ކުރިއަރަމުން އަންނަ ޒުވާން ހުނަރުވެރި އެކްޓަރު ޢަލީ އާޒިމް (ދޮން އައްޔަ) މިއަދު ކައިވެނިކޮށްފިއެވެ. ދޮން އައްޔަގެ ކައިވެނިއޮތީ އާއިލާއާބެހޭ ކޯޓުގައި މިއަދު މެންދުރު އެކެއްޖެހިއިރުއެވެ.
މުނިއަވަސް އަށް އެނގިފައިވާގޮތުން ދޮން އައްޔަ ކައިވެނީގެ މަތިވެރި ގޮށުން ބަނދެވުނީ ތ. ވިލުފުށީ ޙައްވާ ޖީނާ އާއެވެ. އެ ދެ މީހުން ކައިވެނިކޮށްފައި މި ވަނީ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ފަހުންނެވެ.
އައްޔަގެ ކައިވެނި އޮތީ ކޯޓުގައި، ދެފަރާތުގެ ޢާއިލާ މެންބަރުންނާއި ބައެއް ގާތް ރައްޓެހިންގެވެސް ހާޒިރުގައެވެ.
ޢަލީ އާޒިމް އާއި ޙައްވާ ޖީނާ އަށް އުފާވެރި، ބާއްޖަވެރި ކައިވެންޏަކަށް، މުނިއަވަސް ގެ ކިޔުންތެރިންނާއި ޓީމުން އެދެމެވެ.

އަލީ އާޒިމް (ދޮން އައްޔަ) އާއި ޙައްވާ ޖީނާ – ފޮޓޯ: އައްޔަ
މިހާރު އެންމެ ގިނައިން ދިވެހި ފިލްމުތަކުން ފެންނަމުން އަންނަ އެއް އެކްޓަރަކީ ޢަލީ އާޒިމް އެވެ. ބައިސްކޯފުން ދައްކަމުން އަންނަ ސިޓްކޮމް ގައި އައްޔަގެ މަޖާ އެކްޓިން ފެނިގެންދެއެވެ. މިވަގުތުވެސް ދެތިން ޕްރޮޖެކްޓެއްގައި އައްޔަ އަންނަނީ މަސައްކަތްކުރަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!