ފްލައިޓަކުން ދަތުރުކުރި ފަސިންޖަރެއްގެ ދަބަހުގެ ބަރުދަން އިތުރު ވުމުން ބަރުދަން ލުއި ކުރުމަށްޓަކައި މަތިމައްޗަށް ދިހަ ވަރަކަށް އަންނައުނު ލައިގެން ދަތުރު ކޮށްފިއެވެ.

ފިލިޕިންސްގެ ރައްޔިތެއް ކަމަށްވާ ޖެލް ރޮޑްރިގޭޒް 2.5 ކިލޯގެ އަންނައުނު ލައިގެން ދަތުރު ކުރަން ނިންމީ އޭނާގެ އަތްދަބަހުގެ ބަރުދަން 7 ކިލޯއަށް ވުރެ ބަރުވުމުން، އިތުރުވި ބަރުދަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ރެކުމަށްޓަކައެވެ.

ފަސިންޖަރު ބުނި ގޮތުގައި ކައުންޓަރުގައި އިން އެއަރލައިން ސްޓާފް ބުނިގޮތުން އަތްދަބަހުގެ ބަރުދަނަކީ 9 ކިލޯ ކަމަށާއި އެންމެ ބަރުވެގެން އަތްދަބަހުގައި ހުންނަން ޖެހޭނީ 7 ކިލޯ ކަމަށް ބުނިކަމަށެވެ. މައްސަލައެއް ނެތޭ ބުނެ ފަސިންޖަރު ދަބަހުން އަންނައުނު ތަކެއް މަދުކުރި އެވެ. 6.5 ކިލޯއަށް ދަބަސް ލުއި ކުރުމަށްފަހު، ދަބަހުން ނެގި ހުރިހާ އަންނައުނެއް އޭނާ ލީ ކަމަށް ފަސިންޖަރު މައުލޫމާތު ދިނެވެ.

ޖެލް ރޮޑްރިގޭޒް ގެ ވިސްނުން ކިތަންމެހާވެސް ރަނގަޅެވެ. ހަށިގަނޑުގެ ބަރުދަން އިތުރުވިޔަސް މައްސަލައެއް ނެތްތާއެވެ. އަތްދަބަސް ގެންދެވޭގޮތް އޭނާއަށް ވިއެވެ.

“ވަރަށް ހޫނުވި އެ ހުރިހައި ހެދުމެއް ލައިގެން ހުރިއިރު. އެ ފޮޓޯ ނެގިއިރު ތަންކޮޅެއް ރަނގަޅު ޕޯޒް އެއްގަ ހުރެވުނު ނަމައޭ ހިތަށްއަރާ.” އޭނާގެ ފޮޓޯއެއް ވައިރަލްވާނެ ކަމަށް ކުޑަކޮށްވެސް ހީނުކުރާކަމަށް ވެސް ޖެލް ރޮޑްރިގޭޒް ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.