ހައިރާން ކުރުވަނިވި ފެށުމަކަށް ފަހު މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމަކަށް ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފްގެ ފިލްމް “ވޯރ” ހޮވިއްޖެއެވެ. ބޮކްސް އޮފީހުން ނެރުނު ރިޕޯޓަށް ބަލާއިރު “ވޯރ” ރިލީޒްކުރި ފަހުން އައި ތިންވަނަ ހޮނިހިރުގައި 4.25 ކުރޯޑް ރުޕީސް ލިބިފައި ވާއިރު ފިލްމުގެ ތިންވަނަ ހަފުތާ ބަންދުގައި ޖުމްލަ 12 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.
ތިންވަނަ ހަފުތާ ބަންދާ ހަމައަށް ޖުމްލަ 279 ކުރޯޑް ރުޕީސް ފިލްމަށް ލިބިފައި ވާއިރު “ވޯރ” އަކީ މި އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ހިންދީ ފިލްމުގެ ގޮތުގައި ބޮކްސް އޮފީހުން ރަސްމީކޮށް ވަނީ ކަނޑައަޅާފައެވެ.
“ވޯރ” ރިލީޒްކުރި ފުރަތަމަ ދުވަހުވެސް 51.50 ކުރޯޑް ރުޕީސް ލިބުނު އިރު މި އަދަދާއެކު މިދިޔަ އަހަރު ރިލީޒްކުރި އާމިރް ޚާން އަދި އަމީތާބް ބައްޗަންގެ ފިލްމު “ތަގްސް އޮފް ހިންދުސްތާން” ގެ ރެކޯރޑް “ވޯރ” އިން ވަނީ މުގުރާލާފައެވެ. “ތަގްސް އޮފް ހިންދުސްތާން” އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 48.27 ކުރޯޑް ރުޕީސް އެވެ.
ސިދާތު އާނަންދް ޑައިރެކްޓް ކޮށްފައިވާ ފިލްމް “ވޯރ”ގެ އެހެން މުހިންމު ތަރިންނަށް ބަލާއިރު، ވާނީ ކަޕޫރު އަދި އަޝުޓޯޝް ރާނާ ފާހަގަ ކޮށްލެވެއެވެ. އިންޑިއާގެ އިތުރުން ހަތް ގައުމެއްގައި މި ފިލްމު އަޅުވާފައި ވާއިރު ފިލްމު ރިލީޒް ކޮަށްފައިވަނީ އޮކްޓޯބަރ 2ވަނަ ދުވަހުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2019ޚަބަރުއެކްޓަރ ކުޝާލް މަރުވެއްޖެ
- 23 ޑިސެމްބަރ 2019ޚަބަރުނޭހާ އިންނާނެ މީހަކު ހޯދަނީ
- 22 ޑިސެމްބަރ 2019ޚަބަރުއަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަތަކެއް
- 22 ޑިސެމްބަރ 2019ޚަބަރުޝާހުރުކް ޚާން ރީތިވުމަށް ފަސްގަޑި އިރު ހޭދަވޭ