​ހުރިހާ ކަމެއްގައިވެސް ‘މިސްޓަރ ޕާފެކްޓް’ގެ ނަމުން މަޝްހޫރުވެފައިވާ ބޮލީވުޑްގެ ފިލްމީތަރި އާމިރުޚާން އަކީ އެވަގުތަކު އޭނާ މަސައްކަތް ކުރަމުންދާ ފިލްމަކަށް ހުރިހާ ސަމާލުކަމެއްދެމުން އަދި އަބަދުވެސް ކޮންމެވެސް އެއް ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ މޮޅު ބަތޮލެކެވެ. 

ނަމަވެސް ފަހަރަކު އެއް ފިލްމްގައި މަސައްކަތް ކުރަމުން އައި އާމިރުޚާން މިފަހަރު ތިން ފިލްމެއްގެ މަސައްކަތްދަނީ ކުރަމުންނެވެ. ގިނަބަޔަކު އެފިލްމަކަށް އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމް “މޯގަލް” – ގުލްޝަން ކުމާރުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދަމުންދާ ފިލްމްގެ މަސައްކަތްވަނީ ކުޑަދުވަސްކޮޅަކަށް މެދުކަނޑާާލާފައެވެ. ސަބަބަކީ އާމިރުޚާންގެ ފިލްމް “ލާލް ސިންގް ޗައްދާ”ގެ މަސައްކަތް ފެށުމެވެ. “ލާލް ސިންގް ޗައްދާ”އަކީ ހޮލީވުޑް ފިލްމް ފޮރެސްޓް ޖަމްްޕްގެ ރިމޭކްއެކެވެ. ބޮލީވުޑް ކުއީން ކަރީނާ ކަޕޫރު ޚާން މިފިލްމްގައި މުހިއްމު ރޯލެއް އަދާކުރާއިރު މި ފިލްމްގެ ޑައިރެކްޓަރަކީ އާމިރުޚާންގެ އަބަދުވެސް ފެވަރިޓް އަދުވެއިތު ޗަންދަންއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިފިލްމް ނޮވެމްބަރު އެކެއްގައި ރިލީޒް ކުރުމަށްފަހު އާމިރުޚާންގެ ދެވަަނަ ޕްރޮޖެކްޓް ފިލްމް “ވިކްރަމް ވެދާ”ގެ ޝޫޓިން ފެށުމަށްވަނީ ހަމަޖެހިފައެވެ. 

ސައިފް އަލީ ޚާން އާއި އެކީގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމް “ވިކްރަމް ވެދާ” އަކީ ކުރީގެ ތަމަޅަ ފިލްމް ވިކްރަމް ވެދާގެ ރިމޭކްއެކެވެ. 

މި ފިލްމްގައި އާމިރުޚާން ފެނިގެންދާނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. އަދި ސައިފް ފެނިގެންދާނީ ކުރީގެ ތަމަޅަ ފިލްމް ވިކްރަމް ވެދާގައި މަދަވަން ކުޅެފައިވާ ރޯލްއިންނެވެ. 

އާމިރުޚާންގެ މިހާ ބިޒީ ޝެޑިއުލްގެ ސަބަބުން ފިލްމް “މޯގަލް”ގެ މަސައްކަތް ދެން ފެށުމަށް ހަަމަޖެހިފައިވަނީ މި ދެ ފިލްމްގެ މަސައްކަތްވެސް އެއްކޮށް ނިންމާފައެވެ. 

މިދިޔަ އަހަރު ފިލްމް “ދިވާލީ”އަށް ބެލުންތެރިންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައި ނުވުމުގެ ސަބަބުން މިފަހަރު އާމިރުޚާންގެ އުއްމީދަކީ ބެލުންތެރިންގެ ސަމާލުކަން އަނެއްކާވެސް ހޯދުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް