ޖޭމްސް ބޮންޑްގެ ރޯލު ކުޅުމަކީ އޭނާ އަބަދުވެސް ވަރަށް ބޮޑަށް ޝަޢުޤުވެރިވާ ކަމެއް ކަމަށް މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ބޮލީވުޑާއި ހޮލީވުޑްގެ ފިލްމުތަކުން އެތަކެއް ކެރެކްޓަރތަކެއް ކުޅެފައިވާ ޕްރިޔަންކާ ޗޯޕްރާ ކުޅެން ބޭނުންވާ ރޯލުތަކުން ނުކުޅެވޭ އެއް ރޯލަކީ ޖޭމްސް ބޮންޑުގެ ރޯލުކަމަށް އޭނާ ބުނެއެވެ. ތަފާތު ރޯލުތައް ތަޖުރިބާކުރުމަށް ޝަޢުޤުވެރިވާ ޕްރިޔަންކާ ބުނީ އަންހެން ޖޭމްސް ބޮންޑުގެ ކެރެކްޓަރ އަކީ އޭނާ ތަޖުރިބާކޮށްލަން ބޭނުންވާ ކެރެކްޓަރއެއް ކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުން ޕްރިޔަންކާއަކީ އިނގިރޭސި ސްޕައި ޑްރާމާ “ޖޭމްސް ބޮންޑް007″ގެ ވަރަށް ބޮޑު ފޭންއެކެވެ. އެހެންކަމުން ޖޭމްސް ބޮންޑުގެ އަންހެން ކެރެކްޓަރ އަދާކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ. އޭނާ ދެކޭގޮތުން ޖޭމްސް ބޮންޑުގެ އަންހެން ކެރެކްޓަރ އެއް ނެރެންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި އެކަމަށް އެންމެ ފިޓް މީހަކީ ޚުދު އޭނާކަމަށް ވެސް ދެކެއެވެ.

“އަހަރެން އަބަދުވެސް ޝަޢުޤުވެރިވަން ޖޭމްސް ބޮންޑުގެ ބައި ކުޅެން، އެހެނަސް އަހަރެން އަމިއްލައަށް އެ ރޭހުގައި ބައިވެރިއެއް ނުވެވޭނެދޯ.” އުމުރުން 37 އަހަރުގެ ޕްރިޔަންކާ ބުންޏެވެ.

“އަހަރެން ދެކޭގޮތުން ޖޭމްސް ބޮނޑްގެ ކެރެކްޓަރުން އަންހެނެއް ފެނުމަކީ ވަރަށް ފައްކާވާނެ ކަމެއް. އެއީ އަހަރެން ވިޔަސް އަދި އެހެން އަންހެނަކަށް ވިޔަސް، އެއީ އަހަރެން ދެކެން ބޭނުންވާ ތަނެއް.” އިތުރަށް ޕްރިޔަންކާ ބުންޏެވެ.

ޖޭމްސް ބޮންޑުގެ ބައި ކުޅުމަށް ވާދަކުރަން ޕްރިޔަންކާ ތައްޔާރަށް ހުރިކަން ވަރަށްވެސް ސާފެވެ. ޖޭމްސް ބޮނޑުގެ ބައި ކުޅޭ ޑެނިއަލް ކްރޭގް ބަދަލުގައި އެބަޔަށް އެންމެ އެކަށީގެންވަނީ ކާކުތޯ ސުވާލުކޮށްލުމުން އޭނާ ބުނީ “އަހަރެން!” ކަމަށެވެ.

“ދެން މަށަކަށް ނޭނގޭ. އެ ރޯލުން އަންހެނެއް ފެނިގެން ދިއުމަކީ އަހަރެން އުފާވާނެ ކަމެއް.”

ޖޭމްސް ބޮންޑް ތައްޔާރުކުރަމުން އަންނަ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ ޖޭމްސް ބޮންޑުގެ 25ވަނަ ފިލްމު “ނޯ ޓައިމް ޓު ޑައި” އެވެ. އެއީ ޖޭމްސް ބޮންޑުގެ ރޯލުން ޑޭނިއަލް ކްރޭގް ފެނިގެންދިޔަ ފަސްވަނަ އަދި އެންމެ ފަހު ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.