ދިވެހި ފިލްމުތަކަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާ ފިލްމު ”ބަވަތި”ގެ ކާމިޔާބު ޝޯތަކެއް މާލެއާއާއި އަތޮޅުތެރޭގައި ދައްކަމުން އަންނައިރު، މިރެއަކީ އައްޑޫ ސިޓީ “ބަވަތިި”ކޮށްލާ ރެއެވެ. މިރެއާއި މާދަމާރޭ އައްޑޫ ސިޓީން ”ބަވަތި” ބަލައިލެވޭނެއެވެ.

އައްޑޫ ސިޓީއިން ”ބަވަތި”ފިލްމު ބަލައިލުމަށް ބޭނުންވާ ފަރާތްތަކުން ޓިކެޓް ހޯދުމަށް 9403737 ނަމްބަރަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފައެވެ.

މި ފިލްމު އައްޑޫ ސިޓީގައި އެޅުވުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ބޮނޑޮގޭ ސިނަމާގައެވެ.

https://www.youtube.com/watch?v=w_w29wmFA7M

އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތް، އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ ސަންޕެންސް ތުރިލާ ފިލްމު ”ބަވަތި”އަކީ މިފަހަކަށް އައިސް ދިވެހި ސިނަމާގައި އެޅުވި އެންމެ ތަފާތު އެއް ފިލްމެވެ. ”ބަވަތި“ގެ ލީޑް ކުޅެފައިވަނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ނުޒުހަތު ޝުއައިބު އާއި އަލަށް ފީޗާ ފިލްމަކުން ތައާރަފްވި އެކްޓަރު އަޙްމަދު އިފްނާޒް އެވެ. މި ފިލްމަކީ އިފްނާޒްގެ ފުރަތަމަ ފިލްމު ނަމަވެސް ފިލްމުގައި އޭނާވަނީ ބެލުންތެރިން ހައިރާންކޮށްލާފަދަ އެކްޓިންއެއް ދައްކުވައިދީފައެވެ.

ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ”ބަވަތި”ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާ އެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.

ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.