2016 ވަނަ އަހަރުން ފެށިގެން ކަލާސް ޓީވީން ދައްކަމުން ގެންދާ ޕްރޮގުރާމް “ބިގް ބޮސް” ގެ 13 ވަނަ ސީޒަނުން ފެނިގެން ދާނެކަން ޔަގީން ވެފައިވާ ތަރިން ތަކުގެ ތެރޭގައި ސިދާތު ޝުކްލާ އާއި ރަޝަމީ ދެސާއީ އަދި އާތީ ސިންހްގެ އިތުރުން ރިދީ ދޯގްރާ އާއި ދެވޮލީނާ ބަޓާޗާޖީ ހިމެނެއެވެ. މީގެ އިތުރުން ވެސް ގިނަ ތަރިން ތަކެއް ފެނިގެން ދާނެއެވެ. މީގެ އިތުރުން ދެން ފެނިގެންދާނެ ތަރިންގެ ނަންތައް އަދި ހާމައެއް ނުކުރެއެވެ.
މި ޝޯއަށް މިފަހަރު އެންމެ އަގު ބޮޑުކޮށް ގެނެސް ފައިވާ ތަރިއަކީ، ޓީވީ ޝޯ “ދިލް ސޭ ދިލް ތަކް” އިން އެންމެ ފަހުން ފެނިގެން ދިޔަ ރަޝަމީ އެވެ. ޝޯގައި މަސައްކަތް ކުރުމަށް އޭނާއަށް 1.2 ކްރޯޑް ރުޕީސް ހުށަހަޅާފައި ވާކަމަށް އިންޑިޔާގެ ނޫސްތަކުން ހާމަ ކޮށްފައި ވެއެވެ.
ނަމަވެސް އުމުރުން 33 އަހަރުގެ ރަޝަމީ މިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ރަޝަމީ އާއި އެކްޓަރު ނަންދިޝްއަށް ވަނީ އަންހެން ދަރިއެއް ވެސް ލިބިފައެވެ. ނަމަވެސް މި ދެމީހުންގެ ކައިވެނި ވަނީ 2016 ވަނަ އަހަރު ރޫޅިފައެވެ.
ރަޝަމީއާ ގުޅިގެން ފެތުރިފައިވާ ބައެއް ވާހަކަތައް އޭނާވަނީ ދޮގު ކޮށްފައެވެ. މީގެތެރޭގައި ޝޯގައި ބައިވެރި ވާނީ ލޯބިވެރިޔާ އަރްހާން ޚާނާ އެކުގައި ކަމަށާއި އަދި ޝޯގެ ތެރެއިން އެމީހުން ކައިވެނި ވެސް ކުރާނެ ކަމަށް އަޑުތައް އެރި ނަމަވެސް އެއީ ދޮގެއް ކަމަށް އޭނާ ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ