ރާއްޖޭގެ ބޮޑުބެރު ގްރޫޕްތަކުގެ ތެރެއިން ހުނަރުވެރި އުފެއްދުންތަކެއް ނެރެމުން އަންނަ ރ. މިދޫ ހޭރިޔާ ބޮޑުބެރު ގްރޫޕުގެ “ބައްޕަ” ލަވަ ރިލީޒްކޮށްފިއެވެ.
“ބައްޕަ” ގެ ނަމުގައި ރިލީޒްކޮށްފައިވާ މި ލަވަ ކިޔާފައިވަނީ ހޭރިޔާ ބޮޑުބެރު ގްރޫޕްގެ އެއް ލީޑް ވޯކަލިސްޓް އަޙްމަދު އިޝާމް އެވެ. ޅެން ހެދީ މަމްދޫހް ޖަމާލެވެ. މިއީ އާތިފު ރަޝީދު ހަދާފައިވާ ވަރަށް ހިތްގައިމު އަމިއްލަ ރާގެއްގެ ލަވައެކެވެ.
ހޭރިޔާ ބޮޑުބެރުގެ ފަރާތުން މި ލަވައާއި ބެހޭ މަޢުލޫމާތު ދެމުން މަމްދޫހް ޖަމާލް ބުނީ ލަވައިގެ ރެކޯޑިން މަސައްކަތް ކޮށްދީފައިވަނީ ރ. އަލިފުށީ ޢަބްދުﷲ ޝާފިޢު (ޝާ) ކަމަށެވެ.
“މި ލަވައިގެ މަޤްޞަދަކީ ބައްޕަގެ މަތިވެރި ޤުރުބާނީ ހަނދާންކޮށްދީ ބައްޕައަށްްޓަކައި ހެޔޮކޮށް ހިތާ ޖީލެއް ބިނާކުރުމަށް ބާރުއެޅުމަށް ރަނގަޅު މެސެޖެއް ދިނުން.” މަމްދޫހް ޖަމާލް މުނިއަވަސް އަށް ބުންޏެވެ.
“ކޮންމެ ބޭފުޅަކުވެސް މި ލަވައާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނައި، މައިންބަފައިންނަށްޓަކައި އަބަދުވެސް ހެޔޮއެދުމާއި ހެޔޮކޮށް ހިތުން އެއީ މުހިންމުކަމެއްގެ ގޮތުގައި ޕަބްލިކަށް ވިސްނައިދިނުމަކީ ވެސް މި ލަވަ އުފެއްދުމުގެ މަޤުޞަދެއް.” ލަވައިގެ އިތުރު މަޢުލޫމާތު ހިއްސާކުރަމުން މަމްދޫހް ފާހަގަކުރިއެވެ.
“ބައްޕަ” ލަވަ މިހާރު ލަވަފޮށިން އަޑުއަހައިލެވޭނެ އެވެ.
މި ލަވަ ތައްޔާރުކުރުމަށް އެހީތެރިވެދިން ހުރިހައި ފަރާތްތަކަށް ގްރޫޕުން ޝުކުރުއަދާކުރާ ކަމަށް ވެސް މަމްދޫހް ބުންޏެވެ.
ހޭރިޔާ އިން ”މަސްތު“ގެ ނަމުގައި މުޖުތަމަޢަށް ވަރަށް އިބްރަތްތެރި މެސެޖެއް ދޭ މަދަހަ ވީޑިއޯ އެއް މީގެ ކުރިން ރިލީޒްކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ އަޟްޙާ ޢީދަށް ވެސް ވަރަށް ޚާއްޞަ ވީޑިއޯ ލަވައެއް ނެރެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!