​ދިގު އިންތިޒާރަކަށް ފަހު ސަލްމާން ޚާންގެ ‘ދަބަންގް 3’ ސްކްރީނަށް އަންނަނީއެވެ. ޕްރަބޫދޭވާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރ އޮކްޓޯބަރ 23ގައި ދައްކާލުމަށް ހަމަޖެހިފައި ވާއިރު މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ ޑިސެމްބަރ 20 ގައެވެ.

މި ފިލްމުގައިވެސް ޗުލްބުލް ޕާންޑޭގެ ރޯލުން ސަލްމާން ޚާން ފެނިގެން ދާއިރު ބެލުންތެރިން މަޖާކުރުވަނިވި ހަރަކާތްތަކެއް ސަލްމާން ޚާންގެ ފުށުން ފެނިގެން ދާނެއެވެ. 

މުމްބާއީގެ އިތުރުން އިންޑިއާގެ ނުވަ ސިޓީއެއްގައި މި ފިލްމު ދެއްކުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި ޗެންނާއީ، ބެންގަލޫރު، ހައިދަރްއާބާދް، ދިއްލީ، ޖޭޕޫރު، ކަލްކަތާ، އަހްމަދްއާބާދް، އިންޑޯރޭ އަދި ލަކްނޯ ހިމެނެއެވެ. މި ސިޓީތަކުގައި ދިރިއުޅޭ ސަލްމާން ޚާންގެ ފޭނުންނަށް ސަލްނާން ޚާނާއެކު ވީޑިއޯ ކޮންފަރެންސް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް މަޢުލޫމާތު ލިބެެެއެވެ.

މި ފިލްމުގައި ސަލްމާންގެ ކޯ ސްޓާރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ ސޮނާކްޝީ ސިންހާ އެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަރްބާޒް ޚާން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.