ކޮންމެ މީހަކީވެސް އެމީހެއްގެ މުޖުތަމައުގައި އިތުބާރުހިފޭ މީހަކަށް ވާން ބޭނުންވެއެވެ. އަދި ހަމަ އެފަދައިން ކޮންމެވެސް ރޮނގަކުން މަޝްހޫރު މީހަކަށް ވާންވެސް ބޭނުންވެއެވެ. ނަމަވެސް މި ޒަމާނީ މުޖުތަމައުގައި މިފަދަ މަޝްހޫރުކަން ހޯދަން އުޅެގެން ދެރަ ގޮތްގޮތްވެސް ވެފައި އެބަހުއްޓެވެ.

ބަލްގޭރިއާގެ 22 އަހަރުގެ ދަރިވަރަކު އޭނާގެ ތުންފަތް ބޮޑުކުރާހިތުން، އެގައުމުގެ ވެރިރަށް ސޯފިޔާގެ ހުރިހާ ކޮސްމެޓިކް ކްލިނިކަކަށް އޭނާ ޒިޔާރަތް ކުރިއެވެ. އެއީ އޭނާ ހިތްހަމަ ޖެހޭވަރަށް ތުންފަތް ބޮޑުކުރުމަށެވެ. މިހާރު އޭނާގެ ތުންފަތަކީ ކުރިން ހުރިވަރުގެ ތިންގުނަ ބޮޑު ތުންފަތެކެވެ.

އެންޑްރިއާ އެމިލޯވާ އިވަނޯވާ ބުނާގޮތުން އޭނާގެ މި ބޮޑު ތުންފަތުގެ ސަބަބުން، އޮންލައިންކޮށް ކާވެނީގެ އެތައް ހުށަހެޅުމެއް އޭނާއަށް ލިބެމުން އެބަދެއެވެ. އޭނާގެ ތުންފަތާމެދު ފާޑުކިޔާ މީހުން ތިބިކަމުގައި ވިޔަސް މެއެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި އޭނާގެ ބޮޑު ތުންފަތުގެ ފޮޓޯތައް ދިޔައީ ޕޯސްޓް ކުރަމުންނެވެ. މިހާރު އޭނާގެ 18،000 ފޮލޮވަރސް އެބަތިއްބެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.