”ދިވެހި ފިލްމު އެވޯޑްސް 9″ގައި ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
އެންސީއޭ އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނީ އެސެންޓަރުގެ ނަންބަރު (IUL)177/1/2019/66 އިޢުލާނުން ދިވެހި ފިލްމު އެވޯޑްސް 9 އަށް ފިލްމުތައް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތު 10 އޮކްޓޫބަރު 2019 ގައި ހަމަވެފައިވާތީ، ވީހާވެސް ގިނަބަޔަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން ފިލްމު އެވޯޑްސް 9 އަށް ފިލްމުތައް ހުށަހެޅުމުގެ މުއްދަތު މިހާރު އިތުރުކޮށްފައި ވާކަމަށެވެ.
“ދިވެހި ފިލްމު އެވޯޑްސް 9” ގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.
“ދިވެހި ފިލްމު އެވޯޑްސް 9” ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި “ދިވެހި ފިލްމު ފެސްޓިވަލް އާއި ފިލްމު އެވޯޑްސް” ގެ އުޞޫލް އެންސީއޭ އިން އާއްމުކޮށް އިޢުލާނުކޮށްފައިވެއެވެ. “ދިވެހި ފިލްމު ފެސްޓިވަލް”ގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ދިވެހި ފިލްމު އެވޯޑްސް 10” ން ފެށިގެން ކަމަށް އެންސީއޭ އިން ހާމަކުރައްވައެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 9 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކަށް މިހާރު ކަނޑައަޅާފައިވަނީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ.
“ދިވެހި ފިލްމު އެވޯޑްސް 9″ގެ އުޞޫލާއި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި އެންސީއޭގެ ވެބްސައިޓް www.nca.gov.mv އިން ލިބެން ހުންނާނެއެވެ.
ދިވެހި ފިލްމު އެވޯޑްސް އެޕްލިކޭޝަން ފޯމު
“ދިވެހި ފިލްމު އެވޯޑްސް 9” އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުމަށް ވެސް އެންސީއޭ އިން އެދެމެވެ.
ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ. ”ދިވެހި ފިލްމު އެވޯޑްސް“ މިއަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!