“ތާރަކް މެހެތާކާ އުލްޓާ ޗަޝްމާ”ގެ ޓީމާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރޭ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މަހާތުމާ ގާންދީއަށް 150 އަހަރު ފުރުން ފާހަގަ ކުރުމާ މެދު މަޝްވަރާ ކުރުމެވެ.

އެ ޓީމުން މި ބައްދަލު ވުމުގައި ބައިވެރިވީ ޕްރޮޑިއުސަރު އަސިތު ކުމާރު މޯދީ، އެކްޓަރ ދިލިޕް ޖޯޝީ، ރާޖް އާނަދް ކަޓް، ޝައިކޭޝް ލޮދާ، ސޮނާލިކާ ޖޯޝީ، ޕަލަކް ސިދްވަނީ، ކުޝް ޝާހް އަދި މީގެ އިތުރުންވެސް ޓީމުގެ ބައެއް މީހުންވެސް ބައިވެރި ވިއެވެ.

މި ބައްދަލުވުމުގައި ބޮލީވުޑްގެ ބައެއް ތަރިން ބައިވެރިވި އިރު އެންމެން އެކުގައި ނަގާފައިވާ ގްރޫޕް ފޮޓޮއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

2022 ވަނަ އަހަރު ފާހަގަ ކުރާ އިންޑިއާގެ 75 ވަނަ އަހަރީ ދުވަހުގައި މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަސް ވެސް ފާހަގަ ކުރަން ނިންމަވާފައި ވާކަމަށް މޯދީ ވިދާޅުވިއެވެ. އަދި އެ ހަފްލާއަށް އެ ޓީމުގެ އިސް ބޭފުޅުންނަށް ދައުވަތު ދެއްވިއެވެ.

ޓީމާއެކު މޯދީ ނަގާފައިވާ ފޮޓޯ އެޓީމުގެ ކާސްޓެއް ކަމަށްވާ ހަސްމުޚީގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައި ވާއިރު ގިނަ ބައެއްގެ ތަރުހީބު އެ ފޮޓޯއަށް ވަނީ ލިބިފައެވެ

އެ ޑްރާމާގެ 2800 އެޕިސޯޑް ނިމިފައި ވާއިރު ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް ޓީވީ ޝޯގެ ތެރޭގައިވެސް “ތާރަކް މެހެތާކާ އުލްޓާ ޗަޝްމާ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.