މިމަހު 22 ގައި ސިނަމާއަށް ގެންނަން ކުރިން ނިންމާފައިވާ ސީޒަންގެ “އަނދިރިކަންް” ފިލްމުން ހިތްގައިމު ލަވަތަކެއް ފެނިގެން ދާނެކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން މިހާރުވެސް ބައެއް ލަވަތަކުގެ ކޮންމެވެސް މިންވަރެއް އަޑުއަހާލަން ލިބިފައިވެއެވެ. މި ލަވަތަކުގެ ތެރެއިން އަލީފް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤްގެ ހިތްގައިމު އަޑުން ކިޔާފައިވާ ނިކަން ހިތްފަސޭހަ ލޯބިލޯބި ލަވައެއް ހިމެނެއެވެ.

ފިލްމު “އަނދިރިކަންް” ރިލީޒްކުރުން މިހާރު ވަނީ ފަސްކޮށްފައެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚް ފަހުން އިޢުލާނުކުރާނެ ކަމަށް ސީޒަން ބުނެފައިވެއެވެ.

އޭނ… އަލީފް އޭ، ކޮން އަލީފް އެއް؟ ތީ ނުވެސް ދަންނަ ގޮލައެއް!؟؟!!

އަލީފް އޭ ބުނުމުން ފަހަރެއްގައި ނޭނގިދާނެއެވެ. ނަމަވެސް އަލީފްގެ އަޑު އަހާލުމުން ހަމަ ގައިމުވެސް އަންތަރީސްވާނެއެވެ. ތިޔައީ އަލީފްގެ އަޑެއް ނޫނޭ، ތިއީ އަލީ ރަމީޒްގެ އަޑޭވެސް ބުނާނެކަން ގައިމެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑާއި ހަމައަށް ދަތުރުކުރި އަލީފް ޢަލީ އަކީ އަމިއްލައަށް މިއުޒިކް ހަދައި، ލަވަކިޔަމުން އަންނަ ޒުވާން އުއްމީދީ ލަވަކިޔުންތެރިއެކެވެ. އަލީފްގެ މި ކެރިއަރުގައި ހަމަގައިމުވެސް އެންމެ ފާހަގަކުރެވޭ ހިސާބަކަށް އާދެވިފައި މިވަނީ ސީޒަން އާއި މާސްކޭގެ “އަނދިރިކަން” ފިލްމުގެ ތެރެއިންނެވެ.

ސީޒަން ޑައިރެކްޓްކޮށް، މާސްކޭ ކެމެރާކޮށްފައިވާ “އަނދިރިކަންް” ގައި ހިމެނޭ މި ލަވައިން އިވެގެންދަނީ ރާއްޖޭގެ ލަވަކިޔުމުގެ ދާއިރާގައި އެންމެ ހިތްގައިމު ދެ އަޑެވެ. ޝިފާ ތަޢުފީޤްގެ ދެގޮތެއްނުވާ އަޑާއެކު، ޢަލީފް ޢަލީ ކިޔާފައި ވިޔަސް، އިވިގެންދަނީ އަލީ ރަމީޒްގެ އަޑުގެ ނަކަލަކަށްވުރެން ވެސް އެއްގޮތް އަޑެއްކަމަށް ބުނަން ކެރިދާނެއެވެ.

އެސް ޕްރޮޑަކްޝަނާއި މާސްކޭ ސްޓޫޑިއޯ އިން އުފައްދާ އާއިލީ ލޯބީގެ ފިލްމުގެ ޓިކެޓް މިހާރު ވަނީ ވިއްކަނަ ފަށާފައެވެ. ޓިކެޓް ބުކްކުރުމާއި ފިލްމާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރަށް 7435557 ނަންބަރުން ގުޅޭނެއެވެ. މި ފިލްމުގެ ވެސް ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އާއި ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ދަރާ ރަޝީދު، ޝަކީލާ، ޒީނަތު އަދި ސައީދު ހިމެނެއެވެ.

ފިލްމު ކެމެރާ ކުރަނީ ޢަބްދުﷲ ޝިވާޒް (މާސްކޭ) އެވެ. މިއީ އަޙްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ ފިލްމެކެވެ. މޭކަޕް ކުރަނީ ޒީނަތު އައްބާސް އެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.