ފިތުރު ޢީދާއި ދިމާކޮށް ސަލްމާން ޚާން ފިލްމު ނެރެމުން އަންނަ ބީދައިން އަންނަ ޢީދުގައި އޭނާ ނެރޭ ފިލްމަށް ކިޔާނެ ނަން ހަމަޖައްސައިފިއެވެ. އިންޑިޔާގެ ނޫސްތައް ބުނާގޮތުން އެ ފިލްމަށް ކިޔަން ހަމަޖައްސާފައިވަނީ “އިންޑިއާސް މޯސްޓް ވޯންޓެޑް ކޮޕް – ރާދޭ” އެވެ.

ޗުލްބުލް ޕަންޑޭގެ ގޮތުގައި ފުލުހުންގެ ޔުނިޕޯމްގައި ސަލްމާން ފެނިގެންދާނީ ކޮރެއާ ފިލްމެއްގެ ރީމޭކަކުން ކަމަށާއި އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމެވެސް ޑައިރެކްޓްކުރާނީ ސަލްމާން ހާންގެ ” ދަބަންގް 3 ” ގެވެސް ޑައިރެކްޓަރ މަޝްހޫރު ނެށުންތެރިޔާ ޕްރަބޫ ދޭވާއެވެ. އަދި މީއީ 2017 ވަނަ އަހަރު ނުކުތް ކޮރެއާ ފިލްމް “ދަ އައުޓްލޯސް” ގެ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމް ނުކުންނާނީ އަންނަ އަހަރުގެ ފިތުރު އީދަށްކަމަށް ބެލެވޭ ފޮޓޯއެއް މިހާރު ވަނީ އާއްމުވެފައެވެ. މަޝްހޫރު ކެމެރާމަން އަޔަންއަންކާ ބޯސް އޭނާގެ އިންސްޓަރގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފިލްމުގެ ޝޫޓިން ޝެޑިއުލް ހިމަނާފައެވެ. އަދި އެ ޕޯސްޓްގައި އޭނާ ލިޔެފައިވަނީ ލޮކް އެން ލޯޑެޑް މިހެންނެވެ. އަދި މީ ކޮން ފިލްމެއްތޯ އަހާ އީދުގެ ހިންޓެއްކަމަށް ބުނެފައިވެއެވެ.

އަންނަ ފިތުރު އީދަށް ސަލްމާން ނެރޭ ފިލްމަށް ކިޔަނީ “އިންޑިއަން މޯސްޓް ވޯންޓެޑް ކޮޕް ރާދޭ” ނޫންކަމަށް ސަލްމާން ބުނެފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އަންނަ އީދަށް ނުކުންނަ ފިލްމުވެސް ޑައިރެކްޓް ކުރާނީ ޕްރަބޫކަމަށާއި އެ ފިލްމުގެ ވާހަކަތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް ސަލްމާން ބުނާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަލްމާންގެ އާ ފިލްމެއްގެ ވާހަކަތައް ދެކެވެން ފަށާފައިމިވަނީ އޭނާ ކާމިޔާބު ސިރީޒް ” ދަ ބަންގް 3 ” ގެ ޝޫޓިން ނިންމާލަފައިވަނިކޮށެވެ. ” ދަ ބަންގް 3 ” ގެ ރޯލްތަކުން ފެނިގެންދާނީ މި ސީރީޒްގައި ސަލްމާނާއި އެކު ފެންނަމުންދާ ސޮނާކްޝީ ސިންހާ އާއި އަރްބާޒް ހާންގެ އިތުރުން މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ މަންޖޭކަރު އެވެ. މީ ސާއީ ގެ ފުރަތަމ ފިލްމެވެ.

މަސްދަރު: ފްރީޕްރެސް ޖަރނަލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.