މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ދެވަނަ ހޯދި ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދުގެ އައު ވީޑިއޯ ލަވައެއް ‘އިއްޔަ ރެކޯޑްސް’ އިން މިމަހު ނެރޭނެކަމަށް ބުނެފިއެވެ.

‘ނޮއިސް NOICE ގެ ނަމުގައި ނެރުމަށް ޝޫޓިން ފަށާފައިވާ ލަވައިން ހަމޫދު ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށް އިއްޔަ ރެކޯޑްސް އިން ބުނެއެވެ.

“މި މަހު ފެނިގެން ދާނީ ހަމޫދުގެ ވަރަށް ތަފާތު ލަވައެއް. މިއީ އިއްޔަ ރެކޯޑްސް އާއި ބީޓޮލޮޖީ ސްޓޫޑިއޯ އިން ނެރޭ ވަރަށް ތަފާތު ލަވައަކަށް ވާނެ.” ހަމޫދު ބުނީ މި ލަވަ ނިކުންނާނީ މިމަހު ނުވަތަ އަންނަ މަހު ކުރީކޮޅުގައި ކަމަށެވެ.

“ނޮއިސް” މި ލަވަ ޑައިރެކްޓްކުރަނީ ވެސް ހަމޫދު އެވެ. އިއްޔަ ރެކޯޑްސް އިން ރިލީޒްކުރި ކާމިޔާބު ވީޑިއޯ ލަވަ “ސޮރީ ހަނީ” ލަވަ ޑައިރެކްޓްކުރީ ވެސް ހަމޫދުއެވެ.

“އިއްޔަ ރެކޯޑްސް އިން ވަރަށް ގިނަ ލަވައިގެ މަސައްކަތް ކުރަމުން އެބަ ގެންދަމު. އެގޮތުން މި މަހު އެކިއެކި އާޓިސްޓުންނާއެކު އިއްޔަ ރެކޯޑްސް ގެ ތިން ލަވައެއް ރިލީޒްކުރާނެ.” އިއްޔަ ރެކޯޑްސް އާއެކު މަސައްކަތް ކުރަމުން އަންނަ ހަމޫދު ހާމަކުރިއެވެ.

“ނޮއިސް ލަވައިގެ ޓްރެކް ކޮމްޕޯސްކުރީ ރެޕް އާޓިސްޓް ޓްރޯ. ނަމަވެސް މި ލަވަ އިތުރަށް ފުރިހަމަކޮށްދިން ފަރާތަކީ މުސްތާޤް. ޓްރެކަށް އަދި ވޯކަލް އަށް ގެންނަންޖެހޭ ބަދަލުތައް ވެސް ކިޔައިދިނީ މުސްތާޤް. އެހެންކަމުން ޓްރޯ އާއި މުސްތާޤަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.”

“ނޮއިސް” ލަވައިގެ ޝޫޓިން ދައްކުވައިދޭ ވީޑިއޯއެއް އިއްޔަ ރެކޯޑްސް އިން ވަނީ އާއްމުކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.