އަމީތާބް ބައްޗަން ގެ އަޑުން ލަވައެއް ނުވަތަ ޅެމެއްވިޔަސް އަޑުއިވިގެން ދިއުމަކީ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ. ‘ކަބީ ކަބީ މެރެ ދިލްމޭ’ ފަދަ ލޯބީގެ ލަވަޔަކަސް، އަދި ‘ރަންގް ބަރްސޭ ޗުނަރް ވާލީ’ ފަދަ ހެއްވާ މަޖާ ލޯބީގެ ލަވަޔަކަސް ހަމަ އެ އަސަރުތައް ގެނުވައެވެ.
ދާދިފަހުން އަމީތާބް ލީޑް ރޯލް ކުޅެފައިވާ ފިލްމު ޕިންކް ގައި އަމީތާބް ކިޔާފައިވާ ‘ތު ޚުދް ކި ކޯޖް މެއިން ނިކަލް’ މި ޅެމަކީ ހަމަ އެހާމެ އަސަރުން ފުރިގެންވާ ޅެމެކެވެ. ހަމަ އެހާމެ ޢިބްރަތްތެރިވެސް ޅެމެކެވެ. ފިލްމު ޕިންކް ގެ ފުރިހަމަ ކަމާއި މޮޅުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ މި ޅެމުގެ މޮޅުކަމުން ކަމަށް އަޅުގަނޑަށް ދަންނަވަން ކެރެ އެވެ.
މިއީ އަންހެނުންގެ ޙައްޤުތައް ހޯދުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ބޭނުންކުރަން ވަރަށް އެކަށޭނަ ފުން މެސެޖްތަކެއް ލިއްބައިދޭ ޅެމެކެވެ. ޅެމުގެ މާނަ ކުރުމުގައި ބައެއް ބައިތައް ކޮންމެވެސް ވަރަކަށް ތިލަކޮށްލާފައި ވާނެ އެވެ. އަދި ތަފާތު ގޮތްގޮތަށް މާނަ ނެގިދާނެ ބައިތަކުގައި އަޅުގަނޑު ކޮށްފައިވާ ސަރަޙަ އަކީ މުޖުތަމައަށް ފެތޭނެ މިންގަނޑަށް ވިސްނައިގެން ގެނެސްފައިވާ ސަރަޙަ އެކެވެ.
ފިލްމު: ޕިންކް
ޅެން: ތު ޚުދް ކި ކޯޖް މެއިން ނިކަލް
ޅެންވެރިކަން: ތަންވީރު ގާޒީ
އަޑުގެވެރިއަކީ: އަމީތާބް ބައްޗަން
އެކްޓަރުން: ތާބްސީ ޕައްނޫ، ކިރިތީ ކުލާރީ، އެންޑްރިއާ ޓަރިއަންގް އަދި އަމީތާބް ބައްޗަން
ތު ޚުދު ކީ ކޯހޖް މެއިން ނިކަލް – ތިބާ އަމިއްލަ ނަފުސުން ނިކުންނާށެވެ. (ތިބާގެ އަމިއްލަ ނަފުސާއި، މަޤާމާއި ތިބާގެ ޙައްޤު ހޯދުމަށް ނުކުންނާށެވެ.)
ތު ކިސް ލިޔޭ ހާތާޝް ހޭ – ތިބާ އެހާ ވަރަށް ނާއުއްމީދު ވަނީ ކީއްވެގެން ހެއްޔެވެ؟
ތު ޗަލް ތެރޭ ވަޖޫދު ކީ – ދާށެވެ. ގޮސް ތިބާގެ ވުޖޫދު ދެނެގަންނާށެވެ.
ސަމޭ ކޯ ބީ ތަލާޝް ހޭ – ވަގުތުވެސް ހޯދަމުން ދަނީ އެ އެވެ. (ތިބާގެ ވުޖޫދެވެ.) { ވަގުތުވެސް ތިބާގެ ވުޖޫދު ހޯދަމުން އަންނަ އިރު، ތިބާވެސް އެ ވުޖޫދު ހޯދުމަށް މަސައްކަތް ފަށާށެވެ.}
ޖޮ ތުޖް ސެ ލިޕްޓި ބޭޅިޔާން – ތިބާ ބަނދެވިފައިވާ ކަސްތޮޅަކީ
ސަމަޖް ނަ އިންކޮ ވަސްތުރަ ތޫ – ތިބާގެ ފޭރާން ކަމަށް ހީނުކުރާށެވެ.
ޔެ ބޭޅިޔާން ޕިގާލް ކޭ – އެ ކަސްތޮޅު ވިރުވާލާށެވެ.
ބަނާ ލެ އިން ކޮ ޝަސްތުރަ ތޫ – އަދި އެއީ ތިބާގެ އައްޑަނަ ކަމުގައި ހަދާށެވެ.
ޗަޅިއްތުރަ ޖަބް ޕަވިއްތުރަ ހޭ – ތިބާގެ ޝަޙްޞިއްޔަތު ޠާހިރު އިރު،
ތޮ ކިޔޫނ ހެ ޔެ ދަޝާ ތެރީ – ތިފަދަ ޙާލަތެއްގައި ތިބާ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟
ޔެ ޕާޕިޔޯން ކޮ ހަޤް ނެހީ – އަނިޔާވެރިންނަށް އެއްވެސް ޙައްޤެއް ނެތެވެ.
ކެ ލޭ ޕަރިކްޝާ ތެރީ – ތިބާ އާއި މެދު އިނގިލި ދިއްކުރުމުގެ (ތިބާ އިމްތިޙާނު ކުރުމުގެ)
ޖަލާ ކެ ބަޝްމް ކަރް އުސޭ – އަންދާ އަޅިޔަށް ހަދާލާށެވެ.
ޖޮ ކޫރުތާ ކަ ޖާލް ހޭ – ތިބާގެ ވަށައިގެން ވާ ކުށުގެ ހާލިތައް { މުޖުތަމަޢުގައި ގެންގުޅޭ ކޫސަނި އާދަކާދަތައް އަންދާލާށެވެ. އެއީ ޙީލަތްތެރި ގޮތްތަކެކެވެ.}
ތު އާރްތީ ކި ލައު ނެހީ – ތިބާ އަކީ އާރްތީ (ހިންދީ ދީނުގެ މީހުން އަޅުކަން ކުރަން ދިއްލާ ވޮށުގެ) ގެ ހުޅުކޮޅެއް ނޫނެވެ.
ތު ކްރޯދް ކީ މަޝާލް ހޭ – އަދި ކިޔެއްތަ؟ ތިޔައީ ރުޅިވެރިކަމުގެ އަލިފާން އަނގުރެވެ.
ޗުނަރް އުޅާކެ ދުވަޖް ބަނާ – ތިބާގެ ސްކާފް ދިދައެއް ފަދައިން ވިހުރުވާލާށެވެ. (ތިބާގެ ސްކާފް ދިދައެއް ފަދައިން ވިހުރުވާލާށެވެ. އިންޤިލާބެއް ގެންނާށެވެ.)
ގަގަން ބި ކަޕްކަޕާއެގާ – އޭރުން ޖައްވުވެސް ބިރުން ގުޑޭނެ އެވެ.
އަގަރް ތެރީ ޖުނަރް ގިރީ – އަދި ތިބާގެ ސްކާފް ވެއްޓިއްޖެނަމަ،
ތޮ އޭކް ބޫކަމްޕް އާއޭގާ – ޒަލްޒަލާ އެއް އަންނާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!