ސައިންސް އެންޑް އެންވަޔަރަމަންޓް ފިލްމްސް ސްކްރީނިންގ އިން އިންޓަނޭޝަނަލް ސައިންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދޭއް ނުވަތަ ހަތަރު ފިލްމެއް ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހާމަކުރައްވައިފިއެވެ.

މިއީ އިންޑިއާގެ ކަލްކަތާގައި މިއަންނަ ނޮވެމްބަރުމަހުގެ 05 އިން 08 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލް އެކެވެ. މި ފެސްޓިވަލްގައި ބައިވެރިކުރަން ހަމަޖެހިފައިވަނީ ޓެކްނޮލޮޖީ، އެންވަޔަރަމަންޓް، ހެލްތު އަދި ނޭޗަރ ނުވަތަ ރާއްޖޭގެ ކޮންމެވެސް ކަމަކާގުޅޭ ތީމްއަކަށް ހަދާފައިވާ ޑޮކިއުމެންޓްރީ ނުވަތަ ކުރު ފިލްމުތަކެވެ.

މިފެސްޓިވަލްގައި ރާއްޖޭގެ ފިލްމެއް ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ފިލްމު ނުވަތަ ޑޮކިއުމެންޓްރީގެ މައުލޫމާތު، ޑައިރެކްޓަރގެ ނަން، އީމެއިލް އެޑްރެސް އަދި ކުންފުނީގެ ނަން އަންނިވި އެޑްރެހަށް މެއިލް ކުރުމަށް އެންސީއޭ އިން އެދިފައިވެއެވެ.

Mr. Nimish Kapoor

Scientist “E”

Convennor, ISFF 2019 – Kolkata

Vigyan Prasar

(Department of Science and Technology, Govt. of India)

Plot Number A 50, Sector 62, Noida-201309, India

Email ID: [email protected] / [email protected]

މި ފެސްޓިވަލްގައި އޮންލައިން ކޮށް ވެސް ބައިވެރިވެވޭނެ އެވެ. އޮންލައިން ކޮށް ބައިވެރިވުމަށް ފެސްޓިވަލް އިންތިޒާމުކުރައްވާ ފަރާތުން އާއްމުކޮށްފައިވާ ލިންކް މެދުވެރިކޮށް ފެސްޓިވަލްގައި ބައިވެރިވެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.