ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ފިލްމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައި ވަނީ، 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމު ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނެފިއެވެ.
“ދިވެހި ފިލްމު އެވޯޑްސް 9” ގައި ބައިވެރިކުރަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމުތަކެވެ. އެންސީއޭ އިން ދެފަހަރުމަތިން ހުޅުވައިލި ފުރުޞަތު ހަމަވިއިރު ވަރުގަދަ ފިލްމުތަކެއް ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
މިނިސްޓްރީ އޮފް އާޓްސް އެން ކަލްޗަރގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ”ދިވެހި ފިލްމު އެވޯޑްސް 9“ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގައެވެ.

ދިވެހި ފިލްމު އެވޯޑްސް 9 ގައި ބައިވެރިކޮށްފައިވާ ފިލްމުތައް- ފޮޓޯ: މުނިއަވަސް
ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
