2015 ވަނަ އަހަރު ނުކުތް ހިންދީ ފިލްމުތަކުގެ ތެރެއިން ‘ގައްބަރު އިޒް ބެކް’ މި ފިލްމުގައި ހިމެނޭ ‘ތެރީ މެރީ ކަހާނީ’ މި ލަވަ އަކީ ރީތި ޅެންވެރިކަމެއް ހިމެނޭ ލޯބީގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ އަރްޖިތު ސިންގްހ އާއި ޕަލަކް މޫޗަލް އެވެ.ލަވަ ކޮމްޕޯސް ކޮށްފައިވަނީ ޗިރަންތަން ބަޓް އެވެ. ލަވައިގެ ރީތި ޅެންވެރިކަމަކީ މަނޯޖް ޔާދަވް އެވެ.
މި ލަވައިގައި ހަރަކާތްތެރިވަނީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް އެވެ. 01 މެއި 2015 ގައި ރިލީޒްވި މި ފިލްމުގެ ޑައިރެކްޓަރަކީ ކްރިޝް އެވެ. މި ލަވައިގައި މި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ގުޅެއެވެ. ދި-މާނަ ޗެނަލް އަށް ލަވަ ލުމަށްޓަކައި، ލަވައިގެ ވީޑިއޯ އަށް ސަބްޓައިޓްލް ލައިގެން އެޑިޓްކުރިއިރު ބައެއް މަންޒަރުތައް ކަނޑާފައި ވާނެއެވެ.
ލަވައިގެ ލިރިކްސް ދިވެހިބަހަށް ތަރުޖަމާކޮށްފައިވަނީ އަލްއުސްތާޛް ޝަމްސުލް ފަލާޙް އެވެ.
ލަވަ: ތޭރީ މޭރީ ކަހާނީ ފިލްމް: ގައްބަރު އިޒް ބެކް
އަހަރެންގެ އެތެރޭގައި ކަލާ ދަތުރުކުރަމުން ދާށިއެވެ.
އަަހަރެންގެ ކޮންމެ ނޭވާއެއްގައި ކަލާ ދައުރުވާށިއެވެ.
އަހަރެންގެ ހެނދުނަކީވެސް އަދި ހަވީރަކީވެސް ކަލާއެވެ.
ކަލާޔާނުލައި އަހަރެންގެ ވަނީ ކޮން އެއްޗެއް ހެއްޔެވެ؟
ދެ ޖިސްމުވިޔަސް އެއް ފުރާނައެކެވެ.
އަހަންނާ ދުވަހަކުވެސް ކަލާ ވަކިނުވާށިއެވެ.
އަހަންނާއި ކަލާގެ ލޯބީގެ ވާހަކަ… ވާރޭ ފެންފަދައެވެ.
އިޝްޤަށް ބަދަލުވެ ވެހެއެވެ.
ލިބިފައިވާ ހުއްދަ ނިކަން ދެކިބަލާށެވެ.
އެކަކަށް އަނެކެކެއްގެ ރައްކާތެރިކަން ލިބިއްޖެއެވެ.
ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޒަރޫރަތެއް ފުރިހަމަވެއްޖެއެވެ.
މި ބުއިމަކީ އަބަދުވެސް ދެމިހުންނާނެ ބުއިމެކެވެ.
މިގޮތުގައި އަބަދުގެއަބަދަށް،
އަހަރެން މިކުރި ކަމެއް ކުރީ
ކަލާދެކެ ލޯބިވެވިގެންނެވެ. ލޯބީގައެވެ. ލޯބީގައެވެ.
އަހަރުމެން އެކުގައިވާނަމަ، އެއްވެސް އެއްޗެއް މަދެއް ނުވެއެވެ.
އަހަރެން ދިރިހުރިހާ ހިނދަކު، އަހަރެން ބޭނުންވަނީ ކަލާޔާއެކުގައި އުޅޭށެވެ.
މިގޮތަށް އުޅޭށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!