ބޮލީވުޑްގެ ބަތަލާ ގުލް ޕަނަގް 40، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާދޫ ރިސޯޓްގަ އެވެ. ރާއްޖޭގައި އޭނާ އާއި އޭނާގެ ދަރިފުޅު ނަގާފައިވާ ލޯބި ފޮޓޯތަކެއް އޭނާ އަންނަނީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުން އެވެ.
ބަތަލާ ގުލް ޕަނަގް ވަނީ “ޓްވެންޓީ ޔަރޗެލެންޖް” ވެސް ރާއްޖޭގައި ފުރިހަމަކޮށްފަ އެވެ. މީގެ 20 އަހަރުކުރިން، 1999 ވަނަ އަހަރު އޭނާ ރާއްޖެ އައިސް ލައިގެން ހުރި ސްވިމިން ސޫޓްލައިގެން ނެގި ފޮޓޯއެއް މިއަހަރު އޭނާ ވަނީ ހަމަ އެ ސްވިމިން ސޫޓްލައި ފޮޓޯ ނަގައި އެ ޗެލެންޖް ފުރިހަމަކޮށްފަ އެވެ. އެ ފޮޓޯ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައިވަނީ ހިއްސާކޮށްފަ އެވެ.
View this post on Instagram
“އޭރާއި މިހާރު. ވިހި އަހަރު ފަހުން އަނެއްކާވެސް މިހުރީ ދިވެހިރާއްޖޭގައި! އަހަރެންގެ ހަށިގަނޑުގެ ބައްޓަމާއި ސްޕެންސަރ ސްވިމްސޫޓް އަދިވެސް ހަމަ އެގޮތުގައި ވަރުގަދަކޮށް.” ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެލާފައި ވެއެވެ.
ގުލް ޕަނަގް އަކީ ކޮމާޝަލް ޕައިލެޓް ލައިންސަންސް އޮންނަ ޕައިލެޓަކާ ކައިވެނިކޮށްގެން އުޅޭ ފަންނާނެކެވެ.
ގިނަ އަދަދެއްގެ ފިލްމުގެ ލީޑު ރޯލުތަކުން އޭނާ ކުރިން ފެނުނު ނަމަވެސް މިހާރު އޭނާ ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ. އެންމެ ފަހުން އޭނާ ކުޅުނީ ކަރަން ޖޯހަރުގެ “ސްޓޫޑެންޓް އޮފް ދަ އިޔާ 2” އެވެ. ގުލް ޕަނަގް ގިނަ އަދަދެއްގެ ޓީވީ ސީރީޒް އިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ގުލް ޕަނަގްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ އާއިލާއިން ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށީގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ