އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ދެވަނަ ފިލްމު “ނޯޓީ ފޯޓީ” އިން 9ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ޖަޖިން ރޭ ފަށައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުން ޖަޖިން ޕެނަލްގެ ބޭފުޅުން ޖަޖު ކުރުމަށްޓަކައި ޚާއްޞަކޮށްފައިވާ ކޮޓަރިއެއްގައި، ބޮޑު ޓީވީއަކުން ފިލްމު ބަލައި ޖަޖުކުރުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.
ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް އަށް ވާދަކުރާ ފިލުމުތައް ޖަޖުކުރުމަށް ސްކްރީން ކުރާ ތާރީޚްތަކާއި ގަޑިތައް ހަމަޖެހިފައިވާ ތާވަލަށް ބަލައިލާނަމެވެ.
– އިސްމާޢީލް ޝަފީޤުގެ ފިލްމު “ނޯޓީ ފޯޓީ” – 20 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– އިސްމާއިލް ރަޝީދު އާއި އަޙްމަދު ޒިޔާގެ ކުރު ފިލްމު “ކަނޑު އިބިލީސް” – 21 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– ފާޠިމަތު ނަޙުލާގެ ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފިލްމު “ބޮސް” – 21 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– މުޙައްމަދު މުންތަޞިރުގެ ފިލްމު “އިލް ނޮއިޒް” – 22 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– މުޙައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤްގެ ފިލްމު “މީ ލޯތްބަކީ” – 22 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– މުޙައްމަދު އަބޫބަކުރުގެ ފިލްމު “ނޭދެން ވަކިވާކަށް” – 23 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ފިލްމު “ތިޔަ ލޯތްބާ ދުރަށް” – 23 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– ޢަބްދުލް ފައްތާޙް އާއި ނިޢުމާ މުޙައްމަދުގެ ފިލްމު “ހައްދު” – 24 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– އަޙްމަދު ޝާޙު ޢަލީ އާއި އަލީ ޝަޒްލީންގެ ފިލްމު “ދެވަންސޫރަ” – 24 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– އައިޝަތު ރިޝްމީގެ ފިލްމު “ވިޝްކާ” – 25 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– މުޙައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤްގެ ފިލްމު “ވަކިން ލޯބިން” – 25 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައި
– އަމްޖަދު އިބްރާހީމްގެ ފިލްމު “ރޭވުމުން” – 26 އޮކްޓޫބަރު 2019 ވަނަ ދުވަހު 16:00 ގައި
– އަޙްމަދު ނަޞީރު އާއި އިބްރާހިމް ރަޝީދުގެ ފިލްމު “މަލިކާ” – 26 އޮކްޓޫބަރު 2019 ވަނަ ދުވަހު 20:00 ގައެވެ.

“ދިވެހި ފިލްމު އެވޯޑްސް 9” ގައި ބައިވެރިކުރުމަށް ހުށައަޅާފައިވަނީ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު – ފޮޓޯ: މުނިއަވަސް
ފިލްމުތަކަށް ޖަޖުކުރުމުގެ މަސައްކަތް މިމަހުގެ 20 ން 26 އަށް ކުރިއަށް ގެންދިއުމަށްފަހު ދިވެހި ފިލްމު އެވޯޑް ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 14 ގައެވެ.
”ދިވެހި ފިލްމު އެވޯޑްސް 9“ ގައި ބައިވެރިކޮށްފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފިލްމުތަކެވެ. މި އަހަރުގެ ފެސްޓިވަލް އަށް ހުށައަޅާފައިވަނީ 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމެވެ.
ދިވެހި ފިލްމު އެވޯޑްސް އަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ އެވޯޑެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު