މީގެ ހަ އަހަރު ކުރިން ފުރަތަމަ ފަހަރަށް ދިވެހި ބޮޑު ސްކްރީނަށް އެންތޮލޮޖީ ފިލްމެއް ގެނެސްދިނުމަށް ޕްރޮޑިއުސަރު މުހައްމަދު ފުއާދު ވަނީ މަސައްކަތް ފަށާފައެވެ. އެއީ “ހަތަރު ހަޅަ” އެވެ. ހަ އަހަރު ފާއިތުވެގެން ދިޔައިރުވެސް ފިލްމު ބެލުންތެރިންނާއި ހަމައަށް ނުގެނެސްދެވި އޮތީ އެތައް މައްސަލަތަކެއްދިމާވެ ފިލްމު ކުރިއަށް ނުދިއުމުންނެވެ.
މި ފިލްމަކީ ޑާކްރެއިންގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި، މަރިޔަމް މަޖުދާ ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމުން ނިއުމާ ވެސް ފެނިގެންދާނެއެވެ.
އާންމުކޮށް އެންތޮލޮޖީ ފިލްމުތަކުގައި ހިމެނޭ ހުރިހާ ބައިތަކެއް ވަކި އެއް ތީމަކަށް ހަދާއިރު، މި ފިލްމު ހަދާފައި ވަނީ ކްރައިމް ތީމްގެ ހަތަރު ވާހަކައިގެ މައްޗަށް ބިނާކޮށްގެންނެވެ. މީގެ ތެރެއިން ތިން ބައެއްގެ ވާހަކަ މަހުދީ އަހުމަދާއި އަހްމަދު ޒަރީރު ލިޔެފައިވާއިރު އަނެއް ބައިގެ ވާހަކަ ލިޔުނީ މޫމިން ފުއާދު އެވެ.
މި އެންތޮލޮޖީގެ “ދަރިފަނި” ބައި ޑައިރެކްޓުކުރީ ފައްތާހު އެވެ. މި ބައިގައި އުޅެނީ މަރިޔަމް ޝަކީލާ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ.
ޕްރޮޑިއުސަރު ފުއާދުގެ ކޮއްކޮ، މޫމިން ޑައިރެކްޓުކުރީ ނިއުމާ ކުޅުނު “ބައިވެރިޔާ” ގެ ބައެވެ.
މި އަހަރު ސްކްރީނުން އެއް ފަރާތްވެލި ނިއުމާ މުހައްމަދުގެ “ވަދާއީ” އާ ފިލްމެއް ބަލައިލުމުގެ ފުރުސަތު ވެސް މި ލިބުނީ އެވެ.
ރަވީގެ ބަޔަކީ “ގާތިލް” އެވެ. މި ބައި ކުޅުނީ މަޖުދާ އާއި އައިޝަތު ރިޝްފާ އެވެ. އަދި ޗިއްޕެގެ ބަޔަކީ “ފޮށި”އެވެ. މިބައިގައި އުޅެނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި ފާތިމަތު ފަރީލާ އެވެ.
“ހަތަރު ހަޅަ” އަކީ ރާއްޖޭގެ މަޝްހޫރު ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ކުރު ފިލްމުތަކެއް އެކުލެވޭ ގޮތަށް ގެނެސްދީފައިވާ އެންތޮލޮޖީ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ