ބެކްޓީރިއާގެ ތެރޭގައި ހަށިގަނޑަށް ފައިދާލިބޭ ރަނގަޅު ބެކްޓީރިއާ އާއި ގެއްލުންދޭ ބެކްޓީރިއާ ހުރެއެވެ. ބަޓަރަށް ރީނދޫކުލަ ގެނެސްދެނީ ރަނގަޅު ބެކްޓީރިއާ އަކުންނެވެ. ނޭފަތު މަޑަކީވެސް ރަނގަޅު ބެކްޓީރިއާގެ ޚަޒާނާ އެކެވެ. އޭގައި ތަފާތު ސިއްހީ ފައިދާތަކެއް އެކުލެވިފައި ވެއެވެ.

ހޯދުންތަކުން ދައްކާގޮތުގައި ނޭފަތް ކޮއްޓާ މީހުން ސިއްހަތު ރަނގަޅުވެފައި އުފާވެރިއެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދައެވެ.

ހާވާޑް ޔުނިވަރސިޓީއާއި ޔުނިވަރސިޓީ އޮފް ސަސްކަޓްޗެވަން ހިމެނޭގޮތުން ގިނަ ޔުނިވަރސިޓީ ތަކެއްގެ ސައިންސިސްޓުން އެކުވެގެން ހެދި ދިރާސާއެއް ދައްކާގޮތުން ނޭފަތު މަޑަކީ ރަނގަޅު ބެކްޓީރިއާ ތަކެއްގެ މުއްސަނދި ޚަޒާނާ އެކެވެ.

މީގެ އިތުރުން ނޭފަތު މަޑަކީ ދަތްޕިލައިގައި ހަރުލާ ނުރައްކާތެރި ބެކްޓީރިއާ ނައްތާލާ އެއްޗެކެވެ. އަދި ގޮހޮރުގެ ފާރާއި ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަން ތަކުންނާއި އެއިޑްސް ބަލިންވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ބަޔޯކެމިސްޓްރީގެ ޕްރޮފެސަރ ޑރ. ސްކޮޓް ނެޕަރ ބުންޏެވެ. “ގުދުރަތީ ނިޒާމު ހަމަޖެހިފައިވާގޮތުން ފައިދާހުރި ތަފާތު ކަންތައްތަކެއް ކުރާށާއި ތަފާތު ކެއުން ކާން އަހަރެމެންނަށް އާދަވެފައިވޭ. ވީމާ ނޭފަތް ކޮއްޓައިގެން ނެގޭ މަޑު ކާހިތްވެއްޖެނަމަ ހަމަޖެހިފައިވާގޮތަށް އެކަން ކުރޭ”

ފުއްޕާމޭގެ ސްޕެޝަލިސްޓެއް ކަމަށްވާ ފްރެޑްރިކް ބިސްޗިންގަރ ހާމަކުރާގޮތުގައި ނޭފަތު މަޑު ކާމީހުންނަކީ ސިއްހަތު ރަނގަޅު، އުފާވެރި، ދިފާއީ ނިޒާމު ވަރުގަދަ ބައެކެވެ.

“ބޭސްވެރިކަމަށް ބަލާއިރު މިއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް. އަދި އާދަކުރަން ރަނގަޅު ކަމެއްވެސްމެ. ދިފާއީ ނިޒާމާ ގުޅޭގޮތުން ބުނާނަމަ ނޭފަތަކީ ވަރަށްގިނަ ފައިދާހުރި ބެކްޓީރިއާ ޖަމާވާ ތަނެއް” ފްރެޑްރިކް ބުނެދިނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.