފެންނަނީ ލޯބި.” ނުހާގެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދީ އަޔާން ދިޔައީއެވެ.
އަޔާން އަށް އޮފީހަށް ދެވުނުއިރު ހުރީ ވަރަށް ލަސްވެފައެވެ.
“އަޔާން. އާސިފް އިޒް ވެއިޓިން ފޯރ ޔޫ. މީޓިން ރޫމްގަ.” މީތަންގެ އަޑަށް ކެބިން އަށް ވަދެވަދެ ހުރި އަޔާން ފަހަތަށް އެނބުރި ބަލާލިއެވެ.
“ފައި ކިހިނެއް؟” އަޔާން ފަރުވާތެރިކަމާއެކު މީތަން އަށް ބަލާލިއެވެ.
“އޭން. ކީކޭ.” އަޔާން އާ މީތަން އާ އެހާ ގާތްކޮށް ވާހަކަ ދެއްކީމަ މީތަން އަށް ހުރީ ގަބޫލު ނުކުރެވިފައެވެ.
“މި ބުނީ ތި އައިނު ގަނޑު އެއްލާލަ ބަލާށޭ. އިއްޔެ މީތަންގެ ސްޓައިލް ވަރަށް ހިތްގައިމު.” އަޔާން މީތަންގެ ބޮލުގައި ޖަހާފައިވާ ހެއަރ ސްޓިކް ނައްޓާލަމުން ހީލާފައި ހިނގައިގަތެވެ. މީތަން އަށް ގަނޑުވެފައި ހުރެވުނީއެވެ. އަޔާންގެ ބަދަލުވެފައިވާ އުޅުން މީތަން އަށް ވީ އަޖައިބަކަށެވެ.
“ކީކޭ ޑޭޑް.” އަޔާން އާސިފްގެ ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އެތަނުގައި ފާލިހްވެސް އިނެވެ.
“ބައްޕަ މިއަދު ނުހާ ގޮވައިގެން ސިންގަޕޫރަށް ފުރަން. ދަރިފުޅާއި ފާލިހް އޮފީސް ރަނގަޅަށް ބަލައްޗޭ. މިއޮތީ ޕަވަރ އޮފް އެޓާނީ. އެންޑް ތިޖޫރީ ތަޅުދަނޑި.” އާސިފް އަޔާންއާ ދިމާއަށް ލިޔުންތަކާއި ތަޅުދަނޑި ދިއްކޮށްލިއެވެ.
“ޑޭޑް. އޮފީސް ރަނގަޅަށް ބަލަހައްޓާނަމޭ. ތި ހުރިހާ އެއްޗެއް ޑޭޑް އަތުގައި ބަހައްޓާ.” އަޔާން އޭނަގެ ބައްޕަގެ އަތުގައި ހިފަމުން ހީނލިއެވެ. އާސިފް އެތައް ވަރަކަށް ކިޔުމުންވެސް އަޔާން އެއްބަހެއްނުވިއެވެ. އަޔާންގެ ރަނގަޅުކަން ފެނިފައި އާސިފް ވެސް ހުރީ ކޮސްވެފައެވެ.
“ހޭވް އަ ސޭފް ފްލައިޓް ޑޭޑް. ސީ ޔޫ ސޫން.” އަޔާން އޭނަގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. ފާލިހްވެސް އާސިފްއާއި ސަލާމްކޮށްލަމުން މީޓިން ރޫމްއިން ނިކުތެވެ.
“ކާޓޫން. ހާދަ ބިޒީ ކޮށްލައިގެން.” އަޔާން އޭނަގެ ކެބިން އަށް ވަންނަން ދަމުން ފައިލް ހަރުގަނޑު ކައިރީގައި ހުރި މީތަން އާއި ދިމާކޮށްލިއެވެ.
“ހާން. މިއުޅެނީ އެއްޗެއް ނުފެނިގެން.” މީތަން ފަހަރަކު ފައިލެއް ނަގާ ހާވަމުންދިޔައެވެ.
“ތި އޮށް ބޮޑު އައިނު އަޅާފައި ހުރިއިރުވެސް ނުފެނިގެން ތި އުޅުނީ.” އަޔާން ވަރަށް ނޫންކަމަށް ހަދާފައި މީތަން ރުޅި އަޅުވާލިއެވެ.
“އަނެއްކާވެސް ފެށީދޯ. އަން މިއައިނު އަޅާބަލަ އަޔާން.” މީތަން އައި ރުޅިން އަޔާންގެ ލޮލުގައި އައިނު އެޅުވިއެވެ. މީތަން އެފަދަ ކަމެއް ކޮށްފާނެ ކަމަށް އަޔާން ހުރީ ތައްޔާރުވެގެން ނޫނެވެ.
“ހާދަ ލޯބިއޭ. ހީވަނީ ކާފަގަނޑެއްހެން.” މީތަން އަނގަޔަށް ޖައްސާލި ވައްތަރުން އަޔާންގެ ގާތަށް ހިނިއައެވެ. އެވަގުތު ފާލިހްވެސް އައިސް ހުއްޓުނެވެ. މީތަންއާއި އަޔާންގެ ސަކަރާތް ފެނިފައި ފާލިހްގެ ގާތަށްވެސް ހިނިއައެވެ.
“އަޔާން. ރިޒޯޓްގައި ކުޑަ މައްސަލައެއް ދިމާވެގެން އުޅެނީ. އެތަނަށް ޕާސަނަލީ އަޔާން އެބަ ދާން ޖެހޭ.” ފާލިހް އަޔާންގެ ކައިރިއަށް ހުއްޓެމުން ޖީބަށް އަތް ޖަހާލިއެވެ.
“މިހާރުތަ؟ ފާލިހްވެސް ދާންވާނެއެއްނު.” އަޔާން އެދުނީ ފާލިހްވެސް އޭނައާއި އެކު ދާށެވެ. ފާލިހް ބޯޖަހާލިއެވެ.
“އޭ ކާޓޫން. ދައްކަބަލަ ތަންކޮޅެއް.” އަޔާން މަލަކާ ގެ ނިއްކުރީގައި އިނގިލި ޖައްސާ ފަހަތަށް ކޮށްޕާލިއެވެ.
” ހުއް.” މީތަން ތުން އަނބުރާލަމުން ހިނގައިގަތެވެ.
“އަޔާން. ކަމެއްތަ؟” ފާލިހް ކުރިއަށް ޖެހިލަމުން އަޔާންގެ ގަމީހަށް ދަމާލަމުން އަހާލިއެވެ.
އަޔާން އެއްވެސް ޖަވާބެއްނުދީ ހިނިގަނޑެއް ޖަހާލިއެވެ.
ހަވީރުގެ ފިނިފިނި ރޯޅިތައް މީތަންގެ ފަންއިސްތަށިގަނޑާއި އިރުއިރުކޮޅާއި ސަމާސާ ކޮށްލައެވެ. މަގުމަތީގައި މީހުން ގިނަ ކަމުންނާއި ވާރޭ ވެހެން އުޅޭހެން ހީވާތީ މީތަން ހިނގަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. މަލަކާ އާއި ދިމާނުވާތާ ގިނަ ދުވަސް ވެފައިވާތީ މަލަކާ އާއި ބައްދަލުކޮށްލަން އެނގެޔަށް ދިއުމަށެވެ.
މީތަން މަލަކާ ގެ ގެއަށް ވަދެ ސަލާމް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. މުޅި ގޭތެރެވެސް އޮތީ ފަޅުކޮށެވެ. އަނެއްކާ އެއްވެސް މީހެއް ނޫޅެނީ ބާއޭ މީތަންގެ ހިތަށް އެރިއެވެ. މަލަކާއަށް ސަޕްރައިޒެއް ދިނުމަށްޓަކައި މީތަން އައީ އޭނައަށް ގުޅާވެސް ނުލައެވެ. އެންމެ ފަހުން ދެވިސްނުމެއްގައި ހުރެ މީތަން މަލަކާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
“މަލަކާ.” މީތަން މަލަކާއަށް ގޮވަމުން ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގާލިއެވެ. އެޔާއެކު ފާހާނާގެ އިސްކުރުން ފެން ފައިބާ އަޑު މީތަންގެ ކަންފަތުގައި ޖެހުނެވެ. މަލަކާ ފާހާނާގައި ކަމަށް ހީކުރަމުން މަލަކާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މީތަން ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
އެތައް އިރެއްވިއިރުވެސް މަލަކާގެ ހިލަމެއްނުވިއެވެ. އަދި ފެން އިސްކުރު ބަންދެއްވެސް ނުވިއެވެ. މީތަންގެ ހިތަށް ލިބުނު ހާސްކަމުގައި ބާރު ބާރަށް ގޮސް ފާހާނާގެ ތަޅު އަނބުރާލިއެވެ. އެތެރެއިން ހުރީ ތަޅުނުލާ ކަމުން ދޮރު ހުޅުވިގެން ދިޔައެވެ. އެވަގުތު ފެނުނު މަންޒަރުން މީތަންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (14)
މަލަކާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައެވެ. މީތަން އަކަށް ބަލާކަށް ނުހުރެވުނެވެ. ފެން އިސްކުރު ބާރު ކޮށްލަމުން ވެއްޓިފައިވާ މަލަކާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“މަލަކާ.” މީތަން މަލަކާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. މަލަކާގެ އެސްފިޔަތައް ހަރަކާތްކުރި ތަން ފެނިފައި މީތަން އަނެއްކާވެސް މަލަކާގެ ކޮލުގައި ޖަހާލިއެވެ.
“ހިނގާ ތެދުވަން. ކިހިނެއްވީ ވެއްޓުނީ.” މީތަން ވަރަށް އުނދަގުލުން މަލަކާ ނަގާ އޭނަގެ ގައިގައި ލައްކޮށްލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި ބޭއްވިއެވެ. މަލަކާ އޮތީ މުޅިން ތެމި ފޯވެފައެވެ. މީތަން އަވަސް އަވަހަށް އަލަމާރި ހުޅުވާފައި މަލަކާގެ ހެދުމެއް ނެގިއެވެ.
“ފާލިހްއަށް ގުޅާލަ -”
“ކިހިނެއްވީ މަގޭދަރިއަށް. ކޮން ފެނެއްތަ މީ.” މަލަކާގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ފާލިހްގެ މަންމަ ޝަރީފާ ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިއަށް އައިސް ވަނެވެ.
މީތަން އަށް ލިބުނު ހައިރާން ކަމުގައި މަލަކާގެ އަތުން ދޫކޮށްލުމަށްފަހު އެއްފަރާތަށް ޖެހިލިއެވެ. ދޮރުން ރަނގަޅަށް ނުވަދެ ހުރެ ޝަރީފާއަށް މަލަކާ ތެމިފައި އޮތް ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟
“ގެނޭ ތިހެދުން.” ޝަރީފާ މީތަންގެ އަތުން ހެދުން އަތުލިއެވެ. އަދި އަވަސް އަވަހަށް މަލަކާގެ ހެދުން ބަދަލު ކުރަން ފެށިއެވެ.
“އަހަރެން އައި އިރު ފެން އިސްކުރުން ފެން އޮހޭ އަޑުއިވޭ. އެކަމަކު އެއްވެސް ޚަބަރެއް ނުވީމަ ގޮސް ދޮރު ހުޅުވާލިއިރު މަލަކާ އޮތީ ވެއްޓިފައި.” މީތަން ޝަރީފާއަށް ވީގޮތް އޮޅުންފިލުވައިދިނެވެ.
“އެކަމަކު އަޖައިބެއް ފާހާނާ އެތެރެއިން ތަޅު ނުލާ ހުރީމަ.” މީތަން މަލަކާގެ މެރިފައިވާ ދެލޮލަށް ބަލާލަމުން ބުނެލިއެވެ.
“އެ- އެހެން ވެދާނެއެއްނު ހަމަ. މަލަކާ ތަޅުލަން ހަނދާން ނުވެދާނެއެއްނު.” ޝަރީފާގެ ވާހަކައިން މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގި ކޮސްވެފައެވެ. ޝަރީފާ އެކަމާމެދު އެއްވެސް ވަރަކަށް ހާސްނުވީމައެވެ.
“ޑޮކްޓަރަށް ގެންދަންވާނެއެއްނު. މަލަކާ ޕްރެގް އެއްނު. ޗެކަޕް ކޮށްލަން.” މީތަން މަލަކާ ކައިރީގައި އިށީނެވެ.
“މަށަށް ގޮތް ކިޔާނުދީބަލަ. މިކަހަލަ ކަންތައްތަކަށް ދުރު މީހުން ވަންނާކަށް ނުޖެހެއޭ.” ޝަރީފާގެ ރުޅިވެރި ބަސްތަކުން މީތަންގެ ހިތުގައި ޖެހުނެވެ. މަލަކާގެ ބޮލުގައި ފިރުމާލަމުން މީތަން ހިނގައިގަތީ ދެން އެތާގައި އޭނާ ހުރުން ރަނގަޅު ކަމަށް ނުފެންނާތީއެވެ. މަލަކާއޮތް ހާލު ފެނިފައި ކިތަންމެހާވެސް އެތާގައި މަޑުކުރަން އޭނާ ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟
މީތަން ކޮޓަރިން ނިކުތުމުން ޝަރީފާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. ލައިގެން ހުރި ހައުސްކޯޓްގެ ޖީބަށް އަތްކޮށްޕާލަމުން ޝަރީފާ އެނެގި ފެން ފުޅިން ފެން ކޮޅެއް މަލަކާގެ ފައިގައި އުނގުޅާލިއެވެ.
މީތަން މަލަކާގެ ގެއިން ނިކުތްއިރު އަޔާންއާއި ފާލިހްވެސް ސައިކަލްގައި އެގޭގެ ދޮރުމައްޗަށް މަޑުކޮށްލަނީއެވެ.
“ފާލިހް. މަލަކާ.” މީތަންއަށް ބުނެވުނީ އެހިސާބަށެވެ. ދޮރުމައްޗަށް ނިކުތް ޝަރީފާ ފެނިފައި މީތަން އަށް ހުއްޓުންއެރިއެވެ.
“ދިމާވިތަ މަލަކާއާ.” ފާލިހް މީތަންގެ ކުރިމައްޗަށް ހުއްޓެމުން ހިނިތުންވެލިއެވެ.
“މަލަކާއަށް އޮތީ ނިދިފައި. ނިކަން އަވަހަށް އާދެބަލަ ދަރިފުޅާ.” މީތަން އަށް ޖަވާބު ނުދެވެނީސް ޝަރީފާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ފާާލިހްގެ އަތުގައި ހިފާލިއެވެ.
“އަޔާން ގުޅައްޗޭ ކޮފީއަށް ދާން.” ފާލިހް އެތެރެއަށް ވަންނަމުން އަޔާންއަށް އަތް ހޫރާލިއެވެ.
މީތަން ފާލިހްއާ ވާހަކަ ދައްކަން ބޭނުންވެފައި ހުއްޓާ ޝަރީފާ ފާލިހް ގެންދިޔުމުން މީތަން ކަރުއެލުވާލިއެވެ. ކުރިމަތީގައި އަޔާން އޭނައާއި ދިމާއަށް ބަލަން ހުރިކަންވެސް އޭނާއަށް އިޙްސާސްނުވާ ކަހަލައެވެ.
“އޭ ކާޓޫން. ލިފްޓެއް ބޭނުންތަ؟ ” އަޔާން ސައިކަލްގެ ލައިޓް މީތަންގެ މޫނަށް އަޅުވާލިއެވެ.
“އަޔާން.” ފުރަތަމަ ފަހަރަށް އެހާ ލޯބިން މީތަން އަޔާންއަށް ގޮވާލި އަޑު އިވުމުން އަޔާންގެ ހިތަށް ނޭނގޭ އިޙްސާސްތަކެއް ކުރުވިއެވެ. މީތަންގެ ފުން ދެލޮލަށް އަޔާންއަށް ބަލާލެވުނީވެސް އެހެންވެއެވެ.
“ހިނގާބަލަ. ވާހަކައެއް ދައްކާލަން ބޭނުން.” މީތަން އެއްވެސް ފަސްޖެހުމެއްނެތި އަޔާންގެ ސައިކަލް ފަހަތުގައި އިށީދެލުމުން މީތަން އަށް ކޮންމެވެސް ކަމެއްވެއްޖެކަން އަޔާންއަށް އެނގުނެވެ. އެއްވެސް އެއްޗެއް ނުބުނެ އަޔާން ސައިކަލް ދުއްވާލިއެވެ.
“މަންމާ. މަލަކާ އަބަދު ނިދާފައި އޮންނަނީ ކީއްވެތަ؟ ” ފާލިހް ކަރުގައި އަޅާފައި އޮތް ޓައީ ނަގާ ކޮނޑުގައި އަޅުވާލިއެވެ.
“ދަރިފުޅު ދައްކާ މޮޔަ ވާހަކަ. ބަނޑު ބޮޑު ދުވަސްވަރު ވަރުބަލިވާނެޔޭ. އެހެންވީމަ ނިދޭނެއެއްނު.” ޝަރީފާ ހީނގަތެވެ.
“އެހެންދޯ. އެކަމަކު ދެން އަބަދު ނިދަންވޭތަ؟ އަހަރެން ގެއިން ދާއިރުވެސް ނިދާފަ. ގެއަށް އެނބުރި އަންނައިރުވެސް ނިދާފަ.”
ހަޤީޤަތުގައިވެސް ފާލިހް އެކަމާއި ވަރަށް ދެރަވެއެވެ. މިފަހަކަށް އައިސް މަލަކާއާއި އެކީ އެއްވެސް ވަގުތުކޮޅެއް ހޭދަކުރެވޭ ވަގުތެއް ނާދެއެވެ.
“މިއަދު މަލަކާ ފާހަނާތެރެއަށް ކައްސާލީ. ނަސީބަކުން ކަމެއްނުވޭ. ތަދުވެގެންވެސް ނޫޅޭ.” ފާލިހްއާ ހަމައަށް އެވާހަކަ ދާނެކަން އެނގޭތީ ޝަރީފާ މޮޅު ވާހަކައެއް ހަދާލިއެވެ.
“ކީކޭ. އެކީއްވެ؟” ފާލިހްގެ ބޮޑުވެގެންދިޔަ ދެލޯ ފެނިފައި ޝަރީފާއަށް ހިންދިރުވާލެވުނެވެ.
“މަންމަ ކީއްވެ ނުގުޅީ. މަލަކާ ޑޮކްޓަރަށް ނުގެންދިޔައީ ކީއްވެ؟” ފާލިހް އަޑު ކުއްލިއަކަށް ބާރުވެގެން ދިޔައެވެ.
“ދަރިފުޅާ. އެވަރުގެ ކަމެއްނޫނޭ އެއީ. ބޯ އަނބުރާ ހޮޑުލާ އަނބުރައިގަނެ ކަންތައްވާނެ މިދުވަސްކޮޅު. ދަރިފުޅު ތިހާ ހިތްހަަމަ ނުޖެހެންޏާ ދާންވީނު ދައްކާލަން.” ޝަރީފާ މަޑުމަޑުން ވާހަކަ ދެއްކި ނަމަވެސް މަލަކާ ހޭނުލާނެކަން އޭނައަށް އެނގެއެވެ.
ފާލިހް އެނދުގެ އެއްފަރާތުގައި އިށީނަމުން މަލަކާގެ ބޮލުގައި ފިރުމާލިއެވެ.
އެމަންޒަރު ބަލަން ހުރެފައި ޝަރީފާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.
އަޔާންއާއި މީތަން ސައިކަލްގައި ގޮސް މަޑުކޮށްލީ ކާނިވަލަށެވެ.
“ކޮފީއަކަށް މިއައީ. އަނެއްކާ މައްސަލައެއްތަ؟” އަޔާން ސައިކަލް ޕާކް ކޮށްލަމުން އަހާލިއެވެ.
މީތަން ބޯ ހޫރާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. މީތަން އަށް އަދިވެސް ވިސްނެނީ މަލަކާއާ ދޭތެރޭގައެވެ.
“ހާދަ މީހުން ގިނައޭ.” މީތަން އެކިދިމަދިމާއަށް ކަޅި އުކަމުންދިޔައެވެ.
“ހާދަ އަނގަ ގަދައޭ ދޯ. އާދެބަލަ އެހުރީ ހުސް މޭޒެކޭ.” އަޔާން މީތަންގެ އަތުގައި ހިފާލިއެވެ. ބޭއިހްތިޔާރުގައި މީތަން އަޔާން އާ ދިމާއަށް ބަލާލެވުނެވެ.
“ކިހިނެއްވީއޭ.” އަޔާން ތުބުގައި ސިގެރޭޓް ޖަހާލަމުން މީތަންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
ފުންނޭވާއެއް ބޭރުކޮށްލަމުން މީތަން މަލަކާގެ ގޭގައި ދިމާވި ހާދިސާ އަޔާން އަށް ކިޔައިދިނެވެ.
“ހާދަ ހީނުވެޔޭ އެކަމް. ފާލިހްއަކީ ޝަރީފާގެ ހުރި ހަމައެކަނި ދަރި. އަނެއްކާ މަލަކާގެ ފަރާތުން ލިބެން އެއުޅެނީ ފުރަތަމަ މާމަ ދަރި. ކިހާ ލޯބިވާނެ.” ކުޑަ އިރުކޮޅަކު ވިސްނަން ހުރެފައި އަޔާން ބުނެލިއެވެ.
“އެކަމަކު އަޔާން. ނިކުމެފައިވެސް އޭނަ ފާލިހް އެގެންދިޔައީނު. އަހަރެންނާއި ވާހަކަވެސް ދެއްކިޔަ ނުދީ.” މީތަން އަށް އަދިވެސް ގޯހެއް އުޅޭކަމަށް ޝައްކު ކުރެވެނީއެވެ.
“އޯކޭ. އަޅެ މަ ގުޅަންތަ ފާލިހްއަށް.” އަޔާން ފޯނު ނަގާ ފާލިހްގެ ނަމްބަރަށް ޑައިލް ކޮށްލީ މީތަން އެކަމަށް އެއްބަސްވެ ބޯޖަހާލީމައެވެ.
ފާލިހް ފޯނު ނެގުމާއެކު އަޔާން ފޯނުގެ ސްޕީކަރ އޮން ކޮށްލިއެވެ.
“މިރޭ ވަރަށް ޓަޔަރޑް. ކޮފީ ކެންސަލް ކޮށްލަމާ.” އަޔާން ވާހަކަ ދެއްކީ މީތަަންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
“އާން. އަޔާންއަށް ގުޅަން މަވެސް މިއުޅުނީ. މަލަކާ މިއަދު ފާހަނާ ތެރެއަށް ކައްސާލައިގެން ވެއްޓުނީއޯ. އެހެންވެ މާދަން އޮފީހަށް ގޮސް ކާޑު ޖަހާލާފައި ޑޮކްޓަރަށް ދާން ނިންމައިގެން މިހުރީ.” ފާލިހްގެ އަޑު އަހަން މީތަން ހުރީ ފޯނާއި ދިމާއަށް ގުދުވެގެންނެވެ.
“ކީއްވެ މިހާރު ނުދަނީ. މިހާރު ދާންވީނު. މަ އަންނަންތަ؟” އަޔާން ފޯނުގެ ވޮލިއުމް މަޑުކޮށްލީ އެތަނުގައި ތިބި ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ސީދާވެފައިވާތީއެވެ.
“މަލަކާއަށް އޮތީ ނިދިފައޭ. އެހެންވެ. އަނެއްކާ މަ ބޭނުމެއްނެތް އެމަޖެންސީއަކަށް ގޮސް ދައްކާކަށް. ސްޕެސަލިސްޓަކަށް އެޕޮއިންޓްމަންޓް ހަދަން މިއުޅެނީ. މިވަގުތު ބާއްވަނީ އިނގޭ.” ފާލިހް ފޯނު ކަނޑާލުމުން އަޔާން މީތަންއަށް ނިތްއަރުވާލީ މީތަން އިތުރަށް ބުނާނީ ކީކޭތޯ އަހާ ކަހަލަ ގޮތަކަށެވެ.
“ފާލިހް މަންމަ ގޯސް ނަމަ ފާލިހް ކައިރީގައި ނުބުނާނެއެއްނު މަލަކާ ވެއްޓުނު ވާހަކައެއްވެސް. މީތަން މާ ވަރަކަށް ތިވިސްނަނީ.” މީތަން ހިމޭނުން ހުރިތަން ފެނިފައި އަޔާން ބުނެލިއެވެ.
އެއްޗެއް ނުބުނި ނަމަވެސް މީތަންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މަލަކާ ވެއްޓިފައި އޮތްގޮތް އަދިވެސް މީތަންގެ ލޮލަށް ސިފަވާ ކަހަލައެވެ.
“ކާއެއްޗެއް ގެންނަންވީނު.” އަނެއްކާވެސް ވާހަކަ ދެއްކީ އަޔާނެވެ.
“ނޫން. ގެއަށް ދާން ބޭނުމީ.” މީތަން އަށް ރޮވޭހެން ހީވުމުން މީތަން އޭނަގެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އަޔާން އަށް ވަރަށް ރީއްޗަށް އެމަންޒަރު ފެނުނެވެ. އެވަގުތު މީތަން އަށް އޭނާގެ މޭގެ ހިމާޔަތްކަން ދޭން އަޔާންގެ ހިތް ބުނަމުން ގެންދިޔައެވެ. ނަމަވެސް ތިބެވުނު މާހައުލުގެ ގޮތުންނާއި ވަށައިގެން ތިބިހާ ގިނަ މީހުންގެ ސަބަބުން އެފަދަ ގޮތަކަށް މީތަން އާ ގާތްވާކަށް އަޔާންއަކަށް ނުކެރުނެވެ. މަޑުމަޑުން ގޮޑި ދުރުކޮށްލާފައި ތެދުވެ އަޔާން ހިނގައިގަތުމުން މީތަންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މަލަކާއަށް ހޭލެވުނީ ބަނޑުގައި ރިއްސާތީއެވެ. ބަނޑުގައި އަތް އަޅައިގެން މަލަކާ ތެދުވެ އެނދުގައި އިށީން އިރު މުޅި މީހާ ހުރީ ދުޅަވެފައި ކަަހަލަ ގޮތަކަށެވެ. ކުއްލިއަކަށް ވޭންގަދަވެގެން ދިޔަ ވަގުތު މަލަކާ އަށް ދެލޯ މަރާލެވުނެވެ. ފާލިހްއަށް ގޮވަން އަނގަ ހުޅުވާލި ކަމުގައި ވިޔަސް އަޑެއް ނުނިކުތެވެ. ކުއްލިއަކަށް މުޅި ކޮޓަރި ތެރެއިން ކަރަންޓް ދިޔައެވެ. ކަނު އަނދިރި ތެރޭގައިވެސް މަލަކާއަށް ހުރެވުނީ ދެލޯ މަރާލައިގެންނެވެ. ބިރަކުންނެއް ނޫނެވެ. ބަނޑުގައި އަޅާ ވޭނުންނެވެ.
“ފާލި.-” ކުއްލިއަކަށް ބޮޑު ދެއަތް މަލަކާގެ އަނގަ ބަންދުކޮށްލިއެވެ. އަދި މަލަކާގެ ބަނޑުގައި ހިފާ ފިތާލަމުން މަލަކާ ގަދަކަމުން ކޮޓަރި ތެރެއިން ނެރުނެވެ. އެމީހަކު މަލަކާ ގޮވައިގެން ގޮސް ބަދިގެ ތެރޭގައި ބަންޑުން ބޭއްވިއެވެ. އޭރު މަލަކާގެ ހެވެއް ވެސް ނެތްކަހަލައެވެ. އެއްވެސް ހަރަކާތެއް މަލަކާގެ ހަށިގަނޑުގައި ނެތެވެ.
އެނދުގައި ފުރޮޅި ފުރޮޅި އޮތް އަޔާން އަކަށް ނުނިދުނެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ތިނެއް ޖަހަނީއެވެ. އެނދުކޮޅުގައި ބާލީސް ލައްކޮށްލަމުން އަޔާން ލެގިލިއެވެ. ނުހާގެ ރީތި ސޫރައާއި އޭރުގެ ފޮނި ހަނދާންތައް އޭނައަށް އުނދަގޫ ކުރަނީއެވެ. ނުހާ ދެކެ ކިތަންމެ ފޫހިވިޔަސް އެހަނދާންތައް އަޔާންގެ ހިތުން ފިލުވަން އުނދަގުލެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުގެ ވައިބްރޭޝަން އަޑަށް އަޔާން އަށް ބަލާލެވުނެވެ.
ފޯނު ނަގާ ބަލާލަމުން އަޔާންގެ ތުންފަތުގައި ކުޅެލީ ލުއިލުއި ހިނިތުންވުމެކެވެ. އަޔާންއަށް ލިބުނީ މީތަންގެ ތެންކިޔު މެސެޖެކެވެ.
“ކާޓޫނު. މޮޔަ ކުއްޖާ. ޔަޤީން މަލަކާއާ ދޭތެރޭގައި ވިސްނާފައި ނުނިދިގެން އެއުޅެނީ.” އަޔާންގެ ހިތަށް އެރި ބަސްތައް ދުލުގެ ކުރިއާ ހަމައަށް ގެންނަމުން އަޔާން ފޯނު މޭމަތީގައި ބާއްވާލިއެވެ. އަދި ނިދޭތޯ ދެލޯ މަރާލިއެވެ.
އިރުގެ އަލިން މުޅި ދުނިޔެ އަލި ކޮށްލުމާއެކު މީހުން ހޭލަމޭލަވާން ފަށައިފިއެވެ. މޯޅިއަކަށް ދެމިލަމުން ފާލިހް ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އެނބުރިލީ މަލަކާއާ ދިމާއަށެވެ. މަލަކާ ފެންނަން ނެތުމުން ފާލިހް ހީކުރީ މަލަކާ އޭނައަށް ސައި ތައްޔާރު ކުރަނީ ކަމަށެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ފާލިހް ފާހާނާ އާ ދިމާއަށް ހިނގައިގަތީ ލަވަވެސް ކިޔަމުންނެވެ. ފާލިހް ފެންވަރައިގެން ނިކުމެ ރީތި ވެލިއެވެ. ގަމީސް ލާން ބެލިއިރު ގަމީހުގެ އެއް ގޮށް ނެތުމުން ފާލިހް މޫނު ކުނިކޮށްލިއެވެ.
“މަލަކާ. އާދެބަލަ ނިކަން އަވަހަށް.” ފާލިހް މަލަކާއަށް ގޮވާލީ ވަރަށް ބާރަށެވެ. ނަމަވެސް މަލަކާގެ އެއްވެސް ހިލަމެއް ނުވިއެވެ. ފާލިހް ގަމީސް އެނދު މައްޗަށް ނަގާ އެއްލުމަށްފަހު ކޮޓަރިން ނިކުތެވެ. ފާލިހް ބަދިގެއާ ދިމާއަށް ދިޔައީ މަލަކާ ބަދިގޭގައި އުޅޭ ކަމަށް ހީކޮށެވެ.
“ދަރިފުޅާ. ކިހިނެއްވީ ހަޅޭލަވަނީތި.” އާފުރެމުން ފާލިހްގެ މަންމަ ޝަރީފާވެސް އެވަގުތު ކޮޓަރިން ނިކުތެވެ.
“މަލަކާ ސައިހަދަނީ ކަން ނޭނގެ. ފެންނަން ނެތީމަ އެހެންވެ ބަދިގެއާ ދިމާއަށް މިދަނީ.” ފާލިހް އަނެއްކާވެސް ހިނގައިގަތެވެ.
“އާން. މަންމަވެސް ބޮލުގަ ރިއްސާތީ ފަތިހު ނުތެދުވެވުނީ. މަލަކާ ފޮނުވާ ކޮޓަރިއަށް. މަންމަ ސައިހަދާލާނަން. ޑޮކްޓަރ ބުންޏެއްނު. މަލަކާ ތެދުވެ އެހާ ވަރަށް ނޫޅޭށޭ.” ޝަރީފާވެސް ފާލިހްގެ ފަހަތުން ހިނގައިގަތެވެ.
“ބަދިގެ ތެރޭގައި އެއްވެސް އަލިކަމެއްވެސް ނެތެއްނު.. މަލަކާ އަނެއްކާ ނޫޅެނީތަ؟” ފާލިހް ބަދިގޭގެ ލައިޓް ޖައްސާލިއެވެ. އެވަގުތު ބަންޑުން ވެއްޓިފައި އޮތް މަލަކާ ފާލިހްގެ ލޮލުގައި އަޅައިގަތުމާއެކު ފާލިހްގެ ކަރުބުޑުން ނިކުތީ ބިރުވެރި ހަޅޭކެއްގެ އަޑެވެ. މޮޔައެއް ފަދައިން މަލަކާ ގައިގައި ފާލިހް އޮޅުލައިގަތެވެ. ޝަރީފާ އަވަސް އަވަހަށް ފޯނު ނަގާ އެމްބިޔުލެންސަށް ގުޅިއެވެ. އޭރު ޝަރީފާވެސް އަޑުން އަޑު ނަގާ ރޮނީއެވެ.
“މަލަކާ. ލޯ ހުޅުވަބަލަ.” ފާލިހް މަލަކާގެ ހަށިގަނޑު ތަޅުވަމުން ދިޔައިރު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދެއެވެ. އެންމެންގެ ރުއިމާއި ހަޅޭކުގެ އަޑަށް ޒާރާވެސް ކޮޓަރިން ނިކުތެވެ.
ވެއްޓިފައި އޮތް މަލަކާ ފެނުމާއެކު ޒާރާއަށްވެސް އަނގަމަތީގައި އަތް އަޅާލެވުނެވެ.
“މީ ކޯޗެއް؟” މަލަކާ ވެއްޓިފައި އޮތް ތަނާއި މަލަކާ ލައިގެން ހުރި ހެދުމުގައި ހުރި ލޭތަކަށް އިނގިލި ދިއްކުރަމުން ޒާރާއަށް ބުނެވުނެވެ. ފާލިހް އަށާއި ޝަރީފާއަށް ބަލާލެވުނީ އެކު އެކީގައެވެ. ފާލިހް އަދި ކުރިއަށްވުރެ ބާރަށް މަލަކާގެ ގައިގައި އޮޅުލައިގަންނަމުން ރޮއެގަތެވެ.
“ނީތާ. ކޮފީ ތައްޓެއް ހަދާ ދީބަލަ.” ބޮލުން ފެން ހިއްކަމުން ސިޓިން ރޫމްއަށް އައި އަޔާން ހުރީ ތުވާއްޔެއް އޮޅާލައިގެންނެވެ. އޭނާގެ ފިރިހެންވަންތަ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ.
“ސައިހަދަންތަ؟” ނީތާ ދޮވެފައި ހުރި ތަށިތައް ހަރުގަނޑުގައި އަތުރާލިއެވެ.
“ނޫން. ކޮފީއެއް އެކަނި.” އަޔާން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“އަޔާން. ބައްޕަ ގުޅިއޭ. ނުހާ ބަލިވެގެން އެޑްމިޓް ކޮށްފަޔޯ އޮތީ. ދެތިން ދުވަސް ތެރޭގައި އަންނަ ވާހަކަވެސް ބުނި.” ނީތާގެ އަޑަށް އަޔާން ހުއްޓުނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އަޔާންއަށްވެސް ގުޅިކަން އަޔާންއަށް އެނގެއެެވެ. އެކަމަކު ނުހާ ކަމަށް ހީކޮށް އަޔާން ފޯނު ނުނެގީއެވެ. ނުހާގެ ނަން އިވުމުން އަނެއްކާވެސް އަޔާންގެ ހިތަށް އުނދަގޫވިއެވެ. އަވަސް އަވަހަށް އެތަނުން އަޔާން ދިޔައީވެސް ނުހާގެ އިތުރު ވާހަކައެއް ނީތާ ދައްކަފާނެތީއެވެ.
އައިސީޔޫ ގެ ނިވި ދިއްލެމުންދާ ބޮތްކަށް ބަލަން ހުރި ފާލިހްގެ ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ނުހިކެއެވެ. ފާލިހްގެ ކައިރީގައި މަންމަ ހުރެގެން އޭނާގެ ގައިގައި ފިރުމަމުން ހިތްވަރު ދެމުން ގެންދާއިރުވެސް އޭގެ އެއްވެސް އަސަރެއް އޭނައަށް ނުކުރާކަހަލައެވެ.
“ދަރިފުޅާ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.” ޝަރީފާ ފާލިހްގެ ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު އައިސީޔޫގެ ދޮރު ހުޅުވުނު އަޑަށް ފާލިހް ދުވެފައި އެދިމާއަށް ދިޔައެވެ.
“ޑޮކްޓަރ. މަލަކާއަށް ކިހިނެއްތޯ ވީ؟ ރަނގަޅުތޯ ހުރިހާ ކަމެއް؟ ” ފާލިހް ޑޮކްޓަރ ގެ އަތުގައި ހިފެހެއްޓިއެވެ.
“މިވަގުތު ވަކި އެއްޗެއް ބުނަން ދަތި؟ ވީ އާރ ޓްރައިން.” ޑޮކްޓަރ ފާލިހްގެ ކޮނޑުގައި އަތް ބާއްވާލަމުން އަނެއްކާވެސް އެތެރެއަށްވަނީ އިތުރު ދެ ޑޮކްޓަރުން އައިސް އެތެރެއަށް ވަނީމައެވެ. އައިސީޔޫ ގެ ދޮރު ލެއްޕުމާއެކު ފާލިހް ކުޑަ ކަކޫ ޖަހާލަމުން ދޮރުމަތީގައި އިށީނެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ ފާލިހްގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ތެދުވޭ.” އަޔާންގެ އަޑަށް މީތަން ދިޔައީ ސިއްސައިގެންނެވެ. މީތަން ތެޅިގެންފައި ތެދުވި ގޮތުން އަޔާންއަށް ހެވުނެވެ.
“ރޭގަ އެއްކޮށް ނުނިދާ ހޭލާހުރެފަ އޮފީހަށް އައިއްސަ ތި ނިދަނީނު. މީތަންގެ ބޮސް އޮފީހަށް އައިސް ވަނީމަ ޖެހޭނެއެއްނު ތެދުވެ ސަލާމްކުރަން.” އަޔާން މީތަން އާ ސަމާސާކޮށްލިއެވެ.
“ނުޖެހޭނެ ކުރާކަށް.” މީތަން ތުން ދަމާލިއެވެ.
“އޯ. ކާޓޫން. ހާދަ ރުޅިއެއް ތިއައީ. ރުޅި އައީމަ އަދި މާ ލޯބި.” އަޔާން މީތަންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ހިނދުކޮޅަަކަށް ނަމަވެސް މީތަންގެ ފުން ލޮލުގެ ތެރެއަށް އަޔާން ގެބިގެން ދިޔަ ކަހަލައެވެ. ޖެހި ބުދެއްހެން ގަނޑުވެފައި އަޔާންއަށް ހުރެވުނީއެވެ.
” އަނެއްކާވެސް މި އައިނު ދޭން ވީތަ؟” އަޔާން ބަލަން ހުރި ގޮތުން މީތަން ރަކިވިއެވެ.
“ތި އައިނު ދޭންވީ އެއްނޫން. ތި އައިނު ގަނޑު ނަގަންވީ.” އަޔާން ހިނިތުންވެލުމުން މީތަން އިސްޖެހިއެވެ.
“ފާލިހް އަދިވެސް އޮފީހަށް ނާންނަނީތަ؟” އަޔާން އޮފީސް ތެރެއަށް ލޯ ހިންގާލިއެވެ.
“އާން. ނުދެކެން. ބުންޏެއްނު ހޮަސްޕިޓަލަށް ދާ ވާހަކަ. އަޅެ ޚަބަރު ބަލަން ގުޅާބަލަ.” މީތަން ހުރީ މަލަކާގެ ހާލު ބަލަން ބޭނުންވެފައެވެ. މިއަދު ހެނދުނު ހޭލިގޮތަށްވެސް މީތަން އެތައް ފަހަރަކު މަލަކާއަށް ގުޅިއެވެ. އެކަމަކު ފޯނު އޮންނަނީ ނިއްވާލާފައެވެ.
އަޔާން މޭޒު މަތީގައި ހުރި ފޯނުގެ އަތްގަނޑުނަގާ ކަންފަތުގައި ޖައްސާލަމުން ފާލިހްގެ ނަމްބަރަށް ގުޅާލިއެވެ.
“ވަޓް ހެޕެންޑް.” ފާލިހްގެ ކުރަކިވެފައިވާ އަޑު ޖެހުމުން އަޔާންއަށް ލިބުނީ ކުއްލި ޝޮކެކެވެ.
“ރިލެކްސް. ކޮންތާކު ތިހުރީ.” އަޔާން ހުރީ ހާސްވެފައެވެ.
“ކިހިނެއްވީތަ؟” އަޔާން ފޯނު ބޭއްވުމާއެކު މީތަން އަވަސް އަވަހަށް އަހާލިއެވެ.
“ނޭނގެ. ފާލިހްއަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކޭ. އައިޖީއެމްއެޗް ގަ ހުރި ވާހަކަ ބުނީ. މިދަނީ އެދިމާލަށް ދާން. މީތަން މަޑު ކުރޭ އޮފީހުގައި.” އަޔާން ގަސްތުގައި މީތަން ގެންދަން ބޭނުން ނުވީއެވެ. ފާލިހްގެ އަޑު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން އަޔާންއަށް ވިސްނުނެވެ. މީތަން މިހާރުވެސް މަލަކާއާއި ދޭތެރޭގައި ވިސްނާވަރު އަޔާން އަށް އެނގެއެވެ.
“ނޫން. އަޔާން. އަޅެ އަހަރެން ގެންދޭ.” މީތަން އާދޭސްކުރިއެވެ.
“މީތަން ގެންދާނަމޭ. އޮފީހުގައި މަ ނެތިއްޔާ މީތަން ހުންނަން ޖެހޭނެއެއްނު. އެކޮޅަށް ގޮއްސަ ގުޅާނަމޭ.” އަޔާން ވާހަކަ ހަމަޖައްސާލީ ފިސާރި މޮޅަށެވެ. ކިތަންމެ ދާން ބޭނުންވިޔަސް މީތަން އަށް ޖެހުނީ އޮފީހުގައި މަޑުކުރާށެވެ.
މީހުންތަކުން ފުރި ތޮއް ޖެހިފައިވާ އައި ޖީ އެމް އެޗް ހޮސްޕިޓަލް ތެރެއިން އަޔާން ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. އައިސީޔޫ އާ ހަމައަށް ދެވުނު އިރު ގޮޑިއެއްގައި ބިތް ޖެހިފައި އިން ފާލިހް ފެނިފައި އަޔާންގެ ލޮލުން ކަރުނަ ހިލުނެވެ. އަޔާން ފެނުމާއެކު ފާލިހް ދުވެފައި ގޮސް އަޔާންގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ.
“ކިހިނެއްވީތަ މަލަކާއަށް.” އަޔާންގެ ކުރިމަތީގައި ފާލިހް ރޯ މަންޒަރު ބެލުމަކީ އަޔާންއަށް ކެތްވާވަރުގެ ކަމެއްނޫނެވެ.
ފާލިހް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އައިސީޔޫ ގެ ދޮރުހުޅުވުނެވެ. ހުޅުވުނު ދޮރާއި ދިމާއަށް ފާލިހްއާއި އަޔާން އެނބުރުނުއިރު ޑޮކްޓަރ އައިސް އެމީހުންގެ ކައިރިއަށް މަޑުކޮށްލަނީ އެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (15)
“ޑޮކްޓަރ. ކިހިނެއްތޯ އަހަރެންގެ ވައިފް.” ޑޮކްޓަރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ފާލިހް ވާހަކަ ދައްކަންފެށިއެވެ. އަޔާންވެސް ޑޮކްޓަރާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރީ ޑޮކްޓަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“ވައިފް ރަނގަޅު.” ފާލިހްގެ މޫނު މަތި އުޖާލާވެގެންދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާއި އުފަލުގައި އޭނާ ޑޮކްޓަރާއި ސާލާމް ކުރަން އަތް ދިއްކޮށްލީ ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.
“ބަޓް.” ފާލިހްގެ އުފާވެރި މޫނު ފެނިފައި ޑޮކްޓަރ ހުރީ ފެންކަޅިވެފައެވެ. ބުނަން އުޅުނު ވާހަކަވެސް ނުބުނެވުނެވެ. ނަމަވެސް އަނެކާ ކިތަންމެ ދެރަ ވިޔަސް އެއްވެސް ކަމެއް އޮޅުވާލާނީ ކިހިނެއް ހެއްޔެވެ؟ ވަގުތީ ހިތްހަމަ ޖެހުމަކަށްޓަކައި ކުރާ ކަންތައްތަކުން ފަހުން ދެރަވާން ޖެހޭ ވަރު މާބޮޑުވާނެއެވެ.
ފާލިހްގެ އުފާވެރި މޫނު މަތި މިހާރު ވަނީ އުދާސްވެފައެވެ. އެއްފަހަރު އަޔާން އަށް އަނެއް ފަހަރު ޑޮކްޓަރަށް ބަލާލަ ބަލާލާ ފާލިހްއަށް ހުރެވުނީއެވެ. އޭނަގެ ސިކުނޑި ހިނދުކޮޅަކަށް ނަމަވެސް މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަހަލައެވެ.
“ވީ ކުޑް ނޮޓް ސޭވް ޔުއަރ ބޭބީ. ސޮރީ. ކެތްކުރަންވާނެ.” ފުން ނޭވާއެއް ދޫކޮށްލަމުން ޑޮކްޓަރު ފާލިހްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ފާލިހް ހުރީ ހުއްޓުން އަރާފައެވެ. ރޮއެގަންނަންވެސް ނޭނގިފައެވެ.
“ތިހެން ނުބުނޭ ޑޮކްޓަރ. އަހަރެންގެ މާމަ ދަރި މަރެއް ނުވާނެ. ތިހެން ނުބުނޭ.” ޝަރީފާ އަޑުގެ ނެތްތަނަށް ރޮއެ ގަންނަމުން ބިންމަތީގައި ކުޑަ ކަކޫ ޖެހިއެވެ. އެއީ ޝަރީފާ މަޖުބޫރުން ކުޅެން ޖެހުނު ޑްރާމާއެއް ކަހަލައެވެ.
“ހުއްޓާލާ ދައްތާާ. ފާލިހްއާ މަލަކާއަށް ހިތްވަރު ދޭންވީ ވަގުތު މީ.” އަޔާން ޝަރީފާގެ ދެކޮނޑުގައި ހިފާ ނެގިއެވެ. އަޔާންވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ. ޝަރީފާ އަޔާންގެ ގައިގައި އޮޅުލައިގަންނަމުން އަދި ވަކިން ބާރަށް ރޯންފެށިއެވެ. އަޔާން ޝަރީފާ ގެންގޮސް ގޮޑި ބަރިން ގޮޑިއެއްގައި ބޭންދިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ގޮސް ފާލިހްގެ ކައިރިއަށް ހުއްޓި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
“ހިތްވަރު ކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އަޔާންގެ ހިތް ހެޔޮ ބަސްތަކުން ފާލިހްގެ ބަޑިފަޅައިގެންދިޔައެވެ.
“އަހަރެންގެ ދަރިފުޅު ބޭނުން. ޑޮކްޓަރ އެހަދަނީ ދޮގު ދޯ. ޑޮކްޓަރ އަހަރެން ތަޅުވަނީދޯ.” ރޮމުން ފާލިހް ވާހަކަ ދެއްކިއިރު އޭނާގެ ހޭބުއްދި ފިލާފައިވާ ކަހަލައެވެ.
“ދެރަވާނެ ކަން އިނގޭ. ހިތްވަރު ކުރަންވާނެ. މަލަކާގެ ކުރިމަތީގައި ފާލިހް ތިހެން އުޅެންޏާ މަލަކާއަށް ކިހިނެއް ވާނީ؟” އަޔާން ފާލިހްގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ. އަޔާންގެ ނަސޭހަތާއި އޯގާތެރި ބަސްތަކުން ފާލިހް ކުޑަކޮށް ހަމައަކަށް އެޅުނު ކަހަލައެވެ. ރުއިން ހުއްޓާލި ކަމުގައިވިޔަަސް ހިތުގައި އަޅާވޭން މޫނު މަތީގައިވާ އުދާސް ތަކުން ހާމަވޭވެ ހުއްޓެވެ.
އަޔާން ގެ ގައިގައި ފާލިހް ލައްކޮށްލައިގެން ގޮސް އޭނާގެ މަންމަ ކައިރީގައި ބޭންދިއެވެ. އަދި ޖެހިގެން ހުރި ގޮޑީގައި އިށީނަމުން ފޯނު ނަގާ މީތަން އަށް ޓެކްސްޓް ކޮށްލިއެވެ. މީތަން ވާނުވާ ނޭނގި ހާސްވެފައި ހުންނާނެކަން އިނގޭތީއެވެ.
“ހެލޯ. އަޔާން އުޅޭތަ؟” ނުދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު މޭޒުގައި ބޯއަޅައިގެން އިން މީތަން އިސް އުފުލާ ބަލާލިއެވެ. އޭރުވެސް ކަރުނައިގެ އަސަރު އެދެލޮލުން ފެންނަން ހުއްޓެވެ. މަލަކާގެ ހާލަތު އަޔާން ބުނެދިނުމުން މީތަންގެ ހިތަށްވެސް ލިބެމުންދިޔައީ ބަޔާންކުރަން ދަތި ވޭނެކެވެ.
“އެނީތިން ރޯންގް.” މަލަކާގެ ތެމިފައިވާ އެސްފިޔަތަކަށް ނަޒަރު ހުއްޓާލަމުން މާކިން މޭޒުގައި އަތް އަޅާލިއެވެ.
“އަޔާން މިވަގުތަކު ނެތް.” މީތަން މޭޒުމަތީގައި އޮތް އޭނާގެ އައިނު ނަގާ ދެލޮލަށް ހެޔޮވަރު ކޮށްލިއެވެ.
“އަޔާންގެ ފޯނަކަށްވެސް ނުގުޅޭ. ބުނެދެއްޗޭ މާކިން ހޯދަން އައި ވާހަކަ. ސޮރީ ހުއްދަ ނުހޯދާ މިތަނަށް ވަދެވުނީމަ. ކައުންޓަރ ގަ އިން ކުއްޖާ އެތެރެއަށް ފޮނުވީ.” މާކިން އަށް ހަމަ ބެލެނީ މީތަންގެ އޮފް ވެފައިވާ މޫނަށެވެ. އެހާ ދެރަވެފައި އެހުރީ ކީއްވެތޯ އަހާލަންވެސް އޭނާގެ ހިތް ބުނަމުން ދިޔަ ނަމަވެސް ސިކުނޑި ވިސްނަައިދިނީ އެއީ މޮޔަ ޚިޔާލެއްކަމަށެވެ.
“ބުނެދޭނަން. އަޔާން ފޯނަށް ގުޅޭނެ އެކަމް.” މީތަން މާކިން އާ ވާހަކަދެއްކީ އޭނާއާ ދިމާއަށް ބަލާވެސްނުލައެވެ.
“އިހަކަށްދުވަހަކު މެލޭޝިޔާއިން ދިމާވެގެން ދިން ނަމްބަރަކަށް ނުއެއް ގުޅޭ. ދެން އަޔާންގެ ކާޑު ދީފައި އޮތީމަ އޮފީހަށް އަންނަން އެނގުނީ.” މާކިން. އޮޅުންފިލުވަދިނެވެ. މާކިން ހުރީ ހަައިރާންވެފައެވެ. މީ ކޮންކަހަލަ އަންހެންކުއްޖެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ބަލާނުލި ތާގަ އިށީންނަން ވެސް ނުބުނެއެވެ. ވާހަކަ ދެއްކުމުގައިވެސް ހުންނަނީ ހަރުކަށި ގޮތެކެވެ. ނަމަވެސް މާކިން އަށް މީތަންގެ އާދަތައް ކަމުދިޔަކަހަލައެވެ.
“ބުނެދޭނަމޭ. ދެން އޯކޭ ދިޔަސް. ވެއިޓިން ރޫމްގަ ވެއިޓްވެސް ކުރެވިދާނެ.” މީތަންގެ ވާހަކަ ހުރިގޮތުން މާކިން އަށް ހެވުނެވެ.
“އޯކޭ. ތޭންކްސް. މިވަގުތު ދާނީ ދެން.” މާކިން ނިކުންނަމުންވެސް މީތަންގެ މޫނަށް ދެފަހަރަކު ބަލާލެވުނެވެ. ނަމަވެސް މީތަން އިނީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައެވެ.
އެކްސް ކިޔުޒް” ނަރުސްކުއްޖާގެ އަޑަށް ފާލިހްއާއި އަޔާންއަށް ބަލާލެވުނީ އެކު އެކީގައެވެ.
“މި ބޭސް އެބަ ބޭނުންވޭ.” ބޭސް ސިޓީގައި ހިފީ އަޔާންއެވެ. ފާލިހްގެ ހާލަތު އޭނައަށް ހަމަ ރަނގަޅަށްވެސް އިހްސާސް ކުރެވެއެވެ.
“ދަރިފުޅު. މަންމަ އަންނާނަން ގެޔަށް ގޮސް މަލަކާއަށް ކާއެއްޗެއް ހިފައިގެން.” ޝަރީފާ ގޮޑިން ތެދުވިއެވެ.
“މަލަކާއަށް އަދި އެއްވެސް އެއްޗެއް ކާކަށް ނުދެވޭނެ.” ޑޮކްޓަރ އެމީހުންގެ ކައިރިއަށް އައިސް ހުއްޓި ޖީބަށް އަތް ޖަހާލިއެވެ.
“ފާލިހް. ބީ ބްރޭވް. އަދި ލައިފް އޮތީނު. އަދި ހަމަސް ފަހުން ބޭނުމިއްޔާ ބޭބީ އަކަށް ޓްރައި ކުރެވިދާނެ.” ޑޮކްޓަރ ދެއްކި ވާހަކަ އަޑުއަހަން އިން ފާލިހްގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނަމަވެސް ޑޮކްޓަރ ގެ ވާހަކައިން ޝަރީފާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
“މަންމަ އެބައަންނަން.” އެތަނުން ހިނގައިގަތް އިރުވެސް ޝަރީފާގެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ.
“މަލަކާ ދެކިލަން ބޭނުން.” ފާލިހް ބެދިފައިވާ އަޑުނިކުތެވެ.
“ކުޑަ އިރުކޮޅެއް ތެރޭގައި ވޯޑަށް ޗޭންޖް ކޮށްލާނަން.” ޑޮކްޓަރ ހިތްހެޔޮ ކަމާއެކު ބުނެލިއެވެ.
“ނޫން. ރޫމްއެއް ހަމަޖައްސާނަން. ރޫމް އަށް ގެންދާނީ.” އަޔާން ފާލިހް އަތުގައި ހިފިއެވެ.
“އޯކޭ.” ބޯ ޖަހާލަމުން ޑޮކްޓަރ ހިނގައިގަތެވެ.
މަލަކާގެ މެރިފައިވާ ދެލޮލަށް ބަލަން ފާލިހް އިންނަތާ އެތައް އިރެއްވެއްޖެއެވެ. ދެލޮލުން އޮހެމުންދާ ކަރުނަތައް ހެކިދެނީ ފާލިހް މަލަކާދެކެ ވާ ސާފު ތެދުވެރި ލޯތްބެވެ. އިރުއިރުކޮޅާ މަލަކާގެ އޮމާން މަޑު އަތްތިލައިގައި ފާލިހް ފިރުމާލައެވެ.
“ދަރިފުޅާ. މަލަކާގެ މަންމައަށް ގުޅިންތަ؟ އެމީހުންނަށް ވެސް އަންގާލަންވާނެއެއްނު.” ޝަރީފާގެ އަޑަށް ފާލިހް ކުޑަކޮށް ސިހިފައި ބަލާލިއެވެ. އޭރު ޝަރީފާއާއި ޒާރާ މަލަކާ އޮތް އެނދު ކައިރިއަށް އައިސް ހުއްޓެނީއެވެ.
“މިހާރަކު ނޫން. އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން.” ފާލިހް މަލަކާގެ އަތް ގެނެސް އޭނަގެ މެޔާލައި ބޮޑިކޮށްލިއެވެ. ޒާރާ އިސްޖަހާލީ އެމަންޒަރު ނުބަލަންވެގެން ކަހަލައެވެ. ފާލިހްގެ އަޑުގައިވާ ހިތްހަމަ ނުޖެހުމުގެ ރާގުން ޝަރީފާވެސް އިތުރު އެއްޗެއް ނުބުނެއެވެ.
ކުއްލިއަކަށް ފާލިހްގެ އަތު ތެރޭގައި އޮތް މަލަކާގެ އަތް ހަރަކާތް ކުރި ކަހަލަ އިހްސާސެއް ކުރެވުމާއެކު ފާލިހް އަވަސް އަވަހަށް މަލަކާގެ މޫނަށް ބަލާލިއެވެ. އޭރު ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް މަލަކާ އޭނަގެ ދެލޯ ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދަނީއެވެ.
“ބޭބީ.” ފާލިހްއަށް ރޮވެން އުޅުނު ކަހަލައެވެ. މަލަކާ އާއެކޭ ބުނީ ބޮލުގެ އިޝާރަތުންނެވެ.
ބަނޑުގައި އަޅަމުންދާ ވޭނުން މަލަކާއަށް ބަނޑުގައި އަތްއަޅާލެވުނެވެ.
“ދަރިފުޅާ. ކެތްކުރަންވާނެ. ދެން އެހެން ދަރިއެއް ހޯދާނީ.” ކުރިއަށް ޖެހިލާފައި ޝަރީފާ ބުނެލި ބަސްތަކުން މަލަކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަލަކާއަށް ފާލިހްއާ ދިމާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. ފާލިހްވެސް އޭނާގެ މަންމަ އެކަހަލަ ގޮތަކަށް މަލަކާ ކައިރީގައި އެވާހަކަ ބުނެފާނެ ކަމަށް ކުޑަކޮށް ވެސް ހިއެއް ނުކުރެއެވެ. ފާލިހް އަވަސް އަވަހަށް މަލަކާއާއި ދިމާއަށް ގުދުވެލަމުން މަލަކާގެ މޫނު އޭނަގެ މޭތެރޭގައި ފޮރުވާލިއެވެ. މުޅި އެތަނުގައި މަލަކާގެ ގިސްލުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ފާލިހް ދެލޯ މަރާލަމުން މަލަކާގެ ބޮލުގައި ފިރުމަމުން ދިޔައިރު ޝަރީފާ ހުރީ އެމަންޒަރު ބަލާށެވެ. އަދިވެސް އޭނާގެ ހިތް ނުފުރޭކަހަލައެވެ.
“ލަސްވެއްޖެ ދޯ؟ ” އަޔާން ސައިކަލްގައި އައިސް މަޑުކޮށްލިއިރު މީތަން އޮފީސް ބޭރުގައި އަޔާންގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ފޮއްނައްކާއިންތަ ތިއައީ.” މީތަން ހުރީ އަޔާން ނުފެނިފައި ކަހަލައެވެ. ކުދި ކިޔަންފެށިއެވެ.
“އޭ މެޑަމް. ހާދަ ބާރު ބޮޑޭ މަގުމަތި. ދެން ތިހާ ލަސްވިއިރު އެކަނި އައިނަމަ.” އަޔާން މީތަން އާ ދިމާއަށް ކަޅި އަޅާލިއެވެ.
“ދެން ބަލައި ނައިނަމަ ނިމުނީނު.” މީތަން ވެސް ދޫ ދޭކަށް ބޭނުމެއްނުވިއެވެ.
“މާކަންތައް ބޮޑު ކުރާނެ ކަމެއްނެތޭ ކާޓޫން. ދެންވެސް އަރާބަލަ. ޝަހާދަތް މިބުނީ. މި އަންހެންވެރިން ނަކަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް.” އަޔާން މީތަންގެ އަތުގައި ހިފައި ދަމާލިއެވެ. ތުންގަނޑު އަނބުރާލަމުން މީތަން އައިސް ސައިކަލަށް އެރި މަންޒަރު ފެނުމުން އަޔާން ހީނގަތެވެ.
ރޮއެ ރޮއެ ވަރުބަލިވެގެން ނޫންކަންވެސް ނޭނގެއެވެ. ފާލިހްގެ މޭތެރޭގައި އޮތް މަލަކާއަށް އޮތީ ނިދިފައެވެ.
“މަންމަ އަށް ދެން އެނޫން ގޮތަކަށް ބުނަން ނޭނގުނީތަ؟” ފާލިހް މަލަކާ އެނދުގައި ބާއްވާލިއެވެ. ޝަރީފާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަޔާންއާއި މީތަން ފެނިފައި ހިމޭންވިއެވެ. މީތަން މަލަކާގެ ކައިރީގައި އިށީނދެ މަލަކާގެ ބޮލުގައި ފިރުމަންފެށިއެވެ.
“ފާލިހް. ކީކޭ ޑޮކްޓަރ ބުނީ.” އަޔާން ފާލިހްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“މާދަން ހެނދުނު. ދެން ބެޑް ރެސްޓްގަ އޮންނަން ބުނީ.” ފާލިހް އަދިވެސް ހުރީ ދެރަވެފައެވެ. މަލަކާގެ ކުރިމަތީގައި ހިތްވަރު ދެއްކިޔަަސް އޭނަގެ ހިތް ރޯވަރު އިހްސާސް ކުރެވޭނީ ހަމައެކަނި އޭނައަށެވެ.
“މާދަން ޑޭޑްވެސް އަންނާނެ. ސޯ ފާލިހް މަޑުކުރޭ މަލަކާ ކައިރީގައި. އައި ވިލް ޓޯކް ވިތު ޑޭޑް.” އަޔާންގެ ހެޔޮަ ކަމަށް ފާލިހް ޝުކުރު އަދާކުރިއެވެ. އެކަހަލަ ރަނގަޅު އެކުވެރިއެއްގެ އޯގާތެރިކަން ނުލިބުނު ނަމަ ފާލިހް މޮޔަވީސް ކަން ޔަޤީނެވެ.
ޝަރީފާ އެތަނުގައި ހުއްޓަސް އެތަނުގައި ދައްކާ ވާހަކަތަކަށް އޭނަގެ ސިކުނޑިއާ ހަމައަކަށް ނުފޯރާ ކަހަލައެވެ. މަލަކާ ފާހާނާގައި އުޅުނު ދުވަހު ބޭރުން ތަންޑު އެޅުވީ އޭނައެވެ. ނަމަވެސް މަލަކާއަށް އެފަދަ ބޮޑު އަނިޔާއެއް އޭނާ ނުދެއެވެ. މަލަކާއަށް އެއްވެސް އުފަލެއް ލިބެެން އޭނާ ބޭނުންނުވެއެވެ. އަދި ފާލިހް މަލަކާއާއި ކައިވެނި ކުރީވެސް އޭނާގެ ރުހުމަކު ނޫނެވެ. ޝަރީފާ ވިސްނަމުން އެދަނީ އެކަމާއެވެ. އޭނަ ނޫނިއްޔާ މަލަކާއަށް އެފަދަ ބޮޑު އަނިޔާއެއް ދިނީ ކާކު ހެއްޔެވެ؟ ޒާރާ ހެއްޔެވެ؟ ޝަރީފާ ޒާރާގެ މައުސޫމް މޫނަށް ނަޒަރު ހުއްޓާލިއެވެ.
ފާލިހް އާއި މަލަކާއަށް ވަގުތުދެމުން އަޔާންއާއި މީތަން ހޮސްޕިޓަލްއިން ނިކުތްއިރު ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ.
“އަޔާން. މިއަދު އަޔާން ހޯދަން މީހަކު އައޭ އޮފީހަށް.” ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް މީތަން ބުނެލިއެވެ.
“ކާކު.” މީތަންގެ މޫނަށް އަޔާން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ކީކޭތަ އޭނަ ބުނީ. އާން. މާކިން އެކޯ. އަޔާންގެ ނަމްބަރަށް ނުގުޅޭ ވާހަކަވެސް ބުނި.” މީތަން ގެ ފައިވާން އަރިއަޅާލި ވަގުތު މީތަންއަށް އަޔާންގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭނާ ނުވެއްޓުނީ ކިރިޔާއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިއާއި އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް އެމަންޒަރު ބަލަން މަޑުކޮށްލިކަހަލައެވެ. މީތަންގެ ފަން އިސްތަށިކޮޅު އޭނަގެ އޮމާން މޫނުގައި ފިރުމަމުންދާއިރު މީތަންއަށް އޭގެ އިހްސާސްވެސް ނުވާ ކަހަލައެވެ. ހިނދުކޮޅަކަށް ނަމަވެސް މީތަންގެ ފުން ދެލޮލުގެ ތެރެއަށް އަޔާން ގެބިގެންދިޔައެވެ.
ދުއްވާ އެއްޗެއްގެ ބަރުގޮނުގެ އަޑަށް މީތަންއާ އަޔާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެކަކު އަނެކަކާ ދުރަށް ޖެހިލެވުނެވެ.
“ސޮރީ.” އަޔާން ހުރީ އިސްޖަހައިގެންނެވެ.
“ހިނގާ ދާން ދޯ.” މީތަން ހުރީ ރަކިވެފައެވެ.
ސައިކަލްގައި ދެމީހުން ދިޔައިރުވެސް އެކަކު އަނެކަކާއި އަނގަޔަކުން ނުބުނެއެވެ.
ހީވަނީ ކުއްލިއަކަށް ނުދަންނަ ދެމީހުންނަށް ވީހެންނެވެ.
މީތަންގެ ގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު މީތަން ފޭބިއެވެ.
“ދަނީ.” މީތަން އަޔާންގެ ރީތި ދެލޮލަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އޭ އަޔާން.” ފަހަތުން މީހަކު ބުރަކަށީގައި އަތުން ޖަހާލުމުން އަޔާން އަށް ބަލާލެވުނެވެ. ކުރިމަތީގައި ހުރީ މާކިން އެވެ.
“އޭ މޭން. މާލެއައީތަ؟” އަޔާން ހަދިޔާކޮށްލީ ހިތްގައިމު ހިނިތުންވުމެކެވެ.
“ނަމްބަރުވެސް ޗޭންޖް ކޮށްފަ ނުދެންޏާ ކިހިނެއް ގުޅާނީ. މިއަދު އޮފީހަށްވެސް ދިޔައިން ދޯ.” މާކިން މީތަންއަށް ދޯ ދިނެވެ.
“ދެންމެ މީތަން އެބުނީ. މިއަދު އެއްކޮށް ހޮަސްޕިޓަލްގަ ރައްޓެއްސެއްގެ ވައިފް ބަލިވެގެން އެތަނުގައި އުޅުނީ. ނަމްބަަރު ކިޔާބަލަ. މިސް އެއް ދޭނަން.” އަޔާން ޖީބުގައި އޮތް ފޯނު ނެގިއެވެ.
“މިހިސާބުގަތަ އުޅެނީ. މާދަން ގުޅާނަން ކޮފީއަކަށް. ކޮބާ ޒޫކަން.” އަޔާން މާކިންގެ ނަމްބަރު ނޯޓް ކޮށްލަމުން އަހާލިއެވެ.
“މީ ގެއަކީ.” އަތުގެ އިޝާރާތުން މާކިން ކުރިމަތީގައި ހުރި ބިލްޑިންއަށް އިޝާރާތްކޮށްލިއެވެ.
“މީ މީތަން އިނގޭ. އޮފީސް ކުއްޖެއް. ހަމަ ތި ބިލްޑިންގް ގަ އުޅެނީ.” މީތަން އަށް އަޔާން އިޝާރާތްކޮށްލުމުން މީތަން މާކިން އަަށް ހިނިތުންވެލިއެވެ.
ހޭންވެސް އިނގޭ ކުއްޖެއްތާއޭ މާކިންގެ ހިތަށް އެރިއެވެ. މާކިން ބަލަން ހުރިގޮތުން މީތަން އަށް އުނދަގޫވިއެވެ. ދަނީއޭ ބުނެފަ މީތަން ހިނގައިގަތެވެ. އަޔާންވެސް މާކިންއާ ސަލާމް ކޮށްލަމުން ސައިކަލް ދުއްވާލިއެވެ.
ވެފައިވާ ވަރުބަލި ކަމާއެކު އަޔާން އެނދުގައި ހަށިގަނޑު ދަމާލިއެވެ. އެއްޗެހި ބަދަލުކޮށްލާނެ ހިތްވަރުވެސް އޭނާގެ ނެތްކަހަލައެވެ. ދެލޯ މަރާލުމާއެކު މިރޭގެ ހާދިސާ ލޯ ކުރިމައްޗަށް ސިފަވެގެންދިޔައެވެ. މީތަންގެ ލޮލުގައި އަޅާފައިވާ ބޮޑު އައިނުގެ ތެރެއިން އޭނާގެ ލޮލުގައިވާ ޖާދޫ އަޖައިބެއްފަދައެވެ.
“ކާޓޫނު.” އަޔާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި މޫނުމަތީގައި ބާލީސް އަޅާލަމުން ދެލޯ މަރާލިއެވެ.
އަރައިގެން އައި އިރާއިއެކު ޒާރާ ހުރީ ގޭގެ ގޯތި ތެރޭގައި ހައްދާފައިވާ މާގަަސްތައް ކައިރީގައެވެ. ރޭގައި ވެހުނު ވާރޭ ފެނުގެ އަސަރު ބައެއް ފަތްތަކުގައި އަދިވެސް ހުއްޓެވެ. ލައިގެން ހުރި ފައިވާން ބާލަމުން ފެހިކުލައިގެ ކާޕެޓްގައި ފައި ޖައްސާލުމާއެކު ޒާރާ ތުރުތުރު އަޅައިގަތެވެ. ފިނިކަމުންނެވެ. ކުރިމައްޗަށް ގުދުވެލަމުން ޒާރާ ފެންހޮޅި ނަގާ އިސްކުރު ދޫކޮށްލިއެވެ.
“މަލަކާއަށް އެހެން ހެދީ ޒާރާތަ؟” ޝަރީފާގެ އަޑަށް ސިހިފައި ޒާރާއަށް އެނބުރިލެވުނެވެ. އަތުގައި އޮތް ފެން ހޮޅި ސީދާ އަމާޒުވީ ޝަރީފާއަށެވެ. ޒާރާ އަވަސް އަވަހަށް އަތުގައި އޮތް ފެން ހޮޅި ތިރިއަށް ވައްޓާލިއެވެ. ތެމިފޯވެފައި ހުރި ޝަރީފާ ރުޅިއައިސްގެން ގޮސް މުޅި މީހާ ތުރުތުރުއަޅައެވެ. ޒާރާ ހުރީ ހުއްޓުން އަރާފައެވެ. ޝަރީފާ ކުރި ސުވާލުންނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (16)
“އަދި ފެންޖަހައިފިއެއްނު.” ޝަރީފާ ރުޅި އައިސްގެން ޒާރާ ގައިގައި ޖަހަން އަތްމަޅައިގަތެވެ.
“ސޮރީ.” ޒާރާ ވަގުތުން އިސްޖެހިއެވެ.
“ބަލަ ކަލެއަަކަށް ނޭނގޭތަ ކަލޭތީ ވަކި މަޤްސަދެއްގަ މިގެޔަށް ގެނެއްސަ ހުރި މީހެއްކަމެއް. އަމިއްލަ އަމިއްލައަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމެއް ނޭނގޭތަ.” ޝަރީފާ ހެދުމުން ފެން ފޮޅަމުން ޒާރާއާ ދިމާއަށް ހަޅޭލަވައިގަތެވެ.
“މަންމާ. ކޮން ހަޅޭކެއްތަ ތިލަވަނީ މިއޮށް ހެނދުނު.” ކުއްލިއަކަށް ފާލިހްގެ އަޑު އިވުމުން ޝަރީފާ އަށް ތެޅިގަނެވުނެވެ. ހާސްވެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައިގަތެވެ.
“ކި-ކިހި-ނެއްވީ ދަރިފުޅާ.” ޝަރީފާގެ ހާސްކަން ފޮރުވޭގޮތެއް ނުވިއެވެ. އަޑުވެސް ދިޔައީ ކެނޑި ކެނޑިގެންނެވެ.
“ހާދަ ހާސްވެފަ ތިހުރީ.” ފާލިހް ހުރީ ހިސާބަކަށް ހައިރާންވެފައެވެ. ޒާރާގެ އިސްޖެހިފައިވާ މޫނަށް ފާލިހް އޭނާގެ ނަޒަރު ހުއްޓާލައިގެން ހުރިއިރު ޝަރީފާ ވިސްނަމުން އެދަނީ ބުނާނެ އެއްޗަކާއި ދޭތެރޭގައި ކަން ޔަޤީނެވެ.
“ހާސްވީކީ ނޫނޭ. ބަލާބަލަ މަންމަ މިހުރި ހާލު. ޒާރާ އަށް މަންމަ ފެނުނީ ގަހެއްގެ ސިފައިގައި ވިއްޔަ.” ޝަރީފާ ޒާރާއާއި ދިމާއަށް ބުނި އެއްވެސް އެއްޗެއްގެ އަޑު ފާާލިހްއަށް ނީވޭކަން ޔަޤީން ވުމުން ޝަރީފާ ވާހަކަ ހަމަޖައްސާލިލެއް ވަރަށް މޮޅެވެ. މަންމަގެ ތެމިފައިވާ ހެދުމަށް ބަލާލަމުން ފާލިހް ހީލިއެވެ.
“ތަންކޮޅެއް އަވަހަށް ސައި ތައްޔާރު ކޮށްލަބަލަ މަންމާ. މަލަކާއަށް މިހާރު ވަކި ގަޑިތަކެއްގަ ބޭސް ދޭން ޖެހޭ.” ފާލިހް ހިނގައިގަތެވެ.
“ސައިހުރީ ތައްޔާރުވެފައޭ. މަލަކާ ހޭލީތަ؟” ޝަރީފާގެ ސުވާލަށް ފާލިހް ބޯޖަހާލަމުން ގޮސް ގޭތެރެއަށް ވަނެވެ.
“ނަސީބެއްނު. ބަދިގެއަށް ގޮސް ސައިހަދަން ދޭބަލަ ދެންވެސް.” ފާލިހް ގޮސް ނިވާވުމުން ޝަރީފާ ޒާރާގެ ކޮނޑުގައި ހިފާކޮށްޕާލިއެވެ. އަދި ބާރުބާާރަށް ގެޔާ ދިމާއަށް ހިނގައިގަތެވެ.
ވެލާނާ އިންޓަރ ނޭޝަނަލް އެއާ ޕޯޓްގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ނުހާއަށެވެ. ނުހާގެ ދިގު ފަންއިސްތަށިކޮޅު ވަނީ ކުރު ކޮށް ކޮށާލާފައެވެ. އޮފުއަރާ ކަޅުކަން ގަދަ އިސްތަށިކޮޅު މިހާރު އޮތީ ރަންކުލައިގައެވެ. ލައިގެން ހުރު ކުރު ހެދުމުގެ ސަބަބުން ނުހާގެ ދޮންފައިގެ ބޮޑު ބައެއް އޮތީ ފެންނާށެވެ. ބަލާ މީހަކަށް ހީވާނީ ނުހާއަކީ ބޭރު މީހެއްހެންނެވެ.
“އަޔާން ކައިރީގައި ނުބުނަންތަ އަންނަ ވާހަކައެއް.” ނުހާ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ.
“މެސެޖް ކުރިން. އޮފީހުގެ ހުރިހާ ކަމަކާއި ހަވާލުވެގެން އުޅޭތީ މާ ބިޒީއީ ކަންނޭނގެ.” އާސިފް ނުހާގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ. މީހުންގެ ލޯތައް ނުހާއަށް އަމާޒުވެފައިވާތީ ނުހާ އަކީ އޭނާގެ މީހެއްކަން އަންގާލަން ބޭނުންވާ ކަހަލައެވެ.
ނުހާގެ މޫޑް ވަގުތުން ގޯސްވިއެވެ. އޭނަގެ ބަދަލުވެފައިވާ ސްޓައިލް ފެނިފައި އަޔާންއަށް ވާގޮތް ބަލަން ނުހާ ކެތްމަދުވެފައިވާ ކަހަލައެވެ.
“ލެޓްސް ގޯ މައި ކުއީން.” އާސިފް ލަގެޖް ނަގާ ޓްރޯލީ އަށް ލަމުން ނުހާއާއި ދިމާއަށް ބަލާލީ ވަރަށް ލޯބިންނެވެ. ނަމަވެސް ނުހާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.
“ހާދަ އެއްޗެއްސެއް ތައްޔާރުކޮށްލާފަ.” އަޔާން ސައިމޭޒު ދޮށުގައި އިށީންނަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. ނީތާ ހިނިތުންވެލިއެވެ.
“ފްރައިޑޭ ވީމަތަ؟” އަޔާން ތަށިން ސޭންޑްވިއްޗެއް ނަގާ ކާންފެށިއެވެ.
“މިއަދު އަޔާންގެ ޑޭޑްމެން އާދޭނު.” ނީތާ އަޔާން އަށް ޖޫސްތައްޓެއް އަޅާދިނެވެ.
އަޔާން އަށް ހަނދާންވީ ދެނެވެ.
” އޯ. އައި ފޮގޮޓް.” ހަމަ ހަޤީޤަތުގައިވެސް އަޔާން ހަނދާންނެތުނީއެވެ.
އަޔާން އަވަސް އަވަހަށް ފޯނު ނެގީ އާސިފްއަށް ގުޅަންވެގެންނެވެ.
“ވީ އާ ހިއަރ.” އާސިފްގެ އަޑަށް އަޔާންއާއި ނީތާ އަށް ބަލާލެވުނީ އެކުއެކީގައެވެ.
އޭރު އާސިފް ހިނިތުންވެފައި ހުރެގެން އެމީހުންނާއި ދިމާއަށް އަންނަނީއެވެ.
ކުޑަކޮށް ބޯ އަރިކޮށްލާފައި އަޔާން އަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. އާސިފްގެ ނިވަލުގައި ނުހާ ހުރީވެސް އަޔާންގެ ސަމާލުކަން އޭނައަށް ލިބޭތޯ ބަލާލުމަށް ކަހަލައެވެ.
އަޔާންގެ ހަރަކާތް ހުއްޓުނީ ނުހާ ފެނިފައެވެ. ނުހާގެ ރީތިކަމާއި ފުރިހަމަކަން އަޔާންގެ ހިތާއި ހިއްސުތައް އަނެއްކާާވެސް ހޭލައްވާލި ކަހަލައެވެ.
“ދަރިފުޅު. އޮފީހުގެ ކަންތައްތައް ކިހިނެއް.” އާސިފް އަޔާންގެ ގައިގައި ބައްދާލިއެވެ.
“ހުންނާނެ ވަރަށް ރީތި އެއްޗެހި ދަރިފުޅަށާއި ނީތާއަށް ގެނެއްސަ.” އާސިފް ދެވަނަ ފަހަރަށް ވާހަކަ ދެއްކިއިރުވެސް އަޔާންއަށް ރޭކާނުލައެވެ.
“އަޔާން. ބަލީތަ؟” ނުހާގެ އަޑުން އަޔާންއަށް ދެފަރާތަކަށް ބޯހުރާލެވުނެވެ. ނުހާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލާނެތް ހިނިތުންވުމެކެވެ.
“ކީކޭ ޑޭޑް.” އަޔާން އާސިފްއާ ދިމާއަށް ބަލާލިއެވެ.
“އޮފީސް ކިހިނެއްހޭ ޑޭޑް އެހީ. ދަރިފުޅަށް ހުންނާނޭ ވަރަށް ސަޅި އެއްޗެހި ގެނެއްސަ.” އާސިފް ސޯފާގައި އިށީނދެލިއެވެ.
“އެވްރިތިންގް އިޒް ޕާރފެކްޓް ހަމަ.” އަޔާންއަށް ލޮލުގެ ހިމަކަޅިން ނުހާއާ ދިމާއަށް އަނެއްކާވެސް ބަލާލެވުނެވެ.
“އާދޭ ސައިބޯން” ނީތާ އެވަގުތު އެތަނަށް އައިސް ހުއްޓުނެވެ. އަޔާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. އޭނާގެ ހަލަބޮލިވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނީ ނުހާއާ ދުރަށް ދިޔައީމާ ކަން އަޔާންއަށް އިނގޭތީއެވެ.
“ދަރިފުޅު ސައިނުބޮއި ދަނީތަ؟” އާސިފް ސޯފާއިން ތެދުވަމުން އެހިއެވެ.
“ސައިބޮއިފިން ޑޭޑް. މިދަނީ މަލަކާގެ ހާލުބަލާލަން. ބުނީމެއްނު އިއްޔެގަ ބައްޕަ ގުޅިއިރު މަލަކާއަށް ދިމާވެގެން އުޅޭގޮތް.” އަޔާން ފަސްއެނބުރި ބަލާލިއެވެ.
ޔާ. އޯކޭ. ބައްޕަގެ ސަލާމްވެސް ބުނެދޭތި. ފްރީ ވަގުތަކުން ގޮސްލާނަން.” އާސިފް ނުހާގެ އަތުގައި ހިފަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ފެނިފައި އަޔާންއަށް ދެލޯ މަރާލެވުނެވެ.
ގެއިން ނިކުތުމަށްފަހު ވެސް އެތައް އިރެއް ވަންދެން އަޔާން ސައިކަލް މަތީގައި ވިސްނަން އިނދެވުނެވެ. ނުހާ އެހާ ދޮގު ހަދާ އޮޅުވާލީމަވެސް ނުހާ ފެންނަ އިރަށް އުނދަގޫވާންވީ ކީއްވެ ހެއްޔެވެ؟ އަޔާން މޫނުގައި ދެއަތް ހާކާލަމުން ސައިކަލް ދުއްވާލިއިރު އެމަންޒަރު ބަލަން ބެލްކަނީގައި ހުރި ނުހާ ހުރީ އުފަލުންނެވެ. އަޔާން އޭނަދެކެ ލޯބިވާކަން އަދިވެސް ނުހާއަށް ޔަޤީންވާ ކަހަލައެވެ.
“ދަރިފުޅު. ދޭބަލަ ޒާރާ ގޮވައިގެން ކޮލެޖަށް ގެންގޮސްދީފަ އަންނަން. މިއަދު ފުރަތަމަ ދުވަސްވީމަ ނޭނގޭނެއެއްނު ދާކަށް. މަންމަ މަލަކާ ކައިރީގައި މަޑުކޮށްލާނަން.” ކޮޓަރި ދޮރު ހުޅުވާލާފައި ޝަރީފާ ވަން އިރު ފާލިހް މަލަކާގެ ބޯ އޮމާން ކޮށްދެނީއެވެ. ޝަރީފާގެ ވާހަކައިން ފާލިހްއަށް ބަލާލެވުނީ މަލަކާގެ މޫނަށެވެ.
“ކާރުގައި ފޮނުވަންވީނު.” ފާލިހް އަވަަސް އަވަހަށް ބުނެލިއެވެ.
“ކާރުގެ ޑްރައިވަރު ނުދާނެ ދޯ ކޮލެޖްއަށް ވައްދަ ދޭކަށް.” ޝަރީފާ ހިތްހަމަ ނުޖެހުނެވެ.
މަލަކާ ފާލިހްއަށް ލޮލުގެ އިޝާރާތުން ދިއުމަށް އެންގިއެވެ.
“ބުނޭ ރެޑީވާށޭ.” ފާލިހް ފުން ނޭވާއެއް ދޫކޮށްލިއެވެ.
ފާލިހްމެން ދެއްކި ވާހަކަ އަހަން ކޮޓަރީގެ ދޮރު ކައިރީގައި ނިވާވެގެން ހުރި ޒާރާގެ ހިތް އުފަލުން ނަށައިގަތެވެ. ފައިގައި ހުރި ބާރެއްލާފާއި ޒާރާ އޭނާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ އަވަހަށް ތައްޔާރުވުމަށެވެ.
ހަލަބޮލިވެފައިވާ މަގުގައި އަޔާން ދުއްވަމުން ގެންދިޔަ ސައިކަލް މަޑުކޮށްލީ ފޯނު ރިންގްވާން ފެށުމުންނެވެ.
ސައިކަލް އެއްފަރާތަކަށް މަޑުކޮށްލަމުން އަޔާންގެ ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ ނުހާ އެވެ. ފޯނު ނަގަން ބޭނުން ނުވި ކަމުގައި ވިޔަސް އަތް ހަރަކާތް ކުރީ އަޔާންގެ އިހްތިޔާރާއި ނުލާ ކަހަލައެވެ.
“ކިހިނެއްވީ.” އަޔާން ރުންކުރު ގޮތަކަށް އަހާލިއެވެ.
“ގެޔަށް އައިސްދޭށޯ އަޔާންގެ ޑޭޑް ބުނީ.” ނުހާ ފޯނު ކަނޑާލިއެވެ. ނުހާގެ މިއުޒިކެއް ފަދަ އަޑު ކަންފަތުގައި ޖެހުމާއެކު އަޔާންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އަޔާން ފޯނު ނަގާ ޖީބަށް ކޮށްޕާލަމުން ސައިކަލް ދުއްވާލިއެވެ.
ކޮންތާކަށް ތިދަނީ.” ފާލިހް މެންގެ ދޮރު މައްޗަށް ސައިކަލް ހުއްޓާލަމުން ސައިކަލް ކައިރީގައި ފާލިހް މަޑުކޮށްގެން ހުރިތަން ފެނިފައި އަޔާން ފާލިހްގެ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ.
“މިގޭގައި އުޅޭ ކުއްޖާ ކޮލެޖްއަށް ޑްރޮޕް ކޮށްދޭން.” ފާލިހް ސައިކަލަށް އެރިއެވެ. އެވަގުތު ޒާރާވެސް އެމީހުންނާއި އަރާ ހަމަވަނީއެވެ.
“މަލަކާ ހޭލާތަ؟ މަޑުކޮށްލާނަން އިނގޭ. ތި އަންނަނީ ދޯ.” އަޔާން ސައިކަލް ޕާކް ކޮށްލުމުން ފާލިހް ބޯޖަހާލިއެވެ.
މަލަކާ ކައިރީގައި ޝަރީފާ އިށީންދެގެން އިން އިރުވެސް މަލަކާ އާއި އަނގައިން ނުބުނާތީ މަލަކާ ހުރީ ދެރަވެފައެވެ. މަލަކާއަށް ހީވީ އޭނަގެ ދަރިފުޅު އެބޯޓް ވީމަ އެކަމާއި ރުޅިން ހުރިހެއްނެވެ.
“މަންމާ. ކަމަކާއި ހިތް ހަމަ ނުޖެހިފަތަ؟” މަލަކާ އޮތީ ފެންކަޅިވެފައެވެ.
“ދެން އަހަރެން ހިތްހަމަ ޖެހޭތޯ ނުޖެހޭތޯ ބަލާ މީހެއް މިގޭގައި އުޅެނީ ކީ ނޫނެއްނު.” ޝަރީފާ އިނީ ހުޅުވާފައި އިން ޓީވީ އަށް ނަޒަރު ހުއްޓާލައިގެންނެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލީ އެވަގުުތުއެވެ. ޝަރީފާ ކުދި ކިޔަމުން ގޮސް ދޮރު ހުޅުވިއެވެ.
ދޮރު މަތީގައި ހުރި ފާލިހް ފެނުމުން ޝަރީފާ ހީލީ ވެސް ގަދަކަމުންނެވެ. އަޔާން އެތެރެއަށް ވަނުމުން ޝަރީފާ ނިކުތީ ބޭރަށެވެ.
“އަޔާން. އާދޭ. އާދޭ.” މަލަކާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވެ އެނދުގެ ކޮޅުގައި ލެގިލިއެވެ.
“މިހާރު ކިހިނެއް.” އަޔާން ޑްރެސިންޓޭބަލް ކައިރީގައި ހުރި ކުޑަ ގޮޑިއެއް ދަމާލަމުން އިށީނެވެ.
“ރަނގަޅޭ. އެކަމަކު ކުޑަކޮށް ބަނޑުގައި ރިއްސާ.” މަލަކާ ބަނޑުގައި އަތްހާކާލިއެވެ.
ޒާރާ އިނީ އުފަލުންނެވެ. ފާލިހްއާއި އެހާ ގާތުގައި އެކަނި އިންނަން ފުރުސަތެއް އެލިބުނީ އަލަށެވެ. އަދި ފާލިހްގެ ގައިން ދުވަމުންދާ މީރު ވަހުންވެސް ޒާރާގެ ހިތްފުރޭ ކަހަލައެވެ.
“މީ ކޮން މަގެއްތަ؟” ޒާރާ ބޭނުންވީ ފާލިހްއާއި ގާތް ގުޅުމެއް ބާއްވާށެވެ. ފާލިހްއާއި ގިނަ ވާހަކަ ދައްކާ ބީރައްޓެހިކަން ފިލުވާލާށެވެ.
“އަލަށްތަ މާލެ ތިއައީ؟” ފާލިހް ހައިރާންވެފައި އަހާލިއެވެ.
“ހޫމް.” ޒާރާ ދިނީ ކުރު ޖަވާބެކެވެ.
“މިއާދެވުނީ ކޮލެޖަށް.” ފާލިހް ސައިކަލް މަޑުކޮށްލިއެވެ. ޒާރާ ސައިކަލް ފޭބިއެވެ.
“ކައުންޓަރ އަށް ގޮއްސަ އަހާލަބަލަ ދާން ޖެހޭ ކްލާސް.” ޒާރާ ހުއްޓިގެން ހުރުމުން ފާލިހް ބުނެލިއެވެ.
“ޒާރާ.” ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތް ޒާރާ ހުއްޓުވާލީ ފާލިހްގެ އަޑެވެ.
“ކިހާ އިރަކު ނިމެނީ.” ފާލިހްގެ ސުވާލުން ޒާރާގެ ހިތް އުފަލުން ފޮޅުނެވެ.
“ހަވީރު ހަތަރެއް ޖަހާއިރު.” ޒާރާ އަވަސް އަވަހަށް ބުނެލިއެވެ.
“އަން މީގަ ހިފާ.” ފާލިހް ވޮލެޓުން ރުފިޔާ ނަގާ ޒާރާ އަށް ދިއްކޮށްލިއެވެ.
“މިއައީ ކައިގެންނޭ ގެއިން. އިންޓަވަލް ގަޑީގައިވެސް ކާނެ އެއްޗެއް ގެނައީމޭ.” ޒާރާ އުފަލުން މޮޔަވަނީއެވެ. ފާލިހް އޭނައާއި ދޭތެރޭ ވިސްނާ ކަމަށް ހީކޮށެވެ.
“މީ ކާކަށް ނޫނޭ. ނިމުނީމަ ކާރުގަ އާދޭ.” ފާލިހް ދިއްކޮށްލި ރުފިޔާގެ ޒާރާ ހިފިއިރު އޭނާގެ މޫނުމަތީގައި ދެންމެއަކާއި ޖެހެންދެން ފެންނަން ހުރި އުފާވެރިކަމެއް ނެތެވެ. ކުރެވުނު ކުށް ހީގެ ސަބަބުން ޒާރާގެ އަމިއްލަ ނަފްސްވެސް އޭނައަށް މަލާމަތް ކުރާ ކަހަލައެވެ. ފާލިހް ސައިކަލްގައި ގޮސް ނިވާ ވަންދެން ޒާރާއަށް ހުރެވުނީ ބަލާށެވެ.
ފާލިހް ގޭދޮށަށް ސައިކަލްގައި މަޑުކޮށްލިއިރުވެސް މަލަކާއާއި ދޭތެރޭ ވިސްނެނީއެވެ.
“ފާލިހް.” ބާރު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެ ވަދެ ހުރި ފާލިހް އެނބުރި ބަލާލީ އަޔާންގެ އަޑަށެވެ.
“ކިތަންމެ ބާރަށް ދިޔަސް ވާނެ ކަމެއްނެތޭ. މަލަކާއަށް އޮތީ ނިދިފަ. ނިދުނީމަ އުނދަގޫ ނުކުރަންވެގެން މިތާ ބޭރުގައި މިއިނީވެސް.” އަޔާން ފާލިހްއާއި ދިމާކުރާ ފަދަ ގޮތަކަށް ހީލިއެވެ. އަޔާން އިނީ ގޯތި ތެރޭގައި ހުރި ކުޑައެއްގެ ދޮށުގައި ހުރި މޭޒެއްގެ ކައިރީގައެވެ.
“ކީކޭ ބުނާނީ ދޯ. ދެން އެއީ ނުވާ ކަމަކަށް ނުވާނެއެއްނު ދޯ. މަލަކާ ހަނދާނެއް ނެތް ވީނުވީ އެއްވެސް.” ފާލިހް ގޮޑިއެއް ދަމާލުމަށްފަހު އަޔާންގެ ކުރިމަތީގައި އިށީނެވެ.
“ހަނދާނެއް ނެތޭ. ތި ބުނީ ކޮން ކަމެއް.” އަޔާން ހުރީ ވާނުވާ ނޭނގިފައެވެ.
“މަލަކާ ހޮސްޕިޓަލްއަށް ގެންދިޔައީ ބަދިގެ ތެރޭގައި ވެއްޓިފައި އޮއްވައޭ ބުނީމެއްނު. މަލަކާ ބުނީ ނޭނގެއޭ އެތަނަށް ދެވުނު ގޮތެއް. އޭނަ ހަނދާނެއް ނެތް އެއްކަމެއްވެސް. ދެން ހީވަނީ ފެން ބޯން ގޮއްސަ ހުއްޓާ އަނބުރައިގަތީ ކަމަށް.” ފާލިހްގެ މޫނު މަތިން އޭނާ އެހުރީ އަދިވެސް ދެރަވެފައިކަން އެނގެއެވެ.
“ދެން ނުވިސްނާ. މަލަކާ ކުރިމަތީގައި ތިގޮތަށް ނުހުންނާތި. އޭރުން އޭނަވެސް ހަމައަކަށް އެޅޭނީ.” އަޔާން ބެލީ ފާލިހް އަށް ވިސްނާދެވޭތޯއެވެ. ފާލިހްގެ ހާލަތު ހުރިގޮތުން އަޔާން އަކަށް އޭނަގެ އަމިއްލަ އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އަޔާން ނުހާގެ ވާހަކަ ދައްކަންވެސް އިންތިހާއަށް ހުރީ ބޭނުންވެފައެވެ.
“އަޔާން ބައްޕަ އައީތަ؟” ފާލިހް ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް އަހާލިއެވެ.
“އާން. ވަރަށް ހެނދުނު އައިއްސި.” އަޔާން ގޮޑިން ތެދުވިއެވެ.
“މަޑުކޮށްބަލަ.” ފާލިހް އެދުމުން އަޔާން އަނެއްކާވެސް ގޮޑި ކައިރި ކޮށްލަމުން އިށީނެވެ.
“ކޮން ކަމަކާ ތި ވިސްނަނީ. ނުހާ އާ ދޭތެރޭގަ ދޯ.” ފާލިހް ނަޒަރު ސީދާ ހުއްޓިފައިވަނީ އަޔާންގެ ފުސް ވެފައިވާ މޫނަށެވެ.
އަޔާން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރުމުން ފާލިހްއަށް ހީވި ހީވުން ޔަޤީންވި ކަަހަލައެވެ.
” އައި ނޯ އިޓްސް ޑިފިކަލްޓް. އެކަމަކު އަޔާންއަށްވެސް އެނގޭނެ ނުހާގެ ހަޤީޤަތް. ގޯ ފޯ އަ ރިލޭޝަން. ނެތްތަ ހިތްހަމަޖެހޭ އެހެން ކުއްޖެއް. މީތަން އާ ގަޔާވާހެން ވެސް ހީވޭ ބައެއްފަހަރު.” އަޔާންގެ ހިތުގެ ހާލަތު އަޔާން ބުނެނުދިނަސް ވަރަށް ފާލިހް އަށް ރަނގަޅަށް އެނގެއެވެ.
“އައި ލައިކް ހާ. ބަޓް. ނުހާގެ ހަނދާންތައް އަހަރެން ހުއްޓުވާ ކަހަލަ.” އަޔާން ބަޔާން ކުރީ އޭނަގެ ހިތުގެ ހާލަތެވެ.
“ހިތްވަރުކޮށްފަ ކުރިމަތިލާބަލަ.” ފާލިހް އަޔާން އަށް ހިތްވަރުދިނެވެ.
“ޒާރާ ނިމެނީ ކިހާ އިރަކުއޭތަ ބުނީ.” ޝަރީފާގެ އަޑުން އަޔާން މެން ދިޔައީ ސިއްސައިގެންނެވެ.
“މިއަދު ފްރައިޑޭ އެއްނު. ކޮލެޖް އޮވޭތަ މިއަދުވެސް.” އަޔާން ވަރަށް މަޑުމަޑުން ފާލިހްއަށް ބުނެލިއެވެ.
“ތިއެއް ނޭނގެ. ޒާާރާ ކޮލެޖަށް އެވަނީ ކޯސް ފެށިގެން ކުރިއަށްދާތާ ދުވަސް ކޮޅެއްވީމައެއްނު. ނުލިބި ހުރި ބައެއް މުހިންމު ފިލާވަޅުތައް ނަގަން ކޮލެޖް އިން ބުނެގެން ޒާރާ އެދިޔައީ. ނިމޭ ގަޑީގަ ބަލާދާތި.” އަޔާން އެހާ މަޑުމަޑުން ބުނި ވާހަކަވެސް ޝަރީފާއަށް އަޑު އިވުނެވެ. ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ކިޔާފައި ޝަރީފާ ދިޔުމުން އަޔާންއާއި ފާލިހް އެއްފަހަރާ ކަހަލަ ގޮތަކަށް ހީނގަތެވެ.
“ރަނގަޅެއްނު. ދެވަނަ އަނބި ބަލާދާތި.” އަޔާން ފާލިހް ކޮނޑުގައި ޖަހާލަމުން ދިމާކޮށްލިއެވެ
“ކަލޭވެސްދޯ. ސާބަސް. އެއީ ކުޑަ ކުއްޖެކޭ. ފާލިހްވެސް އަޔާންއާއި ބައިވެރިވަމުން ހީނގަތެވެ.
ސަލްސާ ރޯޔަލް ކުރިމައްޗަށް ސައިކަލްގައި އަޔާން މަޑުކޮށްލިއިރުވެސް އޭނާ ވިސްނަމުން އެދަނީ ފާލިހް ދެންމެގަ ދެއްކި ވާހަކައާއި ދޭތެރޭގައެވެ. މީތަން އޭނަގެ ލައިފަށް އައިސްދާނެ ބާއެވެ. މީތަންގެ އެކަހަލަ އިޝާރާތެއްވެސް އަދި އަޔާންއަކަށް ފާހަަގަ ކުރެވިފައެއް ނުވެއެވެ.
ދެފިކުރެއްގައި ހުރެ އަޔާން ސައިކަލް ޕާކް ކޮށްލިއެވެ. ފިލްމު ތަކުގައި ހަދާ ގޮތަށް ރޮމޭންޓިކް ކޮށް ޕްރޮޕޯސްކުރާ ކަށް އަޔާން ބޭނުމެއްނުވިއެވެ. ފިނިފެންމަލުގެ ގުލްދަސްތާއަކުން ހިތް އަތުލާކަށްވެސް އަޔާން ބޭނުމެއްނޫނެވެ. ސިޑިން އަރަމުން ދިޔައިރު އޭނަގެ އަތްފައި ފިނިވާހެން އޭނައަށް ހީވިއެވެ.
އަވަސް އަވަހަށް ދެތިން ނޭވާ ލުމަށްފަހު މީތަންގެ ގޭގެ ދޮރުގައި އަޔާން ޓަކި ޖަހާލިއެވެ.
“ކާކުތަ؟ ” މީތަން ހުރީ ފުށުން ފެންވަރައިގެން ކަހަލައެވެ. ދޮރުމަތީގައި ހުރި އަޔާން ފެނުމުން މީތަންގެ އަނގަ ތަން މިނަން ހުޅުވުނެވެ. އަޔާންއަށް ހީގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“މިހާރު ތީ ހަމަ ޕާފެކްޓް ކާޓޫނެއް. ލެޓްމީ ޓޭކްއަ ފޮޓޯ އޮފް ޔޫ.” އަޔާން ހެމުން ހެމުން ޖީބަށް އަތްކޮށްޕާލީ ފޯނު ނަގާށެވެ.
“އޭ ނުވާނެ ނަގައިގެނެއް. ޔޫ މަންކީ.” އަޔާން ވިސްނާނުލާ ހުއްޓާ މީތަން އައިސް އަޔާންގެ ގައިގައި ތަޅައިގަތެވެ.
އަޔާން ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓްގައި ވެސް މިހާރު އޮތީ ހުސްފުށެވެ. އަޔާން މީތަންގެ އުނަގަނޑުގައި ހިފާ ބާރުކޮށްލިއެވެ.
“ވިލް ޔޫ ބީ މައިން.؟” އަޔާން މީތަން ނަގާ އުރާލިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (17)
“ވަޓް.” މީތަން އަޔާންއާއި ހަތަރުކަޅި ހަމަކޮށްލަމުން ދެލޯ ބޮޑުކޮށްލިއެވެ.
“ޔެސް. އައި ލައިކް ޔޫ.” އަޔާންގެ މަސްތީ ރާގުން މީތަންގެ ހިތް ތެޅިލިއެވެ. އަވަސް ވެގެން ދިޔަ ނޭވާއާއި އެކު މީތަންގެ މޫނު ރަތްވެގެންދިޔައެވެ. އަޔާން އަދިވެސް ހުރީ މީތަން އުރާލައިގެންނެވެ.
“ހާދަ ބަރޭ. އަދިވެސް ޖަވާބެއް ނުދެމެއްނު.” އަޔާން ބޭނުންވީ މީތަން ހެއްވާލާށެވެ.
“އޯ އެހެންތަ؟ އެހެންވީއިރު ހުރޭ ތިހެން. ޖަވާބެއް ނުދެނީސް ދޫ ނުކުރަންޏާ. މަންމައަށް ގޮވަން ވީތަ؟” މީތަން ހީކުރީ އަޔާން ބިރުގަންނާނެ ކަމަށެވެ.
“އޯކޭ. ހަމަ ކޫލް.” އަޔާން އަދި އިތުރަށް މީތަން އޭނަގެ އަތު ތެރޭގައި ފިއްތާލިއެވެ.
“ދީ ވިސްނާލަން ޓައިމްކޮޅެއް.”މީތަން އުޅުނީ އޭނަގެ އުނަގަނޑުގައި ވަށާލައިފައިވާ އަޔާންގެ އަތް ނައްޓާލާށެވެ.
“ނޯ. މީ ފިލްމެއް ނޫނޭ. ސޯ އައި ނީޑް ޖަވާބެއް. އެވެސް މިހާރު.” އަޔާން އެހާ ކޫލް ކޮށް ވާހަކަ ދެއްކިއިރުވެސް ހަޤީޤަތުގައި އޭނަ އެހުރީ ވަރަށް ހާސްވެފައެވެ. މީތަން ނޫނެކޭ ބުނެފާނެތީއެވެ. ނުހާ މަތިން ހަނދާން ނައްތާލުމަށް އޭނަ މީތަން އާ ގުޅެން ބޭނުމެވެ. މީތަން ދެކެ ލޯބި ނުވިޔަސް އަޔާން މީތަން ދެކެ ލައިކްވެއެވެ.
“ދެން ދޫކޮށްބަލަ އަޔާން. މީހަކު އައިސްދާނޭ.” މީތަންގެ ރާގުގައިވަނީ އާދޭހެވެ. އަޔާން ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“އޯކޭ. ޔެސް އޭ.” މީތަން އޭނަަގެ ރަތްވެފައިވާ މޫނު ދެއަތުން ފޮރުވާލީ ލަދުންނެވެ.
“ކޮން ކަމަކަށް ޔެސް ތިބުނީ.” އަޔާން ބޭނުންވީ މީތަންގެ އަގައިން ފުރިހަމަ ޖަވާބެއް ކަހަލައެވެ.
“މިބުނީ އައި ލައިކް ޔޫ ޓޫ އޭ.” މީތަން އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
ލިބުނު ހިތްހަމަ ޖެހުމާއެކު އަޔާން އުފަލުން މީތަން ގޮވައިގެން އެނބުރިގަތެވެ.
“އަޔާން. ވެއްޓިދާނެއޭ.” މީތަންގެ ތުއި އަޑު މުޅި ހިސާބުގައި މިއުޒިކެއް ފަދައެވެ. އަޔާން ފުން ނޭވާތަކެއް ލަމުން މީތަން ބިންމަތީގައި ބެހެއްޓިއެވެ.
“އަދި ކިރިޔާތަ ވަރުބަލިވިކަން ތި އިހްސާސްވީ.” އަޔާން އުޅުނު ގޮތުން މީތަން ތުންދަމާލިއެވެ.
“ދެން އަންހެންކުދިން ސެޓް ކުރަން އުޅޭއިރު ޖެހޭނެއެއްނު ވަރުބަލިނުވާ ކަމަށް ހެދެން ބޭނުންވާކަމެއް ވަންދެން.” އަޔާން މީތަންގެ އަތުގައި ހިފައި ގަޔާ ކައިރިއަށް ދަމާލިއެވެ.
“މިރޭ އަންނާނަން ބަލާ. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.” މީތަންގެ ކަންފަތާއި ކައިރިވެލަމުން އަޔާން ސިއްރު ސިއްރުން ބުނެލިއެވެ. މީތަން ހުރީ ލޯ ކުރިމަތީގައި ވަމުންދާ ކަންތައް ޤަބޫލުކުރަން ދަތިވެފައެވެ. އަދިވެސް ހިތަށް އަރަނީ މީ ހުވަފެނެއް ކަމަށެވެ.
” އަޔާން. މީހުވަފެނެއްތަ؟” މީތަންގެ އަޑުގައިވާ ތުރުތުރުން އަޔާން އަށް ހެވުނެވެ.
“މީ އަދި ހުވެފެނެއް. އެއްވެސް ކުލައެއްނެތް ހުވަފެނެއް.” އަޔާން މީތަންގެ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ.
“ކީކޭ ތިބުނީ.” މީތަން އަޔާންއާ ދުރަށް ޖެހިލިއެވެ.
“ބުނާ އެއްޗަކަށް ނުބަލަބަލަ. މަތުލަބް ވިސްނިއްޖެއެއްނު.” އަޔާންގެ ދެމާނަ އެކުލެވޭ ޖުމްލަތައް މީތަންއަކަށް ނުވިސްނުނެވެ.
މީތަން އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަޔާން އޭނަގެ ތުނިތުނި ތުންފަތުގައި އިނގިލި ޖައްސާލިއެވެ.
“ދަނީ. މިރޭ އަންނާނަން ބަލާ. ނުވައެއް ޖަހާއިރު.” އަޔާން ސިޑިން ފައިބައިގެން ދިޔައިރުވެސް މީތަންއަށް ހުރެވުނީ ބަލާށެވެ.
ބޯ ކަޅު ވިލާތަކުން އުދަރެސް ބައްދާލައިފައި ވާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ހަވީރުގެ އެވަގުތު ވެސް ހީވަނީ ރޭގަނޑެއްހެންނެވެ. މުޅި ދުނިޔެމަތި ވަނީ އަނދިރިވެފައެވެ.
“ފާލިހް. ހިނގާބަލަ ރެއިން ބަލާލަން ކުޑަ ދަށަށް ދާން.” މަލަކާ ހީވަނީ ބޭބީ އެއްހެންނެވެ. ފާލިހްގެ ގަމީހުގެ ގޮށް އަނގަޔަށްލާ ހަފަމުން މަލަކާ ފާލިހްގެ ދެލޮލަށް ބަލާލިއެވެ.
“ނޫނޭ ދޫންޏާ. އަދި ތެދުވެ އުޅުން އެހާ ރަނގަޅެއްނުވާނޭ.” ފާލިހް މަލަކާގެ ބޮޑު ކޮލުގައި ލޯބިން ހިފާލިއެވެ.
“އަޅެ ދެން ނޫން. އަހަރެން މީ ބަލި މީހެއްނޫނޭ. މިހެން އޮންނަން ވެއްޖެއްޔާ އަދި މާބަލިވާނީ.” މަލަކާ ބޮޑާ ހާކަން ފެށުމުން ފާލިހްއަށް ޖެހުނީ ގޮތް ދޫކުރާށެވެ. ފާލިހް ގެ ގައިގައި މަލަކާ ލައްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ހިނގަމުން ދިޔައީ ވެސް އެހާ މަޑުންނެވެ. މަލަކާ ހިނިތުންވެލަމުން ފާލިހްއަށް ބަލާލީ އޭނާގެ އޯގާތެރިކަމަށްޓަކާ ޝުކުރުވެރިވާފަދަ ގޮތަކަށެވެ.
“މިއޮތީ އާދެވިފައެއްނު. މަޑުމަޑުން އިށީންނާނީ.” ފާލިހް މޭޒުކައިރީގައި ހުރި ގޮޑި ދުރުކޮށްލަދިނެވެ.
“އަޅެ ހާދަ ހިތްހަމަޖެހެއޭ މިހެން ވާރޭ ވެހޭ މަންޒަރުބަލަން.” މަލަކާގެ ނަޒަރު ހުއްޓިފައިވަނީ ވެހެމުންދިޔަ ބޯވާރޭއަށެވެ. މަލަކާގެ ވާހަކައިން ފާލިހްގެ ތުންފަތުގައި ކުޅެލީ ލުއިލުއި ހިނިތުންވުމެކެވެ.
ކުއްލިއަކަށް ޖެހިލި ބާރު ފިނި ފިނި ރޯޅިއަކުން މަލަކާ ތުރުތުރު އަޅައިގަތެވެ.
“އަޅެ. ހާދަ ފިންޏޭ.” މަލަކާ ފާލިހްގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ.
މަލަކާގެ ހިތުގެ އަޑު ފާލިހް އަށް އިހްސާސް ކުރެވުނު ކަހަލައެވެ. މަލަކާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ފާލިހް މަލަކާގެ މޫނާއި ކައިރިވެލިއެވެ.
އެވަގުތު ގޭގެ ދޮރޯށި ހުޅުވުނު އަޑަށް ދެމީހުންނަށްވެސް ސިހިފައި ދުރަށް ޖެހެވުނެވެ. އޭރު ތެމިފޯވެފައިވާ ޒާރާ ދަބަހާއެކު ދުވެފައި އާދެއެވެ.
“ޒާރާ.”މަލަކާގެ އަޑަށް ޒާރާ އެނބުރި ބަލާލިއެވެ. ނަމަވެސް ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ޒާރާގެ މޫނުގެ ކުލަވަރު މަލަކާއަށް ފެންނަ ވަރެއް ނުވިއެވެ. ޒާރާވެސް އިތުރަކަށް މަޑެއް ނުކުރެއެވެ. ފާލިހްއާއި މަލަކާ އެކުގައި ފެނުމުން ހިތުގައި ޖެހުނީ ކަމަށްވެސް ވެދާނެއެވެ.
ފާލިހް މަލަކާގެ ހާސްވެފައިވާ މޫނަށް ބަލާލަމުން ހިނިތުންވެލީ އަޅާނުލާށޭ ބުނާފަދަ ގޮތަކަށެވެ.
އާސިފް. މިހާރު ވާރޭވެސް ހުއްޓާލައިފި. ހިނގާބަލަ ޝޮޕިންއަކަށް. ” ކޮޓަރިން ދޮރުން ނިކުމެ ނިކުމެ ހުރި އާސިފް ހުއްޓުނީ ނުހާގެ އަޑަށެވެ.
“ވާރޭ ހުއްޓާލި ވަގުތު އަހަރެންވެސް މިދަނީ ވަރަށް މުހިންމު މީޓިންއަކަށް ދާށޭ. އަނެއްކާ ނުހާ ވަންނާނީ އެންމެ ފިހާރައަކަށް ނޫން..” އާސިފްގެ އަޑުގައިވަނީ ހަރުކަށި ރާގުން ނުހާ މޫނު ކުނި ކޮށްލިއެވެ.
“އާން. މަގޮވައިގެން ތަނަކަށް ދާންވީމަ ބޮޑުވާނެ މިގޭގެ އެންމެންނަށްވެސް.” ނުހާ އޭނަގެ ހަޤީޤީ މަޤްސަދު ހާސިލް ކުރުމަށްޓަކައި މަގު ކޮށަން ފެށި ކަހަލައެވެ. ބޭރަށް ދާން ނުހާ ބޭނުންވަނީ އާސިފްއާއެކީ ގައެއް ނޫނެވެ. އަޔާންއާއި އެއްކޮށެވެ.
“އެންމެންނޭ. ކޮން އެންމެންނެއްތަ؟” އާސިފް ލައިގެން ހުރި ކޯޓްގެ އަތް ރަނގަޅު ކޮށްލިއެވެ. ނުހާ އެއްވެސް އެއްޗެއް ނުބުނެ ދުރަށް މޫނު އަނބުރާލިއެވެ.
“ކޮންމެ ކަމެއްގަ އެހާ ކަންތައް ބޮޑު ކުރާ އެއްޗެއް ނޫނޭ. އަޔާން ވެސް އެބައުޅޭ. އޭނައާއެކީ ދޭބަލަ.” އާސިފް އެދިނީ ނުހާ އެންމެ އަޑުއަހަން ބޭނުންވި ޖަވާބެވެ.
“ދެން މަށަށް ކެރޭތަ ބުނަން.” ނުހާ ހުރީ އުފަލުންނެވެ. ހިތް ނަށަމުންދާ ކަހަލައެވެ.
“އަޔާން.” އާސިފް އަޔާންއަށް ގޮވަމުން ސިޓިންރޫމްއަށް ނިކުތެވެ. ފަހަތުން ނުހާވެސް ނިކުތެވެ.
“ކީކޭ ޑޭޑް.” ސިޑިން ފައިބަމުން އައި އަޔާން ހިނިތުންވެލިއެވެ.
“ހާދަ ހެޕީ ވެފަ.” އެހެން ދުވަސް ދުވަހު ނުފެންނަ އުފާވެރިކަމެއް އާސިފް އަށް އަޔާންގެ މޫނުމަތިން ފެނުމުން އާސިފް އުފާވިއެވެ.
“ނޮޓް އެގޭން،” ނުހާ ހިތާހިތުން ކުދި ކިޔާލީ އާސިފް އަޔާން ގައިގައި ބައްދާލުމުންނެވެ.
“ދަރިފުޅު. ދޭބަލަ ނުހާ ގޮވައިގެން ފިހާރައަކަށް.” އާސިފްގެ ވާހަކައިން އަޔާންއަށް ބޭއިހްތިޔާރުގައި ނުހާއަށް ބަލާލެވުނެވެ. އޭރު ނުހާވެސް ހުރީ އަޔާންއާ ދިމާއަށް ބަލާށެވެ. އަޔާން ބަލާލުމުން ނުހާ ޖެއްސުމުގެ ގޮތަށް ނިތް އަރުވާލިއެވެ.
“ޑޭޑް. ވަރަށް ވިއްސާރައެއްނު. ފާލިހް ދެން އޮފީހަށް ނުނިކުންނާނެ ވީކެއް ފަހުން ނޫނީ. އެހެންވެ ބައެއް މުހިންމު ވޯކްސް ތައް ހުރީމަ އެދިމާލަށް މިދަނީ. މިރޭ ދާން ހަދަންވީނު.” އަޔާން ނުހާ ގޮވައިގެން އެއްވެސްތާކަށް ދާކަށް ބޭނުމެއްނުވެއެވެ. އަދި މިހާރު ވަކިން މީތަން ހީކުރާނެ އެއްޗަކާއިމެދު ވެސް އަޔާން ވިސްނަން ޖެހެއެވެ. އެކަމަކު ބައްޕަގެ ކުރިމަތީގައި ނޫނެކޭ ބުނާކަށްވެސް އަޔާންއަކަށް ނުކެރޭނެއެވެ.
“ކޮބާ. ބުނީމެއްނު އެކަކުވެސް ނުދާނޭ.” ނުހާ އަޔާންއާ ދިމާއަށް ދެލޯ އަޅައިގެން ހުރިއިރު ހީވަނީ ދެންމެ ދެންމެ އަޔާން ކާލަ ފާނެހެންނެވެ.
“ނުހާ. އަހަރެންވެސް މިއުޅެނީ ޝޮޕިންއަށް ދާން. ހިނގާ މަށާއެކު ދާން.” ނީތާ އަތްދަބަސް ކޮނޑަށް ހެއުވަރު ކުރަމުން އެތަނަށް އައިސް ހުއްޓުނެވެ.
“މައްސަލަ ހައްލުވީނު. ނުހާ ދޭ ބަލަ ނީތާ ގޮވައިގެން. މާގިނަ ފިހާރަތަކަށްވެސް ވަދެވޭނެ ހިނގާފަ ދަންޏާ.” ނުހާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އާސިފް ހިނގައިގަތެވެ. ނުހާއަށް އެންމެ ފަހުން ޖެހުނީ ނީތާ އާއެކީ ދާށެވެ. އަޔާން ތުބުން ފުމެމުން ދިޔަ މަންޒަރު ބަލަން ހުރި ނުހާ ހުރީ ރުޅި އައިސްގެން ގޮސް މޮޔަވާން ކައިރިވެފައެވެ.
“އަސްލުވެސްތަ؟ އަޅޭ. ޔޫ އާ ސޯ ލަކީ.” މަލަކާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ނަށަންފެށިއެވެ. ފާހާނާއިން ނިކުތް ފާލިހްއަށް އެމަންޒަރު ފެނުމުން ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް މަލަކާ ފޯނުގައި ހުރީމަ އެއްޗެއް ނުބުނެއެވެ. އަތުގެ އިޝާރާތުން އެނދުގައި އިށީންނުމަށް އެންގިއެވެ.
“ފާލިހް އެނގޭތަ؟ އަޔާން ޕްރޮޕޯސްޑް މީތަން.” މަލަކާ ހުރީ ދަތްޕިލަ ނަގާ އަތްމައްޗަށް ލައިގެންނެވެ.
“ސަޕްރައިޒެއްދޭކަށްވެސް އެކާޓޫނަކަށް ނޭނގޭނެ.” ކޮޓަރި ދޮރުމަތީގައި ހުރި އަޔާންގެ އަޑަށް ފާލިހްއާއި މަލަކާ އަށް ބަލާލެވުނީ އެއްފަހަރާއެވެ.
“އެހެންނޭ ވާނީ މާވަގަށް ކަންތައްކުރަންޏާ. އަޅެ. ހެޔޮވެސް ނުވާނެ ދޯ އެކުއްޖާއަށް ކާޓޫނު ކިޔަން.” ފާލިހް ހީނގަތެވެ.
“ކާޓޫނު ދޯ ކިޔާނީ އެހެން ހުންނަންޏާ. ބަލާބަލަ ނިކަން އެއަޅާ އައިނުގަނޑެއްވެސް.” އަޔާންވެސް ހީގަންނަމުން އައިސް އެނދުގައި އިށީނެވެ.
“ކަލޭމެންނަށް ނިމުނީ ދޯ ސަކަރާތް ޖެހެނިކޮށް. މިގޭގަ ބަލިމީހުންވެސް އެބައުޅޭ. އެވަރު ވިސްނަންވާނެއެއްނު.” ކޮޓަރި ދޮރުމައްޗަށް ހުއްޓި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ޝަރީފާ ހިނގައިގަތެވެ.
“ހިޓްލަރެއްދޯ ހަމަ.” އަޔާން ފާލިހްއަށް އެއްލޯ މަރާލިއެވެ. މަލަކާ ހުރީ ދެރަވެފައެވެ. ދެންމެއަކާއި ޖެހެންދެން އުފާވެރިކަމުން ވިދަވިދާހުރި އެމޫނު ވަނީ މިލާފައެވެ.
އެވަގުތު އަޔާންގެ ފޯނު ރިންގް ވާންފެށުމުން އަޔާން ޖީބަށް އަތް ކޮށްޕާލިއެވެ.
“އާން. ހަނދާން އެބަހުއްޓޭ. މިދަނީ.” އަޔާން ދެފަރާތަކަށް ބޯހޫރަލަމުން ފޯނު ޖީބަށް ކޮށްޕާލިއެވެ.
“ކާކު؟” ފާލިހް ސުވާލު ކުރީ އަޔާން ދެފަރާތަކަށް ބޯހޫރާލުމުން ގުޅީ ނުހާ ކަމަށް ހީކޮށެވެ.
“މާކިން. މެލޭޝިޔާގައި ހުރިއިރުގެ ފްރެންޑެއް. ފަހުން އަދި ދިމާކޮށްލާނަން އިނގޭ.” އަޔާން އަވަސް އަރުވާލަމުން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
“މަންމަ ހޭޓްސް މީތަ؟” އަޔާން ދިޔުމުން މަލަކާއަށް ރޮވުނެވެ.
“ތިހެން ނުވިސްނަބަލަ. އެނގޭނު މަންމަގެ ފާޑު.” ފާލިހް މަލަކާ ގެނެސް އޭނަގެ މޭ ތެރޭގައި ފޮރުވާލިއެވެ.
އޮކްސިޖަންގެ ހަލަބޮލި މާހައުލެވެ. އިރުއޮއްސޭގަޑިވުމުން މުޅި އޮކްސިޖަން ތެރެ އޮތީ މީހުންނުން ފުރިފައެވެ.
“ހާދަ ހިސާބަކަށް އައިސް ތިއިނީ.” އަޔާންގެ އަޑަށް މާކިން ސިހިފައި ބަލާލިއެވެ.
“އާން ކަމަކު މިހިސާބަށް މިއައީ. މީހަކާއި ބައްދަލުކޮށްލަން. އެކަމަކު އެކަމެއްވެސް ނުވި.” މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ.
އެވަގުތު ވެއިޓަރ އޯޑަރ ނަގަން އައިސް މޭޒުގެ ކައިރިއަށް ހުއްޓުނެވެ.
“ކޮފީއެއް. މިލްކް.” އަޔާން ވެއިޓަރ އަށް ހިނިތުންވެލަމުން މާކިން އާ ކުރިމަތިލިއެވެ.
ހާދަ ހާސްވެފަ ތިހުރީ.” އަޔާން މޭޒުގައި އަތް އަޅުވާލިއެވެ.
“މިކޮޅަށް އައިސް އަދި ސެޓްލް ނުވެފަ. ޖޮބެއް ނުލިބޭތީ.” ހަޤީޤަތުގައިވެސް މާކިން ހުރީ ފިކުރުބޮޑުވެފައެވެ.
“ސެޓްފިކެޓެއް އޮތަސް މިހާރު އެޔަކަށް ނުބަލައެއްނު.” މާކިން ގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަޔާންވެސް ބޯޖަހާލިއެވެ.
“ކޮބާ ޒޫކަން.” ވެއިޓަރ ކޮފީތަށި ބަހައްޓަން ޖާގަ ދައްކާލަމުން އަޔާން އަހާލިއެވެ.
“އެބައުޅޭ ގޭގައި. އަހަރެންގެ މަންމަ ކައިރީގައި.” މާކިން ޖަވާބު ދިނީ ވަރަށް މަޑުމަޑުންނެވެ.
“ސަންޑޭގަ އޮފީހަށް އާދެބަލަ ސެޓްފިކެޓްތައް ހިފައިގެން. އައި ވިލް ހެލްޕް ޔޫ.” އަޔާން މާކިންގެ އުދާސްވެފައިވާ ހިތަށް ހިތްހަމަޖެހުމެއް ގެނެސްދިނެވެ.
“ތަނަކަށް ދާން ޖެހޭތީ އައި ހޭވް ޓް ގޯ. އެހެން ނޫންނަމަ އަދި އިރުކޮޅަކު މަޑު ކުރީސް. ގުޅާނަން އިނގޭ.” މާކިން އާ ސަލާމް ކޮށްލަމުން އަޔާން ގޮނޑި ދުރު ކޮށްލާފައި ތެދުވިއެވެ.
މީތަންގެ ގޭގެ ތިރީގައި ހުރި ދަގަނޑު ހޮޅި މަތީގައި އަޔާން އިށީންދެގެން އިންނަތާ ބައިގަޑި އިރު ވެއްޖެއެވެ. މީތަންގެ އިންތިޒާރުގައެވެ. ފައިވާނުގެ ޓޮއްޓޮއް އަޑަށް އަޔާން އިސްއުފުލާ ބަލާލިއެވެ. އެވަގުތު އަޔާން އަށް އިންތަނުން ތެދުވެވުނު ގޮތް ވެސް ނޭނގެއެވެ. ދެލޯ ބޮޑުކޮށްގެން އަޔާންއަށް ހުރެވުނީ ބަލާށެވެ. އޭނާގެ ކުރިމަތީގައި އިސްޖަހަައިގެން ހުރި މީތަންއަށެވެ. ރަތް ކުލައިގެ ޕެޕްލަމް ޓޮޕްއިން މީތަންގެ ހިމަ އުނަގަނޑާއި ލޫޅާފަތި ހަށިގަނޑުގެ ބައްޓަން އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގާ ހައްޔަރުކޮށްލާފައިވާއިރު މޫނުގެ ރީތިކަން އިންތިހާއެވެ. މާބޮޑު މޭކަޕެއް ނެތް މީތަންގެ ހިތްގައިމު މޫނުން އަޔާން އަށް ނަޒަރު ދުރުކޮށެއް ނުލެވުނެވެ.
“އަޔާން.” މީތަން ރަކި ގޮތަކަށް ހީލިއެވެ.
“މާފްކުރޭ މެޑަމް. އަހަރެންގެ ކުށެއް ނޫން. ތިޔަފަރި މޫނުގެ ކުށް. އެހެންވެ ވީގޮތް.” އަޔާން މީތަންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
“ކީކޭ.؟” މީތަން އަޔާންގެ ލޮލަށް ބަލާލިއެވެ.
“ބުނާ އެއްޗަކަށް ނުބަލަބަލަ. މަތުލަބް ވިސްނިއްޖެއެއްނު.” އަޔާން މީތަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
“ކޮން މަތުލަބެއްތަ؟” މީތަން އަޔާންއާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަތުލަބް ނޭނގޭތަ؟ މަތުލަބް މީންސް މާނައަކީ. ގައިމު ލައްކަ ޑްރާމާ ބަލާނެ އަންހެންވެރިން.” އަޔާން މީތަންއާ ދިމާކޮށްލިއެވެ.
“ހުއް. ހުރިހާ އެންމެން ޑްރާމާ ނުބަލާނެ އިނގޭ.” މީތަން ވާހަކަދެއްކީ އަމިއްލަ ދިފާއުގައެވެ. އަޔާން ކައިރިއަށް ހިނިއައީ މީތަން މޫނަށް ޖައްސާލި ވައްތަރުންނެވެ.
“ބައި ދަ ވޭ. ކޮންތާކަށް މިދަނީ.” އަޔާންގެ ސައިކަލް ޕާކް ކޮށްފަ ހުރި ތަނަށް މަޑުކޮށްލުމާއެކު މީތަން އަހާލިއެވެ.
“ސަޕްރައިޒް.” އަޔާން ސައިކަލަށް އެރުމުން މީތަން އަޔާންގެ ފަހަތުގައި އިށީނދެލިއެވެ.
ޓީވީއިން ދައްކަމުންދިޔަ ޚަބަރަށް އާސިފް ގެއްލިފައި އިން އިރު ނުހާގެ މޫނުމަތިން އަދިވެސް ފެންނަނީ ނުރުހުމެވެ. މިއަދު އަޔާން ކަންތައް ކުރި ގޮތުން ނުހާގެ ހިތަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ.
“ޑޭޑް.” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އާސިފްދެކެ ފަސްޖެހޭ އަޔާންގެ މޫނުމަތީގައި އެއްވެސް ހާސްކަމެއްނެތެވެ.
“ކީކޭ ދަރިފުޅާ.” އާސިފް ލޮލުގައި އޮތް އައިނު ނަގާ ސައިޑް ޓޭބަލް މަތީގައި ބާއްވާލަމުން ތެދުވިއެވެ. ނުހާވެސް ހުރީ ވާނުވާ ނޭނގި ބަލަހައްޓައިގެންނެވެ.
ކީއްވެ ނުވަދެ ދޮރުމަތީގައި ތިހުރީ.” އާސިފް ހުރީ ހިސާބަކަށް ހައިރާންވެފައެވެ.
“އައި ލަވް ހާ ޑޭޑް.” ނުހާ ތެޅިގެންފައި ފުންމައިގެން ތެދުވިއެވެ. އޭނާ ހީކުރީ އަޔާން އޭނާގެ ވާހަކަ ދައްކާކަމަށެވެ.
“އެތެދެއް.- ” ނުހާ ކުރިއަށް ޖެހިލައި އާސިފްގެ އަތުގައި ހިފާލަމުން ބުނެލި ޖުމްލަ ފުރިހަމަ ނުވީ އަޔާން ކޮށްލި ހަރަކާތުންނެވެ.
އަޔާން ފަހަތަށް ޖެހިލަމުން ދޮރާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އަޔާން ދިއްކޮށްލި އަތުގައި ހިފަމުން އިސްޖަހައިގެން ހުރެ ދޮރުން ވަން މީތަން ފެނިފައި ނުހާ އަށް މުށް ކަވާލެވުނެވެ.
“އޯ. ސޯ ސަޕްރައިޒްޑް. އާދޭ އިށީންނަން.” އާސިފް ހިނިތުންވެލިއެވެ. އަޔާން މީތަންގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ނުހާއަށް ބަލާލެވުނެވެ. ނުހާގެ ފެންކަޅިވެފައިވާ ދެލޯ އަޔާންގެ ހިތަށް ބާރު ފޯރުވަފާނެތީ އަޔާން ވަގުތުން އިސްޖަހާލިއެވެ. އާސިފް އަޔާންގެ ހޮވުމަށް މަރުޙަބާ ކީ އުފަލުންނެވެ. މީތަން ހުރީ ފަސްޖެހިފައެވެ. އޮފީހުގެ ބޮޑު މީހާގެ ކުރިމަތީގައި ހުންނަން ޖެހުމާއި އަދި ޚާއްސަކޮށް ނުހާގެ ނަފްރަތުން ފުރިގެންވާ ދެލޯ ސީދާ އޭނައަށް އަމާޒުވެފައިވާތީއެވެ.
“ޑޭޑް. ކޭން ވީ ގޯ.” އަޔާންއަށް ނުހާގެ ކުރިމަތީގައި ހުންނަން އުނދަގޫވާ ކަހަލައެވެ. އިރުއިރުކޮޅާއި އަޔާންއަށް ނުހާއާ ދިމާއަށް ބަލާވެސް ލެވެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަޔާންއަކަށް ނުހުރެވެއެވެ.
“އަދި އަންނަންޗޭ. ގޯޑް ބްލެސް ޔޫ ބޯތު.” އާސިފް އަޔާންގެ ބުރަކަށީގައި ފިރުމާލިއިރުވެސް އަޔާންއަށް ބެލެނީ ސޯފާގައި އިސްޖަހައިގެން އިން ނުހާއަށެވެ.
އަޔާން ސައިކަލް ދުއްވަމުން ގެންދިޔައީ ވަރަށް ބާރަށެވެ. އަޔާންގެ ފަހަތުގައި އިން މީތަން އިނީ ބިރުންނެވެ.
“އަޔާން. ސުވަރުގޭގެ ދޮރުތައް ބަންދުވާތީ ތަ ތިހާ ބާރަށް ތިދަނީ.” މީތަން އަޔާންގެ ދެކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. އެކަމަކު އަޔާންއަށް ރޭކާވެސް ނުލިއެވެ. އަޑު އިވުނުހެންވެސް ހީނުވެއެވެ.
“އަޔާން.” މީތަން އަނެއްކާވެސް ގޮވާލިއެވެ. ނަމަވެސް އަޔާންގެ ޖަވާބެއް ނާދެއެވެ. މީތަންގެ ހިތުގައި ޖެހުނެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް މީތަން އިނީއެވެ.
ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު މީތަން ސައިކަލުން ފޭބިއެވެ.
“ގުޅާނަން.” މީތަންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަޔާން ސައިކަލް ދުއްވާލިއެވެ. ވާނުވާ ނޭނގިފައި ހުރި މީތަން ގެއާއި ދިމާއަށް ހިނގައިގަތީ އިންތިހާއަށް ދެރަވެފައި ހުރެއެވެ.
ނިދާފައި އޮތް ފާލިހްއަށް ހޭލެވުނީ ބޯކޮށް ވާރޭ އޮއްސާލި އަޑަށެވެ. އޭރު ކޮޓަރި ތެރެ އޮތީ އެއްކޮށް އަނދިރިވެފައެވެ. ފާލިހް ނިދާ ބޮކި ޖައްސާލަން ސްވިޗްގައި އަތްލިއިރު ލައިޓް ހުރީ އޮން ކޮށްފައެވެ. އެހާ ހިސާބުން ގޭގައި ކަރަންޓް ނެތްކަން ފާލހްއަށް އެނގުނެވެ. ސައިޑް ޓޭބަލްގަ އޮތް ފޮށިން އުށްބައްތިއެއް ނަގައި ރޯކޮށްލަމުން ފާލިހް ކައިރީގައި ނިދާފައި އޮތް މަލަކާގެ މޫނަށް އަލިކޮށްލިއެވެ. މަލަކާ އޮތީ އަރާމުކޮށް ނިދާލާފައެވެ.
ރޯކޮށްފައިވާ އުއްބަތި ސައިޑް ޓޭބަލްމަތީގައި ބަހައްޓާލަމުން ފާލިހް އިތުރު އުއްބަތިއެއް ނަގާ ރޯކޮށްލިއެވެ. އަދި އުއްބަތި ހިފައިގެން ބަދިގެ އާއި ދިމާއަށް ހިނގައިގަތީ އެހާ ފިނީގައިވެސް ކަރު ހިއްކާފައިވާތީއެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑުގެ ތެރެއިން އަންހެން ކުއްޖެއްގެ ކުކުރުމުގެ އަޑު ފާލިހްގެ ކަންފަތުގައި ޖެހުނެވެ. ފާލިހް ހުއްޓުނެވެ. އަދި އިރުކޮޅަކު ވިސްނަން ހުރެފައި އަޑު އަންނަ ދިމާއަށް ހިނގަންފެށިއެވެ. ފާލިހްއަށް ހުއްޓިގެން ހުރެވުނީ ޒާރާގެ ކޮޓަރީގެ ދޮރު ކައިރީގައެވެ. ދެފިކުރެއްގައި ހުރެފައި ފާލިހް ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ދޮރު ހުރީ އެތެރެއިން ތަޅު ނުލާ ކަމުން އެއްވެސް ހުރަހެއްނެތި ދޮރު ހުޅުވިގެން ދިޔައެވެ. އެވަގުތު ކަރަންޓްވެސް އައިސްފި އެވެ. ފާލިހް އަތުގައި އޮތް އުއްބަތި ނިއްވާލީ އެކޮޓަރި ތެރޭގައި ދިއްލާފައިވާ ނިދާ ބޮކީގެ އަލިން ކޮޓަރި ތެރެ ހިސާބަކަށް އަލިވެފައިވާތީއެވެ.
ފާލިހް އެނދުމަތީގައި ކުކުރާލަ ކުކުރާލަ އޮތް ޒާާރާއަށް ބަލާލިއެވެ. އޭނާއޮތީ ފާލިހްއަށް ފުރަގަސްދީގެންނެވެ.
“ޒާރާ.” ފާލިހް ގޮވާލީ ވަރަށް ފަސްޖެހިފައި ހުރެ އެހާމެ މަޑުންނެވެ. ޒާރާގެ އެއްވެސް ޖަވާބެއް ނައުމުން ފާލިހް އެނދުގެ ކައިރިއަށް ގުދުވެލާ ޒާރާގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ނަމަވެސް ޒާރާގެ އެއްވެސް ހަރަކާތެއްނެތެވެ. ގައިމަތީގައި އޮތީ ތެތް ތުވާއްޔެއް އަޅާފައެވެ. ފާލިހް އެނދުމަތީގައި އިށީނދެ ޒާރާގެ ކޮނޑުގައި ހިފާ އަނބުރާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ފާލިހްއަށް ލޯމަތީގައި އަތް އަޅާލެވުނެވެ. ޒާރާގެ ގައިގައި އެއްވެސް ފޭރާމެއްނެތެވެ. ހަމައެކަނި އަޅާފައިވަނީ ތެތް ތުވާލިގަޑެކެވެ. ޒާރާ އޮތީ ހުން އައިސް ރަތްވެފައެވެ. ފާލިހް އުޅުނީ ކޮޓަރިން ނިކުންނާށެވެ. އެނދުމަތިން ތެދުވިތަނާ ޒާާރާ އެއްލި އަތުން ފާލިހްގެ އަތުގައި ހިފިއެވެ. އަދި ހަމަ އެވަގުތު ޒާރާ ފާލިހްގެ އަތުން ދޫވެސް ކޮށްލިއެވެ. ގައިގައި އެއްވެސް ބާރެއް ޒާރާގެ ނެތީ ކަންނޭނގެއެވެ. ފާލިހްއަށް ބޭއިހްތިޔާރުގައި ޒާރާގެ ކައިރީގައި އިށީދެވުނެވެ. އަދި އޭނާގެ ލޯ ޒާރާގެ އެކިއެކި ވަނާތަކަށް ހުއްޓެމުން ދިޔައެވެ.
ނުނިމޭ
ނުނިމޭ މާފުކުރާށޭ ކަލާ… (18)
ފާލިހްއަށް ހިންދިރުވާލެވުނީ ބޭއިހްތިޔާރުގައެވެ. ޒާރާގެ އަންހެންވަންތަކަމާއި ފުރިހަމަކަން ފާލިހްގެ އިހްސާސްތަކާއި ކުޅެމުންދަނީއެވެ. ޒާރާގެ މެރިފައިވާ ދެލޮލުގައި ފާލިހް އަތް ޖައްސާލީ ވަރަށް މަޑުމަޑުންނެވެ. ޒާރާ ފާލިހުގެ އަތު ތެރޭގައި އޭނާގެ ކުޑަކުޑަ ދޮން މޫނު ފޮރުވާލިއެވެ. ޒާރާގެ މޫނު ފާލިހްގެ އަތުގައި ޖެހުމުން ފާލިހްއަށް ކުއްލިއަކަށް އަތް ދަމައިގަނެވުނެވެ. ޒާރާގެ ހަށިގަނޑުގައި ހީވަނީ އަލިފާން ރޯވެ އަނދަމުންދާހެންނެވެ. އެހާވެސް ހުންގަދައެވެ. ފާލިހް އަނެއްކާވެސް އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ޒާރާ އޭނަގެ އަތުގައި ހިފައި ދަމައިގަތީ ފާލިހް އެނދުން ތެދުވެ ތެދުވެ ހުއްޓައެވެ. އެއްވެސް ހުރަހެއްނެތި ފާލިހް ވެއްޓުނީ ޒާރާގެ ގައި މައްޗަށެވެ. އެވަގުތު ޒާރާގެ ހަށިގަނޑު ތުރުތުރު ލައިގެން ދިޔަކަމުގެ އިހްސާސް ފާލިހްއަށް ކުރެވުމުން އޭނާ ޒާރާގެ ހާމައަށް ފެންނަން އޮތް ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ވަގުތުގެ ގޮތުން ފާލިހްގެ ހުރިހާ ހިއްސުތައް މަސައްކަތް ކުރަން ފެށީ ފާލިހްގެ އަމިއްލަ ބާރުގައި ނޫންކަހަލައެވެ. ޒާރާގެ ހަށިގަނޑުން ދުވަމުން ދިޔަ މީރުވަހުން ފާލިހްގެ ހިތް މަސްތުކުރަމުންދާ ކަހަލައެވެ. އެހަށިގަނޑުގެ ފޮނި މީރުކަން ލިބިގަންނަމުން ފާލިހް ދިޔައިރު މަލަކާ މަތިން ހިތަށްވެސް ނާރާ ކަހަލައެވެ.
ފަތިސް ނަމާދުގެ ބަންގި ގޮވީވެސް ނުހާ އަޔާންގެ ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓައެވެ. ނުހާގެ ރަތް ވެފައިވާ ބޮޑު ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. ކޮންމެ ހާލެއްގައި ނަމަވެސް އޭނާ އަޔާން އާ ވާހަކަ ދައްކަން ބޭނުމެވެ. އަޔާން އާއި މީތަން އެކުގައި އުޅޭތަން ބަލަން ނުހާގެ ހިތެއް ނޭދެއެވެ.
ކުއްލިއަކަށް އަޔާންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކެތްމަދުވެފައި ހުރި ނުހާ ދޮރުން ނިކުމެ ނިކުމެ ހުރި އަޔާންގެ ކުރިމައްޗަށް ހުއްޓުމުން އަޔާން ދިޔައީ ސިއްސައިގެންނެވެ.
“އަޔާން.” ނުހާ ފެނުމުން އަޔާން އަނެއްފަރާތަށް މޫނު އަނބުރާލުމުން ނުހާ ހިތާމައިން ފުރިގެންވާ އަޑަކުން އަޔާންއަށް ގޮވާލިއެވެ. އަޔާން އަޑު އިވޭ ކަމަށްވެސް ނުހަދާ ކުރިއަށް ހިނގައިގަތެވެ.
“އަޔާން.” މިފަހަރު ނުހާގެ އަޑުން ހީވީ މުޅިގެވެސް ވައްޓާލަފާނެހެންނެވެ.
“ހަޅޭލަވާ ވަރަކަށް އަމިއްލަ އަށް ބޭޒާރުވާނީ.” އަޔާން ރުޅިވެރިކަމާއެކު ނުހާއަށް ބަލާލިއެވެ.
“އަޔާން އަށް މަށަށް ދެރަދީފަ މީތަންއާ އެކީ ނޫޅެވޭނެ ވަކި އުފަލުގައެއް. އުޅުނަ ނުވެސް ދޭނަން.” ނުހާ އަޔާން އާއި ދިމާއަށް އިނގިލި ދިގުކޮށްލީ އިންޒާރެއް ދޭފަދަ ގޮތަކަށެވެ.
“ދެރަ ދިނީއޭ. ކިހާ ތާހިރު. ލަދުގަނޭ ކަލޭ ކަންތައްކޮށްފަ ހުރި ގޮތުގެ ވާހަކަދައްކަންވެސް. މީތަން އިޒް ނޮޓް ލައިކް ޔޫ.” އަޔާން އެއްފަހަރުން ނުހާގެ އަނގަ ބައްދާލިއެވެ.
“އަޔާން އަޅެ ޕްލީސް އަހަންނަށް މާފްކުރޭ. ޕްލީސް. މީތަން އާ ރުޅިވޭ.” ނުހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނުބަލަންވެގެން އަޔާން ނުހާއަށް ފުރަގަސްދިނެވެ. ފަހަރެއްގައިވެސް އޭނަގެ ހިތްވަރު ބަލިވާކަށް ދެން އަޔާން ބޭނުމެއްނޫނެވެ.
“ނުހާ ބޭނުންވަނީ އަހަރެންގެ މާފެއްނޫން. ނުހާ ނޭދެނީ އަހަރެން އުފަލުގަ ހުންނަން. މީތަންއާއެކީ އަހަރެން ހެޕީ އޭ. ނުހާވެސް އަހަރެންގެ ޑޭޑް އާއި އެއްކޮށް ހެޕީކޮށް އުޅޭތީ އަހަރެން މިހުރީ ދުރުގައެއްނު. އަހަރެން ބޭނުންނަމަ ނުހާ ބޭޒާރުވެސް ކޮށްލެވިދާނެ. އެކަމަކު އެހެން ނުހަދަމެއްނު. ލޯބިވާ މީހުން އުޅެނީ އެހެން ނޫންތަ؟” އަޔާންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ވޭނެކެވެ.
“ތިބުނީ އަޔާން އަދިވެސް އަހަރެންދެކެ ލޯބިވެއޭތަ؟” ނުހާ އުޅުނީ އަޔާންގެ އަތުގައި ހިފާށެވެ. އެކަމަކު އަޔާން އެއަށްވުރެ މާހުޝިޔާރެވެ. އެއްފަރާތަކަށް ޖެހިލަމުން އަޔާން ހިނގައިގަތެވެ. ނުހާ ހުރި ފިޔަވަޅު މަތީގައި ކަޅި ޖަހައިނުލާ އަޔާންއަށް ބަލަން ހުއްޓެވެ.
މާ ނޭވާލަމުން ފާލިހް ޒާރާގެ ގައިމަތިން ތެދުވިއެވެ. މުޅި ބޮލަށްވެސް އެނބުރުން އަރާފައިވާ ކަހަލައެވެ. ފާލިހްއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ފާލިހް އެނދު ކައިރީގައި ވެއްޓިފައި އޮތް ގަމީސް ނަގާ ކޮނޑުމައްޗަށް އެއްލިއެވެ. އަދި ކަތި ނަޒަރުން ދެލޯ މަރައިގެން އޮތް ޒާރާ އާ ދިމާއަށް ބަލާލިއެވެ. ފާލިހްގެ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ކަހަލައެވެ. ހަށިގަނޑަށް ލިބުނު އަރާމާއި ހިތަށް ލިބުނު ހިތްހަމަ ޖެހުމުން ހިތް ފުރާލަމުން ފާލިހް ޒާރާގެ ކޮޓަރިން ނިކުތެވެ. ފާލިހް ހިގަމުންދިޔައީ ފަރާތަކަށް ބެލުމެއްވެސް ނެތިއެވެ. އެއްވެސް ހާސްކަމެއް އޭނަގެ މޫނުމަތިން ފެންނާކަށް ނެތެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން ފާލިހް ކޮޓަރިއަށްވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. އިސާހިތަކު ނިދީގެ ފޮނި މީރުކަން ފާލިހް ވަށާލިއެވެ.
އާދުވަހަކަށް އިރު އަރަމުން މުޅި ދުނިޔެ އަލިކޮށްލިއެވެ. ލޯގަނޑު ކައިރީގައި އޮފީހަށް ދާން ތައްޔާރުވާން ހުރި އަޔާން ވިސްނަމުން އެދަނީ މީތަން އާއި ކުރިމަތިލާނެ ގޮތަކާއި ދޭތެރޭގައެވެ. ރޭގައި މީތަން ގެއަށް ގެންގޮސްފައި އަޔާންއަށް މީތަން އާ ވާހަކަ ނުދައްކާ ދެވުނީމަ މިހާރު އަޔާން ދެރަވެއެވެ. އަދި މީތަންގެ އެއްވެސް ޓެކްސްޓް އަކަށްވެސް ކޯލްއަކަށްވެސް އަޔާން ޖަވާބެއް ނުދެއެވެ.
“ދަރިފުޅު. ކޮބާ ރެޑީ ނުވެވޭ. ހިނގާ ސައިބޯން.” ކޮޓަރީގެ ދޮރު ހުޅުވާލާފައި އާސިފް އަޔާންއަށް ހިނިތުންވެލިއެވެ.
“މިހާރު މި ނިމުނީ.” އަޔާން ކަރުގައި އަޅާފައިވާ ޓައީގެ ގޮށަށް ދަމާ ދޫކޮށްލިއެވެ. އަދި އޭނަގެ ބައްޕަ އާއެކު ކާގެއާ ދިމާއަށް ހިނގައިގަތެވެ. ކާމޭޒު ކައިރީގައި އެއްވެސް މީހެއް ފެންނަން ނެތި ފަޅަށް އޮތުމުން އަޔާން ހުރީ ހައިރާންވެފައެވެ. އޭނާގެ ދެލޯ ހޯދަމުން އެދަނީ ނުހާކަން ޔަޤީނެވެ.
“ޑޭޑް. އެކަކުވެސް ނެތީތަ؟” އަޔާން ސުވާލުކުރަން ބޭނުން ނުވިޔަސް އަހާނުލައި ކެތްނުވިކަހަލައެވެ.
“ނީތާ ދިޔައީ ފިހާރައަށް.” އާސިފް ޖޫސްތަށި ތުބުގައި ޖަހާލިއެވެ. އާސިފް ދިނީ އަޔާން ބޭނުންވި ޖަވާބެއް ނޫނެވެ. ފަތިހު ނުހާއާއި ވީ ދެބަސްވުމަށްފަހު އަޔާންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނަމަވެސް ބައްޕަ ކައިރީގައި އިތުރު ސުވާލެއް ކުރާކަށް އަޔާންއަކަށް ނުކެރުނެވެ.
“ޒާރާ. އަދިވެސް ތެދުވެވޭ ވަރު ނުވަނީ.” ހެނދުނު ހޭލިގޮތަށް ޝަރީފާ ފުރަތަމަވެސް ބެލީ ޒާރާގެ ހާލެވެ.
“މިހާރު ކުޑަކޮށް ރަނގަޅޭ.” ޒާރާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ.
“ހާދަވަރެއް އަރުވާލާފަ މިއެނދަށް މިއޮތީ. ބެޑްސީޓް ގަނޑުވެސް މިއޮތީ އޮތް ގޮތް. އަޅެ ފަހެ ކުކުޅު ހާއްޔެއްތަ މީ.” ޝަރީފާ ކުދިކިޔައިގަތެވެ. ނަމަވެސް ޒާރާ އަގަޔަކުން ނުބުނެއެވެ. އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދަނީ ރޭގެ ހާދިސާއެވެ.
” ދެން ވެސް ނީދެ ތެދުވެ ފެންވަރާބަލަ. ހަމަ އެބަ އިދޭ ގަބުކައިފަ.” ޝަރީފާ ޒާރާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
“މިދަނީއޭ.” ޝަރީފާ އަނގަ ގަދަކަމުން ޒާރާ ރުޅިއައެވެ. ނަމަވެސް އޭނައަށް ދެއްކޭނެ ރުޅިއެއްނެތެވެ. ބުނެވޭނީ އެއްޗެއްވެސް ނެތެވެ.
“ދެން ކަލޭ މިތާގައި ހުންނަން ޖެހޭނީ ދެމަސް. އެހާ ހިސާބުން ކަލޭގެ މަސައްކަތް ނިމުނީ.” ޝަރީފާގެ ވާހަކައިން ޒާރާ ހައިރާނެއްނުވިއެވެ. އެކަން މާކުރިންވެސް އޭނައަށް އެނގޭކަހަލައެވެ. އެއްވެސް އެއްޗެއް ނުބުނެ ފުން ވިސްނުމެއްގައި ހުރެގެން ޒާރާ ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
“ލިފްޓެއް ބޭނުންތަ؟” ކާރެއް ނުލިބިގެން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މީތަން ސިހުނީ އަޔާންގެ އަޑުންނެވެ.
މީތަން އަނގައިވެސް ނުބުނެ ދުރަށް މޫނު އަނބުރާލިއެވެ.
“ޔާރައްބީ. ހާދަ ރުޅިއެއް.” ސައިކަލް މަގުގެ އެއްކައިރީގައި ބަހައްޓަމުން އަޔާން ސައިކަލުން ފޭބިއެވެ.
“ސޮރީ.” އަޔާން މީތަންގެ އަތުގައި ހިފިއެވެ. މިފަހަރު މީތަންއަކަށް އަޔާން ދެކެ ރުޅިއެއް ނާދެވުނެވެ. އަދި އަތް ފޮޅުވާލާކަށްވެސް ނުކެރުނެވެ.
ކީއްވެތަ އެހެން ހެދީ؟ އެހާވަރަށް ގުޅި އިރު ފޯނުވެސް ނެގީކީ ނޫން.” މީތަން އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަދި އެކަހަލަ ކިތަންމެ ޓެސްޓެއް ކުރާނަން. އައި ވޯންޓް މެރީ ޔޫ.” އަޔާން މީތަންގެ ކުޑަކުޑަ ނޭފަތަށް ދަމާލިއެވެ.
“ވަޓް. މެރީ ކުރާށޭ.” މީތަންގެ ހިތް އުފަލުން ނަށައިގަތެވެ.
“މިތާގަ އެއް ނޫންދޯ ދެން ތިހުރިހާ ވާހަކައެއް ދައްކާނީ. މިހާރު ގަޑިވެސް ޖެހެނީ. ލެޓްސް ގޯ.” އަޔާން މީތަންގެ އަތުގައި ހިފައިގެން ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
މަލަކާ އަށް ހޭލުވުނު އިރު މުޅި މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. މޯޅިއަކަށް ދެމިލަމުން މަލަކާ ދެލޯ ހުޅުވާލިއެވެ.
“އަޅެ. އޭސީވެސް ނިއްވާލާފަ. ހާދަ ހޫނޭ.” މަލަކާ އެނދުގެ ކޮޅުގައި އޮތް އޭސީގެ ރިމޯޓް ނަގާ އޭސީ އޮން ކޮށްލަމުން ނިދާފައި އޮތް ފާލިހްއާ ދިމާއަށް އެނބުރުނެވެ.
“ބޭބީ. ދެން ތެދުވެބަލަ. މިހާރު އެއޮށް ނުވައެއް ޖެހީ. ބޭސް ކާ ގަޑިވެސް ޖެހެނީ.” ފާލިހްގެ މޫނުގައި މަލަކާ ފިރުމާލީ ވަރަށް ލޯބިންނެވެ. އެހެން ދުވަސް ދުވަހު މަލަކާގެ އަޑުޖެހޭ އިރަށް ހޭލެވޭ ފާލިހްއަށް މިއަދު ރޭކާވެސް ނުލިއެވެ. ފާލިހް އޮތީ ގަދަ ނިދީގައެވެ. މަލަކާ އިތުރަކަށް ފާލިހްއަށް އުނދަގޫކުރާކަށް ބޭނުމެއްނުވިއެވެ. ބަނޑުގައި އަތް އަޅައިގެން ތެދުވެ ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.
“މަލަކާ އާދޭ ސައިބޯން. ކޮބާތަ ފާލިހް މިއަދު.” ކާގެ ތެރެއަށް ވަދެގެން މަލަކާ އަންނަތަން ފެނުމުން ޝަރީފާ ބަލާލިއެވެ.
މަލަކާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. މޭޒު ކައިރީގައި އިން ޒާރާ އިނީ ބިރުންނެވެ. މިއަދު މަލަކާ ފެނުނީމާ ޒާރާ ހާސްވާ ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. މަލަކާގެ ހައްޤު މުދަލުން ބައެއް ޒާރާވެސް ހޯދައިފިއެވެ.
“ޒާރާ. ކޮލެޖަށް ނުދަންތަ މިއަދު.” މަލަކާ ސައިތަށިން ކޯވަރެއް ބޯލިއެވެ. ޒާރާ އަކަށް ވާހަކައެއް ނުދެއްކުނެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން ޒާރާ އަވަސް އަވަހަށް ތެދުވިއެވެ. އޭނާ ބޭނުންވީ އެތަނުންދާށެވެ. މަލަކާ ފެންނަ ފަށުގައި ހުންނަން ޒާރާ އަށް އުނދަގޫވާތީއެވެ.
އެއްބަޔަކު އުފަލުގައި އުޅޭއިރު އަނެއްބަޔަކަށް ހިތާމައެވެ. އެއީ ދުނިޔޭގެ އާދައެވެ. އަޔާން އާއި މީތަންއަށް ބަލާލިޔަސް އެކަމުގެ ހެއްކަކަށް ފުދެއެވެ. އޮފީހުގައި ދެމީހުން މަސައްކަތް ކުރަމުން ދާއިރުވެސް އަޔާން އިރުއިރުކޮޅާ މީތަންގެ ފޯނަށް ޓެކްސްޓް ކޮށްލައެވެ. މީތަންގެ ތުންފަތަށް ވެރިވަމުންދިޔަ ހިތްގައިމު ލަދުރަކި ހިނިތުންވުމުން އެމޫނުގެ އުފާވެރިކަން ފާޅުވޭވެ ހުއްޓެވެ.
“ހެލޯ އަޔާން.” ކެބިންގެ ދޮރުމަތީގައި ހެވިފައި ހުރި މާކިން ގެ އަޑަށް އަޔާން އިސްއުފުލާލިއެވެ.
“ހެއި މޭން. ތިއައީ ދޯ. ލެޓްސް ގޯ މީޓިން ރޫމްއަށް. ޑޭޑް އެބައިން ވެއިޓިންގް ގަ.” އަޔާން ގޮޑިން ތެދުވަމުން މޭޒުމަތީގައި އޮތް ފޯނު ނަގާ ޖީބަށް ކޮށްޕާލިއެވެ. އަޔާން އާއެކީ މީޓިން ރޫމްއަށް ދަމުން މާކިންގެ ނަޒަރު ހުއްޓުނީ ކައުންޓަރު ކައިރީގައި ހުއްޓިލައިގެން ހުރި މީތަންއަށެވެ. މާކިންގެ މެޔަށް ފިނިވެގެން ދިޔައީ މީތަންވެސް ބަލާލާފައި ހަދިޔާކޮށްލި ލުއި ލުއި ހިނިތުންވުމަކުންނެވެ.
ޑޭޑް. މީ މާކިން. ބިޒްނަސް އިން މާސްޓާސް ހަދާފަ. އައި ތިންކް ވީ ޝުޑް ގިވް ހިމް އަ ޗާންސް.” އަޔާން މާކިން އަށް އިށީނުމަށް އިޝާރާތްކޮށްލިއެވެ. މާކިން އަތުގައި އޮތް ފައިލް ނަގާ އާސިފްއަށް ދިއްކޮށްލަމުން އިށީންނި އެވެ.
މާކިން ހުރީ ކެތްމަދުވެފައި އަދި އެހާ ހާސްވެފައެވެ. އާސިފް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
“އޯލްރައިޓް. މާކިޓެން ހެޑްގެ ޕޯސްޓް ކިހިނެއްވާނެ. ކޯޒް މައި ވައިފް އިޒް ގޮންނަ ޖޮއިން ބެކް ފުރޮމް ޓްމޯރޯ. ޝީ ވިލް ބީ ޔުއަރ ބޮސް.” އާސިފް ފައިލްގެ ގަނޑުތައް އުކަމުން ބަލަމުންދިޔައެވެ. އާސިފްގެ ޖަވާބުން މާކިން ހިތްހަމަ ޖެހުނު ކަމުގައިވިޔަސް އަޔާން ގެ ނިތްކުރި މައްޗަށް ރޫތައް ގިނަވެގެން ދިޔައެވެ. އަނެއްކާވެސް ނުހާ އޮފީހަށް ނިކުންނަން އެއުޅެނީ ކީއްވެކަން، ކޮން ބޭނުމެއްގައި ކަން އަޔާންއަށް ވަރަށް ރަނގަޅަށް އެނގޭކަހަލައެވެ.
“ޔޫ ކޭން ޖޮއިން ފުރޮމް ޓްޑޭ. އަޔާން. އެސިސްޓް ހިމް.” އާސިފް މާކިން އާއި ސަލާމްކޮށްލި އެވެ.
މެންދުރު ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ފާލިހްގެ ދެލޯ ހުޅުވުނެވެ. ބޮލުގެ ދެފަރާތުގައި ހިފަހައްޓާލަމުން ފާލިހް ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ. ރޭގެ ހާދިސާ ލޯމައްޗަށް ސިފަވެގެން ދިޔައީ އެވަގުތުއެވެ. ފާލިހްއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އެފަދަ ބޮޑު ކަމެއް ހަމަ އޭނައަށް ކުރެވުނީ ހެއްޔެވެ؟ އަނެއްކާ ޒާރާ މަލަކާ ކައިރީގައި އެވާހަކަ ނުބުނާނެ ހެއްޔެވެ؟ ބުނެފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ފާލިހްގެ ބޮލުގައި ރިއްސަންފެށިއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއިރު މަލަކާ ނެތްކަމުގެ އިހްސާސް ކުރެވުނެވެ. އަނެއްކާ މަލަކާ ދިޔައީ ހެއްޔެވެ؟ ފާލިހްއަށް ފުއްމައިގެން ތެދުވެވުނެވެ.
މުޅި ގޭތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމެވެ. އެކި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ފާލިހް ދިޔައިރު އޭނަގެ މޭގަނޑު ބާރުބާރަށް ތެޅެމުންދެއެވެ.
“ހޭލެވުނީތަ؟” ސިޓިންގްރޫމްގައި ޝަރީފާ ކައިރީގައި އިށީނދެއިން މަލަކާ ފާލިހް ފެނުމުން ތެދުވިއެވެ. ފާލިހް އެކި ކޮޅުކޮޅަށް ނަޒަރު އުކަމުން ދިޔައީ ޒާރާ ފެންނަން ނެތީމައެވެ.
“ސައިހަދަންތަ؟” މަލަކާ ފާލިހްގެ ކައިރިއަށް އައިސް އޭނަގެ އަތުގައި ހިފިއެވެ.
“ކީއްކުރަން ތެދުވެ ތިއުޅެނީ؟ ބުނީމެއްނު ރެސްޓް ކުރާށޭ.” ފާލިހްގެ މަލަކާއަށް ދިމާއަށް ބަލާލަމުން ހިނިތުންވީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“އަހަރެން އޯކޭ އޭ. އަބަދު އޮންނަންވީމަ ވެސް ބަލިވާނީ. ހިނގާދޯ ސައިބޯން.” މަލަކާ ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
“ނުބޯނަން މަށެއް ސައެއް. ކިތައް ފަހަރުތަ ބުނަންވީ.” މާގިނަ ފަހަރު ނީތާ އައިސް ސައިބޯން ބުނާތީ ނުހާ ހަޅޭއްލަވައިގަތެވެ. އަޔާން ދެކެ އައިސްފައި ހުރި ރުޅި ނުހާ ދިޔައީ އެންމެންނަށް ބާލަމުންނެވެ. ވީ ދެރައިން ނީތާ އެތަނުން ދިޔައިރު ނުހާ ތައްޔާރުވަމުން އެދަނީ މީތަން އާ ދިމާއަށް ދާށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މީތަން އަޔާންގެ ދިރިއުޅުމުން ބޭރު ކުރުމަކީ ނުހާގެ އެންމެ ބޮޑު ބޭނުމެވެ.
ނުހާ ޓެކްސީގައި އޮފީސް ދޮރުމައްޗަށް މަޑުކޮށްލިއިރު އާސިފް ބޭރަށް ނިކުންނަނީއެވެ. އެހެންވެ ނުހާ ކާރުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކާރުން ފޭބިއެވެ. އޮފީސް ތެރެއަށް ވަންނަން ދޮރު ހުޅުވާލުމާއެކު މީހެއްގެ ގައިގައި ޖެހިފައި ނުހާ ދިޔައީ ވެއްޓޭށެވެ. ނަމަވެސް މާކިން ވަރަށް ހުށިޔާރު ކަމާއިއެކު ނުހާގެ އަތުގައި ހިފިއެވެ.
“ދެލޯ ނެތީތަ ބަލަން.” ނުހާ އެނބުރި މާކިންގެ މޫނަށް ބަލާލި ވަގުތު ނުހާ ދިޔައީ ސިއްސައިގެންނެވެ. މާކިންއަށްވެސް ނުހާއާ ދިމާއަށް ބަލާލެވުނީ އެވަގުތުއެވެ. ބޭއިޚްތިޔާރުގައި މާކިންއަށް ނުހާ ގެ އަތުން ދޫކޮށްލެވުނެވެ. އެއްވެސް ހުރަހެއްނެތި ނުހާ ބިންމައްޗަށް ވެއްޓުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (19)
ނުހާ މާކިންއަށް ބަލަން ހުރީ ތެދުވަން ވެސް ނޭނގިފައެވެ. މާކިންވެސް ހަމަ އެފަދައެވެ. ނުހާގެ އަތުގައި ހިފަން ދިއް ކޮށްލި އަތް ނަގަންވެސް ނޭނގިފައި މާކިންއަށް ހުރެވުނީ ނުހާއާ ދިމާއަށް ބަލާށެވެ. މާޒީގެ ސޮފްހާތަކަށް ސިކުނޑި ދަތުރު ކުރަމުން ދިޔައީ އެސްފިޔަ ޖަހާލިހާ އަވަހަށެވެ. އެވައުދުތަކެވެ. އެލޯބިން ފުރިގެންވާ ފިރުމުންތަކެވެ. އެކުގައި އެއް ހަށިގަނޑަކަށް ވެގެން ހޭދަކުރިހާ ވަގުތުތަކެވެ. ކޮންފަދަ ލޯބިވެތި ހިތްގައިމު ދުވަސްތަކެއް ހެއްޔެވެ؟
“މަށެއް ބޭނުމެއްނޫން މި ބުރައެއް އުފުއްލާާކަށް. ޅައުމުރުގައި ގައިދުވެގެން ކަލޭގެ ދަރިން ބަލަން އިންނާކަށް. އަދި ކަލެއާ އިންނާކަށްވެސް. އަން. މި އޮތީ ކަލޭ މަށާއެކު ކުރި ފާފައިގެ ނިޝާން. މިކަހަލަ ފާފައެއް ގޮވައިގެން މަށަކަށް ނޫޅެވޭނެ.” ނުހާގެ ވިހަގަދަ ލަފްޒުތައް އަދިވެސް މާކިންގެ ހިތުގެ އެންމެ ފުން މިނުގައި ހަރުލާފައިވާ ކަހަލައެވެ.
“ނުހާ.” އޮފީހަށް ވަދެގެން އައިސް އައިސް ހުރި އާސިފްއަށް ވެއްޓިފައި އޮތް ނުހާ ފެނުމާއެކު ދުއްވައިގަނެވުނެވެ.
“ކިހިނެއްވީތަ ވެއްޓުނީ.” އާސިފް ލޯތްބާއެކު ނުހާ ނަގައި ގަޔާ ކައިރިކޮށްލިތަން ބަލަން މާާކިން ހުރީ އަނގަ ހުޅުވައިގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާސިފް ގެ ގައިގައި ނުހާ ލައްކޮށްލައިގެން އޭނަގެ ކެބިންއާ ދިމާއަށް ހިނގައިގަތް އިރުވެސް މާކިން ހަމަ އެހުރި ދެފިޔަވަޅު މަތީގައި ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ނުހާ ލޯމަތިން ގެއްލުމުން މާކިން ދެލޯ މަރާލީ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުގެ ސަބަބުންނެވެ.
މަޑު ހިނގުމެއްގައި ގޮސް މިއަދު މާކިން އަށް ހަމަޖައްސާފައިވާ ކެބިންގެ ތެރެއަށް ވަނެވެ. ދެންމެއަކާއި ޖެހެންދެން އޭނާ ހުރީ އުފަލުންނެވެ. ރަނގަޅު ވަޒީފާއެއް ލިބި ހުރިހާ ކަމެއް ހަމަޖެހުނީމައެވެ. ނަމަވެސް ތަޤުދީރު އޭނައާއި ކުރި ސަމާސާ ނިކަން ދެކިބަލާށެވެ. އެތަކެއް އަހަރު ތަކަކަށްފަހު އެހަނދާންތައް މާާކިންގެ ސިކުނޑި ވަށާލީއެވެ. އެހަނދާންތަކަށް ފަސްއަޅާ ބައްދާފައި ވަނިކޮށް އަލުން އެފަސްތައް ވިއްސިވިހާލިވެގެން ގޮސް މާކިންގެ ކުރިމައްޗަށް އެޅުނީއެވެ.
ސިކުނޑި އަށް ކުރަމުން ދިޔަ ބާރުން މާކިން އަށް މޭޒުގަައި ބޯއަޅާލެވުނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުން ދިޔައިރުވެސް މާކިން އޮތީއެވެ.
“މާކިން.” އަޔާާން ދޮރުހުޅުވާލާފައި މާކިންގެ ކެބިންއަށް ވަނީ މާާކިން އެގޮތަށް މޭޒުގައި ބޯއަޅައިގެން އޮއްވައެވެ.
“އޯ. ވަޓް ހެޕެންޑް ބަލީތަ؟” މާކިން އެގޮތަށް އޮއްވާ ފެނުމުން އަޔާން ހުރީ ހުއްޓުން އަރާފައެވެ.
މާކިން އަވަސް އަވަހަށް ދެލޯ ފޮހެލަމުން އިސްއުފުލާލިއެވެ.
“ވިސްނާލަނީ އަޔާން މެންގެ ހެޔޮ ކަމާ ދޭތެރޭގައި.” މާކިން އަށް އޭނާގެ ހިތުގެ ހާލަތު އަޔާންގެ ކުރިމަތީގައި ހާމައެއް ނުކުރުވުނެވެ.
“ނޫނޭ. ޔޫ ޑިޒާވް ދިސް ޖޮބް.” އަޔާން ހާމަކުރީ ހަޤީޤަތެވެ. ކިތަންމެ ގާތް މީހެއް ނަމަވެސް ވަޒީފާ ދޭނީ އެމީހެއްގެ ފެންވަރުންނެވެ. އެއީ އަޔާން ޤަބޫލުކުރާގޮތެވެ.
މާކިން އަޔާން އާ ދިމާއަށް ބަލަހައްޓައިގެން ހުރީ އަޔާން އަށް ޝުކުރުއަދާ ކުރާ ފަދަ ގޮތަކަށެވެ.
“ނުހާ އަކީ ކާކު؟” މާކިންގެ ސުވާލުން އަޔާން ދިޔައީ ސިއްސައިގެންނެވެ.
“މާކިން އަށް ނުހާ އެނގޭތަ؟” ލިބުނު ހައިރާންކަމުގައި އަޔާންއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
“ނޭނގެ. އެކަމަކު ދެންމެ އަޔާންގެ ބައްޕަ ގޮވީ އެނަމުން. ހީވަނީ އެއީ އަޔާންގެ ބައްޕަގެ ދަރިއެއްހެން އެހެންވެ އަހާލީ.” މާކިން ދޮގުހަދަމުން ދިޔައީ ހިތުގައި އަތް އަޅައިގެން ހުރެއެވެ. ހަޤީޤަތް ހާމަކުރާނެ ހިތްވަރު މާކިންގެ ގައިގައި ނެތް ކަހަލައެވެ.
“އެއީ މައި ޑޭޑްގެ ވައިފް.” އަޔާން ބުނެ ދޫކޮށްލި ޖުމްލައިން މާކިން ހުރީ ބުނާނެ އެއްޗެއް ނޭނގި ކޮސްވެފައެވެ.
“ޤަބޫލުކުރަން އުނދަގޫ ދޯ.” އަޔާން ދޫކޮށްލީ ފުންނޭވާއެކެވެ. މާކިން ބޯ ޖަހާލިއެވެ. އެންމެ ވަގުތު ކޮޅަކުވެސް ދެން އޭނާ މިއޮފީހުގައި މަސައްކަތް ކުރަން ބޭނުމެއްނުވެއެވެ. ނަމަވެސް ވިސްނަންޖެހޭ ކުޑަކުޑަ ދަރިއެއް އެބަހުއްޓެވެ. އަޅާލާނެ އިތުރު މީހެއް ނެތް މަންމައެއް އެބަހުއްޓެވެ. އަޔާން ތެދުވެގެން ދިޔައިރުވެސް މާކިންއަށް ރޭކާވެސްނުލައެވެ. އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައި މާކިންއަށް އިދެވުނީއެވެ.
“ދަނީތަ؟” އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ތެދުވެ ހިނގައިގަތް ނުހާގެ އަތުގައި އާސިފް ހިފެހެއްޓިއެވެ. ނުހާ އެއްވެސް އެއްޗެއް ނުބުނެ ހުރިގޮތަށް ހުރީއެވެ. ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ.
“ނުހާ. ކިހިނެއްވެގެންތަ ތިއުޅެނީ. މިހާރަކަށް އައިސް މާ ހިތްހަމަ ނުޖެހިފަ އަބަދު ހުންނަތަން ފެންނަނީ.” އާސިފް ނުހާގެ ދެކޮނޑުގައި ހިފާ މަޑުމަޑުން އަނބުރާލިއެވެ.
“ހިތްހަމަ ޖެހިފައޭ މިހުރީ.” ނުހާގެ އަނގައިން ކޮންމެ އެއްޗެއް ބުންޏަސް ދެލޯ ހެކިދެނީ ނުހާ ދެރަވެ ހާސްވެފައި ހުރި ކަމެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަޔާންގެ ކަންތައްތަކާއި ނުހާ ބޯ ގޮއްވަނިކޮށް އަނެއްކާ ނުހާ ވިސްނަން ޖެހޭ އިތުރު ކަމެއް ލައިގަތީއެވެ. އެދުވަސްތައް އެއީ މިހާރު ނުހާގެ ހަނދާނުން ފޮހެވިފައިވާ ދުވަސްތަކެކެވެ. ނަމަވެސް ހުރިހާ އެއްޗަކީ ތަޤުދީރެވެ.
“ހިނގާ ކާރު ބުރެއް ޖަހާލަންދާން. ދެން ރަނގަޅު ތަނަކަށް ގޮސް ކާލައިގެން ގެޔަށް ދާނީ.” އާސިފް ނުހާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.
“ހޫމް.” ނުހާގެ ޖަވާބު ކުރެވެ. ކިތަންމެ ދާހިތް ނުވިޔަސް ނުހާއަށް ޖެހޭނީ ދާށެވެ. ފިރިމީހާއާ ދެކޮޅުވެ ރުޅިދައްކައިގެން ނުހާ ބޭނުންވާ އެއްވެސް ކަމެއް ނުވާނެކަން އެނގޭތީއެވެ.
އޮފީސް ނުނިމިގެން ކެތް މަދުވެފައި ތިބި އެންމެންތައް ތިބީ ގެޔަށް ދާ ގަޑި ނުޖެހިގެން ކަހަލައެވެ. ހިނި ހަރަކުން ހިނިތައް ނިކުންނަ ފަދައިން އެންމެންތައް އޮފީހުން ނިކުންނަން ތެޅިފޮޅެނީއެވެ.
“ގެޔަށް ގެންގޮސްދެންތަ؟” އޮފީސް ދޮރުމަތީގައި ދަބަހަށް ލޯ ކޮށްޕައިގެން ހުރި މީތަން ސިއްސުވާލީ މާކިންގެ އަޑެވެ.
“ނޫން.” ފަރުވާކުޑަ ގޮތަކަށް ޖަވާބު ދެމުން އަނެއްކާވެސް މީތަން އޭނާގެ ދަބަސް ހާވަންފެށިއެވެ.
“އެއް ގެޔަކަށްނު ދަނީ. އެހެންވެ އަހާލީ.” މީތަންގެ ފަރުވާކުޑަ ޖަވާާބުުން މާކިން ގެ ހިތުގައި ޖެހުނެވެ.
އަޔާން ސައިކަލްގައި އެތަނަށް އައިސް މަޑުކޮއްލީ އެވަގުތުއެވެ.
“ކޮބާ. އާދޭ ދާން.” އަޔާން ހިނިތުންވެލިއެވެ. އަޔާންގެ ވާހަކަ ރަނގަޅަށް ނުނިމެނީސް މީތަން ސައިކަލަށް އަރާ އަޔާން ގެ ކޮނޑުގައި ދަތް ދޮޅި ޖައްސާލިއެވެ.
“ތިގެޔަށޭ މިދަނީ މާކިން. އާދޭ އެއްކޮށްދާން.” އަޔާން މީތަންގެ އަތްތިލައިގައި ލޯބިން ހިފާލީ މާކިންއަށް ބަލަހައްޓައިގެން ހުރެއެވެ.
“ތޭންކްސް. އެކަމަކު އަދި ގެޔަކަށް ނޫން މިދަނީ.” މާާކިން ދޮގު ހެދީ އަނެއްކާވެސް އޭނަ އަށް މަޖުބޫރުވެގެންނެވެ. މާލެ އައިސް އެންމެ ފުރަތަމަ މީތަން ފެނުނު ދުވަހުން ފެށިގެން މާކިންގެ ހިތުގައިވަނީ މީތަންގެ ސޫރަ ކުރެހިފައެވެ. ނަމަވެސް މީތަންއަކީ އަޔާންގެ މީހެއްކަން މާކިންއަށް މިހާރު އެގެއެވެ. އެމީހުންނާ އެއްކޮށް ދަމުން އެމީހުން ޖަހާހާ ސަކަރާތް ބަލާނެ ހިތްވަރެއް މިއަދު މާކިންގެ ގައިގައި ނެތެވެ.
އާސިފްއާ ނުހާވެސް އެވަގުތު އޮފީހުން ނިކުތެވެ.
“ދަރިފުޅު ހިނގާ ފިނި އެއްޗެއް ބޯލަންދާން މީތަން ގޮވައިގެން.” އާސިފް އަޔާންގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ. ނުހާ ހީވަނީ މީތަންގެ ދެލޯ ކޮނެގެން ނަގަން އުޅުނު ހެންނެވެ. މީތަންއާ ދިމާއަށް ނުހާ ބަލަމުން ގެންދިޔައީ އެހާވެސް ރުޅިވެރިކަމާއެކުގައެވެ.
“ނޯ ޑޭޑް. ދެންމެ ހަމަ މެންދުރު ކެއީމި.” އަޔާން ހީލަމުން ސައިކަލް ދުއްވާލިއެވެ.
“މާާކިން. ހައުޒް ޔުއަރ ޑޭ.” އާސިފް މާކިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ހީލިއެވެ.
“ގުޑް. ދަނީ އިނގޭ.” މާކިން ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ. ނުހާ އާ ދިމާއަށް ދެން ދުވަހަކުވެސް ނުބަލަން ހިތުގައި އަޒުމް ކަނޑައަޅައިގެން ހުރިކަހަލައެވެ.
މާކިން ފަަސްދީ ދާން ފެށުމުން ނުހާ މާކިންއަށް ބަލާލިއެވެ.
“މިއެއްޗަކަށް ފާވަން ވެސް އެނގުނީ ހަމަ މިތަނަށް ވިއްޔަ.” ހިތުން މާކިންއަށް ކުދި ކިޔަމުން ނުހާ ކާރަށް އެރިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ފަޒާގައި ވަނީ ތެތް ފިނި ކަމެކެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވިއްސާރަ އޮއްސާލަފާނެހެންނެވެ. ގޭގެ ދޮރުމަތީގައި ޕާކް ކޮށްފައި ހުރި އޭނަގެ ސައިކަލް މަތީގައި އޭނާ އިންނަތާ ގަޑިއިރެއް ވެއްޖެއެވެ. އިރުއިރުކޮޅާއި މަގުގެ ދެކޮޅަށް ބަލާލާލަ އިން ފާލިހް އެ އިންތިޒާރު ކުރަނީ ޒާރާ އަށެވެ.
“ކާކުގެ އިންތިޒާރުގަ.” އަޔާންއާ މީތަން ސައިކަލްގައި މަޑު ކޮށްލިކަން ފާލިހްއަށް ރޭކާލީވެސް އަޔާންގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
ފާލިހްއަށް ހިނިތުންވެލެވުނީވެސް ވަރަށް އުނދަގުލުންނެވެ. އަޔާންއަކަށް ފާލިހްގެ ފިކުރު ބޮޑުވެފައިވާ މޫނު ފާހަގަވާކަށް މާއިރުތަކެއް ނުނެގިއެވެ.
“ދޭބަލަ މަލަކާ ކައިރިއަށް ގޮސްލާފަ އަންނަން. މަ މަޑު ކުރާނަން މިތާ ފާާލިހްގެ ކައިރީގަ.” އަޔާން ބޭނުންވީ މީތަން އެތަނުން ފޮނުވާލައި ފާލިހްއާ އެކަނި ވާހަކަދައްކާށެވެ. މީތަން ގޭތެރެއަށް ވަނުމުން އަޔާން ސައިކަލް ޕާކް ކޮށްލުމަށްފަހު ފާލިހްއާ ދިމާއަށް އެނބުރުނެވެ
“ސިއްރު ނުކުރައްޗޭ. ކޮންމެވެސް ކަމެއްވެފަ ތިހުރީ.” އަޔާން ފާލިހްގެ ކޮނޑުގައި އަތް ބާއްވާލުމުން ފާލިހްގެ ކެތްތެރިކަން ކޮޅުން ލިއެވެ. ހިތުގައި ފޮރުވައިގެން ހުރި ހުރިހާ ވާހަކަތަކެއް ދުލާއި ހަމައަށް އައިއްސިއެވެ. ފާލިހް ހުރިހާ ވާހަކަތަކެއް ކިޔާދިން އިރު އަޔާން ދިޔައީ ވިސްނަމުންނެވެ. ދެން ކަންތައް ވާނެ ގޮތަކާއި ދޭތެރޭގައެވެ.
“އައި ޗީޓެޑް ހާ.” ފާލިހް ހުރީ މަލަކާއަށް ބޭވަފާތެރި ވެވުނީތީ އިންތިހާއަށް ދެރަވެފައެވެ.
“އަޔާން. އައި ސުވެއަރ. ގަސްތުގަ ނޫން އެހެން ވީކީ އެއް.” ފާލިހްގެ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ އޮހިގަތެވެ.
“ޒާރާ ބުނީ ކީކޭ.” އަޔާން ބޭނުންވީ އެންމެ ފުރަތަމަ ޒާރާ ބުނީ ކީކޭތޯ ބަލާށެވެ.
“ރޭގެ އެހާދިސާ އަށްފަހު ނުދެކެން ލޮލުންވެސް. ހަވީރު ކޮލެޖް ނިމިގެން އަންނާނެ. އެހެންވެ މިތާގަ މިއިނީ. ޝަހާދަތް މިބުނީ މިކަމާ ހުރެ ބޯ ގޮވައިފި.” ފާލިހް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
“ދެން ކިހިނެއް ހަދަންވީ އަހަރެން.” މީތަން މަލަކާގެ ކޮޓަރި ތެރޭގައި ހުރެގެން އުފަލުން ނަށަނީއެވެ. އަޔާން މީތަންގެ ކައިވެންޏަށް އެދުމުންނެވެ.
“ދެން އާއެކޭ ބުނެބަލަ އަވަހަށް.” މަލަކާވެސް ހުރީ މީތަންއަށް ޓަކައި ވަރަށް އުފާވެފައެވެ.
“ބުނެފިން މަންމައާ ވާހަކަ ދައްކާނީއޭ. މަންމަމެންގެ ރުހުންވެސް ހޯދަން ވާނެއެއްނު.” މަލަކާ މީތަންގެ ވާހަކައަށް ތާއީދު ކުރަމުން ބޯޖަހާލިއެވެ. މައިންބަފައިންގެ ރުހުމާއި ލޯބި އެއީ ކިހާ މުހިންމު އެއްޗެއްކަން އެނގޭނީ އެންމެ ރަނގަޅަށް މަލަކާއަށެވެ. މާޒީގެ އެހިތްދަތި ހަނދާންތައް ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަނެއްކާވެސް މަލަކާގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ.
“ކޮން ކަމަކާތަ ތިވިސްނަނީ.” އަޔާން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުންނަތަން ފެނިފައި ފާލިހް އަޔާންގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“ތިކަމާ އޭ މިވިސްނަނީ. ފުރަތަމަ ފާލިހް ޒާރާ އާ ވާހަކަ ދައްކަބަލަ. އޭނަގެ ވިސްނުން ހުރިގޮތް ބަލާފަ އެނގޭނީ އިތުރު ޚިޔާާލެއް ދޭން. އަދި މަލަކާާއަށް ނާންގާތި.” އަޔާން ފާލިހްއަށް ހިތްވަރުދިނެވެ. އެތައް ވާހަކައެއް ދައްކާ ފާާލިހްގެ ބޮލަށް ލުއި ކޮށްދެވޭތޯ މަސައްކަތް ކުރިއެވެ. އަޔާން އާ ދިމާއަށް ހިނިތުންވެފައި ބަލާލި ކަމުގައިވިޔަސް އަދިވެސް ފާލިހް ގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މީތަން އާއި މަލަކާ ގޭގެ ދޮރާށި ހުޅުވާލާފައި ނިކުތުމުން ފާލިހްއާ އަޔާން އަށް ޖެހުނީ އެމީހުން ދައްކަމުން ގެންދިޔަ ވާހަކަ މެދުކަނޑާލާށެވެ.
“މަލަކާ ކިހިނެއް؟” އަޔާން ހިނިތުންވެލިއެވެ.
“ރަނގަޅޭ. ތެދެއް ގޮށް ޖަހަން ތަ ތިއުޅެނީ. ނުމޮހޭ ހާ ބާރަށް ޖަހާތި.” އަބަދުވެސް އާދަކާދައިގެ މަތިން މަލަކާ އަޔާންއާ ދިމާކުރަމުން ހީނގަތެވެ.
“ކިތަންމެ ބާރު ކުރިއަސް މޮހެން ހުރި އެއްޗެއް މޮހޭނެ.” އަޔާންވެސް މަލަކާގެ ހުނުމުގައި ބައިވެރިވަމުން ހީލިއެވެ. މީތަން ސައިކަލަށް އެރުމުން އަޔާން ފާލިހްއަށް ލޮލުގެ އިޝާރާތުން ހާސްނުވުމަށް އަންގާލަމުން ސައިކަލް ދުއްވާލިއެވެ.
“ބޭބީ. ހާދަ ފާޑަކަށޭ ތިހުންނަނީ. ބަލީތަ؟” މަލަކާ ފާލިހްގެ ފުރަގަހުން އައިސް ބައްދާލިއެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން ފާލިހް މަލަކާގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ.
ވިލިގިލީގެ ގަސް ބޯ ޖަންގަލީގައި ޝަރީފާ ހިނގަމުންދެއެވެ. ހީވާ ގޮތުން އޭނާ ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. އިރުއިރުކޮޅާ ދެފަރާތަކަށް ބޯހޫރާލައެވެ. އެންމެ ފަހުން އޭނާ ހިނގައިގަތީ އެ ގަސް ބޯ ޖަންގަލި ތެރެއިން ނިކުންނާށެވެ. މުޅި މީހާ ދާހިއްލާ ފޯވެފައިވާއިރު އުޑުމަތީގައި ގިނަވަމުން ދިޔަ ބޯ ރަތްވިލާ ތަކުން އިރުއޮއްސެނީކަން އިއުލާން ކުރަމުންދާއިރުވެސް ޝަރީފާ އެކަމަކަށް ފަރުވާލެއް ބަހައްޓާހެން ހިއެއްނުވެއެވެ.
މަގުގެ ދެފަރާތަށް ނަޒަރު ހިންގަމުން ޝަރީފާ ގޮސް ވަނީ އެޅިގަލުން ރާނައި އެތެރޭގައި ފިލާ ޖަހާފައިވާ ކުޑަކުޑަ ގެޔަކަށެވެ. އެގޭތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ތަރުފާލު އަޅާފައިވާ ބޮޑު އަށި މަތީގައި ހުސް ތެއްޔެއް ހުއްޓެވެ. އަދި އެތެލި ކައިރީގައި އެކި ކަހަލަ މާމެލާ މެލި ހުއްޓެވެ.
“ކޮބާ ލިބުނުތަ؟ އެތެރޭގައި ފޮތި ދަމާފައި ހުރި ދޮރެއްގެ ފޮތި ގަނޑު ހިއްލާލަމުން ނިކުތް މުސްކުޅި އަންހެނެއްގެ އަޑުން ޝަރީފާ ދިޔައީ ސިއްސައިގެންނެވެ.
“ނުލިބުނު.” ޝަރީފާ އިސްޖަހާލީ މާޔޫސްވެފައި ހުރެގެންނެވެ.
“ކަލެއަކަށް ނުވާނެ އެއްކަމެއްވެސް.” އެމުސްކުޅި އަންހެނާ ކޮރު ޖަހަމުން ގޮސް ބޮޑު އަށިމަތީގައި އިށީނެވެ.
ފާލިހްގެ އަތްމަތީގައި ނިދިފައި އޮތް މަލަކާގެ މައުސޫމު މޫނަށް ފާލިހް ބަލާލަމުން ދެލޯ މަރާލިއެވެ. ހިތުގައި ސިއްރުކޮށްފައިވާ ސިއްރުތައް ބޮލު ތެރޭގައި އެނބުރޭތީއެވެ.
މަޑުމަޑުން މަލަކާގެ ބޯދަށުން އަތް ދަމަައިގަންނަމުން ފާލިހް ތެދުވެ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ފާލިހްއަށް ކޮޓަރިން ނިކުމެވުނީ ޒާރާގެ ކުރިމައްޗަށެވެ. ފާލިހްއަށް ވަގުތުން އިސްޖަހާލެވުނެވެ. މުޅި ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފް ހަމަހިމޭން ކަމެކެވެ.
ދެމީހުން އެއްވެސް ވާހަކައެއް ނުދައްކާ އިސްޖަހައިގެން ތިބީ ކުއްވެރިންތަކެއް ފަދައިންނެވެ.
“ޒާރާ. އަހަންނަށް މާފް ކުރޭ.” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ފާލިހްގެ މޮޅިވެރި އަޑެވެ. ފެންކަޅިވެފައިވާ ދެލޮލުން ފާލިހް ޒާރާއަށް ބަލާލިއެވެ. އެވަގުތު ޒާރާގެ މޫނުމަތީގައިވާ ހިނިތުންވުން ފެނިފައި ފާލިހްއަށް ލިބުނީ ޝޮކެކެވެ.
“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ރުޅ ިނައިމަ. އެއީ ހަމައެކަނި ފާލިހްގެ ކުށެއް ނޫން. އަހަރެންގެ ވެސް ކުށް.” ޒާރާ ރީއްޗަށް ވާހަކަ ދައްކަން ފެށުމުން ފާލިހްގެ ހިތަށް ކުޑަ ނަމަވެސް ހަމަ ޖެހުމެއްލިބިގެން ދިޔައެވެ.
“އެހެންވީމަ މާފު ކޮށްފިންދޯ.” ފުރަތަމަ ފަހަރަށް ޒާރާގެ މޫނަށް ބަލާލަމުން ފާލިހް ހިނިތުންވެލިއެވެ. ޒާރާ ބޯޖަހާލިއެވެ.
“އެކަމަކު މަގޭ އެބައޮތް ޝަރުތެއް.” ޒާރާ އަށް ފަސްދީފައި ހިނގައިގަންނަން އުޅުނު ފާލިހުގެ އަތުގައި ޒާރާ ހިފެހެއްޓިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (20)
ހިތް ބާރުބާރަށް ތެޅެމުން ދިޔަ ނަމަވެސް ފާލިހް ޒާރާ އަށް ހިނިތުންވެލިއެވެ.
“ކޮން ޝަރުތެއް؟” ފާލިހްގެ އަޑުގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ފާލިހް އަހާލިއެވެ.
“ޝަރުތަކީ.. ބުނަންވީ؟” ޒާރާ ބޭނުންވީ ފާލިހް ތަޅުވާލަން ކަހަލައެވެ. ޒާރާ ހެވިފައި ފާލިހްއަށް ބަލަން ހުރި ކަމުގައިވިޔަސް ފާލިހްގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ.
“އަބަދުވެސް ޒާރާ އަކީ ފާލިހްގެ ރައްޓެއްސެއްކަމަށް ބަލަންވާނެ.” ދުވަހަކުވެސް މިގުޅުން ކަނޑާނުލައްޗޭ.” ފާލިހްގެ މިލާފައިވާ މޫނު މައްޗަށް އަލުން އާ ދިރުމެއް އައި ކަހަލައެވެ. އޭނަގެ ހިތުން ޒާރާ އަށް ޚާއްސަ ޤަދަރެއް ދެވިގެންދިޔަ ކަހަލައެވެ. ފާލިހް ކުރިއަށް ޖެހިލާ ޒާރާގެ އަތުގައި ހިފިއެވެ.
“އައި ޕްރޮމިސް.” ވެފައި ހުރި އުފަލުން ފާލިހްގެ ލޮލުން ކަރުނަ ހިލުނެވެ. ޒާރާ ތުންފަތުގައި ކުޅެލީ ފަނޑު ހިނިތުންވުމެކެވެ.
“ޔަޤީންތަ؟” މީތަން އަޔާންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. މީތަން އާއި އަޔާން ވާހަކަދައްކަން ތިބީ އެގޭ ސިޑިމަތީގައެވެ. އަޔާން ފިނި ވަނީއެވެ.
“އަޅެ އަޔާން. ޔަޤީންތަ މަންމައާ ވާާހަކަ ދައްކާނެ ހިތްވަރު އެބަހުރިކަން.” މީތަން ބޭނުންވީ އިތުރަށް ޔަޤީން ކުރާށެވެ. އަޔާން އޭނަގެ މަންމައާ ވާހަކަ ދައްކަން ނުކެރިގެން އުޅޭތީއެވެ.
އަޔާން އަދިވެސް ދެއަތް ދެއަތާއި އުނގުޅާލަ އުނގުޅާލަ ހުރީއެވެ.
“މަށަކަށް ހިއެއްނުވޭ އިރުއެރިޔަސް މިރެއަކު ތިކަން ވާނެހެނެއް. ކުރިއަށް ދެފިޔަވަޅު އަޅައިފިއްޔާ ފަހަތަށް ހަތަރު ފިޔަވަޅު އެބަ އަޅާ.” މީތަން ރުޅި އައިސްގެން އަޔާންއަށް ދެލޯ އަޅާލިއެވެ.
“ހެހެހެ. މީތަންއަށް ވާގޮތް ބަލާލީއޭ. ހިނގާބަލަ އެތެރެއަށް ވަންނަން. މަށަށް ކީއްވެތަ ވަކި ނުކެރެންވީ.” މީތަން ރުޅި އައުމުން އަޔާން އަވަސް އަވަހަށް ވާހަކަ ބަދަލު ކޮށްލިއެވެ. އަދި މީތަންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މީތަންގެ މަންމަ އާދިސާ އިނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ޓީވީ ބަލާށެވެ.
ގޭގެ ދޮރުހުޅުވުނު އަޑަށް އާދިސާ އިސްއުފުލާ ބަލާލިއެެވެ. އޭރު އަޔާންއާއި މީތަން އެތެރެއަށް ވަދެއްޖެއެވެ.
“އާދޭ އާދޭ.” އާދިސާ ފަރުވާތެރިކަމާއެކު އަޔާާން އާއި ދިމާއަށް ބަލާލިއެވެ.
“މީތަން. ދޭބަލަ އަޔާންއަށް ކޮންމެވެސް އެއްޗެއް ހިފައިގެން އަންނަން.” އާދިސާ ބޭނުންވީ މީތަން އެތަނުން ފޮނުވާލާށެވެ. މީތަން ބަދިގެ ފަރާާތަށް ދިއުމުން އާދިސާ އަޔާންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އަޔާން އެނގޭ މަންމައަށް. މީ ދެން މަންމަ ކަމަށް ބަލާ. މީތަން އަކީ އަހަރެންގެ ފުރާނަ. މީތަންގެ ބައްޕައަކީ ހުއްޓަސް ނެތް މީހެއް ހަމަ. ދުވަހަކުވެސް މަގޭ ދަރިފުޅު ހިތުގައި ނުޖައްސާތި.” އާދިސާ ޖަޒުބާތުގައި ޖެހި ލޮލުން ކަރުނަ ހިލުނެވެ.
“އަހަރެން ވައުދުވަން މީތަން އަބަދުވެސް އުފަލުގައި ގެންގުޅެން..” އަޔާން ވާހަކަ ދެއްކީ ސީދާ އާދިސާގެ ލޮލަށް ބަލަންހުރެއެވެ. އަޔާންގެ ދެލޮލުން ފެންނަ ތެދުވެރިކަން އާދިސާ އަށް އަންގައިދޭން އަޔާން ބޭނުންވާކަހަލައެވެ.
އެވަގުތު މީތަން ދެތަށި ޖޫސް ހިފައިގެން އައިސް އެތަނަށް ހުއްޓުނެވެ. އަދި ލޮލުން އަޔާންއަށް އިޝާރާތްކޮށްލީ މަންމަ ރުހުނުތޯ ޔަޤީންކޮށްލުމަށެވެ. އަޔާން ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.
ރޭގަނޑުގެ ހަމަހިމޭންކަންމަތީ މުޅި ދުނިޔެ ނިދާފައިވާއިރު މާކިން އޮތީ ހޭލައެވެ. ޖެހެމުންދާ ފިނި ފިނި ރޯޅިތައް މާކިންގެ ފަން އިސްތަށިކޮޅުގައި އިރުއިރުކޮޅާއި ފިރުމާލައެވެ. ނަމަވެސް މާކިންގެ ތެމިފައިވާ ދެލޯ ވަނީ އެއްދިމާއަކަށް ހުއްޓިފައެވެ. ކުޑަދޮރު ކައިރީގައި ބަހައްޓާފައި ހުރި ގޮޑިއެއްގައި އޭނާ އެއިނީ ނުހާ އާ އެކީ އޭނާ ނަގާފައިވާ ފޮޓޯއަކަށް ބަލާށެވެ.
“ބައްޕީ.” ނިދާފަައި އޮތް ޒޫކަން ގެ އަޑުން މާކިން ސިއްސުވާލިއެވެ. އެވަގުތު ޖެހިލި ބާރު ވައިރޯޅިއެއްގައި މާކިންގެ އަތުން އެފޮޓޯގަނޑު ވިއްސައިގެން ގޮސް މާދުރަށް ވެއްޓިއްޖެއެވެ. މާބޮޑު ފަރުވާލެއް ނުބަހައްޓާ މާކިން ޒޫކަން ކައިރީގަައި އޮށޯވެލިއެވެ. ކުޑަކުޑަ ޒޫކަން މާކިންގެ މޭތެރޭގައި ބޮޑިވެލިއެވެ. މާކިންގެ ލޯބި ފިރުމުންތަކާއެކު އިސާހިތަކު ޒޫކަން އަށް ނިދިއްޖެއެވެ.
ފަތިހު ވެހެން ފެށި ވާރޭ ހެނދުނު ވިއިރުވެސް ހުއްޓާނުލައެވެ. ނުހާ ތެދުވެ ނިދާފައި އޮތް އާސިފް އާއި ދިމާއަށް ބަލާލީ ފޫހިގޮތަކަށެވެ. ފިކުރުތަކާއި ހުރެ ރަނގަޅަށް ނުނިދޭތީ ނުހާގެ މަލެއްފަދަ މޫނުގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
ނުހާގެ ކުރު އިސްތަށިކޮޅުގައި އަތުން ފުނާ އަޅާލަމުން ކޮޓަރިން ނިކުތެވެ. އެވަގުތު އަޔާންވެސް އޮފީހަށްދާން ތައްޔާރުވެލައިގެން ނިކުންނަނީއެވެ.
“މަ ބަލާނަމޭ ތި މީތަންއެއް މިގެޔަށް ގެނެސްގެން މިގޭގައި އުޅެވޭތޯ.” ދެކޮޅު ހޯދާލަމުން ނުހާ އަޔާންގެ އަތުގައި ހިފެހެއްޓިއެވެ. އަޔާން އަތް ފޮޅުވާލަމުން ހިނގައިގަތީ އެއްވެސް އެއްޗެއް ނުބުނެއެވެ.
“އަޅެ އެއްފަހަރުވެސް ބުނެބަލަ މި ނުހާ ދެކެ ލޯތްބެއްނުވޭ.” ހިނގަ ހިނގާހުރި އަޔާންގެ ކުރިމައްޗަށް ނުހާ ދުވެފައި ގޮސް ހުއްޓުނެވެ. އަޔާން އިސްއުފުލާ ނުހާގެ މޫނަށް ބަލާލިއެވެ. ތުނިތުނި ނިދާހެދުމުގެ މަތިން ޖެކެޓެއް ލައިގެން ހުއްޓަސް ނުހާގެ އޮމާން މޭމަތިން ބައެއް އޮތީ ފެންނާށެވެ. އަޔާން ގެ މޫނު ދުރަށް އަނބުރާާލީ އެމަންޒަރު ނުބަލަންވެގެންނެވެ. ނުހާ އެހީކުރަނީ ރަނގަޅަށެވެ. އަޔާން އަދިވެސް ނުހާދެކެ ލޯބިވެއެވެ. އެކަމަކު އެއްވެސް އަގެއް ނެތް އެލޯބީގައި ފެތި ޤަރަޤުވެގެންދާން އަޔާން ބޭނުން ނުވަނީއެވެ.
“ތިކަހަލަ ކުށްހީ ނުކޮށްބަލަ. ނުހާ ދެކެ ލޯބިވާނަމަ މިއަޔާން މީތަން އަކާ އެކީ ނޫޅޭނެ.” އަޔާން ނުހާގެ ސުވާލަށް ޖަވާާބު ދިނީ އަމިއްލަ ހިތުގައި އަތް އަޅައިގެން ހުރެ ކަހަލައެވެ.
“ތީ ދޮގެއް. އަޔާން މީތަންއާ އެކީ ތިއުޅެނީ މަށަށް ދައްކަން. ބަޓް ޝީ އިޒް ނަތިން ލައިކް މީ.” ނުހާ މަލާމަތް ފާޑަކަށް ހީލިއެވެ.
“ތިކަހަލަ ބޭކާރު ވާހަކަތައް އަޑުއަހަން ނެތް ޓައިމްއެއް.” އަޔާން ނުހާާގެ ކޮނޑުގައި ހިފާ އެއްފަރާތައް ކޮށްޕާލަމުން ބާރުބާރަށް ހިނގައިގަތީ އިތުރަށް ނުހާ އާ ޒުވާާބު ކުރަން ބޭނުންނުވާތީއެވެ.
“ހާދަ ބިޒީ ކޮށްލައިގެން.. ވަސްގަނޑުވެސް ހާދަ ރަނގަޅޭ.” ބަދިގެ ފަރާާތަށް އައިސް އައިސް ހުރި ޒާރާގެ އަޑަށް ކާމޭޒުމަތި ތައްޔާރުކުރަން ހުރި މަލަކާ ބަލާލިއެވެ.
“މީހަކު ގަދަފަދަ ވީކަން އަންގާލީނު.” މަލަކާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ޒާރާގެ ފަހަތުން އައި ޝަރީފާ މަލަކާއަށް ބަހަކުން ޖަހާލިއެވެ.
“މިއަދު ފާލިހް އޮފީހަށް ނިކުންނަނީނު. އެހެންވެ.” މަލަކާ ޒާރާއަށް ހިނިތުންވެލިއެވެ. އަދި ފާާލިހް އަށް ގޮވައިގެން އެބަ އަންނަމޭ ބުނެފައި ހިނގައިގަތެވެ.
“ދުވާ މީރު ވަހުން ކެތް ނުވާތީ ނުގޮވަނީސް އައިސް މިހުރީ.” ފާލިހް މަލަކާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެމަންޒަރު ފެނުމުން ޒާރާއަށް ދެލޯ މަރާލެވުނެވެ.
“މަންމާ އާދޭ ސައިބޯން.” ފާލިހް ބަދިގެ ތެރޭގައި ހުރި އޭނާގެ މަންމަ ޝަރީފާއަށް ބަލާލަމުން ގޮޑިއެއް ދަމާލާފައި އިށީނެވެ. މަލަކާއި ދިމާއަށް ފޫހިގޮތަކަށް ބަލާލަމުން ޝަރީފާ ކާމޭޒު ކައިރީގައި އިށީނީ ފާލިހްގެ އެދުމަށް ފުރަގަސްދޭން ނުކެރިގެންނެވެ.
“ޒާރާވެސް އާދޭ. ކޮލެޖަށް ދާ ގަޑިވެސް ޖެހެނީނު.” ޝަރީފާ ޒާރާ އަށް އިޝާރަތް ކޮށްލިތަން ފެނިފައި މަލަކާގެ ހިތުގައި ޖެހުނެވެ. ޝަރީފާ އޭނަދެކެ ރުޅި އަންނަންވީ ސަބަބެއް މަލަކާއަކަށް ހަމަ އުޅެ އުޅެވެސް ނުވިސްނުނެވެ.
“ޒާރާ. ހިނގާ ކޮލެޖަށް ޑްރޮޕް ކޮށްލަދޭނަން.” ސައިބޮއެ ނިމިގެން ގޮޑިން ތެދުވި ފާލިހްގެ އަޑަށް އެންމެ ބޮޑަށް ހައިރާާންވީ ޝަރީފާއެވެ. ޝަރީފާ އުޅުނީ ފާލިހް ކައިރީގައި ޒާރާ ކޮލެޖަށް ގެންގޮސްދޭން ބުނާށެވެ. މަލަކާއަށް ބޭއިހްތިޔާރުގައި ފާލިހްއާ ދިމާއަށް ބަލާލެވުނެވެ. ފާލިހް އެހާ ހިނިތުންވެލާފައި ޒާރާއާ ވާހަކަ ދައްކަނިކޮށް އަދި އޭނައަށް ފެނިފައެއް ނުވެއެވެ.
“އެބައަންނަން ބޭގް ހިފައިގެނ.ް.” ޒާރާ މަލަކާ އާއި ދިމާއަށް ބަލާލީ މަލާމާތުގެ ގޮތުން ހީލަމުންނެވެ. ފާލިހް ބޯޖަހާލަމުން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. މަލަކާ ހުރީ ފާލިހް އޭނައަށް ސަމާލުކަމެއްދޭތޯއެވެ. ނަމަވެސް މޮޅިވެރިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބުމުން މަޑު ހިނގުމެއްގައި މަލަކާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ އަތް ޖަހަމުން ނަށައިގަތެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޝަރީފާ ބޭނުންވަނީވެސް އެގޮތެވެ. ފާލިހް އާ މަލަކާ ދުރުވުމެވެ.
“ގުޑް މޯނިންގް. ސާބަސް. ވަކިތަނެއްވެސް ނޯވޭތަ ކަލޭމެންނަކަށް.” އަޔާންއާއި މީތަން ތިބީ އަޔާންގެ ކެބިންގައެވެ. އެކަކު އަނެކަކާ ޖެހި ފިތިގެން އަޔާންގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކަލޭވެސް ދޯ. މި ވެޑިން ކާޑްގެ ޑިޒައިންތައް ބަލާލަނީއޭ. ކުރިއަށް އޮތް ހަފްތާގައި މެރީކުރަން ކަމަށް.” އަޔާން އަށް ފާލިހްގެ ބަދަލުވެފައިވާ މޫޑް ފެނުމުން ހީލިއެވެ.
މީތަން ހުރީ ލަދުންނެވެ. ފާލިހް އެގޮތަށް އައިސް ދިމާކޮށްލީމައެވެ.
“އަޔާން. ކަލޭގެ ގޮމަ މިއަށް އޮޅެނީ ލަދުން.” މީތަން ލަދުން ހުރުމުން ފާލިހް ބޭނުންވީ މީތަން ރަކި ކޮށްލާށެވެ. މީތަން ސޯފާއިން ތެދުވެގެން ދޮރާއި ދިމާއަށް ދުއްވައިގަތެވެ.
“ކޮބާ ތަ ދެވަނަ އަނބި ކަންތައް. ކިހިނެއް ދިޔައީ.” އަޔާން މޭޒުމަތީގައި އޮތް ފައިލެއް ނަގަމުން ސޯފާއިން ތެދުވިއެވެ.
“ރަނގަޅަށް ދިޔައީ. ކޮލެޖަށްވެސް ލާދީފަ މިއައީ. މާފްކޮށްފީމޯ. ލެޓްސް ބީ ފްރެންޑްސް އޯ.” ފާލިހް ދިގު ނޭވާއެއް ލަމުން ސޯފާއަށް ވެއްޓިގަތެވެ. އަޔާން ހުރީ ހިނިއައިސްފައި ބަލާށެވެ.
“ނަސީބެއްނު ބޮލަށް ނޭރިކަން.” އަޔާން އޭނަގެ އަތުގައި އޮތް ފައިލް ނަގާ ފާލިހްއަށް ދިއްކޮށްލިއެވެ. ފާލިހް އަޔާންއާ ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ތީ ރިސޯޓްތަކުގެ އަހަރީ ރިޕޯޓްތައް. ބައެއް މައުލޫމާތު ބޭނުންވާނެ. ހިނގާބަލަ. ފާލިހް ގެ މޭޒުގެ ވަތްގަނޑު ތެރެއަށް މަ ލީން ބައެއް ޑޮކިޔުމެންޓްސް.” އަޔާންއާ ފާލިހް ނިކުތީ އެކުއެކީގައެވެ.
“އަޔާން. ޔުއަރ ސްޓެޕް މަމް.” ފާލިހް އަނގަމަތީގައި އަތް އެޅީ ނުހޭންވެގެންނެވެ.
އަޔާން ލޮލުގެ ހިމަކޮޅުން ނުހާ އާ ދިމާއަށް ބަލާލަމުން އިސްޖަހާލިއެވެ. އޭރު ނުހާ ގޮސް އާސިފްގެ ކެބިން އަށް ވަންނަނީއެވެ.
“އެބައުޅޭ ނިއު ކުއްޖެއް އިނގޭ. މާކިން. މެލޭޝިޔާގައި ހުރިއިރުގެ ރައްޓެއްސެއް.” ފާލިހްގެ ކެބިންއަށް ވަންނަމުން އަޔާން ކުއްލިއަކަށް މާކިން މަތިން ހަނދާންވިއެވެ.
ފާލިހް އާއި އަޔާން އަވަސް އަވަހަށް މޭޒުގެ ވަތްގަނޑުތައް ހާވަން ފެށިއެވެ.
“މިއޮތީ ފެނިފައޭ.” އަޔާން ބައިވަރު ގަނޑުތަކެއް އަތަށް ނަގަމުން ހިންދެމިލިއެވެ. އެވަގުތު އެގަނޑުތަކުގެ ތެރެއިން ވެއްޓުނީ ފަތް ޖަހާފައިއޮތް ކުޑަ ކަރުދާސްކޮޅެކެވެ. އަޔާން ގުދުވެ އެކަރުދާސް ކޮޅު ނަގާ ނިއުޅުވާލިއެވެ.
“ކަލޭ މެލޭޝިޔާއިންވެސް ބިޓެއް ގެންގުޅެންތަ؟” ފާލިހްއާ ދިމާކޮށްލާނެ ޗާންސެއް ލިބުމުން އަޔާން ބޭނުންވީ އެޗާންސްގެ ބޭނުން ހިފާލާށެވެ.
” ވަޓް. ދައްކަބަލަ.” ފާލިހް ކުއްލިއަކަށް އައިސް އަޔާންގެ އަތުން އެކަރުދާސްކޮޅު ދަމައިގަތެވެ.
“މީ މަގޭ ކަމެއް ނޫނޭ. ކަލޭގެ ސްޓެޕް މޯމްގެ ކަމެކޭ. ހަނދާންވޭތަ ނުހާއަށް ނުގުޅިގެން އުޅުނު ދުވަސްތައް. އެދުވަސްކޮޅު ނުހާ އޮފީހުން ކެނޑުނީ. ދެން އާސިފް އެއްދުވަހު ގުޅާފަބުނީ ނުހާގެ ވަތްގަނޑު ޗެކްކޮށްލަން. އެއްވެސް މުހިންމު އެއްޗެއް އޮތް ތޯ. އެދުވަހު އެވަތްގަނޑު ހާވަނިކޮށް މަށަށް ފެނުނު އެއްޗެއް މީ.” ފާލިހްގެ ވާހަކަ އަޑުއަހަން ހުރި އަޔާން އެވާހަކައަކަށް މާބޮޑު ޝައުޤެއްނެތެވެ.
ފާލިހް އަޑުގެ ނެތްކޮޅަށް އެނަމްބަރު ކިޔަމުން އަޔާން އާ ދިމާކުރަމުން ދިޔައެވެ.
“އަދި އެއްފަހަރު ތި ނަމްބަރު ކިޔާބަލަ.” އަޔާން ކުއްލިއަކަށް ޖީބުން ފޯނު ނެގިއެވެ.
އަޔާން ފޯނުގެ ކީޕެޑްގައި ފާލިހް ކިޔަމުންދިޔަ ނަމްބަރު ޖެހިއިރު އަޔާންގެ ދެލޯ ހުރީ ބޮޑުވެފައެވެ.
“މާ-މާކިން.” އަޔާންގެ އަޑު ދިޔައީ ކެނޑި ކެނޑިގެންނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (21)
ފާލިހް އަޔާންގެ ބޮޑުވެފައިވާ ލޮލަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭނގިފައެވެ.
“އަޔާން. ކީކޭތަ ތިކިޔަނީ.” ފާލިހް އަޔާންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ނޭނގެ.” އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ތީ ކޮން ނަމްބަރެއްތަ؟ ކޮން މާކިން އެކޭ ތަ ތިކިޔަނީ.” ވެގެން އުޅޭ ގޮތް އޮޅުންފިލުވާ ހިތުން ފާލިހް ހުރީ ކެތްމަދުވެފައެވެ.
“ޔަޤީންތަ ނުހާގެ މޭޒުގެ ވަތްގަނޑު ތެރޭގައިކަން މިނަމްބަރު އޮތީ.” އަޔާން އެކަރުދާސްކޮޅު ފާލިހްއަށް އަނެއްކާވެސް ދައްކާލިއެވެ.
“އާއެކޭ.” ފާލިހްގެ އަޑު ބާރުވިއެވެ.
“ސޯ ނުހާއާ މާކިންއާވެސް ގުޅުމެއް އޮންނަނީ. އައި ރިއަލީ ކާންޓް ބިލީވް ދިސް.” އަޔާން ދެފަރާާތަކަށް ބޯހޫރާލިއެވެ.
“އަދި ތިހެން ނުނިންމަބަލަ. ހިނގާ ހަޤީޤަތް ބަލަމާ.” ފާލިހް ދިނީ ރަނގަޅު ޚިޔާލެކެވެ.
“ކިހިނެއް؟” ނުހާ އޭނާގެ ކުރިމަތީގައި އިސްޖަހައިގެން އިން މާާކިން މޫނަށް ނަޒަރު ހުއްޓާލިއެވެ. މިއަދު ނުހާއަކީ މާކިންގެ ސާހިބުމީހާއެވެ. ނުހާއާ ވާހަކަދައްކާ ޖަވާބުދާރީ ވާން މިއަދު މާކިން އަށް މަޖުބޫރެވެ.
“ރަނގަޅު.” މާކިން ވާހަކަ ދެއްކީ އިސްއުފުލާ ނުހާ އާއި ދިމާއަށް ބަލާވެސް ނުލައެވެ.
“ކުރިން ވީ ކަމެއް ވީ. އެކަމަކު މާކިން އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގައި ނުދައްކާނެކަމަށް ހީކުރަން.” އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ނުހާ ގޮޑިން ތެދުވިއެވެ. މާކިން އެއިން ގޮތަށް އިސްޖަހާލައިގެން އިނީއެވެ. ނުހާ އަކީ ކޮންކަހަލަ އިންސާނެއްބާއޭ މާކިން ހިތަށްއެރިއެވެ. އަމިއްލަ މީހާގެ ދަރި ދުނިޔޭގައި ހުރިތޯ ކިހިނެއްތޯވެސް އަހާނުލައެވެ. ބުނާތީ އަޑުއަހަމެވެ. މައިންނަކަށް އެމީހުންގެ ދަރިންނާއި ދުރުގަ ކެތެއް ނުކުރެވޭނެއެވެ. އެކަމަކު އެބަހުގަ އެއްވެސް ތެދެއް ނެތްކަން މިއަދު ނުހާ ހަމަރަނގަޅަށްވެސް ސާބިތުކޮށްދީފިއެވެ. ވިސްނަން ބޭނުން ނުވިޔަސް މާކިންގެ ބަސްނާހާ ސިކުނޑި ކޮންމެފަހަރަކުވެސް މާކިންގެ ބޯގޮއްވާލަނީއެވެ. ދެލޯ ފުރިގެން ބަންޑުންވުމުގެ ކުރިން މާާކިން އޭނާގެ ބޮޑު ދެއަތް ތިލައިން ދެލޯ ފޮރުވާލިއެވެ.
ގޭގެ ގޯތި ތެރޭގައި ހުރި މާ ބަގީޗާގައި ޝަރީފާ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ބަލާބެލުމަށް ހީވަނީ މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި ހުރިގޮތުން ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހާސްވެފައި ހުރިހެންނެވެ. ދޮރާށި ހުޅުވާލި އަޑަށް ޝަރީފާ ދިޔައީ ސިއްސައިގެންނެވެ. އޭރު އަތްމައްޗަށް ފޮތް ބޮޑިއެއް ލައިގެން ލަވަކިޔަމުން ޒާރާ ގޭތެރެއަށް ވަންނަނީއެވެ.
“ހޮއެ ހޮއެ.. ހާދަ އުފަލެއްގަ ތިހުރީ.” ޝަރީފާގެ ވާހަކަ ދެއްކުމުގައި ހުރީ މަލާމަތުގެ ރާގެވެ.
“އެސްފީނާ ނުޖައްސަބަލަ މަގޭ އުފާވެރިކަމަށް.” ޒާރާވެސް ރައްދުދިނެވެ. ކުރިން ޝަރީފާ ދެކެ ޖެހިލުންވެފައި ހުންނަ ޒާރާގެ ޖެހިލުންކުޑަކަން ފެނިފައި ޝަރީފާ ހިސާބަކަށް ހައިރާންވެސްވިއެވެ.
“ތި އުފާވެރިކަން ތީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް. ކުލަނެތް ހުވަފެން ބަލާލަ ބަލާލަ ހުރޭ.” ބުނަން ބޭނުންވި ކަމުގައި ވިޔަސް ޝަރީފާގެ ދުލާއި ހަމައަށް ހިތުގައިވާ ބަސްތައް ޝަރީފާ ގެންނަން ބޭނުންނެތް ކަހަލައެވެ. އެނގެން ޖެހޭ ދުވަހު އެނގޭނެއެވެ.
ޒާރާ ދެކޮނޑު އަރުވާލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ގޭގެ ދޮރޯށި ހުޅުވާލާފައި އަނެއްކާވެސް މީހަކު ވަނެވެ. ނަމަވެސް ޒާރާ ފަސްއެނބުރި ބަލާވެސް ނުލާ ގޮސް ގޭތެރެއަށް ވަނެވެ.
ޝަރީފާ ބާރުބާރަށް ހިނގާފައި ގޮސް ކޮރުޖަހަމުން އައި ނާސިރާގެ އަތުގައި ހިފިއެވެ.
“ނަސީބެއްނު މީހަކަށް ނުފެނި އާދެވުނުކަން.” ޝަރީފާ ދެކޮޅު ހޯދަމުން ނާސިރާ ގޮވައިގެން ހިނގައިގަތެވެ.
“ދެންމެ އެވަނީ ކޮންކުއްޖެއްތަ؟” ނާސިރާގެ ނަޒަރު އުކެމުންދިޔައީ ގޭގެ އެކިދިމަދިމާއަށެވެ.
“އެއީ ފާލިހްއާ މަލަކާއާ ދުރުކުރުވަން އަހަރެން ބޭނުން ކުރަމުންދާ ހަތިޔާރެއް. ނާސިރާ ބުނި ގޮތަށް ދެން އޮތީ ދެމަހެއްނު.” ޝަރީފާ ވާހަކަ ދައްކަމުންދިޔައީ ވަރަށް މަޑުންނެވެ.
“ދެމަސް ދުވަހޭ.” އާސިފް ފޯނުން ވާހަކަ ދައްކަން އިނީ އޮފީސް ދޮރުމަތީގައެވެ.
“އަހަރެންގެ ދަރިފުޅުގެ އުފަންދުވަސް އަންނަން ދެއޮތީ ހަތަރު ދުވަހޭ. އެހެންވީމަ ދެމަސް ދުވަހަށް ތިތަން ބުކިން ފުލްވެގެން ކަމަކުނުދާނެއެއްނު.” ފޯނު ބޭއްވިއިރުވެސް އާސިފްގެ މޫނުމަތީގައި ހުރި ނުރުހުމުގެ އަސަރު ނުފިލައެވެ.
“ކޮންކަމަކާތަ މާ ހާސްވެގެން ތިއުޅެނީ.” ނުހާގެ އަޑުން އާސިފް ސިހުނެވެ.
“ކަމެއްވީ ކީ ނޫން. ގެޔަށް ގޮއްސަ ދޯ ވާހަކަ ދައްކާނީ.” އާސިފް ނުހާގެ ކޮނޑަށް އަތްވައްޓާލިއެވެ.
“އެބައޮތޭ އިތުރު ކަމެއް ނުހާ ކުރަން ޖެހޭ. އާސިފް ދޭ. އަހަރެން އެބަ އަންނަން ކުޑަ އިރުކޮޅެއްގެ ތެރޭގައި.” ނުހާ ހިނގައިގަތީ އެނބުރި އޮފީސް ތެރެއަށް ވަންނާށެވެ.
“އެކަކުވެސް ނެތެއްނު އޮފީހުގަ. ދެން ނުހާ އެކަނި ކީއްތަ ވަކި ކުރަން އޮންނާނީ.. މަޑުކުރަންތަ ނުހާ ނިމެންދެން.” އާސިފްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން ނުހާ ދިޔައީ ފަސްއެނބުރި ބަލާވެސް ނުލައެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން އާސިފް ކާރަށް އެރިއެވެ.
ވިލާ ކޮލެޖް ދޮރުމަތީގައި ފާލިހް އެހުރީ ޒާރާ ގުޅާފައި އަންނާށޭ ބުނީމައެވެ. ރައްޓެއްސެއްގެ ގޮތުގައި ދެކޭތީއެވެ.
“ލަސްވެއްޖެ ދޯ.” ފަރި ހިނގުމެއްގައި އައި ޒާރާ ފާލިހްގެ ކުރިމައްޗަށް ހުއްޓި ހިނިތުންވެލިއެވެ.
“ނޫނޭ. އެންމެ ފަސްމިނެޓެއްނު ލަސްވީ. ލެޓްސް ގޯ.” ޖެހެމުންދިޔަ ވައިރޯޅިއާއެކު ޒާރާގެ ގައިން ދުވި މީރު ސެންޓްގެ ވަހުން ފާލިހްއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ޒާރާ އަށް އެކަން ފާހަގަވެސް ކުރެވުނެވެ.
“ސޮރީ އިނގޭ. ކުއްލިއަކަށް ގުޅުނީމަ. ގެޔަށް ގޮއްސައޭ މިއައީ. އެކަމަކު އެއްޗެއް ބާާއްވާފަ ދެވުނީމަ އަނެއްކާ އަލުން އަންނަން ޖެހުނީ. އެހާ ދުރަށް ހިނގަން ޖެހުނީމަ އައި ވޯޒް ވެރީ ޓަޔަޑް.” ޒާރާ ސައިކަލްއަށް އަރާ އިށީނދެލިއެވެ.
ކަޅު ކުލައިގެ ކުރު ހެދުމެއް ލައިގެން ބޭރަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް މަލަކާ ގެ ނޭފަތުގައި ނުބައި ވަހެއް ޖެހުނެވެ. ނޭފަތުގައި އަތް އަޅާލެވުނީވެސް ބޭއިހްތިޔާާރުގައެވެ.
“ކޮންތާކުންތަ އެހާ ނުބައި ވަހެއް އެދުވަނީ.” މަލަކާ މުޅި ގޭތެރޭގެ އެތަން މިތަން ހޯދަމުން ދިޔައެވެ.
“ތި ދާ ތާކަށް ދޭބަލަ. އެއީ އަހަރެންގެ ގައިގައި އުނގުޅަން ހެދި ބޭހަކުން ދުވާ ވަސް.” ބަދިގެ ފަރާތުން ކުޑަ ބޯތައްޓެއް ހިފައިގެން ނިކުތް ޝަރީފާ މަލަކާއާއި ދިމާއަށް ބަލާލީ ނަފްރަތުން ފުރިގެންވާ ބެލުމެކެވެ.
މަލަކާ އަވަސް އަވަހަށް ހިނގައިގަތީ އެތަނުން ދާށެވެ. ޝަރީފާގެ ހަރުކަށި ބަސްތައް މިހާރު މަލަކާއަށް އަލެއް ނޫނެވެ. ހަމައެކަނި ނޭނގެނީ އެއީ ކީއްވެގެން ކަމެވެ.
“ނާސިރާ. މި އެންމެ ރަނގަޅު ވަގުތޭ. އެހުރީ ފާލިހްގެ ކޮޓަރި.” މަލަކާ ދޮރުން ނިކުތުމުން ވައި އަޑުން ޝަރީފާ ނާސިރާއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.
މީތަންއަށް އާދެވުނީ މަލަކާ އިންތިޒާރުގައި ހުންނަތާ އެތައް އިރެއް ފަހުންނެވެ.
“ސާބަސް. ތީ ހަތަރު ކުދިން މަންމަތަ؟ ދެން ނޭނގެ މާގިނަ ފިހާރައަށް ވަދެވޭނެ ކަމެއްވެސް.” މަލަކާ މީތަންގެ ކޮނޑުގައި ހިފައިގަތެވެ.
“ދެން އެހެއްނު ވާނީ. އަޔާން ކުއްލިއަކަށް ގޮއްސި ބަޔަކާއި މީޓް ކުރަން ޖެހިގެން ރިސޯޓަށް. އުޅެ އުޅެ ޓެކްސީއެއް ނުލިބުނު.” މީތަންގެ ނިއްކުރި މައްޗަށް ވެއްޓިފައިވާ ނުކިޔަމަންތެރި އިސްތަށިކޮޅެއް އަތުން އެއްފަރާތް ކޮށްލަމުން މީތަން ހިނިތުންވެލިއެވެ.
“ކާކަށްތަ މާވަރަކަށް ތިގުޅަނީ.” މީތަން ދެއްކި އެއްވެސް ވާހަކައަށް ފަރުވާލެއް ނުބަހައްޓާ ފޯނުގެ ސްކްރީނަށް ކަޅި ހުއްޓާލައިގެން ހުރި މަލަކާގެ އަތުގައި މީތަން ހިފިއެވެ.
“ސޮރީ އިނގޭ. ދެން މަ ގުޅާނީ ފާލިހްއަކަށްނު. ބޭރަށް ދާ ވާހަކަ ބުނަން ވެގެން. މިއަދު އޮފީހަށް ދިޔަ ފަހުން އަދި އެއްފަހަރުވެސް ނުގުޅޭ.” މަލަކާގެ އަޑުން އޭނާ އެހުރީ އިންތިހާއަށް ދެރަވެފައިކަން އެނގެއެވެ.
“ވެދާނެއެއްނު އަޔާން އާ އެކީ ދިޔައީ ކަމަށް ރިސޯޓަށް.” މީތަން ބޭނުންވީ މަލަކާގެ ހިތްހަމަ ޖައްސާލަދޭށެވެ. އެވަގުތު ވަރަށް ކައިރިން އިވުނު އަންހެންކުއްޖެއްގެ ހުނުމުގެ އަޑަށް މަލަކާއި މީތަން އަށް ބަލާލެވުނީ އެކު އެކީގައެވެ.
އޭރު ފާލިހް ޒާރާ ގޮވައިގެން އައިސް ސައިކަލް ގެ ކައިިރިއަށް މަޑުކޮށްލަނީއެވެ. މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީދެރައިގެ އިތުރަށް އެހާ ރުޅިވެސް އައެވެ. ހެނދުނުއްސުރެ މަލަކާ ފާލިހްއަށް ގުޅުނު އަދަދުވެސް ނޭނގެއެވެ. މީތަން ހުރީ މަލަކާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތައް ބަލާށެވެ.
ޒާާރާ ރަކި ގޮތަކަށް ހީލަމުން ގޮސް ގޭތެރެއަށްވަނެވެ.
“ހެލޯ މީތަން. ކޮންތާކަށްދާން ދެކުދިން ތިދަނީ.” ފާލިހް އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ގާލްސް ސީކްރެޓް ޝޮޕިން.” މީތަން ހިނިތުންވެލިއެވެ. މަލަކާ ފާާލިހް އާ ދިމާއަށް ބަލާވެސް ނުލިއެވެ.
“މަގޭ ބުލްބުލް. ހާދަ މޫޑް ސަކަރާތްވެފަ ތިހުރީ.” ފާލިހް އުޅުނީ މަލަކާގެ ކޮލުގައި ހިފާށެވެ. ނަމަވެސް އެއަށްވުރެ ކުރިން މަލަކާ ދުރަށް ޖެހުނެވެ. އަދި މީތަން އަތުގައި ހިފައިގެން ހިނގައިގަތެވެ. ދުރު މީހެއް ހުއްޓާ މަލަކާ އެގޮތަށް ކަންތައް ކުރުމުން ފާލިހް ހިތްހަމައެއް ނުޖެހުނެވެ. ދެވަނަ ފަހަރަށް މަލަކާއަށް ނުގޮވީ ވެސް އެހެންވެގެންނެވެ.
“ކަންތައް ތިކުރެވުނީ ރަނގަޅަށްތަ؟” މަލަކާގެ ކަރުނުން ތެމެމުންދާ މޫނަށް މީތަން ބަލާލިއެވެ.
މަލަކާއަށް ގިސްލެވެން ފެށުނެވެ.
“އަޅޭ. ހިނގާބަލަ މިހިރަ ކެފޭއަށް ވަންނަން. މީ މަގުމައްޗެއްނު. މީހުން ހީކުރާނީ ކީކޭ.” މީތަން މަލަކާގެ އަތުގައި ހިފައިގެން ގޮސް ޖެހިގެން ހުރި ކެފޭއަށް ވަނެވެ.
ސަލްސާ ރޯޔަލް ކައިރިއަށް ޓެކްސީ މަޑުކޮށްލުމުން ނުހާ ކާރުގެ ޑްރައިވަރު އަތަށް ރުފިޔާ ދިއްކޮށްލިއެވެ.
“މަ ކިހިނެއް ކަލޭ އަތުން ލާރީގަ ހިފާނީ. އަދިވެސް ކުރީގެ އަސަރުތައް ނުފިލާ އެބަހުއްޓޭ.” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާާއެކު ނުހާ އިސްއުފުލާ ބަލާލިއެވެ. އެއީ އެއްއިރެއްގައި ނުހާ ވިއްކަމުންދިޔަ ލޯބި ގަނެ އޭނާގެ އަވައިގަައި ޖެހުނު މީހެކެވެ.
“ރަނގަޅަށް ތިބުނީ. ހިފާނެ ކަމެއްނެތް. ކަލޭގެ އަންހެނުން އަހަރެންގެ ގެއަށް އައިސް ވަރަށް ލޯބިން ކަންފަތް މަތީގައި ފިރުމާލަ ދިނީމަ އޭގެ އަސަރުތައް ނުފިލާ އެބަހުރި އަދިވެސް.” އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލަމުން ނުހާ ކާރުން ފޭބިއެވެ. އަދި ގައިގައި ހުރި ބާރެއްލާފައި ބަން ލާފައި ކާރުގެ ދޮރު ޖެހިއެވެ.
ސިޑިން ނުހާ އަރަމުން ދިޔައީވެސް ދުވެފައެވެ.
ދޮރުގައި ޓަކި ޖަހާލަމުން ނުހާ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރީތިކޮށްލިއެވެ.
“ކޮން ކުއްޖެއް؟” މީތަންގެ މަންމަ އާދިސާ ދޮރު ހުޅުވާލިއެވެ.
“މީތަން އުޅޭތަ؟” ރުންކުރު ގޮތަކަށް ނުހާ އަހާލިއެވެ.
“ނޫނޭ ކޮއްކޯ. ހަމަ ދެންމެ ބޭރަށް އެދިޔައީ.” އާދިސާ ހިނިތުންވެލިއެވެ.
“އަޔާން އާ އެކީގަތަ؟” ނުހާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ. އާދިސާގެ ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ކުދި ރޫތަކާއެކު އޭނާ ނުހާ އާ ދިމާއަށް ބަލަހައްޓައިގެން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.
“އޯކޭ ދަނީ.” އާދިސާއަށް އިތުރު ސުވާލެއް ކުރާނެ ފުރުސަތު ނުދީ ނުހާ ހިނގައިގަތެވެ. ކުރަން ބޭނުންވި އެއްވެސް ކަމެއް ނުވުމުން ނުހާ ގާާތަށް ރުޅިއައެވެ.
“މަންމީ.” ކުދި ކިޔަމުން ދިޔަ ނުހާ ސިއްސުވާލީ ކުޑަ ކުއްޖެއްގެ އަޑެވެ. ނުހާ އެނބުރި ބަލާލިއެވެ. އޭރު ކުޑަކުޑަ ޒޫކަން ހުރީ ހެވިފައި ނުހާއަށް ބަލަހައްޓައިގެންނެވެ.
ނުހާ މަޑުމަޑުން ހިނގާފައި ގޮސް ޒޫކަންގެ ކައިރިއަށް ގުދުވެލިއެވެ.
“ކީކޭ. ކޮބާ ކޮއްކޮގެ މަންމި.” ނުހާ ޒޫކަންގެ މުށިކަން ގަދަ ދެލޮލަށް ބަލާލިއެވެ.
“ތީ ޒޫކަންގެ މަންމި.” ޒޫކަން ނުހާގެ ކަރުގައި އެލިގަތެވެ.
“ޒޫ -ކަން.” ނުހާ ކުއްލިއަކަށް ޒޫކަންގެ އަތް ދުރުކޮށްލަމުން ތެދުވިއެވެ. އާއެކެވެ. އެއީ ހަމަ އެނަމެވެ. ނުހާއާާއި މާކިން އެމީހުންގެ ދަރިއަށް ކިޔަން ބޭނުންވި ނަމެވެ. ނަމަވެސް ކައިވެންޏަކާއި ނުލައި ލިބުނު ދަރިއަކަށް ވުމުން ނުހާއަށް އެކަންވީ ލަދަކަށެވެ.
“ދަރިފުޅޫ. ކީއްތިކުރަނީ ދޮރު ކައިރީގައި.” ދޮރުފަތުގައި އަތް އަޅައި ބޮޑަށް ކޮށްޕާލަމުން މާާކިން ބޭރަށް ނިކުތެވެ.
“ބައްޕީ. ލުކް. މަންމި.” މާކިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައި ނުހާއަށް ބަލަހައްޓައިގެންނެވެ. ނުހާ ދުރަށް މޫނު އަނބުރާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ނުހާ ދާތަން ފެނިފައި ޒޫކަން ރޮއެގަތެވެ. ނުހާއަށް އެއަޑު އިވޭނެވެސްމެއެވެ. އެކަމަކު ނުހާ ފަސްއެނބުރި ބަލާވެސްނުލިއެވެ. މާކިން ޒޫކަން ނަގާ އުރާލަމުން ގޭތެރެއަށް ވަނެވެ. މާކިންއަށް ނުހާ ކޮންމެ ގޮތެއް ހެދިޔަސް ޒޫކަން އަށް އެހެން ހަދާނެ ކަމަކަށް މާކިން ކުޑަކޮށްވެސް ހިއެއްނުކުރެއެވެ. ދުވަހަކުވެސް ނުހާއަށް މަޢާފް ނުކުރަން މާކިންގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.
“ހުއްޓާލާ ދޫނީ ދެން. އެއީ ދަރިފުޅުގެ މަންމި އެއް ނޫނޭ.” މާކިން ޒޫކަންގެ ބޮލުގައި ފިރުމާލަމުން މެޔާލައި ބޮޑިކޮށްލިއެވެ.
އިރުއޮއްސުމުން މަގުތަކުގައި ހަރުކޮށްފައިވާ ބޮކިތައް ދިއްލެން ފެށިއެވެ. އިރުގެ އަލި ދެކެ ބިރުން ގޭގައި ފިލާ ތިބި އަންހެން ކުދިންތައްވެސް ނަލަ ހެދިލައިގެން ބޭރަށް ނިކުމެ ހޭލަމޭލަވެ އުޅެއެވެ. މީތަން އާއި މަލަކާ ހިނގަމުންދިޔައީ ދެއަތް ފުރާ ކޮތަޅު ހިފައިގެންނެވެ.
“ލައްކަ ޝޮޕިން ކުރެވިއްޖެއެއްނު.” މީތަން ހުރީ ވަރުބަލިވެފައެވެ. މަލަކާ އެއްވެސް ޖަވާބެއް ނުދެއެވެ. އަދިވެސް އޭނާ ހުރީ މޫޑީ ވެފައެވެ. މީތަން އަތުގެ އިޝާރާތުން ކާރެއް ހުއްޓުވާލިއެވެ.
“އަދި މަލަކާ ނުވާނެ އެހާ ދުރަށް ހިނގާކަށް.” މީތަން މަލަކާއަށް ކާރުގެ ދޮރު ހުޅުވާލަ ދިނެވެ.
“ހާދަ ވިސްނެއޭ ދޯ. ކިހާ ރަނގަޅު ލޮލުގެ ކުރިމައްޗަށް ފެންނަމުންދާ ހަޤީޤަތާއި މެދު ވިސްނާލިއްޔާ.” ނުހާގެ އަޑަށް މީތަން ބަލާލިއެވެ.
“ވަޓް ޑޫ ޔޫ މީން.”މީތަން ނުހާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އައި މެންޓް އަޔާން އިޒް ޔޫސިން ޔޫ. މަށަށް ދައްކަން ކަލެއާ އެކީ އެއުޅެނީ. ހާދަ ގަމާރޭ ދޯ.” ނުހާ ހީނގަތެވެ.
“ތިކަހަލަ އަންހެނުނަށް ކުރަން އެނގޭނެހާވެސް ކަމަކީތީ. ހުންނަ ގޮތެއްނެތް ކަން ދޯ. ކުރާނެ ކަމެއް ނެތިއްޔާ ކަލޭގެ މުސްކުޅި ފިރިމީހާގެ ފަހަތުގައި ހުރެބަލަ ނިކަން.” ނުހާއަށް ޖަވާބު ދިނީ މަލަކާއެވެ. ފާލިހް ދެކެ އަރާފައިވާ ރުޅިގަނޑުވެސް ބަލާލީ ނުހާއަށެވެ.
“އަޔާން އަދިވެސް ލޯބިވަނީ އަހަރެންދެކެ. އެކަމުގެ ހެކި މިއަދު އެގޭގައި އަހަރެން މިއުޅެނީ. އަޔާން ބޭނުންނަމަ އޭނާގެ ބައްޕަ އަށް އަހަރެންގެ ހަޤީޤަތް ކިޔާ ދެވޭނެ. އެކަމަކު އަޔާންގެ ލޯ ކުރިމަތީގައި އަހަރެން ބަހައްޓަން ބޭނުންވާތީ އަޔާން ހުރިހާ ކަމެއް ސިއްރުކޮށްގެން އެހުރީ.” މަލަކާ އިސްޖަހައިގެން ހުރި މީތަންގެ އަތުގައި ހިފައި ކާާރަށް އެރީ އިތުރަށް ނުހާ ދައްކާ ވާހަކަ އަޑުނާޙަންވެގެންނެވެ. ނުހާގެ ވިހަގަދަ ބަސްތައް މީތަންގެ ބޮލުތެރޭގައި އެނބުރެންފެށިއެވެ. ކާރު ދުއްވާލުމާއެކު ނުހާ ފުން ނޭވާއެއް ދޫކޮށްލީ ހިތްހަމަ ޖެހިގެން ހުރެއެވެ.
މަލަކާ އެތަކެއް ފަހަރު ވިސްނަދިން އިރުވެސް މީތަން އިނީ ހިމޭނުންނެވެ. އެވަގުތު ފޯނަށް މެސެޖެއް އައުމުން މީތަން ފޯނު ނަގާ ބަލާލިއެވެ. މީތަން ދެލޯ މަރާލަމުން ފޯނު ދުރުގައި ބޭއްވިއެވެ. މެސެޖަށް ޖަވާބެއް ދޭނެ ހިތްވަރު ނެތީމައެވެ. އިރުކޮޅަކުން ފޯނު ރިންގް ވާންފެށިއެވެ. މީތަން ފޯނު ނަގާ ނިއްވާލަމުން ދަބަސް ތެރެއަށް ފޯނު ވައްޓާލިއެވެ.
“އަޔާންތަ؟ ނަގާބަލަ.” މީތަންގެ ހަރަކާތްތަކަށް މަލަކާ އިނީ ބަލާށެވެ.
“ފަހުންް.” މީތަން ކާރުގެ ލޯގަނޑުން ބޭރު ބަލަން އިނދެ ބުނެލިއެވެ.
މަލަކާ އަންނާނެ އިރެއްގެ އިންތިޒާރުގައި ކޮޓަރި ތެރޭގައި އޮވެ އޮވެ ފާލިހް ފޫހިވެގެން ސިޓިންރޫމަށް ނިކުތެވެ. އެވަގުތު ބަދިގެ ތެރެއިން އެއްޗެހިތަކެއް ފައިބައިގަތް އަޑަށް ފާލިހް އެދިމާއަށް ދުއްވައިގަތެވެ.
“ތިކާކު؟” ފުށުން ތަތްތެޅިފައިވާ ޒާރާގެ މޫނު ފެންނަވަރެއް ނުވިއެވެ.
“މީ މަށޭ. ޒާރާ. ފުށް އެތި މިތާ މަތީގައި ބަހައްޓަން ޖެހޭތަ؟ މަގޭ ގަޔަށޭ އެވެއްޓުނީ.” ޒާރާ ފުށްތައް ފޮޅަމުން ދިޔައިރު ހުރީ ރުޅި އައިސްފައެވެ. ފާލިހްއަށް ބާރަށް ހީނގަނެވުނެވެ. ޒާރާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.
“ހުރެބަލަ ނިކަން މަލާމަތްކުރަންޏާ ރަނގަޅު ލަނޑެއްދޭނަން.” ފާލިހް ވިސްނާނުލާ ހުއްޓާ ޒާރާ ފުށްތަކާއެކު ފާލިހްގެ ގައިގައި ހިފައިގަތެވެ. އެއްވެސް ހުރަހެއްނެތި ފާލިހް އަރިއަޅާލިއެވެ. ދެމީހުން އެއްކޮށް ބިންމައްޗަށް ގުޅަވަރަކަށް ޖެހުނެވެ.
“ފާލިހް.” މަލަކާގެ އަޑުން މުޅި ގޭތެރެ ދިޔައީ ގުގުމައިގެންނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (22)
މަލަކާގެ އަޑަށް ފާލިހްއާއި ޒާރާ ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ ބޮޑުވެފައިވާ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ބޭބީ. ތިހީކުރާ-” ފާލިހް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރިޔައެއް މަލަކާ ނުދިނެވެ.
“ކޮން ބޭބީއެއް ކިޔާކަށް. ތިވައްތަރަށް ނޫޅެ ރީއްޗަށް ބުނި ނަމަވެސް.” މަލަކާގެ އަޑުބެދުނެވެ. ރޮވޭ ވަރުން އޭނައަކަށް ވާހަކައެއް ނުދެއްކުނެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން މަލަކާ ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ފާލިހް ކަރު އެލުވާލީ ދެން ހަނދާނީ ކިހިނެއްބާއޭ ހިތަށް އަރުވަމުންނެވެ.
“ސޮރީ.” ޒާރާ އޭނަގެ މޫނުމަތިން ދެރަވެފައި ހުރިކަން ފާޅު ކުރިނަމަވެސް ހިތް އުފަލުން ނަށަނީއެވެ. އޭނައަށް ރަނގަޅީވެސް މަލަކާއާ ފާލިހްއާ މައްސަލަ ޖެހި ދުރުވިއްޔާއެވެ. ފާލިހް އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފާލިހްއަށް ކޮޓަރީގެ ދޮރާއި ހަމައަށް ނުދެވި އުޅެނިކޮށް މަލަކާ ކޮޓަރި ދޮރުހުޅުވާލާފައި ނިކުތެވެ.
“މަލަކާ. ތި ދެން ކޮންކަމެއް.”؟ މަލަކާގެ އަތުގައި އޮތް ލަގެޖް ފެނުމުން ފާލިހްގެ އުދާސްކަންވީ އިތުރެވެ.
“ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ.” ފާލިހް މަލަކާގެ އަތުގައި ހިފިއެވެ. މަލަކާ ފާލިހްގެ އަތް ފޮޅުވާލިއެވެ.
“ދެން ނޯންނާނެ ކަލޭ މަށާ ދައްކަންޖެހޭ ވާހަކައެއް.” މަލަކާ ރުޅިވެރި ކަމުން ފުރިގެންވާ ބެލުމަކުން ފާލިހްއަށް ލޯއަޅާލިއެވެ.
“ކޮންހާ އަޑުގަދައެއްތަ މިވަނީ މިގޭތެރޭގަ.” އަޑުގަދަވެގެން ޝަރީފާ ކޮޓަރިން ނިކުތެވެ.
މަލަކާ ލަގެޖް ހިފައިގެން ހިނގައިގަތީ ޝަރީފާގެ މޫނަށް ބަލާލުމެއްވެސް ނެތިއެވެ.
“މަލަކާ ޕްލީސް. އަޑުއަހާބަލަ.” ފާލިހް ދުވެފައި ކަހަލަ ގޮތަކަށް ގޮސް މަލަކާގެ ކުރިމައްޗަށް ހުއްޓުނެވެ. ޒާރާ ހުރީ އެމަންޒަރު ބަލަން ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނައަށް ރަނގަޅީވެސް ވީ އެއްމެ އަވަހަކަށް މަލަކާ އެގެއިން ދިޔައިއްޔާއެވެ.
“ޒާރާ އަކީ ކޮއްކޮއެއް ގޮތަށް ދެކޭ ކުއްޖެއް. ހުވާ ކޮށްފަ މިބުނީ.” ފާލިހް ދެއަތް ޖޯޑް ކުރަމުން މަލަކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލިއެވެ. ފާލިހް ބުނެ ދޫކޮށްލި ބަސްތައް ޒާރާގެ ހިތް ތޮރުފާލި ކަހަލައެވެ. ތިރީ ތުންފަތުގައި ބާރަށް ދަތް އަޅާލަމުން ޒާރާއަށް މުށް ކަވާލެވުނެވެ. އެވަގުތު ފާލިހް ބޭޒާރުކޮށްލަންވެސް ޒާރާގެ ހިތަށް އެރިއެވެ.
“ދަރިފުޅާ ފާލިހް. އަތްބަކަށް ވިޔަސް ތިވަރުވާާކަށް ނުވާނެ.” ޝަރީފާ ރުޅި އައީ މަލަކާދެކެއެވެ.
ފާލިހް އިސްޖަހައިގެން އިނދެ ރޯ މަންޒަރު ފެނުމުން މަލަކާ ގެ އަނދަމުންދާ ހިތް ކޮންމެވެސް ވަރަކަށް މަޑުވާންފެށިކަހަލައެވެ.
“ޒާރާ މިގޭގަ ހުންނަންޏާ އަހަރެން މިގެއަކު ނުހުންނާނަން.” ސީދާ ޒާރާ ގެ ލޮލަށް ބަލަން ހުރެ މަލަކާ އަނެއްކާވެސް ޒާރާ ގެ ޒަހަމްވެފައިވާ ހިތާއި ކުޅެލިއެވެ.
“އޯކޭ. މަލަކާ ބޭނުންގޮތެއް.” ފާލިހް ތެދުވެ މަލަކާ ގެ އަތުގައި ހިފިއެވެ. މަލަކާ ދެކެ ވާ މަތިވެރި ލޯތްބެއްގެ ބޮޑުކަމުން މިއަދު އޭނާ އެހުރީ މަލަކާ ބޭނުން ކޮންމެ ގޮތެއް ހަދާށެވެ.
“އުއްމީދުކުރަން މަލަކާ ގެ ނިންމުމާ މަންމަވެސް ދެކޮޅު ނުވާނެ ކަމަށް.” ޝަރީފާ އަށް އިތުރު އެއްޗެއް ބުނާނެ ޗާންސެއް ފާލިހް ދޭކަށް ބޭނުމެއްނުވިއެވެ.
ޝަރީފާ ހިނިތުންވެލިއެވެ. އެއީ ޝަރީފާ ވެސް ބޭނުންވާ ގޮތް ކަހަލައެވެ. މިހާރު ޒާރާ ގެ އެއްވެސް ބޭނުމެއްނެތީއެވެ. އެހެން ނޫންނަމަ މިއަދު އެހުރިހާ ކަމެއްވީއިރު ޝަރީފާ ހިމޭނަކުން ނުހުރީހެވެ. މީގެ ކުރީގައި ފާލިހް ހުއްޓަސް ނެތަސް ޝަރީފާއަކީ މަލަކާ އާއި ދިމާއަށް އެއްޗެއް ބުނަން ޖެހިލުންވާ މީހެއްނޫނެވެ.
ފާލިހް ގެ ފަހުގެ ނިންމުން ނިންމިއިރުވެސް ޒާރާ ހުރީ އިސްޖަހައިގެންނެވެ.
“ނިކުމޭ މިހާރު.” މަލަކާ ޒާރާ ގެ ކޮނޑުގައި ހިފައި ކޮށްޕާލިއެވެ. ފާލިހް ހުރީ ދެރަވެފައެވެ. ނަމަވެސް މިއަދު އޭނައަށް ކޮށްދެވޭނެ އެއްވެސް ކަމެއްނެތެވެ. ޒާރާ ގެ ކުށެއްނެތްކަން ފާލިހް ޤަބޫލުކުރިކަމުގައި ވިޔަސް ކަންތައްތައް ވީ ގޮތުން މަލަކާ އަށް ވިސްނަދިނުން އެއީ ނުވާނެކަމެކެވެ.
ޒާރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޝަރީފާ އަވަސް އަވަހަށް އޭނަަގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެމަންޒަރު ޒާރާ އަށް ފެނުނު ކަމުގައި ވިޔަސް އޭނާއަޅައެއް ނުލިއެވެ. ޒާރާ އަށް ޝަރީފާ ރަނގަޅަށް އެނގޭތީއެވެ. މަލަކާ ޒާރާ އާއި ދިމާއަށް މޫނު ކުނިކޮށްލަމުން ފާލިހްގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާާއަށް ހިނގައިގަތެވެ.
ރޭގަނޑުގެ ރިހިއަލިން ވިދަމުންދާ ހުދު ދޮންވެލި ގަނޑުމަތީގައި އަޔާން އިށީނދެލައިގެން އިނެވެ. އިރުއިރުކޮޅާއި ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑު މިއުޒިކެއްފަދައެވެ. ފޯނުގެ ސްކްރީންގައި އިން މީތަން ގެ ނަމްބަރަށް އަޔާން ބަލަހައްޓައިގެން އިންނަތާ އެތައް އިރެކެވެ.
އަނެއްކާވެސް އަޔާން މީތަން އަށް ގުޅާލިއެވެ. ލިބެނީ އެއްޖަވާާބެކެވެ. ފޯނު އޮތީ ނިއްވާލައިފައި ކަމަށް އޮޕަރޭޓަރު ގެ ރެކޯޑިން މެސެޖުން ކިޔަމުން ދެއެވެ. ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލަމުން އަޔާން ތެދުވެ ވެލިފޮޅާލިއެވެ. ފޯނު ނަގާ ޖީބަށް ކޮށްޕާލަމުން އަޔާން ޖެޓީއާ ދިމާއަށް ހިނގައިގަތީ މާލެދިއުމަށެވެ.
“މަޑުކޮށްބަލަ.” ކޮޓަރިން ނިކުމެ ނިކުމެ ހުރި އާސިފްގެ އަތުގައި ހިފާާލި ނުހާގެ ދެލޮލުން ފެންނަމުންދަނީ މަސްތީ އަސަރެކެވެ.
“އޯ. ތީ ހަމަ ނުހާތަ؟” އާސިފް ދެލޯ ކުޑަކޮށްލަމުން ނުހާގެ އަތުގައި ފިރުމާލިއެވެ. ކައިވެނި ކޮށްގެން މިވީ ހާ ދުވަހު ނުހާއެގޮތަށް އާާސިފް އާއި އަމިއްލައަށް އިސްނަގައިގެން ކައިރިވެފައެއް ނުވެއެވެ. ނަމަވެސް މިއަދު އާސިފްގެ ހިތަށް ލިބިގެންދިޔައީ ބުނެދޭންވެސް ނޭނގޭކަހަލަ ހިތްހަމަޖެހުމެކެވެ.
އާސިފް އަތުގައި އޮތް ދަބަސް ނަގާ ހޫރާލިއެވެ. ނުހާގެ ބެލުމުގައިވާ ޖަޒުބާތު އާސިފް ދެނެގަތްކަހަލައެވެ. ނުހާގެ ހިމަ އުނަގަނޑުގައި ހިފާ ކައިރިއަށް ދަމާލަމުން އާސިފް ނުހާ ގެ މޫނުން ވަސްބަލާލިއެވެ. ނުހާ ދެލޯ މަރާާލަމުން އާސިފް ގެ ފުޅާ މޭމަތީގެ އެހީގައި މޫނު ފޮރުވާލީ ހިތްހަމަޖެހިގެންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިރޭ ނުހާ އެހުރީ ވަރަށް އުފަލުންނެވެ. މީތަން ގެ މިލާާފައިވާ މޫނަކީ ނުހާ ގެ ހިތްހަމަ ޖެހުމެވެ.
ފާލިހް ނުކަނީތަ މިރޭ.” ނިއްކުރިމަތީގައި އަތް ބާއްވާލައިގެން އެނދުމަތީގައި އޮތް ފާލިހް ކައިރީގައި މަލަކާ އިށީނދެލިއެވެ.
“ކާހިތެއްނެތް.” ފާލިހް ދިނީ ކުރު ޖަވާބެކެވެ.
“އިނގޭ ހިތްހަމަ ނުޖެހިފަކަން ތިއޮތީ. އެކަމަކު އަހަރެން މިހެދީ ހަމަރަނގަޅަށް. މަށަށް ފެނޭ ފާލިހް ފެނުނީމަ އެ ޒާރާ އުޅޭގޮތް. ދައްކާ ތުއި.” މަލަކާގެ އަޑު އަނެއްކާވެސް ދިޔައީ ބާރުވެގެންނެވެ.
“ދެން ތިކަންވެސް ތި ނިމުނީނު. ދެން ތި ވާހަކަ އަލުން ނުދައްކަބަލަ.” ފާލިހް އަދިވެސް ހަމަ އޮތްގޮތަށް އޮތީއެވެ. މަލަކާ އަށް އެހީވަނީ ރަނގަޅަށެވެ. ހަޤީޤަތުގައިވެސް އޭނާ އެވިސްނަނީ ޒާރާ އާ ދޭތެރޭގައެވެ. ފާލިހްގެ ނަޒަރުގައި ޒާރާ އަކީ މާތްކުއްޖެކެވެ. އެފަދަ ބޮޑު ގޯހެއް އޭނައަށް ކުރެވުނީމަވެސް ޒާރާ ހިތުން ރުހުމުން މާފްކޮށްދިނެވެ. މިއަށް ރޭގަނޑު ޒާރާ ވަކި ދާނީ ކޮންތާކަށްބާއޭވެސް ފާލިހްގެ ހިތަށް އަރަމުން ދިޔައެވެ.
އެނދުމަތީގައި ބަންޑުން މީތަން އޮންނަތާ އެތައް އިރެއްވެއްޖެއެވެ. އަދިވެސް ނުހާ ގެ ބަސްތައް މީތަންގެ ހިތުގައި ހަރުލާފައިވާ ކަހަލައެވެ. އަޔާން އެތައް ފަހަރަކު ގުޅީމަވެސް ފޯނު ނަގަންވެސް މީތަން ގެ ހިތެއް ނޭދުނެވެ.
“ކީއްވެތަ ފޯނު ނުނަގަނީ.” ފަހަތުން އަޔާންގެ އަޑުއިވުމުން މީތަން އަށް ފުންމައިގެން ތެދުވެވުނެވެ.
“ވެގެން އުޅޭގޮތެއް ބުނީމަ އެނގޭނީ.” އަޔާން މީތަންގެ ލޮލަށް ބަލާލިއެވެ. ވަގުތުން މީތަން އިސްޖެހިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އަޔާންއަށް ނުދައްކަންވެގެންނެވެ.
“އަޔާން ލޯބިވޭތަ ނުހާދެކެ.” އަޔާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. މީތަން އެފަދަ ސުވާލެއް ކޮށްފާނެ ކަމަކަށް އަޔާން ހީއެއްވެސް ނުކުރެއެވެ.
“އެހެންވީމަ ނުހާ އެބުނީ ތެދެއްދޯ.” އަޔާންގެ ޖަވާާބެއް ނައިސް ލަސްވުމުން މީތަން އަށް ރޮވުނެވެ.
“ތީ ދޯ ތިވީ ގޮތަކީ. ނުހާ ކޮންމެވެސް މޮޅު ވާހަކައެއް ދެއްކީ ދޯ.” މީތަން ނުބުންޏަސް އަޔާންއަށް ވެގެން އުޅޭގޮތް ސާފުވެއްޖެއެވެ.
އަޔާން މަޑުމަޑުން ހިނގާފައި އައިސް މީތަންގެ ކައިރިއަށް ހުއްޓުނެވެ.
“ބަލާލަބަލަ އަހަރެންގެ މިދެލޮލަށް. ލޯބި ފެނޭތަ މީތަންއަށް.” އަޔާން މީތަންގެ ދަތް ދޮޅީގައި ހިފައި ހިއްލާލިއެވެ.
“އާން ފެނޭ. އެކަމަކު ނޭނގެނީ ކާކަށްޓަކާ އޮތް ލޯތްބެއްކަން.” މީތަން އަޔާން އަށް ފުރަގަސްދިނެވެ.
“އަޔާން ކީއްވެ ސީދާ ސީދާ ޖަވާބެއް ނުދެނީ. އިނގޭ ނުހާދެކެ އަދިވެސް ލޯބިވާކަން. އެހެން ނޫންނަމަ އަޔާން ނުހާގެ ހަޤީޤަތް އަޔާން ގެ ބައްޕައަކަށް ސިއްރެއް ނުކުރާނެ. ކީއްވެތަ؟ މިހުރިހާ ސުވާލަކަށް ޖަވާބު ދީބަލަ.” ވާހަކަ ދައްކަމުން ގޮސް މީތަން ފަހަތަށް އެނބުރި ބަލާލިއެވެ. އަޔާން އެއްނެތެވެ. ލިބުނު ހައިރާންކަމުގައި މީތަން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. އަނެއްކާާ އަޔާން މީތަން ކައިރީގައި ހުރުން އެއީ މީތަންއަށް ހީވި ހީވުމެއްބާއެވެ.
ބެލްކަންޏަށް ނިކުމެ މަގުގެ ދެކޮޅަށް ބަލާލީ ކުރެވުނު ހީ ޔަޤީން ކުރަން ބޭނުންވާތީއެވެ. މަގުގެ އެތްފަރާތުގައި ޕާކް ކޮށްލާފައި ހުރި ސައިކަލްމަތީގައި އިށީނދެގެން އިން އަޔާން ފެނުމުން މީތަންއަށް ލިބުނީ ހައިރާންކަމެވެ. އަޔާން ދިޔައީ ކީއްވެހެއްޔެވެ. ޖީބުގައި އޮތް ފޯނު ނަގާ އަޔާންގެ ނަމްބަރަށް ޑައިލް ކޮށްލިއިރުވެސް މީތަންގެ އަތް ތުރުތުރުލައެވެ. އަޔާން އަށް ގުޅަމުން އަނެއްކާވެސް މީތަން ބެލްކަނިން ތިރި ބަލާލިއެވެ. އަޔާން އެއް ނެތެވެ. އެތައް ފަހަރަކު އަޔާން އަށް ގުޅުމުންވެސް އަޔާން ފޯނަކަށް ޖަވާބެއް ނުދިނެވެ. ވީދެރައިން މީތަން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ހިތްފުރޭ ވަރަށް ރޯލުމަށެވެ.
ވެހެމުންދާ ހިމަފޮދު ވާރޭއާއެކު ދުނިޔެ އާ ދުވަހަކަށް މަރުޙަބާ ކިޔައިފިއެވެ. އޮފީސް ދޮރުމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މީތަން އިންތިޒާރު ކުރަމުން އެދަނީ އަޔާންއަށެވެ. ރޭގަނޑު ހަތަރު ދަމު ނުނިދާ ރުއިމުގެ ސަބަބުން މީތަންގެ ދެލޯ ވަނީ ވަޅުވަދެފައެވެ.
“އައްސަލާމް އަލައިކުމް.”ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު މީތަން އެނބުރި ބަލާލިއެވެ. އޭރު ފާލިހް އާ އަދި މީތަން ނުދަންނަ އިތުރު މީހަކު ހެވިފައި މީތަން އަށް ބަލަހައްޓައިގެން ހުއްޓެވެ.
“މިއައީ އަޔާންއަށް ރަން ކިޔަނީ ކިހާވަރަކަށްތޯ އަހަން.” ފާލިހްއަށް ހެވުނު ނަމަވެސް މީތަން ހުރީ ވާނުވާ ނޭނގިފައެވެ. ފާލިހް މީތަންގެ ކައިިރިއަށް އައިސް ހުއްޓުނެވެ. ފާލިހް މިއައީ އަޔާން ފޮނުވައިގެން ރަން ރުހޭ ބަސް ހޯދަން ކަމަށް އަނެއްކާވެސް ބުނުމުން މީތަންގެ މޫނު ރަތްވެގެންދިޔައެވެ. ލަދުން ގޮސް މީތަންއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އިސްޖަހައިގެން ހުރެ ރަންރުހޭ ބަސް ދިނުމަށްފަހު މީތަން އޮފީހާއި ދިމާއަށް ދުއްވައިގަތެވެ.
އޮފީސް ދޮރުން ވަދެވަދެ ހުރި މީތަންގެ ފިޔަވަޅު ހުއްޓުނީ އޮފީސް ތެރޭގައި ހިނިތުންވެފައި ހުރި އަޔާން ފެނުމުންނެވެ.
އަޔާން މީތަންއާ ދިމާއަށް ދެއަތް ފުޅާކޮށްލުމާއެކު މީތަން ދުވެފައި ގޮސް އަޔާންގެ އަތު ތެރެއަށްވަނެވެ.
“ސޮރީ.” މީތަންއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެތަ؟” އަޔާން މީތަންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
“އަޔާން ލިބިއްޖެ. ދެން އޯކޭ އެއްވެސް ޖަވާބެއް ނުލިބުނަސް.” މީތަން އިސްއުފުލާ އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަޔާން މީތަންގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.
އެވަގުތު އޮފީސް ތެރެއަށް ވަދެގެން އައި ނުހާއަށް އެމަންޒަރު ފެނިފައި ގަނޑުވި ކަހަލައެވެ.
“އިއްޔެ މީތަންއާ ހަވާލު ކުރި ފައިލް ކޮބާ؟” ނުހާގެ ހިތުގައި އަނދަމުންދާ ހުޅުގަނޑު ދިޔައީ އިތުރަށް ރޯވަމުންނެވެ.
“މީތަން. ގޯ ހޯމް. ޕެކް ކުރަންދޭ. ޔޫ އާ ގޮއިން ޓް ބީ މައި ވައިފް. މީގެ ފަހުން ގޭގަ ހުންނާނީ.” އަޔާން މީތަންގެ ގައިގައި ބައްދާލިއެވެ. ނުހާ އިސްޖެހީ އެމަންޒަރު ނުބަލަންވެގެންނެވެ.
މީތަން އަޔާން އަކާ އެއްވެސް ސުވާލެއް ނުކުރެއެވެ. އަޔާންގެ ކޮންމެ ނިންމުމަކާ މީތަން ރުހޭނެއެވެ.
“ގެޔަށް ގެން ގޮސް ނުދޭނަންތަ؟” މީތަން ހަމަ ގަސްތުގައި ނުހާއަށް ޖެއްސުންކޮށްލީއެވެ. ނުހާ ރޭގައި ދެއްކި ވާހަކަތައް ހިތަށް އަރާފައެވެ. އަޔާން މީތަންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
މޭޒުގައި ބޯ އަޅައިގެން އޮތް މާކިން ސިހުނީ ނުހާ އަތުގައި ހުރި ފައިލްތައް މޭޒުމައްޗަށް އުކާލި އަޑަށެވެ.
“ކޯޗެއްތަ ތި ބަލަނީ. ކުރެވުނު ވަރު އަދިވެސް ކުޑައީތަ؟ ބޮލަށް ތުރާވޭ ތަންތަނުން ދަރިން ހޯދައިގެން އައިސް މަށަށް މަންމަ ކިޔުއްވާތީ.” އަޔާން ދެކެ އައިއްސަ ހުރި ރުޅިގަނޑު ނުހާ ބާލާލީ މާކިންއަށެވެ.
“އެއީ ނުހާގެ ދަރިއެއްނު.” ފުރަތަމަ ފަހަރަށް ނުހާގެ ކުރިމަތީގައި މާކިންގެ އަނގަ ހުޅުވުނެވެ.
“ކީކޭ. މަގޭ ދަރިއެކޭ. އަދި އެއްފަހަރު ތިހެން ބުނެބަލަ.” ނުހާގެ ހޫނު ހަމަލާ އެރީ މާކިންގެ ކަންފަތް މައްޗަށެވެ. އެވަގުތު އާސިފް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ވަގުތުން ނުހާ ހުރިތަނަށް ގަނޑުވިއެވެ. މާކިން އިސްޖަހައިގެން ހުރީއެވެ. ވީތަދަކުން ނޫނެވެ. ވީ ދެރައަކުންވެސް ނޫނެވެ. އެއަށްވުރެ މާބޮޑު އަނިޔާއެއް ނުހާ ވަނީ އޭނައަށް ދީފައެވެ. އުމުރު ދުވަހު އުޅުނަސް ހިތުން ފިލުވާނުލެވޭވަރުގެ އަނިޔާއެކެވެ.
“ނުހާ. ތީ ކޮންކަމެއްތަ؟” އާސިފް އަދި ދުވަހަކުވެސް ނުހާ އަކާ އެހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ. އެހެންވެ ނުހާ ހުރީ ވަރަށް ފަސްޖެހިފައެވެ.
“ކޮންކަމެއްހޭ.” އާސިފް މާކިންގެ އިސްޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލަމުން އަނެއްކާވެސް އެހިއެވެ.
“ނޭނގެ މަށަކަށް. އަހަރެން ހިތަށް އަރާ ކަންކަން ނޭނގޭ މީހުން ކީއްވެބާއޭ ތަންތަނުގެ ވަޒީފާއަށް އަންނަނީ.” މާކިންއާ ދިމާއަށް ދެލޯ އަޅާލަމުން ނުހާ ގޮސް ފާހާނާއަށް ވަނެވެ.
އާސިފް އެއްވެސް އެއްޗެއް ނުބުނެ ހުރުމުން މާކިން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
“ތީ ކޯޗެއް؟” އަޔާންގެ މޭޒުމަތީގައި މާކިން ބާއްވާލި ސިޓީއުރައަށް ބަލާލަމުން އަޔާން އިށީނދެެގެން އިން ގޮނޑިން ތެދުވިއެވެ.
“މައި ރެޒިގްނޭޝަން.” މާކިން އޭނަގެ ފުސްވެފައިވާ ދެލޮލުން އަޔާން އަށް ބަލާލިއެވެ.
“މާކިން ދަންނަންދޯ ނުހާ ކުރިންވެސް.” ސިޓީ އުރަ ނަގާ ވައިގެ ތެރޭގައި ވިހުރުވާލަމުން އަޔާން ސީދާ މާކިންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (23)
މާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން އަޔާން ހަމަ ރީއްޗަށް ފެނުނެވެ. ހާސްވެ ކަންބޮޑުވެފައިވާ ދެލޮލުން އަޔާން އަށް ނުބަލަންވެގެން މާކިން އިސްޖެހިއެވެ.
“ހަމަ ގައިމުވެސް އަހަރެން ދަންނަން ވަރަށް ރަނގަޅަށް ނުހާ.” އަޔާން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީ އަނެއްކާވެސް މާޒީގެ ދުވަސްތައް މަތިން ހަނދާން ވުމުންނެވެ.
“ތިބުނި އެއްޗެއް ނުވިސްނުނު.” މާކިން ނިތްކުރިއަށް ރޫ ތައް ގިނަ ކޮށްލަމުން އަޔާން އާ ދިމާއަށް ބަލާލިއެވެ.
“މިބުނީ ނުހާ އަކީ އަހަރެންގެ ލޯބިވެރިޔާއޭ. އެކަމަކު އަހަރެންނަށް އޮޅުވާލާ މަކަރު ހަދާފައި މިހާރު އެއުޅެނީ އަހަރެންގެ ޑޭޑް އާ އެއްކޮށް.” އަޔާން މާާކިންއަށް ހުރިހާ ވާހަކަތަކެއް ކިޔާދެމުން ދިޔައިރު މާކިންގެ މޫނު މަތިން ފެންނަމުންދިޔަ ރުޅިވެރިކަމުންވެސް މާކިން އާ ނުހާ އާ ގުޅުމެއް އޮތް ކަން އަޔާން އަށް ޔަޤީންވާ ކަހަލައެވެ. އަޔާން ބޭނުންވީ މާކިންގެ އަނގައިން ހަޤީޤަތް ހޯދާށެވެ. މާކިންގެ ސަކަ މިޒާޖާއި އެހުންނަ މަޖާ ގޮތްގަނޑު ވެސް ނުހާ ފެނުނު ދުވަހުން ފެށިގެން ބަދަލުވެފައި ވާކަންވެސް އަޔާންއަށް ވަނީ ފާހަގަ ވެފައެވެ.
“ދެން އަޔާން ކީއްވެ މަޑުން އެއްޗެއް ނުބުނެ ތިހުންނަނީ.” މާކިން ގެ ސުވާލުން އަޔާން އަށް ހިނިތުން ވެލެވުނީ ބޭއިޙްތިޔާރުގަ އެވެ.
“ހަމަ މާކިންވެސް ތިހުންނަ ގޮތަށް.” މާކިން އެސުވާލު ކުރާނެކަން އަޔާން އަށް އެނގެއެވެ. އެ ސުވާލަށް އޭނާ ހުރީ ތައްޔާރުވެގެން ކަހަލައެވެ.
” ޒޫކަން އެއީ ކާކުގެ ދަރިއެއް. ކޮބާ އެކުއްޖާގެ މަންމަ.” އަނެއްކާވެސް އަޔާންގެ ސުވާލުން މާކިން ސިއްސުވާލި އެވެ.
މާާކިންގެ ފެންކަޅިވެފައިވާ ދެލޮލުން އަޔާންއަށް އެހުރީ ހަޤީޤަތް ފެންނާާށެވެ.
“ނުހާ އަކީ ޒޫކަންގެ މަންމަ.” އަޔާންއަށް އިންތަނުން ތެދުވެވުނީ ލިބުނު ކުއްލި ޝޮކަކުން ކަހަލައެވެ. އިތުރަށް ކަންތައްތައް އޮޅުން ފިލުވަން ބޭނުންވާ ކަހަލަ ގޮތަކަށް އަޔާން ބަލަހައްޓައިގެން ހުއްޓެވެ.
“ނުހާ އާ ރައްޓެހިވެގެން އުޅުނުއިރު ލިބުނު ކޯހެއްގައި ދާން ޖެހުނީ. އެހެންވެ ދިޔައީ ނުހާވެސް ގޮވައިގެން. އެހާ ވަރަށް ނުބަލާ އުޅެވުނީމަ ނުހާ ޕްރެގް ވީ. އެބޯޝަން ނުހެދީ ނުހާގެ ފުރާނައަށް ގެއްލުންވާނެ ކަމަށް ޑޮކްޓަރ ބުނީމަ. އެކަންތައް ތަކުގައި ނުހާގެ ފެމެލީވެސް ނުހާއާ އެއްކޮށް ގުޅުން ކަނޑާލީ. ވިހާފައި ނުހާ ހަފްތާއެއް ނުވަނީސް ދިޔައީ ފިލައިގެން. ޒޫކަން އެހާވަރު ވެފަ އެހުރީ މަންމައެއްގެ ލޯބިވެސް ނުލިބި.” މާކިން ހުއްޓާލީ އޭނަގެ އަޑުބެދި އިތުރަށް ކުރިއަށް ނުގެންދެވިގެން ނެވެ. ފެންކަޅި ވެފައި މާކިން ގެ ވާހަކަ އަޑުއަހަން ހުރި އަޔާން އައިސް މާާކިން ގެ ކަައިރިއަށް ހުއްޓުނެވެ. ކަރުނައިން ތެމެމުން ދިޔަ މާކިން ގެ ދެލޯ ފޮހެލަމުން މާާކިން އަޔާންއަށް ހިނިތުންވެލި އެވެ.
“މިހާރު މިވާހަކަތަކުގެ އެއްވެސް މާނައެއް ނެތް. ޒޫކަން އެއީ ހަމައެކަނި އަހަރެންގެ ދަރިއެއް.” މާކިން މޭޒު ކައިރީގައި ހުރި ގޮޑީގައި އިށީނީ ދެން އިތުރަށް އޭނައަށް ކޮޅަށް ނުހުރެވޭނެކަން ޔަޤީން ވީމަ އެވެ.
” ނުހާ މަށަށް ވެސް ދިނީ ވަރަށް ބޮޑު ހިތާމައެއް. އަދިވެސް އެކަމުން މިންޖެއް ނުވޭ. މަށާއެކީ ލޯބިން އުޅެމުން މަގޭ ޑޭޑް އާ އެއްކޮށްވެސް… ” އަޔާން އަކަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެވާހަކަ ދައްކަން އޭނާ ލަދުގަނެއެވެ.
“އަދިވެސް ނުހާ ދެކެ ވަރަށް ލޯބިވޭ.” މާކިން ގޮޑިން ތެދުވެގެން ދަމުން ބުނެލި ޖުމްލައިން އަޔާން ހުއްޓުން އެރިއެވެ. މާކިން ދާ ތަން ބަލަން އޭނައަށް ހުރެވުނީއެވެ.
ނުހާ ހާސްވެގެން ދެކޮޅަށް އެނބުރެނީ އަޔާން ކައިވެނި ކުރަން އުޅޭތީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނައަށް ނޭނގޭ ކަހަލައެވެ. އެންމެ ފަހުން އޭނާ ބޭނުންވީ އަޔާން އާއި ވާހަކަ ދައްކާށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކައިވެނި ހުއްޓުވަން ނުހާ ބޭނުމެވެ.
ބާރު ބާރަށް ހިނގާފައި ކެބިން އަށް ނިކުންނަން ހިނގައިގަތްތަނާ އާސިފް ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ނުހާ ދިޔައީ ސިއްސައިގެންނެވެ.
“ހާދަ ވަރަކަށް ތި ސިހުނީ ލޯބިވާ.” އާސިފް ހީލަމުން ނުހާގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“އާސިފް. ހީވޭތަ އަޔާން ކުރަން އެއުޅެނީ ރަނގަޅު ކަމެއްހެން.” އެންމެފަހުން ނުހާގެ ކެތްތެރިކަން ކޮޅުން ލުމުން ނުހާ އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދާ ކަންތައްތަކުގެ ވާހަކަ ފެށިއެވެ.
“ތިބުނީ؟” އާސިފް އަށް ނުހާ ދެއްކި ވާހަކަ ސާފު ނުވުމުން ސުވާލުކޮށްލިއެވެ.
“މިބުނީ އިހަށް ދުވަހު ދިމާވި މީހަކާ އެހާ އަވަހަށް ކައިވެނި ކުރުން އެއީ ރަނގަޅު ކަމެއްހޭ؟” ނުހާ އާސިފްގެ އަތުގައި ހިފީ އޭނަ ބޭނުންވާ ގޮތަށް އާސިފް ކަންތައް ކުރާނެ ކަން އެނގޭތީއެވެ.
“ރަނގަޅުވާހަކައެއް. އެކަމަކު އަޔާންގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް ނެތިން. މާދަން އެމީހުންގެ ކައިވެނި ޕާޓީ އެބައޮތް. އެންމެ ދުވަހަކުން ހުރިހާ ކަމެއް ނިންމާފަ މިއައީ. މާގިނަ ބަޔަކު ގެންނާކަށް އަޔާން ބޭނުމެއް ނުވޭ.” އާސިފްގެ ވާހަކަ އަޑުއަހާކަށް ނުހާއަކަށް ފަސޭހައެއް ނުވިއެވެ. މޭޒުމަތީގައި އޮތް ފައިލް ނަގާ ހާވަން ފެށީ ވެސް އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާތީ ކަހަލައެވެ.
“ޑޭޑް.” އަޔާން ގޮވާލީ އާސިފްއަށް ކަމުގައިވިޔަސް އެންމެ ފުރަތަމަ ބަލާލީ ނުހާއެވެ.
“މާކިން އޮފީހުން ކެނޑިއްޖެ.” އަޔާން ލޮލުގެ ހިމަ ކޮޅުން ނުހާ އަށް ސިއްރު ސިއްރުން ބަލާލިއެވެ.
“އެވަރު ކަމަކާތަ އޮފީހުން އެކެނޑުނީ. ތަންތަނުގެ ވަޒީފާގައި އުޅޭއިރު ތަނުގެ ބޮޑެތި މީހުން ބާރަށް އެއްޗެހިވެސް ބުނާނެ. އެވަރު ވިސްނިފައި ނެތުން އެއީ ދެން ވަރަށް ދެރަކަމެއް.” ވާނުވާ ނޭނގޭ ހާލުގައި އާސިފް ކުށްވެރި ކުރީ މާކިންއެވެ.
ނުހާ އެނގޭ ކަމަށްވެސް ނުހަދާ ފައިލްގެ ގަނޑުތައް އުކާލަ އުކާލަ އިނެވެ. އާސިފްގެ ޖަވާބު އިވިފައި އަޔާންގެ ގާތަށް ރުޅިއައެވެ. ކިތަންމެ ފަހަރަކު ނުހާ ކައިރީގައި މާކިން އޮފީހުން ދިޔަ ސަބަބު އަހާށޭ ބުނަން އަޔާން ގެ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އަޔާން ދިޔައީ މިވަގުތަށް އެއީ އެންމެ ރަނގަޅު ގޮތަށް ނުވީމައެވެ.
އޮފީސް ނިންމާފައި ފާލިހް ސައިކަލްމަތީގައި އެއިނީ އަޔާންގެ އިންތިޒާރުގައެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޭޓެއް ހުލި ކުރަމުން ފާާލިހް ދިޔައިރު އޭނާގެ ބޮލު ތެރޭގައި އެނބުރެމުންދަނީ ޒާރާގެ ޚިޔާލުތަކެވެ.
“ކިހިނެއްވެފަ ކަލޭ މާ ހާސްވެގެން ތިއުޅެނީ؟” އަޔާން އައި ގޮތަށް އައިސް ފާލިހް އަތުގައި އޮތް ސިނގެރޭޓް ފޮށި ޖަހައިގަތެވެ.
“މަލަކާ ޒާރާ ގެއިން ނެރެލައިފި.” ފާލިހް އަތުގައި އޮތް ސިނގެރޭޓް ބުރި ތުބުގައި ޖަހާ ދަމާލިއެވެ.
“ވަޓް. އެއްކަލަ ކަންތައް އެނގުނީތަ؟ ” އަޔާންއަށް ކުއްލިއަކަށް އަހާލެވުނެވެ.
ފާލިހް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން ވީގޮތް އަޔާންއަށް ކިޔައިދިނެވެ.
“ބުނަންތަ؟ އެއްގޮތަކުން ތިގޮތްވެސް ރަނގަޅު. ކުރިއަށް އޮތްތާާގައި އެއްވެސް ހާސްކަމެއްނެތި އުޅެވޭނެއެއްނު. ވިސްނަބަލަ ޕޮޒިޓިވްކޮށް.” ފާލިހްގެ ވާހަކަ އަޑުއަހަން އިނދެފައި އަޔާން ބުނެލިއެވެ.
“އެކަމަކު އިންސާފެއް ނޫން ދޯ.” ފާލިހް އަޔާންގެ އަތުގައި އޮތް ސިނގެރޭޓް ފޮށި އަތުލިއެވެ.
“އާ ޔޫ މިސިންގ ހާ؟ އިނގޭތަ އުޅޭ ތަނެއް؟” އަޔާން ފާލިހްގެ ދެލޮލަށް ބަލާލިއެވެ.
“ތިއެއް ނޭނގެ. މިސް ވާކަމެއް ނުވާކަމެއް. ވަރަށް ވާހަކަ ދައްކަން ބޭނުން. ނޭނގެ ވީ ތަނެއްވެސް. ދެން ހިނގާ ދާން ދޯ.” ފާލިހް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އަޔާންވެސް ފުން ވިސްނުމެއްގައި ހުރެގެން ސައިކަލަށް އެރިއެވެ.
ހަވީރުގެ ފިނީގައި މަލަކާ އާއި މީތަން އުޅުނީ ޝޮޕިން ކުރުމުގައެވެ. މީތަންގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ދުވަހުގެ ތައްޔާރީތައް ވުމުގައެވެ.
“އެ ވެޑިން ޑްރެސް ހެޔޮވަރުތަ؟ ކުއްލިއަކަށް ހުރިހާ ކަމެއް ކުރަންވީމަ ވާނީ ތިހެންނު..” މަލަކާ މީތަން އާއި ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އާން. ނަސީބަކުން ހެޔޮވަރު. އެމީހުން ނަމޫނާއަކަށް ބައިންދާފައިން ޑްރެސް އެއް އެއީ. ބަޓް ވަރަށް ލޯބި. ދެން އަޔާން މިރޭ އައިއްސަ ފައިނަލް ކުރާނީ.” މީތަންގެ އަޑުންވެސް އޭނާ ހުރީ ވަރަށް އުފަލުންކަން އެނގެއެވެ.
“އޭތް ބަލާބަލަ. އެއޮށް ދަނީ ތިގޭގައި ހުންނަ ކުއްޖާއެއް ނޫންތަ؟” އެއްލިކަޅިއަކުން މީތަން އަށް ޒާރާ ފެނުމުން އަތުގެ އިޝާރާތުން މަލަކާ އަށް ދައްކާލިއެވެ.
“ނޮޓް އެނީ މޯ.” މަލަކާގެ މޫނު ވަގުތުން ފުސްވިއެވެ.
“ކީކޭ؟” ލޮލު ކޮޅަށް ގެއްލެމުން ދިޔަ ޒާރާ އަށް ބަލަން ހުރެ މީތަން އަހާލިއެވެ.
“އާން. އޭނަ ފާާލިހްގެ ފަހަތުން ދުވާތީ. ދެން އެވާހަކަ ބާއްވަބަލަ. ހިނގާާބަލަ އެފިހާރަައަށް ވަންނަން.” މަލަކާ އެވާހަކަ ދައްކަން ބޭނުންނުވީއެވެ.
އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާާގެ އަސަރުވެރިވަމުން ދިޔައިރު ޝަރީފާ އާއި ނާސިރާ ތިބީ ވިލިގިލީގެ އުތުރު ފަރާާތު އަތިރިމަތީގައެވެ.
“ވަރަށް ވިސްނާފަތަ ތިކަން ކުރަން ތިނިންމީ؟” ނާސިރާ އޭނަގެ އަތުގައި ކޮތަޅު ކޮޅަކުން އޮޅާލާފައި އޮތް އެއްޗެއް ނަގާ ކުޑަ ބިއްލޫރި ފުޅިއަކަށް ލިއެވެ.
“އާން. ތިދެން ޝައްކެއްވެސް އޮތް ކަމެއްނޫން. މަގޭ ދަރިއަށްވެސް ރަނގަޅުގޮތް ވާން މަވެސް ބޭނުންވާނު.” ޝަރީފާ ޔަޤީންކަން ދިނުމުން ކުޑަކޮށް ތުންތަޅުވާލުމަށްފަހު އެފުޅި އުދެރެހާ ދިމާއަށް ދިއްކޮށްލިއެވެ. ކުޑަ އިރުކޮޅަކު އެގޮތަށް ހުރުމަށްފަހު ލައިގެން ހުރި ހެދުން އަރުވާ ޖަހާލަމުން ފައިތިލި ފޮރުވޭ ވަރަށް މޫދަށް އެރުނެވެ. އަދި އަތުގައި އޮތް ކުޑަ ފުޅި މޫދަށް ދޫކޮށްލިއެވެ.
“މިފަހަރު ޔަޤީންތަ؟” ނާސިރާ ދެއަތް ފޮޅާލަމުން މޫދުން އެރުމުން ޝަރީފާ ހީލިއެވެ.
“އަން. މީތި އެންމެ އަވަހަކަށް ފާލިހްއަށް ބޯން ދީ.” ޖީބުން ނެނގި ކުޑަ ފުޅިއެއް ޝަރީފާ ގެ އަތު ތެރެއަށް ލަމުން ނާސިރާ ބޯޖަހާލިއެވެ. ޝަރީފާ ހިތްހަމަޖެހުމުގެ ނޭވާ އެއް ލަމުން ހިނިތުންވެލިއެވެ.
މަލަކާގެ އިންތިޒާރުގައި އިން ފާލިހް ފޫހިވެގެން ގޭގެ ބަގީޗާއަށް ނިކުތެވެ. އޭރު ކަޅު ފޮއެ ރެއެއްގެ އަނދިރިކަން ވަނީ މުޅި ދުނިޔެވެސް ވަށާލާފައެވެ. އެހާވެސް އަނދިރިއެވެ.
ފާލިހް ބަގީޗާގައި ހުރި ކުޑަ ދަށުގައި ހުއްޓިލިއެވެ. ކުޑަ އިރުކޮޅަކަށް އެކަނިވެލިޔަސް އޭނާގެ ސިކުނޑީގައި ޒާރާގެ ޚިޔާލުތައް އެނބުރިގަނެވެ. ޒާާރާ އުޅޭ ތަނަކާއިމެދު އެހާ ވިސްނެއެވެ. އެއްފަހަރު ނަމަވެސް ވާހަކަ ދައްކާލަން ހިތް އެދެއެވެ.
“ދަރިފުޅާ. ކީއްތިކުރަނީ މިތާ.” ޝަރީފާގެ އަޑަށް ފާލިހް އަށް އޭނަގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ.
“ކަމެއްނުކުރަން.” ފާލިހް އުޑުމަތީގައި ރަސްކަން ކުރަމުންދާ އަނދިރިކަމަށް ނަޒަރު ހުއްޓާލިއެވެ.
“މަންމާ ކޮބާތަ ޒާރާ. އުޅޭތަނެއް އެނގޭތަ؟” އެންމެ ފަހުން ފާލިހް އޭނާގެ ހިތް ބަންޑުން ކޮށްލިއެވެ.
“ދަރިފުޅު އާދެބަލަ މަންމަ އާ އެއްކޮށް.” ޝަރީފާ އޭނަގެ މަޤްސަދު ކާމިޔާބު ކުރުމަށްޓަކައި އަވަސް ވެގަތް ކަހަލައެވެ.
ޝަރީފާ ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
ކާމޭޒު ކައިރީގައި ހުރި ގޮޑި ޝަރީފާ ދަމާލުމާއެކު ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ފާލިހް އެގޮޑީގައި އިށީންނި އެވެ. ފުރުސަތުގެ ބޭނުން ހިފަމުން ޝަރީފާ ދުރަށް ޖެހިލާފައި ލައިގެން ހުރި ހެދުމުގެ ޖީބަށް އަތްކޮށްޕާާލާ ކުޑަ ފެންފުޅި ނެގިއެވެ. އަދި ބިއްލޫރި ތައްޓަަކަށް އެފެން ފުޅި ހުސްކޮށްލިއެވެ.
“ދަރިފުޅު މާ ވަރަކަށް ޒާރާ އާ ދޭތެރޭ ވިސްނަނީ ކީއްވެތަ؟” ޝަރީފާ ފާލިހްގެ ކުރިމަތީގައި ފެންތަށި ނަގާ ބަހައްޓާލިއެވެ. އަދި ޖެހިގެން އިން ގޮޑި ދަމާލާފައި އިށީންނި އެވެ.
ފާލިހް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން އިނެވެ.
“ހާދަ ކަންބޮޑުވެފައޭ ދަރިފުޅު ތިހުންނަނީ. ފުރަތަމަ މިފެންތަށި ބޯލާފަ ހަމަޖެހިލަބަލަ.” ޝަރީފާ ފެންތަށި ނަގާ ފާލިހްއަށް ދިއްކޮށްލިއެވެ. ފާާލިހް އެފެންތަށީގައި ހިފަމުން ތުބުގައި ޖެހިއެވެ. ޝަރީފާ ހިނިތުންވެފައި ފާލިހް ފެންތަށި ހުސްކޮށްލާ މަންޒަރު ބަލަން އިނެވެ.
“ޒާރާ ގޮއްސި ރަށަށް. އެކޮޅުން ވަޒީފާ އަކަށް ދާނީއޯ. އެއްވެސް ހިތްބުރަކަމެއް ނެތޯ. މިއަދު ހެނދުނު މިގެޔަށް އައޭ.” ޝަރީފާ ދޮގަކަށް ފަހުން ދޮގެއް ހަދަމުން ފާލިހްގެ ހިތްހަމަ ޖައްސާާލަދިނެވެ.
“ބޭބީ….. -” ފާލިހް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ މަލަކާ ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައުމުން ފާލިހް ހިމޭންވިއެވެ.
“މަންމަ. މިއަދު ނުފެނި ކޮންތާކުތަ އުޅުނީ.” މަލަކާ އަތުގައި އޮތް ފޮތި ކޮތަޅެއް ޝަރީފާއަށް ދިއްކޮށްލިއެވެ.
“ހަމަ މިއުޅެނީނު. ހޯދަން އުޅޭ މީހުންނަށް ދޯ ފެންނާނީ.” މަލަކާ އަތުން ފޮތިކޮތަޅު އަތުލައިގެން ޝަރީފާ އޭނަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ޑްރެސިންގް ޓޭބަލް ކައިރީގައި މަލެއް ހެން ހެދިލައިގެން އިން ނުހާގެ މޫނު މަތީގައި އެއްވެސް ތާޒާ ކަމެއްނެތެވެ.
“އަދިވެސް ނުނިމޭ.” އާސިފް ނުހާ ރީތިވެ ނުނިމިގެން ކޮޓަރި ތެރެއަށް އައިސްވަނެވެ.
“މިހާރު ޕާޓީވެސް ފެށިއްޖެ. ހިނގާބަލަ ދާން.” އާސިފް ނުހާގެ ކައިރިއަށް އައިސް ހުއްޓުނެވެ.
“ވާއު. ސާދަ ފަނަރައިގެ ހަނދުތަ މީ އަޅެ.” އާސިފް ގުދުވެލާފައި ނުހާގެ އަތުގައި ތުންފަތް ޖައްސާލިއެވެ.
ނުހާ މާބޮޑު ފަރުވާލެއް ނުބަހައްޓާ ހިނގައިގަތެވެ.
އަޔާން މީތަން އަށް ބަލަހައްޓައިގެން ހުރީ ކަޅިވެސް ޖަހާނުލައެވެ. މިހާރު މީތަން އަކީ އޭނާގެ އަލަތު އަނބިމީހާއެވެ. ޕާޓީއަށް އަންނަ އެންމެންނާ ސަލާމް ކުރަމުން މީތަން ހިނިތުންވެލައެވެ.
“އަޅެ މަށާ ދިމާއަށް ބަލާލާފަ ހީލިއްޔާ ކީއްތަވާނީ.” އަޔާން ލާނެތް ފާާޑަކަށް ހީލިއެވެ. މީތަން އަނގަޔަށް ވައްތަރެއް ޖައްސާާލަމުން އަނެއްކާވެސް މެހެމާާނުންނާ ދިމާއަށް އެނބުރުނެވެ.
“ދަރިފުޅު. ބާއްޖަވެރި ދިރިއުޅުމަކަށް އެދެން.” އާސިފް އަޔާން އާއި ކަރާއި ކަރު ޖައްސާ ސަލާމްކޮށްލިއެވެ. ނުހާ އަވަސް އަވަހަށް އެތެރެއަށް ވަދެ ހުސް މޭޒެއް ކައިރީގައި އިށީނދެލިއެވެ. އަޔާން އާއި މީތަން އާ ކުރިމަތިލާން އޭނާ ބޭނުން ނުވީއެވެ. މީތަންއާ އަޔާން އަށް އެމަންޒަރު ފެނުނު ނަމަވެސް އެމީހުންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދިނެވެ.
ޕާޓީގެ މީރު ކެއުމަށް އިންސާފް ކުރަމުން ދިޔަ އެންމެންގެ ސަމާލު ކަން ހުއްޓުވާލީ އަޔާންގެ އަޑެވެ.
“ޑޭޑް. އައި ހޭވް ސަމްތިންގް ޓް ޝޯ ޔޫ.” އަޔާން މަޑުމަޑުން ހިނގާފައި އައިސް އާސިފްގެ ކައިރިއަށް ހުއްޓުނެވެ. އަދި ފާލިހްއަށް އަތުން އިޝާރާތް ކޮށްލިއެވެ. ހަމަ އެވަގުތު މުޅި ތަން އަނދިރިވެގެން ދިޔައެވެ. ޕްރޮޖެކްޓަރު ގެ ލައިޓްގެ އަލިން އަނެއްކާވެސް މުޅި އެތަން އަލިކޮށްލުމާއެކު އެންމެންގެ ލޯތައް އެދިމާއަށް ހުއްޓުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (24)
ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަދަލުވަމުން ދިޔައިރު ނުހާ ތުރުތުރުއަޅައެވެ. އަނގަ ތަންމިނަން ހުޅުވައިގެން ހުރި އާސިފް ހުއްޓުން އަރާފައި ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރާއި މެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ އާއި މާކިން ގެ އެފޮޓޯތަކަށް ބަލަން ތިބި އެންމެން ނުހާ އާއި ދިމާއަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.
“ވަޓް އިޒް ދިސް އަޔާން؟” އާސިފް ދުވަހަކުވެސް އަޔާން ދެކެ މިހާ ރުޅިއައިސްފައެއް ވާހަކައެއް ނުދައްކައެވެ.
“ޓްރްތު.” އަޔާން ހުރީ އާސިފްގެ ހުރިހާ ސުވާލުތަކަށް ތައްޔާރުވެގެންނެވެ. ނިތްކުރިމައްޗަށް އެރި ކުދިކުދި ރޫތަކާއެކު އާސިފް ދެލޯ ކުޑަކޮށްލީ އަޔާން ދެއްކި ވާހަކަ އޮޅުން ނުފިލާތީއެވެ.
އަޔާން ބާރު ހިނގުމެއްގައި ގޮސް މޭޒެއްގެ ކައިރީގައި އިށީނދެގެން އިން ނުހާގެ އަތުގައި ހިފިއެވެ.
“އަޔާން ޕްލީޒް.” ވައި އަޑުން ނުހާ ވާހަކަ ދެއްކީ އަޔާން އަށް އެކަނި އަޑުއިވޭ ވަރަށެވެ. އަޔާން ނުހާއަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ނުހާ ގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އާސިފްގެ ކުރިމައްޗަށް ގެނައެވެ.
މާކިންގެ އަތުން ހުރިހާ ފޮޓޯތަކެއް ހޯދުމަށްފަހު އަޔާން ނުހާ ބޭޒާރުކޮށްލަން ނިންމީ ޒޫކަން އާއި ދޭތެރޭގައި ނުހާ އެހާ ރަހުމްކުޑަކޮށް ކަންތައް ކުރީމައެވެ.
“އިތުރަށް ނުހާ ކައިރީގައި އަހާބަލަ. މާ ރަނގަޅަށް ކިޔައިދޭނެ.” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް އަޔާންގެ އަޑެވެ.
“ނުހާ. މީ ކޮން ކަންތައްގަނޑެއްތަ؟” އާސިފް ނުހާގެ އަތުގައި ހިފައި ދަމައިގަތީ ވަރަށް ބާރަށެވެ. ރުއިން ނޫން އެހެންކަމެއް ނުހާއަކަށް ނުކުރެވުނެވެ. އަޔާން މޫނު އަނެއްފަރާތަށް އަނބުރާލީ ނުހާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލަން އޭނައަށް އުނދަގޫވާތީއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއް ހެއްޔެވެ؟ ހުރިހާ ކަމެއް އެނގޭ އިރުވެސް ނުހާ ދެރަވީމާ އަޔާން ދެރަވެއެވެ.
“ނުހާ. ޖަވާބެއް ނުދީ ރުޔަސް ނުވާނެ އެއްވެސް ކަމެއް.” އާސިފް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.
“އާން. އެއީ އަހަރެންގެ މާޒީ. މާކިން އެއީ އަހަރެންގެ މާޒީ. ޒޫކަން އެއީ އަހަރެންގެ ދަރި. ދެން ކޮބާތަ މައްސަލައަކީ؟ މާކިން އާ އެކީ އަހަރެން ހެޕީ ނޫންވީމަ އަހަރެން އޭނަ ދޫކޮށްލީ. ޒޫކަން އަހަރެންނާ އެކީ ނުގެނައީ އެވަގުތު އަހަންނަށް އެއްވެސް ގޮތެއް ނެތީމަ. ޒޫކަން ބެލޭނެ ފެންވަރު ނެތީމަ. އެއީ އަހަރެންގެ ކުށެއްތަ؟” ނުހާގެ އަޑު މުޅި ހިސާބުގައި ގުގުމާފައިވާ ކަހަލައެވެ. ގިސްލަމުން ނުހާ ވާހަކަދައްކަމުން ދިޔައިރު އޭނައާއި ދިމާއަށް އެންމެންގެ ލޯތައް ވަނީ ހުއްޓިފައެވެ.
އާސިފް އަޔާން އަށް ބަލާލީ ނުރުހުންވެފައި ހުރެއެވެ.
“ނުހާ އާދޭ ދާން.” އާސިފް ހުރީ އިންތިހާއަށް ދެރަވެފައެވެ. ނުހާ ދެއްކި ވާހަކަތައް އާސިފް ޤަބޫލުކުރިކަހަލައެވެ. ނުހާ ގެ ވެސް މާޒީއެއް އޮވެދާނެ ކަމަށް އާސިފް ޤަބޫލުކުރެއެވެ.
“ޑޭޑް. ވެއިޓް.”އެއްލި އަތުން އަޔާން އާސިފްގެ އަތުގައި ހިފިއެވެ.
“އަޔާން. ދެން އިތުރަށް ދައްކަން ވާހަކައެއް ނެތް.” އާސިފް ނުހާގެ އަތުގައި ހިފައިގެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
މީތަން އަޔާންގެ އަތުގައި ހިފީ އަޔާން އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަޔާން ފާލިހްއަށް ބަލާލުމާއެކު ފާލިހްވެސް ބޯޖަހާލިއެވެ.
“ނުހާ ޗީޓެޑް މީ ޓޫ.” އަޔާންގެ ބާރު އަޑުން އާސިފްގެ ދެފައިގައި ކަސްތޮޅު އެޅުވި ކަހަލައެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު އަޔާންއަށް ހެޔޮ އެދޭ އެތައް ބައެއްގެ ހިތްވަރާއެކު އަޔާން އޭނަގެ ބައްޕަގެ ކުރިމައްޗަށް ހާމަކޮށްލިއެވެ.
އަޔާންގެ ފެންކަޅިވެފައިވާ ދެލޮލަށް އާސިފް ބަލަހައްޓައިގެން ހުރިއިރު ނުހާއަށް ހުރެވުނީ ދެން ވާނީ ކިހިނެތްބާއޭ ހިތަށް އަރާފައި މޭގަނޑު އަތަށް ނަގައިގެންނެވެ. އަޔާން އާސިފް ކުރިމަތީގައި އެވާހަކަ ދައްކަން ކެރިދާނެ ކަމަށް ނުހާ ހީވެސް ނުކުރެއެވެ. އަޔާން އާާސިފްއަށް އޭނަގެ ފޯނު ނަގާ ދިއްކޮށްލަމުން ހުރިހާ ހަޤީޤަތެއް ކިޔައިދޭންފެށިއެވެ. އާސިފް އަޔާން ދިއްކޮށްލި ފޯނުގައި ހިފަމުން ނުހާގެ އިސްޖެހިފައިވާ މޫނަށް ބަލާލިއެވެ. ހުރިހާ މެސެޖްތަކާއި ފޮޓޯތައް ހުރީ ލޯ ކުރިމަތީގައި ފެންނާށެވެ. ދެން އިތުރަށް އަހާނެ، ދައްކާނެ ވާހަކައެއްނެތެވެ.
ޕާޓީގައި ތިބި އެންމެންގެ ލޯތައް އާސިފްމެންނަށް އަމާޒުވެފައިވާ އިރު އެންމެންވެސް އިންތިޒާރު އެކުރަމުންދަނީ އާސިފްގެ ޖަވާާބަކަށް ކަހަލައެވެ.
“ޑޭޑް. މި ވާހަކަ ނުބުނެ ލަސްކުރެވުނީ ބުނާނެ ހިތްވަރު ނެތީމަ. އެކަމަކު މިހުރިހާ ކަމެއް ހިތުގަ ސިއްރުކޮށްގެން ފަހުން ވާން ޖެހޭ ދެރަ މާބޮޑު ވެދާނެ. އަހަރެން ބޭނުމެއް ނޫން ނުހާގެ ހިޔަނިވެސް އަހަރެންގެ ދިރިއުޅުމަކަށް ދެން އެޅޭކަށް.” އަޔާން އާސިފްގެ ގައިގައި އޮޅުލައިގަތެވެ. އާސިފް ހުރިގޮތަށް ހުރީއެވެ. އަޔާން ދެކެވެސް ހިތްހަމަ ނުޖެހިފައެވެ. ކޮންމެ ގޮތެއްވިޔަސް އެންމެންގެ ކުރިމަތީގައި އެހުރިހާ ޑްރާމާއެއް ކުޅެ އާއިލާގެ އަގު ވައްޓާނުލިއަސް އަޔާންއަށް އެނޫން ގޮތަކަށްވެސް އެވާހަކަ ބުނެވިދާނެ ކަމަށް އާސިފް ޤަބޫލުކުރެއެވެ.
“މިވަގުތުން ފެށިގެން ނުހާ އަކީ މަގޭ އަތްބެއް ނޫން.” އާސިފް ދެލޯ މަރާ ބާރުކޮށްލިއެވެ. ނުހާ އަނގަ މަތީގައި އަތް އަޅައިގެން ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. އާސިފްގެ ބައެއް އެކުވެރިން ކުރިއަށް ޖެހި އާސިފްއަށް ހިތްވަރުދެމުން ދިޔައެވެ. ނުހާ ދިޔަ ދިމާއަށް އަޔާން އަށް ހުރެވުނީ ބަލާށެވެ. އެންމެ ފަހު ވަގުތުގައިވެސް ނުހާ ދެކިލަން ބޭނުންވާ ކަހަލައެވެ. އެރޭގެ ޕާޓީ ނިމިގެން ދިޔައީ އަޔާންގެ އާ ދިރިއުޅުމެއް ފެށި އޭނަގެ ބައްޕަ އާސިފްގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހިގެންނެވެ.
ލައިގެން ހުރި ބަރު ހެދުމާއެކު މީތަން ފިނިފެންމަލުގެ މީރު ވަހުން އެއްވަސް ވެފައިވާ ކޮޓަރި ތެރޭގައި އެނދުމަތީގައި އިށީނދެގެން އިނީ އަޔާންގެ އިންތިޒާރުގައެވެ. މީތަން އިރުއިރު ކޮޅާ ދެއަތްތިލަ ކަކުލުގައި އަޅުވާލަމުން ބޮނޑިވެގަނެވެ. ކަކުލުގައި މޫނު ޖައްސައި މޫނު ފޮރުވާލައެވެ. ބުނެދޭން ނޭނގޭ އުފާވެރިކަމާއި ނުތަނަވަސްވެފައިވާ ހިތް ތެޅޭކަން މީތަންއަށް އިހްސާސް ކުރެވޭތީ މީތަންގެ މޫނުގެ ކުލަވަރު އެކިފަހަރު ބަދަލުވެގެންދެއެވެ.
“އާ ޔޫ ހެޕީ ނައު.” ނުހާގެ އަޑުން ގޯތި ތެރޭގައި ހުއްޓިލައިގެން ހުރި އަޔާން ދިޔައީ ސިއްސައިގެންނެވެ. އަޔާން އެނބުރި ބަލާލިއިރު ކަރުނުން ފުރިފައިވާ ދެލޮލުން ބަލަހައްޓައިގެން ނުހާ ހުއްޓެވެ. އަޔާން އަނެއް ފަރާާތަށް މޫނު އަނބުރާލަމުން ދެޖީބަށް އަތް ޖަހާލިއެވެ. ނުހާ އިތުރު އެއްޗެއް ނުބުނެ ލަގެޖް ދަމަމުން ހިނގައިގަތެވެ.
“ނުހާ.” އަޔާންގެ ވޭނީ އަޑު ނުހާގެ ކަންފަތުގައި ޖެހުމުން ނުހާ ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.
“މަށާ ދެން އަޔާން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ.” ނުހާ ވާހަކަ ދެއްކީ އަޔާންއަށް ފުރަގަސްދީގެން ހުރެއެވެ. ނަމަވެސް ނުހާ ވާހަކަ ދެއްކީ ރޮމުން ކަން އަޔާން އަށް އެނގުނެވެ. އަޔާން އަކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާ ގެ އަތުގައި ހިފައި ދަމާލަމުން ގެނެސް އަޔާން ގެ އަތުތެރޭގައި ނުހާ ހައްޔަރުކޮށްލިއެވެ. ނުހާގެ ބަޑި ފަޅައިގެން ދިޔަ ކަހަލައެވެ. ބާރު ބާރަށް ރޮމުން އޭނާ އަޔާންގެ މޭތެރޭގައި ބޮނޑިވެލިއެވެ. އަޔާާންގެ ހާލުވެސް ހަމަ އެފަދައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ އަޔާން ގެ ތުބުޅި ތެއްމަމުންނެވެ.
“ޔޫ ޑޯންޓް ލަވް މީ.” ނުހާ އަޔާންގެ މޭމަތީގައި ދަތް އަޅާ ބާރުކޮށްލުމުން އަޔާން އަދި ވަކިން ބޮޑަށް ނުހާގެ ހަށިގަނޑު އަތު ތެރޭގައި ފިއްތާލިއެވެ.
“ނޯ. އައި ޑޫ ލަވް ޔޫ އަލޮޓް.” އަޔާން ނުހާގެ ދަތް ދޮޅީގައި ހިފާ ހިއްލާލިއެވެ.
“ނުހާ ކީއްވެ އެގޮތަށް ކަންތައް ތިކުރީ.” އަޔާން ނުހާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަހަރެންވެސް ނާހަމެއްނު އަޔާން ތިގޮތަށް ކަންތައް ތި ކުރީ ކީއްވެހޭ.” ނުހާ އަޔާންގެ އަތު ތެރޭން ވީއްލިގެން ގޮސް ތަންކޮޅެއް ދުރަށް ހުއްޓުނެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އަޔާން ނުހާ ގެ ފަހަތުން ގޮސް ނުހާާ ގެ ގައިގައި އަނެއްކާާވެސް ބައްދާާލިއެވެ. އަޔާން އަށް އޭނައަކީ މީހެއްގެ ފިރިއެއްކަން ވެސް އިޙްސާސް ނުވާ ކަހަލައެވެ. އަލަތު ކައިވެނީގެ އުފާާވެރި ރޭ އޭނައަށް އިންތިޒާރު ކޮށްގެން މީތަން އިންކަން ވެސް އަޔާާންގެ ހިތުގައި ނެތް ކަހަލައެވެ.
“އަޔާން އަށް ދުވަހަކުވެސް މާފް ނުކުރާާނަން. އަދި ދުވަހަކު އަޔާން ފެންނަ ހިސާބަށްވެސް ނާންނާނަން.” ނުހާ އަޔާން ކޮށްޕާލަމުން ހިނގައިގަތެވެ.
“ނުހާ. ނުހާ ގެ އެކައުންޓް ޗެކް ކޮށްލައްޗޭ. ނުހާ އަށް އަރާާމުގައި އުޅެވޭނެ ގޮތް ހަމަޖައްސާފަ ހުންނާނީ. ނުހާ އަށް ތިހެން ތިވީ ނުހާގެ ވެސް ކުށުން. އެކަމަކު މިހިތަކުން ދުވަހަކުވެސް ނުހާގެ ނަމެއް ނުފިލާނެ.” އަޔާން ގެ ދެލޯ ފުރިގެން ބަންޑުންވިއެވެ. ނުހާ އަށް އަޔާން ދެއްކި ވާހަކަ އަޑު އިވުނު ނަމަވެސް ފަސް އެނބުރި ބަލާކަށް އޭނާ ބޭނުމެއްނުވިއެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މީތަން އިސްއުފުލާލިއެވެ. މަޑު ހިނގުމެއްގައި އައިސް އަޔާން އެނދުގައި އިށީނދެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކޮބާ ބައްޕަ” އަޔާންގެ މޫޑް އެހާ ރަނގަޅު ނޫންކަން މީތަން ދެނެގަތެވެ.
“ޑޭޑްގެ ރައްޓެހިން ގެންގޮއްސި ޑޭޑް ރިޒޯޓަށް. ހީވަނީ އޯކޭ ހެން. ވަރަށް ރީއްޗަށް ވާހަކަ ދެއްކީ.” އަޔާން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮށޯވެލިއެވެ.
“ސޮރީ. އައި ހޯޕް އަންޑަސްޓޭންޑް ވާނެކަމަށް. ވަރަށް ބޮލުގަ ރިއްސާ. ލެޓްސް ސްލީޕް.” އަޔާން މީތަންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. މީތަން ހިނިތުންވެލިއެވެ. ކިހާ އޯގާތެރި އަތްބެއް ހެއްޔެވެ؟ އެއްވެސް ޝަކުވާއެއް ނެތި އަޔާން ދެއްކި ވާހަކަ ޤަބޫލުކުރިއެވެ.
“އަންނާނަން ހެދުން ބަދަލު ކޮށްލައިގެން.” މީތަން އަޔާން ގެ ބޮލުގައި ފިރުމާލަމުން އެނދުން ތެެދުވިއެވެ. އަޔާން ހިނިތުންވެލީ ގަދަކަމުންނެވެ. ނުހާ ގެ ޚިޔާލުގައި މީހާގެ ބޯގޮއްވަމުން އަޔާން އެނދުގައި ރީއްޗަށް ހަށިގަނޑު ދަމާލިއެވެ. މީތަން އާއި ކުރިމަތިލާނެ ހިތްވަރު އޭނާގެ ނެތެވެ. އެހެންވެ ދެލޯ މަރާ ބާރުކޮށްލައިގެން އޮތީ ނިދައިފި ކަން މީތަން އަށް އެންގެމުގެ ގޮތުންނެވެ.
ފާހާނާއިން މީތަން ނިކުންއިރު އަޔާން އަށް ނިދިފައި އޮތުމުން މީތަން ގެ ހިތުގައި ޖެހުނެވެ. ނަމަވެސް މީތަން ހީކުރީ މިރޭ އެވީ ހުރިހާ ކަމަކާއި އަޔާން ބޯގޮވީ ކަމަށެވެ. ކުޑައިރުކޮޅަކު އެހުރި ފިޔަވަޅު މަތީގައި ހުރެފައި މީތަން އައިސް އެނދުގައި އޮށޯވެލިއެވެ. އަދި ނިދޭތޯ ލޯ މަރާލިއެވެ.
“ނިދަނީތަ؟” ފާލިހްގެ މެރިފައިވާ ދެލޮލަށް މަލަކާ ބަލަހައްޓައިގެން އޮތެވެ.
“ނިދޭތޯ.” ފާލިހް ނިތްކުރިމަތީގައި އަތް ބާއްވާލިއެވެ.
“މިރޭ އެވީ ކަންތައްތަކާއި ދޭތެރޭގައި ވިސްނަނީތަ؟ ހަމަ ރަނގަޅަށް އެނުހާ އަށް އެވީ. ހާދަ ފޫއްސެއްވޭ ފެނުނަސް. ޔަޤީނޭ އެނުހާ އެގޭގައި އުޅޭނަމަ މީތަން ފަކީރު ނޭވާ ލިޔަވެސް ނުދޭނެކަން. ދެން އެކަން ވެސް އެނިމުނީނު. މީތަންގެ މަންމަމެންވެސް ތިބީ ވަރަށް ހެޕީވެފަ އަޔާން އާ މެދު.” މަލަކާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ފާލިހް އޮތީ އެއްވެސް އެއްޗެއް ނުބުނެއެވެ.
“ބޭބީ ނިދީތަ؟” މަލަކާ ފާލިހްގެ އަތުގައި ހިފައި މަޑުމަޑުން ތަޅުވައިލިއެވެ. އެއްވެސް ޖަވާބެއް ނައުމުން ފާލިހް ނިދީ ކަމަށް ހީކޮށް މަލަކާވެސް ބާލީސް މޫނުމަތީގައި އަޅާލިއެވެ.
އާ ދުވަހަކަށް އިރު އެރީ މީތަން ބަދިގޭގައި ހުއްޓައެވެ. ނީތާ ހޭލިއިރު މީތަން ހުރީ ސައިގެ ކަންތައްވެސް ނިންމާފައެވެ. ހުރިހާ ކަމެއް ތައްޔާރުކޮށްލާފައި މީތަން ހިނގައިގަތީ އަޔާންއަށް ގޮވަން ދާށެވެ. ނަމަވެސް ގޭގެ ދޮރު ހުޅުވުނު އަޑަށް މީތަން ދޮރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު އާސިފް ދޮރުން ވަދެގެން އަންނަނީއެވެ. ބޯވެފައިވާ އޭނާގެ މޫނުމަތިން ދޭހަކޮށްދެނީ ރޭގަނޑުގެ ނިދިކޮޅުވެސް އޭނައަށް ގެއްލިފައިވާ ހެންނެވެ.
“ޑޭޑް. އާދޭ ސައިބޯން.” ފުރަތަމަ ފަހަރަށް ސާހިބުމީހާ އަށް ބައްޕަ ކިޔަން ޖެހުނީމަ މީތަން ހުރީ ފަސްޖެހިފައެވެ.
އާސިފް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އޭރު އަޔާންވެސް އޮފީހަށްދާން ތައްޔާރުވެގެން ސިޑިން ތިރިއަށް ފައިބަނީއެވެ.
“ތިޔޯ. ކީއްކުރަން އޮފީހަށް ދަނީ. އަވަހަށް ފުރަން ތައްޔާރުވެބަލަ މީތަން ގޮވައިގެން.” އާސިފް އަޔާންއަށް ބަލާލަމުން ދެފަރާާތަކަށް ބޯހޫރާލިއެވެ. އަޔާން ސިޑިން ފައިބައިގެން އައި ބާރު މިނުގައި އާސިފް ގެ ގައިގައި އޮޅުލައިގަތެވެ. އާސިފް އަޔާން ގެ ބުރަކަށީގައި ފިރުމާލީ ލޯތްބާއެކުގައެވެ.
“ޑޭޑް. ފޮގިވް މީ.” އަޔާން ކުޑަ ކުއްޖެއް ފަދައިން ރޮއެގަތެވެ.
“ދަރިފުޅުގެ ކުށެއް ނެތޭ. ބައްްޕަ އަށް މާފްކުރޭ.” އާސިފްގެ ކުރެހިފައިވާ އަޑު ނިކުތީ ވަރަށް އުނދަގުލުންނެވެ.
“ދެން ނިމުނީ. ތި ވާހަކަ ބާއްވާ. ހިނގާ ސައިބޯން.” މީތަން އައިސް ދެމީހުންގެ ގައިގައި އެއްފަހަރާ ބައްދާލިއެވެ. މީތަންގެ ހިތްހެޔޮކަމާއި ރަނގަޅު އަޚްލާޤް އެވަގުތުވެސް އާސިފްއަށް ފާހަގަވިއެވެ. އަދި އަޔާންގެ ހޮވުމާއި މެދު ފަޚްރުވެރިވާ ފަދަ ގޮތަކަށް މީތަން އަށް ހިނިތުންވެލިއެވެ.
ފާލިހްއަށް ފުންމައިގެން ތެދުވެވުނީ ފޯނު ރިންގްވާ އަޑަށެވެ.
“މިދަނީ އަޔާން. ސޮރީ.” ގުޅީ އޮފީހުން އަޔާން އެވެ. ފާލިހް ލަސްވެގެންނެވެ. ފޯނު އެނދުމައްޗަށް އެއްލާލަމުން ފާލިހް އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލިއިރު ނުވައެއް ޖަހަނީއެވެ.
“މަލަކާ. މަލަކާ.” ފާލިހް ހަޅޭލަވައިގަތެވެ. ސިއްސައިގެން ގޮސް މަލަކާ ތެދުވިއިރު އޭނަގެ ދެލޯ ހުރީ ބޮޑުވެފައެވެ. ފާލިހް އެހާ ރުޅިއައިސްފައި މިވީހާ ދުވަހު ހަޅޭއްލަވާފައި ނުވާތީ މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ބަލާބަލަ ގަޑި. އޮފީހަށް ދާން ނުގޮވާތާގަ މަގޭ ގަމީސް ގަނޑެއްވެސް ނެތް އިސްތިރިކޮށްފަ.” ފާލިހްގެ އަޑު ދިޔައީ ފަހަރަކަށްވުރެ ފަހަރަކު ބާރުވަމުންނެވެ.
“ބޭބީ ދޭބަލަ ފެންވަރާލަން. ގަމީސް މިހާރު މި އިސްތިރިކޮށްލަނީ.” ފާލިހް ރުޅިގަދަވެފައި ހުރުމުން މަލަކާ އިސްކުރީ މަޑުމައިތިރި ކަމާއި ލޯތްބެވެ.
ފާލިހް ތުވާލި ހިފައިގެން ފާހާނާއަށް ވަދެ ބަންލާފައި ދޮރު ލެއްޕި އެވެ. މަލަކާގެ ދެލޮލުގައި ފިއްތައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތީ އެވަގުތުއެވެ. ފާލިހްއަށް އައި ކުއްލި ބަދަލުން މަލަކާގެ ހިތަށް ވަރަށް އަސަރު ކޮށްފި އެވެ. އަވަސް އަވަހަށް އަލަމާރިން ގަމީހެއް ނަގައިގެން މަލަކާ އިސްތިރި ކުރަން ފެށިއެވެ. ފާލިހް ފެންވަރައިގެން ނިކުތް އިރު މަލަކާ ފާލިހްގެ އޮފީސް ހެދުން ތައްޔާރުކޮށްފައި އޮތެވެ. ފާލިހް އަވަސް އަވަހަށް ތައްޔާރުވެލި އެވެ.
“އާދޭ ސައިބޯން.” ފާލިހް ކޮޓަރިން ނިކުތްއިރު މަލަކާ ތައްޓަށް ސައި އަޅަނީއެވެ. ފާލިހް އަޑު އިވޭ ކަމަށްވެސް ނުހަދާ ގެއިން ނިކުތެވެ. އެމަންޒަރު ބަލަން ހުރި ޝަރީފާ ހުރީ ހިނިއައިސްފައެވެ. ފެންކަޅިވެފައި ހުރި މަލަކާއަށް ބަލާލަމުން ޝަރީފާ ކޮޓަރިއަށް ވަނީ ނާސިރާއަށް ގުޅައި އެޚަބަރު ދޭށެވެ.
“ރޭގަ ކިހިނެއްތަވީ؟” އަޔާން އާއި ފާލިހް ތިބީ އޮފީސް ކެެންޓީނުގައި ސައިބޯށެވެ.
“އެހުރިހާ ހައިޖާނު ގަނޑެއްގަ ވަރަށް އޮފް ވެފަ ހުރީ. އެހެންވެ ނިދީ. ދެރަވެސްވި. އެކަމަކު.” އަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ.
“ދެން މިއަދު އޮފީހަށް ތިނިކުތީ އޯ.” ފާލިހް ސައިތަށިން ކޯވަރެއް ބޯލިއެވެ.
“ދެން ހަމަ ނިކުތީ. ޑޭޑް ކުރު ނުކުރުމުން މީތަން ގޮވައިގެން އޮސްޓްރޭލިއާއަށް ދާާން މިއުޅެނީ މާދަމާ. އެހެން ނޫންނަމަ ނުދިޔައީސް.” އަޔާން މޫނު މަތީގައި އެއްވެސް އުފާާވެރިކަމެއް ނެތްކަން ފާލިހްއަށް ފާާހަގަވިއެވެ.
“ނުހާ އާ ދޭތެރޭ ވިސްނާލުން ހުއްޓާލަބަލަ. މީތަން އާ އަޔާން އިނީ ލޯބިންނެއް ނޫންތަ؟” ފާލިހް އަށް ހީވާ ހީވުން ޔަޤީން ކުރުމުގެ ގޮތުން އޭނާ އަޔާން އާއި ސުވާާލު ކޮށްލިއެވެ.
ފާލިހް ގެ ސުވާލަށް އަޔާން އެއްވެސް އެއްޗެއް ނުބުނެއެވެ. ފުރަތަމަ ފަހަރަށް ފާލިހް އާއި އެއްވެސް ވާހަކައެއް ހިއްސާ ކުރަން އަޔާން ނުކުޅެދުނެވެ. ނުހާ ގެ ޚިޔާލުތަކުން ދުރުވެވޭތޯ ރެޔާއި ދުވާލު އަޔާން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ. މީތަން ދެކެ ލޯބިވެވޭތޯ އަޔާންވެސް އަޔާންގެ ނަފްސާ އެތައް ފަހަރަކު ސުވާލުކޮށްފިއެވެ. މީތަން އާއި އަޔާން އިނީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ނޫނެވެ. ނަމަވެސް އަޔާންއަށް އަދި އެއުޅެވެނީ ފިރިއެއްގެ ވާޖިބުވެސް އަދާނުކުރެވިގެންނެވެ.
“ހާދަ ހީވޭ ފިކުރު ބޮޑުވެފަހެން.” ފާާލިހް އަޔާންގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.
“އޮފީސް ކަންތައްތައް ރަނގަޅަށް ބަލައްޗޭ. ޑޭޑް ވިލް ބީ ހިއަރ. ހިނގާ ދެން އަވަހަށް މަސައްކަތް ފަށަން ދާން.” އަޔާން ފެންތަށިން ކޯވަރެއް ބޯލަމުން ތެދުވުމުން ފާލިހްވެސް ފަހަތުން ތެދުވިއެވެ.
ދުވަސްތައް މާޒީ ވަމުން ދެއެވެ. އަޔާން އާއި މީތަންވެސް އެމީހުންގެ ހަނީމޫނަށް އޮސްޓްރޭލިއާ އަށް ފުރައިފިއެވެ. ނުހާ ގެ ހަނދާނުގައި އާސިފްވެސް އޭނާގެ ދިރިއުޅުމުގައި ކުރިޔަށް ދަމުން ގެންދާއިރު މަލަކާ ކަރުނައިގެ ކޯރެއްގައި ފަތަނީއެވެ. ފާލިހްގެ އެއްވެސް އަޅާލުމެއް ލޯތްބެއް އޭނައަކަށް ނުލިބެއެވެ. ވާހަކަ ދައްކާ ފަހަރަކުވެސް އެހާ ހަރުކަށްޓެވެ.
އަޔާން އޮފީހުގައި ނެތުމުން ފާާލިހްވެސް އުޅެނީ އެހާ ބުރަކޮށެވެ. ހެނދުނު އޮފީހަށް ދާ ގޮތައް އަންނަނީ ރޭގަނޑުއެވެ. ހިިތްދަތިކަމުގައި ވަގުތުތައް ގުނަމުން މަލަކާ ގެންދިޔައީ ކެތްތެރިކަމާއި އެކުގައެވެ.
ފިނި ފިނި ހަވީރެކެވެ. ފާލިހް އޮފީސް ނިންމާލާފައި ގޭގެ ދޮރު މައްޗަށް ސައިކަލްގައި އައިސް މަޑުކޮށްލިއިރު ޝަރީފާ ހުރީ ގޭގެ ދޮރު މަތީގައެވެ.
“ދަރިފުޅާ.ހިނގާބަލަ މަންމަ ގޮވައިގެން ހޮސްޕިޓަލަށް.” ފާލިހް ސައިކަލް ޕާކް ކޮށްލި ތަނާ ޝަރީފާ ބުނެލިއެވެ.
“އެ ކިހިނެއްވީ. މަންމަ ބަލީތަ؟” ފާލިހް އަވަސް އަވަހަށް އަހާލިއެވެ.
“ނޫނޭ. މަންމަގެ ރައްޓެއްސެއްގެ ދަރިއެއް ބަލިވެގެން އެޑްމިޓްކޮށްފައި އޮތީމަ. ދަރިފުޅު ހަނދާންވޭތަ ނައީމާއްތަ؟ ދަރިފުޅު ކުޑައިރު މިގެޔަށް އައިސް އުޅޭނު.” ޝަރީފާ ފާލިހް ގެ ސައިކަލްގެ ފަހަތުގައި އިށީނދެ ހަމަޖެހިލިއެވެ.
“ކޮން. އާން. ހީވަނީ ހަނދާންވޭހެން އެބަ. އެކަމަކު އެމީހުން އުޅެނީ ޗައިނާގައެއްނު. ނައީމާއްތަގެ ދަރި ޑޮކްޓަރުކަން ކިޔަވަން ވެގެން ގޮސް. ކޮން ނަމެއްތަ އެކުއްޖާާއަށް ކިޔަނީ. ހަނދާނެއް ނެތް މިހާރަކު.” ފާލިހް ވަރަށް ދުރު ހަނދާނެއްކޮށްލިއެވެ.
“ކިންޒާ ދޯ.؟” ޝަރީފާ ލާނެތް ފާޑަކަށް ހީލިއެވެ.
“އާން. އެހެންދޯ.” ފާލިހްއަށް ހަނދާންވީ ޝަރީފާ ބުނެދިނީމައެވެ.
” މިހާރު އެއީ ޑޮކްޓަރެއް. އޭޑީކޭގަ. އަދި ދެމަސް މިވީ މާލެ އައިތާ.” ޝަރީފާގެ ވާހަކައަށް ބޯޖަހަމުން ފާލިހް އައިސް އޭޑީކޭގެ ޕާކިން ޒޯނުގައި ސައިކަލް ޕާކް ކޮށްލިއެވެ.
ޝަރީފާ ފާލިހްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހަވީރުގެ ވަގުތު ކަމުން މީހުން ވަރަށް ގިނައެވެ. ޝަރީފާ ފާލިހް ގޮވައިގެން ގޮސް ވަނީ ޕްރައިވެޓް ކޮޓަރިއަކަށެވެ.
“އަހާން ޝަރީފާ.” ބެޑް ކައިރީގައި ހުރި ގޮޑިއެއްގައި އިށީނދެގެން އިން ނައީމާ ދުވެފައި އައިސް ޝަރީފާގެ އަތުގައި ހިފިއެވެ.
“މީ ފާލިހް ތަ؟ ހާދަ ބޮޑުވެއްޖޭ.” ނައީމާ ފާލިހް ގެ ބުރަކަށީގައި ފިރުމާލިއެވެ.
ފާލިހް ހިނިތުންވެލިއެވެ.
“މީ ކޮން ކުއްޖެއްތަ ބަލިވެފަ މިއޮތީ.” ފާލިހް އެނދުގައި އޮތް އަނަސް ގެ ފައިގައި ހިފާލަމުން ހީލިއެވެ.
“މިއަދު ހޭލިއިރު ހުންގަދަވެފަ ހުރީ. މިހާރު ކުޑަކޮށް ރަނގަޅު. އޭނަގެ ދޮންތަ ދެންމެ އެދިޔައީ ބޭސްދީފަ.” ނައީމާ އޮޅުން ފިލުވައިދިނެވެ.
ޝަރީފާ ހުރީ ހިނިއައިސްފައި ބަލާށެވެ. ހީވާ ކަހަލައެވެ. ދެން ކަންތައްތައް ވެގެން ދާނީ އޭނާ ބޭނުންވާ ގޮތަށެވެ.
“މޯމް. އަޅުގަނޑު ޑިޔުޓީ ނިމުނީ. ވިއްސާރަވެސް ވެހެން ކަންނޭނގެ އެއުޅެނީ. އަންނާނަން ގެޔަށް ގޮސްލާފައި. އެހާ އިރަށް ޓެސްޓް ތަކުގެ ރިޒަލްޓްވެސް ލިބޭނެ.” އަންހެން ކުއްޖެއްގެ ތުއި އަޑުން އެންމެ ފުރަތަމަވެސް ބަލާލެވުނީ ފާލިހްއަށެވެ. އެއްވެސް މޭކަޕެއް ނެތް އިރުވެސް ކިންޒާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ކަޅުކަން ގަދަ ފަލަ ދެބުމައިން ކިންޒާގެ ދޮން މޫނުގެ ފުރިހަމަކަން އިންތިހާއެވެ.
“ދަރިފުޅު އާދެބަލަ. މިތިބީ ޝަރީފާއްތަ މެން އައިސް.” ނައީމާ ގޮވާލުމުން ކިންޒާ ލުއިލުއި ހިނިތުންވުމަކާއެކު އައިސް ހުއްޓުނެވެ. ފާލިހްގެ ނަޒަރު ކިންޒާގެ މޫނުން އެންމެ ފަހަރަކުވެސް ވަތްކެއް ނުވެއެވެ.
“ނައީމާ. ނިކަން ބަލާބަލަ ރީތިކަން ކިންޒާ.” ޝަރީފާ ކިންޒާ ގައިގައި ހުއްޓުމެއްނެތި ފިރުމަމުން ދިޔައެވެ.
“މީ ދައްތަގެ ދަރިފުޅު ފާލިހް.” ޝަރީފާ ކިންޒާއަށް ފާލިހް ތައާރަފް ކޮށްދިނެވެ.
ފާލިހް ކިިންޒާއާ ހަތަރު ކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.
“މޯމް ދަނީ.” ކިންޒާ އޭނާގެ ކޮއްކޮ އަނަސް ގައިގައި ފިރުމާލުމަށްފަހު ދާން ހިނގައިގަތެވެ.
“ދަރިފުޅު ދާން ވީނު ކިންޒާ ގެޔަށް ގެންގޮސްދީފަ އަންނަން މިގަޑީގަ ވަރަށް އުނދަގޫވާނެ ކާރެއް ހޯދަންވެސް.” ލިބުނު ފުރުސަތުގެ ބޭނުން ޝަރީފާ ހިފާލީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. ފާލިހް ބޯޖަހާލަމުން ގޮޑިން ތެދުވިއެވެ.
“ހާދަ ބާރުބޮޑޭ ދޯ މަގުމަތި.” ފާލިހްގެ ސައިކަލްގެ ފަހަތުގައި އިން ކިންޒާ އަނގައިން ބުނާނެ އިރެއްގެ އިންތިޒާރުގައި އިން ފާލިހް ހީލިއެވެ.
“ޗައިނާގެ މަގުތައް ޔަޤީން މިއަށް ވުރެ ބާރު ބޮޑުވާނެކަން.” ފާލިހް ބޭނުންވީ ކިންޒާ ގެ ބީރައްޓެހިކަން ފިލުވާލާށެވެ. އެހެންވެ ހަމަގަސްތުގައި ސަމާސާކޮށްލިއެވެ. އެކި ވާހަކަ ދައްކަމުން ހެމުން ފާލިހްއާ ކިންޒާ ސައިކަލްގައި ދިޔައިރު ފިހާާރައަކުން ނިކުތް މަލަކާ އަށް ހަމަ ރަނގަޅަށްވެސް އެމަންޒަރު ފެނުނެވެ. އައި ރުޅީގައި މަލަކާއަށް ދަތްކުނޑިވިކައިލެވުނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (25)
އަތުގައި އޮތް ކޮތަޅުވެސް މަލަކާއަށް އަތުގެ ކޮޅަށް ހޫރާލެވުނީ ލިބުނު ހިތްދަތިކަމާއި ރުޅީގައެވެ. އޭނައާއި ހިނިތުންވެލާފައި ވާހަކަ ނުދައްކާއިރު އެހެން އަންހެނަކާ ވާހަކަ ދައްކަމުން އެދިޔައީ ދަތްޕިލަ އަތްމަައްޗަށް ނަގައިގެންނެވެ. މަލަކާގެ ހިތަށް އައިހާ އެއްޗެއް ކިޔަން ބޭނުން ވިޔަސް ދުލާއި ހަމައަށް ފޯރާ ގޮތެއް ނުވިއެވެ. މަލަކާގެ ހިތުގެ އުދާސްތައް އަޑުއަހާނެ އެއްވެސް ކަންފަތެއް ނެތެވެ. މީހުންގެ ލޯތައް މަލަކާއަށް އަމާޒުވެފައި ހުރި ކަމުގައި ވިޔަސް މަލަކާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ހުއްޓުވާކަށް މަލަކާ މަސައްކަތެއް ނުކުރެއެވެ.
ގޭތެރެއަށް ގޮސް ވަން އިރުވެސް މަލަކާގެ ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އެނދު މައްޗަށް މަލަކާ ވެއްޓިގަތެވެ. އެގޮތަށް އޭނާ އޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފާލިހް ކޮޓަރިއަށް ވަންއިރުވެސް މަލަކާއަށް ރޭކާނުލައެވެ.
“އަބަދުވެސް ނިދުންތަ ކަމަކީ.” ފާލިހް ޑްރެސިންގް ޓޭބަލް ކައިރީގައި ހުއްޓި ކަރުގައި އޮށް ޓައީގެ ގޮށް ދޫކޮށްލަމުން މަލަކާއަށް ބަލާލިއެވެ. މަލަކާ އަނގަޔަކުން ނުބުނެއެވެ. ފާާލިހްއާއި ދިމާއަށް ބަލާވެސް ނުލައެވެ. ހަމަ އޮތް ގޮތައް ބަންޑުން އޮށޯވެ އޮތީއެވެ.
“މަލަކާ. އަހަރެން ވާހަކަ އެބަދައްކަމޭ.” މަލަކާގެ ޖަވާބެއް ނައުމުން ފާލިހް ގާތަށް ރުޅިއައެވެ. އެއީ އަބަދުވެސް މިހާރު ފާލިހްގެ އާދައެވެ. މަލަކާ އާ ލޯބިން ވާހަކަ ދެއްކުނު ވަގުތެއް ފާލިހްއަށްވެސް ބުނެދޭން ވެސް ނޭނގޭ ކަހަލައެވެ.
މަލަކާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެހިޔަސް ފާލިހް އިސްކުރާނީ ރުޅިއެވެ. ފާލިހްއަށް އައު ކުއްލި ބަދަލުން މަލަކާ ވެސް މުޅިން ބަދަލު ކޮށްލައިފިއެވެ. މަލަކާގެ މަޖާ މިޒާޖާއި މަލެއްހެން އަބަދު ފޮޅިފައި ހުންނަ މޫނުން މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް ނުފެނެއެވެ.
މަލަކާ ތެދުވެ އެނދު މަތީގައި އިށީނދެލިއެވެ. އަދި އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ފާލިހްއަށް ބަލާލިއެވެ.
“ކޮން އަންހެންކުއްޖެއް ގޮވައިގެން ފާލިހް މިއަދު ހަވީރު އުޅުނީ.” މަލަކާ އަޑުގައިވަނީ ނުރުހުމެވެ.
“އޭނ.” މަލަކާގެ ސުވާލުން ފާލިހް ދިޔައީ ސިއްސައިގެންނެވެ. މަލަކާއާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ ދެންމެ ދެންމެ މަލަކާ ކާލަފާނެ ހެންނެވެ.
“ކަލޭ މަށާ މީހުންނާ އަޅުވާ ކިޔަނީތަ؟” ފާލިހް އަޑުގެ ނެތް ކޮޅަށް ހަޅޭލަވައިގަތެވެ.
“ރީއްޗަށް މި އެހީ. އަހާލައިގެން ވެސް ނުވަނީތަ؟” ފާލިހް ހަޅޭލަވައިގަތުމުން މަލަކާއަށް ރޮވުނެވެ.
“ރީއްޗަށް ވިޔަސް އަހާކަށް ނުޖެހޭ. މަލަކާ ހީކުރީ އަހަރެން މީ އެހާ ފިނޑި މީހެއް ކަމަށްތަ؟ ކުރާ ކަމެއް ކުރާނީ ކުރިމަތީގައި.” ފާލިހް ބަންލާފައި ދޮރު ލައްޕާފައި ނިކުތެވެ. މަލަކާއަށް ބާރަށް ރޮއެގަނެވުނެވެ. ފާލިހް އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެންބާއޭ މަލަކާގެ ހިތަށް އެރިއެވެ. މަލަކާގެ ކުށަކީ ކޮބައި ހެއްޔެވެ؟ މަލަކާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ. އަދި ފާލިހް ކޮބާތޯ ބަލަން ކޮޓަރިން ނިކުތެވެ.
“މަންމާ.ފާލިހް ދެކުނިންތަ؟” ކޮޓަރި ދޮރުމަތިން ޝަރީފާ ދިމާވުމުން މަލަކާ އަހާލިއެވެ.
“މަށަށްތަ އިނގެނީ. މަލަކާގެ ގައިގައި ތަތް ކޮށްގެން ގެންގުޅޭ މީހެއް މަލަކާއަށް ދޯ އެނގޭނީ.” ޝަރީފާގެ ހަރުކަށި ބަސްތައް މަލަކާ ގެ ޒަހަމް ވެފައިވާ ހިތް އިތުރަށް ޒަހަމް ކޮށްލި ކަހަލައެވެ. މަލަކާ ދެލޯ މަރާލީ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުން ކެތްނުކުރެވިގެންނެވެ. މަލަކާއަށް ހިތްހެޔޮ އެކަކުވެސް ނެތެވެ. މަޑުމަޑުން ހިނގާފައި ގޮސް އަނެއްކާވެސް މަލަކާ ކޮޓަރިއަށް ވަނެވެ.
ހިތްގައިމު މިއުޒިކެއްގެ އަޑުން މޫކައި ހޮޓެލްގެ ރެސްޓޯރެންޓް ފަޅުފިލުވައިދެމުން ދެއެވެ. ފާލިހްއާއި ކިންޒާ ތިބީ އެތަނުގައި އެމީހުންނަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ މޭޒެއްގައެވެ.
“އާ ވީ ޑޭޓިންގް.” ފާލިހްގެ ތޫނު ބެލުން ތަކުން ރަކިވެފައި އިން ކިންޒާ ހިނިތުންވެލިއެވެ. ފާލިހްއަށް ހަމަ ބެލެނީ ކިންޒާގެ ޖަންބު ކުލައަރާފައިވާ މޫނަށެވެ.
“ހާދަވަރަކަށް ތިބަލަނީ.” ކިންޒާ ލަދުން އިސްޖަހާލިއެވެ.
“ކީއްކުރާނީ. ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނީ ތަބީއަތެއްނު. އެކަމަކު ނުލިބޭނެ ދޯ ރީތިހާ އެއްޗެއްސެއް.” ފާލިހްގެ ދެމާނަ އެކުލެވޭ ޖުމްލަތަކުން ކިންޒާ ގެ ހިތާއި ކުޅެލަން ފާލިހް މަސައްކަތް ކުރާ ކަހަލައެވެ.
“ފާލިހް ވައިފްވެސް ނުލާހިކު ރީއްޗެއްނު.” ކިންޒާ މޭޒުމަތީގައި ބަހައްޓާފައި ހުރި މާޖަހާއެތީގައި ހުރި ރަތްކުލައިގެ ފިނިފެންމާތަކާއި ކުޅެލިއެވެ. ކިންޒާާގެ ވާހަކައިން ފާލިހްގެ މޫޑް ވަގުތުން އޮފްވިއެވެ. މިހާރު މަލަކާގެ ނަން އިވުނަަސް ފާލިހްގެ ގާތަަށް އަންނަނީ ރުޅިއެވެ.
“ރީތިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަން ހުންނަ ރީތި ކަމެއް ނޫނެއްނު. ކާކުތަ ބޭނުންވާނީ ނަމެއްގެ އަތްބެއް؟” ފާލިހް މަލަކާ ދެކެ ވާ ފޫހި ފާލިހްގެ ވާހަކަތަކުން ހަމަރަނގަޅަށް ސާބިތުވެއެވެ.
“އެހެންތަ؟ ޝަރީފާއްތަ ވާހަކަތަކުންވެސް ތިކަހަލަ އެއްޗެއް ހީވި. ފާލިހްގެ ލައިފް ދޯ. ވައިފްއަށް ނަސޭހަތް ދީބަލަ.” ކިންޒާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހަމްދަރުދީއެވެ. ފާލިހްގެ އަތްތިލަ މަތީގައި ކިންޒާ އޭނަގެ މަޑުމަޑު އަތްތިލަ ބާއްވާލީ ފާލިހްގެ މިލާފައިވާ މޫނު ފެނިފައެވެ.
“ޔޫ ކޭން ޝެއަރ ވިތު މީ އެނީތިން.” ކިންޒާ ފާލިހްގެ އުދާސްވެފައިވާ ހިތުގައި ފިރުމާލި ކަހަލައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާކަށް ފާލިހް ކުޑަކޮށްވެސް ލަހެއް ނުކުރެއެވެ. މަލަކާގެ ރަނގަޅު އެއްވެސް ސިފައެއް މިއަދު ފާލިހްއަކަށް ނެތެވެ. ދޮގަކަށްފަހު ދޮގެއް ފާލިހް ހަދަމުން ދިޔައިރު ކިންޒާ އިނީ ފެންކަޅިވެފައެވެ.
“ދެން މިވާހަކަތައް އިތުރަށް ދެއްކުމުގެ ބޭނުމެއްނެތް. ހިނގާ ދާން. ވަރަށް ލަސްވެއްޖެއެއްނު.” ފާލިހް ހުރީ ހިތްހަމަޖެހިފައެވެ. ކިންޒާ ގެ ހަމްދަރުދީއާ އަޅާލުން އެންމެ ފުރިހަމަ ގޮތުގައި ލިބުނީމައެވެ. ފާލިހް ކިންޒާއާ ދިމާއަށް އަތް ދިގު ކޮށްލިއެވެ. ރަކި ހިނިތުންވުމަކާއެކު ކިންޒާ ފާލިހްގެ އަތުގައި ހިފިއެވެ.
“ތޭންކްސް.” ފާލިހް ގޮނޑިން ތެދުވިއެވެ. އެވަގުތު އެއްފަރާތެއްގައި ހުރި މޭޒެއްގައި ނުހާ އިށީނދެގެން އިންތަން ފާލިހްއަށް ފެނުނެވެ. ނަމަވެސް ފާލިހް މާބޮޑު ސަމާލުކަމެއް ނުދީ ކިންޒާ ގޮވައިގެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
ނުހާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތް ކަހަލައެވެ. ބަލާބެލުމަށް ހީވަނީ އެތައް ހާސް ދުވަހެއްގައި ބަލި އެނދެއްގައި އޮވެފައި ހުރި މީހެއްހެންނެވެ.
“މޭމް.” ކުރިމަތީގައި ހުރި ވެއިޓަރ ގެ އަޑަށް ނުހާ އިސްއުފުލާ ބަލާލިއެވެ.
“ނަތިން.” ވަޅުވަދެފައިވާ ދެލޮލުން ނުހާ ވެއިޓަރަށް ބަލާލަމުން ހިނިތުންވެލިއެވެ.
އެވަގުތު އެތަނަށް އައިސް ހުއްޓުނު މާކިން ފެނިފައި ނުހާގެ ދެލޮލުން ކަރުނަ ހިލުނެވެ.
ވެއިޓަރަށް ބަލާލުމެއްނެތި ނުހާ މާކިންގެ ގައިގައި އޮޅުލައިގަތެވެ. ކުޑަކޮށް ފަހަތަށް ޖެހިލަމުން ވެއިޓަރ އެތަނުން ހިނގައިގަތީ އެވަގުތު އެތާ ހުރުން ރަނގަޅު ނޫންހެން ހީވާތީ އެވެ.
“އަހަންނަށް މާފްކުރޭ.” ނުހާ މާކިންގެ ގައިގައި އޮޅުލަމުން ދާއިރު މާކިން ނުހާގެ ގައިގައި އަތްވެސް ނުލިއެވެ.
“އަހަންނަށް ވިސްނިއްޖެ އަހަރެންގެ ކުށް. މިއަދު އަހަރެންގެ އެކަކުވެސް ނެތް.” ނުހާ ރޮމުން މާކިން ގެ ކުރިމަތީގައި އާދޭސްކުރަމުން ދިޔައެވެ. މާކިން މަޑުމަޑުން ނުހާގެ އަތުގައި ހިފައި އޭނައާ ދުރުކޮށްލިއެވެ. އަދި ގޮޑީގައި އިށީންނަން އިޝާރާތް ކޮށްލަމުން މާކިން ވެސް ގޮޑިއެއް ދަމާލާފައި އިށީނެވެ. އޭރުވެސް ހުއްޓާނުލާ ނުހާ ރޮނީއެވެ. އެތަނުގައި ތިބި އެހެން މީހުންގެ ނަޒަރު ނުހާ އަށް ހުއްޓިފައިވާ އިރު ވެސް ނުހާގެ ފަރުވާލެއް ނެތެވެ.
“އަޅެ މާކިން. އަހަންނަށް މާފްކުރޭ.” ނުހާގެ ކުރެހިފައިވާ އަޑު އަނެއްކާ ވެސް ނިކުތެވެ.
“އަހަރެން ނުހާއަށް މާފްކޮށްފިން.” މާކިން ވާހަކަ ދެއްކީ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށެވެ. ކިތަންމެ އެއްޗެއް ނުހާ އާއި ދިމާއަށް އޭނާ ބުނަން ބޭނުމެވެ. މާކިން ހިތްދަތި ކަމާއެކީ ހޭދަކުރިހާ ދުވަސްތައް ނުހާ އަށް ހަނދާން ކޮށްދޭންވެސް މާކިން ބޭނުމެވެ. ނަމަވެސް ހިތުގެ އެދުމަށްވުރެ މާކިން އިސްކުރީ ހަމަ ހިމޭންކަމެވެ.
“ތޭންކިޔު މާކިން. އަހަރެން ބޭނުން ޒޫކަންއަށް ވެސް މަންމައެއްގެ ލޯބިދޭން. ހިނގާ އަލުން އެއްކޮށް ރީއްޗަށް އުޅެން. އަހަރެން ވައުދުވަން. ދުވަހަކު ތިދެމީހުން ދޫކޮށްލާފަ ނުދާނަން ކަމަށް.” ނުހާ މާކިންގެ އަތުގައި ހިފިއެވެ. މާކިން އިނީ ކަޅިވެސް ޖަހާނުލާ ނުހާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހިތަށް އެވަގުތު އެރިހާ އެއްޗެއް ލޮލުގެ އިޝާރާތުން މާކިން ބުނަމުން ގެންދާ ކަހަލައެވެ. ނުހާ އަށް އެހެން ބުނެލަން ކިހާ ފަސޭހަ ހެއްޔެވެ؟ މީގެ ކުރީގައިވެސް އެކަހަލަ އެތައް ވައުދުތަކެއް ނުހާ ވިއެވެ. އެވައުދުތައް އުވާވެސް ލިއެވެ. އަނެއްކާވެސް ނުހާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ އަނެއްކާވެސް މާކިންގެ ލަކުނު ތަކުން ފުރިފައިވާ ހިތް ނުހާ ގެ ކުރިމަތީގައި ހުޅުވާލަން ވީ ހެއްޔެވެ؟ ޒޫކަން ގެ ކުޑަކުޑަ ހިތަށް އިތުރު ޒަހަމްތަކެއް ދޭނެ ދެވަނަ ފުރުސަތެއް ނުހާއަށް ދޭންވީ ހެއްޔެވެ؟
“ކޮބާ ޒޫކަން. ކީއްވެ ނުގެނައީ.” ނުހާގެ އަޑުން މާކިންގެ ޚިޔާލީ ވާފަށް ކެނޑުނެވެ. ފުން ނޭވާ އެއްލަމުން މާކިން ނުހާ އާ ދުރަށް ޖެހުނެވެ.
“އަހަރެން ނުހާއަށް މާފްކޮށްފިން. އެކަމަކު އަހަރެންގެ ލައިފް އަކުން ނުހާއަކަށް ޖާގައެއް ނެތް. އެހެން ކުއްޖެއް އެބަހުރި އަހަރެންގެ ލައިފްގަ. ނުހާ ބޭނުންނަމަ ޒޫކަން އަށް މަންމައެއްގެ ލޯބި ދެވިދާނެ.” މާކިން ވާހަކަ ދެއްކީ ނުހާ އަށް ބަލާވެސްނުލައެވެ.
“ވަޓް. މާކިންގެ ލައިފުން ޖާގައެއް ނުދެންޏާ ކީއްކުރާ ޒޫކަން އެއްތަ؟” ނުހާގެ ގާތަށް ރުޅިއައެވެ.
“ތީ ނުހާގެ އަަސްލަކީ. ނުހާއަކީ ރަނގަޅު މީހެއްނަމަ އަހަރެންގެ ލައިފުން ޖާގައެއް ނުދިނަސް ޒޫކަންއަށް މަންމައެއްގެ ލޯބިދޭނެ ދޯ. މަންމައިންނަކީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ ބައެއް. ނުހާއަށް މިއަދު ގޮތެއް ނެތީމަ ތިގޮތަށް ތިބުނަނީ. މާދަންވެސް ގޮތެއް ފެންނައިރަށް އަނެއްކާވެސް އަހަރެމެން ނަގާ އެއްލާލާނެ. އަހަރެންނަށް ކޮންމެ ގޮތެއް ވިޔަސް ޒޫކަން ގެ ލައިފްއާ ނުހާއަށް ކުޅުނަކަ ނުދޭނަން.” މާާކިންގެ ވާހަކަތަކުން ނުހާގެ އަނގަ ބެދުނު ކަހަލައެވެ. އިސްޖަހައިގެން އިން ނުހާ އިނީ ކުށްވެރިއެއް ފަދައިންނެވެ.
“ހާސްނުވެބަލަ. ތިކަހަލަ ރީތި އަންހެނެއްގެ ފަހަތުން މުޅި ދުނިޔެ ދުވާނެ.” މާކިން ގޮނޑިން ތެދުވެގެން ހިނގައިގަންނަމުން ފަސްއެނބުރި ނުހާއަށް ބުނެލިއެވެ.
އެއްވެސް އަލިކަމެއް ނެތް ކޮޓަރި ތެރޭގައި މަލަކާ އެއޮތީ ފާލިހްގެ އިންތިޒާރުގައެވެ. މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން އެދާ އަނދިރިކަން އެއީ މިހާރު މަލަކާގެ ދިރިއުޅުމެވެ. އެއްވެސް ކަހަލަ އުޖާލާކަމެއް ހިތްހަމަ ޖެހުމެއްނެތެވެ. މަލަކާގެ ދެލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ. މީތަންއަށް ގުޅަން އެތައް ފަހަރަކު މަލަކާ ގެ ހިތް ވިސްނައިދެއެވެ. ނަމަވެސް ފިރިމީހާގެ ގޯސްވާހަކަ މަލަކާ ދައްކަން ބޭނުން ނުވަނީއެވެ.
ކޮޓަރީގެ ބޮކި ޖައްސާލިއަޑަށް މަލަކާގެ އިސްއުފުލާލިއެވެ. އޭރު ފާލިހް ކޮޓަރި ތެރޭގައި ހުއްޓެވެ. މަލަކާ ކަޅިވެސް ޖަހާނުލާ ބަލަން ހުރީ ފާލިހްގެ ހަރަކާތަށެވެ. ނަމަވެސް ފާލިހް ގެ އެއްވެސް ސަމާލުކަމެއް މަލަކާއަކަށް ނެތެވެ. އަނގައިން ނުބުނިތާގައި ބަލާވެސް ނުލިއެވެ.
“ފާލިހް.” މަލަކާގެ ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ.
“ކީކޭ.” ފާލިހް ގަމީސް ބާލާ ކޮނޑުގައި އަޅުވާލިއެވެ. އަދި ތުވާލި ހިފައިގެން ގޮސް ފާހާނާއަށްވަނެވެ. މަލަކާ ބުނަން އުޅުނީ ކީކޭތޯވެސް އަހާލަން ފާލިހް ބޭނުންނުވިއެވެ. ފާލިހް ފެންވަރައިގެން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މަލަކާ އޮތީއެވެ. އިތުރަށް ކުރެވޭނެ ކަމެއްވެސް ނެތީމައެވެ.
“އަހަންނަށް ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މަލަކާ ވާހަކަދެއްކީ ވަރަށް ހިތްވަރުކޮށްފައެވެ.
“ކިޔާބަލަ.” ފާލިހް ބޮލުން ފެން ހިއްކަމުން އަލަމާރި ކައިރީގައި ހުއްޓިލިއެވެ.
“ފާލިހް ހިތްހަމަނުޖެހޭ ކޮންކަމެއްތަ މަށަށް ކުރެވުނީ. މަށަށްތިހެން ނުހަދަފާާނަންތަ؟” މަލަކާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތެވެ. ފާލިހްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ.
އަލަމާރިން ފޮށިނަގާ މަލަކާގެ ހެދުންތަކާއި ގެންގުޅޭ އެހެނިހެން ސާމާނު އަޅާ ބަންދުކޮށްލިއެވެ.
މަލަކާގެ ރުއިމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔައެވެ.
“ހާދަ އަނގަ ގަދައޭ ދޯ. އެއްވެސް ސުވާލެއް ނުކުރިނަމަ މިހެން ނުވީސް. މަށެއްވެސް ބޭނުމެއް ނޫން މަގޭ ފަރާތުން މަލަކާ ރޯކަށް. މަށާ ދުރުގަ ހުރީމަ އުފާވާނެ.” ފާލިހް މަލަކާ ގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. މަލަކާ އެހެން ނުހެދުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައިރުވެސް ދަމަމުން ކަހަލަ ގޮތަކަށް ގޮސް މަލަކާ ގޭގެ ދޮރުން ބޭރުކުރިއެވެ.
“ކަލޭ ތިހުރީ ވަރިކޮށްފަ.” ފާލިހް މަލަކާގެ މޫނުމައްޗަށް ދޮރުލެއްޕިއެވެ. މަލަކާގެ މުޅި ދުނިޔެ ފުނޑު ފުނޑު ކޮށްލުމަށްފަހުގައެވެ. މަލަކާ ހުރީ ހުއްޓުން އަރާފައެވެ. ކަންފަތަށް އިވިގެން އެދިޔަ ފާލިހް ގެ ވިހަގަދަ ޖުމްލަތައް މަލަކާ ގެ ސިކުނޑީގައި ތަކުރާރުވަމުން ދެއެވެ.
ޝަރީފާ ބަގީޗާ ތެރޭގައި ހުރި ގަހުގެ ނިވަލުގައި އެމަންޒަރު ބަލަން ހުރީ އުފަލުން ފޮޅިފައެވެ. އެތައް ދުވަހުއްސުރެ ކުރަން ބޭނުންވި ކަންތައްތައް ކާމިޔާބު ވުމުން ވާނީވެސް އެހެން ނޫންހެއްޔެވެ.
ހަފްތާގެ ޗުއްޓީއަކަށްފަހު އަޔާންއާ މީތަން މާލެއައެވެ. ނުހާ މަތިން ހަނދާން ނުނެތުނު ކަމުގައިވިޔަސް އަޔާން މީތަން އަށް ފިރިއެއްގެ ލޯބިދީ އަޅާލުން ދިނެވެ. ނުހާގެ ހަނދާންތައް ހިތުގައި ފޮރުވައިގެން އަޔާން މީތަންގެ ކުރިމަތީގައި ހުންނަނީ ހިނިތުން ވެގެންނެވެ.
“މާދަން އޮފީހަށް ނިކުންނަންތަ؟ އަޅެ. ނޭނގެ ދޯ ވީކް ނިމިގެން ދިޔަ ގޮތްވެސް.” ކާރު ތެރޭގައި އަޔާންގެ ކައިރީގައި އިށީނދެގެން އިން މީތަން އަޔާންގެ ކޮނޑުގައި ބޯއަޅާލިއެވެ.
އަޔާން މީތަންގެ ކޮލުގައި ފިރުމާލިއެވެ.
“އަޔާން ބަލާބަލަ. އެއޮށްދަނީ ފާލިހްތަ؟ ކާކުތަ އެއިނީ ފާލިހްގެ ސައިކަލް ފަހަތުގަ؟” މީތަން ދިއްކޮށްފައިވާ އިނގިލި އަމާޒުކުރެވިފައިވާ ދިމާއަށް އަޔާން ބަލާލިއެވެ.
“އެއީ މަލަކާއެއް ނޫން ދޯ. ވެދާނެ ރައްޓެއްސެއް ކަމަށް ވެސް.” އަޔާން ހިނިތުންވެލިއެވެ.
“ދަރިފުޅާ. އަންގާވެސް ނުލާ. އަދި ހަތަރު ދުވަސް ފަހުންނު އަންނަން އޮތީ.” ގެޔަށް ވަދެގެން އައި އަޔާން އާއި މީތަން ފެނުމުން އިށީނދެގެން އިން ސޯފާއިން އާސިފް ތެދުވިއެވެ.
“ޓިކެޓް އަވަސް ކޮށްލީ. އެކޮޅުގަ ދެން ފޫހި ދޯ މީތަން ޑޭޑް މެން ނުފެންނާތީ.” އަޔާން އާސިފް އާއި ކަރާއި ކަރު ޖައްސާ ސަލާމްކޮށްލަމުން މީތަން އަށް ދޯ ދިނެވެ.
“އޮފީސް ކަންތައް ކިހިނެއް؟” އަޔާން ސޯފާގައި އިށީނދެލިއެވެ.
“ރަނގަޅު ހުރިހާ ކަމެއްވެސް.” އާސިފް ހިނިތުން ވެލަމުން އަޔާންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ނުހާގެ ވާހަކަ އަހާލަން އަޔާންގެ ހިތް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. ނަމަވެސް އަޔާންގެ އެހާ ހިތްވަރެއް ނެތެވެ. އަނެއްކޮޅުން އަޔާންގެ ބައްޕަ ހިތަށް އަރާނީ ވެސް ކީކޭ ހެއްޔެވެ؟
“ހާދަ ފުން ވިސްނުމެއްގަ؟” ނައީމާއާއި ޝަރީފާ ވާހަކަ ދައްކަން ތިބީ ނައީމާގެ ގޭގެ ޓެރަސްގައެވެ.
“ބަލާބަލަ ނިކަން އެޔޮށް ކަމެއް. ހާދަ ލޯބިއޭދޯ އެކުގަ ފެންނައިރު.” ޝަރީފާ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ތިބި ފާލިހް އާއި ކިންޒާ ދައްކާލިއެވެ.
ނައީމާ ބޯޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.
“އެދެކުދިން ކައިވެނީގެ ވާހަކަ ދައްކަން މީ ކިހާ ރަނގަޅު ފުރުސަތެއް؟” ޝަރީފާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކިންޒާ ފާލިހްގެ މީހަކަށް ހަދާ އެގެޔަށް ގެންދާށެވެ.
“ފާލިހް އާއި އަހަރެންވެސް ބޭނުންވަނީ ތިގޮތް. މަލަކާގެ އަނިޔާވެރިކަން ފާލިހްގެ ހިތުން ފިލުވާލަދޭން އަހަރެން ބޭނުމީ.” ޝަރީފާގެ ވާހަކައަށް ޖަވާބު ދިނީ ސީދާ ކިންޒާއެވެ. ފާލިހް ކިންޒާއަށްވެސް ކަމުދެއެވެ. ކައިވެނީގެ ކަންތައްތަކާއިމެދު އެންމެން މަޝްވަރާކުރަމުން ދިޔައިރު ޝަރީފާ އިނީ ދަތްޕިލަ ނަގާ އަތްމަައްޗަށް ލައިގެންނެވެ.
މީތަން ފޮށިން އެއްޗެހި ނަގާ ކޮޓަރި ތެރެ ހަމައަކަށް އަޅުވަމުން ދިޔައިރު އަޔާން މީތަން އަށް އަތްގާތް ކޮށްދެނީއެވެ.
“އަޔާން. ދޭބަލަ ތިރީގައި ހުރި ޓިޝޫ ބޮކްސް އިން ޓިޝޫ ކޮޅެއް ގެންނަން.” މީތަން ހެދުންތައް ނަގާ އެނދުމައްޗަށް އަޅާލިއެވެ.
“ނެތް ތަ ޓިޝޫއެއް؟ މިރޭ ނިކުމެލާނީ ދޯ ޝޮޕިންއަށް.” އަޔާން ހިނިތުންވެލަމުން ހިނގައިގަތެވެ. ސިޑިން ފައިބަމުން ދިޔަ އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައީ އާސިފް ކައިރީގައި ހުއްޓިގެން ހުރި ނުހާ ފެނުމުންނެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (26)
އަޔާންއަށް ކަޅި ޖަހާވެސް ނުލާ ނުހާއަށް ބަލަން ހުރެވުނެވެ. ނުހާ ނުފެންނަތާ ހަފުތާއެއް ވީ އިރު އަޔާންއަށް ހީވަނީ އެއްއަހަރު ވެއްޖެހެންނެވެ. އަޔާންގެ ހިތަށް ލިބިގެންދިޔަ ފިނިކަމާއެކު އޭނާ އަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގަ އެވެ. އަދިވެސް ނުހާއަކީ އަޔާންގެ ހިތުގެ ހަމަޖެހުން ކަހަލައެވެ. ނުފެންނަންޏާ އެހާ ހިތް ނުތަނަވަސްވެއެވެ. ލޯތްބަކީ އެހާވެސް ބާރުގަދަ އެއްޗެއްތާއެވެ. ނުހާގެ މަކަރުވެރިކަމާއި ބޭވަފާތެރިކަން އެނގިހުރެވެސް އަޔާން ނުހާއަށްޓަކާ އެހުރީ ޖާނުން ފިދާވާންވެސް ތައްޔާރަށެވެ.
“އަޔާން އަށް ގޮވަން އުޅެނިކޮށް ތިއައީވެސް. ދޭބަލަ މީތަން ގޮވައިގެން އަންނަން.” އާސިފްއަށް އެއްލި ކަޅިއަކުން ސިޑިމަތީގައި ބަލަހައްޓައިގެން ހުރި އަޔާން ފެނުނެވެ. އާސިފް ވާހަކަ ދައްކަމުން ދިޔައިރުވެސް އަޔާންއަށް ބެލެނީ ނުހާ އަށެވެ. ތަރުތީބެއްނެތި ހޭވިފައިވާ ނުހާ ގެ ރަން އިސްތަށިކޮޅު ރަނގަޅުކޮށްލަ ދޭން އަޔާންގެ އަތް ހަރަކާތްކުރަން އުޅުނު ކަމުގައި ވިޔަސް ހިތް އެކަމަށް ހުރަސް އެޅުމުން އަޔާން ސިޑިން މައްޗަށް އަރަންފެށިއެވެ.
އިރުކޮޅެއް ނުވެ އަޔާން މީތަން ގޮވައިގެން އައިސް އާސިފްގެ ކުރިމައްޗަށް ހުއްޓުނެވެ.
“ޑޭޑް ޑިސައިޑް ކޮށްފިން އަލުން ނުހާ އާ ގުޅެން. ނުހާގެ މާޒީއެއް ބަދަލެއް ނުކުރެވޭނެ ކިތަންމެ ވަރަކަށް އުޅުނަސް. އެއީ ނުވާ ކަމަކަށްވެސް ނުހެދޭނެ. ދެން އަޔާން އާއި ގުޅުމެއް އޮތް ކަމެއް ނޭނގެ ޑޭޑް އަކަށް ނުހާ އާއި މެރީކުރި އިރަކު. އެކަމަކު ނުހާ ލައިފެއް އުޅެން ބޭނުންވީ މަށާއެކު. އެހެންވީމަ ޑޭޑް ބުނަން އޮތީ ކުރިންވީ ހުރިހާ ކަމެއް ހަނދާންނައްތާލާށޭ. ނުހާވެސް ބޭނުންވަނީ އެގޮތް.” އާސިފް ހުރިހާ ވާހަކައެއް ދެއްކިއިރު ނުހާ އިނީ އިސްޖަހައިގެންނެވެ.
މީތަން އަޔާންގެ މޫނަށް ބަލާލީ އަޔާންގެ ޖަވާާބަކަށް އިންތިޒާރުކުރާ ކަހަލަ ގޮތަކަށެވެ. އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނުހާ ފެންނަ ހިސާބުގައި ހުންނަން އަޔާން ހިތްހަމަ ޖެހެއެވެ. ނަމަވެސް މިއަދު އަޔާން ބަލަންޖެހޭ އިތުރު މީހަކު އެބަހުއްޓެވެ. ނުހާއާއި މީތަން ދެބަސްވާނެކަން އަޔާންއަށް ޔަޤީނެވެ. އަދި ނުހާ މީތަންއަށް ގަސްތުގައި ޖެއްސުން ކުރާނެކަންވެސް އަޔާންއަށް ހަމަ ރަނގަޅަށް އެނގެއެވެ. މީތަންގެ ހިތުގައި ޖެހޭ އެއްވެސް ކަމެއް ކުރަން އަޔާން ބޭނުމެއްވެސް ނުވެއެވެ. އަދި ނުހާ ދެރަވެފައި ހުންނަތަން ބަލާކަށްވެސް އަޔާންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ހަދާނެ ގޮތް ހުސްވެފައި އަޔާން އަށް ހުރެވުނެވެ.
“ޑޭޑް ހެޕީ އިއްޔާ އަޔާންވެސް ހެޕީ.” އެންމެފަހުން އަޔާން ގޮތެއް ނިންމިއެވެ. މީތަން އަޔާން ބުނާ ގޮތެއް ހަދާނެކަމުގެ ޔަޤީންކަން އަޔާންއަށް އޮވެއެވެ.
ނުހާގެ ތުންފަތުގައި އެކުލެވިގެންދިޔަ މާނަ ފުން ހިނިތުންވުމާއެކު އޭނާ އަޔާން އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“އަޔާން. ލެޓްސް ގޯ އިހަށް.” މީތަން އަޔާންގެ އަތުގައި ހިފިއެވެ. އެމަންޒަރު ފެނިފައި ނުހާ ގެ ހިތުގައި ވިކާާލި ނަމަވެސް އޭނާ ހުރީ ހިމޭނުންނެވެ. ހީވާ ކަހަލައެވެ. އަނެއްކާވެސް ނުހާގެ ސިކުނޑި ތެރޭގައި މޮޅު ރޭވުންގަނޑެއް ރޭވިގެންދަނީއެވެ.
ކޮޓަރި ތެރެ ތަރުތީބުކޮށް ނިންމާލެވުނުއިރު އަޔާން އާއި މީތަން ތިބީ ވަރުބަލިވެފައެވެ. އެނދުމައްޗަށް ވެއްޓިގަތީވެސް ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށެވެ.
“އަޔާން. މަލަކާގެ ފޯނަށް ހާދަ ގުޅައިފީމޭ. ނުއެއް ގުޅޭ.” މީތަން އަޔާންގެ ފަން އިސްތަށިކޮޅާއި ކުޅެލިއެވެ.
“އެހެންތަ؟ ހުރޭ އަޅެ ބަލާނަން ފާލިހް ގެ ނަމްބަރަށް ގުޅޭތޯ. ހަމަގައިމުވެސް މާލޭގަ އެބައުޅޭ. މިއަދު ފެނުނެއްނު ފާލިހްވެސް.” އަޔާން ޖީބުގައި އޮތް ފޯނުނަގާ ފާލިހްގެ ނަމްބަރަށް ގުޅިއެވެ.
ދެފަހަރަކު ރިންގްވިތަނާ ފާލިހް ފޯނު ނެގިއެވެ.
“ކޮބާތަ ކަލޭ. ޚަބަރެއްވެސް ނުވެ. މީތަން މަލަކާއަށް ނުގުޅިގެން އުޅޭތީ. ކޮބާތަ އޭނަ.” އަޔާން ވާހަކަ ދައްކަމުން ދިޔައިރު މީތަން އިނީ ކަޅިވެސް ޖަހާނުލާ އަޔާންއަށް ބަލާށެވެ.
“ކިހިނެއްވީތަ؟” އަޔާން އިތުރު ވާހަކައެއް ނުދައްކާ ފޯނު ބޭއްވުމުން މީތަންވީ ހައިރާނެވެ.
“މީޓްކޮށްލަ ބަލާށޭ. ހީވަނީ ކަމެއްވީހެން.” އަޔާންވެސް ހުރީ ފިކުރު ބޮޑުވެފައެވެ.
“މަލަކާ ކޮބާތަ އަޅެ. އަނެއްކާ ކަމެއްވީތަ އޭނައަށް.” މީތަން ހުރީ ފެންކަޅިވެފައެވެ.
“މަލަކާ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނޭ. އަންނާނަން އިނގޭ. ރެޑީވެގެން ހުންނަންޗޭ އަންނަންވާ އިރަށް.” އަޔާން މީތަންގެ އޮމާން މޫނުގައި ފިރުމާލިއެވެ.
“އަޔާން.” ގޭގެ ގޯތިތެރޭގައި ހުރި ކުޑަ ގަހެއްގެ ކައިރީގައި ހުއްޓިލައިގެން ހުރި ނުހާގެ އަޑަށް އަޔާން ސިހުނެވެ. ލައިގެން ހުރި ކުރު ސޯޓުކޮޅުން ނުހާގެ ދޮން ފައިން ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. އަޔާންގެ ސިކުނޑި އަޔާންއަށް ވިސްނައިދެމުން ދިޔައީ އެމަންޒަރު ނުބެލުމަށެވެ. ނަމަވެސް ހިތް އެދެމުން ދިޔައީ ނުހާ ގެ އުނގު ތެރެއަށް ވަންނާށެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިވެސް މަސައްކަތް ކުރަމުން ދިޔައީ އަޔާން ގެ ހިތުގެ ހަމަޖެހުން ނަގާލުމަށެވެ. ކަޅިވެސް ޖަހާނުލާ އަޔާން ނުހާއަށް ބަލަން ހުރި އިރު އަޔާން ގެ ހިތުގެ ހާލަތު ނުހާ ގެ ކުރިމަތީގައި އޮތީ ފެންނާށެވެ. ނުހާ ނަގަމުން އެގެންދަނީވެސް އޭގެ ފައިދާއެވެ.
“ތޭންކްސް.”ނުހާ ހިނިތުންވެލިއެވެ.
“ފްރެންޑްސް.” ނުހާ އޭނާގެ އޮމާން އަތްތިލަ އަޔާންއަށް ދިއްކޮށްލިއެވެ.
ނުހާ ދިއްކޮށްލި އަތުގައި އަޔާންއަށް ހިފުނީ ބޭއިހްތިޔާރުގައި ކަހަލައެވެ. ނުހާ ގެ ވާހަކައަށް އަޔާން އެއްބަސްވެ ބޯޖަހާލި ނަމަވެސް ދުވަހަކުވެސް އަޔާން އަށް ނުހާ އާ ދޭތެރޭގައި ރަޙްމަތްތެރިއެއްގެ ގޮތުގައި ނުދެކެވޭނެއެވެ.
ފާލިހް އަނެއްކާވެސް އަޔާންގެ ފޯނަށް ގުޅުމުން އަޔާން އަވަސް އަވަހަށް ފާލިހް ކައިރިއަށް ދިއުމަށް ނިކުތެވެ.
އިރުގެ ރަންއަލިން ރަސްފަންނުގެ ސާފު ހުދު ދޮންވެލިގަނޑު ވިދަމުންދެއެވެ. މުޅި ހިސާބުގައި ބަހައްޓާފައިވާ ޖޯލިތަކުން އެ މާހައުލު ފެންނަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. އަބަދުމެ މީހުން އެތަނުގައި ތިބިއެވެ. ގޮނޑުދަށަށް އިރުއިރުކޮޅާ ބީއްސަމުން ގެންދާ ރާޅުތައް ކުޅެމުންދާ ހިތްގައިމު މިއުޒިކުގެ އަޑުން ހިތްތަކަށް ގެނެސްދަމުން ދަނީ ވެސް އަޖައިބެއް ފަދަ ހިތްހަމަޖެހުމެކެވެ. ކުޑައެއް ދަށުގައި ހުރި ގޮޑިއެއްގައި ފާލިހް އިށީނދެލައިގެން އިނީ އަޔާންގެ އިންތިޒާރުގައެވެ.
“ސާބަސް. ސިގެރޭޓުން ބަނޑު ފުރަނީތަ؟” ފާލިހްގެ ކައިރިއަށް ހުއްޓުނު އަޔާންގެ ލޮލުގައި އަޅައިގަތީ ފާލިހްގެ ކައިރީގައި ބޮއެފައި ހުރި ސިގެރޭޓްބުރި ތަކެވެ. ފާލިހް ހިނިތުންވެލަމުން ބޮއެބޮއެ އިން ސިގެރޭޓްބުރި އެތެރެއަށް ދަމާލިއެވެ.
“ޔޫ ނޯ ވަޓް. ނުހާ އިޒް ބެކް.” އަޔާން ފާލިހްގެ ކައިރީގައި އިށީނދެލިއެވެ.
“އެޔޯ.” ފާލިހް ވީ ހައިރާނެވެ.
“ޑޭޑްގެ ނިންމުން. އައި ޑޯންޓް މައިންޑް.” އަޔާން ވާހަކަދެއްކީ ހިތާއި ދެކޮޅަށް ކަހަލައެވެ.
“ވަރަށް ވިސްނަންޖެހޭނެ. މީތަންއަށް ވަރަށް ޖެއްސުންކޮށްލާނެ ދޯ.” ފާލިހް އަތުގައި އޮތް ސިގެރޭޓް ބުރި މޫދާއި ދިމާއަށް ހޫރާލިއެވެ.
“ކޮބާތަ މަލަކާ. ކިހިނެއްތަ މިހާރު.” އަޔާން ކޮށްލި ސުވާލުން ފާލިހް ގެ ދުލުގައި ވަގުތުން ކަސްތޮޅު އެޅުނު ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ފާލިހް އަށް އިނދެވުނީއެވެ. ފާލިހް ކަންތައްކުރި ގޮތް އެނގިއްޖެއްޔާ އަޔާން ރުޅިއަންނާނެކަން ޔަޤީނެވެ. އަނެއްކޮޅުން މަލަކާ އާއި މީތަން އެހާ ރައްޓެއްސެވެ.
“ކިހިނެތް ވީތަ؟ އަނެއްކާ މަލަކާ ބަލި ވީތަ؟” ފާލިހްގެ ޖަވާބެއް ނައުމުން އަޔާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“ވީ އާ ޑިވޯސްޑް.” ފާލިހްގެ ޖަވާބުން އަޔާން ގަނޑުވި ކަހަލައެވެ.
“ވަޓް. ޒާރާގެ ކަންތައްތައް ފަޅާ އެރީތަ؟ އެކަމަކު ކިހިނެއް؟ ކޮންއިރަކު؟” އަޔާން އެއްފަހަރާ ހުރިހާ ސުވާލުތަކެއް ފައްޗެއްހެން އަމުނާލިއެވެ.
“ތިކަހަލަ އެއްވެސް ކަމެއްނުވޭ. ތެދައް ބުނަންތަ؟ މަލަކާދެކެ އަހަރެން ލޯތްބެއްނުވޭ. މަގޭ ސަބަބުން އަބަދު މަލަކާ ހިތުގަ ޖެހުމަށްވުރެ ދުރުވުން ރަނގަޅުކަމަށް ފެންނާތީ އެގޮތަށް އެކަން ނިންމީ.” ފާލިހް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަހަރެއްގައިވެސް މަލަކާގެ ފަރާތުން އަޔާން މެނަށް ހަޤީޤަތް އެނގިދާނެތީ ފާލިހްއަކަށް އަޔާން ކައިރީގައި ދޮގު ހަދާކަށް ނުކެރުނެވެ. އެއީ އެދެމީހުންގެ ޒަމާންވީ ރަޙްމަތްތެރިކަމަށް ބުރޫ އަރަން ފާލިހް ބޭނުން ނުވާތީއެވެ.
“ނުކުރެވޭނެ ޤަބޫލެއް. ފާލިހް މަލަކާ ދެކެ ވަރަށް ލޯބިވާތީ ދޯ މަންމަ ގެ ނުރުހުމުގައިވެސް ކައިވެނި ކުރާނީ. ތި ދެމީހުން އުޅުނު ލޯބި ގޮތް މަށަށް ދޯ އެންމެ ކައިރިން ފެންނާނީ. އެންމެ ހަފްތާއެއް ތެރޭގައި ލޯބި ނުވޭ ބުނީމަ ކިހިނެއް ޤަބޫލު ކުރާނީ. ކޮންމެވެސް ގޯހެއް އެބައުޅޭ ތީގަ.” ހިތްހަމަ ނުޖެހިގެން އަޔާން އިންތަނުން ތެދުވިއެވެ.
“ނޫން އަޔާން. މިބުނީ ހަމަ ތެދައް. މަލަކާދެކެ ފޫހިވީ އަހަރެން. ސަބަބު އުޅެއުޅެވެސް ނޭނގުނު.” އަޔާން ހިތްހަމަ ނުޖެހިފައި ހުރުމުން ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ކޮބާ މިހާރު މަލަކާ؟ އޭނަގެ އާއިލާއަށް އެންގިންތަ؟ ފާލިހް ބުނީމެއްނު މަލަކާގެ އާއިލާ ދިރިއުޅެނީ އިންޑިޔާގައޭ.” އަޔާންގެ ހިތް މަލަކާ އަށްޓަކާ ހަމްދަރުދީން ފޯވި ކަހަލައެވެ. އޭނައަށް މިހާރުވެސް ވިސްނެމުން އެދަނީ މަލަކާ އުޅޭނެ ހާލެވެ.
“ނޭނގެ”؟ ފާލިހް އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.
“ނޭނގެއޭ. ފާލިހް ކަލޭތީ އިންސާނެއްތަ؟ މަލަކާއާ އެކުގައި އުޅޭ ހިތް ނުވިޔަސް މަލަކާއަށް އުޅެވޭނެ ގޮތެއް ހޯދަދެން ޖެހޭނެދޯ. ގައިމު މަލަކާ ފާލިހް އާ އެކީ ދިރިއުޅެން އައީ އޭނަގެ ހުރިހާ އެއްޗެއް ދޫކޮށްލާފަ ދޯ. އެވަރު ވިސްނަން ޖެހޭނެއެއްނު.” އަޔާން އެއްޗެހި ގޮވަމުން ދިޔައިރު ފާލިހް އަނގައިންވެސް ނުބުނެ އިނީއެވެ. މާބޮޑު އެއްޗެއް އޭނަގެ ހިތަށް ނާރާ ކަހަލައެވެ.
“މަލަކާ ހިތްހަމަ ނުޖެހިގެން ވާހަކަ ނުދެއްކީމަ އޭގަ ދެން މަ ކީއްތަ ކުރާނީ.” ފާލިހް އަމިއްލަ ދިފާޢުގައި ވާހަކަދައްކަން ފެށިއެވެ.
“ދެން މިއަދު ކޮން ކުއްޖެއް ގޮވައިގެން އެދިޔައީ؟” އަޔާން ކުށްލިއަކަށް މިއަދު މީތަން ދެއްކި ކުއްޖާ މަތިން ހަނދާންވިއެވެ.
“އެ-އެއީ މަ-މަންމަގެ ރައްޓެއްސެއްގެ ދަރިއެއް. ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވީ. ކިންޒާ. ޑޮކްޓަރެއް.” އަޅައިގަންނަވަރުން ފާލިހްއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ކިންޒާގެ ވާހަކަ ބުނެފިއްޔާ އަޔާން އަދި ވަކިން ބޮޑަށް އޭނާ ދެކެ ރުޅި އަންނާނެކަން ފާލިހް އަށް އެނގެއެވެ.
“ހާދަ ހާސްވީ؟ ކިންޒާ އަކީ ފާލިހްގެ ކާކު؟” ފާލިހްގެ މޫނުމަތިން ފެނުނު ހާސްކަން އަޔާންއަކަށް ސިއްރެއް ނުވިއެވެ. ހަޤީޤަތުގައިވެސް ފާލިހް ދެކެ އަޔާން ރުޅިއައިސްފި އެވެ.
ފާލިހްގެ ހަމަހިމޭންކަން އަޔާންގެ ސުވާލުގެ ޖަވާބަކަށް ފުދުނު ކަހަލައެވެ.
“މަށަކަށް ނޭނގޭނެ ފާލިހް ދިރިއުޅުން ގެންދަންވީ ގޮތެއް. އެކަމަކު ކުށެއްނެތި މީހަކަށް ދެރައެއްދީފައި އުފަލަކު ނޫޅެވޭނެ.” އަޔާން ފާލިހްއަށް ފުރަގަސްދެމުން ހިނގައިގަތީ ފާލިހްގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތިއެވެ. ކުށްވެރިއެއް ފަދައިން ބަސް ހުއްޓިފައި ފާލިހްއަށް އިސްޖަހާލައިގެން ހުރެވުނީއެވެ.
ބަދިގެ ތެރެއިން ދުވަމުން ދިޔަ މީރުވަހުން ކޮޓަރީގައި ވެސް އޮންނަން އުނދަގޫވެގެން އާސިފް ނިކުތެވެ.
“ހާދަ ވަސްގަނޑު ރަނގަޅޭ.” ރޭގަނޑު ކެއުން ތައްޔާރު ކުރަން ހުރި މީތަން އާސިފް ގެ އަޑަށް ފަސްއެނބުރި ބަލާލިއެވެ.
“ޑޭޑް ކާންވީތަ؟ މިހާރު މި ނިމެނީ. ފަސްމިނެޓް.” މީތަން ހިނިތުންވެލަމުން އާސިފްއަށް ބަލާލިއެވެ.
“ހިތަށް އަރާ މަގޭ އަންހެނުން އަތުން މީރު ކާއެއްޗެއް ހަދާލާފަ މަށަށް ކާން ލިބޭނީ ކޮން ދުވަހަކުން ބާއޭ.” ސިޑިން ފައިބައިގެން އަންނަ ނުހާ ފެނުމާއެކު އާސިފް ނުހާއަށް ޖެއްސުންކޮށްލިއެވެ.
“ނުހާ އާދެބަލަ މީތަން ކައިރިއަށް ކައްކަން ދަސްކުރަން.” އާސިފްގެ އެންމެ ބޮޑު މަޤްސަދަކީ މިހާރު ނުހާ އާއި މީތަން އާއި ގުޅުވުމެވެ. ގެޔަކަށް ހަޤީޤީ ހިތްހަމަ ޖެހުން ލިބޭނީ އެތަނެއްގައި ދިރިއުޅޭ އަންހެނުންގެ އެކުވެރިކަމުގެ ސަބަބުންކަން އާސިފް ޤަބޫލުކުރެއެވެ.
“ތެދެއް ނުހާ އާދޭ. ކައްކަން ދަަސްކޮށްދީފާނަން.” އާސިފްގެ މަޤްސަދު މީތަންއަށްވެސް ވިސްނުނު ކަހަލައެވެ.
“އާސިފް. އާދެބަލަ އިހަށް މަށާއެކު.” ނުހާ އާސިފްގެ އަތުގައި ހިފީ މީތަންގެ ކުރިމަތީގައި ހުންނަން ބޭނުންނުވާތީއެވެ. މީތަން އާއި އެއްވެސް ކަހަލަ ގުޅުމެއް ބާއްވަންވެސް ނުހާ ބޭނުމެއްނޫނެވެ. އަދި އެމީހުން ކުރާ ސަމާސާ އެއްގައި ބައިވެރިވާކަށް ނުހާ ބޭނުމެއްނޫނެވެ.
“ހިނގާބަލަ މަށާއެކު ތަނަކަށް ގޮސްލާފައި އަންނަން.” ނުހާ އާސިފްގެ ކަރުގައި އެލިގަތެވެ.
“ދޫންޏާ. މިހުރީ ފެންވެސް ނުވަރައޭ އަދި. އިރުކޮޅަކުން ދާންވީނު.” އާސިފް ލޯތްބާއެކު ނުހާގެ ކޮލުގައި ހިފާލިއެވެ. ނުހާގެ އޯފް ވެފައިވާ މޫނާއި ދިގުވެފައިވާ ތުންގަނޑު އާސިފްއަށް ދައްކާލަމުން ނުހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
“މިޔޮށް އައީނު އަޔާންވެސް. ދަރިފުޅު ދޭބަލަ ނުހާ ތަނަކަށް ލާދީފަ އަންނަން.” ގޭތެރެއަށް ވަދެގެން އައި އަޔާން ފެނުމާއެކު އާސިފް އެދުނެވެ. ނުހާ ގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެމުންދިޔައިރު މީތަން ގެ ހިތަށް ވެރިވެގެން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ ހިތްދަތި ކަމެކެވެ. އާސިފްގެ ވާހަކައަށް އަޔާން އަށް ބަލާލެވުނީ މީތަންގެ މޫނަށެވެ.
ހިތާއި ދެކޮޅަށް ނަމަވެސް މީތަން ބޯޖަހާލީ ލުއި ލުއި ހިނިތުންވުމަކާ އެކުއެވެ. މީތަންގެ އެފަދަ ކޮންމެ އާދައަކުން އަޔާންގެ ހިތުގައި މީތަންއަށް ދެވިފައިވާ ޤަދަރު މަތިވެގެން ދެއެވެ.
“ލެޓްސް ގޯ.” އަޔާން އައި ކޮޅަށް އެނބުރި ހިނގައިގަތެވެ. ލޮލުގެ ހިމަކޮޅުން މީތަން އާ ދިމާއަށް ބަލާލަމުން ނުހާ އަޔާންގެ ފަހަތުން ހިނގައިގަތެވެ.
އަޔާން. މަޑުކޮށްބަލަ.” ނުހާ ފަހަތުން އައިސް އަޔާންގެ އަތުގައި ހިފިއެވެ. ނުހާގެ ފިނިފިނި އަތްތިލައިގެ ބީހުން އިޙްސާސް ވުމާއެކު އަޔާންއަށް ތެޅިގަނެވުނެވެ.
“ނުހާ. ބީ އިން ޔުއަރ ލިމިޓް. ތީ މަގޭ ޑޭޑްގެ ވައިފް އޭ.” އަޔާން ނުހާގެ އަތް ދުރުކޮށްލިއެވެ.
“އަޅެ ބުނެބަލަ ޑޭޑްގެ ވައިފް ދެކެ ލޯތްބެއް ނުވެޔޭ.” ނުހާ އަޔާންއާ ގާތަށް ޖެހިލިއެވެ. ދެޖީބަށް އަތް ޖަހާލަމުން އަޔާން ބާރުބާރަށް ހިނގައިފައި ގޮސް ސައިކަލަށް އެރިއެވެ.
“ކޮންތާކަށް ދާންވީ.” ނުހާ ސައިކަލް ފަހަތު ސީޓުގައި އިށީނުމުން އަޔާން އަހާލިއެވެ.
“އަޔާން ބޭނުންތާކަށް.” ނުހާ ފުރަގަހުން އަޔާންގެ ގައިގައި ބައްދާލިއެވެ. އައި ރުޅީގައި އަޔާން ސައިކަލުން ފޭބިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ.
“ހާދަ އަވަހަކަށް ތިއައީ.” ގޭތެރެއަށް ވަދެގެން އައި އަޔާން ފެނިފައި ކާމޭޒު ކައިރީގައި ހުރި އާސިފް އަށް ހައިރާންވެފައި އަހާލެވުނެވެ.
“އާން. ނުހާގެ ފްރެންޑް ގުޅާފަ ބުނީ ގޭގައެއް ނޫނޭ. އެހެންވެ ފަހުން ދާނީއޯ ނުހާ ބުނީ.” އަޔާން އެހެން ބުނުމަށްފަހު ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ. ދޮރު ކައިރީގައި ހުރި ނުހާއަށް އަޔާން ދިން ޖަވާބު ހަމަ ރަނގަޅަށްވެސް އަޑުއިވުނެވެ. އަޔާން ދެއްކި ވާހަކައާއި ދެބަސްވެވެން ނެތްކަން ނުހާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ.
އަޔާން ކޮޓަރިއަށް ވަން އިރު މީތަން ފެންނާކަށްނެތެވެ.
“މީތަން.” އަޔާން އެތަން މިތަނަށް ނަޒަރު ހިންގަމުން މީތަން އަށް ގޮވާލިއެވެ. ބެލްކަނީގެ ދޮރު ކެހުމާއެކު އަޔާންއަށް ސިހިފައި ބަލާލެވުނެވެ.
“ތިތާގަ އެކަނި. ކީއްތަ ތިކުރަނީ.” އަޔާން ހިނިތުންވެލަމުން އައިސް މީތަންގެ ކުރި މައްޗަށް ހުއްޓުނެވެ.
“މަންމަ ގުޅި. މަލަކާ އެބަހުރި އެގޭގައި. ކީއްވެ އަޔާން ނުބުނީ.” މީތަންގެ ދެލޮލުގައި މުތީ ތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތައް އެއްވެސް އިހްތިޔާރަކާނުލާ ކޯތާފަތް މައްޗަށް އޮހިގަތެވެ.
“މިއައީ މީތަން ކައިރީގައި އެވާހަކަ ބުނާށޭ. އެކަމަކު އައި ތަނާ އަނެއްކާވެސް ދާން ޖެހުނީމަ ނުބުނެވުނީ.” އަޔާން މީތަންގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.
“ކީއްވެތަ ފާލިހް އެހެން އެހެދީ.” އަޔާންގެ މޭމަތީގައި މީތަން ބޯއަޅާލިއެވެ.
“ކީކޭ ބުނާނީ. ރަނގަޅަކަށް ނޫން ފާލިހް އެކަންތައް ކުރީ އެއް. އެކަމަކު އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތެއްނު. ފާލިހްގެ އަމިއްލަ ލައިފް. އޭނައަށް ދޯ އެނގޭނީ އޭނަގެ ދިރިއުޅުން ގެންދަންވީ ގޮތް. މަލަކާ އަށް ހިތްވަރު ދިނުން ނޫން ގޮތެއް މިއަދަކު ނެތް.” އަޔާން ހާމަކުރީ ހަޤީޤަތެވެ. އަޔާންވެސް މަލަކާ އަށްޓަކައި އިންތިހާއަށް ދެރަވެއެވެ.
“ދާނީ ދޯ މިރޭ މަލަކާ ކައިރިއަށް.” އަޔާން މީތަންގެ ބުރަކަށީގައި ފިރުމާލިއެވެ.
“އާން. ދާނަން.” ކިންޒާ ވާހަކަ ދެއްކީ ފާލިހްއާއެވެ.
“އެކަމަކު ބިރުވެރިވާން ޖެހޭނެ ފިލްމް.” ފާލިހްއާއެކު ޝްވެކަށް ފިލްމް ބަލަން ދާން ކިންޒާ ތައްޔާރުވަނީއެވެ. ކިންޒާ ދައްކާހާ ތުއި ބެލުން އެއީ މިއަދު ފާާލިހްގެ އުފަލެވެ.
“ބިރުން ގޮސް މޮޔަނުވާތި ޑޮކްޓަރ ސާހިބާ.” ފާލިހް ހީނގަތެވެ.
“ހީވޭތަ އަހަރެން މީ އެހާ ބިރުގަންނަ މީހެއް ހެން.” ކިންޒާ ފާލިހް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ރިއަލީ. އަޅެ ހިނގާބަލަ ބިރުކުޑަތޯ ބަލާލަން.” ފާލިހް ކިންޒާ އާއި ގާތަށް ޖެހެން ފެށިއެވެ. ކިންޒާ އަށް ފަހަތަށް ޖެހެން ފެށުނީ ބޭއިހްތިޔާރުގައެވެ. އެންމެ ފަހުން ކިންޒާ ގެ ފިޔަވަޅު ހުއްޓާލަން ޖެހުނީ ފާރުގައި ލައްވުމުންނެވެ. ފާލިހްގެ ދެއަތް ކިންޒާ ވަށާލިއެވެ. އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެކަން ގައިމެވެ.
ކިންޒާ އިސްޖަހާލީ ފާލިހްގެ ތޫނު ބެލުންތަކުން ރަކިވެގެންނެވެ. ފާލިހް ކިންޒާގެ ނިއްކުރީގައި ތުންފަތް ޖައްސާލުމާއެކު ކިންޒާ ފާލިހް ގެ ތަނަވަސް މޭތެރޭގައި ބޮޑިވެގަތެވެ.
މަލަކާގެ ހާލަކީތޯއެވެ. ކެއުމެއް ބުއިމެއްނެތެވެ. ކަރުނަ އަކީ މަަލަކާގެ އެންމެ ގާތް އެކުވެރިޔާ ފަދައެވެ. އެދެލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ. ފާލިހް މަތިން ހަނދާންވާތީ ރުއިން ފިޔަވައި އިތުރު ކަމެއް މަލަކާ ނުކުރެއެވެ.
“ދަރިފުޅާ. ތިހެން އުޅޭކަށް ނުވާނެ. ކެތްކުރަންވާނެ. އަނިޔާވެރިއަކަށްޓަކާ މުޅި މީހާ ހަލާކު ކޮށްލާނެ ކަމެއްނެތް.” މީތަންގެ މަންމަ އާދިސާ މަލަކާގެ ބޮލުގައި ފިރުމަމުން ނަސޭހަތްތެރިވިއެވެ. މިއަދު އާދިސާ ނެތްނަމަ މަލަކާ މިދުނިޔޭގައި ވެސް ނުހުންނާނެ ކަހަލައެވެ. މަލަކާ އެކޭ ދުނިޔެއިން މޮޔަވެފައިވާ މީހެކޭ އެއްފަދައެވެ. މީތަންއަށް އެތަނަށް އާދެވުނު އިރުވެސް މަލަކާއަށް ރޮވެނީއެވެ. މަލަކާ ހުރި ހާލު ފެނިފައި މީތަންގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މަލަކާގެ އަނަރޫފަވެފައިވާ ހަށިގަނޑުގައި މީތަން އޮޅުލައިގަތް ގޮތަށް އޭނައަށްވެސް ރޮވުނީއެވެ.
“ދަރިފުޅު ރުއީމަ މަލަކާ އަށް ވާނީ ކިހިނެއް؟ ކޮބާތަ އަޔާން.” އާދިސާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އަޔާން ބޭރުގައި ހުރި ކަމަށް ހީކޮށެވެ.
“އަޔާން އެބައާދޭ. އޭނަގެ ބައްޕަ މެސެޖްކޮށްފަ އަންނާށޭ ބުނީމަ އެދިޔައީ ވީގޮތެއް ބަލާލަން.” މީތަން އަށް ވާހަކަދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. ހިތަށް ކުރަމުންދިޔަ ފުން އަސަރުތަކުގެ ސަބަބުންނެވެ.
ގޭގެ ދޮރު ހުޅުވާލާފައި ވަން އަޔާންއަށް މަރުޙަބާ ކިއީ ކަނު އަނދިރިކަމެވެ. ވަރަށް ދަންނަ މީރުވަހެއް ނޭފަތުގައި ޖެހުނީ އެވަގުތުއެވެ.
“ޑޭޑް.” އަޔާން އާސިފްއަށް ގޮވާލަމުން ލައިޓް އޮން ކޮށްލުމަށްޓަކާ ސްވިޗް ޖައްސާލިއެވެ. ނަމަވެސް ސްވިޗް މަސައްކަތެއް ނުކުރިއެވެ. އަޔާން ފޯނުގެ ލައިޓް އަޅުވާލަމުން ކުރިއަށް ހިނގައިގަތެވެ. އާސިފްމެން ކޮޓަރި ދޮރު މައްޗަށް ހުއްޓުނުތަނާ ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަޔާންގެ ބުރަކަށީގައި އަޅާ ކޮޓަރިތެރެއަށް ކޮށްޕާލައިފިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އަޔާން ނުވެއްޓުނީ ހަމަކިރިޔާއެވެ. ފޯނުގެ ލައިޓް ކުރިމަތީގައި ހުރި މީހާ ގަޔަށް އަލި އަޅުވާލުމާއެކު އަޔާންގެ ގައިން ހީބިހި ނަގައިގަތެވެ.
“ނުހާ.” އަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ނުހާ ބަލާކަށްނުހުރެ އަޔާން އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. ހަމަ އެސިކުންތުގައި ނުހާ ސިންގާއެއް ފަދައިން އަޔާންގެ ގައިމައްޗަށް ޖެހިގަތެވެ. ނުހާ ގެ ގައިން ދުވަމުން ދިޔަ މީރުވަހުން އަޔާން ގެ ހިތްފުރިގެން ބަންޑުންވާ ކަހަލައެވެ. އަޔާން ގެ ދެއަތް ނުހާ ގެ ހަށިގަނޑުވަށާލާކަށް މާގިނައިރެއް ނުނެގިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (27)
އެތަކެއް ދުވަަސްތަކަށްފަހު ނުހާގެ ބީހުންތަކުގެ އިޙްސާސްވުމުން އަޔާންގެ ހިއްސުތައް ހަމައިން ނައްޓާލި ކަހަލައެވެ. ނުހާގެ އަދާތަކުގެ ޖާދޫގައި އަޔާން ހައްޔަރުވެގެން ދިޔައިރު ނުހާ އޮތީ އުފަލުންނެވެ. ނޭނގޭ ހޫނުކަމަކުން އަޔާންގެ ހަށިގަނޑު ފިހެމުންދަނިކޮށް ތެޅިގެންފައި އަޔާންއަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އަޔާންއަށް އޮވެވުނީ ނުހާގެ ގައިމަތީގައެވެ. އަޔާން އަށް ތެދުވެވުނީ ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯ ހޫރާލަމުންނެވެ.
“އަޔާން.” ނުހާގެ މަސްތީ އަޑު އަޔާންގެ ކަންފަތުގައި ޖެހުމާއެކު އަޔާންގެ މުޅި ގައިން ހީބިހި ނަގައިގަތް ކަހަލައެވެ. ނުހާ އަތް ދިއްކޮށްލަމުން އަޔާންގެ އަތުގައި ހިފިއެވެ. ނުހާ މަސައްކަތް ކުރަމުން ދިޔައީ އަނެއްކާވެސް އޭނަގެ ބާރުގެ ދަށަށް ގެންދާށެވެ. ނުހާގެ ރީތި އޮމާން ހަށިގަނޑުގެ ޖާދޫގައި އަޔާން ޖައްސާށެވެ.
“ނުހާ. ކިހިނެއްވެގެންތަ ތިއުޅެނީ.” އަޔާން ނުހާގެ އަތު ތެރޭގައި އޮތް އޭނަގެ އަތް ދަމައިގަތެވެ. ނުހާ އަނގަޔަކުން ނުބުނެއެވެ. ކުރިއަށް ޖެހިލާފައި އަޔާންގެ ހޫނު ތުންފަތުގެ ހޫނުކަން އޭނަގެ ތުރުތުރުއަޅަމުންދާ ފިނިފިނި ތުންފަތުގައި ޖައްސާލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑު އަޔާންގެ ގައިގައި ޖައްސާ ފިއްތާލިއެވެ. އަޔާން އެކޭ ޗާބީ ދީފައިވާ ބުދެކޭ އެއްފަދައެވެ. ނުހާގެ ކޮންމެ އިޝާރާާތަކަށް އޭނާ މަރުޙަބާ ކިޔެއެވެ. ލޯބީގެ އެންމެ މީރު ފޮނިކަން އަޔާން ހޯދަމުން ދިޔައިރު މީތަންގެ މަތިން އޭނާ ހަނދާންވެސް ނެތްކަހަލައެވެ. ނުހާ ހުއްޓާނުލާ އަޔާންގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އަޔާންއަށް ދުނިޔޭގެ ހޭވެރިކަންވެސް ނެތެވެ.
“އައި ލަވް ޔޫ.” ނުހާ އަޔާންގެ ކަންފަތާއި ކައިރިވެލަމުން ދެލޯ މަރާލިއެވެ.
“މީ ޓޫ.” އަޔާން ނުހާގެ ގައިމަތިން އެނދުގެ އެއްފަރާތަށް ވެއްޓިގަތެވެ. ވެފައިވާ ވަރުބަލިކަމާއި އެކުގައެވެ. އެގޮތަށް އަޔާންއަށް އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
“ރުޅިއައިއްސަތަ؟” އަޔާންގެ ހަމަހިމޭންކަން ފެނިފައި ނުހާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. އަޔާން އެއްވެސް އެއްޗެއް ނުބުނެ ނިތްކުރިމަތީގައި އަތް ބާއްވާލަމުން ދެލޯ މަރާލިއެވެ. ރުޅި އަންނަންވީ އޭނާ ކޮންކަމަކާ ބާއޭ އަޔާންގެ ހިތަށް އަރަމުންދިޔައެވެ. ވާން ހުރި ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. މިއަދު އޭނައަކީ ކުއްވެރިއެކެވެ. މީތަންގެއެވެ. އާސިފްގެއެވެ.
އެނދުމަތީގައި އޮތް އަޔާންގެ ފޯނުގެ ރިންގް ގެ އަަޑަށް އަޔާންދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ނަގާ ސްކްރީނަށް އަރާފައިވާ ނަމަށް އަޔާން ބަލާލިއެވެ. އެޔާއެކު އަޔާންއަށް ދެލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. މީތަންގެ ކޯލްއަށް ޖަވާބުދޭނެހާ ހިތްވަރުވެސް އަޔާންގެ ނެތެވެ. މީތަންގެ އަތުގައި އަތްޖަހާ ވެފައިވާ ވަޢުދުތައް އަޔާން އުވާލީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.
“އަޔާން މަޑުކޮށްބަލަ.” އަޔާން ކުށްލިއަކަށް އެނދުން ތެދުވުމުން ނުހާ އަޔާންގެ ފަހަތުން ބައްދައިގަތެވެ.
“ސްޓޭ އަވޭ ފުރޮމް މީ.” އަޔާން ނުހާގެ އަތް ފޮޅުވާލަމުން އެނދާއި ދިމާއަށް ނުހާ ކޮށްޕާލިއެވެ. ވެއްޓިފައި އޮތް އަޔާންގެ ސޯޓް އުނަގަނޑަށް ހެޔޮވަރު ކޮށްލަމުން އަޔާން ކޮޓަރިން ނިކުތީ ފަސްއެނބުރި ނުހާ އާ ދިމާއަށް ބަލާވެސްނުލައެވެ. ސައިކަލަށް އަރާ ސްޓާޓް ކޮށްލި އިރު އަޔާން ހުރީ ފެންކަޅިވެފައެވެ. މީތަންއާ ކުރިމަތިލާނެ ހިތްވަރުވެސް އަޔާންގެ ނެތްކަހަލައެވެ.
“ހާދަ ވަރަކަށް ގުޅައިފީމޭ.” ސައިކަލްގައި އައިސް އަޔާން މަޑުކޮށްލިއިރު މީތަން ހުރީ ގޭގެ ދޮރުމައްޗަށް ނިކުމެއެވެ. އަޔާންއަށް ހުރެވުނީ ކުށްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ. މީތަންއާ ކުރިމަތިލާނެ ހިތްވަރުވެސް އަޔާންގެ ނެތްކަހަލައެވެ.
“ފޯން އޮތީ ސައިލެންޓްގައޭ. އެހެންވެ ނޭނގުނީ.” އަޔާން ވާހަކަ ދެއްކީ މީތަންގެ މޫނަށް ބަލާވެސްނުލައެވެ.
“އިޓްސް އޯކޭ. އަޔާން. ކަމެއްވެފަތަ ތިހުރީ. އަނެއްކާ ޑޭޑް އެއްޗެކޭ ބުނީތަ؟” އަޔާންގެ އިސްޖެހިފައިވާ މޫނަށް މީތަން ބަލަހައްޓައިގެން ހުރީ ސުވާާލުގެ ނަޒަރަކުންނެވެ.
“ނަތިން. ކޮބާ މަލަކާ؟” އަޔާން ހިނިތުންވެލަމުން މައުލޫއު އޮޅުވާލީ ގަސްތުގައެވެ.
“ވަރަށް ވާހަކަ ދައްކާފަ މިއައީ. މިހާރު އެބައޮތް ނިދިފައި.” މީތަން ސައިކަލްގެ ފަހަތަށް އަރާ އިށީނުމުން އަޔާން ސައިކަލް ދުއްވާލިއެވެ.
ޝްވެކް ސިނަމާއިން ކިންޒާ އާއި ފާލިހް އަތް ގުޅުވާލައިގެން ނިކުމެވުނީ އަޔާން މެންގެ ސައިކަލްގެ ކުރިމައްޗަށެވެ. ހެމުން ސަކަރާތް ޖަހަމުން އެކަކު އަނެކަކާއި ސަމާސާ ކުރަމުން ފާލިހް މެން ނިކުތް މަންޒަރު ހަމަރަނގަޅަށްވެސް އަޔާން މެންނަށް ފެނުނެވެ.
“އަޔާން. ކޮންތާކަށްތަ ތިދަނީ ދެކުދިން.” ފާލިހް ކުޑަކޮށް ސިހުނު ނަމަވެސް އޭނާ ހިނިތުންވެލިއެވެ.
“މިއައީ މަލަކާ ކައިރިން.” ފާލިހްއަށް ޖަވާބުދިނީ މީތަންއެވެ. މީތަންގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމާއި ރުޅިވެރިކަން ފާލިހްއަށް ހަމަރަނގަޅަށްވެސް ފާހަގަވިއެވެ.
“މީ ކިންޒާ އިނގޭ. މެރީ ކުރަން މިއުޅެނީ ވަރަށް އަވަހަށް.” ފާލިހް އެހެން ބުނެލީ ހިސާބަކަށް ފަސްޖެހިފައި ހުރެއެވެ. ފަހަރުގައި މީތަން ޖެއްސުމުގެ އެއްޗެއް ބުނެފާނެތީއެވެ.
“ކޮންގްރާ ދެކުދިން. ގޮސްލީއޭ.” އަޔާން ހިނިތުންވެލަމުން ސައިކަލް ދުއްވާލިއެވެ.
“އަޅެ މަޑުކޮށްލިނަމަ. ހިތަށް އަރާ ހަމަ ހަޅޭއްލަވައިގަނެފާާނަމޭ ފާލިހް އާ ދިމާއަށް.” މީތަން އަޔާންގެ ބުރަކަށީގައި ވިކައިގަތެވެ.
“ތިހެން ހީވެގެން އަވަހަށް އެތަނުން މިއައީ. މީތަން ކައިރީގައި ބުނީމެއްނު އެއީ ފާލިހްގެ އަމިއްލަ ލައިފް އޭ. އަހަރެމެންނަށް ގޮތެއް ނުކިޔޭނޭ.” އަޔާން އަނެއްކާވެސް މީތަންއަށް ހަނދާންކޮށްދިނެވެ. ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް އަޔާންދެއްކި ވާހަކަ މީތަން ޤަބޫލުކުރިއެވެ.
“މިކަން ރަނގަޅު ގޮތަކަށް ނިމޭނެތަ؟” ޝަރީފާ އާއި ނާސިރާ ވާހަކަ ދައްކަން ތިބީ ޝަރީފާގެ ގޭގެ ގޯތިތެރޭގައެވެ. ޝަރީފާ ވިސްނަމުން އެގެންދަނީ ކިންޒާ އާ ފާލިހް އާާއި މެދުގައެވެ.
“ޔަޤީން ނުވަނީތަ؟” ނާސިރާ ހުުރީ ހިތްހަމަ ނުޖެހިފައެވެ. ޝަރީފާގެ ވާހަކަތަކުން އޭނައަށް އެއްވެސް އިތުބާރެއް ނުކުރާކަހަލައެވެ.
“ރުޅިއައީތަ؟ ޔަޤީން ނުވަނީ އެއްނޫނޭ. އަދި އިތުރަށް ޔަޤީން ކޮށްލަންވެގެން. މީހުން ބުނޭނު ފަންޑިތައިގެ ބާރު ދިޔައީމަ އަނެއްކާވެސް ކަންތައްތައް ބަދަލުވާނެޔޭ. އެހެންވެ އަހާލީ.” ޝަރީފާ ދުފާ ތަބައް ނަަގާ ނާސިރާ އާ ދިމާއަށް ދިއްކޮށްލިއެވެ.
“ތިހެންވެސް ވޭ. އެކަމަކު ދެން މަވެސް ނުކުރާނެ ދޯ ޔަޤީާންކަން ނެތްކަމެއް؟” ނާސިރާ އެއްމިޔަނަކުން ހީލިއެވެ. އެވަގުތަކީ ފާލިހްއާ ކިންޒާވެސް އައިސް ގެޔަށް ވަން ވަގުތެވެ. ޝަރީފާމެންނަށް ބަލާލާފައި ހިނިތުންވެލަމުން ފާލިހްއާ ކިންޒާ ވަނީ އެތެރެއަށެވެ.
“އެއީ ތަ؟” ނާސިރާ ލޮލުގެ ހިމަކަޅިން ކިންޒާ އަށް ބަލާލަމުން އަހާލިއެވެ.
“އާން. ހަމަ ރަންގަނޑެއް؟” ޝަރީފާ ފަޚްރުވެރިކަމާއެކު ބުނެލިއެވެ.
އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ނުހާ މޯޅިއަކަށް ދެމިލިއެވެ. ދަންވަރު ދޭއް ޖެހިއިރުވެސް ނުހާއަކަށް ނުނިދުނެވެ. އަޔާން އާއި ވާހަކަ ދައްކާނުލާ އޭނާ އަށް ހިތްހަމަވެސް ނުޖެހެވެނީއެވެ. ނިދާފައި އޮތް އާސިފްއަށް ބަލާލަމުން ނުހާ އެނދުން ތެދުވީ ވަރަށް މަޑުމަޑުންނެވެ. ދެން އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ. އިރާކޮޅުގެ ހާދިސާއަށްފަހު އަޔާން ހުރީ ނުހާ ދެކެ ވަރަށް ރުޅިއައިސްފައި ކަން ނުހާ އަށް އެނގެއެވެ. އެހެންވެ އަޔާން ހަމައަކަށް އަޅުވަން ނުހާ ބޭނުމެވެ. ސިޑިން މައްޗަށް އަރައިގެން ދިޔަ ނުހާ ދިޔައީ ވަށައިގެން ހޯދަމުންނެވެ. ފަހަރެއްގައި ނީތާ ހޭލާ އުޅެފާނެތީއެވެ. އަޔާންގެ ކޮޓަރީގެ ތަޅުގެ އަތްގަނޑަށް އަނބުރާލުމާއެކު ދާދި ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ދޮރު ހުރީ ތަޅުނުލައެވެ. އޭނާގެ ނަސީބާމެދު ޝުކުރު އަދާާކުރަމުން ނުހާ މަޑުމަޑުން ދޮރު ލައްޕާފައި އެތެރެއަށް ވަނެވެ. ކޮޓަރީގައިވާ ނިދާބޮކީގެ ފަނޑުއަލިން ކޮޓަރިތެރެ ފެންނަމުން ދަނީ ފުދޭވަރަކަށް އަނދިރިކޮށެވެ. މަޑުފިޔަވަޅުތަކެއްގައި ނުހާ ހިނގާފައި ގޮސް ނިދާ އެނދު ކައިިރިއަށް ހުއްޓިލިއެވެ. އަދި ނިދާފައި ތިބި އަޔާންއާ މީތަން އަށް ނަޒަރު ސީދާކޮށްލިއެވެ. މީތަން އޮތީ އަޔާންގެ މޭތެރޭގައި މޫނު ފޮރުވައިގެން ނިދާފައެވެ. އެމަންޒަރު ފެނިފައި ނުހާ އަށް ހިންދިރުވާާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.
ނުހާ އަޔާންގެ ފައިގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް އަޔާން އޮތީ ގަދަނިދީގައެވެ. ނުހާ އަނެއްކާާވެސް ކުރިއަށް ޖެހިލާފައި ނިދާާފައި އޮތް އަޔާާންއާ ދިމާއަށް ގުދުވެލިއެވެ. ނުހާގެ ހޫނު ނޭވާތައް މޫނަށް އެޅެމުން ދިޔުމުން އަޔާންއަށް ދެލޯ ހުޅުވާލެވުނެވެ. ލިބުނު ސިހުމުގައި އަޔާން އުޅުނީ ހަޅޭލަވައިގަންނާށެވެ. ނަމަވެސް ނުހާ ހުރީ އެކަމަށް ތައްޔާރުވެގެން ކަހަލައެވެ. ހަމައެވަގުތު އަޔާންގެ އަނގަމަތީގައި ނުހާ އަތް އަޅާލިއެވެ.
“މާ ބާރަށް ހަޅޭލަވަން ތިއުޅެނީ އަމިއްލައަށް ބޭޒާރުވާންތަ؟” ނުހާ ވާހަކަ ދެއްކީ ވައި އަޑުންނެވެ. އައި ރުޅީގައި އަޔާން ނުހާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ.
“ނުހާ މޮޔަވީތަ؟” އަޔާން ސިޓިންގްރޫމް ސޯފާއާ ދިމާއަށް ނުޙާ ކޮށްޕާލިއެވެ.
“އާން މޮޔަވެއްޖެ ހަމަރަނގަޅަށްވެސް.” ނުހާ އަޔާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ތިކިޔޭ އެއްޗެއް، ކުރެވޭ ކަމެއް އެބަ އެނގޭތަ؟ ހެޔޮނުވާނެ މަށަށް ތަންކޮޅެއް ޕީސްފުލް ކޮށް އުޅުނަ ދީބަލަ” އަޔާންގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.
“ކީކޭ އަޔާން ބުނަން ތިއުޅެނީ.” ނުހާ ދެބުމަ ގޮށް ޖަހާލަމުން އަޔާާންއަށް ދެލޯ އަޅާލިއެެވެ.
“މިބުނަން އުޅޭ އެއްޗެއް އިތުރަކަށް ކިޔާ ދޭކަށް ނުޖެހޭ. ނުހާ އަށް އިނގޭނެ.” އަޔާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
ދެފަރާާތުގެ އާއިލާގެ ފުރިހަމަ ރުހުމާއެކު ކިންޒާ އާއި ފާލިހްގެ ކައިވެނި ކުރެވުނެވެ. ބޮޑު ޕާޓީއެއް ބާއްވާ ބޭކާރު ހަރަދުކުރާކަށް ކިންޒާ ވެސް އަދި ފާލިހް ވެސް ބޭނުމެއް ނުވިއެވެ. ފާލިހް އެތައް ފަހަރަކު އަޔާންއަށް ގުޅުމުންވެސް އަޔާންގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ފާލިހް މެސެޖެއްކޮށްލިއެވެ.
“ހަބީ ޖާން. ކީއްވެތަ މާ މޫޑީވެފަ ތިހުންނަނީ.” ކިންޒާ ފާލިހްގެ އަތުގައި ފިރުމާލީ ވަރަށް ލޯބިންނެވެ.
“އަޔާން ނާންނާތީވެ. ހީ އިޒް މައި ބެސްޓްފްރެންޑް. އަބަދުވެސް ކޮންމެ ކަމެއްގަ އެންމެ ކައިރީގައި ހުންނަ މީހާ. އެކަމަކު ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ.” ފާލިހް ހުރީ އިންތިހާއަށް ދެރަވެފައެވެ.
“ވެދާނެއެއްނު ވީކެންޑް ވީމަ ބިޒީވީ ކަމަށްވެސް. ފަހުން ދިމާވާނެއެއްނު.” ކިންޒާ މަސައްކަތް ކުރީ ފާލިހްގެ ހިތްހަމަޖައްސާލަދޭށެވެ. ގަދަކަމުން ހިނިތުންވެލިޔަސް ފާލިހް އުފަލެއްނުވެއެވެ. އަޔާން އެތަނަށް އަންނަން ބޭނުން ނުވަނީ ކީއްވެކަން ފާލިހްއަށް އެނގެއެވެ. ނަމަވެސް މިއަދު ފާލިހްގެ ދިރިއުޅުމަކީ އޭނަގެ އަމިއްލަ ބާރުގައި އޮތް އެއްޗެއް ނޫނެވެ. މަކަރުވެރި ސިހުރެކެވެ.
“ތިހެން ނުހަދާ ދެން ކާލާ. ދެދުވަސް ވީ އޭ އެއްވެސް އެއްޗެއް ނުކާތާ.” މީތަން އާއި އަޔާން ތިބީ މަލަކާ ކައިރީގައެވެ. މިއަދު މަލަކާއަށް އެމީހުންގެ އަޅާލުން އިންތިހާއަށް ބޭނުމެވެ.
“މަލަކާ. ބޭވަފާތެެރިއަކަށްޓަކާ އަމިއްލަ ލައިފް ހަލާކު ނުކޮށްބަލަ.” މީތަން މަލަކާގެ ބުރަކަށީގައި ފިރުމަންފެށިއެވެ.
“ކީއްވެ؟ ފާލިހް މަށަށް މިހެން ހެދީ ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟ ރޮމުން ވާހަކަ ދައްކަންފެށި މަލަކާ ކުއްލިއަކަށް ހޭންފެށިއެވެ.
“ކަލޭ އަހަރެންދެކެ ލޯބިވާނަންތަ؟” މަލަކާ ކައިރީގައި ހުރި ޖޫސްތަށި ނަގާ އަޔާންގެ މޫނަށް ޖެހިއެވެ. މީތަންއާއި އަޔާން ދިޔައީ ސިއްސައިގެންނެވެ. މަލަކާގެ އާދަޔާޚިލާފް ހަަރަކާތްތަކާއި އުޅުމުންނެވެ.
“ޔާ ރައްބީ. އެކުއްޖާ ފަކީރު ދުނިޔެއިން މޮޔަވީ ކަންނޭނގެ.” އާދިސާ ބާރަށް ރޮއެގަތެވެ.
“އަޔާން ދޭބަލަ ޗޭންޖް ކޮށްލާ ފްރެޝް ވެލަން. މަންމަ ހިނގާ މަލަކާ ހޮސްޕިޓަލަށް ގެންދަން.” މީތަން މަލަކާގެ ދެއަތުގައި ބާރަށް ހިފެހެއްޓީ މަލަކާ އަމިއްލަ ހަށިގަނޑަށް އަނިޔާ ދެމުންދާތީއެވެ.
ނުހާ ގޮވައިގެން ރިސޯޓަށް ދިއުމަށް ހުރިހާ ކަމެއް ހަމަޖައްސާފައި އާސިފް ޕާކް ކޮށްފައި އޮތް ކާރާ ދިމާއަށް ހިނގައިގަތީ އުފަލުން ލަވަ ކިޔަމުންނެވެ. އާސިފް އަބަދުވެސް އެންމެ އިސްކަންދެނީ ނުހާގެ އުފަލަށެވެ. އެހާވެސް ނުހާދެކެ އާސިފް ލޯބިވެއެވެ. ދެވަނަ ފަހަރަށް ނުހާ އޭނަގެ ހަޔާތަށް އައުން އެއީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ. މަގު ހުރަސްކޮށްލަން އާސިފް ކުރިއަށް ހިނގައިގަތީ މަގުގެ ދެފަރާާތަށް ރަނގަޅަށް ބެލުމަށްފަހުގައެވެ. ކުއްލިއަކަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއްގައި އާސިފްޖެހި އޭނާ މާދުރަށް ވިއްސައިގެން ގޮސް ވެއްޓުނެވެ. އިސާހިތަކު ލޭގެ ކޯރަކުން އާސިފްގެ ހަށިގަނޑު ވަށާލިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (28)
ލެއިން ކަޅިވެފައިވާ އާސިފްގެ ހަށިގަނޑު ފެނުނު މީހަކު ބިރުން ގޮސް ހަލާކުވާވަރުވެއެވެ. ހަޅޭލަވަމުން އެހިސާބުގައި ތިބި މީހުންތައް އެތަނަށް އެއްވިއިރު އާސިފްއާއި އެކްސިޑެންޓްވި ކާރު ލޮލުކޮޅަށް ފެންނަންވެސް ނެތެވެ. އިސާހިތަކު އެމްބިޔުލެންސްގެ ސައިރަންގެ ގަދަ އަޑުފަށްގަނޑާއި އެކު އާސިފް ހޮސްޕިޓަލަށް ގެންދެވުނެވެ.
“އައި އެމް ސޮރީ. މިވަގުތަށް މަލަކާ ބަހައްޓަން ޖެހޭނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި. އިތުރު ޗޮއިސް އެއް ނެތް.” ޑޮކްޓަރ ގެ ވާހަކަ އަޑުއަހަން އިން މީތަން އަށް އިށީނދެގެން އިން ގޮޑިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
“ވަޓް. ނުވާނެ ތިކަމެއް. މަލަކާއަކީ މޮޔައެއް ނޫނޭ.” މީތަން އަށް ވާހަކަ ދެއްކުނީ ވަރަށް ރުޅިއައިސްފައެވެ.
“މަލަކާއަކީ މިހާރު ބުއްދި ސަލާމަތުން ހުރި ކުއްޖެއްނޫން. ގިނަފަހަރު އެހެންވަނީ ސިކުނޑީގައި އެހުރިހާ ވޭނެއް ތަހައްމަލްކޮށް ވިސްނާނެ ބާރު ނެތީމަ. ބައެއް ފަހަރު އަމިއްލައަށް ހުރެވެސް ރަނގަޅުވޭ. އެކަމަކު މިވަގުތަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑު މިބުނީ.” ޑޮކްޓަރ މަސައްކަތް ކުރީ ކަމުގެ ސީރިއަސްކަން މީތަންއަށް ވިސްނާދޭށެވެ.
“ޑޮކްޓަރ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނުލިޔަސް މަލަކާ އަހަރެމެެން ކައިރީގައިވެސް ބެހެއްޓޭނެއެއްނު. އޭރަށް މާބޮޑަށް އަޅާލެވޭނެއެއްނު.” ބުދެއްހެން ގަނޑުވެފައި ހުރި މީތަންގެ އަތުގައި ހިފައި އަޔާން ގޮޑީގައި ބައިންދަމުން ޑޮކްޓަރގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“މިއީ ތި ހީކުރާ ކަހަލަ އާދައިގެ ކަމެއް ނޫނޭ. މިތަނަށް ގެނައި ފަހުންވެސް އަމިއްލަ މޫނުގައި ވަކި އަޅާ ހަށިގަނޑަށް އެތައް ގެއްލުންތަކެއް ދީފި. ކައިރީގައި ތިބި މީހުންނަށްވެސް އަނިޔާ ކުރި. އެހެންވެ މިގޮތަށް މިބުނީ.” ޑޮކްޓަރ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އަޔާންއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނައަށްވެސް އެވާހަކަތައް ކިޔައިދޭން ޑޮކްޓަރއަށްވެސް އުނދަގޫވާ ކަހަލައެވެ. ނަމަވެސް ވާޖިބް އަދާކުރަން ޖެހޭތީ ކިޔައިދެނީއެވެ.
“އަޅެ އަޔާން. ކިހިނެއްތަ އެހެންވާނީ.” ދެލޮލަށް ޖަމާވެ ބޮޑިވެފައި ހުރި ކަރުނަތައް މީތަންއަކަށް މާގިނައިރަކު ނުހިފެހެއްޓުނެވެ. އަޔާންގެ މޭތެރެއަށް ބޮޑިވެގަންނަމުން މީތަން ރޮއެގަތެވެ. ކުރިމަތީގައި ހުރި ޑޮކްޓަރ ދުރަށް މޫނު އަނބުރާލީ ޑޮކްޓަރުންނަކީ ހިތްބަލި ބައެއްކަން ހާމަކުރަން ބޭނުންނުވާތީ ކަހަލައެވެ. މީތަން މޭގައި ލައްކޮށްލައިގެން އަޔާން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
“މި ބޭފުޅާގެ ނެތް އެއްވެސް އެހީތެރިއެއް.” ނުދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު އަޔާން އަޑު އައި ދިމާއަށް ބަލާލިއެވެ. އޭރު ހޮސްޕިޓަލްގެ މަސައްކަތު ދެމީހަކާއި ދެނަރުހުން ލެއިން ތަތް ތެޅިފައިވާ މީހެއް އެނދަކަށް ލައިގެން ދުއްވާފައި ދަނީއެވެ.
“ކިހިނެއްވީ؟” އަޔާން އަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. އެފަދަ ހާލެއްގައި މީހަކު އޮއްވާ ފެނިއްޖެ ކޮންމެ މީހަކަށްވެސް އަހާނުލާ ކެތްނުވާނެކަން ޔަޤީނެވެ.
“އެކްސިޑެންޓެއްވީ. ކޮންމެވެސް މަޝްހޫރު ވިޔަފާރިވެރިއެކޯ. ނަމެއްވެސް ނޭނގެ.” އެތަނުން އެކަކު ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އަޔާންއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ނުތަނަވަސްކަން ވެރިވެގަތީ ކީއްވެ ކަން ޚުދު އޭނައަށްވެސް ނޭނގުނެވެ.
“އަޔާން. މަލަކާގެ މަންމަމެންނަށް އަންގައިފިންތަ؟” މީތަންގެ ކުރަކިވެފައިވާ އަޑު ނިކުތީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“އެއްވެސް ނަމްބަރަކަށް ނުގުޅޭ. މަލަކާގެ ފޯނުވެސް ވަރަށް ހާވައިފިން.” މީތަން އާ ވާހަކަ ދެއްކިއިރުވެސް އަޔާންއަށް ހުރެވުނީ ދުރުބަލަހައްޓައިގެން ގެއްލިފައި ކަހަލަ ގޮތަކަށެވެ.
“އަޔާން.” ފަހަތުން ޑޮކްޓަރގެ އަޑު އިވުމާއެކު އަޔާންއާއި މީތަން އަށް ބަލާލެވުނީ އެކު އެކީގައެވެ.
“މަލަކާ ގެންދަން މިހާރު ހުރިހާ ކަމެއް ރެޑީ. ނިދާ އިންޖެކްޝަން ޖަހާ ނިންދަވާލާފަ މިއައީ.” ޑޮކްޓަރ އަޔާންގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ.
“ގުރައިދޫގައި ހުއްޓަސް މަލަކާއަށް ފަރުވާދޭނެ. އަދި އަޔާން މެންނަށް މަލަކާ ކައިރިއަށް ޒިޔާރަތްވެސް ކުރެވޭނެ.” ޑޮކްޓަރ ޔަޤީންކަން ދިނެވެ. އަޔާން އާއި މީތަން ތިބީ ފެންކަޅިވެފައެވެ. ނަމަވެސް ކުރެވޭނެ ކަމެއްނެތެވެ. އަޔާންގެ ހިތުގައި ފާލިހް އާއި ދޭތެރޭގައި ނަފްރަތުގެ އަލިފާން ގަނޑެއް ރޯވެގެންދިޔަ ކަހަލައެވެ. ހިތާ ހިތުން ފާލިހް އަށް ކުދި ކިޔަމުން މަލަކާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި އަޔާން އެތެރެއަށްވަނެވެ.
މަލަކާގެ މައުސޫމް މޫނުފެނިފައި މީތަން އަށް އަނެއްކާވެސް ބާރަށް ރޮއެގަނެވުނެވެ. ދެފަޔަށް ލެވުނު ހާ ބާރެއްލާފައި ގޮސް ނިންދަވާފައި އޮތް މަލަކާގެ ގައިގައި މީތަން އޮޅުލައިގަތެވެ.
އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ މަލަކާއަށް މިއަދު މީތަން އަކީ ކާކު ކަމެއްވެސް ނޭނގެއެވެ. ޚުދު މަލަކާގެ އަމިއްލަ ނަފްސުވެސް މިއަދު އޭނައަށް ބީރައްޓެއްސެވެ.
އިއްޔެއަކާއި ޖެހެންދެން އުފަލުގައި އުދުހެމުން ދިޔަ ކޮކާލެއް ފަދައިން އުޅުނު މަލަކާގެ ދިރިއުޅުން ބަދަލުވެދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެއެވެ.
މަލަކާގެ ހަތަރެސްފައި ކުޑަކޮށް ބަނދެލުމަށްފަހު ހަތަރު މީހުން މަލަކާ އުފުއްލާ އެހެން އެނދަކަށް ބަދަލުކޮށްލިއިރުވެސް މީތަންއާ އަޔާން ތިބީ ޖެހި ބުދެއް ފަދައިންނެވެ.
“އަޔާންމެން ދާން ބޭނުން ވިޔަސް މިވަގުތު މަލަކާ އެކަނި އެހީތެރިންނާއެކު ދިޔަދީ. މިއޮތީ އެތަނަށް ގުޅޭނެ ނަމްބަރު.” އަޔާން މެން ފަސްދީ ދަމުން ޑޮކްޓަރ އަޔާން އަތަށް ދިއްކޮއްލި ކާޑުގައި ހިފަމުން އަޔާން ބޯޖަހާލިއެވެ. މީތަން ހަމައަކަަަށް އަޅުވަން ވެސް ޖެހޭނީ އަޔާން އަށެވެ. އަދި ނޭނގުނު ނަމަވެސް މަތިމައްޗަށް ލިބެން އުޅޭ ހިތާމަތަކާއި ކުރިމަތިލާން ވެސް ޖެހެނީ އަޔާންއަށެވެ.
މަލަކާ އެމްބިޔުލެންސްއަށް އަރުވައިގެން. ލޯމަތިން ގެއްލެންދެން ބަލަން ހުރި މީތަންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދެއެވެ.
“ދެން ހުއްޓާލާ. ގެންދާނަން މަލަކާ ކައިރިއަށް ވަރަށް އަވަހަށް.” އަޔާން މީތަންގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެދޭންފެށިއެވެ.
“އަޔާން.”ކުއްލިއަކަށް ދުވަމުން ކަހަލަ ގޮތަކަށް އައި ނުހާ އަޔާންގެ ގައިގައި ބައްދައިގަންނަމުން އަޑުގެ ނެތްތަނަށް ރޮއެގަތެވެ. ހިފަހައްޓައިގެން ހުރި އަޔާންގެ އަތުން ދޫކޮށްލަމުން މީތަންއަށް ފަހަތަށް ޖެހެވުނެވެ. އަޔާން ހުރީ ހަދާނެ ގޮތް ނޭނގިފައެވެ. ނުހާ އޭނަގެ ގައިގައި އޮޅުލަމުން ދާއިރުވެސް އަޔާންއަށް އެއްފަހަރު ނުހާ އަށް އަނެއްފަހަރު މީތަންގެ މޫނަށް ބަލާލަ ބަލާލަ ހުރެވުނީއެވެ.
“އަޔާން. އާސިފް އެ-އެކް-ސި-” ނުހާއަށް އޭނަ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީސް އަޔާން ނުހާގެ އަތުގައި ހިފާ ދުރުކޮށްލަމުން ނުހާގެ މޫނަށް ދެލޯ ބޮޑުކޮށްފައި ބަލަންފެށިއެވެ.
“ކީކޭ.” މުޅި ދުނިޔެވެސް އޭނަގެ ވަށާ އެނބުރެމުންދާ ހެން އަޔާން އަށް ހީވާކަހަލައެވެ. ކުއްލިއަކަށް އިރުކޮޅެއް ކުރިން ފެނުނު ލެއިން ތަތް ތެޅިފައިވާ މީހާ އަޔާންގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. އަޔާން މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ހޮސްޕިޓަލްގެ އެތެރެއަށް ދުއްވައިގަތެވެ. ނުހާވެސް އަޔާންގެ ފަހަތުން ދުއްވައިގަތް އިރު ތަންކޮޅެއް ދުރުގައި ހުރި މީތަން ހުރީ ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެންނެވެ.
އަޔާން އައި ސީ ޔޫގެ ދޮރުމައްޗަށް ހުއްޓުނު ވަގުތު އައި ސީ ޔޫގެ ދޮރުހުޅުވުނެވެ.
“ޑޮކްޓަރ. ކިހިނެއްތޯ އަޅުގަނޑުގެ ޑޭޑް. ދެކިލަން ވަދެވިދާނެތޯ؟” އަޔާން ކުރިއަށް ޖެހި ޑޮކްޓަރ ގެ އަތުގައި ހިފައިގެން ރޯންފެށީ ކުޑަކުއްޖެއް ފަދައިންނެވެ. އެވަގުތު ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޑޮކްޓަރަށް ބަލާލެވުނީ އައި ސީ ޔޫގެ ތެރެއިން ހުދު ފޮތިގަނޑަކުން ނިވާ ކޮށްގެން ބޭރަށް ނެރެމުންދާ އާސިފްގެ ހަށިގަނޑަށެވެ. އަޔާން ބަލާކަށް ނުހުރެ ޑޮކްޓަރގެ އަތުގައި ހިފައި ދަމައިގަންނަމުން އެތެެރެއަށް ވަނެވެ. އަދި ތުރުތުރުއަޅާ އަތަކުން އާސިފްގެ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ހިއްލާލިއެވެ. މީހާގެ ސިފަވެސް ވަކިނުވާ ވަރަށް އާސިފްގެ މޫނު އޮތީ ނޮޅިފައެވެ. ކަނޑާލި ރުއްގުޅިއެއް ފަދައިން އަޔާން ބިންމައްޗަށް ވެއްޓުނެވެ. ކައިރީގައި ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް އަޔާން ނަގާ ހުސް އެނދެއްގައި ބާއްވާލުމުން ޑޮކްޓަރ އަޔާންގެ ކައިރިއަށް ދިޔައެވެ.
އާސިފްގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަމުން ނުހާ އާއި މީތަން އަޑުގެ ނެތްތަނަށް ރޮމުން ދިޔައިރު އެމީހުންނަށް ހިތްވަރުދޭނެ އިތުރު މީހަކު ނެތެވެ. ކޮންފަދަ ހިތްދަތިކަމާއި ވޭނެއްހެއްޔެވެ؟ ޑޮކްޓަރގެ އެންގުމަށް އާސިފްގެ ހަށިގަނޑު އެތަނުން ގެންދިޔައެވެ.
“ނުހާ. ހިތްވަރު ކުރޭ.” މީތަން ނުހާގެ އަތުގައި ހިފާލިއެވެ. ނުހާ މީތަންގެ ގައިގައި އޮޅުލައިގަންނަމުން ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. މީތަންގެ ހާލުވެސް ހަމައެފަދައެވެ. ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. ގާތް އެކުވެރިޔާ ދުނިޔެއިން މޮޔަވިއިރު ލޯބިވާ ބައްޕަ އަބަދުގެ އަބަދަށް ގެއްލުނީއެވެ.
އިސާހިތަކު އާސިފްގެ ޚަބަރު ވައިގައި ހިފާލިއެވެ. ޓީވީ އާއި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ވެސް އާސިފްގެ މަރުގެ ވާހަކައެވެ. އާސިފްއަކީ މަޝްހޫރު މުއްސަނދި ވިޔަފާރިވެރިއަކަށް ވުމުން އެކި ކަންކޮޅުތަކުން އެތައް ހާސްމީހުންނެއް އާާސިފްގެ މޫނު ދެކިލަން އަންނަމުން ދިޔައެވެ.
އަޔާންގެ ހާލަކީތޯއެވެ. އެއްވެސް މީހަކާއި އަނގަޔަކުން ނުބުނެއެވެ. އޭނައާއި އެންމެ ގާާތުގައި ފާލިހް އިށީނދެލައިގެން އިނެވެ. އާސިފް ނިޔާވި ޚަބަރު ލިބުނު ވަގުތުން ފެށިގެން ފާލިހް އަޔާންގެ ހިތާމައިގައި އެންމެ ފުރިހަމައަށް ބައިވެރިވާން ބޭނުންވީއެވެ. މަލަކާގެ ކަންތައްތަކާއި އަޔާން ހިތްހަމަ ނުޖެހިފައި ހުރިކަންވެސް އެނގިހުރެމެއެވެ.
ބޯވަމުން ދިޔަ ކަޅުވިލާތައް މިއަދުގެ ހާލަތާއި ގުޅިފަވާ ކަހަލައެވެ. މުޅި ދުނިޔެ އަނދިރިކަމުގެ ސާލަކުން އޮޅާލައިފައިވާ އިރު އަޔާންގެ އަނދިރިވެފައިވާ ހަޔާތުގެ ހިތާމަތަކުގައި ބައިވެރިވާ ކަހަލައެވެ.
“ދަރިފުޅާ. މަރު އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. ރޮއެ ކަރުނަ އޮހޮރުވުމަށްވުރެ ބައްޕައަށްޓަކާ ހެޔޮ ދުޢާ ކުރުން އެންމެ ރަނގަޅީ.” މީތަންގެ މަންމަ އަޔާންގެ ބޮލުގައި ފިރުމާލިއެވެ. އާސިފްގެ ކަށުކަމާ ކެމީގެ ކަންތައް ނިންމުމަށްފަހު ހުރިހާ އެންމެންވެސް އަޔާން ހަމައަކަށް އެޅުވުމަށްޓަކާ އެގެޔަށް އައީއެވެ.
އާދިސާ ނަސޭޙަތްދޭން ފެށުމުން އަޔާންއަށް އަދި މާބޮޑަށް ރޮވެން ފެށުނެވެ. އެ މަންޒަރު ބަލަން ހުރި ނުހާ މޫނު ކުނިކޮށްލީ އެއްވެސް މީހެއްގެ ސަމާލުކަމެއް އޭނައަށް ނުލިބުނީމައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އާސިފްއަކީ ނުހާގެ ފިރިމީހާއަށް ވީނަމަވެސް ނުހާގެ މޫނުމަތިން ދެރަވުމުގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށްނެތެވެ. ގަދަކަމުން ރޯން އުޅެ އުޅެވެސް ނުހާ އަށް ނުރޮވުނީ ކަންވެސް ނޭނގެއެވެ. މީހުންގެ ސަމާލުކަން ހޯދުމަށްޓަކާ ނުހާ ކުއްލިއަކަށް ދުވެފައި ސިޑިން މައްޗަށް އަރައިގެންދިޔައެވެ.
“ދަރިފުޅާ މީތަން. ދޭބަލަ ނުހާ ކައިރިއަށް.” އާދިސާ ހުއްޓާނުލާ އަދިވެސް އަޔާންގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ.
މީތަން ބޯޖަހާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
“އަޔާން. ހިތްވަރު ކުރަން ވާނެ. މީ ކެތްތެރިވާންވީ ވަގުތު.” ފާލިހް އަޔާން އިށީނދެގެން އިން ސޯފާގައި އަޔާން އާ ޖެހިގެން އިށީނދެލިއެވެ.
“މީ ކަލޭގެ ކަންތަކޭ. މިގެޔަށް އައުމާއެކު މުޅި ގެ ފަޅުވަނީ.” ނުހާގެ އަޑަށް މީތަން ދިޔައީ ސިއްސައިގެންނެވެ. އޭރު މީތަން ނުހާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަނީއެވެ. ނުހާގެ ބޮޑުވެފައިވާ ދެލޮލުން އަލިފާން ކަނި ބުރަމުންދާ ކަހަލައެވެ. އެ އަލިފާނުން ފިހިދާނެތީ މީތަން ހުރީ އިސްޖަހައިގެންނެވެ.
“އެއްޗެކޭ ނުބުނެ ހުންނާނެ ކަމެއްނެތް ދެނެއް. ދެން ނޭނގެ އަޔާން ކަމެއް-” ނުހާގެ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލީ މީތަންގެ ފުރަގަހުފައި ހުރި އާދިސާ ފެނުމުންނެވެ.
“ދަރިފުޅާ. އަޔާން އަށް ބަލައްޗޭ. މަންމަ ދެން ގޮސްލަނީ. މިހާރު އިރުވެސް އޮއްސެނީ.” އާދިސާ މީތަންއާ ވާހަކަ ދައްކަމުން ދިޔައިރު ނުހާ ހުރީ އައި ރުޅިން ދަތްކުޑިވިކިފައެވެ. ނުހާގެ ހިތް ބުނާ ކަހަލައެވެ. އަޔާން އަށް ބަލާކަށް މީތަން އަކާ ނުޖެހޭނެއެވެ. އަޔާން އަކީ ހަމައެކަނި ނުހާގެ މީހެކެވެ.
އާދިސާ އާއެކު މީތަން އެކޮޓަރިން ނިކުތީ ނުހާ ކައިރީގައި ދެން އިތުރަށް މަޑުކޮށްގެން ވާާނެ ފައިދާއެއް ނެތީމައެވެ. އާދިސާ އާއި މީތަން ނިކުތުމުން ނުހާ ކޮޓަރީގެ ދޮރު ބަންލާފައި ޖެހިއެވެ.
އެންމެން ދިޔުމުން މީތަން އަޔާން ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
“ދޭބަލަ ފެންވަރާލަން.” މީތަން އަޔާންގެ ގަމީހުގެ ގޮށްތައް ނައްޓަން ފެއްޓިއެވެ. ނަމަވެސް އަޔާން ޖެހިލީ މީތަން އާ ދުރަށެވެ. އިސްޖަހައިގެން ހުރެ މަޑުމަޑުން ހިނގާފައި ގޮސް އަޔާން އެނދުމައްޗަށް ވެއްޓިގަތް އިރުވެސް މީތަން ހުރީ ބަލާށެވެ. އަޔާންގެ ހިތްވަރު އެލިފައި ހުރި ވަރު މީތަންއަށްވެސް އިޙްސާސް ކުރެވެއެވެ. އެހެންވެ އަޔާން ކައިރީގައި އެއްވެސް ކަމެއް ގިނަ ފަހަރު ބުނުން ރަނގަޅު ނޫންކަމުގައި މީތަންގެ ހިތް ވިސްނައިދެމުން ދިޔައެވެ. ކުޑަ އިރުކޮޅަކު އަޔާންއަށް ބަލަން އިނުމަށްފަހު މީތަން ވެސް އެނދުގެ އެއްފަރާތުގައި އޮށޯވެލިއެވެ.
އިރު އުދަރެހުން ފެން މައްޗަށް ހިއްލާލީ އާދުވަހަކަށް މަރުޙަބާ ކިޔަމުންނެވެ. ބައެއް މީހުންނަށް އުފަލެވެ. އަނެއް ބަޔަކަށް ހިތާމައެވެ.
“ބޭބީ. ތެދުވެބަލަ. އޮފީހަށް ދާން.” ކިންޒާ ފާލިހްގެ ގައި މަތީގައި ރުލެއްނެތި އޮށޯވެލިއެވެ.
ނިދާފައި އޮތް ފާލިހްއަށް ދެލޯ ހުޅުވާލެވުނީ ނޭވާ ވެސް ނުލެވިގެންނެވެ. އެކަމަކު ކިންޒާގެ އެ ސަމާސާ ފާލިހް އަށް ވަރަށް ކަމުދިޔައެވެ.
“އޯ ސިންޓެކްސް ކަޅު ހަމެއް. ނޭވާ ވެސް ނުލެވޭ.” ތުންފަތުގައި ކުޅެލި ފަނޑު ހިނިތުންވުމާއެކު ފާލިހް ކިންޒާ ރުޅި އަރުވާލިއެވެ.
“އެހެންތަ ވަނީ. ހުރެބަލަ ދައްކާލާނަން ސިންޓެކްސް ކަޅު ހަމެއްކަން މީ އަދި.” ކިންޒާ ކުޑަކޮށް ތެދުވެލާފައި އަނެއްކާވެސް ފާލިހްގެ ގައިމައްޗަށް ވެއްޓިގަތެވެ. ފާލިހްއަށް ހީގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“ދެން ވެސް ތެދުވެބަލަ. މިއަދު އަޔާން ނުދާނެއެއްނު އޮފީހަކަށް. ދެން ފާލިހް އެއްނު ހުންނާނީ. ފާލިހް އަޔާން އާ އޭނަގެ ވައިފް ގެނެސްބަލަ މިގެޔަށް. ކީއްވެތަ ނާންނަނީ.” ކިންޒާ އެނދުން ތެދުވަމުން ފާލިހްއަށް ބަލާލިއެވެ.
“އަދި އަންނާނެއޭ. އަޔާން ހަމައަކަށް އެޅުނީމަ.” ފާލިހް ހިނިތުންވެލިއެވެ. އެއީ ބައެއް ފަހަރު އޭނަގެ ހިތުގައިވެސް އުފެދޭ ސުވާލެކެވެ. ކުރިން އޮތް ގާތްކަން މިހާރު އަޔާން ނުބާއްވާކަންވެސް ފާލިހް އަށް އިޙްސާސްވެއެވެ. އަޔާން ކުރިއެކޭ އެއްގޮތަށް އަނެއްކާވެސް ފާލިހްއާ ގާތްކަން ބާއްވަފާނެބާއޭ ފާލިހްގެ ހިތް އަބަދު ސުވާލުކުރެއެެވެ. ނަމަވެސް އެއްވެސް ސުވާލެއް އަޔާން އާ ކުރާކަށް ފާލިހްއަކަށް ނުކެރެއެވެ.
“ދަރިފުޅާ. މަންމަގެ ދެލޯފަދަ ލޯބިވާ އަޔާން. ހިތާމަތަކާއި ކުރިމަތިލާބަލަ. ތީ އެހާ ހިތްވަރުގަދަ ކުއްޖެއްނު.” ނިދިފައި އޮތް އަޔާން އަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. އަޔާންގެ މަންމަ ދާތި ގާތުގައި ހުރި ކަމުގެ އިޙްސާސް ކުރެވިގެންނެވެ. މަންމަގެ ލޯބިވެތި ބަސްތައް ސިކުނޑީގައި އަދިވެސް ތަކުރާރުވޭވެ ހުއްޓެވެ.
މީތަން އަށް އައިސް ކޮޓަރިއަށް ވަދެވުނީވެސް އަޔާން އެގޮތައް އޮއްވައެވެ.
“ކިހިނެއްވީ އަޔާން.؟” އަޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން މީތަންވެސް ހާސްކޮށްލައިފިއެވެ.
“ކަމެއް ނުވޭ.” އާސިފް ނިޔާވުމަށްފަހު އަޔާންގެ އަނގައިން ބަހެއް އެނިކުތީ އަދި އަލަށެވެ.
“މަގޭ ލާ އެއްޗެހި ރެޑީ ކޮށްބަލަ އޮފީހަށް ދާން.” މީތަން އިތުރު އެއްޗެއް އަހާނެ ފުރުސަތެއް ނުދީ އަޔާން ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ. މީތަން އަޔާން އާ ދިމާއަށް ބަލަން ހުރީ އުފަލުންނެވެ. އަޔާންގެ ހިތްވަރުގަދަކަން ފެނިފައެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރަމުން މީތަން އަޔާންގެ ގަމީސް ނަގައިގެން އިސްތިރިކުރަން ފެށިއެވެ.
ކިތަންމެ ހިތްވަރެއް ދެއްކި ކަމުގައި ވިޔަސް އަޔާންގެ ހިތް އަދިވެސް ރޮނީއެވެ. ހިތުގައި އެތައް ހާސް ވޭންތަކެއް އަޅަމުންދެއެވެ. މުޅި ގޭތެރޭގައި ވަނީ އާސިފްގެ ހަނދާންތަކެވެ. ބަލާލި ކޮންމެ ދިމާއަކުން އަޔާންގެ ލޮލަށް އޭނަގެ ބައްޕަގެ ފޮނި ހަނދާންތައް ސިފަވެއެވެ. ނަމަވެސް އަޔާންގެ މަންމަ ދިން ނަސޭޙަތްތައްވެސް ވަނީ އަޔާންގެ ހިތުގައި ބިންވަޅު ނެގިފައެވެ.
“ނީތާ. ކޮބާ ނުހާ.؟” އަޔާން އަށް ޖޫސް އަޅައިދެމުން މީތަން ނީތާއަށް ބަލާލިއެވެ.
“ނުނިކުމޭ ރޫމްއަކުން.” ނީތާގެ ޖަވާބުން އަޔާން އަށް ހިންދިރުވާލެވުނެވެ. ނުހާގެ ހާލުވެސް ބަލަން އަޔާން ހަނދާން ނެތިފައިވާ ކަހަލައެވެ.
“ގޮސް ގޮވާބަލަ ސައިބޯން.” މިފަހަރު ނީތާ އާ ވާހަކަ ދެއްކީ ސީދާ އަޔާން އެވެ. ހިތުގައި ކޫރުމެއް އެޅުނު ކަމުގައިވިޔަސް މީތަން އަޔާން އަށް ހިނިތުންވެލިއެވެ.
އަޔާން ކަމުން ގެންދިޔައީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
އިރުއިރުކޮޅާއި ސިޑިއާ ދިމާއަށް އަޔާން އަށް ބަލާލެވެއެވެ.
“ނުހުޅުވި ދޮރެއް.” ސިޑިން ފައިބައިގެން އައި ނީތާ ނުހާގެ ޚަބަރެއް ނުވި ވާހަކަ ބުނުމުން އަޔާން ކާން އިން ސޭންޑްވިޗް ބޭއްވުމަށްފަހު ޖޫސްތަށި އެއް ނޭވާއިން ދަމާ ހުސްކޮށްލިއެވެ. އަދި އަވަސް އަވަހަށް ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
އަޔާންއަށް މާގިނަ ފަހަރަކު ދޮރުގައި ޖަހާކަށް ނުޖެހުނެވެ. ނުހާގެ ނަމުން ގޮވާލުމާއެކު ނުހާ ދޮރު ހުޅުވައިފިއެވެ.
އެވަގުތު އަޔާންގެ ނޭފަތުގައި ޖެހުނު ވަހުން އަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ނުހާ.” އަޔާންގެ ބާރު އަޑާއެކު ހޫނު އެތިފަހަރެއް ނުހާގެ ކަންފަތް މައްޗަށް އަރުވާލިއެވެ. އެކަމަކު ނުހާގެ މާބޮޑު ސަމާލުކަމެއްނެތެވެ. ރަލުގެ މަސްތުކަން މަތީގައި ހުރި ނުހާ އަށް އުޅުނީ ރަނގަޅަށް ކޮޅަށްވެސް ނުހުރެވިގެންނެވެ.
“އަދި ވެސް ޖަހާބަލަ. ޖަހަން ނަމަވެސް މަގޭ ގައިގައި އަދި އެއްފަހަރު އަތް ޖައްސާލަބަލަ.” ނުހާ އަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ. އަޔާން ފަސްއެނބުރި ބަލާލީ ފިޔަވަޅެއްގެ އަޑު އިވިގެންނެވެ. އޭރު ކޮޓަރީގެ ދޮރު މަތީގައި މީތަން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
“ފަސް ޖެހޭނެ ކަމެއްނެތް. އަދި އެއްފަހަރު.” ނުހާ އަޔާންގެ ކަރުގައި އެލި ގަންނަމުން ބިންމައްޗަށް ވެއްޓިގަތެވެ. އަޔާން އަށް ބަލާލެވުނީ މީތަންގެ މޫނަށެވެ.
މީތަން ވަގުތުން އިސްޖަހާލީ އެމަންޒަރު ބަލަން ހިތަށް ތަދުވާތީއެވެ. ވެއްޓިފައި އޮތް ނުހާ ނަގާ އެނދުމަތީ ބާއްވާލަމުން އަޔާން ނުހާގެ ގައިގައި ރަޖާ އަޅާލަދިނެވެ.
“އޮފީހަށް ގޮސްފައި ޑޮކްޓަރެއް ފޮނުވާނަން.” އަޔާން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“އަޔާން.” މީތަން އަޔާން އަށް ގޮވި ނަމަވެސް އަޔާން ފަސް އެނބުރި ބަލާވެސް ނުލިއެވެ. މީތަންގެ ހިތުގައި ޖެހުނު ނަމަވެސް އޭނަ އެކަން މާބޮޑު ކަމަކަށް ނުހެދިއެވެ.
“ކޮންގްރާ.” ކުރިމަތީގައި މާޔޫސްވެފައި އިން އަންހެންކުއްޖާގެ މާޔޫސްކަން ފިލާނެ ކަހަލަ ޚަބަރެއް ކިންޒާ ދިނެވެ. ނަމަވެސް ކިންޒާ ދިއްކޮށްލި ރިޕޯޓްގައި ހިފިއިރު އެ އަންހެންކުއްޖާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ކިހިނެއްވީ؟ ހެޕީ އެއް ނޫންތަ؟” ކިންޒާ ހުރީ ހައިރާންވެފައެވެ. ކޮންމެ އަންހެން ކުއްޖެއްވެސް އެންމެ އުފާވާނީ ބަނޑު ބޮޑުވާކަން އެނގޭ ދުވަހުއެވެ. އެ ތަފާތު އިޙްސާސްތައް ކުރެވޭ ދުވަހުއެވެ.
“ކިތައް މަސް.؟” ކަރުނުން ބަރުވެފައިވާ ދެލޮލުން އެ އަންހެން ކުއްޖާ ކިންޒާ އަށް ބަލާލަމުން އިންތަނުން ތެދުވިއެވެ.
“ޓޫ ޕްލަަސް.” ކިންޒާގެ ޖަވާބު ލިބުމާއެކު އެ އަންހެންކުއްޖާ ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ކިންޒާ ގޮވަ ގޮވާ އޮއްވައެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ކިންޒާ ދެފަރާތަކަށް ބޯހޫރާލެވުނެވެ. އެވަގުތު އިތުރު ބަލިމީހެއް ވަނުމުން ކިންޒާ ހިނިތުންވެލިއެވެ.
އޮފީހަށް ވަދެގެން އައި އަޔާން ފެނުމާއެކު އެންމެންގެ ލޯތައް އަޔާންއަށް ހުއްޓުނެވެ. އަޔާންގެ ހިތްވަރުގަދަ ކަމަށްޓަކާ އެންމެން ސާބަސް ދޭ ކަހަލައެވެ.
ކެބިން އަށް ވަދެވުމަށްފަހު އަޔާން އެތަނުގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އެވަގުތަކީ ފާލިހް ވެސް ކެބިންގެ ދޮރު ހުޅުވާލާފައި އައިސް ވަން ވަގުތެވެ.
“އަޔާން.” ފާލިހް ހިނިތުންވެލަމުން އަޔާންގެ ކުރިމަތީގައި ހުއްޓުނެވެ.
އަޔާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އަޔާން އިތުރު ވާހަކައެއް ނުދެއްކުމުން ފާލިހް އަކަށްވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.
“މަސްތުވާ ކަހަލަ އެއްޗެއް ބޭނުން ކުރުމުން މިހެން މިވީ. ހޭލީމަ ރަނގަޅުވާނެ. އިތުރުކަމެއް އުޅެންޏާ ގުޅާލާ.” ޑޮކްޓަރ ނިދިފައި އޮތް ނުހާ އަަށް ބަލާލަމުން އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ. މީތަން ޝުކުރު އަދާ ކުރަމުން ޑޮކްޓަރ އަށް ހިނިތުންވެލިއެވެ. އަދި ލޮލުގެ އިޝާރާތުން ނީތާއަށް ޑޮކްޓަރ އާ އެކީ ދޮރާއި ހަމައަށް ގޮސްދިނުމަށް އަންގާލިއެވެ.
ދުވަސްތައް މާޒީ ވަމުން ގޮސް އާސިފް ނިޔާވިތާ ދެމަސް ދުވަސް ވިއިރު އަޔާން އާއި ނުހާ ތިބީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.
ހަލަބޮލި ހިތްފަސޭހަ ހަވީރެކެވެ. އޮފީސް ނިންމާފައި އަޔާން ނިކުތީ މީތަން އަށް ދޭން މާބޮޑިއެއް ގަތުމުގެ ނިޔަތުގައެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި މީތަން އަށް އެއްވެސް އަޅާލުމެއް، ސަމާލުކަމެއް ނުދެވޭތީ އާވެސް އެކުގައެވެ.
“އަޔާން.” ކުއްލިއަކަށް ނުހާގެ އަޑު އިވުމުން އަޔާން ފަހަތަށް އެނބުރި ބަލާލެވުނެވެ.
އާސިފް ނިޔާވުމަށްފަހު ނުހާ އާ ވެސް ބަހައްޓަންޖެހޭ ދުރުމިން އަޔާން އަށް ވިސްނުނު ކަހަލައެވެ. ނަމަވެސް ހިތުގައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ.
“ކީކޭ.” އަޔާން ހިނިތުންވެލިއެވެ.
“މަށާ އިނދެފާނަންތަ؟” ނުހާ ބުނެ ދޫކޮށްލި ޖުމްލަ އަޔާންގެ މުޅި މީހާ ތުރުތުރު އަޅުވާލި ކަހަލައެވެ.
“ވަޓް. ތިކިޔޭ އެއްޗެއް އެބަ އިނގޭތަ؟” އަޔާން ނުހާގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
“އާން. މި ކިޔޭ އެއްޗެއް އެބަ އިނގޭ. މި ރިޕޯޓް ކިޔާ އެއްޗެއް ބަލާބަލަ ފުރަތަމަ އަޔާން.” އަޔާންގެ އަތު ތެރެއިން އަތް ދަމައިގަންނަމުން ނުހާ އަޔާންގެ މޫނުމައްޗަށް އޮޅާލާފައި އޮތް ރިޕޯޓް ނަގާ ޖެހިއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު އަޔާން އެ ރިޕޯޓް ނަގާ ނިއުޅުވާލިއެވެ.
“ވަޓް. އާ ޔޫ ޕްރެގްނެންޓް؟ ޑޭޑް އަށް ތަ؟” ނިއްކުރި އެރި ކުދި ރޫ ތަކާއެކު އަޔާން ނުހާ އަށް ބަލާލިއެވެ.
ނުނިމޭ
މާފުކުރާށޭ ކަލާ… (29)
“ލަދެއް ނުގަނޭތަ ތި ސުވާލު މަށާ ކުރާކަށް؟” ނުހާ އަޔާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފީ ރުޅިއައިސްފައެވެ. ބޮޑު ވެފައިވާ ނުހާ ގެ ދެލޮލުން އަލިފާންކަނި ބުރަމުން ދާއިރު އަޔާން ގެ ސިކުނޑި ބުމަރެއްހެން އެނބުރެނީއެވެ.
“ތިބުނީ ތީ އެއްކަލަ ދުވަހު؟” އަޔާންއަށް ވާހަކަ ދެއްކުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“އާން. ތި ހީވީ ހަމަރަނގަޅަށް.” ނުހާ އަޑަށް ބާރު ލަމުން އަޔާން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ކަލޭތީ ހާދަ ނުބައި އަންހެނެކޭ ދޯ. ހީވީތަ މިފަހަރު ތި ކެހިވެރިކަމުގެ ދަލުގައި ޖެހޭނެހެން. ތި މަގޭ ދަރިއަކަށް ނުވާނެ. އެނގިއްޖެތަ؟” އަޔާން ފުރަތަމަ ފަހަރަށް ނުހާ އާ ދިމާއަށް ހަޅޭއް ލަވައިގަތުމުން ނުހާ އަށް ފަހަތަށް ޖެހެވުނެވެ. އިތުރަށް އަމިއްލަ ދިފާއުގައި އެއްވެސް އެއްޗެއް ބުނަން އަނގަ ހުޅުވާކަށްވެސް ނުހާއަކަށް ނުކެރުނެވެ.
“ތިއުޅެނީ މީތަން އާއި މަގޭ ލައިފް ހަލާކު ކުރަން ކަމަށް ވަންޏާ ތި ޚިޔާލު ހިތުން ފޮހެލާ. ފަހުންވެސް ތިކަމެއް ނުވާނެ. ނުހާގެ ލޯބި ހިތުގައި ބާއްވައިގެން އުޅެން މަށަށް ދަސްވެއްޖެ. އަދި މީތަންގެ މާތް ސިފަތަކުން ތި ނުހާ ގެ ލޯބި މަގޭ ހިތުން އެއްކޮށް ފޮހެވިގެންދާނެ.” އަޔާން ގެ ރުޅިވެރި ބަސްތަކުގެ ކުރިމަތީގައި ނުހާއަށް ޖެހުނީ އިސްޖަހައިގެން ހުންނާށެވެ.
“އެދުވަހު ވީކަމެއްވީ ކަލޭގެ މަކަރުވެރި ރޭވުމުން. ތިކަމުގެ ޒިންމާ އަމިއްލައަށް ނަގާ.” ސައިކަލަށް އަރާ ދުއްވާލަމުން އަޔާން ނުހާގެ އިސްޖެހިފައިވާ މޫނަށް ބަލާލީ ނުރުހުންވެފައެވެ. އަޔާން ލޯމައްޗަށް ގެއްލެންދެން ނުހާއަށް ހުރެވުނީއެވެ. ދުވަހަކުވެސް އަޔާން އެގޮތަަށް ވާހަކަ ދައްކަފާާނެ ކަމަކަށް ނުހާ ހީނުކުރެއެވެ. އަޔާންއަށް ނުހާގެ ފަރާތުން އެތަކެއް ހިތާމަތަކެއް ލިބުނުއިރުވެސް އަޔާން ނުހާއަށް އެއްވެސް ޝަކުވާއެއް ރުޅިވެރިކަމެއް ދައްކާފައި ނުވާތީ ކަން ނޭނގެއެވެ. ލިބުނު މާޔޫސް ކަމުގައި ނުހާ ހިނގައިގަތެވެ.
އުދަރެހުގައި ފަވާ ލެވިފައިވާ ރަތްވިލާތައް ހެކިދެނީ އިރުއޮއްސެން އުޅޭ ކަމެވެ. އޮފީހުން އައި ގޮތަށް އެއްޗެހިވެސް ބަދަލު ނުކޮށް ކިންޒާ އެނދުމަތީގައި އޮތީ މިއަދު ދިމާވި އާދަޔާޚިލާފް އަންހެން ކުއްޖާއާ ދޭތެރޭ ވިސްނާށެވެ. އެ ނުދަންނަ އަންހެން ކުއްޖާގެ ފުން ދެލޮލުގެ ތެރެއިން ފެންނަމުން ދާ ހިތްދަތިކަމާއި ވޭން ކިންޒާ ގެ ހިތުގެ އެންމެ ހިމަނާރުތަކާއިވެސް ކުޅެލާފައިވާ ކަހަލައެވެ.
“ދަރިފުޅު ބަލީތަ؟” ޝަރީފާ ޖޫސް ތައްޓެއް ހިފައިގެން ކޮޓަރިއަށް ވަން އަޑަށް ކިންޒާ އިސް އުފުލާ ބަލާލިއެވެ.
“ބަލީކީ ނޫން. ހަމަ އޮތީ.” އެނދުމަތިން ތެދުވަމުން ކިންޒާ ބާލީސް ނަގާ އެނދުގެ ބޯލާ ކޮޅުގައި ލައްކޮށްލިއެވެ. އަދި ދެފައި ދަމާލަމުން ބާލީހުގައި ބުރަކަށި ޖައްސާލިއެވެ.
“ކޮބާތަ ފާލިހް.” ޝަރީފާ ޖޫސްތަށި ކިންޒާ އަތަށް ދިއްކޮށްލިއެވެ. އަދި ކޮޓަރީގެ އެތައް މިތަނަށް ނަޒަރު ހިންގާލިއެވެ.
“އޭނަ ގޮއްސި އަޔާން އާ ބައްދަލުކޮށްލަން. މަންމަ ކަމެއް ބޭނުންވީތަ؟” ޝަރީފާ ދިއްކޮށްލި ޖޫސްތަށީގައި ހިފަމުން ކިންޒާ ހިނިތުންވެލިއެވެ.
“ވަކި އެހެނެއް ނޫން. ފެންނަން ނެތީމަ އަހާލީ.” ކިންޒާ ޖޫސް ބޮއެފައި ހުރި ހުސްތަށި ހިފައިގެން ޝަރީފާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
ނުހާ ދެއްކި ވާހަކައާ ދޭތެރޭގައި ވިސްނަމުން ގެޔަށް ވަން އަޔާން އާއި ފާލިހް ދިމާވީ ގޭގެ ގޯތިތެރެއިންނެވެ. ފާލިހް ފެނުމުން އަޔާންގެ ލޯމައްޗަށް ސިފަވެގެން ދިޔައީ މޮޔައިންގެ މަރުކަޒުގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރަމުންދާ މަލަކާ އެވެ. ވީ ފޫހިން އަޔާން އަށް ފާލިހް އާ ވާހަކަވެސް ނުދެއްކުނެވެ.
“ކަމަކާ ވިސްނަނީތަ؟” ފާލިހް ހިނިތުންވެލީ އަޔާންގެ ހަމަހިމޭންކަން ފެނިފައެވެ. އެނގޭ ކަމަށް ނުހެދިޔަސް އަޔާން މަލަކާ ގެ ކަންތަކާ ހިތްހަމަ ނުޖެހިފައި ހުރިކަން ފާލިހް އަށްވެސް ވިސްނެއެވެ.
“ކަމަކުތަ؟” ފާލިހް ކުރި ސުވާލަށް ޖަވާާބު ދިނުމުގެ ބަދަލުގައި އަޔާންވެސް ކޮށްލީ ސުވާލެކެވެ. ބީރައްޓެހިގޮތަކަށެވެ.
“މަލަކާގެ ކަންތައްތަކާއި އަދިވެސް ހިތްހަމަ ނުޖެހިފަތަ؟ ލީވް އިޓް މޭން. މަގޭ ލައިފް ދޯ. މަގޭ އުފަލަށް މަވެސް ވިސްނާނެދޯ.” ފާލިހް އަޔާންގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
“އާން. ރަނގަޅު ވާހަކައެއް ތިބުނީ. އިޓްސް ޔުއަރ ލައިފް. ސޯ ލިވް އިޓް އެލޯން ދަ ވޭ ޔޫ ވޯންޓް. މަގޭ ކައިރީގައި އެއްވެސް ވާހަކައެއް ނުދެއްކީމަ ނިމުނީނު.” ރުންކުރު ޖަވާބެއް ދިނުމަށްފަހު އަޔާން ގެޔަށް ވަންނަ ދޮރާއި ދިމާއަށް ހިނގައިގަތީ ފާލިހް ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީއެވެ. ފާލިހް ފެންކަޅިވެފައި ބަލަން ހުރީއެވެ. އަޔާން އެގޮތައް ރުޅި އަންނާތީ ފާލިހް އިންތިހާއަށް ދެރަވެއެވެ. ނަމަވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ފާލިހް އެނބުރި އައިކޮޅަށް މިސްރާބު ޖެހިއެވެ.
“ހާދަ ހޭންޑްސަމް އޭ. ބޮލުން ދުން އަރާތީ މައްސަލައަކީ. މާ ބިޒީ ދުވަހެއްތަ؟” ކޮޓަރިއަށް ވަދެގެން އައި އަޔާންގެ ގައިގައި މީތަން ބައްދާލީ ވަރަށް ލޯބިންނެވެ. މީތަން ގެ ގައިން ދުވަމުން ދިޔަ ލުއި ލުއި މީރުވަސް އަޔާން ގެ ހާސްވެފައިވާ ހިތަށް ހިތްހަމަޖެހުން ގެނެސްދެވޭތޯ މަސައްކަތް ކުރަނީއެވެ. އަޔާން މީތަން ގެ ތުނިތުނި ހަށިގަނޑު އަތު ތެރޭގައި ފިއްތާލިއެވެ. އަދި ފަހަތަށް ދޫކޮށްލެވިފައިވާ މީތަންގެ ދިގު އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. ހާމައަށް ފެންނަން އޮތް މީތަންގެ އޮމާން ކަދުރާގައި އަޔާން ގެ އިނގިލިތަކުން ސަމާސާކޮށްލަމުން އަޔާން މީތަންގެ މާނަ ފުން ދެލޮލަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އަޔާން.” އަޔާންގެ ހަރަކާތްތަކުން މީތަން ލަދުން ވިރެމުންދާ ކަހަލައެވެ. މަސްތުން ފުރިގެންވާ މީތަން ގެ އަޑު އަޔާން ގެ ކަންފަތުގައި ޖެހުމާއެކު އަޔާންގެ ގައިން ހީބިހި ނަގައިގަތެވެ. އަތް މައްޗަށް މީތަން އުފުލާލަމުން އެނދާއި ދިމާއަށް އަޔާން ހިނގައިގަތް ވަގުތު ބޯކޮށް ވާރޭ އޮއްސާލި އަޑު އިވުނެވެ. ލަދުން ބޮޑިވެފައިވާ މީތަން އަދި އިތުރަށް އަޔާންގެ މޭތެރެއަށް ބޮޑިވެގަތެވެ.
“ވާރޭ ދެކެ ބިރުގަންނަނީތަ؟” ބީރައްޓެހި އަޑެއް ކަންފަތުގައި ޖެހުމާއެކު ނުހާ ބަލާލިއެވެ.
“މީތަ ކަލެއަށް އަންނަން އެނގުނުއިރު؟” ކުރިމަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާއާ ނުހާ ވާހަކަ ދެއްކިގޮތުން އެދެމީހުން އެކަކު އަނެކަކު ދަންނަ ކަހަލައެވެ.
“ކީއްތަވީ؟ އިންތިޒާރު ކުރަން ފޫހިވަނީތަ؟ ތިހާ ރީތި ހުވަފަތް ވެފައިވާ އަތްބަކު މަށަށް އިންތިޒާރު ކުރާތީ އަހަރެން ވަރަށް އުފާވޭ.” ނުހާ ގެ ކުރިމައްޗަށް ބޯ ގުދުކޮށްލަމުން އެޒުވާނާ އެއްމިޔަކަނުން ހީލިއެވެ. ނުހާ ފަހަތަށް ޖެހިލީ މޫނު ކުނިކޮށްލަމުން ނެވެ.
“އޯ. އަދި މި ބުނެވުނީ ނުބައިކޮށް ދޯ. ކަރެކްޝަން. ތިހާ ލޯބިލޯބި ކުއްޖަކު މިދުނިޔެ މައްޗަށް ހުވަފަތް ކޮށްލި ބޮޑު ކުށްވެރިޔާއަށް އިންތިޒާރު ކުރީތީ ވަރަށް ތޭންކްސް.” ނުބައި ވައްތަރަކަށް އެޒުވާނާ ހީނގަތެވެ.
“އާހިލް. ކަލޭ މޮޔަވީތަ؟ މާބާރަށް ތިހަޅޭލަވަނީ.” ނުހާ އާހިލްގެ އަނގަމަތީގައި އަތް އެޅިއެވެ.
“ކޮބާތަ މައްސަލައަކީ. މިތާ އިތުރު މީހަކު ހުރީ ކީ ނޫން. ބޯކޮށް ވާރޭ ވެހޭ އަޑެއްނު އެއިވެނީ ހަމައެކަނި.” އާހިލް ނުހާގެ އަތުގައި ހިފިއެވެ. ތެޅިގެންފައި ނުހާ ޖެހިގަތީ ދުރަށެވެ.
“ތިދެން ވަރަށް މޮޅު ގޮތެއް. ނުހާ ނުޖެހޭ ދޯ މަދެކެ ތިހާ ބިރުގަންނާކަށް.” އާހިލް އަނެއްކާވެސް ނުހާ އާއި ގާތަށް ޖެހެން ފެށިއެވެ.
“އަން. މިއޮތީ ކަލޭގެ މަސައްކަތުގެ ބަދަލު.” އަތް ދަބަހުން ޑޮލަރު ބޮޑިއެއް ނަގާ އާހިލްއަށް ނުހާ ދިއްކޮށްލި އެވެ.
“މިވަރަކުން ނުވާނެ. މަށަކީ މާބުރެއް. ބޭނުންވަނީ މަލުގެ ކަރުގަނޑުގެ ފޮނި ރަހަވެސް ބަލާފަ ދާން.” ނުހާ އަތުން ޑޮލަރު ބޮނޑި އަތުލަމުން އާހިލް ސީދާ ނުހާ ގެ ލޮލަށް ބަލާލިއެވެ.
“ކަލޭ ހާދަ ލަދުކުޑައޭ ދޯ. މިތިބެވުނު ތަން އެނގޭތަ؟ މަގުމަތީގަ.” ނުހާ ގެ ބޮޑު ދެލޮލުން އާހިލް ބިރުގަންނަވަން އުޅޭ ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ނުހާ އާހިލް އަށް ލޯ އަޅާލިއެވެ.
“އަމިއްލަ ފިރިމީހާ މަރާލި މީހަކު ނުގަތް ލަދެއް މަ ގަންނާނެތަ ވަކި. މީ މަގުމަތި ވިޔަސް ކޮބާ މައްސަލައަކީ. އެއްވެސް ހިސާބަކުން މީހަކު ފެންނާކަށް ނެތެއްނު. މިހާ ބޯ ވިއްސާރައިގައި ކާކު މިތާގަ އަހަރެމެން ޖަހާ ސަކަރާތެއް ބަލާނީ. އެހެން ނޫނަސް މީ މާލޭގެ އެންމެ ހިތްފަސޭހަ މަޝްހޫރު ތަން ކަމުގައިވާ ދަރުބާރުގޭގެ ބިތްދޮށް. މިތަނަށް އެއްވެސް މީހަކު ނާންނާނެ ރަނގަޅު ކަމެއް ކުރާކަށް. މެޑަމް ތިހާ ހާސްވަންޏާ އެއޮތީ މެޑަމްގެ ފިރިމީހާގެ ކާރުކޮޅުވެސް. މާާ އަރާާމުވާނެ އެތަންވެސް. މީހަކަށްވެސް ނުފެންނާނެ.” އާހިލް ނުހާގެ ކަންފަތް ކައިިރިއަށް ގުދުވެގެން އޮވެ ދައްކަމުން ގެންދިޔަ ވާހަކަތައް އަޑުއަހަން ހުރި ނުހާ ހުރީ ދަތްކުނޑި ވިކާލައިގެން ނެވެ. އަތް ދަމާފައި ކަންފަތް މަތީގައި ޖަހާފާނަމޭ ކިތައްމެ ފަހަރަކު ނުހާގެ ހިތަށް އެރިއެވެ.
“އެގޮތް ކަޑައީތަ؟ ނޫނީ މޫޑް ނެތީތަ؟ މޫޑް ގެންނަން މަށަށް އިނގެޔޭ.” ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން އާހިލް ލާނެތް ފާޑަކަށް ހީލިއެވެ.
“ކަލޭ ހީކުރަނީ މަމީ.-”
“އާން. ކަލޭތީ މި މާލޭގައި ނެތްވަރުގެ ކޫޑި އަންހެނެއް.” ނުހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްދިނީ އާހިލްއެވެ. ނުހާ ގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އަތް ދަމާފައި އާހިލް ގެ ކަންފަތް މަތީގައި ހޫނު އެތިފަހަރެއް އަޅާލިއެވެ. ހަމަ އެސިކުންތުގައި އާހިލް ވެސް ނުހާގެ ކަންފަތްމަތީގައި ބޮޑިއެއް އަޅާލިއެވެ.
“ހީނުކުރައްޗޭ މަށާ ކުޅެވޭނޭ. ތިކަހަލަ މުޑުދާރު އަންހެނަކާ މަ ކައިރިވެސް ނުވާނަން.” ލައިގެން ހުރި ބޯ ކޯޓް ގަޔަށް ހެޔޮވަރުކޮށްލަމުން އާހިލް ހިނގައިގަތީ ނުހާ އަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އޭރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ. ވީ ތަދުން ހުއްޓިފައި ހުރި ނުހާވެސް ކޯމަތީގައި އަތް އަޅައިގެން ކާރާއި ދިމާއަށް ހިނގައިގަތީ އާހިލްއަށް ކުދި ކިޔަމުންނެވެ.
އާ ދުވެހަކަށް އިރުގެ އަލިކަމުން މުޅި ދުނިޔެ އަލިކޮށްލީ ޝަރީފާ އަށް ކަޅުދުވަހެއްގެ ގޮތުގައެވެ. ބަދިގެ ފަރާތުގައި ސައި ތައްޔާރުކުރަން ހުރި ޝަރީފާ ގެ ކަންފަތުގައި ޖެހުނީ ނާސިރާ ގެ ކުށްލި މަރުގެ ޚަބަރެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް ރިމޯޓް ނަގާ ޓީވީގެ އަޑު ޝަރީފާ ބާރުކޮށްލިއެވެ. ނިދާފައި ނުހޭލައިގެން ބެލިއިރު ނާސިރާގެ ފުރާނަ ނެތް ކަމަށް ޚަބަރުގައި ކިޔަމުންދިޔައިރު ޝަރީފާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ.
“މަންމާ. ކިހިނެއްވީތަ ތިރޮނީ.” ފާލިހްގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝަރީފާ އަދި ވަކިން ބާރަށް ރޮއެގަތެވެ. ކިންޒާވެސް ފާލިހްގެ ފަހަތުން އައިސް ޝަރީފާގެ އަތުގައި ހިފިއެވެ.
“އަނެއްކާ ކަމެއްވީތަ؟ ތަނަކަށް ތަދުވަނީތަ؟” ކިންޒާ ހުރީ އިންތިހާއަށް ހާސްވެފަ އެވެ.
“ދަރިފުޅާ. މަންމަ ބޮލުގައި ރިއްސަނީ.” ޝަރީފާ ގަސްތުގައި އޮޅުވާލިއެވެ. ނާސިރާގެ މަރުގެ ވާހަކަ ފާލިހްއަށް އަންގާކަށް ޝަރީފާ ބޭނުމެއް ނުވިއެވެ.
“މަންމަ ހިނގާބަލަ އޮށޯވެލަން. އަހަރެން ބޭސް ދޭނަން. ބޭސްކައިގެން ނިދާލަނިކޮށް ވެސް ރަނގަޅުވެދާނެ.” ކިންޒާ އޯގާތެރިކަމާއެކު ޝަރީފާގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފާލިހް އަކަށް މުޅިއަކުން އޭނާގެ މަންމަ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. ޝަރީފާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކަކީ ފާލިހްއެވެ. ކިރިޔާ ބޮލެއްގަ ރިއްސާލިޔަސް ޝަރީފާ ނުރޯނެ ކަން ފާލިހް އަށް އެނގެއެވެ. އާދަޔާ ޚިލާފަށް އަޑު ބާރުކޮށްފައިވާ ޓީވީ އަށް ފާލިހްގެ ނަޒަރު ހުއްޓުނީ އެވަގުތުއެވެ. ޓީވީގެ ތިރިއަށް އަރަމުން ދިޔަ ކުއްލި ޚަބަރު ފާލިހްގެ ލޮލުގައި އަަޅައިގަތެވެ. އެވަގުތު ފާލިހްވެސް ހިސާބަކަށް ހުއްޓުން އެރިއެވެ. ނާސިރާ ގެ ކުއްލި މަރުގެ ވާހަކަ އެނގުމުންނެވެ. އެންމެ ހައިރާންވީ މަންމަ އެކަން ސިއްރު ކުރުމުންނެވެ.
“ހިނގާ ސައިބޯން.” ދާދި ގާތުން ކިންޒާގެ އަޑުއިވުމުން ފާލިހް ހިނިތުންވެލިއެވެ.
“ކޮބާ މަންމަ މިހާރު.” ގޮޑިއެއް ދަމާލާފައި އިށީންނަމުން ފާލިހް އަހާލިއެވެ.
“ބޭސް ދީފަ މިއައީ. ނިދާލަން ބާއްވާފަ.” ފާލިހްގެ ފަން އިސްތަށިކޮޅާއި ކުޅެލަމުން ކިންޒާ އޮޅުންފިލުވައިދިނެވެ.
“އަޔާން. މަލަކާ ކައިރިއަށް ދާން ބޭނުން. ވަރަށް ދެކިލާހިތްވޭ އެބަ-” މީތަން ހުރީ ދޮރު ކައިރީގައި އަޔާން އޮފީހަށް ދާން އުޅޭތީ ބަލަހައްޓައިގެންނެވެ.
“މީތޫ. ނަމްބަރ އެބައިނެއްނު. ގުޅާބަލަ. އިއްޔެވެސް ގުޅީމޭ އަހަރެން. މަލަކާއަކަށް އަހަރެމެންނެއް ނޭނގޭނެ. އަދި އެތަނުގެ ވެރިން އެ އަންގަނީ މަލަކާ އާ ބައްދަލު ނުކުރެވޭނެ ވާހަކަ.” އަޔާން މީތަން އަށް ވިސްނާދިނީ ވަރަށް ލޯބިންނެވެ.
“ދަނީ އިނގޭ. ސީ ޔޫ ސޫން.” އަޔާން މީތަން ގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ގެއިން ނިކުތެވެ.
“ދަބަހަށް އެރިގެން ކަލޭވެސް އޭނައާއި އެކީ އޮފީހަށް ދިޔަ ނަމަ.” އަޔާންއަށް އަތުން ވޭވް ކޮށްލަމުން ގޭތެރެއަށް ވަންނަން އެނބުރިލި މީތަންއަށް ނުހާ ފެނުމުން ސިހުނެވެ.
ނުހާ އަށް ރައްދު ދޭކަށް މީތަން ބޭނުމެއް ނުވިއެވެ. ލިބިފައިހުރީ އެކަހަލަ ވިޔާނުދާ ތަރުބިއްޔަތެއް ނޫނެވެ. އެއްވެސް އެއްޗެއް ނުބުނެ މީތަން މިސްރާބު ޖެހީ އޭނަގެ ކޮޓަރިއާ ދިމާއަށެވެ.
“އެކަމަކު ކީއްކުރާނީ. މެޑަމްގެ ފިރިމީހާގެ ހިތުގައި ރަސްކަން ކުރަނީ ހަމަ މި ނުހާ.” ނުހާ ބުނެ ދޫކޮށްލި ވިހަގަދަ ޖުމްލަ ހަމަ ރަނގަޅަށްވެސް މީތަންއަށް އަޑުއިވުނެވެ. ނަމަވެސް މީތަން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދިޔައީއެވެ.
އޮފީހުގައި ބުނެލުމަށްފަހު ކިންޒާ ގެޔަަށް ދާން ނިކުތީ ފާލިހް ގެ މަންމަ ޝަރީފާ ބަލިވެ އުޅޭތީއެެވެ. ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތު ކަމުން ކިންޒާ ބެލީ ޓެކްސީއެއް ލިބޭތޯއެވެ.
ނަމަވެސް އެއްވެސް ހުސް ކާރެއް ނުލިބުމުން ކިންޒާ ހިނގައިގަތެވެ. ފަހަރެއްގައި އަދިވެސް ކާރެއް އަތު ޖެހިދާނެ ކަމުގެ އުއްމީދުގައެވެ. ކުއްލިއަކަށް ކިންޒާ ގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ހޮޅިއެއްގައި އަތުން ހިފަހައްޓާލައިގެން ހުރި މާބަނޑު އަންހެން ކުއްޖެކެވެ. ހީވާ ގޮތުން ތަނަކަށް ތަދުވަނީއެވެ. ކިންޒާ އެ އަންހެން ކުއްޖާއާ ދިމާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
“ކިހިނެއްވަނީ؟” ކިންޒާގެ އަޑަށް އެ އަންހެންކުއްޖާ ފަަސްއެނބުރި ބަލާލިއެވެ.
“އޯ. އައި ރިމެމްބަރ ޔޫ.” ކުރިމަތީގައި ހުރީ ކިންޒާ ދަންނަ މޫނެކެވެ. ދެމަސް ކުރިން ކިންޒާގެ ހޮސްޕިޓަލްއަށް ފަރުވާ ހޯދުމަށް އައި ބަލި މީހެކެވެ.
“ހޫނު ގަދަކަމުން ބޮލަށް އެނބުރުން އަރާތީ.”
ކިންޒާ އެ ނުދަންނަ އަންހެންކުއްޖާގެ އަތުގައި ހިފަމުން ހިނިތުންވެލީ އެހީ ވެދިނުމުގެ ގޮތުންނެވެ.
“ހިނގާބަލަ މަށާއެކު އަހަރެމެން ގެޔަށް.”ކިންޒާ އެދުނެވެ.
“ނޫން. ތޭންކްސް.” ކިންޒާގެ އެދުމަށް އާއެކޭ ބުނަން އެ އަންހެންކުއްޖާ ދެކޮޅު ހެދުމުން ކިންޒާ ހައިރާންވިއެވެ. ނަމަވެސް ކުރުނުކޮށް ކިޔަން ފެށުމުން ކިންޒާ އާ އެކީ ދާން އެއްބަސްވިއެވެ.
“މީތަ ގެޔަކީ؟” އެ އަންހެންކުއްޖާގެ ނުތަނަވަސް ވެފައިވާ މޫނު ފަނޑުވެގެން ދިޔައެވެ.
“އާން. އާދެބަލަ އެތެރެއަށް. ނޫޅޭނޭ އެކަކުވެސް.” ކިންޒާ އެ އަންހެންކުއްޖާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. އޭރު ބަގީޗާ ތެރޭގައި ބަހައްޓާފައި ހުރި އުނދޯއްޔެއްގައި ޝަރީފާ މޮޅިން ސާލު އޮޅާލައިގެންއިނެވެ. ދޮރާށި ހުޅުވުނު އަޑަށް ޝަރީފާ އިސްއުފުލާ ބަލާލިއެވެ.
“ޒާރާ…” ކަޅިވެސް ޖަހާނުލާ ޒާރާގެ ބޮޑުވެފައިވާ ބަނޑަށާއި މޫނަށް ބަލާލަމުން އިންތަނުން ޝަރީފާއަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.