​ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިވެހި ފިލްމް އެވޯޑް މި އަހަރު ވެސް ބާއްވާ ގޮތަށް ނިންމައިފި އެވެ. މި އެވޯޑަކީ މި ގޮތަށް ބާއްވަމުން އަންނަ ނުވަ ވަނަ އެވޯޑެވެ. މި އެވޯޑް މިދިޔަ އަހަރު ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ދިމާވި ބައެއް ކަންކަމާ ހުރެ ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

އެން.ސީ.އޭ އިން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން މި އެވޯޑަށް ޓްރޮފީ ހަދާ ދޭނެ ފަރާތެއް ހޯދުމަށް އެން.ސީ.އޭގެ ފަރާތުން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އެން.ސީ.އޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އޮކްޓޯބަރ 3 ވާ ބުރާސްފަތި ދުވަހު އަންދާސީ ހިސާބު ހުށައެޅޭނެ ކަމަށާއި، އެވޯޑާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރުން ވެސް ހަމަ އެދުވަހު ކުރިއަށް ދާނެ ކަމަށެވެ. 

2017 ވަނަ އަހަރު އެންމެ ގިނަ އެވޯޑް ލިބިފައި ވަނީ ޑާކް ރެއިން އެންޓަޓެއިންމަންޓަށެވެ. އެ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ޑާކް ރެއިންގެ ފިލްމް ‘ވާށޭ މަށާ އެކީ’ ހޮވިފައި ވާއިރު އެންމެ ގިނަ އެވޯޑް ހާސިލް ކޮށްފައި ވަނީވެސް އެ ޕްރޮޑަކްޝަނުންނެވެ. 2017 ވަނަ އަހަރު ޑާކް ރެއިން އެންޓަޓެއިންމަންޓަށް ޖުމްލަ 22 އެވޯޑެއް ވަނީ ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.