ލާމާފަރު ފެސްޓިވަލަށް ލ. މާމެންދޫ ޒީނަތްތެރިކޮށްފައިވަނީ އެރަށަށް ބޮޑު އީދެއް އައިސްގެން އުޅޭހާ ކުލަގަދަކޮށެވެ. ލާމާފަރު ފެސްޓިވަލަށް މާމެންދޫ ތައްޔާރުވެފައިވާއިރު، ފެސްޓިވަލްގައި ބައިވެރިވާ ސްކޫލްތަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިމަހު 26ވަނަ ދުވަހު ލ. މާމެންދޫގައި ސިކްސް ސެންސަސް ލާމުން އިންތިޒާމުކޮށްގެން ބާއްވާ ލާމާފަރު ފެސްޓިވަލަކީ ކުރިން އެ ރިޒޯޓުން ‘ޓާރޓްލް ފެސްޓިވަލް’ގެ ނަމުގައި ބާއްވަމުން އައި ފެސްޓިވަލްގެ ރީބްރޭންޑް ވާރޝަންއެކެވެ.

ލާމާފަރު ފެސްޓިވަލް އޮންނަ ސަރަހައްދު ދައްކައިދޭ ޗާޓެއް – ފޮޓޯ: އަސްލަމް މުޚްތާރު
ލާމާފަރު ފެސްޓިވަލަކީ ލ. އަތޮޅުގެ ތިމާވެއްޓާއި، އެ ވެށިތަކުގައި ދިރިއުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ސިކްސް ސެންސަސް ލާމުން ބާއްވާ ކުލަގަދަ ހަރަކާތެކެވެ.

ލާމާފަރު ފެސްޓިވަލަށް މާމެންދޫ ތައްޔާރުކުރުމުގެ ތެރެއިން – ފޮޓޯ: އަސްލަމް މުޚްތާރު
މި ފެސްޓިވަލް އިންތިޒާމު ކުރަނީ ސިކްސް ސެންސަސް ލާމު ރިޒޯޓާއި، ލ. އަތޮޅު ކައުންސިލާއި، މާމެންދޫ ކައުންސިލް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން، ބްލޫ މެރިން ފައުންޑޭޝަން، އޮލިވް ރިޑްލީ ޕްރޮޖެކްޓް، މަންތާ ޓްރަސްޓް އަދި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް އާއި ވިޒިޓް ލާމު ގުޅިގެންނެވެ.

ލާމާފަރު ފެސްޓިވަލަށް މާމެންދޫ ތައްޔާރުކުރުމުގެ ތެރެއިން – ފޮޓޯ: އަސްލަމް މުޚްތާރު
ލާމާފަރު ފެސްޓިވަލްގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ “އަހަރެމެންގެ ކަނޑުތައް – ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފައި” މި ޝިއާރެވެ.
“ލާމު ޓަރޓްލް ފެސްޓިވަލް” މީގެ ތިން އަހަރު ކުރިންނެވެ. ސިކްސް ސެންސަސް ލާމުން ބުނާގޮތުގައި މިއަހަރުގެ ފެސްޓިވަލަށް 2000 އަށްވުރެ ގިނަ މީހުން މާމެންދުއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. މި ފެސްޓިވަލް ވެގެންދާނީ ތާރީޚީ ގޮތުންނާއި ތިމާވެށީގެ ގޮތުން ލ. އަތޮޅު އެހެން ހުރިހާ އަތޮޅުތަކާ ތަފާތުވާ ސަބަބުތައް އެނގިގެންދާނެ، މައުލޫމާތުން ފުރިގެންވާ ހަރަކާތަކަށެވެ.

ލާމާފަރު ފެސްޓިވަލަށް މާމެންދޫ ތައްޔާރުކުރުމުގެ ތެރެއިން – ފޮޓޯ: އަސްލަމް މުޚްތާރު
ލ. އަތޮޅުގެ ހުރިހާ ސްކޫލްތަކަކުންވެސް ބައިވެރިވާ މި ފެސްޓިވަލްގައި ލާމުގެ ވާހަކަ، ފެތުމުގެ ރޭސް، ލާމު ފޮޓޯގްރަފީ އެގްޒިބިޝަން، އަދި މޫދު ދިރުމުގެ ޕެރޭޑެއް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.
ލާމާފަރު ފެސްޓިވަލްގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށައަޅައިދޭ ޑްރާމާ ތައްޔާރުކުރުމުގައި އެ ސްކޫލަށް ފަންނީ އެހީތެރިކަން ދެމުން ގެންދަނީ މުނިއަވަސް އިންނެވެ.
ޚަބަރަށް މަޢުލުމާތު ނެގީ: ދުވަސް.އެމްވީ އިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟