“އޭ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެވެ. މިއީ އިންތިޒާރުގެ ކުޑަ ވަގުތުކޮޅެކެވެ.” މި ލަވައަކީ ފިލްމު ‘ޤަޔާމަތު ސޭ ޤަޔާމަތު ތަކް’ ގައި ހިމެނޭ ރީތި ލަވަތަކުގެ ތެރެއިންވެސް އެއްމެ ރީތި އެއްލަވަ އެވެ.

މި ހިތްގައިމު ލަވައިގެ އަޑުގެވެރިންނަކީ އަލްކާ ޔަގްނިކް އާއި އުދިތު ނަރަޔަން އެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އާާނަންދް މިލިންދް އެވެ. ލަވައިގެ ޅެންވެރިއަކީ މަޖުރޫހް ސުލްތާންޕޫރީ އެވެ. ފިލްމު ފުރަތަ ރިލީޒް ކޮށްފައިވަނީ 1 މާރޗް 1988 ގައެވެ. ޑައިރެކްޓް ކޮށްފައިވަނީ މަންސޫރް ޚާން އެވެ.

މި ފިލްމަކީ ރޯމިއޯ އެންޑް ޖޫލިއެޓް ވާހަކައާާއި އެއްކަހަލަ ގޮތަކަށް ކުޅެފައިވާ މިއުޒިކަލް އެކެވެ. މި ފިލްމުގައި ޒުވާާން ރާޖް ސިންގ (އާާމިރު ޚާން) އާއި ރީތި ރަޝްމީ ރާޖްޕުތު (ޖޫހީ ޗައުލާ) އާއި ދެމީހުންގެ ދެމެދުގައި އުފެދެނީ އާދަޔާޚިލާފަށް ވަރުގަދަ ލޯބީގެ ގުޅުމެކެވެ. ނަސީބު ދެރަކަމުން މި ދެމީހުންގެ ޢާއިލާ އަކީ ނުހަނު ބޮޑު ދެ ދުޝްމަނުންނެވެ. ދެމީހުންގެ ގުޅުމަށް ޢާއިލާގެ ހިޔަނި އެޅިގެން ދިއުމުން ދެމީހުން ނިންމީ ޢާއިލާއަށް ފިލައިގެންގޮސް މައި ޝަހަރާއި ދުރުގައި ދިރިއުޅުމަށެވެ.

މި ދެމީހުންގެ ގުޅުމަށް ހަމަޖެހުމެއް ލިބޭނެކަމުގެ ޔަޤީންކަން ކުޑަވުމުން ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައުމަށް ނިންމަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.