މީގެ ހަތަރު އަހަރު ކުރިން ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން، ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ދީޕިކާ ޕަދްކޯން އުފެއްދި ފައުންޑޭޝަން “ލިވް ލަވް، ލާފް ފައުންޑޭޝަން” އިން ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ޚާއްޞަ ލެކްޗާ ސީރީޒެއް ފަށައިފި އެވެ. މިޕްރޮގުރާމް ކުރިއަށް ކުރިއަށް ގެންދަން ނިންމާފައިވަނީ ނަފުސާނީ މައްސަލަތަކާ ގުޅޭ ތަޖުރިބާކާރުން ބައިވެރި ކޮށްގެން ސިލްސިލާކޮށެވެ.
މި ހަރަކާތް އާދީއްތަ ދުވަހު ވަނީ ރަސްމީކޮށް ފަށާފަ އެވެ. އަދި މިހަފްލާގައި ދީޕިކާވެސް ވަނީ ބައިވެރި ވެފައެވެ. އޭނާ ބުނެފައިވަނީ މުސްތަގްބަލްގައި މީގެ އިތުރު ލެކްޗާ ސިލްސިލާތަކެއްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތައް ހިމެނޭގޮތަށް ނަފްސާނީ ބަލިތަކާ ބެހޭ ތަޖުރިބާކާރުން އިންޑިއާއަށް ގޮސް އެކަމާބެހޭގޮތުން ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރާނެ ކަމަށެވެ.
“ނަފުސާނީ މައްސަލަތަކުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުން. އަަހަރެންގެ ފައުންޑޭޝަނުން ކުރަން ބޭނުންވާ ކަމަކީ އެއީ،” އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުންޏެވެ. “މިހާރަކަށް އައިސް މެންޓަލް ހެލްތާ ބެހޭގޮތުން ވާހަކަ ދައްކާތަން ފެނުމަކީ ވަރަށް އުންމީދީ މަންޒަރެއް. މިއީ ސިއްރުކޮށްގެން ތިބެންޖެހޭ ވަރަށްވުރެ މާ ސީރިިއަސް މައްސަލައެއް.”
ލެކްޗަރު ތަކުގައި ބައިވެރިވާ މީހުންނަށް ތަޖުރިބާކާރުންނާ ވާހަކަ ދައްކައި، ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
“ލިވް ލަވް، ލާފް ފައުންޑޭޝަން” އަކީ ގިނަ ދުވަސްތަކެއް ވަންދެން ދީޕިކާ އަމިއްލަ އަށް ތަޖުރިބާ ކުރަން ޖެހުނު ނަފުސާނީ މައްސަލަތަކާ ގުޅިގެން އެ ވާހަކަ ވަރަށް ފާޅުގައި މީޑިއާތަކުގައި ހިއްސާ ކުރުމަށްފަހު، އެހެންބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެފަދަމީހުނަށް އަމާޒު ކޮށްގެން އުފެއްދި ފައުންޑޭޝަނެކެވެ. އޭގެތެރެއިން އެންމެ ޚާއްޞަ އެއް ޕްރޮގްރާމަކީ 2016 ގައި ފެށި “ޔޫ އާ ނޮޓް އެލޯން” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ