ސްޓާ ޕްލަސް އިން ކާމިޔާބުކަމާއެކު ދައްކަމުން އަންނަ އެކްތާ ކަޕޫރުގެ “ކަސައުޓީ ޒިންދަގީ ކޭ”ގެ ދެވަނަ ބައިގައި މިސްޓަރ ބަޖާޖްގެ ރޯލުން ފެނިގެންދާ ކަރަން ސިންގ ގްރޯވަރ އަކީ ކަސައުޓީގެ ފުރަތަމަ ބައިގައި އުޅުނު ތަރިއެއްކަން އެނގޭހެއްޔެވެ؟ އާނއެކެވެ. ކަރަން އަކީ ކަސައުޓީގެ ފުރަތަމަ ބައިގައި ޕްރޭނާގެ ދަނބިދަރިއެއްގެ ގޮތުގައި ފެނިފައިވާ ތަރިއެކެވެ.

އެކްޓަރ ކަރަން ސިންގ ގްރޯވަރ ބުނީ މިސްޓަރ ބަޖާޖްގެ ހައިބަވެތި ސަޚްޞިއްޔަތު ދައްކުވައިދޭ ރޯލު ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.

“މިއީ ވަރަށް ޗެލެންޖިން ކަމެއް. މީގެ އަހަރުތަކެއް ކުރިން ފެނިގެންދިޔަ މިސްޓަރ ބަޖާޖްގެ ރޯލު ގެނެސްދިނުމަށް އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތްކުރަމު. އެއީ ހަމައެކަނި އަހަރެންގެ އެކަނި މަސައްކަތެއް ނޫން. ޕްރޮޑިއުސަރ އެކްތާ ކަޕޫރް، ޝިވާންގީ، މުއްޒައްމިލް އާއި ޚްވާޖާގެ އެހީތެރިކަން ލިބުނު މި ހައިބަވެތި ރޯލު ދައްކައިދިނުމަށް.” ގޯލްޑް އެވޯޑްސް އިން ‘ބެސްޓް އެކްޓްރ އިން ނެގެޓިވް ރޯލް’ އެވޯޑް ހާސިލްކުރި ހަފުލާއަށްފަހު ކަރަން ބުންޏެވެ.

ކަސައުޓީ 1ގައި : ކަރަން (ޝަރަދް ގުޕްތާ) ، އަނޫރާގް އަދި ޕްރޭނާ

ކަސައުޓީގެ ދެ ސީޒަންގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިފައިވާ ހަމައެކަނި ތަރިއަކީ ކަރަން އެވެ. އެހެންކަމުން ކަރަން ދެކެނީ މިއީ އޭނާގެ އެކްޓިން ކެރިއަރުގައި ކުރިމަތިވި ޚާއްޞަ ކަމެއް ކަމަށެވެ.

“ދިރިއުޅުން މިއީ ފުރިހަމަ ބުރެއް ފަދަ ކަމެއް. އެއީވެސް ހަމަ ޕެޓާރން އެއް. ދެތަށް ބުނަންޏާ ކަސައުޓީގެ ދެ ބައިގައިވެސް އުޅުމުގެ ފުރުޞަތު ލިބުުނު ހަމައެކަނި މީހަކީ އަހަރެން ކަމަށް ވުމަކީ ކުރެވޭ ވަރަށް ޚާއްޞަ އިހްސާސެއް. ވަކިން ޚާއްޞަކޮށް މިފަހަރު، މިސްޓަރ ބަޖާޖް ފަދަ ވަރުގަދަ ރޯލެއް ކުޅެން ލިބުން.” ކަރަން އަށް ލިބިފައިވާ ޚާއްޞަ ފުުޞަތާމެދު ވާހަކަދައްކަމުން ބުނެފައިވެއެވެ.

މީގެ 18 އަހަރު ކުރިން ނުކުތް ކަސައުޓީގެ ފުރަތަމަ ސީޒަންގައި ކަރަން ފެނިފައިވަނީ ބާސޫ ޕަބްލިކޭޝަންސްގެ ވަޒީފާގައި އުޅޭ ޝަރަދް ގުޕްތާ ގެ ގޮތުގައެވެ. ޕްރޭނާއަށް ލިބޭ ދަރިފުޅު ސްނޭހާ އާއި އޭނާ ކައިވެނިކުރެއެވެ.

ކަސައުޓީ 1 ގައި ޝަރަދް އަދި ސެނޭހާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.