އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅު އަދިތިޔާ ނާރަޔަންގެ އާ ވީޑިއޯ ލަވަ “ލިއްލާހް” ރިލީޒްކޮށްފައިވަނީ ދިވެހިރާއްޖޭގެ ހިތްގައިމު، ރީތި މަންޒަރުތައް ހިމަނައިގެންނެވެ.

ހުނަރުވެރި ލަވަކިޔުންތެރިޔާ އަދިތިޔާގެ މި ސިންގަލް އާބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ މިއީ ކުރެވުނު ވަރަށް ހިތްގައިމު ތަޖުރިބާއެއް ކަމަށެވެ.

“މިއީ ވަރަށް ހިތްގައިމު ތަޖުރިބާއެއް. މިއީ އިންޑިޔާއިން ބޭރުގައި އަހަރެން މިއުޒިކް ވީޑިއޯއެއް ނެގި ފުރަތަމަ ފަހަރު. އަހަރުމެން ދިވެހިރާއްޖޭގައި މި ވީޑިއޯ ނެގީ މިކަމަށް ވަރަށް ޝައުޤުހުރި ބޮޑު ޓީމަކާއެކު. މި ފެންވަރުގެ މިއުޒިކު ވީޑިއޯއެއް ހެދުމަށް އަސްލު ހަޤީޤަތުގައި ވަރަށް ގިނަ މީހުން ބޭނުންވޭ، އެހެން ނަމަވެސް އަހަރެންގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.”

“ލިއްލާހް” ލަވައިގެ މިއުޒިކް ހެދީ އީޝާން ތުރިޕަތީ އާއި މިލްޓޯން ޑެނިއަލް އެވެ. ލަވައިގެ ވީޑިއޯ ނަގާފައިވަނީ ރާއްޖޭގެ ރިސޯޓެއްގައެވެ.

“މި ލަވައަށް ވަރަށް ގިނަ ތައްޔާރީތައް ވާން ޖެހުނު، ސަބަބަކީ މިއީ އަހަރެން އަމިއްލައަށް ޕްރޮޑިއުސްކުރި ލަވައަކަށް ވީތީ. ޕްރީ-ޕްރޮޑަކްޝަނަށްވެސް ވަރަށް ގިނަ މަސައްކަތް ކުރިން. އެންމެ މުހިންމު ކަމަކަށްވީ މި ލަވައަށް އަހަރެން ފިޓްވުމަށާއި އަހަރެންގެ ފެނިލުން އެންމެ ރީތިކުރުމަށް ކުރެވުނު މަސައްކަތް. ޝޫޓިންގެ ކުރިއަށް އޮތް 5-7 ހަފުތާ ވެގެންދިޔައީ ވަރަށް މުހިންމު ކަމަކަށް. ޒީރޯ ކާބްގެ ޑަޔަޓެއްގައި ހުރެގެން ދުވާލަކު 2ގަޑިއިރާއި 3ގަޑިއިރު އަހަރެން ކަސްރަތުކުރިން.” އަދިތިޔާ ލަވައަށް ކުރި މަސައްކަތް ހިއްސާކުރަމުން ހާމަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.