މޫދު ކަސްރަތަކީ ހަށިގަނޑަށް މާބުރަ ނޫން ކަސްރަތެކެވެ. ނަމަވެސް މޫދު ކަސްރަތު ކުރުމުން ކަށްޓާއި، ހުޅުހުޅާއި މަސްތަކަށް އެދެވޭ ފައިދާ ތަކެއް މި ކަސްރަތުން ލިބެއެވެ. މީގެ އިތުން ލޮނުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތައްވެސް މޫދު ކަސްރަތު ކުރުމުން ލިބޭކަމީ މި ކަސްރަތުގެ ފައިދާ ދެގުނަވާ ކަމެއް ކަމަށް ބެލެވެއެވެ.

މޫދު ކަސްރަތަކީ އެތަކެއް ބައިވަރު ސިއްޙީ ފައިދާތައް ލިއްބައިދޭ ކަމެކެވެ. މިގޮތުން ހިތުގެ ސިއްޙަތުގެ ގެ ދުޅަހެޔޮކަން އިތުރުވުން، ހާސްވުމާއި ކަންބޮޑުވުން ދުރުކޮށްދިނުން، މަސްތައް ވަރުގަދަވެ، މަސްތަކުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. މުޅި ދުވަހުގެ ހަރަކާތްތައް ރަނގަޅުކޮށްދެ އެވެ. ކަންބޮޑު ނުވާށެވެ. މޫދު ކަސްރަތަކީ ފަތަން ނޭނގޭ މީހުންނަށް ވެސް ކުރެވޭނެ ކަސްރަތެކެވެ.

މޫދު ގައި ކުރާ ވަރަށް ގިނަ ކަސްރަތުތައް ހުރެއެވެ. އެގޮތުން މޫދުގައި ހިނގުން މިއީ އެއްމެ ފަސޭހަ އެއް ކަސްރަތެވެ. އެގޮތުން އުނަގަނޑުތާ ފެނަށްއެރި ހުރެ މޫދުތެރޭގައި އަތް ބާއްވައިގެން، ހިކިފަސްތަނުގައިވެސް ހިނގާ ގޮތަށް ހިނގައެވެ. މިހެން ހިނގާއިރު ފައިތިލަ ހަމަޔަށް އެއްކޮށް ބިންމަތީގައި ޖައްސައިގެން ހިނގުމާއި ހަށިގަނޑު ސީދަލަށް ބެހެއްޓުން މުހިއްމެވެ.

ރާއްޖޭގައިވެސް މިހާރު މިވަނީ މޫދު ކަސްރަތު ކުރުން ވައިގައި ހިފާފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މޫދު ކަސްރަތު ޕްރޮގާމްތައް އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމް ތަކުގައި ބައިވެރިވާ މީހުން ބުނާގޮތުން މޫދު ކަސްރަތު ކުރަން ފަށާތާ ހަފުތާއެއް ތެރޭގައި ވަރަށް އެދެވޭ ބަދަލުތަކެއް ހަށިގަނޑަށާއި ސިއްހަތަށް އަދި ދިރިއުޅުމަށް އަންނަން ފަށައެވެ.

މޫދު ކަސްރަތު ފަށާތާ ހަފުތާއެއްގެ ތެރޭގައި ގިނަ ބައެއްގެ ދިރިއުޅުމަށް ފާހަގަކުރެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން، ހަތަރު ވަރަކަށް އަހަރު ވަންދެން ގޮނޑީގައި ތިބެ ނަމާދުކުރާ ބައެއް މީހުން މިހާރު ގޮނޑި ދޫކޮށްލައިފި އެވެ. އެ މީހުންނަށް އެ ލުއިފަސޭހަކަން ލިބުނީ މޫދުގައި ކުރިއަށް ގެންދާ ފައިގެ ކަސްރަތުތަކުން ނެވެ. މީގެ އިތުރުން ބައެއް މީހުންގެ ބަރުދަން ލުއިވެ ހެލިފެލިވެ އުޅުމާއި ލޭމައްޗަށް ދާ މީހުންގެ ލޭގެ ޕްރެޝަރު ދަށްވުމާއި ނިދުމުގެ ފަސޭހަކަން ލިބުމާއި މިކަހަލަ ސިއްހީ ގޮތުން ދިމާވާ ބައިވަރު މައްސަލަތަކަށް ހައްލު މި ކަސްރަތުން ލިބެ އެވެ.

ބައެއް މޫދު ކަސްރަތުގެ ވީޑިއޯ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.