ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި“ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދައްކައި އެއަށްފަހު އަތޮޅުތަކުގެ ތެރޭގައި ދައްކަމުންދާއިރު، އަވަށްޓެރި ސްރީލަންކާގައިވެސް ފިލްމު ދައްކަން ފަށައިފިއެވެ. އެގޮތުން ފިލްމުގެ ޝޯއެއް އިއްޔެ ބާއްވާފައިވާއިރު މިއަދު ވެސް ޝޯއެއް އޮންނާނެ ކަމަށް އައި ފިލްމްސް އިން ބުނެއެވެ.
ފިލްމު ދައްކަނީ ސްރީ ލަންކާގެ ކޮލަމްބޯ ގެ މައުންޓް ލެވެނިއާ ގެ ސިޓީ ހޯލުގައި ހެނދުނު 10:00 ގައެވެ. ޓިކެޓް ހޯދުމަށް 94775034678+ އަށް ގުޅުމަށް ލަންކާގައި ފިލްމު ދެއްކުމުގައި ހަރަކާތްތެރިވާ ފަރާތުން އެދެއެވެ.
އޮލިމްޕަހުގައި “ބަވަތި” އެޅުވީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމު ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ފިލްމުގެ ލީޑުން ފެނިގެންދާ ފިރިހެން ތަރިއަކީ ކުރީގެ ޓިވީ ޕްރެސެންޓަރ އިފްނާޒް އެވެ.
ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ”ބަވަތި”ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާ އެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.
ފިލްމު ”ބަވަތި”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ ’މުނިއަވަސް’ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!