ލޯބީގައި މީހަކު އެއްކޮށް މާޔޫސްވުމުން އެމީހާގެ ދުލުން ކިޔޭ ނުކިޔޭ އެއްޗެއްވެސް އޮންނާނީ ނޭނގިފައެވެ. ޚާއްޞަކޮށް ލޯބިވާ ފަރާތް ލިބެން ނެތި އެކަމަށް އުއްމީދު ކުރެވޭ ހިނދު އެފަދަ މީހެއްގެ ދުލުން ބޭރުވެގެން އަންނާނީ މި ލަވައިގައި މި ދައްކާ ކަހަލަ ވާހަކަ ތަކެކެވެ.

ހިންދީ ލަވަތަކުގެ ތެރެއިން ވަރަށް ހިތްގައިމު އެހެނަސް ހިތާމަވެރި ލަވައެއް ކަމަށްވާ “ޚިޒާކެ ޕޫލުޕެ އާތީ ކަބީ ބަހާރް ނެހީ” އަކީ ހިތާމަވެރި ލިރިކްސް އެއް ހިމެނޭ ވަރަށް ސަޅި ލަވައެކެވެ. މި ލަވައަކީ 1969 ގައި ރިލީޒް ކުރެވުނު ފިލްމެއް ކަމަށްވާ ‘ދޯ ރާސްތޭ’ އަށް ކިޝޯރް ކުމާރުގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ ލަވައެކެވެ.

ލަވައިގެ މިއުޒިކް ކޮމްޕޯސް ކޮށްފައިވަނީ ލަކްޝްމީކާންތު ޕިޔާރޭލާލް އެވެ. ލަވައިގެ ޅެން ހަދާފައިވަނީ އާދަންދް ބަކްޝީ އެވެ. ހިތާމައިން ހިތްހަލާކުވެފައިވާ މީހެއްގެ ހިތުގެ އުދާސްތައް ބޭރުވެގެންދާ މި ހިތްގައިމު ލިރިކްސްގައި ވަރަށް ގިނަ ޢަދަދަކަށް މުސްކުޅި އުުރްދޫ ބަސް ބޭނުންކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ލަވައިގެ ދިވެހި މާނަ ކުރުމުގައި ވަރަށް ގިނަގުނަ އުދަނގޫތަކެއް ވެގެން ދިޔައެވެ.

މި ލަވައިގެ ސަޅިކަމުން ދިވެހި މާނަ ކުރުމުގެ މަސައްކަތް އަޅުގަނޑު އެއްމެ ފުރަތަމަ ކުރީ 2003 ވަނަ އަހަރު، ލ. އަތޮޅު ތަޢުލީމި މަރުކަޒްގައި ޓީޗަރެއްގެ ގޮތުން ހަރަކާތްތެރިވި އިރު، އަޅުގަނޑާއި އެކުގައި މަސައްކަތް ކުރި އިންޑިޔާ ގެ ޑެއްލީ ސަރަހައްދަށް ނިސްބަތްވާ ޓީޗަރެއްގެ އެހީ އާއި އެކުގައެވެ. ‘ދި އެޕިޓޯމް އޮފް މެލަންކޮލީ’ ގެ ނަމުގައި އަޅުގަނޑުމެން ދެމީހުން އިނގިރޭސި ބަހުން މި ލަވައިގެ ލިރިކްސް ތަރުޖަމާއެއް ހެދީމު އެވެ. އޭގެ އަހަރުތަކެއް ފަހުން ލަވައިގެ ލިރިކްސް އާއި އެކުގައި ވީޑިއޯ ހެދުމުގެ މަސައްކަތް ކޮށް ލަވަ އަޕްލޯޑް ކުރީ އޭރު އަޅުގަނޑުގެ އެޑިޓޮރިއަލްގެ ދަށުން ހިންގި އޮންލައިން ނޫސް ‘ލާމުއެޓޯލް.ކޮމް’ ގެ ޔޫޓިއުބް ޗެނަލްގައެވެ. ވީޑިއޯ އަށް ބޭނުންކުރީ ދޯ ރާސްތޭގެ ވީޑިއޯގެ ބަދަލުގައި މި ލަވައިގެ ފަހުގެ ވާރޝަން އެކެވެ.

ފިލްމު ‘ދޯ ރާސްތޭ’ އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ އަސަރުގަދަ ލަވަ މި ޒަމާނުގެ ލަވަކިޔުންތެރިއެއްގެ އަޑުން ޒަމާނީ މިއުޒިކާއި އެކުގައި ކިޔާފައިވާ މި ލަވަ އަށް އަމިއްލަފުޅަށް އިންސާފުކޮށްލައްވާށެވެ. އުރުދޫ ގިނަ ލަފުޒުތަކެއް އެކުލެވިފައިވާ މި ލަވައިގެ ޅެމުގެ އިބާރާތްތައް އަޅުގަނޑަށް މާނަ ކުރެވުނު އެއްމެ ފުރިހަމަ އަށް މާނަ ކުރެވޭތޯ މަސައްކަތް ކޮށްފައި ވާނެ އެވެ.

ޚިޒާ ކެ ޕޫލު ޕެ އާތީ ކަބީ ބަހާރު ނެހީނ

ޚަރީފް މޫސުމުގެ މަލަށް ދުވަހަކުވެސް ބަހާރު މޫސުމެއް ނުފެންނާނެ އެވެ. (މިލަމުން އަންނަ މަލަކަށް ދުވަހަކުވެސް ބަހާރު މޫސުމެއް ނާންނާނެ އެވެ.

މެރޭ ނަސީބު މެއިނ އޭ ދޯސްތު ތޭރަ ޕިޔާރު ނެހީނ

އޭ ރަހުމަތްތެރިޔާ އެވެ. އަހަރެންގެ ނަސީބުގައި ކަލާގެ ލޯބި ލިބޭކަށް ނެތެވެ.

ނަ ޖާނެ ޕިޔާރު މެއިނ ކަބް މެއިނ ޒުބާން ސެ ފިރް ޖާއޫނ

ލޯބީގެ ވާހަކަތައް ދެން މި ދުލުން ދެއްކޭނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

މެއިނ ބަން ކެ އާނސޫ ޚުދް އަޕްނީ ނަޒަރް ސެ ގިރް ޖާއޫނ

ކަރުނަޔަށްވެ ޚުދު އަހަރެންގެ އަމިއްލަ ނަފުސު އަހަރެންގެ ލޮލުން ފައިބަފާނެ އެވެ.

ތެރީ ޣަސަމް ހެ މެރާ ކޯއީ އޭތުބާރް ނެހީނ

ހުވާކޮށްފައި ބުނަމެވެ. އަހަރެންނަށް (އަމިއްލަ ނަފުސަށް) އެއްވެސް އިތުބާރެއް ނެތެވެ.

މެރޭ ނަސީބު މެއިނ އޭ ދޯސްތު ތޭރަ ޕިޔާރު ނެހީނ

އޭ ރަހުމަތްތެރިޔާ އެވެ. އަހަރެންގެ ނަސީބުގައި ކަލާގެ ލޯބި ލިބޭކަށް ނެތެވެ.

މެއިނ ރޯޒް ލަބް ޕެ ނަޔީ އޭކް އާހް ތަކްތާ ހޫނ

ކޮންމެ ދުވަހަކުވެސް އަހަރެންގެ ތުންފަތަށް އާހެއް ވެރިވެއެވެ.

މެއިނ ރޯޒް އޭކް ނަޔީ ޣަމް ކި ރާހް ތަކްތާ ހޫނ

ކޮންމެ ދުވަހަކުވެސް އަހަންނަށް އައު ހިތާމައެއް ކުރިމަތިވުމަށް އިންތިޒާރު ކުރެވެއެވެ.

ކިސީ ޚުޝީ ކާ މެރޭ ދިލް ކޯ އިންތިޒާރް ނެހީނ

އެއްވެސް އުފަލެއް ލިބޭނެ ކަމަށް އަހަރެންގެ ހިތް އިންތިޒާރެއް ނުކުރެއެވެ.

މެރޭ ނަސީބު މެއިނ އޭ ދޯސްތު ތޭރަ ޕިޔާރު ނެހީނ

އޭ ރަހުމަތްތެރިޔާ އެވެ. އަހަރެންގެ ނަސީބުގައި ކަލާގެ ލޯބި ލިބޭކަށް ނެތެވެ.

ޤަރީބް ކެއިސެ މޮހައްބަތު ކަރޭ އަމީރޯނ ސޭ

ފަޤީރަކަށް މުއްސަންޖަކު ދެކެ ލޯބި ވެވޭނީ ކިހިނަކުން ހެއްޔެވެ؟

ބިޗަޅް ގަޔޭ ހެއިނ ކައީ ރާންޖޭ އަޕްނީ ހީރޯނ ސޭ

އެތަކެއް ލޯބިވެރިންނެއް އެމީހުން ލޯބިވި ފަރާތާއި ވަކިވާން ޖެހިފައިވެ އެވެ.

ކިސީ ކޮ އަޕްނެ މުޤައްދަރު ޕޭ އިޚްތިޔާރް ނެހީނ

އެއްވެސް މީހަކަށް އޭނާގެ ތަޤްދީރު ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެ އެވެ.

މެރޭ ނަސީބު މެއިނ އޭ ދޯސްތު ތޭރަ ޕިޔާރު ނެހީނ

އޭ ރަހުމަތްތެރިޔާ އެވެ. އަހަރެންގެ ނަސީބުގައި ކަލާގެ ލޯބި ލިބޭކަށް ނެތެވެ.

ޚިޒާ ކެ ޕޫލު ޕެ އާތީ ކަބީ ބަހާރު ނެހީނ

ޚަރީފް މޫސުމުގެ މަލަށް ދުވަހަކުވެސް ބަހާރު މޫސުމެއް ނުފެންނާނެ އެވެ. (މިލަމުން އަންނަ މަލަކަށް ދުވަހަކުވެސް ބަހާރު މޫސުމެއް ނާންނާނެ އެވެ.

މެރޭ ނަސީބު މެއިނ އޭ ދޯސްތު ތޭރަ ޕިޔާރު ނެހީނ

އޭ ރަހުމަތްތެރިޔާ އެވެ. އަހަރެންގެ ނަސީބުގައި ކަލާގެ ލޯބި ލިބޭކަށް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.