އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސްކްރީންގައި ދައްކަން ފެށި، ރިތިކް ރޯޝަން އާއި ޓައިގަރ ޝްރޮފް ލީޑް ރޯލް ކުޅެފައިވާ ފިލްމް ‘ވޯރ’ މިއަދާ ހަމައަށްވެސް އަންނަނީ ބޮކްސް އޮފީހުގެ ބޮޑެތި ރެކޯރޑްތަކެއް މުގުރަމުންނެވެ.

ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާ ބަންދުގައިވެސް މީގެ ކުރިން ފިލްމްތަކަށް ލިބިފައި ނުވާވަރުގެ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު ހަމައެކަނި އާދީއްތަ ދުވަހުވެސް 30 ކްރޯޑް ރުޕީސް ފިލްމަށް ވަނީ ލިބިފައެވެ. މި އަދަދަކީ ހަފްތާ ބަންދެއްގައި މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ވަރުގެ ބޮޑު އަދަދަކަށް ވީ އިރު މިއަދާ ހަމައަށް މުޅި ޖުމްލަ 158.50 ކްރޯޑް ރުޕީސް ވަނީ ވޭތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި ލިބިފައެވެ.

‘ވޯރ’ ގެ އިތުރުން ވޭތުވެ ދިޔަ ހަފްތާ ތެރޭގައި އިތުރު އަށް ފިލްމް ރިލީޒް ކޮށްފައި ވާއިރު 30 ކްރޯޑް ރުޕީސް ލިބުނު ހަމައެކަނި ފިލްމަކީ ‘ވޯރ’ އެވެ. އަނެއް އަށް ފިލްމަށް ހަމަ އެކަނި އާދީއްތަ ދުވަހު 20 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު ޢަދަދެއް ލިބިފައި ވާއިރު ސަލްމާން ޚާންގެ ‘ސާހޯ’ އަށް ގާތްގަނޑަކަށް 30 ކްރޯޑާ ގާތްކުރާ ޢަދަދެއް ލިބިފައި ވެއެވެ.

2019 ވަނަ އަހަރު އެންމެ ބޮޑު ތަރުހީބު ލިބުނު ފިލްމުތަކުގެ ލިސްޓް
ވޯރ – 36 ކްރޯޑް ރުޕީސް
ސާހޯ – 29.95 ކްރޯޑް ރުޕީސް
ކަބިރް ސިންގ – 27.26 ކްރޯޑް ރުޕީސް
މިޝަން މަންގަލް – 26.87 ކްރޯޑް ރުޕީސް
ބާރަތު – 25.54 ކްރޯޑް ރުޕީސް
ޓޯޓަލް ދަމާލް – 25.21 ކްރޯޑް ރުޕީސް
ކޭސަރީ – 20.92 ކްރޯޑް ރުޕީސް
ސުޕަރ30 – 20.65 ކްރޯޑް ރުޕީސް
ގަލީ ބޯއީ – 20.58 ކްރޯޑް ރުޕީސް
ޔޫރީ: ދަ ސަރޖިކަލް ސްޓްރައިކް – 15.26 ކްރޯޑް ރުޕީސް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.